ރާއްޖޭގައި ވަރި ގިނަވާން މެދުވެރިވާ ސަބަބުތައް ( 4ވަނަ ބައި)

ޢާއްމުގޮތެއްގައި ވަރިކުރުމަށް ފިރިހެނުން އެދޭ ސަބަބުތައް

  1. ޖެހޭ ތަފާތު މައްސަލަތަކުގައި ޚިޔާލުތަފާތުވެ ޒުވާބުކުރުން
  2. ދެމަފިރިން ވަކިންދިރިއުޅޭނެ އަމިއްލަތަނެއް ނެތުން.
  3. ލޯތްބާއި ރުހުމާއި އޯގާތެރިކަން ނެތުން(ވަގުތު ހޭދަ ނުކުރުން)
  4. ޝައްކު ކުރުމާއި އިތުބާރު ނުކުރުން( އެހެންމީހުންނާއި އަޅުވާ ކިޔުން)
  5. މައިބަފައިންގެ ނުފޫޒު ގަދަވުން.
  6. އަނބިމީހާއަކީ ވިޔާނުދާ މީހަކަށްވުން.
  7. ފިރިމީހާގެ އަމުރަށް ނުކިޔަމަންތެރިވުން.
  8. އަމިއްލައަށް ބަލިމީހެއްކަމށް ޤަބޫލުކޮށް ވަރިވާން އެދުން.
  9. ޢާއިލާ ބެލޭނެ ވަރަށް އެކަށީގެންވާ އާމްދަނީއެއް ނުލިބުން.

10. އަނބިމީހާ ހިލޭ ފިރިހެނުންކައިރިއަށް ދިޔުން.

  1. ފިރިމީހާގެ ޙައްޤުތައް އަދާ ނުކުރުން.

12. ދެމަފިރިންގެ ދޭތެރޭ ތަފާތު މައްސަލަތައްޖެހި އޭގެ އަސަރު ދަރިންނަށޤ ކުރާތީ.

13. ހަޑިހުތުރުބަހުން ވާހަކަ ދައްކާތީ(ޤަދަރު ނުހިފެހެއްޓުން)

14. ތެލެސީމިއާ ދެ ކެރިއަރުންނަށް ވާތީ.

15. ދެމީހުންގެ މިޖާޒު ތަފާތުވުން.

16. ޒިންމާދާރު ހަރުދަނާ މީހަކަށް ނުވާތީ

  1. ދީނީ ކަންކަމަށް ފަރުވާ ކުޑަކުރުން.

18. ދަރިން ނުލިބޭތީ

19. ވަރިކޮށް ދިނިމަށް އެދި އަމިއްލަ ނަފްސަށް ގެއްލުންޭން ފެށުން.

20.ޖިންސީ ގޮތުން ހިތްހަމަ ނުޖެހުން.[1]

ޢާއްމު ގޮތެއްގައި ވަރިވުމަށް އަންހެނުން އެދޭ ސަބަބުތައް

  1. ޢާއިލާ ބެލޭނެވަރަށް އެކަށީގެންވާ ވަރުގެ އާމްދަނީއެއް ނުލިބުން.
  2. ހަޑިހުތުރު ބަހުން ވާހަކަދެއްކުން.
  3. ރުޅިއައުމުން ތަޅާ އަނިޔާކުރުން.
  4. ދަރިން ކުރިމަތީގައި ހަޑިހުތުރު ބަހުން ވާހަކަ ދައްކާ ތަޅާ އަނިޔާކުރުން.
  5. ޖެހޭތަފާތު މައްސަލަތައް ހައްލުނުވެ، ޚިޔާލު ތަފާތުވެ ޒުވާބު ކުރުން.
  6. ފިރިންގެ ލޯއްބާއި އޯގާތެރިކަން ނެތުން.
  7. އެކުގައި ވަޤުތު ހޭދަނުކުރުން.
  8. ހިލޭ އަންހެނުން ކައިރިއަށް ފިރިމީހާ ދިޔުން.
  9. ފިރިމީހާ ދެއަންބަށް ކައިވެނި ކުރަން އުޅޭތީ.

10. އަންހެނުން އެހެން މީހަކާ ކައިވެނިކުރަން ބޭނުންވެގެން ވަރިވާން އެދުން.

  1. ފިރިމީހާ މަސްތުވާތަކެތި ބޭނުން ކުރުން.

12. ޖިންސީ ގޮތުން ހިތްހަމަ ނުޖެހުން.

13. ޚަރަދު ނުކުރުން.(އަނބީންނާއި ދަރިންނަށް)

14. މިޖާޒު ތަފާތުވުން.

15. ތަފާތު މައްސަލަތައްޖެހި ދަރިންނަށް އޭގެ ނޭދެވޭ އަސަރުކުރާތީ.

16. އަމިއްލައަށް ބަލިމީހެއްކަމަށް ޤަބޫލުކޮށް ވަރިވާން އެދޭތީ.

  1. ޝައްކު ކުރުމާއި އިތުބާރު ނުކުރުން.(އެހެންމީހުންނާ އަޅުވާ ކިޔުން)

18. ދެމަފިރިން ވަކިން ދިރިއުޅޭނެ ތަނެއް ނެތުން.

19. މައިންބަފައިންގެ ނުފޫޒު ގަދަވުން.

20.ދަރިއަކު ބޭނުން ނުވާތީ.

21. ދަރިން ނުލިބޭތީ.

  1. ބިދޭސީންނާއި ކައިވެނިކޮށްގެ އެމީހުން ރާއްޖެ ނައަންނަ އުޅޭތީ.

23.ފިރިމީހާއަކީ ވިޔާނުދާ މީހަކަށްވުން.

  1. ފިރިމީހާއަކީ ޒިންމާދާރު ހަރުދަނާ މީހަކަށް ނުވާތީ.

25.ޢާއިލާ މީހުންނާ ބައްދަލު ނުކުރެވޭތީ.

26.މަންމަދެކެ ފިރިމީހާ ރުޅި އަންނާތީ.[2]

ޢާއްމުގޮތެއްގައި ވަރިއާ ހަމައަށް ހަމައަށް ދިޔުމަށް މެދުވެރިވާ ސަބަބުތައް

  1. ގޮތްދޫނުކުރަން
  2. މައްސަލައެއް ޖެހިއްޖެނަމަ ވާހަކަ ދައްކައިގެ ހައްލުކުރަން ނޫޅުން.
  3. ވިސްނުމަކާނުލައި ވަރިކުރުން.
  4. ގެ ދޫކޮށްލާފައި ނުވަތަ ދިރިއުޅޭ ތަން ދޫކޮށްލާފައި ދިޔުން.
  5. އެކިއެކި ކަންކަމުގައި ހަރުކަށިވުން
  6. އަވަހަށް ރުޅިއައުން.
  7. ގިނައިން ބޭރުގައި އުޅުން/ ދަތުރުފަތުރުކޮށް ހެދުން.
  8. ކޮފީތަކަށް ދިޔުން / ރައްޓެހިންނާއެކު ގިނަވަޤުތު ހޭދަކުރުން
  9. ޝަކުވާކުރުން

10. ބާރުގެ ބޭނުންކުރުން.

  1. ބައެއް ކަންތައްތަކުގައި ދެމީހުންގެ ދެމެދުގައި ހަސަދަވެރިކަން އުފެދިގެން ދިޔުން.

12. ދޮގު ހެދުން / މަކަރު ހެދުން / އޮޅުވާލުން(ޚާއްސަކޮށް ފައިސާއާއި ގުޅުން ހުންނަ ކަންތައްތަކުގައި)

13. މޫޑީ މީހަކަށްވުން

14. ފަރުވާކުޑަ މީހަކަށްވުން

15. ޕާސަނަލިޓީ ނިކަމެތިވުން.

16. ހޭލާ ނުނިދާ ހުރުން

  1. މާއްދީ ސަބަބުތައް

18. ނަފްސާނީ / އަމިއްލަ ސަބަބުތައް

19. ޤާނޫނީ ސަބަބުތައް

20.ޖިންސީގޮތުން ދިމާވާ ތަފާތު މައްސަލަތައް

21. އެއް އަންބަށްވުރެ ގިނަ އަނބިން ގެންގުޅުމުން ޖެހޭ ތަފާތު މައްސަލަތައް

  1. ދީނީ އަދި އަޚްލާޤީ މައްސަލަތަކުގެ ސަބަބުން

23.ޞިއްޙީ މައްސަލަތަކުގެ ސަބަބުން[3]

ވަރީގެ މައްސަލަ މެދުވެރިވާ ބައެއް ސަބަބުތަކުގެ ތަފްޞީލް:

·     ދީނުގައިއަންގަވާފައިވާގޮތަށްޢަމަލުނުކުރުން.

ރޫޅިގެންދާ ގިނަ ކައިވެނިތަކުގެ ތެރޭގައި، ގިނަ ދުވަހު ރައްޓެހިވެގެންއުޅުމަށްފަހު ކުރާ ކައިވެނި ހިމެނެއެވެ. މިހާރު ގިނަ ކައިވެނިތައް ކުރަނީކައިވެނީ މަޤްޞަދާ ޚިލާފަށެވެ.އަދި ﷲ އާއި ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމްގެ އިރުޝާދުތަކަށް އަންހެން ކުދިންނާއި ފިރިހެންކުދިންވެސް މާބޮޑު ސަމާލުކަމެއް ނުދިނުމަކީ އާއިލާތައް ރޫޅުމުގެ ބޮޑުސަބަބެކެވެ. ފެމިލީ ކޯޓުން ވިދާޅުވާގޮތުގައި ވަރިވާން އެދި ހުށަހަޅާ އަންހެނުންގެ ތެރެއިން ގިނަމީހުން ސަބަބެއް ކަމަށް ޢާއްމުކޮށް ދައްކަނީ ހަރަދު ނުދިނުމާއި ވަފާތެރިނުވުމާއި އަނިޔާކުރުން އަދި އަޅާނުލުން ފަދަ ކަންތައް ކަމަށެވެ.ފިރިންގެއަޅާލުން ނުލިބުމުގެ ޝަކުވާ ބޮޑުކަން ކައިވެނީގެ ރަޖިސްޓްރާފާހަނގަކުރެއްވިއެވެ.އެހެންކަމުން މިހުރިހާވެސް ކަމަކީއިސްލާމްދީނުގައި އަންގަވާފައިވާ ރިވެތި ގޮތްތައް ދޫކޮށް ހުޅަނގުގެފަލްސަފާތަކާއި ގޮތްތަކަށް ބޯލެނބައި އެގޮތަށް ޢަމަލު ކުރުމުގެ ނަތީޖާއެވެ. އެގޮތުން ކައިވެނި ކުރުމުގެ ކުރިން ދެމީހުން އެކީގައި ދެމަފިރިން ފަދައިންއުޅުމާއި، ދެމަފިރިން ކުރާ ހުރިހާ ކަމެއް ކޮށްގެން އެތައް އަހަރެންވަންދެން ތިބުމަށްފަހު ކައިވެނި ކޮށްގެން ދެން އިތުރަށް ކުރާނެ ކަމެއްނެތިގެން ވަރިކޮށްލަނީއެވެ.

އިސްލާމްދީނުގައިކައިވެނި ކުރުމުގެ ކުރިން އަންހެނުންނާއި ފިރިހެނުން ގާތްވުމުގެ ނުބައިކަން ހާމަ ކޮށްދެއްވައި ކީރިތި ރަސޫލާ صلىاللهعليهوسلم ޙަދީޘް ކުރައްވާފައިވެއެވެ. “އެމީހަކަށް ޙަލާލުނުވާ އަންހެނެއްގެ އަތުގައި ބީހުމަށްވުރެ ތިޔަބައިމީހުންކުރެ މީހެއްގެ ބޮލަށް ދަނގަޑު ތިނޯހެއް ހަރައިލުންވެސް މާ ރަނގަޅެވެ.”[4]

2009ވަނ އަހަރު ރާއްޖޭގައި ކުރެވިފައިވާ ކައިވެންޏެއްވަނީ ފަސްމިނިޓް ތެރޭގައި ރޫޅިފައެވެ. އަދި މި ކައިވެނި ކޮށްފައިވަނީ އެދެމީހުން 10އަހަރު ރައްޓެހިވެގެން އުޅުމަށްފަހުގައެވެ. ސަބަބަކަށް ބުނަނީ ލޯބި ނުވުމެވެ. ނަމަވެސް ރައްޓެހިވެގެން އުޅުނުއިރު ވަރަށް ލޯބިވާކަމށް ދެމީހުންވެސް ބުނެއެވެ. އަދި މި ކައިވެނި ކުރެވިފައިވަނީ ކައިވެނިކުރި އަންހެންކުއްޖާގެ ޢާއިލާގެ ނުރުހުމުގައެވެ. ކައިވެނީގެކުރިން އެކުގައި އެއް ގެއެއްގައި އުޅޭތާ ހައެއްކަ މަސްވެފައިވާ ކަމަށްބުނެފައިވެއެވެ.އެހާ ދުވަހު ލޯބިން އުޅެފައި ދެޒުވާނުން އަލަށް ކުރި ކައިވެނި ފަހުން ރުޖޫޢަ ނުކުރާކަމަށް ކޯޓުން މަޢުލޫމާތު ދެއްވައެވެ. މި ކައިވެނިވެސް ރޫޅިގެން ދިޔައީ ދީނުގައި އަމުރުކުރައްވާފައިވާ ގޮތަށް ޢަމަލު ނުކުރެވުމުގެ ސަބަބުންނެވެ. އެހެންކަމުން އިސްލާމްދީނުގައި ވާގޮތާއި ޚިލާފަށް އަންޑަސްޓޭންޑިންގް ވުމުގެ ނިޔަތުގައި ކިތަންމެ ދުވަހަކު ރައްޓެހިވެގެން އުޅުނު ކަމުގައި ވިޔަސް އޭގެ ޙަޤީޤީ މަޤްޞަދު ޙާޞިލެއް ނުވާނެއެވެ.[5]


[1]އިބްރާހިމް ތައުފީޤު، ފެމިލީ ކޯޓު، 13 އޮކްޓޯބަރ 2011

[2]އިބްރާހިމް ތައުފީޤު، ފެމިލީ ކޯޓު، 13 އޮކްޓޯބަރ 2011

[3]އިބްރާހިމް ތައުފީޤު، ފެމިލީ ކޯޓު، 13 އޮކްޓޯބަރ 2011

[4]މިއީ ޙަސަނު ދަރަޖައިގެ ޙަދީޘެއްކަމަށް صحيح فقه السنةގެ މުއައްލަފު ވިދާޅުވެފައިވެއެވެ. صحيح فقه السنة وأدلته وتوضيح مذاهب الأئمة لأبي مالك كمال بن السيد سالم, 3/123, المكتبة التوفيقية, مصرއަދިسلسلة الأحاديث الصحيحة وشيئ من فقهها وفوئدها للشيخ محمد ناصر الدين الألباني, 1/447 ޙަދީޘް ނަންބަރ: 226, مكتبة المعارف, الرياض, 1995م

[5]ނިޢުމަތުﷲ އިދްރީސް، ހަވީރު ނޫސް،”އެކުގައި 10 އަހަރު، ކައިވެންޏަށް 5 މިނެޓް!!!” 07 ޖުލައި 2011 (ބުރާސްފަތި)

You may also like

ދީން

رمضان مبارك

 އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ ކެއްތެރިކަން ލިއްބައިދޭ މަހެކެވެ. އެހެނީ އެމަހަކީ އަޅުކަމުން ފުރިގެންވާ މަހެކެވެ. އެމަހުގައި މުސްލިމުން އަވަދިނެތި ...

Leave a reply

Your email address will not be published. Required fields are marked *

ރާއްޖޭގައި ވަރި ގިނަވާން މެދުވެރިވާ ސަބަބުތައް ( 3 ވަނަ ބައި)

ރާއްޖެއާ އަޅާބަލާއިރު ދުނިޔޭގެ އެހެން ޤަޢުމުތަކުގައި ވަރިކުރަން މެދުވެރިވާ ސަބަބުތައް:

މިސުރުޚީ ގެ ދަށުން ބަލާލައިފާ ވާނީ ޗައިނާ އާއި ޢިރާން ގައި ވަރި ކުރަން މެދުވެރިވާ ސަބަބުތަކަށެވެ. ދުނިޔޭގެ އާބާދީ އެންމެ ބޮޑު ޤަޢުމު ކަމުގައިވާ ޗައިނާއަށް ބަލާލާއިރު އެޤަޢުމަކީ ވަރި ވަރަށް މަދު ޤަޢުމެކެވެ. ނަމަވެސް މިހާރަކަށް އައިސް ޗައިނާގައި ދަނީ ވަރި (more…)

You may also like

ދީން

رمضان مبارك

 އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ ކެއްތެރިކަން ލިއްބައިދޭ މަހެކެވެ. އެހެނީ އެމަހަކީ އަޅުކަމުން ފުރިގެންވާ މަހެކެވެ. އެމަހުގައި މުސްލިމުން އަވަދިނެތި ...

Leave a reply

Your email address will not be published. Required fields are marked *

އިޖްތިމާއީދީން

ރާއްޖޭގައި ވަރި ގިނަވާން މެދުވެރިވާ ސަބަބުތައް ( 2 ވަނަ ބައި)

އިސްލާމީ ޝަރީޢަތުގައި ވަރި ހުއްދަވުން

ވަރި ހުއްދަވެފައިވާކަން އެނގެނީ އަންނަނިވި އާޔަތުންނެވެ. މާތް ﷲ ވަޙީކުރައްވާފައިވާ އާޔަތުގެ މާނައަކީ: “ވަރި ކުޅައުންވަނީ ދެފަހަރުއެވެ. ދެން އެކަނބަލުން ހެޔޮ ރަނގަޅު ގޮތުގައި، ބައިތިއްބާށެވެ! ނުވަތަ، ހެޔޮ ރަނގަޅު ގޮތުގައި ދިޔަދޭށެވެ.” މިއާޔަތުން ވަރިއަކީ ޝަރުޢުކުރަށްވާފައިވާ އެއްޗެއްކަމަށާއި އަދިވަރި ކުރަންވީ ގޮތް ބަޔާންވެގެން ހިނގައްޖެއެވެ. ވަރިކުރަންވީ ހެޔޮރަނގަޅު ގޮތުގައެވެ. އެއްވެސް (more…)

You may also like

އަޤީދާ

މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟

މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟ މީސްތަކުންގެ ތެރެއިން ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ޤާދިޔާނިންނަކީ މުސްލިމުންގެ ފިރުޤާތަކުގެ ...
ދީން

رمضان مبارك

 އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ ކެއްތެރިކަން ލިއްބައިދޭ މަހެކެވެ. އެހެނީ އެމަހަކީ އަޅުކަމުން ފުރިގެންވާ މަހެކެވެ. އެމަހުގައި މުސްލިމުން އަވަދިނެތި ...

Leave a reply

Your email address will not be published. Required fields are marked *

އާންމު ލިޔުން

ރަށްފުށުގެ ދިރިއުޅުން ތަރައްޤީ ކުރުމަށް އެންމެ ފުރިހަމަ ނިޒާމް

އަބްދުއްރަީމް މުޙައްމަދު ދިވެހިރާއްޖެ މިވަނީ ރަށްފުށުގެ ތަރައްޤީގެ އާމަރުހަލާއެއް ފެށިފައެވެ. ރައްތަކާއި އަތޮޅު އަދި ސިޓީ ތަރައްޤީ ކުރުމަށް ވަނީ ...

ރާއްޖޭގައި ވަރި ގިނަވާން މެދުވެރިވާ ސަބަބުތައް ( 1 ވަނަ ބައި)

މިލިއުން އެކުލަވާލާފައިވާނީ ” ރާއްޖޭގައި ވަރި ގިނަވާން މެދުވެރިވާ ސަބަބުތައް” މިމައުލޫގެމައްޗަށެވެ. އެގޮތުން މައިގަނޑުގޮތެއްގައި ބަލާލާފައިވާނީ ޢާންމު ގޮތެއްގައި އަންހެނުން ވަރިއަށް އެދޭ ސަބަބުތަކާއި ފިރިހެނުން ވަރިކުރުމަށް އެދޭ ސަބަބުތަކާއި (more…)

You may also like

ދީން

رمضان مبارك

 އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ ކެއްތެރިކަން ލިއްބައިދޭ މަހެކެވެ. އެހެނީ އެމަހަކީ އަޅުކަމުން ފުރިގެންވާ މަހެކެވެ. އެމަހުގައި މުސްލިމުން އަވަދިނެތި ...

Leave a reply

Your email address will not be published. Required fields are marked *

0 %