އާންމު ލިޔުންތާރީޙް

عَطَاءِ بْنُ يَسَارِ رَحِمَهُ اللهގެ ހަޔާތްޕުޅު

އެކަލޭގެފާނަކީ އަބޫ މުހައްމަދު ޢަޠާއު ބިން ޔަސާރު އަލްމަދަނީ އަލްހިލާލީއެވެ. އެކަލޭގެފާނަކީ ކީރިތި މާތް ނަބިއްޔާގެ އަނބިކަނބަލުން މުއުމިނުތަކުންގެ މައިކަނބަލުން ކަމަށްވާ މައިމޫނާ ރަޟިޔަﷲ ޢަންހާ މިނިވަންކުރައްވާފައިވާ އަޅެކެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ ހިޖުރީ ސަނަތުން 19 ވަނަ އަހަރު ހިސާބުގައެވެ.އެކަލޭގެފާނުގެ އަޚުންގެ ތެރޭގައި ސުލައިމާން ބިން ޔަސާރު އަދި ޢަބްދުﷲ ބިން ޔަސާރު ހިމެނިވަޑައިގަނެއެވެ.އެކަލޭގެފާނަކީ ބޮޑެތި ތާބިއީ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ވަރަށް ގިނަ ޞަޙާބީންގެ އަރިހުން ވަރަށް ގިނަ ޙަދީޘް ރިވާކުރެއްވިއެވެ.

އެގޮތުން އެކަލޭގެފާނު ޙަދީޘް ރިވާކުރައްވާފައިވާ ޞަހާބީ ބޭކަލުންގެ ތެރޭގައި ޒައިދު ބިން ޘާބިތު ޒައިދު ބިން ޙާލިދު، އިބުނު އައްބާސް، އަބޫ ހުރައިރާ، އަބޫ ޤަތާދާ އަލް އަންޞާރީ، އިބުނު ޢަމްރު، މުޢާވިޔަތު ބިނިލް ޙަކަމް، އުސާމާ ބިން ޒައިދު ، އަބީ ސަޢީދުލް ޙުދްރީ، އުއްމުލް މުއިމިނީން ޢާއިޝާ އަދި އުއްމުލް މުއުމީނިން މައިމޫނާ – ރަޟިޔަﷲ ޢަންހުމް ޖަމީޢަން – އަދިވެސް އެހެންބޭބޭކަލުން ހިމެނިވަޑައިގަންނަވައެވެ.އަދި އެކަލޭގެފާނުގެ އަރިހުން ރިވާކުރެއްވި ބޭބޭކަލުންގެ ތެރޭގައި ޒައިދު ބިން އަސްލަމް އަދި އަމްރު ބިން ދީނާރު އަދި ސަފްވާން ބިން ސުލައިމް ހިމެނިވަޑައިގަނެއެވެ.އެކަލޭގެފާނާއި ބެހޭގޮތުން އައިސްފައިވާ ޘަނާގެ ބަސްފުޅުތައް

އަބޫ ޙާޒިމް ވިދާޅުވެފައިވާކަމަށް ރިވާކުރެވިގެން ވެއެވެ.(ޢަޠާއު ބިން ޔަސާރަށްވުރެ ގިނައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިސްކިތްކޮޅުގައި ވަޤުތު ހޭދަކުރާ މީހަކު ތިމަންނާ ނުދެކެމެވެ.)

އިބުނު އުޔައިނާ ވިދާޅުވެފައިވެއެވެ. އަތާއުއަކީ އަބޫ ހުރައިރާގެ ދަރިވަރުންގެ ތެރެއިން މަޢުރޫފު ބޭކަލެކެވެ.

އިބުނު ސަޢުދު ވިދާޅުވެފައިވެއެވެ. ޘިޤާއެކެވެ. ޤިނަ ޙަދީޘްރިވާކުރައްވާފައިވެއެވެ.

ހަޔާތްޕުޅުގެ ފަހުކޮޅު

އެކަލޭގެފާނު މަދީނާއިން ނުކުމެވަޑައިގެން މައްކާއަށް ފިއްލެވީ ޙައްޖާޖު ބިން ޔޫސުފުގެ “ވޯންޓެޑް” ލިސްޓުގައި ހިމެނިވަޑައިގަތުމާއެކުގައެވެ.

ފަހުން އެކަލޭގެފާނު ދިރިއުޅުއްވީ މިޞްރުގައެވެ.

އިމާމު އިބުނު ޙައްބާން ލިޔުއްވާފައިވެއެވެ. “އެކަލޭގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން 103 ވަނަ އަހަރު މިސްރުގެ އަސްކަންދަރިއްޔާގައެވެ. “

ނަމަވެސް އެކަލޭގެފާނު އަވަހާރަވީ ނުވަތަ އަވަހާރަކޮށްލެވުނީ(ޙައްޖާޖު ބިން ޔޫސުފް) ހިޖުރީ ސަނަތުން 100 ވަނަ އަހަރުގެ ކުރިން ކަމަށްވެސް ބުނެވެއެވެ.

ގުޅުން ހުރި ލިޔުން

ޢަޠާއު ރަހިމަހުﷲ ގެ އަޖައިބު ކުރަނިވި ހުވަފެންފުޅު

ترجمته في المعرفة والتاريخ 1/564-565، وتهذيب الكمال 5/179-180، ومختصر طبقات علماء الحديث 160.

އިސްލާމްވެބް އަދި އެނޫން މަސްދަރުތައް

ޢަބްދއްރަޙީމް މުޙައްމަދު / ނ.ޅޮހި
އަބްދުރަޙީމް އަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރެކެވެ. އަބްދުރަހީީމް ގެ ލިއުންތައް ލިޔަމުންއައިސްފައިވަނީ ޅޮހި އަބްދުއްރަހީމްގެ ނަމުގައެވެ.

    You may also like

    ތާރީޙް

    މިނިވަން 50 ގެ ބާނީ އާ މެދު އޭގެ ފަހުން އުފެދުން ސަރުކާރުން އަމަލުކުރި އިހާނެތިގޮތް

    މާޒީވި ތާރީޙުގެ ފަތްފުތްތަކުންނާއި ލޮލުންދެކެފައިވާ މީހުންގެ ފަރާތުން އެނގިހާމަވާން އޮތް ބޮޑު ޙަޤީގަތަކީ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަރައީސް އަދި މިނިވަންކަމުގެ ...

    Leave a reply

    Your email address will not be published. Required fields are marked *

    އާންމު ލިޔުން

    ރަށްފުށުގެ ދިރިއުޅުން ތަރައްޤީ ކުރުމަށް އެންމެ ފުރިހަމަ ނިޒާމް

    އަބްދުއްރަީމް މުޙައްމަދު ދިވެހިރާއްޖެ މިވަނީ ރަށްފުށުގެ ތަރައްޤީގެ އާމަރުހަލާއެއް ފެށިފައެވެ. ރައްތަކާއި އަތޮޅު އަދި ސިޓީ ތަރައްޤީ ކުރުމަށް ވަނީ ...