ދިރޭތަކެއްޗާއި ތިމާވެށި

ރާއްޖޭގައި އާދަޔާ ޙިލާފައް މަރުވަމުންއަންނަ މަސް

ާރާއްޖޭގެ ރައްތަކަށް މީގެ ހަފްތާއެއްހާ ދުވަސްކުރިންފަށައިގެން ތަފާތުވައްތަރުތަކުގެ ފަރުމަސް އަންނަނީ ލައްގަމުންނެވެ. ގިނައަދަދަކަށް މަރުވެގެ ކުނިވެގެން ލައްކަމުންއަންނަ މަހުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރުވެސް ކުޑައެއް ނޫނެވެ. އަޅުގަނޑުމެން މިވީ ދުވަސްކޮޅު ބެލިބެލުމުން މިވީ ދުވަސް ކޮޅުތެރޭގައި 30،000 އައްވުރެ ގިނައަދަދަކަށް އެކި ވައްތަރުގެ މަސް ހަމަ އެކަނި ޅޮއްސައްވެސް ލައްކާފައިވާކަމަށް ލަފާކުރެވެއެވެ.  އަދި ރާއްޖޭގެ އެކި ރައްތަކަށް ލައްކަމުންދާ މަހުގެ ހިސާބު ހަދައިފިނަމަ 5ލައްކައަކަށްވުރެ މައްޗައް ދާނެކަމަށް ލަފާކުރެވެއެވެ.

މިހާރު ރާއްޖޭގައި މަސްތައް މަރުވަމުންދާ ދިއުމަކީ ވަރަށްބޮޑު ސަމާލުކަމެއްދީގެން ބަލަން ޖެހިފައިވާކަމެކެވެ. މީ ހަގީގަތުގައިވެސް ވަރަށް ސީރިއަސްކޮށް ވިސްނާ މަސްމަރުވާން ދިމާވާ ސަބަބު ހޯދާ އެކަން ހައްލުކުރަން ކުރެވެން ހުރި މަސައްކަތެއް ކުރަންޖެހޭ ވަގުތެކެވެ. އެހެންނޫނަމަ މީގެ ސަބަބުން އިންސާނުންނަށް ބޮޑެތި ގެއްލުންތަކެއް ވެދާނެކަމުގެ ބިރުއެބައޮތެވެ.

ރާއްޖޭގައި މިހާރު މަރުވަމުންއަންނަ މަސްތަކުގެ ތެރޭގައި ހިމެނެނީ ރޮނޑު، ލަނޑާ، ފާނަ، ކަޅުމަސް ފަދަ ވައްތަރުތަކެވެ. އަދި މީގެ އިތުރަށް ގިނަ ވައްތަރުތަކެއްގެ ފަރުމަސް އަންނަނީ މަރުވަމުންނެވެ.

ރާއްޖޭގައި މިހާރު މަރުވަމުން އަންނަ މަހުގެ ވައްތަރުތައް:

ހުސައިން ނިޔާޒު / ޅޮހި
އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

  You may also like

  Leave a reply

  Your email address will not be published. Required fields are marked *

  ދިރޭތަކެއްޗާއި ތިމާވެށި

  ދިވެހިން ނުރާއްކާތެރި ދިރުންތަކުގެ ގޮތުގައި ފާހަނގަކުރާ މޫދުގެ ދިރުންތަކުގެ ޙަގީގަތް 1

  ނުރައްކާތެރި މަސްތަކެއްގެ ގޮތުގައި ބައެއް ބާވަތްތަކުގެ މޫދުގެ ދިރުންތައް ދިވެހިންގެ ތެރޭގައިވެސް އަންނަނީ ފާހަނގަކުރެވެމުންނެވެ. ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ...