އަޤީދާ

ކުފުރުގެ ވައްތަރުތައް

ކުފުރު ބެހެނީ ދެބަޔަކަށެވެ.
1- މިއްލަތުން ބޭރުވާ ކުފުރު: މިވައްތަރުގެ ކުފުރުގެ ފަސް ބާވަތްވެއެވެ.
ހ_- ދޮގުކުރުމުގެ ސަބަބުން ކާފިރުވުން: ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. “وَمَنْ أَظْلَمُ مِمَّنِ افْتَرَى عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِالْحَقِّ لَمَّا جَاءَهُ أَلَيْسَ فِي جَهَنَّمَ مَثْوًى لِلْكَافِرِينَ” العنكبوت: ٦٨ މާނަ: “އަދި ﷲ ގެ މައްޗަށް ދޮގެއް އުފައްދައިގަތް މީހަކަށްވުރެ ނުވަތަ ޙައްޤު އައި ހިނދުން ޙައްޤު ދޮގުކުރި މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ ފަހެ ކާފިރުން ޤަރާރުވެ ތިބޭނެ ތަނެއް ކަމުގައި ނަރަކަ ނުފުދޭހެއްޔެވެ؟”

ށ- ޤަބޫލުކުރާ ޙާލު، ބޮޑާވެ ކިބުރުވެރިވުމުގެ ސަބަބުން ކާފިރުވުން: ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. “وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآَدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَى وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ” البقرة: ٣٤މާނަ: “އަދި ތިމަންއިލާހު އާދަމް ޢަލައިހިއްސަލާމަށް ތިޔަބޭކަލުން ސަޖިދަކުރައްވާށޭ މަލާއިކަތްބޭކަލުންނަށް ވަޙީކުރެއްވި ހިނދު ފަހެ އިބިލީސް މެނުވީ އެހެން ހުރިހާ ބޭކަލުން ސަޖިދަކުރެއްވިއެވެ. އަދި އެ އިބިލީސް އެކަމުން މަނާވެ ބޮޑާވެގެންފިއެވެ. އަދި އޭނާވީ ކާފިރުންގެ ތެރެއިންނެވެ.”

ނ- ޝައްކުކުރުމުގެ ސަބަބުން ކާފިރުވުން: މިބާވަތުގެ ކުފުރަކީ ހީކުރުމުގެ ކުފުރެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. “وَدَخَلَ جَنَّتَهُ وَهُوَ ظَالِمٌ لِنَفْسِهِ قَالَ مَا أَظُنُّ أَنْ تَبِيدَ هَذِهِ أَبَدًا * وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِنْ رُدِدْتُ إِلَى رَبِّي لَأَجِدَنَّ خَيْرًا مِنْهَا مُنْقَلَبًا * قَالَ لَهُ صَاحِبُهُ وَهُوَ يُحَاوِرُهُ أَكَفَرْتَ بِالَّذِي خَلَقَكَ مِنْ تُرَابٍ ثُمَّ مِنْ نُطْفَةٍ ثُمَّ سَوَّاكَ رَجُلًا” الكهف: ٣٥ – ٣٧ މާނަ: “އަދި އޭނާ އޭނާގެ ބަގީޗާއަށް ވަނީ އަމިއްލަ ނަފްސަށް އަނިޔާވެރިވެގެންވާ ޙާލުގައެވެ. (އެއީ މަޙްޝަރަށް ފޮނުއްވުމާމެދު ކާފިރުވުމާއި ޤިޔާމަތްވުމާމެދު ޝައްކުވުމާ މިބާވަތުގެ ކަންތައްތަކުގެ ސަބަބުންނެވެ.) އޭނާ ބުންޏެވެ. ދުވަހަކުވެސް މިތަކެތި ހަލާކުވެ ފަނާވެދާނެކަމުގައި އަހަރެން ހީއެއްނުކުރަމެވެ. *އަދި (އޭނާ ބުންޏެވެ.) އަހަރެން ހީކުރާގޮތުގައި ތިޔަބުނާ ޤިޔާމަތްދުވަހެއް ނާންނާނެއެވެ. (އަދި ތިބާ ތިޔަބުނާގޮތަށް ޤިޔާމަތް ޤާއިމްވެގެން) އަހުރެން އަހުރެންގެ ރައްބުގެ ޙަޟްރަތަށް ދެވުނު ނަމަވެސް އަހުރެންގެ މިބަގީޗާއަށްވުރެ މާ ހެޔޮ ރަނގަޅުތަކެތި އަހުރެންނަށް އެނބުރި ދެވޭތަނުގެ ގޮތުން ލިބޭނެއެވެ.* އޭނާގެ އެކުވެރިޔާ އޭނާއާ ވާހަކަ ދައްކާ ޙާލު އޭނާއަށް ބުންޏެވެ. ވެލީން ތިބާ ހައްދަވައި (އާދަމްގެފާނު ހައްދަވައި) ދެން މަނިފޮދުވަރަކުން ތިބާ ހައްދަވައި ދެން ބަރާބަރު ފިރިހެނަކަށް ހެއްދެވި ކަލާނގެއަށް ތިބާ ކާފިރުވީހެއްޔެވެ؟”

ރ- ފުރަގަސްދިނުމުގެ ސަބަބުން ކާފިރުވުން: އެކަމުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. “ذَلِكَ بِأَنَّهُمْ آَمَنُوا ثُمَّ كَفَرُوا فَطُبِعَ عَلَى قُلُوبِهِمْ فَهُمْ لَا يَفْقَهُونَ” المنافقون: ٣ މާނަ: “އެއީ (އެބައިމީހުން ދޮގުހަދައި) އަދި ނުބައި ޢަމަލުތައް ކުރަމުން އެދަނީ އެމީހުން ހަމަކަށަވަރުން އީމާންވެ، ދެން ކާފިރުވީކަމުގެ ސަބަބުންނެވެ. ދެންފަހެ އެމީހުންގެ ހިތްތަކުގައި ސިއްކަޖެއްސެވި ބަންދުކުރެއްވިއްޖެއެވެ. އެހެންވީމާ އެމީހުންނަކަށް ނުވިސްނޭނެއެވެ.”

2- ކުޑަ ކުފުރު ނުވަތަ މިއްލަތުން ބޭރުނުވާ ކުފުރު: އެއީ ނިޢުމަތަށް ކުފުރުވުމެވެ. އޭގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ.”وَضَرَبَ اللَّهُ مَثَلًا قَرْيَةً كَانَتْ آَمِنَةً مُطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِنْ كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللَّهِ فَأَذَاقَهَا اللَّهُ لِبَاسَ الْجُوعِ وَالْخَوْفِ بِمَا كَانُوا يَصْنَعُونَ”النحل: ١١٢ މާނަ: އަދި ﷲ ތަޢާލާ ރަށެއްގެ މިސާލު ޖެއްސެވިއެވެ. އެރަށް ވީ އަމާން އަދި ހިތްހަމަޖެހޭ ރަށެއްކަމުގައެވެ. އަދި ހުރިހާ ފަރާތްތަކަކުން އެރަށުގެ އަހުލުވެރިންނަށް ތަނަވަސްކަމާއި ފަސޭހަކަމާއެކު ރިޒްޤު އާދެއެވެ. ދެން އެރަށުގެ އަހުލުވެރީން ﷲ ގެ ނިޢުމަތަށް ކާފިރުވިއެވެ. ދެންފަހެ އޭގެ ސަބަބުން ބަނޑުހައި ހޫނުކަމާއި ބިރުވެރިކަމުގެ ލިބާސް އެމީހުންގެ ގައިގާ ﷲ ތަޢާލާ ލެއްވިއެވެ. އެއީ އެމީހުން ކުރާކަމުގައިވި ކަންތައްތަކުންނެވެ.” އަދި ﷲ ތަޢާލާގެ މި ވަޙީބަސްފުޅުވެސް އެއީ މިކަމުގެ ދަލީލެކެވެ. “إِنَّ الْإِنْسَانَ لَظَلُومٌ كَفَّارٌ” إبراهيم: ٣٤ މާނަ: “ހަމަކަށަވަރުން އިންސާނާވީ (ނިޢުމަތްތަކުގެ ޝުކުރު ﷲ ނޫން ފަރާތްތަކަށް އަނބުރާލާ އެކަލާނގެ ނޫންފަރާތްތަކަށް އަޅުކަންކުރުމުގެ ގޮތުން) އޭނާގެ ނަފްސަށް އަނިޔާވެރިއަކު ކަމުގައެވެ. އަދި އެކަލާނގެއަށް ގިނަގިނައިން ކާފިރުވާ މީހަކުކަމުގައެވެ.”

އޭ އަޅަމެން ހައްދަވާ ގެންގުޅުއްވާ އިލާހު! އީމާންވުމަށްފަހުގައި ކާފިރުވާ މީހުންގެ ތެރެއިން އަޅަމެން ނުލައްވާދޭނވެ! އަދި އަޅަމެންނާއި އަޅަމެންގެ ދަރިފަސްކޮޅު ކުފުރާއި ކުފުރުގެ އަހުލުވެރިންގެ ކިބައިން ސަލާމަތްކުރައްވާދޭނވެ! އާމީން ޔާ ރައްބަލް ޢާލަމީން.

 

މުހައްމަދު ސާފިއު އަބްދުލް ގަފޫރު
ސާފިއުއަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރެކެވެ.ލިޔުންތެރިކަމުގެ ދާއިރާގެ އިތުރުން ސާފިއު ރޭޑިއޯގެ ބައެއް ޕްރޮގްރާމްތަކުގައިވެސް ބައިވެރިވަމުންއަންނަކަން ފާހަގަކުރެވެ.

    You may also like

    އަޤީދާ

    މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟

    މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟ މީސްތަކުންގެ ތެރެއިން ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ޤާދިޔާނިންނަކީ މުސްލިމުންގެ ފިރުޤާތަކުގެ ...

    Leave a reply

    Your email address will not be published. Required fields are marked *

    More in:އަޤީދާ

    އަޤީދާ

    އިސްލާމީ ޝަރީޢަތުގެ ޙައްދުތަކަށް އިންކާރުކުރާމީހުންނާއި އެބައިމީހުނަށްދޭނެ ރައްދު(1 ވަނަ ބައި)

    އިސްލާމީ ޝަރީޢަތަކީ، މާތްﷲ އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރިކުރައްވައި، އިންސާނުންގެ ދުނިޔެއާއި އާޚިރަތުގެ އުފަލާއި ...
    އަޤީދާ

    ކުފުރުގެ ވައްތަރުތައް

    ކުފުރު ބެހެނީ ދެބަޔަކަށެވެ.
    1- މިއްލަތުން ބޭރުވާ ކުފުރު: މިވައްތަރުގެ ކުފުރުގެ ފަސް ބާވަތްވެއެވެ.
    ހ_- ދޮގުކުރުމުގެ ސަބަބުން ކާފިރުވުން: ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. “وَمَنْ أَظْلَمُ مِمَّنِ افْتَرَى عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِالْحَقِّ لَمَّا جَاءَهُ أَلَيْسَ فِي جَهَنَّمَ مَثْوًى لِلْكَافِرِينَ” العنكبوت: ٦٨ (more…)
    މުހައްމަދު ސާފިއު އަބްދުލް ގަފޫރު
    ސާފިއުއަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރެކެވެ.ލިޔުންތެރިކަމުގެ ދާއިރާގެ އިތުރުން ސާފިއު ރޭޑިއޯގެ ބައެއް ޕްރޮގްރާމްތަކުގައިވެސް ބައިވެރިވަމުންއަންނަކަން ފާހަގަކުރެވެ.

      You may also like

      އަޤީދާ

      މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟

      މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟ މީސްތަކުންގެ ތެރެއިން ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ޤާދިޔާނިންނަކީ މުސްލިމުންގެ ފިރުޤާތަކުގެ ...

      Leave a reply

      Your email address will not be published. Required fields are marked *

      More in:އަޤީދާ

      އަޤީދާ

      އިސްލާމީ ޝަރީޢަތުގެ ޙައްދުތަކަށް އިންކާރުކުރާމީހުންނާއި އެބައިމީހުނަށްދޭނެ ރައްދު(1 ވަނަ ބައި)

      އިސްލާމީ ޝަރީޢަތަކީ، މާތްﷲ އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރިކުރައްވައި، އިންސާނުންގެ ދުނިޔެއާއި އާޚިރަތުގެ އުފަލާއި ...
      0 %