އިޖްތިމާއީދީން

……………………….ފަތިސްނަމާދު

ޒަމާނަށް އަންނަމުންދާ ބަދަލުގައި އެއިގެ އަވައިގައި އެންމެ ފުރަތަމަ ޖެހޭބަޔަކީ ހަމަ ޔަޤީނުންވެސް ޤައުމުގެ ޒުވާނުންކަން ކަށަވަރެވެ. މިޒަމާނުގެ ކުއްޖަކަށް ގޮވާލުމަށްފަހު މަންމަ ދަރިފުޅާއޭ އަވަހަށް ނިދާ އަވަހަށް ހޭލުމަށް އާދަކުރާށޭ ބުނެފިނަމަ އެ މަންމަ އަކީ މިވަނީ “ކަޓް” މަންމަ އަކަށެވެ. ބޯދާ ޚިޔާލުގެ މުސްކުޅި މަންމަ އަކަށެވެ. ތެދެކެވެ. މިއީ މަންމަމެން ބޮޑެތިވި އިރު ފެނުނު މަންޒަރު ތަކެއްނޫނެވެ. ޒަމާން ބަދަލްވެ ކިތައްމެ ކަންތައްތަކެއްދަނީ ބަދަލް ވަމުންނެވެ. އެހެންނަމަވެސް ކޮންމެ ކަމެއްވެސް ކުރަން ވަކި އުސޫލް ތަކެއް ވަކި ތާވަލް ތަކެއް އޮންނަން ޖެހޭނެއެވެ. އެހެނީ މިއީ ވަގުތީ ގޮވައްޗެކެވެ. އަބަދުގެ ދާއިމަށް އުޅެވޭނެ ބިމެއް ނޫނެވެ. ޖަލްސާ އަކަށް ނުވަތަ ޕާޓީ އަކަށް ތައްޔާރުވާފަދައިން ކޮންމެ ކަމެއްވެސް އެކަމެއްގެ ވަގުތުގައި ކުރުމަށް ސަމާލުވާން ވާނެއެވެ. ޕާޓީ ކަޓައިފިއްޔާ ރަޙްމަތްތެރިއާ ހިތްހަމަ ނުޖެހިދާނެތީ ދެރަވެ ހިތާމަކުރާ ފަދައިން ނަމާދެއް އަޅާލެވި ފަރުޟެއް އަޅާލެވުމުންވެސް ދެރަވެ ރޮއެ ހިތާމަކުރާށެވެ. “ފޮގިވްމީ” ކާރޑް ފޮނުވާ ރަޙްމަތްތެރިންގެ ކިބައިން ނުވަތަ ލޯބިވެރިޔާގެ ކިބައިން މަޢާފަށް އެދޭފަދައިން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުގައިވެސް ތަޢުބާވާށެވެ. ނަމާދަށް ރައްކާތެރިވާށެވެ. ނިދާގަޑި އަވަސްކޮށް ފަތިސްނަމާދަށް ގަޑިއަށް ހޭލުމުގެ އާދަ ހަރުލައްވާށެވެ. މަންމަގެ އެނަސޭހަތުގެ މާނައަކީ މިއީ އެވެ. ފަހަރެއްގައިވެސް ބޯދާ ޚިޔާލުގެ މަންމަ އަކަށްވެގެން ދޭ ނަސޭހަތެއް ނޫނެވެ. އިސްލާމް ދީނަށް ލޯބިކުރާ ، ދަރިން ވެސް އެގޮތުގައި ތަރުބިއްޔަތު ކުރަން ބޭނުންވާ މަންމައަކަށްވީތީ ދިން ނަސޭޙަތެކެވެ. އަވަހަށް ނިދަން އާދަކޮށްފި ކަމުގައިވާނަމަ ހޭލުމުގައި ބުރަ ހީނުވާނެކަން ޔަޤީނެވެ.

ނިދުމާއި ހަނދާން ނެތުން އެއީ ނަމާދު ވަގުތުން ފަސްވުމަށް ދިމާވާނެ ހަމައެކަނި މަޤްބޫލު ދެ އުޒުރެވެ. އެހެންނަމަވެސް ނިދާ އިރު ފަތިސްނަމާދަށް ބަންގި ގޮވަން ބައިގަޑި ނުވަތަ ފަނަރަ މިނިޓަށް ވުމުން ނަމާދުވަގުތު ހަނދާން ނައްތާލާ ދެން “އޯކޭ” ވާނެ ކަމަށް ނިދުންމީ އެއްގޮތަކަށްވެސް ރަގަޅު ގޮތެއްނޫނެވެ. އެހެނީ ނަމާދު ނުކުރާ މީހަކަށް ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ކާމިޔާބެއްނެތެވެ. ހަމަކަށަވަރުން ވެސް ނަމާދު ކުރާ އަޅެއްކަމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުގައިވާހުށީ ފަރުޟު ފަސްނަމާދަށް ފުރިހަމަ އަށް ރައްކާތެރިވާ އަޅުތަކުންނެވެ. ވީމާ ނަމާދަށް ރައްކާތެރިވެ ޚާއްސަކޮށް ހުރިހާ ޒުވާނުންވެސް ނިދާގަޑި އާއި ހޭލާގަޑި އަވަސް ކޮށް ނަމާދަށް ބުރޫނާރާ ގޮތަށް ތާވަލް ބައްޓަންކޮށް ނަމާދަށް ރައްކާތެރިވުމަށް ނަޞޭޙަތްތެރިވަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. ( لَيْسَ صَلَاةٌ أَثْقَلَ عَلَى الْمُنَافِقِينَ مِنَ الْفَجْرِ وَالْعِشَاءِ ، وَلَوْ يَعْلَمُونَ مَا فِيهِمَا لَأَتَوْهُمَا وَلَوْ حَبْوًا ) މާނައަކީ؛ ” މުނާފިގުންގެ މައްޗަށް ފަތިސްނަމާދާއި ޢިޝާނަމާދަށް ވުރެ ބުރަކަންބޮޑު ނަމާދެއް ނުވެއެވެ. އެދެނަމާދުގެ ޘަވާބާއި ދަރުމައާއި ފައިދާ އެނގޭނަމަ ބިމުގައި ފިރުކެމުންވެސް އެދެނަމާދަށް އައީހެވެ.” ވީމާ ފަތިސްނަމާދަށް ފަރުވާކުޑަކުރުމަކީ މުނާފިގުންގެ ސިފައެއްވެސް މެއެވެ. އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. ( من صلى الصبح، فهو في ذمة الله ) މާނައަކީ؛ “ފަތިސްނަމާދުކޮށްފި މީހާ، ފަހެއެވަނީ ﷲތަޢާލަގެ ރައްކާތެރިކަމުގައެވެ.”

ނިކަން މިހަދީޘަށް ވިސްނަވާށެވެ. މުޅިދުވަހުގެ ރައްކައުތެރިކަން ލިބި ކުރަން ހުންނަ އެހެން ކަންތަކުގެ އުފާވެރިކަމާއި ހިތްހަމަ ޖެހުން ހޯދައި ބިރުވެރި ކަމާއި ނާމާންކަމުން ދިރިއުޅުން ރައްކައުތެރި ކުރާށެވެ. ނިދާ ގަޑި ބަދަލުވެ ދިރިއުޅުމަށް ކުރާ އަސަރުގެ ސަބަބުން ފަތިސްނަމާދު އަޅާލެވި ދަނީ ކިތައް ދިވެހި ޒުވާނުންނަށް ބާވައެވެ. ރައްޓެހިންނާއި އެކީ ކޮފީތަކުގައި ލިބޭ ހުސްވަގުތު ދުއްވާލާ މާދަމާ ކުރިމަތިލާންޖެހިދާނެފަދަ ވަގުތަކަށް ތައްޔާރުވަނީ އަޅުގަނޑުމެންގެތެރެއިން ކިތައް މީހުން ބާވައޭ އަޅުގަނޑުގެ ހިތައް އަރަ އެވެ. ހަފްތާ ބަންދުދުވަހެއްކަމުގައި ވާނަމަ ބޭކާރުކުރެވޭ ވަގުތު މާގިނަ ކުރެވެއެވެ. ނިދާ ވަގުތު ފަތިސްވަގުތާއި ގާތްވި ކަމުގައި ވިޔަސް ނަމާދު ކުރާކަށް މާ ބޮޑު ސަމާލުކަމެއް ނުދެވެއެވެ. ހަފްތާގެ އެހެން ދުވަސް ދުވަހުވެސް ނިދާ އިރު އޮފީހަށް ނުވަތަ އެނޫންވެސް ކޮންމެވެސް މުހިއްމު ކަމަކަށް ޕްލޭން ކުރެވެއެވެ. ފަތިސްނާމަދަށް ހޭނުލެވިދާނެތީ ނުވަތަ ނުކުރެވިދާނެތީ ކަންބޮޑުވެ ހިތާމަ ކުރަނީ ކިތައް މީހުންބާވައެވެ. ދަތުރަކު ނުވަތަ އެނޫންވެސް އެހެން ދުނިޔެވީ ކަމެއްގައި ރަޙްމަތްތެރިންނާއި އެކު އުޅުމުގެ ތެރޭގައި ނިންޖެއްވެސް ނާދެއެވެ. އެކަމަށް ހުންނަ ޝައުޤެއްގެ ބޮޑުކަމުންނެވެ.

ނަމާދަށް ވެސް މިފަދަ ޝައުޤެއް ބަހައްޓަވާށެވެ. ވަގުތަށް ހޭލުމަށްޓަކައި ގޭގައި އުޅޭ އެހެންމީހުން ކައިރީ ހޭލެވެންދެން ގޮވަން ވެސްބުނާށެވެ. ފޯންގެ އެލާމް ސެޓްކޮށްފައި ބާއްވާށެވެ. ސޯނާގަޑިއެއް ހޯދައި އެވެސް ބޭނުން ކުރާށެވެ. އަދި އަރާމް ނިދިން ފަސޭހައިން ހޭލެވޭނެ ފަދަ ގޮތަކަށް އެނދުން ތެދުވެގެން ގޮސް ނިއްވަންޖެހޭ ހިސާބު ދުރުގައި އެއެއްޗެތި ބަހައްޓާށެވެ. ހެނދުނު ސްކޫލަށް ދާން ނޫނީ ވަޒީފާޔަށް ދާން ނޫނީ ދަތުރުދާން އޮންނަރޭރޭ އެދޭފަދަ ޝައުޤެއްދީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ބިރުވެތި ވާށެވެ.

You may also like

އަޤީދާ

މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟

މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟ މީސްތަކުންގެ ތެރެއިން ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ޤާދިޔާނިންނަކީ މުސްލިމުންގެ ފިރުޤާތަކުގެ ...
ދީން

رمضان مبارك

 އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ ކެއްތެރިކަން ލިއްބައިދޭ މަހެކެވެ. އެހެނީ އެމަހަކީ އަޅުކަމުން ފުރިގެންވާ މަހެކެވެ. އެމަހުގައި މުސްލިމުން އަވަދިނެތި ...

Leave a reply

Your email address will not be published. Required fields are marked *

އާންމު ލިޔުން

ރަށްފުށުގެ ދިރިއުޅުން ތަރައްޤީ ކުރުމަށް އެންމެ ފުރިހަމަ ނިޒާމް

އަބްދުއްރަީމް މުޙައްމަދު ދިވެހިރާއްޖެ މިވަނީ ރަށްފުށުގެ ތަރައްޤީގެ އާމަރުހަލާއެއް ފެށިފައެވެ. ރައްތަކާއި އަތޮޅު އަދި ސިޓީ ތަރައްޤީ ކުރުމަށް ވަނީ ...
ދީން

ފަތިސްނަމާދު….

ޒަމާނަށް އަންނަމުންދާ ބަދަލުގައި އެއިގެ އަވައިގައި އެންމެ ފުރަތަމަ ޖެހޭބަޔަކީ ހަމަ ޔަޤީނުންވެސް ޤައުމުގެ ޒުވާނުންކަން ކަށަވަރެވެ. މިޒަމާނުގެ ކުއްޖަކަށް ގޮވާލުމަށްފަހު މަންމަ ދަރިފުޅާއޭ އަވަހަށް ނިދާ އަވަހަށް ހޭލުމަށް އާދަކުރާށޭ ބުނެފިނަމަ އެ މަންމަ އަކީ މިވަނީ “ކަޓް” މަންމަ އަކަށެވެ. ބޯދާ ޚިޔާލުގެ މުސްކުޅި މަންމަ އަކަށެވެ. (more…)

You may also like

އަޤީދާ

މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟

މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟ މީސްތަކުންގެ ތެރެއިން ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ޤާދިޔާނިންނަކީ މުސްލިމުންގެ ފިރުޤާތަކުގެ ...
ދީން

رمضان مبارك

 އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ ކެއްތެރިކަން ލިއްބައިދޭ މަހެކެވެ. އެހެނީ އެމަހަކީ އަޅުކަމުން ފުރިގެންވާ މަހެކެވެ. އެމަހުގައި މުސްލިމުން އަވަދިނެތި ...

Leave a reply

Your email address will not be published. Required fields are marked *

More in:ދީން

ދީން

ﷲ ތަޢާލާ ޙަލްޤު ތަކުންނަށް ސިއްރު ކުރައްވަވާފައިވާ ދުވަހެއް…

އާޚިރަތް ދުވަހަކީ ﷲސުބުޙާނަހޫ ވަތަޢާލާ ޚަލްޤުތަކުންނަށް ސިއްރުކުރައްވަފައިވާ ދުވަހެކެވެ. އެކަލަނގެ ވަޙީކުރައްވާފައިވެއެވެ. {إِنَّ ٱلسَّاعَةَ آتِيَةٌ أَكَادُ أُخْفِيهَا لِتُجْزَىٰ ...
އަޤީދާ

އިސްލާމީ ޝަރީޢަތުގެ ޙައްދުތަކަށް އިންކާރުކުރާމީހުންނާއި އެބައިމީހުނަށްދޭނެ ރައްދު(1 ވަނަ ބައި)

އިސްލާމީ ޝަރީޢަތަކީ، މާތްﷲ އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރިކުރައްވައި، އިންސާނުންގެ ދުނިޔެއާއި އާޚިރަތުގެ އުފަލާއި ...
0 %