އިޖްތިމާއީ

ދެއްކުންތެރިކަމާއި ގާތްނުވާށެވެ.

ހައްވަ ކޮޓަރީގައި ނަމާދުކުރަމުންދިޔަލެއް އަވަސްކަމުން ހީވަނީ ޗާބީ ދީފައި ހުރި ބުދެއްހެންނެވެ. ނަމާދަށް ހަރަމް ބަނުމާއި ސަޖިދަ އަށް ދިޔުމާއި ދެމެދުގައި ބައި ސިކުންތު ނުވެޔޭ ބުންޏަސް ރަނގަޅުވާނެއެވެ. ކުއްލިއަކަށް މިއަވަސްކަމުގައި ނަމާދުގެ ރަކުއަތަކަށްފަހު ރަކުއަތެއް ކުރަމުންދަނިކޮށް ކޮޓަރީގެ ދޮރުން މީހަކުވަދެއްޖެއެވެ.
ވަނުމާއެކުގައި ހައްވަގެ ހަރަކާތްތައްވެސް ފިސާރި މަޑުވެ މަޑޮމޮޅިވެ، ހުޝޫއަތްތެރިވެއްޖެއެވެ. އެވަން މީހަކު ވަންފަހުން ސަޖިދާގައި އޮތްވަގުތުތައް ދަމާލައި މަޑުމޮޅިކަމާއި އެކު ނަމާދުކޮށް ނިންމާލައިފިއެވެ.ނިންމާ ފަހަތް ބަލައިލިއިރު ގޭގައި ގެންގުޅޭ ބުޅާ ނަގޫތަޅުވާލާ ތަޅުވާލާ އޮތެވެ. ހައްވައަށްވެސް ހިންދެމިލައި މީހަކު ނޫންކަން ބަލަންހުރީ އެނގި ރަނގަޅަށް ފުރާ ނޭވާއެއް ލިއެވެ.
ދެއްކުންތެރިކަމަކީ މިއެވެ. މީހުންނަށް ދެއްކުމަށް ކަންކުރުމެވެ. މީހުންގެ ކިބައިން ލިބޭނެ މޮޅެތި ބަސްތަކަކަށްޓަކައި އެކަން ކުރުމެވެ. ބައެއްމީހުން މިފަދަ ޢަމަލުތައް ކުރަނީ ﷲގެ ރުއްސެވުން ހޯދުމުގެ ބަދަލުގައި މީސްތަކުންނަށް ދެއްކުމަށްޓަކައެވެ. އަނެއްބައިމީހުންނަށް ވާގޮތަކީ ޢަމަލުގެ ވަކިހިސާބަކުން ދެއްކުންތެރިކަން ވަންނަނީއެވެ. އަޅުގަނޑުމެންގެ ހައްވައަށް ވީހެންނެވެ.

އަޅުގަނޑުމެން ހެޔޮ ޢަމަލެއްކުރާ ކަމުގައިވާނަމަ ދެ ޝަރުތެއް އެޢަމަލު ޤަބޫލުވުމުގައި ވެއެވެ.
1. އެ ޢަމަލަކީ ހެޔޮ ރަނގަޅު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުގަންނައިދެއްވި ގޮތަށް އެކަލޭގެފާނުގެ ސުންނަތާއި އެއްގޮތަށް ކުރުން
2. ﷲ ޞުބުޙާނަހޫ ވަތަޢާލާގެ ގެ ވަޖުހުފުޅު އަދައިގެން އިޚުލާސްތެރިކަމާއި އެކު އެއްވެސް ބާވަތެއްގެ ޝަރީކު ކުރުމެއްނެތި އެބަހީ ހަމައެކަނި ﷲއަށްޓަކައި ކުރެވޭ ޢަމަލެއްކަމުގައިވުން

މި ދެ ޝަރުތުވާކަމުގެ ދަލީލަކީ ކަހަފު ސޫރަތުގެ 110ވަނަ އާޔަތެވެ.

މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
قُلْ إِنَّمَا أَنَا بَشَرٌ مِّثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَـٰهُكُمْ إِلَـٰهٌ وَاحِدٌ ۖ فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا
މާނައިގެ ތަރުޖަމާ: ” (އޭ މުޙައްމަދު -ޞައްލަﷲ ޢަލައިހި ވަސައްލަމަ) ކަލޭގެފާނު ވިދާޅުވާށެވެ. އަހަރެންނަކީ ހަމަތިޔަބައިމީހުންފަދަ އިންސާނެކެވެ. ތިމަންކަލޭގެފާނަށް ވަޙީކުރެއްވިގެންވަނީ ތިޔަބައިމީހުންގެ އިލާހަކީ އެއްވެސް ޝަރީކެއްނުވާ އެންމެ އިލާހެއްކަމެވެ. (އެއީ ﷲ ޞުބުޙާނަހޫ ވަތަޢާލާއެވެ). ފަހެ އެމީހެއްގެ ވެރިރައްބާއި ބައްދަލުކުރަން އެދޭ މީހާ ހެޔޮ ޢަމަލުކުރާށެވެ. އަދި އެއްވެސް އަޅުކަމެއްގައި އެއިލާހާއި އެއްވެސް ފަރާތެއް ޝަރީކުނުކުރާށެވެ.”

ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ ފުދިވޮޑިގެންވާ އިލާހެވެ. އެއިލާހަށް އެއިލާހުގެ އުފެއްދެވި އަޅުތަކުންގެ މައްޗަކަށް ބޭނުންވެ ވޮޑިގެނެއް ނުވެއެވެ. ނަމަވެސް އެއިލާހަށް ބޭނުންވެގެންވާ ބަޔަކީ ނިކަމެތި އަޅުގަނޑުމެންނެވެ. އެއިލާހުގެ އުފައްދަވާ ޚަލްޤުކުރައްވާއިވާ މަޚުލޫޤުންނެވެ.
ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
” ﷲ ތަބަރަކަ ވަތަޢާލާ ވަޙީކުރެއްވިއެވެ. ތިމަން އިލާހުވަނީ ޝަރީކުކުރާ މީހާގެ ޝިރުކުގެ މައްޗަށް މުއްސަނދިވެވޮޑިގެންނެވެ. މީހަކު ކުރާ ޢަމަލެއްގައި ތިމަން އިލާހާއި އެއްވެސް ފަރާތަކާއި ޝަރީކުކުރާ ކަމުގައިވާނަމަ ތިމަންއިލާހު އެފަރާތަކާއި އަދި އެފަރާތެއްކުރާ ޝިރުކު ދޫކޮށްލާ ހުށީމެވެ. ” އެބަސްފުޅުގެ މުރާދަކީ އެއްވެސް ބާވަތެއްގެ ޝަރީކެއް ހުއްދަވެގެން ނުވާކަމާއި އަދި އެފަދަ ކަމެއްކޮށްފިމީހެއްގެ ޢަމަލު ޤަބޫލުވެވިގެން ނުވާކަމެވެ. އަދިއެކަންކުރާ ފަރާތަށް އެއްވެސް ހެޔޮކަމެއް ލިބިގެންނުވާކަމެވެ.

މިއީ އިސްލާމްދީނުގައި ނުހަނު ގަދައަށް އެކަންމަނާ ކުރާ ކަމެކެވެ. މިއީ ޝިރުކުގެ އަމަލެކެވެ. ދެއްކުންތެރިކަމަކީ ކުޑަ ޝިރުކުކުރުން ކަމަށްވެސް ބަޔާންވެފައިވެއެވެ. އަދި އަޅުގަނޑުމެން ކުރާ އެއްވެސް ކަމެއްގައި ދެއްކުންތެރިކަން ހިމެނޭ ކަމުގައިވާނަމަ އެކަމާއި މެދު ބިރުވެތިވެ އެކަމުން ބިރުވެތިވެ އަޅުގަނޑުމެންގެ ކުރާ ކޮންމެ ހެޔޮކަމެއް ﷲ އަށް އިޚުލާސްތެރިކަމާއި އެކުގައި ކުރުން ހުއްޓެވެ.
އެހެނީ އަޅުގަނޑުމެންގެ ޢަމަލުތައް ޤަބޫލުވެވުން އޮންނަނީ އިޚުލާސްތެރިކަމާއި އަދި ރަސޫލާ މުހައްމަދު ޞައްލަﷲ ގެ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެއްގޮތްވާ ގޮތުގެ މަތިންކުރެވޭ ޢަމަލުތަކެވެ. ވީމާ އަޅުގަނޑުމެންނަށް ދެއްކުމަށްޓަކައި ހައްވަކުރިފަދައިން ކުރެވޭ ޢަމަލުތަކާއި އަދި ސީދާ ދެއްކުމަށްޓަކައި ކުރެވޭ ޢަމަލުތަކުން ސަލާމަތްވަމާތޯއެވެ؟ ދެއްކުންތެރިކަމަކީ ފަސާދައެކެވެ.

ވީމާ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަކީ ޝަރީކުކުރުމެއްނެތި އިޚުލާސްތެރިކަމާއި އެކު އެއިލާހު އެއްކައުވަންތަކުރާ ޞާލިޙު އެއިލާހާއި ބައްދަލުވުމުގެ އެދުމުގައި ދެމިތިބޭ ބަޔެއްކަމުގައި ލައްވާށިއެވެ. އަދި އަޅުގަނޑުމެންނަށް އެނގިގެންނާއި ނޭންގި ކުރެވޭ ފާފަތަކުން އަޅުގަނޑުމެންނަށް ފާފަ ފުއްސަވައި ރަނގަޅު ޞާލިޙު ހެޔޮލަފާ މުސްލިމުންގެ ތެރެއިން ލައްވައި މުސްލިމުންގެ ގޮތުގައި މަރުގަންނަވާ ބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން

ހަވާލާ: ދުރޫސުއް ތައުހީދު.

What's your reaction?

Excited
0
ޢަބްދއްރަޙީމް މުޙައްމަދު / ނ.ޅޮހި
އަބްދުރަޙީމް އަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރެކެވެ. އަބްދުރަހީީމް ގެ ލިއުންތައް ލިޔަމުންއައިސްފައިވަނީ ޅޮހި އަބްދުއްރަހީމްގެ ނަމުގައެވެ.

    You may also like

    Leave a reply

    Your email address will not be published. Required fields are marked *

    އަޤީދާ

    ދެއްކުންތެރިކަމާއި ގާތްނުވާށެވެ.

    ހައްވަ ކޮޓަރީގައި ނަމާދުކުރަމުންދިޔަލެއް އަވަސްކަމުން ހީވަނީ ޗާބީ ދީފައި ހުރި ބުދެއްހެންނެވެ. ނަމާދަށް ހަރަމް ބަނުމާއި ސަޖިދަ އަށް ދިޔުމާއި ދެމެދުގައި ބައި ސިކުންތު ނުވެޔޭ ބުންޏަސް ރަނގަޅުވާނެއެވެ. ކުއްލިއަކަށް (more…)

    What's your reaction?

    Excited
    0
    ޢަބްދއްރަޙީމް މުޙައްމަދު / ނ.ޅޮހި
    އަބްދުރަޙީމް އަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރެކެވެ. އަބްދުރަހީީމް ގެ ލިއުންތައް ލިޔަމުންއައިސްފައިވަނީ ޅޮހި އަބްދުއްރަހީމްގެ ނަމުގައެވެ.

      You may also like

      More in:އަޤީދާ

      Leave a reply

      Your email address will not be published. Required fields are marked *

      Next Article:

      0 %