ދިރޭތަކެއްޗާއި ތިމާވެށި

އެމޭޒަން ޖަންގަލި

ދުނިޔޭގައި އެންމެ ގިނަވައްތަރުގެ ދިރުންތައް އުޅޭ ސަރަހައްދަކީ ސައުތު އެމެރިކާ ބައްރުގައިވާ އެމޭޒަން ޖަންގައްޔެވެ. ބޮޑުމިނުގައި 1.7ބިލިއަން އޭކަރު ހުންނަ މި ޖަންގަލިވަނީ އެ ބައްރުގެ 9 ގައުމަކާއި ގުޅިފައެވެ.  ޖަންގަލީގެ ބޮޑުބައެއް ހިމެނެނީ ބުރެޒިލްގެ ބިމުގައެވެ. އެއީ ޖަންގަލީގެ 60 ޕަސެންޓެވެ. ޖަންގަލީގެ 13 ޕަސެންޓް ޕެރޫގެ ބިމުގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު 10 ޕަސެންޓް ހިމެނެނީ ކޮލަމްބިއާގައެވެ. އަދި ހަމަ އެހެންމެ ވެނެޒުއޭލާ، ބޮލީވިއާ އަދިވެސް ސަރަހައްދުގެ އިތުރު ގައުމުތައްވަނީ ޖަންގައްޔާއި ގުޅިފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ޖަންގަލީގެ ގޮތުގައި ފާހަގަކުރެވިފައިވާ އެމޭޒަން ޖަންގަލީގައި ފަސްގަނޑު ތެއް ޗަސްބިންތަކާއި ފެންގަޑުތައް ހިމެނިފައިވާއިރު އެތަނަކީ އެންމެ ގިނަވައްތަރުގެ ގަސްގަހާގެއްސާއި ދިރޭތަކެތި އުޅޭކަން ފާހަގަކުރެވިފައިވާ ތަނެވެ.އެތައް ވައްތަރެއްގެ ދޫނީ ސޫފާފު އުޅޭއިރު އާންމުކޮށް ނުފެންނަ އެތައް ހާސް ގަސްގަހާގެއްސާއި ފަނިފަކުސާތައް އުޅެއެވެ. ހަމަ އެހެންމެ އިންސާނީ އެތައް ގަބީލާއެއް މި ޖަންގަލީގެ އެކި ހިސާބުތަކުގައި އުޅޭކަން ފާހަގަކުރެވެއެވެ. މިގޮތުން ދާދި ފަހުން ޕެރޫއާވީ ފަރާތުން ވެސް ދުނިޔެ  ދެކެމުން މިދާ ތަރައްޤީގެ ކުލަވަރު އެއްވެސް ވަރަކަށް ނުފެންނަ ގަބީލާތައްވަނީ ފެނިފައެވެ. ހަމަ އެހެންމެ އެފަދަ ގަބީލާތައް ފެނުމުން ޖަންގައްޔައް އެކި ދިރާސާތައްކުރުމަށް ދާ ފަރާތްތަކުން އެމީހުން ރުޅިއެރުވުމުން ބޮޑެތި ލޭ އޮހޮރުވުންތައްވެސް ވަނީ ހިނގާފައެވެ. އެހެންކަމުން ދާދި ފަހަކުން 2011 ވަނަ އަހަރުގެ ފަހުކޮޅު ޕެރޫ ގެ ސަރުކާރުން އެ ސަރަހައްދުގައި ދިރިއުޅޭ އެފަދަ ގަބީލާތަކަށް އުނދަގޫ ނުކުރުމަށް ވަނީ ގޮވާލާފައެވެ.

އެމޭޒަން ޖަންގަލީގައި މަދުވެގެން 40,000ވައްތަރުގެ ގަސްގަހާގެހި ހުންނަކަންވަނީ ފާހަގަކުރެވިފައެވެ.  އަދި ހަމަ މިއާއެކު 2.5 މިލިއަން ވައްތަރުގެ ކުދި ސޫފި އުޅޭކަންވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރޭގައި ހިނީގެ ވައްތަރުތަކާއި ނަގުލަންދާށި، ފަނި، ފަދަތަކެތި ހިމެނެއެވެ. ދުނިޔޭގައި އުޅޭ ދޫނީގެ ވައްތަރުތަކަށް ބަލާއިރު ކޮންމެ 5 ވައްތަރަކުން 1 ވައްތަރުގެ ދޫނި އުޅެނީ އެމޭޒަން ޖަންގަލީގައެވެ. މިގޮތުން 1 294 ވައްތަރުގެ ދޫނީ އެމޭޒަން ޖަންގަލީގައި އުޅެއެވެ. އަދި 2200 ވައްތަރުގެ މަސް އެމޭޒަން ޖަންގަލީގެ ފެންގަނޑުތަކުގައި އުޅޭއިރު ބަނޑުއަޅާ ވިހާ ބާވަތްތަކުގެ ގޮތުގައި ފާހަގަކުރެވިފައިވާ 427 ވައްތަރުގެ ދިރޭތަކެތި އުޅެއެވެ.އަދި މީގެ އިތުރަށްވެސް އެތަކެއް ބިލިއަން ވައްތަރުގެ ދިރޭތަކެތި އެމެޒަން ޖަންގަލީގައި އުޅޭކަން ފާހަގަކުރެވެއެވެ.

އެމޭޒަން ޖަންގައްޔަކީ ގަސްގަހާގެހިންވެސް މުއްސަނދިކަން ލިބިފައިވާ ތަނަކަށްވާއިރު  ކޮންމެ 247 ހެކްޓަރގައި 90،790 ޓަނުގެ ގަސްހުރެއެވެ. އަދި ޖަންގަލީގެ 25 ޕަސެންޓް ގަސްތަކަކީ މޫސުމާއި ގުޅިގެން ބަދަލުތައް އަންނަ ވައްތަރުތަކެވެ.

ގިނަވައްތަރުތަކެއްގެ ދިރޭތަކެތި އުޅޭ މި ޖަންގަލީގައި އިންސާނުންނަށް ނުރައްކާވާފަދަ އެތަކެއްވައްތަރުގެ ދިރޭތަކެތި އުޅޭކަންވަނީ ފާހަގަކުރެވިފައެވެ. މިގޮތުން އިލކްޓްރިކް އީލް،  އާއި ވެންޕަޔަރ ބެޓްސް ގެ ނަމުން ނަންދެވިފައިވާ ވާލުގެ ވައްތަރަކާއި ހަރުފައިގެ ވައްތަރުތަކާއި ވިހަގަދަ ބޮއް، ފަދަތަކެތި އުޅެއެވެ. އިލެކްޓރިކް އީލްއަކީ ކޯރުތަކުގައި އުޅޭ ވެނުގެ ވައްތަރެކެވެ. މިބާވަތުގެ ވެނަކީ ހަމަލާދޭއިރު އިލެކްޓްރިކް ސޮކެއް ޖައްސާއެއްޗެކެވެ. ވެންޕަޔަރ ބެޓްއަކީ ނުރައްކާތެރި ވައިރަހެއްއޭގެ ސަބަބުން ފެތުރޭއެއްޗެކެވެ

.

ހުސައިން ނިޔާޒު / ޅޮހި
އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

    You may also like

    Leave a reply

    Your email address will not be published. Required fields are marked *

    ދިރޭތަކެއްޗާއި ތިމާވެށި

    ދިވެހިން ނުރާއްކާތެރި ދިރުންތަކުގެ ގޮތުގައި ފާހަނގަކުރާ މޫދުގެ ދިރުންތަކުގެ ޙަގީގަތް 1

    ނުރައްކާތެރި މަސްތަކެއްގެ ގޮތުގައި ބައެއް ބާވަތްތަކުގެ މޫދުގެ ދިރުންތައް ދިވެހިންގެ ތެރޭގައިވެސް އަންނަނީ ފާހަނގަކުރެވެމުންނެވެ. ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ...