ދީން

ކުށެއްނެތި މީހުން މަރާމީހާގެ ހުކުމަކީ ކޮބާ

ރާއްޖޭގައި ފަހަކަށް އައިސް މިވަނީ މީހުން މެރުން އާންމުވެ ތޫނު ހަތިޔާރުން ތަފާތު އަނިޔާތައް މީހުންނަށް ދިނުން އާންމުވެފައެވެ. ﷲ ހަރާންކުރެއްވި މިފަދަ ފާފަތަކުގެ ހާއްޔަކަށް ރާއްޖެ ވެދާނެކަމުގެ ބިރު މިވަނީ ހީވެފައެވެ. މީގެ އެތައް އަހަރެއްކުރިން އަޒްލީނާގެ މަރަށްފަހު ދުވަސްތަކެއްވުމަށް ފަހު ވަރަށް ގާތްކޮށް މިވަނީ މީހުން މެރުމުގެ ހާދިސާތައް ހިނގާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ވަކީލުންނާއި ހަމައިން ފެށިގެން 65 އަހަރުގެ މުސްކުޅި އުމުރުގެ މީހުންނާއި ތުއްތުކުދިންވެސް މެރުންވަނީ ގިނަވެފައެވެ.  އަދި ހަމަ އެހެންމެ އަޅުގަނޑުމެންގެ މި ނ އަތޮޅުގައިވެސް ފަހުގެ ތާރީޙްގައި 2 މީހުންވަނީ މަރާލާފައެވެ. މިގޮތުން މާފަރު ބަކުރުބެ ގެ އިތުރަށް ހެނބަދޫ ކުއްޖަކުވެސް ވަނީ މަރާލާފައެވެ. އަދި ނ.ޅޮހީ އާއިލާއަކަށް ނިސްބަތްވާ ހުވަރަފުށީގައި ދިރިއުޅުން ހުސައިން މަނިކްވެސް މި ފަނާވަނިވި ދުނިޔެއާއި އަލްވަދާއުކީ އަނިޔާވެރި އަތްތަކެއްގެ ޝިކާރައަކަށްވެގެންނެވެ. މާތް ﷲ އެ މަރުހޫމުންގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާށިއެވެ. އާމީން.

ރާއްޖޭގައި މީހުން މެރުން އާންމުވަމުން އަންނައިރު މީހުން މެރުމުގެ ފާފައިގެ ބޮޑުކަމާއި މެދު ވިސްނާ އެފަދަ ފާފަތައް މަދުކުރެވޭނެ ގޮތްތައް މިވަނީ ވިސްނަންވެފައެވެ. އަޅުގަނޑު މިލިޔުމުގައި މި ހިމަނާލަނީ ކުށެއްނެތް އިންސާނުން މަރާ މީހާއި ބެހޭގޮތުން ކުރެވިފައިވާ ސުވާލަކަށް ޝައިޙް އިބްރާހިމް ފަރީދު ދެއްވާފައިވާ ޖަވާބެކެވެ. މި ޖަވާބު ކުރިންވެސް ހެޔޮބަސްގެ ކިޔުންތެރިންނާއި ހިއްސާކޮށްފައިވާނެއެވެ. އެހެންނަމަވެސް ގިނައިން ހަދުމަކޮށްދީ ބަޔާންކޮށް ދިނުމަކީ އެންމެ ރަނގަޅުގޮތެވެ.

ކުށެއްނެތް އިންސާނަކު މަރައިފި ނަމަ އެމަރާ މީހާގެ ހުކުމަކީ ކޮބާ؟ އަދި އޭނާއަށް ތައުބާވެވޭނެތަ؟ އަދި އޭނާ ތައުބޭވެ ހުރެ ކުށެއް ނެތި އޭނާ މަރުވުމުން އޭނާއަށް އެކަމުގަ އަޒާބު ލިބޭނެތަ؟

ޖަވާބު:

الحمد لله رب العالمين، والصلاة والسلام على نبينا محمد وآله وصحبه أجمعين..أما بعد
އާދެ! ޝައްކެއް ނެތް ގޮތުގަ އިންސާނުންނަށް ﷲ ސުބްހާނަހޫ ވަތަޢާލާ ޙަރާމް ކުރައްވާފައިވޭ އަނެއް އިންސާނާގެ ލެޔަށް މުދަލަށް، އަބުރަށް އަރައިގަތުން، އެހެންވީމަ މިގޮތުން އަނެއް އިންސާނާގެ ލޭ އޮހޮރުވާލާފިކަމުގަ ވާނަމަ، އަނެކާ މަރާލާފިކަމުގަ ވާނަމަ ޝައްކެއް ނެތް ގޮތުގަ އޭނާ އެ އެރިގަތީ ބޮޑުވެގެންވާ ފާފަ އަކަށް. ﷲ ސުބްހާނަހޫ ވަތަޢާލާ ކިރިތި ޤުރުއާންގައި ވަޙީ ކުރައްވާފައިވާ އާޔަތުގެ މާނައަކީ “އަދި ގަސްތުގައި މުއުމިނު އަޅަކު މަރާފިކަމުގަ ވާނަމަ، ފަހެ އެމީހެއްގެ ޖަޒާ އަކީ ޖަހަންނަމަ އޭ”  “އޭނާ އަބަދަށްޓަކައި އެތަނުގައި ދެމި ހުންނާނެތެވެ.” “އަދި ﷲ ސުބްހާނަހޫ ވަތަޢާލާ އޭނާގެ މައްޗަށް ކޯފާ އިސްކުރަށްވަވާހުއްޓެވެ.””އަދި އޭނަ އަށް ލަޢުނަތް ލައްވަވާ ހުއްޓެވެ.(އެބަހީ ރަޙްމަތުން ދުރުކުރައްވަވާ ހުއްޓެވެ.)””އަދި އޭނާ އަށް ބޮޑުވެގެންވާ ޢަޒާބު ތައްޔާރު ކުރެއްވެވިއެވެ.”

އެހެންވީމާ ގަސްތުގައި މުއުމިނު އަޅަކު މަރައިފި މީހެއްގެ ޙުކުމަކީ އަބަދަށްޓަކާ ދެމި ހުންނަނިވި ގޮތުގައި ޖަނަންނަމަ. އެހެންވީމާ އެފަދަ އިންސާނަކު އެފަދަ ކަމެއް ކުރެވިއްޖެ ކަމުގައި ވާނަމަ އޭނާގެ މައްޗަށް އޮތީ ތައުބާވެ ގަތުމަށް އަވަސްވެ ގަތުން. އާދެ! ތައުބާވުން އަވަސްވެގަތުން، ވީހާވެސް އަވަހަކަށް އޭނާ ތައުބާވުން. އާދެ! މިގޮތުން އޭނާ އިޚްލާސްތެރި ތެދުވެރި ތައުބާއަކުން ތައުބާވީ، އެހެންވެއްޖެ ކަމުގަ ވާނަމަ އިންޝާﷲ އޭނާ އަކީ ޖަހަންނަމައިގެ އަހުލުވެރިޔަކަށް އޭގެ ފަހަކުން ނުވާނެ، އެހެންނަމަވެސް ޤިޔާމަތް ދުވަހުގަ އެއްކަލަ އިންސާނާޔަށް ހައްޤުތަކެއް އިބަހުރި، އެހެންވިމާ އެއިންސާނާއަށް އެކަމުގެ ބަދަލް ﷲ ސުބްހާނަހޫ ވަތަޢާލާ ޤިޔާމަތް ދުވަހުން ހެޔޮ ޘަވާބުން އެމީހަކަށް ދެއްވަވާނެ، ދެން އެހެންނަމަވެސް އެމީހަކު ޖަހަންނަމައިގެ އުޤޫބާތުން އިންޝާﷲ ސަލާމަތްވީ، އެހެންނަމަވެސް، މިސާލަކަށް މީހަކު ހަމަ އެގޮތަށް ޤަސްތުގައި މީހަކު މަރާފައިވަނިކޮށް ތައުބާ ނުވެ ހުއްޓާ މަރުވީ، އެހެންވެއްޖެ ކަމުގައި ވާނަމަ އޭނަ އެދިޔައީ ﷲ ތަޢާލާ ގެ މަޝީޢަތުގެ ތެރެޔަށް، އޭނަ އެދިޔައީ ﷲ ތަޢާލާ ގެ އިރާދަފުޅުގެ ދަށަށް، އާދެ! ﷲ އަންގަވާފައިވަނީ ﷲ އަށް ޝަރީކު ކުރުމުގެ ފާފަ ނުފުއްސަވާނެކަމަށް، މީހަކު ޝަރީކު ކުރާ ހާލުގަ ތައުބާ ނުވެ ހުއްޓާ މަރުވެއްޖެ ކަމުގަ ވާނަމަ، އެފާފަ ނުފުއްސަވާނެކަމަށް، އެހެންނަމަވެސް އެނޫން އެހެން ފާފައެއް ކޮށްފި މީހަކަށް އެއިލާހު އިރާދަ ކުރަށްވާފިނަމަ އެފާފަ އެއް ފުއްސަވާ ދެއްވަފާނެ! އެހެންވީމާ ﷲ އަށް ޝަރީކު ކުރުމެއްނޫން ގަސްތުގައި މީހެއް މެރުމަކީ، އެހެންވިމާ ﷲއަށް ޝަރީކު ކުރުން ނޫން އެހެންކަމަކަށް ޤަސްތުގައި މީހުން މެރުން ހިމެނިގެންވާތީވެ، ތައުބާ ނުވެ ހުއްޓާ މިފަދަ މީހެއް މަރުވެއްޖެ ކަމުގަ ވާނަމަ، ﷲ ސުބްހާނަހޫ ވަތަޢާލާ އިރާދަ ކުރައްވަވާފިކަމުގަ ވާނަމަ މިމީހާ ނަރަކައިން ސަލާމަތް ކުރައްވަވާ ސުވަރުގެ ވައްދަވަފާނެ! އެހެންނޫނިއްޔާ އެމީހަކު ޝައްކެއް ނެތްގޮތުގަ ސަލާމަތެއް ނުކުރައްވަވާނެ!…والله أعلم

ހެޔޮބަސް ޓީމް
އަޅުގަނޑުމެންގެ މަޤްޞަދަކީ ދިވެހިންނަށް ހެޔޮބަސް ފޯރުކޮށްދިނުމެވެ.

    You may also like

    އަޤީދާ

    މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟

    މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟ މީސްތަކުންގެ ތެރެއިން ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ޤާދިޔާނިންނަކީ މުސްލިމުންގެ ފިރުޤާތަކުގެ ...
    ދީން

    رمضان مبارك

     އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ ކެއްތެރިކަން ލިއްބައިދޭ މަހެކެވެ. އެހެނީ އެމަހަކީ އަޅުކަމުން ފުރިގެންވާ މަހެކެވެ. އެމަހުގައި މުސްލިމުން އަވަދިނެތި ...

    Leave a reply

    Your email address will not be published. Required fields are marked *

    More in:ދީން

    ދީން

    ﷲ ތަޢާލާ ޙަލްޤު ތަކުންނަށް ސިއްރު ކުރައްވަވާފައިވާ ދުވަހެއް…

    އާޚިރަތް ދުވަހަކީ ﷲސުބުޙާނަހޫ ވަތަޢާލާ ޚަލްޤުތަކުންނަށް ސިއްރުކުރައްވަފައިވާ ދުވަހެކެވެ. އެކަލަނގެ ވަޙީކުރައްވާފައިވެއެވެ. {إِنَّ ٱلسَّاعَةَ آتِيَةٌ أَكَادُ أُخْفِيهَا لِتُجْزَىٰ ...
    އަޤީދާ

    އިސްލާމީ ޝަރީޢަތުގެ ޙައްދުތަކަށް އިންކާރުކުރާމީހުންނާއި އެބައިމީހުނަށްދޭނެ ރައްދު(1 ވަނަ ބައި)

    އިސްލާމީ ޝަރީޢަތަކީ، މާތްﷲ އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރިކުރައްވައި، އިންސާނުންގެ ދުނިޔެއާއި އާޚިރަތުގެ އުފަލާއި ...