ދީންތާރީޙް

ސަލަފުއްޞާލިޙުންގެ ހަޔާތްޕުޅުން އިބުރަތްތެރި ދިހަވާހަކަ

މުތަރުޖިމު: أبو عبد الله عبدالرحيم المدني

1. އިމާމު އަޙުމަދު ބިން މުޙައްމަދު ބިން ޙަންބަލް ރަޙިމަހުﷲ ވިދާޅުވިއެވެ. ” ތިމަންކަލޭގެފާނު މައްކާގެ ކޮންމެސް ހިސާބެއްގެ ބަޔަކާއި އެކުގައި ވާން ލޯބިކުރައްވަމެވެ. އޭރުން މީހުންނަކަށް ތިމަންކަލޭގެފާނެއް ނޭންގޭނެއެވެ. ތިމަންކަލޭގެފާނު މަޝްހޫރުވުމުގެ މުސީބާތް ޖެހުނު ފަހުން ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު މަރުވުމަށް އުއްމީދުކުރައްވަމެވެ”
2. މަވްރިޤުލް ޢަގަލީ ރަޙިމަހުﷲ ވިދާޅުވެއެވެ. ” އެމީހުންގެ ހެޔޮ އަމަލުތައް ތިމަންނާއަށް ކިޔައިދިނުމަށް ތިމަންކަލޭގެފާނު ނުރުހުމެވެ.”
3. އައްޔޫބުއް ޝުޙައިތާނީ ރަޙިމަހުﷲ މުޅި ރޭގަނޑު އަޅުކަން ކުރެއްވުމުގައި ހޭދަކުރައްވައެވެ. އަދި އެކަން ސިއްރުކުރައްވައެވެ. އަދި ފަތިހު ހޭލައްވާއިރު މީހުންނިދާހޭލާއިރު، އެކަލޭގެފާނު ހޭފުޅު ލެއްވީ އެވަޤުތުގައި ކަމަށް ހީވާފަދަ އަޑެއް ލައްވާލައެވެ.

4. ސުފްޔާނުއް ޘައުރީ ރަޙިމަހުﷲއަށް ދެންނެވުނެވެ. ވެރިންގެ އަރިހަށް ކަލޭގެފާނު ވަދެވަޑައިގަތުން ކީއްތޯއެވެ؟ އެކަލޭގެފާނު ޖަވާބުދެއްވިއެވެ. ތިމަންކަލޭގެފާނު ބުނެފައިވާ ތަކެއްޗާއި މެދު ތިމަންކަލޭގެފާނުގެ މަޤާމަކީ ކޮބައިކަން ﷲ ސުވާލުކުރައްވާފާނެތީ ބިރުފުޅުގަނެއެވެ. ބުނެވުނެވެ. ބުނާނީއެވެ. އަދި އެޔަށް ރައްކާތެރިވާނީއެވެ. އެކަލޭގެފާނު ޖަވާބުދެއްވިއެވެ. އަހަރެންގެ ހެދުން ނުތެންމައި ކަނޑުގައިި ފަތަން އަމުރުކުރާށެވެ. (އެހެނީ ވެރިންގެ ކައިރިއަށް ވަދެއްޖެނަމަ އެފަދަ ބަސްތައް އޮންނާނީ ބުނެވިފައެވެ.)
5. މުޙައްމަދު ބިން ސީރީން ރަޙިމަހުﷲ އެކަލޭގެފާނު ދުވާލު ލޮލުން ފެން އަންނަންދެން ހިނިވަރުނަ ކުރައްވާ އުޅުއްވައެވެ. ނަމަވެސް ރޭގަނޑު އަތުވެއްޖެނަމަ ކީރިތި ކުރައްވައި ނަމާދާއިގެން މަޝްޣޫލުވެލައްވައެވެ.
6. ޢަލީ ބިން ޙުސައިން ޒައިނުލް ޢާބިދީން ރަޙިމަހުﷲ ދަންވަރު ވުމުން މަދީނާގައި އެކަލޭގެފާނުގެ ކޮނޑުފުޅުގައި ޞަދަޤާތް އުފުއްލަވައި ގޭގޭގެ ކައިރީގައި ބަހައްޓަވައެވެ. ޞަދަޤާތް ލިބޭ މީހުންނަށް އެއީ ކާކުގެ ފަރާތުން ލިބޭ ޞަދަޤާތެއްކަމެއް ނުއެނގެއެވެ. މިގޮތުގައި އެތައް އަހަރުތަކެއް ވޭތުވެދިޔައެވެ. އެކަލޭގެފާނު އެކަންކުރެއްވީ އެއްވެސް ޚާދިމެއް ބޭނުންފުޅު ނުކުރައްވާ އަމިއްލަފުޅަށެވެ. އެކަލޭގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ ކޮނޑު ފުޅުގައި ބަރު އެއްޗެހި އުފުލާފައިވާ ކަމުގެ އަސަރު ފެންނަން ހުއްޓެވެ. އަދި ޞަދަޤާތް މެދު ކެނޑުމާއި އެކުގައި އެއީ އެކަލޭގެފާނުކަން މީސްތަކުންނަށް އެނގިއްޖެއެވެ.
7. އައްޔޫބުއް ސުޚައިތާނީ އަކީ ތާބިއީންގެ ތެރެއިން ޢިލްމުވެރި ބޭކަލެކެވެ. އަދި އަޅުކަން ކުރައްވާ އުޅުއްވާ އަޅުވެރި ބޭކަލެކެވެ. އެކަލޭގެފާނު ޙަދީޘް ކިޔައިދެއްވާ އިރުގައި ކީރިތި ކުރެއްވެއެވެ. އަދި އެކަން ފޮރުވުމަށްޓަކައި ނޭފަތް ފޮޅުއްވަމުން ލޯފޮއްސަވަމުން ބުނެއެވެ. “ރޯގާގެ ކަންތައް ބޮޑުވެއްޖެއެވެ”
8. އިބުނު ޢުމަރު ރަޟިޔަﷲ ޢަންހުއަށް މީހަކު ނަމާދުކުރަނިކޮށް ފެނިވަޑައިގަތެވެ. އަދި އެޔަށްފަހު އެކަލޭގެފާނުގެ ފަހަތުން އެބައާދެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ ކޮންކަމެއް ހެއްޔެވެ؟ އެމީހާ ބުންޏެވެ. ރޭގައި އަހަރެން ނަމާދެއް ނުކުރަމެވެ. (އެދެރަކުޢަތް އެއީ އެނަމާދެވެ.) އިބުނު ޢުމަރު ވިދާޅުވިއެވެ. މިހާރު އަހަރެންނަށް އެވާހަކަ ޚަބަރުކުރަން ބޭނުންވަނީ ހެއްޔެވެ؟ އެއީ އެންމެ ދެރަކުޢަތެއްނޫން ހެއްޔެވެ؟
9. އަބްދުﷲ ބިން އަޙުމަދު ބިން ހަންބަލު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ބައްޕަ ހުކުރަށް ދާން ނުކުމެވަޑައިގެންފިނަމަ އެކަލޭގެފާނުގެ ފަހަތުން އެއްވެސް މީހަކު ދިިޔުމަށް ދޫނުކުރައްވައެވެ. އަދި ފަހަތުން އަންނަ މީހުން އެކަލޭގެފާނުދޫކޮށް ދަންދެން ބައެއްފަހަރު ހުއްޓިވަޑައިގެން ހުންނަވައެވެ.
10. މަޝްހޫރު ޙަދީޘް ޢިލްމުވެރިޔެއްކަމަށްވާ ޢަބްދުލްޣަނީ އަލްމަޤްދިސީ (އުމްދަތުލް ޢަޚްކާމު ޖަމާކުރެއްވި) ބައިތުލް މަޤްދިސްގައި ޖަލަށް ލެވުނެވެ. އެކަލޭގެފާނު އެއްރޭ ދަމުަނަމާދަށް ތެދުވެވަޑައިގެން އިޚުލާސްތެރިކަމާއެކު ރޭ އަޅުކަން ކުރައްވަން ފެށިއެވެ. އަދި ކިިރިިތި ކުރައްވަން ފެއްޓެވިއެވެ. އަދި ފަތިސްވަންދެން އެގޮތުގައި އެކަލޭގެފާނު ދެމިހުންނެވިއެވެ. އެޖަލުގައި ޔަހޫދީންނާއި އަދި ނަޞާރާއިންގެ ބަޔަކު ތިއްބެވެ. އެބައިމީހުން ހެނދުނުވުމުން ޖަލުގެ ވެރިންގެ ކައިރިއަށް ގޮސް ބުންޏެވެ. އަހަރެމެން ދޫކޮށްލާށެވެ. އަހަރެމެން އިސްލާމްވެއްޖައީމެވެ. އެހެރަ ކަލޭގެފާނުގެ ދީނަށް ތިމަންނާމެން ވަދެއްޖައީމެވެ. އެމީހުންބުންޏެވެ. ކީއްވެހެއްޔެވެ؟ އެކަލޭގެފާނު ކަލޭމެންނަށް އިސްލާމްދީނަށް ގޮވާލީހެއްޔެވެ؟ އެމީހުން ބުންޏެވެ. އެކަލޭގެފާނު އިސްލާމްދީނަކަށް ގޮވައެއްނުލައެވެ. އަހަރެމެން އެކަލޭގެފާނާއި އެކު އެއްރޭ ހޭދަކުރީމެވެ. އަދި އެރޭ އަހަރެމެން ޤިޔާމަތްދުވަހުގެ މަތިން ހަނދުމަކޮށްދީފިއެވެ.
މަސްދަރު: ސާއިދު.ނެޓް

ހުސައިން ނިޔާޒު / ޅޮހި
އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

  You may also like

  އަޤީދާ

  މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟

  މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟ މީސްތަކުންގެ ތެރެއިން ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ޤާދިޔާނިންނަކީ މުސްލިމުންގެ ފިރުޤާތަކުގެ ...
  ތާރީޙް

  މިނިވަން 50 ގެ ބާނީ އާ މެދު އޭގެ ފަހުން އުފެދުން ސަރުކާރުން އަމަލުކުރި އިހާނެތިގޮތް

  މާޒީވި ތާރީޙުގެ ފަތްފުތްތަކުންނާއި ލޮލުންދެކެފައިވާ މީހުންގެ ފަރާތުން އެނގިހާމަވާން އޮތް ބޮޑު ޙަޤީގަތަކީ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަރައީސް އަދި މިނިވަންކަމުގެ ...

  Leave a reply

  Your email address will not be published. Required fields are marked *

  More in:ދީން

  ދީން

  رمضان مبارك

   އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ ކެއްތެރިކަން ލިއްބައިދޭ މަހެކެވެ. އެހެނީ އެމަހަކީ އަޅުކަމުން ފުރިގެންވާ މަހެކެވެ. އެމަހުގައި މުސްލިމުން އަވަދިނެތި ...
  ދީން

  ﷲ ތަޢާލާ ޙަލްޤު ތަކުންނަށް ސިއްރު ކުރައްވަވާފައިވާ ދުވަހެއް…

  އާޚިރަތް ދުވަހަކީ ﷲސުބުޙާނަހޫ ވަތަޢާލާ ޚަލްޤުތަކުންނަށް ސިއްރުކުރައްވަފައިވާ ދުވަހެކެވެ. އެކަލަނގެ ވަޙީކުރައްވާފައިވެއެވެ. {إِنَّ ٱلسَّاعَةَ آتِيَةٌ أَكَادُ أُخْفِيهَا لِتُجْزَىٰ ...
  އަޤީދާ

  އިސްލާމީ ޝަރީޢަތުގެ ޙައްދުތަކަށް އިންކާރުކުރާމީހުންނާއި އެބައިމީހުނަށްދޭނެ ރައްދު(1 ވަނަ ބައި)

  އިސްލާމީ ޝަރީޢަތަކީ، މާތްﷲ އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރިކުރައްވައި، އިންސާނުންގެ ދުނިޔެއާއި އާޚިރަތުގެ އުފަލާއި ...