ޝަގަފް އަށް އެހީތެރިކަން ފޯރުކޮށްދޭއްވާ!

 ކޮންމެ އިންސާނަކީވެސް އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވާނެ މީހެކެވެ. ތިމާއަށް ނުވަތަ ތިމާގެ ބެލުމުގެ ދަށުގައިވާ ފަރާތަކަށް ބައްޔެއް ނުވަތަ އެހެންވެސް ބޮޑުކަމެއް ދިމާވާ ހިނދު ތިމާވެސް ގިނަފަހަރަށް ހިތާމަޠާއި ހިއްދަތިކަން ބަރުދާސްތުކުރަން ޖެހެއެވެ. އާދެ އަޅުގަނޑުމެންނަކީ މުސްލިމުންކަމަށް ވީހިނދު ތިމާގެ އަހުންނާއި އުހުތުންނަށް ދިމާވާ ދަތި ތަކުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެއެވެ. މުސްލިމުންނަކީ އެއް ހަށިގަނޑެއްފަދަ ބައެކެވެ. އަނެކާ އަށް ލިބޭ ދެރަޔާއި ހިތާމައިގައި ބައިވެރިވާން ޖެހޭނެ ބައެކެވެ.

ނިކަމެތި ހާލުގައިވާ މީހަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަކީ ތިމާގެ އަތުން އެއްޗެއް އުނިވެގެންދާނެ ކަމެއް ނޫނެވެ. އެހެނީ އެހީ އާހިރަތަށްޓަކައި ރަށްކާކުރެވޭ ހެޔޮއަމަލެކެވެ. މިއަދު އަޅުގަނޑުމެންގެ ގައުމުގައި މައުސޫމް އެތައް ކުދިންނެއް ވަނީ ހިއްދަތި ހާލުގައި ބޮޑެތި ބަލިތަކުގައި ދުނިޔެ ދޫކޮށްގޮސްފައެވެ. ހަމަ އެހެންމެ ބަލިހާލުގައި ހޭދަކުރަންޖެހިފައިވާ ނިކަމެތި އެތައް އާއިލާވަނީ އެކަމުގެ ހިތާމަގައެވެ. މިއަދު އެކުދިންގެ އާދޭސްތައް އަޑު އަހާ އެމީހަކަށް ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ އާހިރަތަށްޓަކައި ކޮންމެހެން ކުރާންޖެހޭނެ ކަމެކެވެ.

ހިތުގެ ބޮޑެތި ބަލިތަކާއި ކިޑްނީފަދަ ބޮޑެތި ބަލިތަކުގައި ދުވަސްތައް ވޭތުކުރަމުންދާ ކުދިންނާއި އާއިލާތަކުގެ އާދޭހުގެ އަޑުއިވޭ ކޮންމެ ވަގުތަކީ ލޮލުން ކަރުނަ އޮހޮރިގެންދާ ހިތާމަވެރި ވަގުތުތަކެކެވެ. އެކުދިން ދުނިޔޭގެ ދިރި އޮންނާނެ ކަމުގެ މާ ބޮޑު އުންމީދެއް ނެތްނަމަވެސް ގިނަ ބަލިތަކަކީ އެދެވޭ ފަރުވާކުރެވިއްޖެނަމަ ރަނގަޅުކުރެވޭނެ ބައްޔެކެވެ.

 މިފަދަ ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް ގިނަ ފަރާތްތަކުން މުއްސަނދިންގެ ފަރާތުންނާއި އަދި އާންމު ފަންޑްރެއިސިން ޕުރޮގްރާމްތައް މެދުވެރިކޮށްވެސް ފަންޑް އަންނަނީ ހޯދަމުންނެވެ. މިގޮތުން މިހާރު މާލޭގައި އަދި ހުޅުމާލޭގައިވެސް ވަނީ އުމުރުން 22 އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ ޝަގަފްގެ ކިޑްނީ ޓްރާންސްޕްލާންޓޭޝަން އަށް ބޭނުންވާ ފައިސާ ހޯދުމަށް ޕުރޮގްރާމްތައް ހިންގަމުންނެވެ.

ޝަގްފްގެ ބައްޔައް ބޭނުންވާ ފަރުވާކުރުމަށް ފައިސާ ހޯދުމަށް ހިންގަމުން އަންނަ ޕުރޮގްރާމަކީ ވަރަށް ރަސްމީގޮތެއްގައި ހިންގަމުން އަންނަ ޕުރޮގްރާމެކެވެ. ރާއްޖޭގައި ބައެއް ފަރާތްތަކުން މިފަދަ ބަލިތަކުގެ ނަމުގައި ނާޖާއިޒްގޮތުގައި ފައިސާ ހޯދަމުންދާކަން ފާހަގަކޮށް ބަލި ހާލަތު ގޯސްވެގެން ފައިސާ ހޯދަން ދާ ފަރާތްތަކަށްވެސް މިހާރު ވަނީ އެހީތެރިކަން ހޯދުން ދަތިކަމަކަށްވެފައެވެ. މިފަދަ އެތަކެއް މަންޒަރެއް އަޅުގަނޑުގެ ކުރިމަތީގައިވެސް ވަނީ ހިނގާފައެވެ. މާކުރީގެ ބަލި ސެޓްފިކެޓްތައް ބޭނުންކޮށް ނާޖާއިޒްގޮތުގައި މަކަރުން ފައިސާ ހޯދުން މީ ބައެއް ދިވެހިންގެ އާންމުކަމެކެވެ. މިފަދަ މީހުން ގެ ކިބައިގައި ހުންނަ ރުއިމުގެ ހުނަރާއި ބަސްމޮށުންތެރިކަން ބޭނުންކޮށް ހިންގާ ދަށުދަރަޖައިގެ އަމަލުތަކުގެ ސަބަބުން ޝަގަފް ފަދަ އަދިވެސް މިފަދަ އެހީތެރިކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ގެއްލުން ވުމަކީ އަޅުގަނޑުމެންނަށް ގަބޫލްކުރެވޭނެ ކަމެއް ނޫނެވެ.

ޝަގަފްގެ ބައްޔައް ފަރުވާކުރަން ފައިސާ ހޯދަން ހިންގަމުން އަންނަ ހަރަކާތަކީ މިފަދަ އޮޅުވާލުންތައް ނުހިމެނޭ، ވަރަށް ރަނގަޅަށް ހިނގަމުން އަންނަ ހަރަކާތެއް ކަމުގެ ޔަގީންކަން ހެޔޮބަސްގެ ކިޔުންތެރިންނަށް އަރުވަމެވެ. ކޮންމެ އިންސާނަކީވެސް އަނެކާގެ އެހީތެރިކަމަށް ބޭނުންވާނެ މީހެއްކަން ދަނެ އެހީތެރިކަމުގެ އަތެއް ފޯރުކޮށް ދެއްވާށެވެ. އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް ވެވޭ އެހީތެރިކަމަކީ ކީރިތި ޤުރުޢާނުގެ  އަލް މާއިދާތު ސޫރަތުގެ  32 ވަނަ އާޔަތުން ދޭހަވާގޮތުގައި ، މީހަކު މަރުން  ސަލާމަތްކޮށްދިން މީހާ، ދުނިޔޭގައިވާ އެންމެހާ މީސްތަކުން ދިރުއްވުންފަދައެވެ.  ހަމަ އެހެންމެ އޭގެ ދަރުމަޔާ ސަވާބު ދުނިޔެ އާހިރުގައި މާތްﷲ ދެއްވާނެއެވެ

ޑޜ އަބްދުލް މަޖީދް އަބްދުލް ބާރީ ހިދާޔަތުގެ އަލީގައި ލިޔުއްވާފައިވެއެވެ. “

ފުރިހަމަ ޞިއްހަތަކީ ކިހާވަރެއްގެ ބޮޑު ނިޢުމަތެއްކަން  ވަޒަންކުރެވޭނީ ހަމައެކަނި ބަލިމީހަކަަށެވެ. ﷲ ގެ ހެޔޮރަޙްމަތްފުުޅުން އަޅުގަނޑުމެން ދުޅަހެޔޮ ޞިއްޙަތެއްގައި އުޅެމުންދާއިރު، އެކިއެކި ބަލިތަށް ތަޙައްމަލު ކުރަމުންދާ އެތައްބަޔަކު އަޅުގަނޑުމެންގެ  ތެރޭގައި އުޅޭކަން އެއްވެސް ޙާލެއްގައި ހަނދާން ނައްތާލައިގެން ނުވާނެއެވެ. މުޖުތަމައުގެ  އެންމެ ފަރުދަކަށްނަމަވެސް  ލިބޭ ވޭނާއި ކެކުޅުމަކީ، މުޖުތަމައުގެ އެންމެން އެކަމުގައި ޙިއްސާކުރަންޖެހޭނެ ކަމެކެވެ. މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް އުގަންނަވައި ދެނީ މިރިވެތި އަޙްލާގެވެ. އުންމަތަށް ހިދާޔަތު ދެއްވުމަށް ﷲ ފޮނުއްވި މާތް ނަބިއްޔާގެ މި ޙަދީޡްފުޅާއި މެދު އަޅުގަނޑުމެން ނިކަން ވިސްނާލަމާތޯއެވެ.

މާނައީ: ” އެއްބަޔަކު އަނެއްބަޔަކަށް  ލޯބިކުރުމާއި އޯގާވެރިވުމާއި ކުލުނުވެރިވުމުގައި މުއުމިނުންގެ މިސާލަކީ، އެއް ހަށިގަނޑެއްގެ މިސާލެވެ. އެ ހަށިގަނޑުގެ ގުނަވަނެއްގައި  ވޭން އަޅާނަމަ މުޅި ހަށިގަނޑު، ހޭލާހުރުމާއި ހުން އައުމުގައި އެ ގުނަވަނާއި ބައިވެރިވެއެވެ.”

ތިމާ ދިރިއުޅޭ މުޖުތަމަޢުއަކީ އުފާވެރި މުޖުތަމަޢުއަކަށް ހެދުމަށްޓަކައި މުޖުތަމަޢުގެ އެންމެހައި ފަރުދުންނަކީ ފުރިހަމަ ޞިއްހަތެއްގައި އުޅޭ ދުޅަހެޔޮ ބަޔަކަށްވުން ވަރަށްވެސް މުހިންމެވެ. މި މުހިންމު މަޤުސަދު ޙާޞިލްކުރެވޭނީ  އެމުޖުތަމަޢުއެއްގައި އުޅެމުންދާ އެންމެން ގުޅިގެން އެއްބާރުލައިގެން އެކަކު އަނެކަކަށް އެހީތެރިވެގެންނެވެ. މުޖުތަމަޢުގައި އުޅޭ ބަލިމީހުންނާއި އެހީތެރިކަމަށް ބޭނުންވާ މީހުންނާ އަޅާލައިގެންނެވެ.  އެބައިމީހުންގެ މުހުތާދުތައް ވެވުނު ވަރަކުން ފުއްދައިދީގެންނެވެ.

މުއުމިނަކަށް ދުނިޔެމަތީގައި ކުރިމަތިވާ މުޞީބާތްތަކުން ސަލާމަތްކޮށްދިން މީހަކު، ޤިޔާމަތް ދުވަހުގެ މުޞީބާތަކުން މާތް ﷲ މިންޖުކުރަށްވާނޭ ކަމުގައި ރަސޫލާ ހަދީޡްކުރަށްފާއިވެއެވެ.  ” ގިޔާމަތް ދުވަހުގެ މުޞީބާތަކުން މިންޖުވާން ނޭދޭނީ އަޅުގަނޑުމެންގެ ތެރޭން ފަހެ ކާކުބާވައެވެ. އެދުވަހަކީ އެއްވެސް މީހަކު  ދެވަނަ މީހަކާއި އަޅައި ލާނޭވަރުގެ ހޭވެރިކަމެއް ނުވާނޭ ދުވަހެވެ.”

ކަން މިހެން އޮތްއިރު  އޮޕަރޭޝަން ކުރަންޖެހިގެންނާއި ތަފާތު  އެކިއެކި ޙާދިސާތައް މެދުވެރިވެގެން  ލޭއަޅަން ޖެހޭ މީހުންނާއި ޢާންމުކޮށްވެސް ލޭއަޅަންޖެހޭ ބަލި މީހުންނާއި މިފަދަ އެތައް ބަޔަކު މުޖުތަމައުގެ ތެރޭގައި އެބަތިބިކަން އަޅުގަނޑުމެން އެއްވެސް ހާލެއްގައި ހަނދާން ނައްތާލައިގެން ނުވާނެއެވެ. މިއިން ފަރާތަކަށް އަޅުގަނޑުމެން ހަދިޔާކޮށްލާ އެންމެ ލޭތިއްކަކީ އޭނާގެ ފުރާނަ ސަލާމަތްވުމަށް މެދުވެރިވާ ސަބަބެއް ކަމުގައިވެސް ވެދާނެއެވެ. ކީރިތި ޤުރުޢާނުގެ  އަލް މާއިދާތު ސޫރަތުގެ  32 ވަނަ އާޔަތުން ދޭހަވާގޮތުގައި ، މީހަކު މަރުން  ސަލާމަތްކޮށްދިން މީހާ، ދުނިޔޭގައިވާ އެންމެހާ މީސްތަކުން ދިރުއްވުންފަދައެވެ. މިއީ ކިހާ ސަވާބަކާއި ދަރުމައެއް ހުރިމަކެއްތޯއެވެ.”

ޑރ  އަބްދުލް މަޖީދު އަބްދުލް ބާރީގެ މި ލިޔުމަކީ ލޭ ހަދިޔާކުރުމާ ބެހޭގޮތުން ލިޔެފައިވާ ލިޔުމެއް ނަމަވެސް ބަލިހާލުގައި ވާ މީހާގެ ފުރާނަ ސަލާމަތްކުރުމަށް އިސްލާމްދީން ބާރުއަޅާ މިންވަރު އަދި އެކަމުގެ ހުރި ހެޔޮކަން މި ލިޔުމުން ވަރަށް ރަނގަޅަށް އެގެން އެބަޮތެވެ.

.

Help Shaghaf for a Kidney Transplantation ގެ ނަމުގައި ހިންގަމުން އަންނަ ފަންޑް ހޯދުމުގެ ޕުރޮގްރާމަށް އެހީތެރިވުމަށްޓަކައި އައިޝަތު ސެރީން އަދި އާފިޔަތު މުނާއާއި ގުޅާ މައުލޫމާތު ސާފްކޮށް ދެވެން އޮތް އެހީތެރިކަމެއް ދެއްވާށެވެ.

އައިޝަތު ޝެރީން : 7512712، އާފިޔަތު މުނާ: 7713314

 

ހެޔޮބަސް ޓީމް
އަޅުގަނޑުމެންގެ މަޤްޞަދަކީ ދިވެހިންނަށް ހެޔޮބަސް ފޯރުކޮށްދިނުމެވެ.

  You may also like

  ދީން

  رمضان مبارك

   އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ ކެއްތެރިކަން ލިއްބައިދޭ މަހެކެވެ. އެހެނީ އެމަހަކީ އަޅުކަމުން ފުރިގެންވާ މަހެކެވެ. އެމަހުގައި މުސްލިމުން އަވަދިނެތި ...

  2 Comments

  1. Mifadha balithakah faisaa hodhan gina faharah masahkai kurevenee emme rangalha noon kan hithaama aa eku faahaga kuran. Music aa lavaige thereyn, 2 jinsuge mashuni vun himeney gothah. Islam dheenugaa emmennakee 1 hashigandeh fadha baeh kan angavaafa vaa engevun gaboolu kuraa fadhain, adhi ehee ah beynun vefaa vaa faraaiythakah ehee vumakee angavaafa vaa kame kan gaboolu kuraa fadhain, ehee hodhumuga ves hudha maguthah beynun koh islam dheenuga dhuruvumah angavaafa vaa kan kamaa dhuruve, kan kan kurumuah angavaafa vaa gothaa eh gothah kurumah naseyhaiytheri van. Maai Allah Shafag ah avas shifa eh minvaru kurahvaashi. Ameen

  2. Shaghaf aai aailaage faraathun heyobus.com ah varah bodah shukuru adhaakura. Maaiy Allah thibeyfulhunnah heyo rahmaiy lavvaashi. Ameen.

  Leave a reply

  Your email address will not be published. Required fields are marked *