ކައިވެނީގެ މުހިންމުކަން( 5 ވަނަ ބައި)

ކައިވެނީގެ ސަބަބުން ލިބޭ ފައިދާ

ކައިވެންޏަކީ އޭގައި ވަރަށްގިނަގުނަ ފައިދާތަކެއް އެކުލެވޭ އަދި ވަރަށް މާތް މަޤުޞަދުތަކަކާއި ޙިކުމަތް ތަކެއް އެކުލެވިގެންވާ އަޅުކަމެކެވެ. އެގޮތުން ހެޔޮގޮތުގައި ކައިވެނީގެ އެންމެހާ ގުޅުންތައް ކުރިއަށް ގެންދިޔުމީ އޭގެ ސަބަބުން އުޚުރަވީ ފައިދާތަކާއި އަދި ދުނިޔަވީ ފައިދާތައް، ކައިވެނީގެ ގުޅުމުން ގުޅިގެން އުޅޭ ދެމަފިރިންނަށާއި މުޅި މުޖުތަމަޢަށް ލިބިގެންދާނެ ކަމެކެވެ. އަދި މުޅި އިންސާނީ ދަރިފަސްކޮޅަށް އޭގެ ހެޔޮކަންލިބޭނެއެވެ.

ކައިވެނީގެ މުހިންމުކަމާމެދު ހުރިހާ ދީންތަކެއްގެ އަދި ހުރިހާ ޒަމާންތަކެއްގެ މީހުން އިޢުތިރާފުވެއެވެ. މިއީ އިންސާނީ ދަރިފަސްކޮޅު ފެށުނީއްސުރެ މިއަދާ ހަމައަށް އައިއިރުވެސް ބަދަލުވުމެއްނެތް ޢުރުފެކެވެ. ހުރިހާ ޒަމާނެއްގައިވެސް ޤަބޫލުކުރެވިފައިވާ ޙަޤީޤަތަކީ ކައިވެނި ކުރުމަކާނުލާ ދަރިން ހޯދުމަކީ އޭގެސަބަބުން އެތައްބައިވަރު މައްސަލަތަކެއް އުފިގެންދާ، އިންސާނީ މަޞްލަޙަތުތަކަށް ބުރޫއަރާ، ހަޑިހުތުރު ޢަމަލެއްގެ ގޮތުގައެވެ. ފަހެ ކައިވެންޏަކީ އިންސާނީ ދަރިފަސްކޮޅު އާލާވެ ދެމިގެން ދިޔުމަށްޓަކައި ، އެންމެހާ ޚަލްޤުތަކުންގެ ޚާލިޤުވަންތަ އިލާހު، ﷲ ޞުބަޙާނަހޫ ވަތަޢާލާ އެންމެ ފުރަތަމަ އިންސާނާއާއި ހަމައިން ފެށިގެން ހަމަޖައްސަވާފައިވާ ޤާނޫނެކެވެ.

ކައިވެނީގެ ސަބަބުން ދީނީގޮތުން ލިބޭ ފައިދާ (އުޚުރަވީ ފައިދާތައް)

އާދެ! އިންސާނީ ދަރިފަސްކޮޅު ފެށިފައިވަނީ އިންސާނުންގެ ބައްޕަކަމުގައިވާ އާދަމް ޢަލައިހިއްސަލާމް އާއި، އިންސާނުންގެ މަންމަ ކަމުގައިވާ ޙައްވާ ޢަލައިހިއްސަލާމް ކައިވެނިބައްލަވައިގެން ދުނިޔޭގައި ވަޒަންވެރިވި ހިސާބުންނެވެ. ޚާލިޤުވަންތަ ﷲ ޞުބުޙާނަހޫ ވަތަޢާލާ އާދަމް ޢަލައިހިއް ސަލާމް، މަށިން ހައްދަވައި ފުރިހަމަ އިންސާނަކަށް ބަދަލު ކުރައްވައި، އެކަލޭގެފާނުގެ އަރިކަށިފުޅުން ޙައްވާ ޢަލައިހިއްސަލާމް އުފެއްދެވުމަށްފަހު، އެދެބޭކަލުން ކައިވެނި ކޮށްދެއްވިއެވެ. އަދި އެދެބޭކަލުންގެ ފުށުން ދަރިން ލިބުމަށް އިރާދަ ކުރެއްވިއެވެ. އެގޮތުގެމަތިން އެދެބޭކަނބަލުންނާއި އެދެބޭކަނބަލުންގެ ދަރިފަންނަށްޓަކައި ވަކި އުސޫލުތަކަކާއި ވަކި ހަމަތަކެއް ހިމެނޭ ޤާނޫނެއް ބާވާލެއްވިއެވެ. މިޤާނޫނަކީ އިންސާނުންނަށްޓަކައި މާތްﷲ ކަނޑައަޅުއްވާފައިވާ އެންމެ ފުރިހަމަ ޤާނޫނެވެ. އެއީ އިސްލާމީ ޝަރީޢަތެވެ. އެގޮތުން މާތް ﷲ ކަނޑައަޅުއްވާފައިވަނީ ކައިވެނީގެ ރީތި ސާފުސީދާގޮތްމަތީ، އިންސާނީ ނަސްލު ރައްކާތެރިކޮށް، އިންސާނީ ޙަޔާތް ރަނގަޅުގޮތުގައި ﷲގެ ޢަމުރުފުޅުތަކާއި އެއްގޮތަށް ދެމެހެއްޓުމެވެ. އަދި އިންސާނުންގެ ޠަބީޢަތުގައި ލައްވާފައިވާ އެދުންވެރިކަން ލައްވާފައިވަނީ ހެޔޮގޮތުގައި ހުއްދަކުރެވިފައިވާ ގޮތަށް އޭގެ ފައިދާ ލިބިގަތުމަށެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَمِنْآيَاتِهِأَنْخَلَقَلَكُممِّنْأَنفُسِكُمْأَزْوَاجاًلِّتَسْكُنُوۤاْإِلَيْهَاوَجَعَلَبَيْنَكُممَّوَدَّةًوَرَحْمَةًإِنَّفِىذٰلِكَلَآيَاتٍلِّقَوْمٍيَتَفَكَّرُونَ﴾[1]މާނައީ: “ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމިހުން އެކަނބަލުންގެ ފަރާތުން ހަމަ ހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.”

ކައިވެނި ކުރުމަށް އިސްލާމްދީން ބާރުއަޅާ އަނެއް ސަބަބަކީ ހަވާނަފްސުގެ އެދުންތައް މައިތިރިކޮށް، ޝައިޠާނާގެ ވަސުވާސްތަކުން ރައްކާތެރިވުމާއި، ނަފްސަށް ހަމަޖެހުން ލިއްބައިދޭ ވަޞީލަތަކަށް ކައިވެނީގެ ގުޅުންތައް ވާތީއެވެ. މިކަން ބަޔާންކޮށްދެއްވަމުން ރަސޫލުއް ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.(يامعشرالشبابمناستطاعمنكمالباءةفليتزوجفإنهأغضللبصروأحصنللفرجومنلميستطعفعليهبالصومفإنهلهوجاء)[2]މާނައީ: “އޭ ޒުވާނުންނެވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނި ކުރުމަށް ކުޅަދާނަވާ މީހުން ފަހެ ކައިވެނި ކުރާހުށިކަމެވެ. އެއީ ލޮލަށް ރައްކާތެރިކަން  ބޮޑުވެފައި، ޖިންސީ ގުނަވަންވެސް އެންމެ ރައްކާތެރިކަން ބޮޑު ގޮތެވެ. އަދި މީހަކާ އިނުމަށް ކުޅަދާނަކަން ލިބިފައިނުވާ މީހާގެ މައްޗަށް އޮތީ ރޯދަހިފުމެވެ. ފަހެ ހަމަކަށަވަރުން އެއީ އޭނާ ނުބައިކަންތައްތަކުން ދުރުކޮށްދޭ އައްޑަނައެކެވެ.”

ކައިވެންޏަކީ ގިނަގުނަ ޘަވާބާއި ދަރުމަލިބޭ މާތް އަޅުކަމެކެވެ. އެއީ އަނބިމީހާއަށައި ފިރިމީހާއަށްވެސް މެއެވެ. އެއީ އެކަކު އަނެކަކުގެ ޙައްޤުތައް އަދާކޮށް، ދަރިން ރަގޮޅުގޮތުގައި ތަރުބިއްޔަތުކުރުމާއި އެކަމަށްޓަކައިކުރާ ހޭދައާއި، އަދި މީގެއިތުރުން ޙަލާލުކުރެވިފައިވާގޮތް ކަމުގައިވާ ކައިވެނީގެގޮތުން ގުޅިގެން އަނބިފިރިކަމުގެ ގުޅުން ހިންގުމުގެ ސަބަބުން ލިބޭ ޘަވާބެވެ. މިކަމަށް އަންނަނިވި ޙަދީޘުން ދަލީލުކޮށްދެއެވެ. (خيركم خيركم لأهله وأنا خيركم لأهلي)[3]މާނައީ: “ތިޔަބައިމީހުންކުރެ އެންމެ ހެޔޮކަންބޮޑު މީހަކީ، ތިޔަބައިމީހުންކުރެ އޭނާގެ އަނބިދަރިންނަށް ހެޔޮމީހާއެވެ. ފަހެ، ތިމަންކަލޭގެފާނީ ތިޔަބައިމީހުންކުރެ އަނބިދަރިންނަށް އެންމެ ހެޔޮމީހާއެވެ.”

ކައިވެނީގެ ސަބަބުން ދުނިޔަވީގޮތުން ލިބޭ ފައިދާތައް

ކައިވެންޏަކީ އިންސާނާގެ ޙަޔާތަށް ވަރަށްވެސް ބޭނުންތެރި އެއްޗެކެވެ. ފަހެ ދެޖިންސުލައްވާފައިވަނީ އެއްޖިންސު އަނެއް ޖިންސަށްޓަކައެވެ.އެއީ ހަށިގަނޑަށް ފޭރާން ބޭނުންވާ ފަދައިންނެވެ.އާދެ! އިންސާނާގެ ޠަބީޢަތުގައި ލައްވާފައިވާ ޖިންސީއެދުންވެރިކަމުގެ އަރާމާއި ހިތްހަމަޖެހުން ލިބިގަތުމަށް އޮތީ ކައިވެނި ކުރުމެވެ.އެކަމަށް ތިމާ ބޭނުންވެއްޖެނަމަ އަނބިމީހާގެ ކިބައިން އެކަން ފުއްދަަންވީއެވެ. އަދި ފިރިމީހާ އެކަމަށް އެދިއްޖެ ހިނދެއްގައި، އަނބިމީހާވެސް އެކަމަށް ބޭނުންވެ އިޖާބަދޭން ޖެހޭނެއެވެ.މިގުޅުމަކީ ޞިއްޙަތަށް ފައިދާތަށް ލިއްބައިދޭ ނަފްސަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ.

ޒަވާޖީޙަޔާތުގެ މުހިންމުކަން ބޮޑަށް އިހުސާސްކުރެވެނީ އެކަނިމާއެކަނި ހުރިހާކަމެއް ކުރަންޖެހުނީމައެވެ. އާމްދަނީ ހޯދުމަށް މަސައްކަތްކުރަމުން، ކައްކާ އެއްޗެހިދޮވެ،ކުނިކަހާ ސާފުކޮށް،މިހުރިހާ ބުރައެއް އުފުލަން ޖެހުމަކީ ކައިވެނި ނުކޮށް ފަރުނުޖެއްސޭނެ އެއްސަބަބު ކަމުގައި ވަރަށް ގިނަބަޔަކު ފާހަގަ ކުރެއެވެ. އާދެ! ވަރަށްބޮޑު ތެދެކެވެ. ކައިވެނީގެ ސަބަބުން ގޭތެރޭގެ މަސައްކަތްތަށް ބެހި ވަކިތަރުތީބަކުން ކަންތައްތައް ގެންދިއުމަށް މަގު ފަހިވެއެވެ.އަދި ކަންތައްތައް ހަލުއިވެ ވަގުތު ސަލާމަތް ކުރެއެވެ. މިކަމުގެ ސަބަބުން އާމްދަނީ އިތުރު ކުރުމަށާއި އުފާލިބިގަތުމަށް އަދި ދިރިއުޅުން ބާއްޖަވެރި ކުރުމަށް ދެމަފިރިންގެ ހިއްސާއާއެކު މަސައްކަތްތައް ކުރެވެމުން ދާނެއެވެ.

ރަސޫލުﷲ ގެފާނު ޙަދީޡްފުޅު ކުރަށްވާފައިވާ ބަސްފުޅެއްގައި ވެއެވެ.”الدنيا متاع وخير متاع الدنيا المرأة الصالحة”[4]މާނައީ:”ދުނިޔެއަކީ ވަގުތީ ފައިދާއެކެވެ.ދުނިޔެއިން ލިބޭނެ ފައިދާތަކުގެ ތެރެއިން އެންމެބޮޑު ފައިދާއަކީ ރަނގަޅު ހެޔޮލަފާ އަންހެނެކެވެ.”

އަދިވެސް އެހެން ޙަދީޘްފުޅެއްގައި ވެއެވެ.”ألا أدلكم على خير ما يكنز الرجل؟ المرأة الصالحة التي إذا نظر إليها سرته، وإذا أمرها أطاعته، وإذا أمرها أطاعته، وإذا غاب عنها حفظته في نفسها وماله”[5]މާނައީ:”ފިރިހެނާއަށް ލިބިފައިވާ އެންމެހެޔޮ ނަސީބަކީ ކޮބައިކަން، ތިމަންކަލޭގެފާނު ތިޔަބައިމީހުނަށް އަންގަވަން ހެއްޔެވެ؟ އެއީ ރަނގަޅު ޞާލިހު އަނތްބެކެވެ. އެއަނބިމީހާއަށް ބަލައިފިނަމަ އޭނާ އުފާވާނެއެެވެ.އޭނާގެ ކިބައިން ކަމަކަށް އެދިއްޖެނަމަ،އުފަލާއެކު އެކަމެއް ކޮށްދޭނެއެވެ.އޭނާ ދުރުތަނަކަށް ހިނގައްގެނަމަ، އޭނާގެ އަމިއްލަ ނަފްސާއި،ފިރިމީހާގެ މުދަލާއި ގެދޮރު ރަނގަޅަށް ބަލަހައްޓާނެއެވެ.”

ހަމައެފަދައިން އަންހެނުންނަށްވެސް ހެޔޮލަފާ، ޚަރުދަނާ ފިރިއެއް ލިބުމަކީ އަންހެނާއަށް ލިބޭނެ އެންމެބޮޑު އެއް ނިޢުމަތެވެ.އެހެނީ ސުވަރުގޭގައި އޭނާގެ ފިރިއަކީ ހަމަ އެފިރިމީހާއަށް ވާއިރު ދުނިޔޭގައިވެސް އޭނާގެ ކިބައިން ލޯތްބާއި އަޅާލުމާއި އެހީތެރިކަން ލިބޭނެއެވެ.


[1]سورةالروم :21

[2]رواهالبخاريوالمسلم

[3]رواه الترمزي

[4]رواه المسلم

[5]رواه أبو داوود

You may also like

ދީން

رمضان مبارك

 އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ ކެއްތެރިކަން ލިއްބައިދޭ މަހެކެވެ. އެހެނީ އެމަހަކީ އަޅުކަމުން ފުރިގެންވާ މަހެކެވެ. އެމަހުގައި މުސްލިމުން އަވަދިނެތި ...

Leave a reply

Your email address will not be published. Required fields are marked *

ކައިވެނީގެ މުހިންމުކަން( 5 ވަނަ ބައި)

އިސްލާމް ދީނުގައި ކައިވެނީގެ މުހިންމުކަން

      މާތްވެގެންވާ އިސްލާމް ދީނުގައި މަދު ކަމެއް މެނުވީ ޙަރާމް ކުރައްވާފައެއް ނުވެއެވެ. އިންސާނާގެ ޙަޔާތް ބިނާ ކުރުމަށްޓަކައި ދުވަހުން ދުވަހަށް ކުރަންޖެހޭ ނުވަތަ ނުކޮށް ފަރުނުޖެހޭ ކޮންމެ ކަމެއް ކުރަންވީ ގޮތް ވަނީ އަންގަވާފައެވެ. ކަމެއް ޙަރާމް ކުރައްވާފައިވާނަމަ އެއީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުންނާއި، (more…)

You may also like

ދީން

رمضان مبارك

 އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ ކެއްތެރިކަން ލިއްބައިދޭ މަހެކެވެ. އެހެނީ އެމަހަކީ އަޅުކަމުން ފުރިގެންވާ މަހެކެވެ. އެމަހުގައި މުސްލިމުން އަވަދިނެތި ...

Leave a reply

Your email address will not be published. Required fields are marked *

0 %