ނިދުމުގެ ކުރިން ކިޔާ ޒިކުރުތައް

ދެއަތްތިލަ ޖަމާކޮށް قُلْ هُوَ اللَّـهُ أَحَدٌ ، قُلْ أَعُوذُ بِرَبِّ الْفَلَقِ، قُلْ أَعُوذُ بِرَبِّ النَّاسِ ، މިތިންސޫރަތްކިޔަވާ ދެއަތްތިލައަށް ފުމެލުމަށްފަހު ބޮލުންފަށައިގެން ގައިން ކުޅަދާނަވީ ހިސާބެއްގައި ފިރުމާށެވެ.މިގޮތަށް ތިންފަހަރު ކަންތައް ކުރާށެވެ.

“Reference: Al-Bukhari, cf. Al-Asqalani, Fathul-Bari 9/62, and Muslim 4/ 1723.”

بسم الله الرحمن الرحيم
اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ وَلَا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ

“اللَّه އީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއް ވެވޭ إله އަކުނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، دائم އަށް قائم ވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކުގައި ވާހައި އެއްޗަކާއި، އަދި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ إذن ފުޅާ ނުލައި އެކަލާނގެ حضرة ގައި شفاعة ތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟ އެއުރެންގެ ކުރިން (އެބަހީ: خلق ތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި، އެކަލާނގެ علم ފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވިކަމެއް ފިޔަވައި، އެއްވެސް އެއްޗެއް އެއުރެންނަކަށް އެނގިގެނެއް ނުވެއެވެ. އެކަލާނގެ كرسى، އުޑުތަކާއި، ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ. އެ އުޑުތަކާއި، ބިން، ރައްކާތެރި ކުރައްވައި ހިފެހެއްޓެވުމަށް އެކަލާނގެ حضرة އަކަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި، އެކަލާނގެއީ، އެންމެ މަތިވެރި އެންމެ މާތް ރަސްކަލާނގެއެވެ”

“-ތަންމަތީގައި ނިދަންއޮށޯންނައިރު މިއާޔަތް ކިޔަވާފިމީހާ ދަންނައެވެ.ފަހެ ހަމަކަށަވަރުން ﷲގެ ޙަޞްރަތުން މަލާއިކަތްބޭކަލަކު އޭނާ ރައްކާތެރިކޮށްދެއްވުމުގައި ދެމިހުންނާނެއެވެ.އަދި ހެނދުންވަންދެން އޭނާއާ ޝައިތާނާ ކައިރި ނުވާނެއެވެ.Al-Bukhari, cf. Al-Asqalani, Fathul-Bari 4/487. .”

آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّـهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ﴿٢٨٥﴾ لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿٢٨٦﴾

“رسول އާއަށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآن އަށް) رسول އާއާއި مؤمن ން إيمان ވިއެވެ. އެ އެންމެންމެ اللَّه އާއި، އެކަލާނގެ ملائكة ންނާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކާއި، އެކަލާނގެ ފޮނުއްވި رسول ންނަށް إيمان ވިއެވެ. (އެއުރެން ބުނެތެވެ.) ތިމަންމެން، އެކަލާނގެ رسول ންގެ ތެރެއިން އެކަކާމެދުވެސް ތަފާތެއް ނުކުރަމުއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަފުއްސަވައިފާނދޭވެއެވެ! އަދި، އެނބުރި ދިއުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ.(285)
اللَّه، އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليف އެއް ނުޖައްސަވައެވެ. އެ نفس އެއް ހޯދި ހެޔޮކަމެއް (ގެ ثواب) އެ نفس އަކަށް ވެއެވެ. އަދި، އެ نفس އެއް ހޯދި ނުބައިކަމެއް (ގެ عقاب) އެ نفس އެއްގެ މައްޗަށްވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، قصد އެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް عقوبات ނުދެއްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި، އަޅަމެންނަށް عفو ކުރައްވާނދޭވެ! އަދި، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި، އަޅަމެންނަށް رحمة ލައްވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، كافر ވެގެންވާ قوم ގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ!(286)”

“މިދެއާޔަތް ރޭގަނޑެއްގައި ކިޔަވާފިމީހާއަށް ހުރިހައިކަމަކުން އެދެއާޔަތް ފުދިގެންވާނެއެވެ.”Reference: Al-Baqarah 2:285-6 Al-Bukhari, cf. Al-Asqalani, Fathul-Bari.9/94, Muslim 1/554.

بِاسْمِكَ رَبِّي وَضَعْتُ جَنْبِي، وَبِكَ أَرْفَعُهُ، فَإِنْ أَمْسَكْتَ نَفْسِي فَارْحَمْهَا، وَإِنْ أَرْسَلْتَهَا فَاحْفَظْهَا، بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ”.

“އޭ މިއަޅާގެ ވެރި ރަސްކަލާކޮ! އިބަ ﷲ ގެ އިސްމުފުޅުގެ ބަރަކާތުން މިއަޅާގެ އަރިކަށި ބާއްވައިފީމެވެ.އަދި އިބަ ﷲ ގެ ވާގިފުޅާއެކު އަރިކަށި އުފުއްލާހުށިމެވެ.ފަހެ އިބަ ﷲ މިއަޅާގެ ފުރާނަ (އަނބުރައި ނުފޮނުއްވައި) ހިފަހައްޓަވައިފިނަމަ ފަހެ އެފުރާނައަށް ރަހުމްކުރައްވާނދޭވެ! އަދި އެފުރާނަ (އަލުން އަނބުރައި) ފޮނުއްވައިފިނަމަ އިބަ ﷲ ގެ ޞާލިޙް އަޅުތަކުން ރައްކާތެރިކޮށްދެއްވާ ގޮތަކުން ފަހެ އެފުރާނަ ރައްކާތެރިކޮށްދެއްވާނދޭވެ!”

“ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ ތަންމަތިން ތެދުވެގެންގޮސް އަލުން ތަންމައްޗަށް އެނބުރި އަތުވެއްޖެނަމަ އޭނާގެ ހެދުމުގެ ފަސްބައިން ތިންފަހަރު ތަންމަތި ފޮޅާލާށެވެ. އަދި بسم الله ކިޔާށެވެ. އަހެނީ ހަމަކަށަވަރުން އޭނާއަށް ފަހުގައި އެތަނަށް އައީ ކޮންއެއްޗެއްކަމެއް އޭނާއަކަށް ނޭނގޭނެއެވެ. ދެން ތަންމަތީގައި އޮށޯންނަހިނދު މިދުޢާ ކިޔާށެވެ.” Al-Bukhari 1 1/ 126 and Muslim 4/2084.

“اللَّهُمَّ إِنَّكَ خَلَقْتَ نَفْسِي وَأَنْتَ تَوَفَّاهَا، لَكَ مَمَاتُهَا وَمَحْيَاهَا، إِنْ أَحْيَيْتَهَا فَاحْفَظْهَا، وَإِنْ أَمَتَّهَا فََاغْفِرْ لَهَا، اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ”.

“އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާގެ ނަފްސު ހެއްދެވީ އިބަ ﷲ އެވެ.އަދި އެނަފްސް މަރުގަންނަވާނީވެސް ހަމަ އިބަ ﷲ އެވެ.އެނަފްސްގެ މަރުގެންނެވުމާއި ދިރުންވަނީ ހަމައެކަނި އިބަ ﷲ އަށެވެ.އިބަ ﷲ އެނަފްސަށް އަލުން ދިރުން ދެއްވައިފިނަމަ ފަހެ އެނަފްސު ރައްކާތެރިކޮށްދެއްވާނދޭވެ!އަދި އެނަފްސް މަރުގަންނަވާފިނަމަ ފަހެ އެނަފްސަށް ފާފަފުއްސަވާނދޭވެ! އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ އިބަ ﷲ ގެ ޙަޞްރަތުން ފުރިހަމަ ޞިއްޙަތެއް ދެއްވުމަށްއެދި ދަންނަވަމެވެ.”

“Reference: Muslim 4/2083 and Ahmad 2/79”

“اللَّهُمَّ قِنِي عَذَابَكَ يَوْمَ تَبْعَثُ عِبَادَكَ”.(ތިން ފަހަރު)

“އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ!އިބަ ﷲ ގެ އަޅުތަކުން ދިރުއްވައި ކަށްވަޅުތަކުން ނަންގަވާދުވަހު އިބަ ﷲ ގެ ޢަޒާބުން މިއަޅާ ދިންނަވާނދޭވެ!”

“رسول الله صّلى الله عليه وسّلم އަވަހާރަފުޅު ލައްޕަވަން އެދިވަޑައިގެންނަވާހިނދު އެކަލޭގެފާނުގެ ކަނާތްޕުޅު އެކަލޭގެފާނުގެ ކޯތާފަތްޕުޅުގެ ދަށަށް ލައްވައި މިދުޢާ ވިދާޅުވާކަމުގައި ވިއެވެ.”Abu Dawud 4/311. See also Al-Albani, Sahih At-Tirmithi 3/143.”

“بِاسْمِكَ اللَّهُمَّ أَمُوتُ وَأَحْيَا”

“އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ މަރުވަނީ އަދި ދިރެނީ ހަމައެކަނި އިބަ ﷲ ގެ އިސްމުފުޅުގެ ބަރަކާތާއެކުއެވެ.”

“Aal-‘Imrdn 3:156, Al-A’raf 7:158 among many other examples, (trans.). See also Al-Asqalani, Fathul-Bari 11/113, Muslim 4/ 2083.”

“سُبْحَانَ اللهِ، (ﷲ ހުސްތާހިރު ވަންތައެވެ.) [ތިރީސް ތިންފަހަރު]
والْحَمْدُ للهِ، (އެންމެހައި ޙަމްދެއްވަނީ ﷲ އަށެވެ.) [ތިރީސް ތިންފަހަރު]
اللهُ أَكْبَرُ”. (އެންމެ ބޮޑީ ﷲ އެވެ.) [ތިރީސް ތިންފަހަރު]

“ނިދަން ތަންމައްޗަށް އަރާހިނދު މިކަލިމަފުޅުތައް އެޢަދަދަށް ކިޔައިފިމީހާއަށް އެކަން ޙާދިމަކަށްވުރެ ހެޔޮވެގެންވެއެވެ.”Reference: Al-Bukhari, cf. Al-Asqalani, Fathul-Bari 7/71, Muslim 4/2091.”

“اللَّهُمَّ رَبَّ السَّمَاوَاتِ السَّبْعِ وَرَبَّ الْعَرْشِ الْعَظِيمِ، رَبَّنَا وَرَبَّ كُلِّ شَيْءٍ، فَالِقَ الْحَبِّ وَالنَّوَى، وَمُنْزِلَ التَّوْرَاةِ وَالْإِنجِيلِ، وَالْفُرْقَانِ، أَعُوذُ بِكَ مِنْ شَرِّ كُلِّ شَيْءٍ أّنْتَ آخِذٌ بِنَاصِيَتهِ. اللَّهُمَّ أَنْتَ الأَوَّلُ فَلَيْسَ قَبْلَكَ شَيْءٌ، وَأَنْتَ الْآخِرُ فَلَيْسَ بَعْدَكَ شَيْءٌ، وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَيْءٌ، وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَيْءٌ، اقْضِ عَنَّا الدَّيْنَ وَأَغْنِنَا مِنَ الْفَقْرِ”.

“އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ!ހަތް އުޑާއި ބިމާއި އަދި މަތިވެރި ޢަރުޝުގެ ވެރިރަސްކަލާކޮ! އޭ އަޅަމެންގެވެރި އަދި ހުރިހައި އެއްޗެއްގެ ވެރިރަސްކަލާކޮ! އޮށާއި އޮށްޓަރުންގަސްފަޅުއްވާ ރަސްކަލާކޮ! އަދި ތައުރާތާއި، އިންޖީލާއި، ޤުރުޢާން ބާވާލެއްވި ރަސްކަލާކޮ! އިބަ ﷲ ގެ ކުޅަދުންވަންތަކަމުގެ ދަށުގައިވާ ހުރިހައި އެއްޗެއްގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ ﷲ ގެ ޙަޞްރަތުން ދަންނަވަމެވެ.އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ!އިބަ ﷲ އީ އެންމެފުރަތަމަ ވޮޑިގެންވީފަރާތެވެ.ފަހެ އިބަ ﷲ އަށްވުރެ ކުރިން އެއްވެސް އެއްޗެއް ނުވެއެވެ.އަދި އިބަ ﷲ އީ އެންމެފަހުން ވޮޑިގެންވާނެ ފަރާތެވެ.ފަހެ އިބަ ﷲ އަށްވުރެފަހުން އެއްވެސް އެއްޗެއް ނުވާނެއެވެ.އަދި އިބަ ﷲ އީ ހުރިހާ އެއްޗެއްގެ މައްޗަށް ވެރިވެވޮޑިގެންވާ ފަރާތެވެ.އިބަ ﷲ ގެ ފަހަތްޕުޅުގައި (އިބަ ﷲ އަށްވުރެ ބޮޑަށް) ފޮރުވިފައިވާ އެއްވެސް އެއްޗެއް ނުވެއެވެ.އަޅަމެއްގެ ކިބައިން ދަރަނި އަދާކޮށްދެއްވާނދޭވެ! އަދި ފަޤީރުކަމުން (އަޅަމެން ނެރުއްވާ) އަޅަމެންނަށް ފުދުންތެރިކަން ދެއްވާނދޭވެ!”

“رواه مسلم”

“الْحَمْدُ للهِ الَّذِي أَطْعَمَنَا وَسَقَانَا، وَكَفَانَا، وَآوَانَا، فَكَمْ مِمَّنْ لَا كَافِيَ لَهُ وَلَا مُؤْويَ”

“އެންމެހައި ޙަމްދެއް ލިބިވޮޑިގެންވަނީ ﷲ އަށެވެ.އަކަލާނގެއީ އަޅަމެންނަށް ކާންދެއްވާ އަދި ބޯންދެއްވާ އަދި އަޅަމެންނަށް ހިޔާވަހިކަންދެއްވި ރަސްކަލާނގެއެވެ.ފަހެ ފުދުންތެރިކަންދޭނެ އަދި ހިޔާވަހިކަންދޭނެ ފަރާތެއް ނުވާ ކިހައިބަޔަކު ވޭހެއްޔެވެ.”

“Muslim 4/2085.”

اللَّهُمَّ عَالِمَ الْغَيْبِ وَالشَّهَادَةِ فَاطِرَ السَّمَاواتِ والْأَرْضَ، رَبَّ كُلِّ شَيْءٍ وَمَلِكُهُ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ، أَعُوذُ بِكَ مِنْ شَرِّ نَفْسِي، وَمِنْ شَرِّ الشَّيْطَانِ وَشِرْكِهِ، وَأَنْ أَقْتَرِفَ عَلَى نَفْسِي سُوءاً، أَوْ أَجُرَّهُ إِلَى مُسْلِمٍ”.

“އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ޢައިބުގައިވާ ކަންތައްތަކާއި ފެންނަހައިކަންތައްތައް ދެނެވޮޑިގެންވާ ރަސްކަލާކޮ! އުޑުތަކާއި ބިން ނެތުމުގެ ތެރެއިން ހެއްދެވި ރަސްކަލާކޮ! ހުރިހާއެއްޗެއްގެވެރި އަދި އެތަކެތީގެ ވެރި ރެސްކަލާކޮ! އިބަ ﷲ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކުނުވާކަމަށް މިއަޅާހެކިވަމެވެ.މިއަޅާގެ ނަފުސުގެ ނުބައިކަމާއި، ޝައިތާނާގެ ނުބައިކަމާއި، އަ ޝައިތާނާ (އިބަ ﷲ އާ) ޝަރީކުކުރުމަށްލައިދޭ ވަސްވާހުން ރައްކާތެރިކޮށްދެއްވުމަށް އެދި މިއަޅާ އިބަ ﷲ ގެ ޙަޞްރަތުން ދަންނަވަމެވެ.އަދި މިއަޅާގެ އަމިއްލަނަފްސުގެ މައްޗަށް މިއަޅާއަށްކުރެވޭ ނުބައިކަންތަކުންނާއި ނުވަތަ އެނުބައިކަންތައް އެހެންމުސްލިމަކު ލައްވައިކުރުވުމުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ ﷲ ގެ ޙަޞްރަތުން ދަންނަވަމެވެ”

“Reference: Abu Dawud 4/317. See also Al-Albani, SahihAt-Tirmithi 3/142.”

“المٓ ۞ تَنْزِيلُ الْكِتَابِ” السجدة ސޫރަތާއި [تَبَارَكَ الَّذِي بِيَدِهِ الْمُلْكُ] ސޫރަތް ކިޔަވާށެވެ.

Reference: At-Tirmithi, An-Nasa’i. See also Al-Albani, Sahihul-Jami ‘ As-Saghir 4/255

“اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ، وَفَوَّضْتُ أَمْرِي إِلَيْكَ، وَوَجَّهْتُ وَجْهِي إِلَيْكَ، وَأَلْجَأْتُ ظَهْرِي إِلَيْكَ، رَغْبَةً وَرَهْبَةً إِلَيْكَ، لَا مَلْجَأَ وَلّا مَنْجَا مِنْكَ إِلَّا إِلَيْكَ، آمَنْتُ بِكِتَابِكَ وَبِنَبِيِّكَ الَّذِي أَرْسَلْتَ”.

“އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ!މިއަޅާގެ ނަފްސް މިއަޅާ އިބަ ﷲ އަށް ކިޔަމަންތެރި ކޮށްފީމެވެ.އަދި މިއަޅާގެ ކަންތައް ތައް އިބަ ﷲ އާ ހަވާލުކޮށްފީމެވެ.އަދި މިއަޅާގެ މޫނު އިބަ ﷲ އާ ކުރިމަތި ކޮށްފީމެވެ.އަދި މިއަޅާގެ ބުރަކަށި އިބަ ﷲ ގެ ޙަޞްރަތަށް ލަންބާފީމެވެ.(އެބަހީ މިއަޅާ އިބަ ﷲ އަށް ބަރޯސާކޮށް އިޢުތިމާދު ކޮށްފީމެވެ.) އިބަ ﷲ ގެ ރަޙްމަތަށް އުއްމީދުކޮށް އިބަ ﷲ ގެ ޢަޒާބު އަށް ބިރުވެތިވާ ހާލުގައެވެ. އިބަ ﷲ އަޒާބުން ރައްކާތެރިކަން ލިބިގަންނާނެ ތަނެއް އަދި ނަޖާވާނެ ތަނެއް ހަމަ އިބަ ﷲ ގެ ޙަޒްރަތުން މެނުވީ ނުވެއެވެ.އިބަ ﷲ ބާވާލެއްވި އިބަ ﷲ ގެ ފޮތަށާއި އިބަ ﷲ ފޮނުއްވި އިބަ ﷲ ގެ ނަބިއްޔާއަށް މިއަޅާ އީމާންވީމެވެ.”

‘”-ތިބާ ނިދުމަށްޓަކައި ތަންމައްޗަށްދާންއެދޭހިނދު ނަމާދަށް ވުޞޫކުރާފަދައިން ވުޞޫކުރާށެވެ.ދެން ކަނާތުއަރިމައްޗަށް އޮށޯވެ މިދުޢާ ކިޔާށެވެ. *މިދުޢާކިޔައިގެން އޮއްވާ ތިބާ މަރުވެއްޖެނަމަ ތިބާ ވާނީ ފިޠުރަތުގެ މަތީގައެވެ.[Al-Bukhari, cf. Al-Asqalani, Fathul-Bari 11/113, Muslim 4/2081.]”

އަސްލު ނެގިފައިނީ: އިސްލާމީނޫރުން

ހެޔޮބަސް ޓީމް
އަޅުގަނޑުމެންގެ މަޤްޞަދަކީ ދިވެހިންނަށް ހެޔޮބަސް ފޯރުކޮށްދިނުމެވެ.

    You may also like

    ދީން

    رمضان مبارك

     އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ ކެއްތެރިކަން ލިއްބައިދޭ މަހެކެވެ. އެހެނީ އެމަހަކީ އަޅުކަމުން ފުރިގެންވާ މަހެކެވެ. އެމަހުގައި މުސްލިމުން އަވަދިނެތި ...

    Leave a reply

    Your email address will not be published. Required fields are marked *