ޞިއްހަތު

ފެހި ސައި

ސާޔަކީ އެތައް ސަތޭކަ އަހަރެއް ކުރިން ފަށައިގެންވެސް ދުނިޔޭގައި މީހުން ބޭނުންކުރަމުން އައި ބުއިމެކެވެ. އަދި މިއަދު ދުނިޔޭގައި އެންމެ ގިނަ ބަޔަކު އެންމެ ގިނައިން ބޯ ބުއިމަކީ ސައެވެ. ދުނިޔޭގައި ސަތޭކަ މިލިއަނަށް ވުރެ ގިނަ މީހުން ސައި ބޭނުންކުރެއެވެ. އެންމެ ފުރަތަމަ ސައިފަތް ބޭނުން ކުރަން ފެށިފައިވަނީ އިންޑިއާ އަދި ޗައިނާގައެވެ.

ސައިގެ ތަފާތު ވައްތަރުތަށް ހުރެއެވެ. އެހެންނަމަވެސް އާންމުކޮށް އަޑު އިވެނީ ގްރީން ޓީ އަދި ކަޅު ސައިގެ ވާހަކައެވެ. މީގެ ތެރޭން ދިވެހިން އާންމުކޮށް ބޭނުންކުރަނީ ކަޅު ސައެވެ. ގްރީން ޓީ އަކީ ކަޅު ސަޔައްވުރެ ޞިއްހީގޮތުން ފައިދާހުރި އެއްޗަކަށް ވާނަމަވެސް އަދި ދިވެހިންގެ ތެރޭގައި ގްރީން ޓީ ނުވަތަ ފެހި ސައި ބޭނުން ނުކުރެވެއެވެ. ފެހި ސައިފަތަކީ ފަތް ދޮންވުމުގެ ކުރިން ފަތްތައް ކަނޑައިގެން ހަދާ ސައިފަތެކެވެ. އެހެންނަމަވެސް ކަޅު ސަޔަކީ ވަރަށް ރީތިކޮށް ހިއްކާފައި ހުންނަ ސައިފަތެކެވެ. އާދައިގެ ސަޔަށްވުރެ ފެހި ސައިގައި ޞިއްހީ ފައިދާތަށް އެތައް ގުނައަކަށް އިތުރެވެ.

ދުނިޔޭގެ ގައުމުތަކުގައި މައިގަނޑު 2 ވައްތަރެއްގެ ސައި ބޭނުންކުރެއެވެ. އެއީ ގްރީންޓީ، ބްލެކްޓީއެވެ. މި 2 ވައްތަރަކީވެސް ސައިފަތުގައި ހަދާފައި ހުންނަ 2 ވައްތަރެވެ.  މީގެ އިތުރަށް ފޮނިތޮށި ޓީބޭގް، ގްރީންޓީން އާއި އަދި ކަޅު ސައިފަތާއި ތަފާތު ބާވަތްތައް އެއްކޮށްފައި ހުންނަ ސައިތައް ހުރެއެވެ. މީގެ ތެރޭގައި އިނގުރު ސައިވެސް ހުރެއެވެ. މި ބާވަތްތައް މާލޭގެ ގިނަ ފިހާރަތަކުގައި ހުރެއެވެ. ކަޅު ސައިފަތާއި ފެހި ސައިފަތަކީ ހަމަ އެކައްޗެކެވެ.  ތަފާތަކީސައިފަތް ހަދާފައި ހުންނަ ގޮތެވެ. މިސާލަކަށް ގްރީން ޓީއަށް ބަލާއިރު އެ ސައިފަތްތައް ހުންނަނީ ރޯކޮށް ހުއްޓައި ދޮން ނުވަނިސް ހިއްކާފައެވެ. މިގޮތަށް ހިއްކައިގެން ހަދާފަ ހުންނަ ފެހި ސައިފަތުގައި މަތީ މިންވަރަކަށް އެންޓި އޮކްސިޑެންޓް ހިމެނެއެވެ.

ޞިއްހީ ގިނަ މައްސަލަތަކުގެ ހައްލެއްކަމަށް ގްރީން ޓީ ނުވަތަ ފެހި ސައި ވެފައިވާއިރު މީގެން ލިބޭ އެންމެ ބޮޑު ފައިދާއަކީ ކެންސަރު އަދި ހިތުގެ ބަލިތަކަށް ފެހި ސައިން ފަރުވާ ލިބުމެވެ. ދިރާސާކުރާ ފަރާތްތަކުން ލަފާކުރާގޮތުގައި ދުވާލަކު 3 ޖޯޑް ސައި ބޯ މީހަކަށް ހާރޓްއެޓޭކް ޖެހުމުގެ ފުރުސަތު 11 ޕަސެންޓް ދަށްކޮށްދެއެވެ.

ސިއްޙީ ދިރާސާތަކުން ދައްކާގޮތުން ގްރީން ޓީ އަދި ބްލެކްޓީ ކެންސަރުން ދުރުކޮށްދެއެވެ. މިގޮތުން މިސާލަކަށް ބަލާއިރު ޖަޕާން ފަދަ ގައުމުތަކުގައި އާންމުކޮށް ސައި ބޭނުންކުރެއެވެ. ހަގީގަތުގައި ސައިގެ ސަބަބުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ކެންސަރާ މީހާ ދުރުކޮށްދިނުމެވެ. ހާއްސަކޮށް ގްރީންޓީ އަކީ އެންޓިއޮކްސިޑެންޓް  މަތީ މިންވަރަކަށް އެކުލެވޭ ސައެކެވެ.

ހުސައިން ނިޔާޒު / ޅޮހި
އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

    You may also like

    2 Comments

    1. this is a comment

    Leave a reply

    Your email address will not be published. Required fields are marked *