ތާރީޙް

އައްޝައިޚް އަބޫބަކުރު އިބްރާހިމް (ބަކުރުބެ) ނިޔާވެއްޖެ (إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ)

ޝައިޚް އަބޫބަކުރު އިބްރާހިމް އަލީ އަކީ ދިވެހި ބަހުން އެންމެ ފުރިހަމަޔަށް ތައުހީދު ފޮތް ލިޔުއްވި އިލްމްވެރިޔާއެވެ. ޝައިޚް ދީނީ ދަރުސް ދެއްވުމުގެ އިތުރަށް ވަރަށް ގިނަ ފޮތްތައް ލިޔުއްވާ އިސްލާމްދީންއުގަންނަވައިދެއްވުމަށް މަސައްކަތްކުރެއްވިއެވެ. އުމުރުން ދުވަސްވެ ގައިބާރު ދެރަވި ދުވަހުވެސް ޝައިޚް އިސްލާމްދީނަށްޓަކައި ކުރަށްވާ މަސައްކަތްފުޅަށް ހުއްޓުމެއް ނާދެއެވެ.

ޝައިޙް އަކީ މަދީނާ ގެ އިސްލާމިކް ޔުނިވަރސިޓީއިން އިސްލާމްދީނުގެ ތައުލީމް އުގެނިވަޑައިގެންނެވި އިލްމްވެރިއެކެވެ.  ޝައިހް އިބްން ބާޒް ސައުދީ އަރަބިއްޔާގެ މުފްތީގެ ގޮތުގައި ހުންނެވި ދުވަސްވަރު ޝައިހް ހުންނެވީ މަދީނާގައެވެ. މީގެ އަހަރުތަކެއްކުރިން ޝައިހް އަޅުގަނޑު ގާތު ވިދާޅުވިގޮތުން ޝައިހްއާއި ކިޔަވާ ވަޑައިގެންނެވި އިރު ކްލާހުން ބައްދަލުވިއެވެ.  ޝައިހް އިންނެވި ކްލާހަށް އިބްނު ބާޒް ޒިޔާާރަތް ކުރެއްވިއެވެ.

ދިވެހި ބަހުން ހުސައިން މަނިކްފާނަށް ( މަލިކުގައި ދިރުއުޅުއްވި) ފަހު ގުރުއާން ތަފްސީރް ލިޔުއްވި ހަމަ އެކަނި ބޭފުޅަކީވެސް އަޅުގަނޑުގެ މައުލޫމާތު ކުށްކަމުގައި ނުވާނަމަ ޝައިޙް އަބޫ ބަކުރުބެއެވެ. ނޮވެލްޓީ ހުސައިން އަލީ ލިޔުއްވާފައިވާގޮތުން ޝައިޙް އިލްމީ މަސައްކަތްފުޅުކުރަށްފާއިވަނީ މޮނީޓަރު ފޮތުގައި އަތުން ލިޔެގެންނެވެ. 

މީ ގެ ދުވަސްތަކެއް ކުރިން ޝައިހްގެ ލިޔުއްވުންތަކާއި ފޮތްތައް ހެޔޮބަސް އަށް ހޯދުމަށްޓަކައި ޝައިހް ވާހަކަދެއްކުމުން ޝައިޚް ވަނީ ލިޔުންތަކާއި ފޮތްތައް ބޭނުންކުރުމުގެ ހުއްދަ ދެއްވާފައެވެ. އަދި  ޝައިހް އަތުގައި ހުރި ތަކެތީގެ ކޮޕީ ބަލާ ޅ.ހިންނަވަރަށް އައުމަށް އެދުނެވެ. އެހެންނަމަވެސް އެތަކެތި ނުލިބެނިސް ޝައިޚް ދުނިޔެ ދޫކޮށްފައިވުމާއި އެކު އެތަކެތި ހުރި ފަރާތްތަކުން ކޮޕީ ދިނުމަކީ އަޅުގަނޑުމެންގެ އެދުމެކެވެ. އެހެނީ އިސްލާމްދީނުގެ އެ މައުލޫމާތުތަށް ފެތުރުމަށް ޝައިޚްގެ ހިތުގައި އޮންނަ ޝައުޤުވެރިކަމާއި އެކު އެތަކެތި އާންމުކުރުމުގެ ހުއްދަވަނީ ޝައިޚް ދެއްވާފައެވެ. ހަމަ އެހެންމެ އެތަކެތި އާންމުކުރުމަކީ ހަމަ ޔަގީނުންވެސް އިންޝާﷲ ޝައިހްއަށް ދަރުމަ ލިބިލިބި ހުންނާނެ ފަދަ ހެޔޮއަމަލެކެވެ. ދުނިޔެއިން ވަކިވުމަށްފަހު އެމީހެއް ދޫކޮށްފައިވާ ރަނގަޅު އިލްމު ހުރި ނަމަ އެ އިލްމުގެ ދަރުމަ ލިބޭނެއެވެ.

ޝައިޚް ބަކުރުބެއަށް ސުވަރުގޭގެ މާތް ނިޢުމަތް ދެއްވުން އެދި ﷲގެ ހަޟްރަތުގައި ދުޢާކުރަމެވެ.

ޝައިޚް ބަކުރުބެ ފަސްދާނު ލުމަށްފަހުގައި އެމައިދާނުގައި ޝައިޚް ފަރީދުގެ ދަރުސްއެއްވަނީ ދެއްވާފައެވެ. ދަރުސްގައި ޝައިޚް ފަރީދު ވިދާޅުވީ ޝައިޚް އަބޫބަކުރު އިބްރާހިމް رحمه الله ދުނިޔޭގައި ހުންނަވަނިކޮށް މަރަށް ތައްޔާރުވެއްޖައީމުތޯ ސުވާލުކުރުމުން ވިދާޅުވީ މިވަގުތުވެސް މިހުންނެވީ މަރަށް ތައްޔާރުވެގެން ކަމުގަ އެވެ. އަދި އެވަގުތުގައިވެސް އެނގިވަޑައިގެންނެވީ ޝައިޚް ހުންނެވީ މަރަށް ތައްޔާރުވެ މަރުގެ ބިރުވެތިކަންމަތީގައި ކަމުގައި ޝައިޚް ފަރީދު ވިދާޅުވި އެވެ. ޝައިޚް ބަކުރުބެއަށް ރަޙްމަތް ލެއްވުން އެދި އެމައިދާނުގައި ވަނީ ދުޢާކޮށްފައެވެ. 

 

ހުސައިން ނިޔާޒު / ޅޮހި
އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

  You may also like

  ތާރީޙް

  މިނިވަން 50 ގެ ބާނީ އާ މެދު އޭގެ ފަހުން އުފެދުން ސަރުކާރުން އަމަލުކުރި އިހާނެތިގޮތް

  މާޒީވި ތާރީޙުގެ ފަތްފުތްތަކުންނާއި ލޮލުންދެކެފައިވާ މީހުންގެ ފަރާތުން އެނގިހާމަވާން އޮތް ބޮޑު ޙަޤީގަތަކީ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަރައީސް އަދި މިނިވަންކަމުގެ ...

  Leave a reply

  Your email address will not be published. Required fields are marked *

  More in:ތާރީޙް