ދިރޭތަކެއްޗާއި ތިމާވެށި

ބުލޫ ރިންގް އޮކްޓޮޕަސް

ބުލޫ ރިންގް އޮކްޓޮޕަސް އަކީ އިންޑިއާ ކަނޑާއި ޕެސިފިކު ކަނޑުގެ ސަރަހައްދުތަކުގައި އުޅޭ ބޯވާގެ ވައްތަރެކެވެ. މި ބާވަތުގެ ބޯވާގެ 10 ވަރަކަށް ވައްތަރު އުޅޭކަން ފާހަގަކުރެވިފައެވެ. ބޯވާގެ އެހެން ވައްތަރުތަކާއި ހިލާފައް މި ބޯވާ އަކީ ކުޑަ އަދި ހަމަ އެހެންމެ އިންސާނުންނަށް ނުރައްކާ އެއްޗެއް ގޮތުގައި ފާހަނގަކުރެވިފައިވާ ބޯވާގެ ވައްތަރެކެވެ. މިބާވަތުގެ ބޯވާ ބޮޑަށް އުޅޭކަމަށް ފާހަގަކުރެވިފައިވަނީ އޮސްޓްރޭލިއާ އަދި އިންޑޮނޭސިއާފަދަ ޕެސިފިކުގައި ހިމެނޭ ގައުމުތަކުގެ ފަރުތަކުގައެވެ. ފެންނަ ފެނުމުގެ ވަރަށް ރީތި މި ބޯވާ ހަމަލަދީފިނަމަ އާދަޔާ ހިލާފު ބާރުގަދަ ވިހައެއްގެ އަސަރު އެ ހަމަލާ ދިން މީހަކަށްކުރެއެވެ.   އާންމުކޮށް މިބާވަތުގެ ބޯވާގެ ބޮޑުމިނަކީ ގޮލްފް ބޯޅައެއް ވަރުނަމަވެސް މިބާވަތުގެ ބޯވާ އެންމެ ބޮޑުވާ ވައްތަރުގެ ބޯވާގެ ބޮޑުމިނަކީ 20 ސެންޓިމީޓަރާއި 8 ސެންޓިމީޓަރެވެ. އަދި  އުމުރަކީ 2 އަހަރެވެ.

ބުލޫ ރިންގް އޮކްޓޮޕަސް އާންމުކޮށް ކައި އުޅެނީ  ކުދި ކަކުނި އަދި ސުރިންޕްފަދަ ތަކެއްޗެވެ. ބޯވާގެ އެހެން ވައްތަރުތަކެކޭ އެއްގޮތަށް މި ބޯވާއަކީވެސް މާހައުލާއި ގުޅޭގޮތަށް ކުލަބަދަލުކޮށްލުލުގެ ގާބިލުކަންލިބިފައިވާ އެއްޗެކެޗެވެ. އެހެން ބޯވާގެ ވައްތަރުތަކާއި ހިލާފައް ކުޑަ މިބޯވާއަކީ ވިހަގަދަ ވިހައިގެ އަސަރުކޮށްފިނަމަ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިންސާނާ މަރާހަމަޔައް ގެންދާފަދަ އެއްޗެކެވެ. އިންސާނާއަށް މި ބޯވާ ހަމަލާދޭތާ ކުޑަ ހިނދުކޮޅެއް ތެރޭގައި އަވަސް ފަރުވާ ނުދެވިއްޖެނަމަ ހަށިގަނޑަށް ވިހަ ފެތުރި ސިކުނޑީގެ ހަރަކާތްހުއްޓި އެންމެ ފަހުން އެ ވިހައިގައި މަރުވެއެވެ.

ހުސައިން ނިޔާޒު / ޅޮހި
އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

    You may also like

    Leave a reply

    Your email address will not be published. Required fields are marked *

    ދިރޭތަކެއްޗާއި ތިމާވެށި

    ދިވެހިން ނުރާއްކާތެރި ދިރުންތަކުގެ ގޮތުގައި ފާހަނގަކުރާ މޫދުގެ ދިރުންތަކުގެ ޙަގީގަތް 1

    ނުރައްކާތެރި މަސްތަކެއްގެ ގޮތުގައި ބައެއް ބާވަތްތަކުގެ މޫދުގެ ދިރުންތައް ދިވެހިންގެ ތެރޭގައިވެސް އަންނަނީ ފާހަނގަކުރެވެމުންނެވެ. ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ...