އަޤީދާ

قرآنބާވައިލެއްވުން ( 3ވަނަ ބައި

އެކުގައި އަދި ވަކިވަކިން قرآنބާވައިލެއްވުމުގެ ޙިކުމަތް.

قرآنބާވައިލެއްވުން ދެބަޔަކަށް ބެހިފައިވާއިރު ލައުޙުލް މަޙުފޫޟުންބައިތުލް ޢިއްޒާއަށް ބާވައިލެއްވުނީ އެންމެ ފަހަރެއްގެ މަތިންނެވެ. އަދިދެވަނަ ބާވައިލެއްވުން, ބައިތުލް ޢިއްޒާއިން ބިމަށް ބާވައިލެއްވިފައި ވަނީބައިބަޔަށް 23 އަހަރުގެ ދިގު މުއްދަތެއްގައެވެ. މި ދެބާވައިލެއްވުން މިހާތަފާތުކޮށް ބާވައިލެއްވުމުގެ ފަހަތުގައި ވަރަށް މުހިއްމު ޙިކުމަތްތަކެއްވެއެވެ. މިގޮތުން:-

އެކުގައި ކީރިތި قرآنބާވައިލެއްވުމުގެ ޙިކުމަތްތައް.

  1. މާތްﷲގެކަށަކުޅަދުންވަންތަކަންހާމަކުރެއްވުން.
  2. މަތްﷲއީ އެންމެހާ ކަންތައްތައް ހިނގާނޭމަގު، ދެނެވޮޑިގެންވާ އިލާހުކަން ހަމަކުރެއްވުން.
    އެހެންކަމުން މީސްތަކުން ކުރާނެ ޢަމަލުތައް އެޢަމަލެއް އުފަންވުމުގެމާކުރިން ދެނެވޮޑިގެންވެ، އެފަދަ ޢަމަލުތަކަށް ރައްދު ޙުކުމްތައްކަނޑައަޅުއްވާފައި ވެއެވެ
  3. ކީރިތި قرآنގެ މުޢުޖިޒާތް ވަންތަކަށް އިތުރަށް ހާމަވުން.
  4. ކޮންމެ އިންސާނަކީވެސް قرآنގެ ހިދާޔަތަށް ބޭނުންވާ މީހެއްކަން ހާމަ ކުރެއްވުން.

ޤުރްއާންބައިބަޔަށްބާވައިލެއްވުމުގެޙިކުމަތް:

ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވީއްސުރެއް ރިސާލަތު ފުރިހަމަ ކުރެއްމަށްދާންދެން މެދުނުކެނޑި ޤުރުއާން ބާވައިލެއްވުމުން ދިޔައެވެ. އެއީ 23 އަހަރުގެ މުއްދަތެކެވެ. މިކަމުގެ ޙިކުމަތް ތިރީގައި މިވަނީއެވެ.

  • ޤުރުއާން ބައިބަޔަށް ބާވައިލެއްވުނީ މާތް ރަސޫލާގެ ހިތްޕުޅަށް ތަސައްލީ އާއި ހިތްހަމަޖެހުން ގެނެސްދެއްވުމަށްޓަކައެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެދުންފުޅަކީ މުޝްރިކުންނަށް އިސްލާމްދީނަށް ދަޢުވަތުދެއްވާ އެމީހުންނަށް ހިދާޔަތުދެއްކެވުން ކަމުގައިވިޔަސް، ފެށުނީއްސުރެއް އެމީހުންގެ ފަރާތުން ލިބިވަޑައިގަތީ ދެކޮޅުވެރިކަމާއި ތުރާލެވެ.އެކަލޭގެފާނަށް ދިމާވާ ކަންކަމުގެ ޖަވާބެއްގެ ގޮތުގައާއި އެކަލޭގެފާނުގެ ހިތްޕުޅަށް ތަސައްލީ ގެނެސްދެއްވުމަށްޓަކައި ބައިބަޔަށް ޤުރުއާން ބާވައިލެއްވުން އެކަލޭގެފާނަށް ބޭނުންވެގެންވިއެވެ. ޤުރުއާނުގައި ކުރީގެ ރަސޫލުބޭކަލުންގެ ވާހަކައާއި އެބޭކަލުންގެ ޤައުމުގެ މީހުންގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ވާހަކައާއި އެމީހުންގެ ކިބައިން އެބޭކަލުންނަށް ކުރިމަތިވި ތުރާތަކުގެ ވާހަކައާއި އެބޭކަލުންނަށް އުފުއްލެވި ބުރައިގެ ނަތީޖާއަކަށް ކާމިޔަބީއާއި އިލާހީ މަދަދުވެގެން ދިޔަގޮތުގެ ވާހަކަ އައިސްފައިވަނީ މިސަބަބަށްޓަކައެވެ.
  • މިކަމުގެ ސަބަބުން ޤުރުއާންފަދަ އެހެންއެއްޗެއް ގެނެސްގަތުމަށް ކާފިރުން ނުކުޅެދުންތެރިވެގެންވާކަން ބޮޑަށް އެނގިގެންދިޔައެވެ. ޤުރުއާނު ބައިބަޔަށް އައުމުގެ ސަބަބުން ޤުރުއާނުގައިވާ ގޮންޖެހުމަށް ރައްދެދެވޭފަދަ އެއްޗެއް ގެނެސްގަތުމަށް ކާފިރުން ނުކުޅެދުންތެރިވެ އެފަދަ އެންމެ ސޫރަތެއްވެސް ގެނެސްގަތުމަށްއޮތް ގޮންޖެހުންވެސް މަޑުމަޑުން އުނދަގޫވެ ފުޅާވަމުންދިޔައެވެ. ޤުރުއާން ބާވައިލެއްވުނީ އެއްފަހަރުންކަމުގައިވާނަމަ އެގޮންޖެހުންވީ އެއާ ކުރިމަތިލާން ޖެހިލުންވާވަރުގެ ބޮޑު އުނދަގޫ ގޮންޖެހުމަކަށެވެ.
  • މިކަމުގެ ސަބަބުން ޤުރުއާން ދޭހަކޮށް ދަސްކުރުމަށް ފަސޭހަވެގެންދިޔައެވެ. ޤުރުއާން ބާއްވައިލެއްވުނީ އުއްމިއްޔަ އުއްމަތަކަށެވެ. އޭގެތެރެއިން ގިނަމީހުންނަކަށް ލިޔާކަށް ނުވަތަ ކިޔާކަށް ނޭނގެއެވެ. ޤުރުއާން ބާވައިލެއްވުނީ އެއްފަހަރުން ކަމުގައިވާނަމަ  ޤުރުއާން ދަސްކޮށް އޭގެ މާނަޔާމެދު ވިސްނާ ހަދަން އުނދަގޫވީސްކަން ޔަޤީނެވެ. ޤުރުއާން ދަސްކުރުމަށް އެންމެ ފަސޭހެވެގެންދާނީ ޤުރުއާން ބައިބަޔަށް ބާވައިލެއްވުމުންނެވެ. އަދި މިކަމުގެ ސަބަބުން ޤުރުއާނުގައިވާ އާޔަތްތަކުގެ މާނަ ދޭހަކޮށްގަތުމަށާއި އާންމު ދިރިއުޅުމުގައި އެކަންކަން ބޭނުންކުރުމަށް ފަސޭހަވެގެންދިޔައެވެ.
  • މިކަމުގެ ސަބަބުން ހާލަތާ ގުޅޭގޮތުން ވަޙީއައުމަށް މަގުފަހިވެގެންދިޔައެވެ. ޤުރުއާން މީސްމީހުން ކުރާ ކުށްތަކާއި އެމީހުންގެ ގައިގައި ހުންނަ ނޭދެވޭ އަޚްލާޤީ ޞިފަތައް ޙިކުމަތްތެރި ގޮތެއްގައި އެކަށޭނެ ދަނޑިވަޅުތަކެއްގެ މަތިން ރަނގަޅުނުކޮށްދިންނަމަ މީހުން އެހާފަސޭހައިން އެބަލައިނުގަތީހެވެ. އެގޮތުން މީސްތަކުންނަށް ކަމެއްވާއިރަށް އެކަމާ ގުޅޭ ޙުކުމްތައް ބާވައިލައްވާ އެކަމުގައި ބަޔާންވެގެންވާ ޙައްޤުގޮތް އެމީހުންނަށް ހިދާޔަތުދައްކަވައެވެ. އަދި މިގޮތުގެ މަތިން ޙާލަތާއި ކުރިމަގުގައި ދިމާވެދާނޭ ކަންކަމަށް ރިޢާޔަތްކުރާ،އިސްލާމީ ޝަރީޢަތުގެ ބިންގާ އެޅިގެން ދިޔައެވެ.
  • މިކަމުގެ ސަބަބުން މިއީ ކަނޑައެޅިގަން ޙަކީމްވަންތަ މާތްﷲ ބާވައިލެއްވި ފޮތެއްކަން އެނގިގެންދެއެވެ. ޤުރުއާން ބާވައިލެއްވުނީ 23 އަހަރުގެ މަތީން، މިތަނުން އާޔަތެއް އެތަނުން އާޔަތެއް ކަހަލަ ގޮތަކަށެވެ. ކަންމިހެން ހުރިކަމުގައިވިޔަސް އެފޮތް ބަލައި މީހަކަށް ފެނިގެންދާނީ ބަލާޣަތްތެރިކަމުގެ އެންމެ ފުރިހަމަ ގޮތުގައި މާނަ ފުށުނާރާނެހެން ރިވެތިކޮށް އެމުނިއެކުލެވިފައިވާ ތަނެވެ. އެފޮތުގެ އެއްއާޔަތާއި އަނެއް އާޔަތް، އެއްސޫރަތާއި އަނެއް ސޫރަތް އެއްވެސް ކުރަކިކަމެއްނެތިވަނީ ލާމެހިފައެވެ. މިޤުރުއާން އައިސްފައިވަނީ ޙާލަތާއި ދިމާވާ ކަންކަމަށް ރިޢާޔަތްކޮށް، އިންސާނީ މަޞްދަރަކުން ކަމުގައިވާނަމަ އޭގެ ވައްޓަފާޅިއަކު އެއްގޮތްކަމެއް ނުހުރީހެވެ. އަދި މިހާ ބުގިސްކޮށް އޭގެ ޢިބާރާތްތަކާއި ވައްޓަފާޅިއާއި މާނަ ނުގެނުވީސްކަން ކަށަވަރެވެ.

ނިސާ ސޫރަތުގެ 82 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ.﴿أَفَلاَيَتَدَبَّرُونَٱلْقُرْآنَوَلَوْكَانَمِنْعِندِغَيْرِٱللَّهِلَوَجَدُواْفِيهِٱخْتِلاَفاًكَثِيراً﴾ (النساء:82) މާނައީ: އެޤުރުއާނަކީ ﷲ ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވާނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ.

ހުސައިން ނިޔާޒު / ޅޮހި
އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

    You may also like

    އަޤީދާ

    މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟

    މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟ މީސްތަކުންގެ ތެރެއިން ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ޤާދިޔާނިންނަކީ މުސްލިމުންގެ ފިރުޤާތަކުގެ ...

    Leave a reply

    Your email address will not be published. Required fields are marked *

    More in:އަޤީދާ

    އަޤީދާ

    އިސްލާމީ ޝަރީޢަތުގެ ޙައްދުތަކަށް އިންކާރުކުރާމީހުންނާއި އެބައިމީހުނަށްދޭނެ ރައްދު(1 ވަނަ ބައި)

    އިސްލާމީ ޝަރީޢަތަކީ، މާތްﷲ އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރިކުރައްވައި، އިންސާނުންގެ ދުނިޔެއާއި އާޚިރަތުގެ އުފަލާއި ...