ދިރޭތަކެއްޗާއި ތިމާވެށިޞިއްހަތު

ކަކުނި މަހުގެ ސިއްޙީ ފައިދާ

ކަކުންޏަކީ އެއްގަމާއި މޫދުގައިވެސް އުޅޭ ދިރޭއެއްޗެކެވެ. އާންމުގޮތެއްގައި ކަކުނީގައި ދާވަނި އިންނަ ފައި ނުވަތަ ދާނަ ފަޔާއި އެކު އިންނަނީ 10 ފައެވެ. ގިނަ ވައްތަރުތަކުގެ ކަކުނީގައި ހަރު ތޮށިގަނޑެއް ހުންނަ ނަމަވެސް ތޮށިގަނޑު މަޑު ކަކުނިވެސް އުޅެއެވެ. ކަކުނި އުޅޭ ތަންތަނަށް ބަލާއިރު ޗަސްބިންތަކާއި ކަނޑުގެ އަޑީގައި އަދި ތިލަ ފަޅުތަކުގެ ވެލިގަނޑާއި ގާތަކުގައި، ވަލުތެރޭގައި އުޅެއެވެ. އަދި ރާއްޖޭގައި ކަޅުފަހުގަޔާއި ޗަކަ ބިންތަކުގައި 3 ވައްތަރެއްގެ ކަކުނި އުޅެއެވެ. ހަމަ އެހެންމެ ގޮނޑު ދޮށުގައި ރާޅު ޖަހާ ހިސާބުގައި  އާންމުކޮށް ދެ ވައްތަރެއްގެ ކަކުނި އުޅެއެވެ. މީގެ އިތުރަށް މޫދުގައި ގިނަ ވައްތަރުތަކެއްގެ ކަކުނި އުޅެއެވެ. ރާއްޖޭގެ ފަރުތަކުން ނަގާ ރަތް ކަކުންޏަކީވެސް ޞިއްހަތައް ފައިދާހުރި މިނަރަލްސަލް ތަކާއި ވިޓަމިންސް ތައް ހިމެނޭ ކަކުންޏެކެވެ.

ކަކުންޏަކީ މިބާވަތުގެ އެހެން ދިރޭ އެއްޗިއްސެކޭ އެއްގޮތަށް ދޭތެރެ ދޭތެރެއިން ތޮށިގަނޑު ބަދަލުކުރާ އެއްޗެކެވެ. އިހިވެސް ތޮށިގަނޑު ބަދަލުކުރާ ގޮތަށެވެ. މިގޮތުން ކަކުނީގެ ތޮށިގަނޑު ބަދަލުވާން ގާތްވުމުން މަސްގަނޑަށް އިތުރު މަޑު ތޮށިގަނޑެއް އަރައެވެ. ދެން އެ މަޑު ތޮށްޓާއި އެކު ތޮށިގަނޑުގެ މަތީބައި ކައިރިން ފަހަތުން ކަކުނި ބޭރަށް ނިކުމެއެވެ. ތޮށިގަނޑު ދޫކޮށްލައެވެ. ތޮށިގަނޑު ދޫކޮށްލުމުން ބައެއް ވައްތަރުގެ ކަކުނީގެ ތޮށިގަނޑު މާ ގިނައިރެއް ނުވެ ހަރު ތޮށިގަނޑަކަށްވެއެވެ. މިގޮތަށް ހަރު ތޮށިގަނޑަކަށް ވުމުގެ ކުރިން މަޑު ތޮށިގަނޑާއި އެކު ކަކުނި ހޭދަކުރާ ވަގުތުކޮޅަކީ ކަކުންޏައް ނުރަށްކާ ވަގުތުކޮޅެކެވެ. ގިނަ ވައްތަރުގެ ކަކުނި ތޮށިގަނޑު ބަދަލުކުރަނީ އާންމުކޮށް ރޭގަނޑުއެވެ. ކަކުނީގެ ތޮށިގަނޑު ބަދަލުކުރާ މަންޒަރަކީ ވަރަށް އާންމުކޮށް އަޅުގަނޑުމެންނަށް ފެންނަ މަންޒަރެކެވެ. ތޮށި މަތި ހިކިފައި އޮންނައިރު ރޭގަނޑު ނުވަތަ ބަނދަރުގެ ތޮށިގަނޑުފަދަ ތަންތަނުގައި އުޅޭ ފާލަން ކަކުނި ރޭނގަނޑަށް ތޮށިގަނޑު ބަދަލުކުރާ މަންޒަރުފެނެއެވެ.

ކަކުންޏަކީ އާންމުގޮތެގައި ރޭގަނޑަށް ހަރަކާތްތެރިވާ އެއްޗެކެވެ. އަޅުގަނޑުމެންގެ ތަޖުރިބާގައި  ރާއްޖޭގައި އުޅޭ ހުރިހާ ވައްތަރުގެ ކަކުނިވެސް ރޭގަނޑަށްބޭރަށް ނިކުމެ ހަރާކާތްތެރިވާކަން ވަނީ ފާހަގަކުރެވިފައެވެ. ދުވާލުގަޑީގައި ތަންތަނުގެ އަޑީގައި ތިބޭ ކަކުނީގެ ވައްތަރުތަށް ރޭގަނޑަށް ބޭރަށް ނިކުމެ ޝިކާރަކުރެއެވެ. ކަކުނި ބައެއްފަހަރަށް ބައެއް ވައްތަރުގެ މަސް ކައި އުޅޭކަން ވަނީ ފާހަނގަކުރެވިފައެވެ.

ކަކުނި މަހަކީ ވިޓަމިންގެ ބައި ބޮޑު ރަނގަޅު ފެންވަރަކަށް ޕުރޮޓީންސް އަދި އެމިނޯ އެސިޑް އެކުލެވޭ ކާނާއެކެވެ. އަދި ހަށިގަނޑަށް ބޭނުންވާ މައުދަން ހިމެނެއެވެ. އޭގެތެރޭގައި ކެލްސިއަމް، ކޮޕާރ،ޒިންކް، ޕޯސްޕަރަސް، އަދި ދަނގަޑު ހިމެނެއެވެ. އަދި ވިޓަމިން އޭ ފަދަ އެންޓިއޮކްސިޑެންޓް ތަކުގެ ސަބަބުން ކަކުނި މަސް ބޭނުންކުރުމުން ވަރަށް ގިނަ ވައްތަރުގެ ތަކުގެ ކެންސަރުން ރައްކާތެރިވުމުގައި އެހީތެރިކަން ލިބެ އެވެ.

ކަކުނި މަހަކީ ދިވެހިން އާންމުކޮށް ކައި އުޅޭ މަހެއް ނޫނެވެ. އެހެންނަމަވެސް ކަކުނި މަހަކީ މީރު ރަހައެއް ލާ ޞިއްހަތަށް ފައިދާހުރި ކާނާގެ ބާވަތެކެވެ.  މިހެން ކަންތައް އޮތްނަމަވެސް ގިނަ ދިވެހިން ކަކުނި މަހަކީ ހަޑި އެއްޗެއްގެ ގޮތުގައި، ކާން ނުވާ އެއްޗެއްގެ ގޮތުގައި ދެކެއެވެ. ކަކުނި މަސް ކާ މީހުންނަކީ ނުބައި ބައެއްގެ ގޮތުގައި ބައެއް ރަށްތަކުގައި މިހާރުވެސް ދެކެއެވެ. އަދި އަޅުގަނޑުމެން ކުޑައިރު ރަށުގައި ކަކުނި މަސް މީހަކު ކައިފިނަމަ އެމީހަކު ގޯސްކޮށްފައި ވާހަކަ ދަށްކައެވެ. އެހެންނަމަވެސް ދުނިޔެއަށް ލޯ ހުޅުވި ކަކުނީގެ ފައިދާތައް އެނގެން ފެށުމުން ކަކުނި ކާ މީހުން އަންނަނީ އިތުރުވަމުންނެވެ. ކަކުނި މަހަކީ އަޅުގަނޑަށް ތަޖުރިބާކުރެވުނު ގޮތުގައި ވަރަށް މީރު މަހެކެވެ. ޑިނގާ އަދި އިއްސައްވުރެ މީރުކަން ފާހަގަކުރެވެއެވެ. އަޅުގަނޑަށްވެސް މިހާތަނަށް 8 ވައްތަރެއްގެ ކަކުނި ކެވިފައިވުމާއި އެކު ޔަގިންކަމާއި އެކު ބުނެވެން އޮތީ ކަކުނި މަހަކީ އާދަޔާ ހިލާފް މީރު ރަހައެއް ހުންނަ މަހެކެވެ.

ފުޑް ސޭފްޓީ އެންޑް އެންވަޔަރމެންޓަލް ހެލްތް ކޮންސަލްޓަންޓެއް ކަމަށްވާ އެޑްވަރޑް ގުރޮތް އާއި ވިހަ އަދި ފްޑް ސައިންޓިސްޓް ޗާރލްސް ސަންޓެއަރ ވެސް ކަކުނި މަހަކީ ޞިއްހަތަށް ފައިދާހުރި ރަނގަޅު ކާނާއެއް ކަމަށާއި މާ ބަނޑު އަންހެނުންވެސް ކަކުނި މަސް ކެއުމަކީ ޞިއްހީގޮތުން މައްސަލައެއް ހުރި ކަމެއް ނޫންކަމަށް ހާމަކުރަށްވައެވެ. އަދި ކަކުނި މަހަކީ އާންމު ކެއުމެއްގެ ގޮތުގައި ކޮންމެ ދުވަހަކުވެސް ބޭނުންކުރަން ރަނގަޅު ކާނާއެއް ކަމަށް ކަކުންޏާއި ބެހޭ ދިރާސާކުރާ ފަރާތްތަކުން ހާމަކުރަށްވައެވެ. ހަކުރު ބަލިން ރަށްކާތެރިވުމަށް ކަކުނި، ޑިނގާ މަސް އެހިތެރިވެދެއެވެ. ކަކުނި މަހުގައި ކުރޯމިއަމް ގިނަކަން ފާހަގަކުރެވެއެވެ. ކުރޯމިއަމް އަކީ ލޭގައި ހިމެނޭ ގުލްކޯޒް ލެވެލް ހިފަހައްޓައިދޭ މާއްދާއެކެވެ. ހަކުރުގެ ބައި ކޮންޓްރޯލް ކޮށްދެއެވެ. ކަކުނި މަހުގައި ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ މާއްދާއެއްވެސް ހިމެނެއެވެ.

އާންމުކޮށް ހުރިހާ ވައްތަރެއްގެ ކަކުނި މަހުގައިވެސް ޞިއްހަތައް ފައިދާހުރި  ބައިތަށް ހިމެނެއެވެ. މިގޮތުން އޮމެގާ 3 ފެޓީ އެސިޑްހުރެއެވެ. އަދި ހިތުގެ ބަލިތަކަށް ރަނގަޅު ވުމުގެ އިތުރަށް ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދެއެވެ. ކަކުނި މަހުގައި ހިމެނޭ އޮމެގާ 3 ފެޓީ އެސިޑުން ސިކުނޑިއަށް ރަނގަޅު އަސަރުތަކެއް ކުރެއެވެ. ޞިއްހީ ދިރާސާތަކުން ދަށްކާގޮތުން ސީފުޑުގައި ހުންނަ އޮމެގާ 3 ފެޓީ އެސިޑް އަކީ ސިކުނޑީގެ ހިނގުން ރަނގަޅުކޮށްދޭ މާއްދާއެކެވެ.

ކަކުނި މަހުގައި ޞިއްހަތަށް ފައިދާހުރި ގިނަ މާއްދާތަކެއް ހުރެއެވެ. ކަކުނި މަހުގައި ކެލެރީގެ މިންވަރު ދަށެވެ. ކޮންމެސް ވަރަކަށް ފެޓްގެ ބައި ހުރެއެވެ. އަދި ހިތުގެ ބައްޔާއި ކެންސާރ އާއި ދުރުކޮށްދެއެވެ. އަދި ޑިޕްރެޝަންއަށްވެސް ފަރުވާއަކަށް ވެއެވެ. ގިނަ ވައްތަރުތަކުގެ މަސް އަދި ޑިނގާމަހަކީ  ޞިއްހަތަށް ފައިދާހުރި މަތީ މިންވަރަކަށް ޕުރޮޓީން އެކުލެވޭ، ހަށިގަނޑަށް ބޭނުންވާ މުހިންމު ބައިތަށް އެކުލެވޭ ކާނާއެކެވެ. މިގޮތުން އޮމެގާ 3 އާއި ފެޓީ އެސިޑް ލިބެއެވެ. ބައެއް ވައްތަރުގެ މަހަކީ މާކިއުރީ ލެވެލް މަތި ވައްތަރުތަކެވެ.

ކަކުންޏަކީ މާކިއުރީ(އެޓަމިކް ނަންބަރ 80) މަދު މަހެކެވެ. މި ކެމިކަލަކީ މޫދުގެ ދިރުންތަކުގައި ގިނަ ބާވަތެކެވެ. އެހެންނަމަވެސް ގިނަ މަސްތަކާއި ހިލާފަށް ކަކުނި މަހުގައި މި ކެމިކަލް މަދުކަން ފާހަގަކުރެވެއެވެ. މި ކެމިކަލް ގިނަ ކާނާއަކީ މާބަނޑު މީހުން އާންމުކޮށް ކެއުން ރަނގަޅު ކާނާއެއް ނޫނެވެ. އެހެންކަމުން ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން މާ ބަނޑު މީހުން ކަކުނި ކެއުމަކީ ޞިއްޙީގޮތުން ނުރަށްކަލެއް ހުރި ކަމެއް ނޫނެވެ. ގިނަ މޫދު ކާނާއާއި ހިލާފަށް ޞިއްހީ ގިނަ ފައިދާތަކެއް ހުރުމާއި އެކު އެ ފަރާތްތަކުން ވިދާޅުވަނި މާކިއުރީ ވިހައިގެ އަސަރު ކުރުމަކީ ދުރުކަމެއް ކަމަށެވެ. ކަކުނި މަހުގައި ގިނަ އަދަދަކަށް ވިޓަމިންސް ހިމެނެއެވެ. ކަކުނި މަހުގައި ވިޓަމިން އޭ، ސީ، އަދި ވިޓަމިން ބީ12 އާއި ޒިންކް ކޮޕާރ ފަދަ މިނަރަލްސް ހިމެނެއެވެ..

ކަކުނި މަސް ކެއުމުގައިވެސް އެހެނިހެން ތަކެއްޗެކޭ އެއްގޮތަށް ތާޒާކޮށް ބޭނުންކުރުން މުހިންމެވެ. ގިނަ ދުވަހު ބަހައްޓާނަމަ ރަނގަޅަށް ގަނޑުކުރެވިފައި ހުރުން ވަރަށް މުހިންމެވެ. އަދި ރަށްކާތެރިކަމާއި އެކު ކަކުނި މަސް ކެއުމަށްޓަކައި ރަނގަޅަށް ރޯފިލުވައިގެން ބޭނުންކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.، ރަނގަޅަށް ރޯނުފިލުވާ ނުވަތަ ތާޒާކަން ގެއްލިފައިވާ ކަކުނި މަސް ކެއުމުން އެލާރޖިކްވުމަކީ އެކަށީގެންވާ ކަމެކެވެ. ހަމަ އެހެންމެ ތާޒާކޮށް ހުންނަ ކަކުނިންވެސް ބައެއް މީހުންނަށް އެލާރޖިކްގެ އަސަރު ހުރެދާނެއެވެ. އެއީ ވަކި ކަކުނި ވީމަ ވާގޮތެއް ނޫނެވެ. ކާނާގެ ބައެއް ވައްތަރުތަށް ކޮންމެ މީހަކާއި ނުގުޅިދާނެއެވެ.

ބައެއް ވައްތަރުގެ މަސް އަދި ކާނާ ކެއުމުން ބައެއް މީހުން އެލާރޖިކްވެއެވެ. އެހެންނަމަވެސް އެއީ ކަކުނި މަސްކެއުމުން އެންމެންނަށް ދިމާވާކަމެއް ނޫނެވެ. އަދި ކަކުނިމަހަކީ ޞިއްހަތަށް ނުރަށްކާ އެއްޗެއް ނޫނެވެ. ޞިއްޙީ ދާއިރާގެ ބޭފުޅުން ވިދާޅުވަނީ މިފަދަ އެލާރޖިކް ކަކުނި ކެއުމުންވިޔަސް އަދި އެހެން އެއްޗެއް ކެއުމުންވެސް ވާނަމަ އެ ކާ އެއްޗަކާއި ދުރުވުން އެއީ އެންމެ ރަނގަޅުގޮތްކަމަށެވެ. އިހި ޑިނގާ ފަދަ ތަކެތި ކެއުމުން އެލާރޖިކް ވާ މީހުން ކަކުނި ކެއުމުންވެސް އެލާރޖިކްވުމަކީ އެކަށީގެންވާ ކަމެކެވެ.

.

ކަކުނި މަހުންވެސް ބައެއް ފަހަރަށް ކާނާ ވިހަވުމުގެ މައްސަލަ ކުރިމަތިވެއެވެ. އެއީ އެހެނިހެން ބާވަތްތަކުގެ ކާނާފަދައިން ފަރުވާ ކުޑަކޮށްލައި ތާޒާކަން ގެއްލިފައިވާ ކަކުނި ކެއުމުންނެވެ. އަދި ރަނގަޅަށް ރޯނުފިލުވާ ކެއުމުންވެސް ޞިއްހި މައްސަލަތަށް ކުރިމަތިވެއެވެ. މަހުގެ ގިނަ ވައްތަރުތަކަކީ ވަރަށް އަވަހަށް ތަފާތު ވައްތަރުގެ ބެކްޓީރީއާ އަށަގަނެ ހަލާކުކޮށްލާ ކާނާއެކެވެ. އަދި ކަނޑު ނުވަތަ މޫދުގައި އުފުފެދޭ ނުސާފުކަމުގެ އަސަރު ވަރަށް ގިނަފަހަރަށް ކަނޑުގައި އުޅޭ ދިރުންތަކަށްކުރެއެވެ. މިގޮތުން އާންމުކޮށް މިފަދަ މައްސަލަތަށަ ދިމާވަނީ ކަނޑުގެ މަތީ ފަށަލަ އަދި ރަށުގެ ފަޅު ފަދަ ސަރަހައްދުތަކުގައި އުޅޭ މަސްމަހާ މެއްސަށެވެ. އެހެންނަމަވެސް މިފަދަ އަސަރުތަށް ކަކުނި ފަދަ ތަކެއްޗަށް ކުރުމުގެ ޗާންސް ކުޑައެވެ.

ކަކުނި މަސް ކާ ފަރާތްތަކުން ކަކުނި މަސް ކަނީ ސެލެޑް ހަދައިގެންނާއި ފިހެގެން، ތެލުލައިގެން، ޗިލީ ކުރެބް، ކަކުނި ކޭކް ހަދައިގެންނެވެ. ކަކުނި ކޭކު ހަދަން ބިސް، މަޔޮނައިސް، ކަކުނި މަސް ބޭނުންކުރެއެވެ. އަދި ކަކުނި މަހަކީ ސޫޕް ހަދާއިރުވެސް އަޅަން ރަނގަޅު އެއްޗެކެވެ. މިގޮތުން ދަޅުގައި ބަންދުކޮށްފައި ހުންނަ ކަކުނީގެ ބާވަތްތައް ސޫޕް ހަދަން ރަނގަޅުވާނެއެވެ. އަދި ތާޒާކޮށް ހުންނަ ކަކުނިވެސް ސޫޕް ހަދަން ބޭނުންކުރެވިދާނެއެވެ.

ރާއްޖޭގައި އުޅޭ ކަކުނީގެ ވައްތަރުތަކުގެ ތެރޭން ކެއުމަށް ބޭނުންކުރާ ވައްތަރުތަށް، މި ހުރިހާ ވައްތަރެއްގެ ކަކުނިވެސް ކައި ތަޖުރިބާކޮށްފައި، މި ވައްތަރުތަކުގެ ކަކުނި އާންމުކޮށް އުޅެނީ ރާއްޖެއާއި، އޮސްޓްރޭލިއާ، ތުވާލޫ، ފިޖީ، ކެރިބިއަން، މަލިކު ގައެވެ. މީގެ އިތުރަށްވެސް ބައެއް ގައުމުތަކުގައ އުޅޭކަން ވަނީ ފާހަގަކުރެވިފައެވެ.މީގެ އިތުރަށް އިންޑޮނޭސިއާގެ ޖަޒިރާ ތަކާއި ޖަކާެރޓާގެ ސީވޯރލްޑް އެކްއޭރިއަމް ނުވަތަ މެރިން ޕާރކްގައިވެސް މި ވައްތަރުތަށް އުޅެއެވެ.

 

 

 

 

 

 

http://www.livestrong.com

http://www.foodanswers.org

http://www.babycenter.com

ލިޔުމާ މެދު ދެކެނީ ކިހިނެތް؟

ތަފާތު
0
އުފާވެރި
0
ލޯބި
0
ކަމަކު ނުދޭ
0

ހިޔާލެއް އޮތްނަމަ ލިޔުއްވާ

Your email address will not be published. Required fields are marked *