ދިރޭތަކެއްޗާއި ތިމާވެށި

ދިވެހި ނަމެއް ސައިންޓިފިކް ނަމެއްގެ ގޮތުގައި ދެވިފައިވާ މަހެއް

ދިވެހި ނަމެއް ސައިންޓިފިކު ނަމެއްގެ ގޮތުގައި ދެވިފައިވާ  މަހަކީ އަބްދެފުދުފު މަނިކުފާނީއެވެ. އެމަހަކީ އަޅުގަނޑުމެންގެ ދިވެހި ދަރިފަސްކޮޅެއްއޮންނަ ދިވެހި ބަހުން ވާހަކަ ދައްކާ މަލިކު އަލިމަނިކުފާން 1968 ވަނަ އަހަރު ހޯދާފައިވާ މަހެކެވެ. އަލިމަނިުފާނަކީ މެރިން ބައިލޮޖީގެ ދާއިރާގައި ފާހަގަކޮށްލެވޭ އިލްމުވެރިއެކެވެ. 16 މާރޗު 1938 ގައި އުފަންވި އަލިމަނިކުފާންގެ މަންމަޔަކީ މަލިކުގެ މަސްހޫރު އާއިލާ މުރައިދުގަނޑުވަރު  ފާތިމާ މަނިކެއެވެ. އަދި ބައްޕައަކީ މޫސާ މަނިކުފާނެވެ. އަލިމަނިކުފާން މަލިކުގެ އިސްވެރިއެއްގެ ގޮތުގައިވެސް ދުވަސްކޮޅަކު ހުންނެވިނަމަވެސް އަލިމަނިކުފާނަކީ މެރިން ބައިލޮޖީގެ ދާއިރާއިން ކުރިއައްދާންބޭނުންވާ މީހެއްކަމުން އަލިމަނިކުފާންއައީ އެމަސައްކަތްކުރައްވަމުންނެވެ. މިގޮތުން މަސްހޫރު މެރިން ބައިލޮޖިސްޓް ޑރ ޖޯންސް އާއި އެކު މަސައްކަތްކުރެއްވުމުގެ ފުރުސަތު ލިބުމަކީ އަލިމަނިކުފާންއަށް އެންމެ ބޮޑުކުރިއެރުމެއްލިބި ސިދާ އެދާއިރާގެ މަތީފެންވަރުގައި މަސައްކަތްކުރުމުގެ މަގުހުޅުވުނު ކަމެކެވެ.

ޑރ ޖޯންސްއޢި އެކު މަސައްކަތްކުރެއްވުމަށްފަހު އިންޑިއާގެ މައި މެރިން ރިސާރޗް ސެންޓާރ  ސެންޓްރަލް މެރިން ފިސަރީސް ރިސާރޗު އިންސްޓިޓިއުޓް އޮފް އިންޑިއަންއިން ފުރުސަތު ލިބިވަޑއިގަތުމުން އެތަނަށް ބަދަލުވެ ވަޑައިގަން ރިސާރޗުތަކުގެ މަސައްކަތް ފަށައިގަތެވެ.

އަލިމަނިކުފާން ހޯދާފައިވާ އަބްދެފުދުފު މަނިކުފާނީ ގެ ނަމުން ނަންދީފައިވާ މިމަހަުގެ ކުލަޔަކީ ޗޮކުލެޓްވައްތަރަކަށްދާ ކުލައެކެވެ. މި މަސްބޮޑުވާކަމަށް ފާހަގަކުރެވިފައިވަނީ 3.8-4.2 އިންޗިއަށެޗެ. ޑރ ޖޯންސްއާއި އެކު އަލި މަނިކުފާން މަސައްކަތްކުރެއްވި ދުވަސްވަރު މި މަސް ހޯދާފައިވަނީ މަލިކުގެ ސަރަހައްދުންނެވެ.

ހުސައިން ނިޔާޒު / ޅޮހި
އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

  You may also like

  ދީން

  رمضان مبارك

   އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ ކެއްތެރިކަން ލިއްބައިދޭ މަހެކެވެ. އެހެނީ އެމަހަކީ އަޅުކަމުން ފުރިގެންވާ މަހެކެވެ. އެމަހުގައި މުސްލިމުން އަވަދިނެތި ...

  Leave a reply

  Your email address will not be published. Required fields are marked *

  ދިރޭތަކެއްޗާއި ތިމާވެށި

  ދިވެހިން ނުރާއްކާތެރި ދިރުންތަކުގެ ގޮތުގައި ފާހަނގަކުރާ މޫދުގެ ދިރުންތަކުގެ ޙަގީގަތް 1

  ނުރައްކާތެރި މަސްތަކެއްގެ ގޮތުގައި ބައެއް ބާވަތްތަކުގެ މޫދުގެ ދިރުންތައް ދިވެހިންގެ ތެރޭގައިވެސް އަންނަނީ ފާހަނގަކުރެވެމުންނެވެ. ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ...