ދިރޭތަކެއްޗާއި ތިމާވެށި

ފެހުރިހި(ވޭލް ޝާރކް

ﷲ ކޮންމެ ދިރޭއެއްޗެއް ލެއްވުމުގައި ހިކުމަތަތްކެއް ވާނެއެވެ. އެހެނި ކޮންމެ ދިރޭ އެއްޗެއްވެސް ވަނީ އެކަތި އަނެކެއްޗާއި ގުޅި ލާމެހިފައެވެ. ހަމަ އެހެންމެ އެތަކެތި މަދުވުމަކީ އޭގެ ސަބަބުން އިންސާނުންނަށް ދަތިތަކެއް ކުރިމަތިވާނެފަދަ އެއްޗެކެވެ.މިގޮތުން ރާއްޖޭގައި މަދުވަމުންއަން ފެހުރިހި މިޔަރަށް ބަލަައިލާނަމެވެ.

ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ތަކެތީގެ ތެރޭން ވޭލްސާރކް އަކީ ރާއްޖޭން މަދުވަމުންއަންނަ އެއްޗެކެވެ.ދިވެހިރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ އެންމބޮޑު މަހުގެ ގޮތުގައި ފާހަގަކުރެވޭ ވޭލްސާރކަށް ދިވެހި ބަހުންކިޔަނީ ފެހުރިހިއެވެ. ފެހުރިހިއާއި ބެހޭގޮތުން ދުނިޔޭގައި ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު އެންމެ ބޮޑުވާކަމަށް ފާހަގަކުރެވިފައިވާ ގޮތުން 12.65 މީޓަރ އެވެ. އެއީ 41.50 ފޫޓެވެ.

12.65 މީޓަރ ގެ ފެހުރިއެއްގެ ބަރުދަނުގައި ހުންނަނީ 21.5 ޓަނެވެ. ފެހުރިހިއަކީ ކަނޑުގައި ދިރިއުޅޭ މަސްތަކުގެ ތެރޭން ނިސްބަތުން ބޮޑު އަދި ފެހުރިހި އަކީ މިޔަރުގެ އެހެން ބާވަތްތަކާއި ތަފާތު ސިފަތަކެއް ލިބިފައިވާ މަހެކެވެ. މިޔަރުގެ ގިނަ ބާވަތްތަކީ މަސްފަދަ ތަކެތި ކައިގެން އުޅޭ އެއްޗެއްސެވެ. އަދި ބައެއްފަހަރަށް މިޔަރަކީ އިންސާނުންގެ ފުރާނަޔަށް ނުރައްކާވާފަދަ ހަމަލާތައް ދޭއެއްޗެކެވެ. ހަމަ އެހެންމެ ދުނިޔޭގެ އެކި ގައުުމުތަކުގައި މިޔަރުގެ ގިނަބާވަތްތަކަކީ ނުރައްކަތެރި ބިރުވެރި އެއްޗެއްގެ ގޮތުގައި ސިފަކުރެވިފައިވީނަމަވެސް ފެހުރިހި މިޔަރަކީ މުޅިން ތަފާތު ވައްތަރެއްގެ މިޔަރެކެވެ. އެއި ފެހުރިހި މިޔަރަކީ ބޮޑެތި މަސްކައި އެހެނިހެން ދިރޭ ތަކެއްޗައް ހަމަލާދިނުމުގެ ބަދަލުގައި ކަނޑުގައި އުލޭ ޕްލޭންކްޓަންފަދަ ތަކެތި ކައިގެން އުޅޭ އެއްޗެކެވެ.
ފެހުރިހި މިޔަރު އާންމުގޮތެއްގައި އަނގަ ހާކޮށްގެން އުޅޭކަން ފާހަގަކުރެވިފައިވާއިރު އެއްވެސް އިންސާނަކަށް ނުރައްކަލެއް ނެތެވެ. އެހެންނަމަވެސް ފެހުރިހި މިޔަރު މަދުވުން އެއީ ނުރައްކަލެކެވެ. އެހެނީ ފެހުރިހިއަކީ ފެނުގެ ތެރޭގައި އުލޭ ފަނިފަކުސާތަކާއި އަދި އިންސާނުންގެ ގައިގައި ކަށިޖަހާ ބާވަތުގެ ތަކެތި ފެނުގެ ތެރޭން ކަމުން ދުވަމުންދާ އެއްޗެކެވެ. ފެހުރިހި މަދުވުމަކީ އެފަދަ ތަކެތި އެކަށީގެންވާވަރަށް ވުރެ ގިނަވެގެންދާނޭ ކަމެކެވެ. އަދި ހަމަ އެހެންމެ އިގްތިސާދީގޮތުންވެސް އޭގެ އަސަރުކުރެއެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރޭން ކަނޑު ފީނާލުމަށް ފެހުރިހި ބަލާލުމަށް އަންނަ ޑައިވަރުންވެސް މަދެއް ނޫނެވެ. ރާއްޖޭގެ ފަަރުތަކުގެ ރީތިކަމާއި ގުޅިފައިވާ ފެހުރިހި އަކީ މިއަދު ރާއްޖޭގެ ފަރުތަކުންނާއި ކަނޑުތަކުން މަދުވަމުންއަންނަ މަހެކެވެ. ހަމަ އެހެންމެ ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ތަކެތީގެ ލިސްޓްގައި ހިމެނެ މަހެކެވެ.
ހުސައިން ނިޔާޒު / ޅޮހި
އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

    You may also like

    Comments are closed.

    ދިރޭތަކެއްޗާއި ތިމާވެށި

    ދިވެހިން ނުރާއްކާތެރި ދިރުންތަކުގެ ގޮތުގައި ފާހަނގަކުރާ މޫދުގެ ދިރުންތަކުގެ ޙަގީގަތް 1

    ނުރައްކާތެރި މަސްތަކެއްގެ ގޮތުގައި ބައެއް ބާވަތްތަކުގެ މޫދުގެ ދިރުންތައް ދިވެހިންގެ ތެރޭގައިވެސް އަންނަނީ ފާހަނގަކުރެވެމުންނެވެ. ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ...
    ދިރޭތަކެއްޗާއި ތިމާވެށި

    ފެހުރިހި(ވޭލް ޝާރކް)

    ﷲ ކޮންމެ ދިރޭއެއްޗެއް ލެއްވުމުގައި ހިކުމަތަތްކެއް ވާނެއެވެ. އެހެނި ކޮންމެ ދިރޭ އެއްޗެއްވެސް ވަނީ އެކަތި އަނެކެއްޗާއި ގުޅި ލާމެހިފައެވެ. ހަމަ އެހެންމެ އެތަކެތި މަދުވުމަކީ އޭގެ ސަބަބުން އިންސާނުންނަށް ދަތިތަކެއް ކުރިމަތިވާނެފަދަ ކަމެކެވެކެވެ. (more…)
    ހުސައިން ނިޔާޒު / ޅޮހި
    އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

      You may also like

      Leave a reply

      Your email address will not be published. Required fields are marked *

      0 %