އަޤީދާދީން

ޤާދިޔާނިންގެ ޢަޤީދާތައް

ޤާދިޔާނިންނަކީ ވަރަށް ގިނަ ބާޠިލް ޢަޤީދާތަކެއް ގެންގުޅޭ ބައެކެވެ. އެގޮތުން ޤާދިޔާނިންގެ ޢަޤީދާތަކުގެ ތެރެއިން ބައެއް ޢަޤީދާތަކަށް ބަލާލާނަމެވެ.

  • ޤާދިޔާނީން އިޢުތިޤާދުކުރާ ގޮތުގައި މާތްﷲ ރޯދަ ހިއްޕަވަ އެވެ. ނަމާދުކުރައްވަ އެވެ. އަވަހާރަފުޅު ލައްޕަވަ އެވެ. ހޭފުޅު ލައްވަ އެވެ. ކުށްކުރައްވަ އެވެ.އަދި ޤާދިޔާނީން އިޢުތިޤާދުކުރާ ގޮތުގައި އެބައިމީހުންގެ ކަލާންގެއަކީ، އިނގިރޭސި ކަލާނގެއެކެވެ. މިހެނީ އެބައިމީހުންގެ ކަލާނގެ ބަސްފުޅު ވަޙީކުރައްވަނީ އިނގިރޭސި ބަހުންނެވެ.
  • އަދި ޤާދިޔާނީން ޤަބޫލުކުރާ ގޮތުގައި ޤާދިޔާނަކީ، މައްކާއާއި މަދީނާ ފަދަ މާތް ރަށެކެވެ. އެބައިމީހުން ދެކޭ ގޮތުގައި އެއީ އެ ދެ ރަށަށްވުރެ ވެސް މާތްކަން ބޮޑުވެގެންވާ ރަށެކެވެ. އެއީ އެބައިމީހުންގެ ޤިބުލަ އެވެ. އަދި އެބައިމީހުން ޙައްޖުވަނީ ވެސް އެ ރަށަށެވެ.
  • އެމީހުން ޤަބޫލުކުރާގޮތުގައި މާތްވެގެންވާ އިސްލާމްދީނުގައި ވަނީ ދީނީ މިނިވަންކަން ދެއްވާފަ އެވެ. އެމީހަކު އުޅެން ބޭނުން ދީނަކަށް ދީން ބަދަލުކުރުމަކީ މުސްލިމުންނަށް ކީރިތި ޤުރުއާނުގައި ދެއްވާފައިވާ ޙައްޤެކެވެ. އެހެންކަމުން، މުރުތައްދުވާ މީހަކު ޤަތުލެއް ނުކުރެވޭނެ އެވެ.
  • ޤާދިޔާނިން ބުނާގޮތުގައި އެމީހުން މުސްލިމުންނާ ތަފާތުވަނީ އެންމެ މައްސަލައެއްގައެއްނޫނެވެ. ﷲ އާއި ރަސޫލުﷲގެފާނާއި ޤުރުއާނާއިނަމާދާއި ރޯދަޔާއި ޙައްޖާއި ޒަކާތާބެހޭ މައްސަލްތަކުގައި މުސްލިމުންނާތަފާތެވެ.
  • ޤާދިޔާނިން ބުނާގޮތުގައި ޤާދިޔާނިން ނޫން ބަޔަކާ ކައިވެނި ކުރުމެއްނުވެއެވެ. އެގޮތުން މިރްޒާ އަޙްމަދު އޭނާގެ އަންހެންދަރިފުޅު أحمدى ނޫންމިހަކާ ކައިވެނިކޮށްދިނުމުން އޭނާ ޚަލީފާކަމުން ބޭރުކުރެވުނެވެ. އެމީހުން ޤަބޫލުކުރާގޮތުގައި ޤާދިޔާނިން ނޫންބަޔާކާ ކައިވެނިކުރާމީހަކު އިސްލާމްދީނުގެ ދާއިރާއިން ބޭރުވާނެއެވެ.
  • ބައެއް ޤާދިޔާނީން ގަބޫލުކުރާ ގޮތުގައިމިރުޒާ ޣުލާމަކީ ނަބީބޭކަލެކެވެ. އަނެއްބައި ޤާދިޔާނީން ގަބޫލުކުރާ ގޮތުގައި މިރުޒާ ޣުލާމަކީ މަހުދީގެފާނެވެ. އަދި އޭނާއަކީ ފަހުޒަމާނުގައި މާތް ﷲ ފޮނުއްވާނެ މަސީޙު(ޢީސާގެފާނު) ވެސްމެއެވެ.

 

  • ޖިހާދާމެދުދެކޭގޮތް: ޤާދިޔާނީން ގަބޫލުކުރާގޮތުގައި، ޖިހާދަކީ ވަރަށްމަތިވެރި އަޅުކަމެކެވެ. ނަމަވެސް ޤާދިޔާނިން ޤަބޫލުކުރާގޮތުގައި ހަތިޔާރުއަޅައިގެން ޖިހާދު ކުރަންނިކުމެ، ހަނގުރާމަ ކުރުމަކީ، ހަމައެކަނި ދުޝްމަނުންނާ ދެކޮޅަށް ކުރަންޖެހޭ ކަމެކެވެ. އެގޮތުން ކުރިމަތިލާން ޖެހޭނީ ހަމައެކަނި މުސްލިމުންނާ ހަނގުރާމަކުރާ ބަޔަކާއެވެ. މުސްލިމުންނާއެކު ޞުލްޙަވެރިކަން ޤާއިމުކޮށްގެން އުޅޭބަޔަކާ ދެކޮޅަށް ހަނގުރާމަ ކުރުމެއް ނެވެއެވެ.އެ ޙަރަކާތުގެ އަހުލުވެރިން މަސައްކަތްކުރީ، މުސްލިމުން ދީނާ ދުރުކޮށް، ޖިހާދުކުރުން އުވާލުމަށެވެ. އެކަމުގެ ބޭނުމަކީ، އިންޑިއާގެ މުސްލިމުން، އިނގިރޭސިންގެ އިސްތިޢުމާރާ ދެކޮޅަށް ޖިހާދުކުރުން ހުއްޓުވުމެވެ. އެގޮތުން އެބައިމީހުން ބުނާގޮތުގައި އިނގިރޭސިންނާ ދެކޮޅަށް ހަނގުރާމަކުރުން ހުއްދަވެގެންނުވެއެވެ. ޤާދިޔާނިންވަނީ އިނގިރޭސިންނާ ދެކޮޅަށް ހަނގުރާމަކުރުން މަނާކޮށް އިނގިރޭސިންނަށް ކިޔަމަންވުމުގެ އަމުރުނެރެފައެވެ. އެއަމުރުގައި ވާގޮތުން ކިޔަމަންތެރިވާން ޖެހޭނީ އިނގިރޭސި ސަރުކާރަށެވެ.އަދި އިނގިރޭސިންނަށް ކިޔަމަންވެ އިޚްލާޞް ތެރިވުން ކޮންމެ މުސްލިމަކަށްވެސް ވާޖިބުވެގެންވެއެވެ. އެބައިމީހުން ޤަބޫލުކުރާ ގޮތުގައި މުސްލިމުންގެ ވަލިއްޔުލް އަމްރަކީ، އިނގިރޭސި ސަރުކާރެވެ.

 

  • ختم النبوة އާމެދު ޤާދިޔާނިން ދެކޭގޮތް: ޤާދިޔާނީން ގަބޫލުކުރާ ގޮތުގައި، “ماكان محمد أبا أحد من رجال كم ولكن رسولا لله وخاَتَم النبيين” (އަލްއަހްޒާބް: 40) މިއާޔަތުގައި (خاتم النبيين) ގެ މާނައަކީ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެންމެ ފަހުގެ ނަބިއްޔާ ކަމުގައި ވުމެއް ނޫނެވެ. އެކަމަކު، އޭގެ މާނައަކީ އެންމެ މޮޅުއިތުރު، އެންމެ މާތް ނަބިއްޔާ ކަމުގައި އިތުރުއެކަލޭގެފާނު ވެވަޑައިގެންނެވުމެވެ. މާތް ﷲ މުޙައްމަދުގެފާނުންގެ އުއްމަތުގެ މީހަކަށް މާތްކަމާމަތިވެރިކަން ދެއްވާއިރު އިލްހާމާނަބީކަމުގެ ދަރަޖައަށް އުފުއްލަވައެވެ. މިފަދަބޭކަލަކަށް”ނަބީ” އެއްގެ ނަމުން ނަންދެވުނު ކަމުގައިވިއަސް ختم النبوة އަކާއި ތަޢާރަޟެއް ނުވެއެވެ. އެއީ އެފަދަމީހަކީ މުޙައްމަދުގެ ފާނުންގެ އުއްމަތުގެ މީހަކަށް ވާތީއެވެ. ނަމަވެސް ختم النبوة އާއި ތަޢާރުޟުވާހުށީ މުޙައްމަދުގެ ފާނުންގެ އުއްމަތްނޫން މީހަކަށް މިފަދަ ދަރަޖައެއް ލިބުމުންނެވެ. ختم النبوة ގެމުރާދަކީ މުޙައްމަދުގެފާނާށްފަހު އައުޝަރީޢަތަކާގެން މީހަކު ވަޑައިނުގަންނަވާނެކަމެވެ. އަދި ހަމައެހެންމެ އެއީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށްފަހު ނަބީބޭކަލުން ފޮނުއްވުން ލަސްކޮށްލުމެވެ. މިގޮތުން (މިސިލްސިލާ) 13 ޤަރުނު ވަންދެން ލަސްކޮށްލެއްވިއެވެ. އެއީ މުޙައްމަދުގެފާނުގެ މަތިވެރިކަން ބަޔާންކުރުމަށްޓަކައެވެ. ނަމަވެސް މުފައްސިރުންނާއި ބަހުގެ ޢިލްމުވެރިން އެބައިމީހުނަށް ރައްދުދެއްވާ ވިދާޅުވެފައިވަނީ އެއާޔަތުގައިވާ “خاَتَم” އެކަލިމައިގާ ތާގައި އެވަނީ އަބަފިއްޔެވެ. އެހެންކަމުން އެބަހުގެ މާނައަކީ ކަމެއްގެ ނިމުމެވެ. ވީމާ މިއާޔަތުގައި އޭގެމާނައަކީ ނަބީކަމާއި ރަސޫލުކަން ނިމިގެންދިޔަ އެންމެ ފަހުގެ ނަބިއްޔާކަމުގައި އެކަލޭގެފާނުވުމެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އެންމެފަހުގެ ރަސޫލާ އަދި ނަބިއްޔާކަން ސާބިތުކޮށްދޭ އެތައްއާޔަތަކާއި އެތައް ޙަދީޘެއްވެއެވެ. އަދި އެކަމަކީ ކުރީގެ ނަބީބޭކަލުންގެ ފަތްފުށްތަކުންވެސް އެއްވެސް ޝައްކެއްނެތި ހާމަވާކަމެކެވެ.

ޤާދިޔާނީއެއްކަމުގައިވާ ބަޝީރު ބިން މަހްމޫދު ނަބީކަން ޚަތަމްނުވާކަން އަންނަނިވި އާޔަތްތަކުން އިސްތިދްލާލްކުރަން އުޅެފައިވެއެވެ. އެގޮތުން އޭނާ ބުނެފައިވަނީ “اهدنا الصراط المستقيم* صراط الذين أنعمت عليهم غير المغلوب عليهم ولا الضالين” (އަލްފާތިހާ:6-7) މިއާޔަތުގައި އެވަނީ ނަބީބޭކަލުންނާއި ޞިއްދީޤުންނާއި ޝުހަދާއިންނާއި ޞާލިޙުންގެ ޖަމާޢަތާގުޅުމަށް އެދެވިފައެވެ. ނަބީކަން އަހަރުމެންނަށް ޙަރާމްކުރައްވާފައި ވާނަމަ އެކަމަށް އެދި ދުޢާކުރުމަށް މާތް ﷲ އަހަރުމެނަށް ދަސްކޮށެއް ނުދެއްވާނެތެވެ. މިއިން ދޭހަވަނީ ކޮންމެ މުސްލިމަކަށްވެސް ނަބީކަން ދެއްވުމަށްއެދި ދުޢާކުރެވިދާނެކަމެވެ. މުޙައްމަދުގެފާނު ނަބީކަން ނިންމެވިކަމަށް ބުނުމަކީ މިސްތަކުން، ނަބީބޭކަލުންނަށް ބޭނުންވެފައިވުމާ ޚިލާފްކަމެކެވެ. އަޞްލުގައި ނަބީބޭކަލުން އަބަދުވެސް ތިއްބަވަން ޖެހޭނެއެވެ. ނަބީކަން ނިންމެވުން ދޭހަވަނީ މާތް ﷲގެ ޚަޒާނާ (އެބަހީ ރަސޫލުންނާއި ނަބީބޭކަލުން ފޮނުއްވުމުގެ ޚަޒާނާ) ހުސްވީކަމުގައެވެ. އަދި މާތްﷲ ރަސޫލުން ފޮނުއްވެވުމަށް ނުކުޅެދިވޮޑިގަތީއެވެ.” ވީމާ މިޤާދިޔާނީ ކަލޭގެ އޭނާގެ މިހީކުރުން އެއީ ތެދެއްކަމަށް ހެދުމަށްޓަކައި މާތްﷲ އެކަލާނގެ ދީން  ފުރިހަމަކުރެއްވިކަމަށް އެންގެވި އެންގެވުން ދޮގުކުރެއެވެ.

 

ލިޔުމުގެ ފުރަތަމަ ބައި ކިޔުއްވުމަށް:

ޤާދިޔާނީން-القاديانية

ހުސައިން ނިޔާޒް
ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ ވައެނިމޭޝަން އަދި މަލްޓިމީޑިއާ ބެޗްލާސް ޑިގްރީ ވަނީ ހާސިލްކޮށްފައެވެ. 2011 ވަނަ އަހަރު އަމިއްލަ ސައިޓެއް ހެދުމަށްޓަކައި ކުރަމުންއައި މަސައްކަތުގެ ނަތީޖާއަކީ ހެޔޮބަސް ވެބްސައިޓް އުފެދުމެވެ.

    You may also like

    އަޤީދާ

    މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟

    މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟ މީސްތަކުންގެ ތެރެއިން ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ޤާދިޔާނިންނަކީ މުސްލިމުންގެ ފިރުޤާތަކުގެ ...

    Leave a reply

    Your email address will not be published. Required fields are marked *

    More in:އަޤީދާ

    އަޤީދާ

    އިސްލާމީ ޝަރީޢަތުގެ ޙައްދުތަކަށް އިންކާރުކުރާމީހުންނާއި އެބައިމީހުނަށްދޭނެ ރައްދު(1 ވަނަ ބައި)

    އިސްލާމީ ޝަރީޢަތަކީ، މާތްﷲ އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރިކުރައްވައި، އިންސާނުންގެ ދުނިޔެއާއި އާޚިރަތުގެ އުފަލާއި ...
    އަޤީދާ

    އިވޮލިއުޝަން ތިއަރީ ދޮގުކުރަން ބުއްދީގެ ދަލީލުތައް މުސްލިމުންނަށް ބޭނުމެއްނުވެ

      މިހާރަކަށްއައިސް އިވޮލިއުޝަން ތިއޮރީގެ ދޮގުކަމާއި ދެކޮޅުނުޖެހޭކަން ބަޔާންކުރާއިރު ވަރަށް ގިނަފަހަރަށް އަހަރެމެން މުސްލިމުންތެރޭގައިވެސް ބުއްދީގެ ދަލީލުތަކެއްގެ ވާހަކަދެއްކޭ އަޑުއިވެއެވެ. ...