ދީން

ވިއްސާރަވެހޭ ވަގުތު އަދި ގުގުރިޖެހުމާއި ގަދަ ވައިޖެހޭ ވަގުތު ކިޔާ ދުޢާތަށް

ގަދަ ވައި ޖެހޭ ވަގުތު ކިޔާދުޢާ

اللّهُـمَّ إِنَّـي أَسْـأَلُـكَ خَيْـرَها، وَأَعـوذُ بِكَ مِنْ شَـرِّها

 “އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ!ހަމަކަށަވަރުން މިއަޅާ އިބަﷲގެ حضرة ން އެ ވައިގެ ހެޔޮކަން ދެއްވުމަށް އެދި ދަންނަވަމެވެ.އަދި މިއަޅާ އިބަ ﷲ ގެ حضرة ން އެ ވައިގެ ނުބައިކަމުން ރައްކައުތެރިކޮށް ދެއްވުމަށްއެދި ދަންނަވަމެވެ.”

“Abu Dawud 4/326, Ibn Majah 2/1228. See also Al-Albani, Sahih Ibn Majah 2/305”

 

اللّهُـمَّ إِنَّـي أَسْـأَلُـكَ خَيْـرَها، وَخَيْـرَ ما فيهـا، وَخَيْـرَ ما اُرْسِلَـتْ بِه، وَأَعـوذُ بِكَ مِنْ شَـرِّها، وَشَـرِّ ما فيهـا، وَشَـرِّ ما اُرْسِلَـتْ بِه

“އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ!އެވައިގެ ހެޔޮކަމާއި،އެވައިގައިވާ ހެޔޮކަމާއި، އެއެއްޗެއްގެ ޒަރިއްޔާއިން އެވައި ފޮނުވުނު އެއްޗެއްގެ އެޔޮކަން ދެއްވުމަށްއެދި އިބަﷲގެ حضرة ން މިއަޅާ ދަންނަވަމެވެ.އަދި އެވައިގެ ނުބައިކަމުންނާއި،އެވައިގައިވާ ނުބައިކަމުންނާއި،އެއެއްޗެއްގެ ޒަރިއްޔާއިން އެވައި ފޮނުއްވުނު އެއްޗެއްގެ ނުބައިކަމުން ރައްކައުތެރި ކޮށްދެއްވުމަށް އެދި އިބަﷲގެ حضرة ން މިއަޅާ ދަންނަވަމެވެ.”

“Muslim 2/616, Al-Bukhari 4/76.”

ގުގުރި ޖަހާއިރު ކިޔާދުޢާ

سُبْـحانَ الّذي يُسَبِّـحُ الـرَّعْدُ بِحَمْـدِهِ، وَالملائِكـةُ مِنْ خيـفَته

“އެފަރާތަކަށް حمد ކުރުމާއެކު ގުގުރި تسبيح ކިޔާފަރާތް އަދި އެފަރާތަކަށް ބިރުން މަލާއިކަތް ބޭކަލުން تسبيح ކިޔާ ފަރާތުގެ ހުސް طاهر ވަންތަކަމާއެވެ.!”

“މާތްﷲ ރުއްސުންލެއްވި عبد الله بن الزبير ގުގރީގެ އަޑުއައްސަވާ ހިނދު ވާހަކަ ދެއްކުން ދޫކޮށްލައްވާ މިދުޢާ ވިދާޅުވާކަމުގައިވިއެވެ.أخرجه مالك في الموطأ އަދި ޝައިޙް އަލްބާނީ ވިދާޅުވިއެވެ.عبد الله بن الزبير ގެ ކިބައިން މިބަސްފުޅުގެ ސަނަދު ޞައްޙަވެގެންވެއެވެ.”

ވާރޭވެހޭ ވަގުތު ކިޔާ ދުޢާ

اللّهُمَّ صَيِّـباً نافِـعاً

“އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ!(މިވާރޭ އަކީ) ފައިދާ ހުރި ވާރޭއެއް ކަމުގައި ލައްވާނދޭވެ!”

“Al-Bukhari, cf. Al-Asqalani, Fathul-Bari 2/518.”

ވާރޭވެހުމަށްފަހު ކުރާޒިކުރު

 

مُطِـرْنا بِفَضْـلِ اللهِ وَرَحْمَـتِه

“ﷲ ގެ ދަރުމަވަންތަކަމާއި އެކަލާނގެ ރަޙްމަތުން އަހަރެމެންގެ މައްޗަށް ވާރޭ ވެހިއްޖެއެވެ.”

“Al-Bukhari 1/205, Muslim 1/83.”

އުޑުމަތި ސާފުކޮށް ދެއްވުމަށްއެދި ކުރާދުޢާ

اللّهُمَّ حَوالَيْنا وَلا عَلَيْـنا، اللّهُمَّ عَلى الآكـامِ وَالظِّـراب، وَبُطـونِ الأوْدِية، وَمَنـابِتِ الشَّجـر

“އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ!އަޅަމެންގެ ވަށައިގެންވާ ތަންތަނަށް ވެއްސަވާނދޭވެ!އަދި އަޅަމެންގެ މައްޗަށް (މިހާރު) ނުވެއްސަވާނދޭވެ! އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އުސްބިންތަކާއި، ފަރުބަދަތަކަށާއި، ވާދީތަކުގެ މެދުގައިވާ އަޑިގުޑަން ތަންތަނަށާއި އަދި ގަސްފަޅާ ތަންތަނަށް ވެއްސަވާނދޭވެ!”

“Al-Bukhari 1/224, Muslim 1/614.”

ހުސައިން ނިޔާޒު / ޅޮހި
އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

    You may also like

    އަޤީދާ

    މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟

    މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟ މީސްތަކުންގެ ތެރެއިން ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ޤާދިޔާނިންނަކީ މުސްލިމުންގެ ފިރުޤާތަކުގެ ...
    ދީން

    رمضان مبارك

     އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ ކެއްތެރިކަން ލިއްބައިދޭ މަހެކެވެ. އެހެނީ އެމަހަކީ އަޅުކަމުން ފުރިގެންވާ މަހެކެވެ. އެމަހުގައި މުސްލިމުން އަވަދިނެތި ...

    Leave a reply

    Your email address will not be published. Required fields are marked *

    More in:ދީން

    ދީން

    ﷲ ތަޢާލާ ޙަލްޤު ތަކުންނަށް ސިއްރު ކުރައްވަވާފައިވާ ދުވަހެއް…

    އާޚިރަތް ދުވަހަކީ ﷲސުބުޙާނަހޫ ވަތަޢާލާ ޚަލްޤުތަކުންނަށް ސިއްރުކުރައްވަފައިވާ ދުވަހެކެވެ. އެކަލަނގެ ވަޙީކުރައްވާފައިވެއެވެ. {إِنَّ ٱلسَّاعَةَ آتِيَةٌ أَكَادُ أُخْفِيهَا لِتُجْزَىٰ ...
    އަޤީދާ

    އިސްލާމީ ޝަރީޢަތުގެ ޙައްދުތަކަށް އިންކާރުކުރާމީހުންނާއި އެބައިމީހުނަށްދޭނެ ރައްދު(1 ވަނަ ބައި)

    އިސްލާމީ ޝަރީޢަތަކީ، މާތްﷲ އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރިކުރައްވައި، އިންސާނުންގެ ދުނިޔެއާއި އާޚިރަތުގެ އުފަލާއި ...