އަތްދަނޑި މަތީ އުފުލާލަ ދޭށެވެ.

އަހަރެން ގެއަށް ދިޔަ އިރު އަހަރެންގެ އަންހެނުން ސީން ހުރީ ކާން ހަދާށެވެ. އަހަރެން ކާން އިށީނީމެވެ. އަހަރެން ހުރީ ސީންގާތު ވަރަށް މުހިންމު ވާހަކައެއް ބުނަން ބޭނުންވެފައެވެ. އަހަރެންގެ ސީން އަތުގައި ހިފީމެވެ. ސީންގެ ލޮލުން އޭނަގެ ހިތުގައި އަޅަމުންދާ ވޭން ފެންނަން ހުއްޓެވެ. މީގެ ދުވަސްކޮޅެއް ކުރިން ސީން ގެ މޫނުމަތިން އުފާވެރިކަން ވަނީގެއްލިފައެވެ.

އަހަރެންނަށް ކުއްލިއަކަށް އެވާހަކަ ބުނާނެގޮތެއް ނުވިސްނުނެވެ. އެކަމަކު އަހަރެންގެ ހިތައް އުނދަގޫ ކުރަމުންދިޔަ ކަންތައް ސީން ކައިރި ބުނަން އަހަންނަށް މަޖުބޫރުވިއެވެ. އަހަރެން މަޑުމަޑުން އެމަޢްޞޫގެ ތެރެއަށް ވަނީމެވެ. އަހަރެން ސީން ވަރިކުރަން ބޭނުންވާ ވާހަކަ ބުނީމެވެ. ސީންއަށް އެބަސްތަކުން މާބޮޑު އުނދަގޫ ތަކެއްވާހެންނެއް ހިޔެއްނުވެއެވެ. އެކަމާ ރުޅިއައިސް އޭނަ ހަޅޭލަވައެއް ނުގަނެ އެވެ. ”ކީއްވެ؟“ ސީން ވަރަށްމަޑުމައިތިރިކޮން ބުންޏެވެ. އަހަރެން އެސުވާލަކަށް ޖަވާބެއް ނުދެމެވެ. އެހިސާބުން ސީން ވަރަށް ރުޅިއައެވެ. ”ތީ ފިރިހެނެއް ނޫން!“ ސީން އަހަރެންނާ ދިމައަށް ވަރަށް ބާރަށް ބުންޏެވެ.

އެރޭ އަހަރެމެން އެކަކު އަނެކަކާ ވާހަކައެއް ނުދައްކަމެވެ. ސީން ގިސްލަމުން އެރޭ ރުޔެވެ. އަހަރެންވެސް ވަރަށްދެރަވިއެވެ. އަހަރެންމެން ގުޅުމަށް ވީކިހިނެއް ހޭ އޭނަ ސުވާލުކުރެއެވެ. ވަރިކުރަން ބޭނުންވީ ކީއްވެގެންތޯ ސުވާލުކުރިއެވެ. އެކަމަކު އަހަރެންނަށް ސީން އަށް ދޭނެ އެކަށޭނަ ޖަވާބެއް ނުލިބުނެވެ. އަހަރެންގެ ހިތް އެހެންމީހަކަށް ދެވުނީއެވެ. އެހެން މީހެއްދެކެ ލޯބިވެވުނީއެވެ. އަހަރެންނަށް ސީން ދެރަކޮށްލެވުނީއެވެ.

އަހަރެންނަށް އަހަރެންގެ ނަފްސް ކުއްވެރިކުރަން ފެށުނެވެ. އެކަމަކު އަހަރެންގެ ނިންމުން އަނބުރާ ގެންނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެން އެންމެފަހުން އަހަރެމެންގެ ވަރީގެ އެގްރިމެންޓް ލިޔުނީމެވެ. އަހަރެންގެ ގެއާއި، ވިޔަފާރީގެ 30% އާއި، އަހަރެންގެ ކާރުވެސް އޭނައަށްދޭން ނިންމީމެވެ. ދިހަ އަހަރުދުވަސްވަންދެން އެއްމެ ގާތްކޮތް އުޅުނު މީހާ ބީރައްޓިއްސަކަން ވާންއުޅެނީއެވެ. އަހަރެންނަށްޓަކައި ސީން ވީ ޤްރުބާނީއާއި، އޮހުރުވި ދަލާއި، ހޭދަކުރި ވަގުތާއި، ދިން ލޯތްބަށް އަހަރެންނަށް އެއްވެސް އިޙްތިރާމެއް ނުކުރެވުނެވެ. އަހަރެންވަނީ އެހެން އަންހެނެއްގެ ލޯބީގައިޖެހި ދީވާނާވެފައެވެ.

އެންމެފަހުން ސީން އަހަރެން ގާތު ބާރަށް ރޯންފެށިއެވެ. އެއީ އަހަރެންނަށް ކުރިންހީވިވެސް ގޮތެވެ. އޭނަގެ ރުއިމުގެ ސަބަބުން އަސްލު އަހަންނަށް ލިބުނީ ލުޔެކެވެ. އަހަރެން އިތުރު ވިސްނުމަކަށް ނުގޮސް ސީން ވަރިކުރަން އެއްކޮން ނިންމީމެވެ.

އަނެއް ދުވަހު އަހަންނަށް ގެއަށް އާދެވުނީ ވަރަށް ލަހުންނެވެ. އަހަރެން ގެއަށް ވަންއިރު ސީން އިނީ އެއްޗެއް ލިޔާށެވެ. އަހަރެން އަޅައެއް ނުލަމެވެ. ވަރަށް ވަރުބަލިވެފައި ހުރުމުގެ ސަބަބުން އަހަރެން ނިދީއެވެ. އަހަރެން ނިދާހޭލިއިރުވެސް ސީން އިނީ ލިޔާށެވެ. އަހަރެން އަޅައެއް ނުލަމެވެ. އަނެއްކާވެސް އަހަރެން ނިދީއެވެ.

އެދުވަހު ހެނދުނު ސީން އޭނަގެ ވަރި އެގްރިމެންޓް އަހަރެންނަށް ދެއްކިއެވެ. އޭނަ އެއްވެސް އެއްޗެއް ބޭނުމެއްނުވެއެވެ. އޭނަބޭނުންވަނީ ވަރިކުރުމުގެ އެއްމަސް ކުރިން އޭނައަށް އެންގުމަށެވެ. މި އެއެމަސްދުވަހުގެ ތެރޭގައި ކުރީގައިވެސް އުޅުނުގޮތަށް ގާތްކޮށް އުޅުމަށް އޭނަ އެދުނެވެ. އޭނަގެ އުޒުރު ވަރަށް ސާދާއެވެ. އަހަރެމެންގެ ދަރިފުޅުގެ އިމްތިހާން ފެށެން ވަނީ އެއްމަހަށް ވެފައެވެ. އެހެން ކަމުން އަހަރެމެންގެ ވަރީގެ ސަބަބުން އެ ދަރިފުޅަށް ހިތްދަތިކަމެއް ލިބިދާނެ ކަމުގައި ސީން ބުންޏެވެ. އަހަރެން އޭނައަކާ ދެކޮޅެއް ނުހަދަމެވެ.

އޭނަގެ ހުށައެޅުން އަހަރެން ޤަބޫލުކުރީމެވެ. ސީން އަދި އިތުރު އެއްކަމަކަށް އެދުނެވެ. އެއީ އަހަރެމެންގެ ކައިވެނީގެ ފުރަތަމަރޭ ހަނދާންކުރުމަށެވެ. އަހަރެން އެރޭ ސީން އަހަރެންގެ އަތްދަނޑިމަތީބާއްވައިގެން އަހަރެމެން ނިދާއެނދާ ހިސާބެއް ގެންދިޔައީމެވެ. ލޯބިވާލެއް ބޮޑުކަމުންނެވެ. ކެއާކުރާކަން އެންގުމަށެވެ. ސީން މިއަދު ބޭނުންވަނީ އެދުވަސް އަލުން އިޢާދަ ކުރާށެވެ. ސީން އަހަރެން ގާތު އޭނަ ވަރިކުރަންދެން ކޮންމެ ދުވަހަކު ހެނދުނު އޭނަ ނިދާއެނދުން ފެށިގެން ކޮޓަރި ދޮރާހިސާބަށް އަހަރެންގެ އަތްދަޑިމަތީގައި ގެންގޮސް ދިނުމަށް އެދުނެވެ. މީ އޭނަގެ އެއްމެ ފަހުގެ އެދުމެވެ. އަހަރެންނަށް މިކަމާވެސް އިދިކޮޅެއް ނުހެދުނެވެ. އެކަމަކު މިހެންބުނުމުން އަހަރެންނަށް ހީވީ ސީން މޮޔަވީކަމަށެވެ. ހަޤީޤަތުގަވެސް 10 އަހަރު އެއްމެއެކީ އުޅުނި ފިރިމީހާ ދުވަސްކޮޅަކުން ވަކިވެގެން ތާއަބަދަށް ދާން އުޅޭކަން އެނގުމަކީ މީހަކު މޮޔަވެސް ވާވަރުގެ ކަމެކެވެ. ލޯބިވާނަމައެވެ.

ސީންގެ މިހުށައެޅުން އަހަރެން އިންނަށް އުޅޭ އަންހެނާއަށް ކިޔާ ދިނުމުން އެކަމާ އޭނާ ވަރަށް ބާރަށް ހީހެދިއެވެ. އަދި އޭނަ ދެކެނީ އެއީ އަހަރެން ސީން ވަރިކޮށްފާނެތީ ޖަހާ މަޅިއެއް ކަމަށެވެ. ސީން ކިތަންމެ ބޭނުން ނުވިއަސް ޖެހޭނީ ހަމަ ވަރިވާން ކަމަށްވެސް އޭނަ ބުންޏެވެ. އޭނައާ މެދު އަހަރެން ދީވާނާ ވެފައިވާވަރު އޭނައަށް އެނގެއެވެ.

އަހަރެން ސީން ވަރިކުރަން ނިންމި ފަހުން ސީންއަކާ އެއްވެސް ކަހަލަ ކައިވެނީގެ ގުޅުމެއް ނުބާއްވަމެވެ. ނަމަވެސް އޭނަގެ ހުށައެޅުމާ އެއްގޮތަށް ކޮންމެދުވަހަކުވެސް އޭނަ ކޮޓަރިން ނިކުންނަނީ އަހަރެންގެ އަތްދަނޑިމަތީގައެވެ. އެކަމަކު އެއީވެސް ވަރަށް ފިނި ބައްދަލުވުމެކެވެ. އެއްވެސް ކަހަލައިގެ ލޯތްބެއް އަޅާލުމެއް އިހްސާސް ނުވާފަދަ ބައްދަލުވުމެކެވެ. އެކަމަކު މިކަމުގެ ސަބަބުން އަހަރެންގެ ދަރިފުޅަށް ވަރަށް ބޮޑު އުފަލެއް ލިބޭކަން އަހަންނަށް އެނގެއެވެ. އޭނަ ވަރަށް ހެވިފަ މިމަންޒަރު ބަލަން ހުރެއެވެ. މިކަމުގެ ސަބަބުން އަހަރެންގެ ނަފްސު އިތުރަށް އަހަރެންނަށް މަލާމަތް ކުރެއެވެ. އަހަރެންގެ އަތްދަނޑި މަތީގައި ކޮންމެ ދުވަހަކުވެސް އެތައް މީޓަރަކަށް އަހަރެން ސީން އުފުލަމެވެ. ކޮންމެ ދުވަހަކުވެސް ސީންގެ ލޯމަރާލުމަށް ފަހު ވަރަށް މަޑުމަޑުން އަހަރެން ކައިރީ އަހަރެމެން ވަރިވާން އުޅޭވާހަކަ އަހަރެމެންގެ ދަރިފުޅަށް ނޭންގުމަށް އެދެއެވެ. އަހަރެން އާންއެކޭ ބުނަމެވެ. ކޮންމެވެސް ވަރަކަށް ދެރަވެސް ވެއެވެ. ސީން އޮފީހަށް ދަނީ އެކަންޏެވެ. އަހަރެންވެސް ދަނީ އެކަންޏެވެ. މީކުރިން އަހަރެމެން އުޅުނޮ ގޮތެއް ނޫނެވެ. އެކަމަކު މިހާރު މިހެން އުޅޭހިތްވަނީއެވެ. އެހެން މީހަކާ ހިތާވެވުނީމައެވެ.

ދުވަސްކޮޅެއް ފަހުން އަހަރެންނަށް މިކަމަށް ފަރިތަވެވުނެވެ. އަދި އަހަރެންނަށް ސީން ގާތް ވެވެން ފެށުނެވެ. އަހަރެންގެ އަތް ސީންއަށްޓަކާ މަޑުމަތިރިކަމާ އަޅާލުން އިސްކުރަން ފެށިއެވެ. ސީންވެސް މިހާރު އޮންނަނީ އަހަރެންގެ ކޮންޑުގައި ބޯއަޅާ ލައިގެންނެވެ. އެއްމެ ކުރިން އަހަރެން އޭނަ އުފުލީ ކޮޓަރިން ފޮށިގަނޑެއް ފަދައެއްޗެއް ނެރޭ ކަހަލަ ގޮތަކަށެވެ. އެއްވެސް ދިރުމެއް ނެތް ކަހަލަ ގޮތަކަށެވެ. އަހަރެންނަށް ސީންގެ މޫނާ ހަށިގަނޑަށް ވަރަށް ކައިރިން ވަރަށް ފުންކޮށް ބަލާނުލެވޭތާ އތަށް ދުވަހެއް ވެއްޖެހެން އަހަންނަށް ހީވިއެވެ. އެދުވަސްކޮޅު އަހަރެންނަށް ވަރަށް ރީއްޗަށް އޭނަ ފެނުނެވެ. ދުވަސްވަމުން ދާކަމުގެ ނިޝާންތައް އޭނަގެ މޫނުން ފެންނަން ހުއްޓެވެ. ބޮލުގައި ކޮންމެވެސް ވަރަކަށް ހުދު އިސްތަށިވެސް ހުއްޓެވެ. އަހަރެންނަށް ޒުވާން ރީތި އަންހެނަކާ އެކީ އުމުރުގެ ބޮޑުބައެއް ހޭދަކުރެވިއްޖެކަން އިހްސާސް ކުރެވުނެވެ. އެވަގުތު އަހަރެންގެ ހިތަށް ލައްކަ އަސަރު ކުރިއެވެ. އަހަރެން ސީންއަށް މިކުރަން އުޅެނީ ކީއްބާވައެވެ. އަހަރެންނަށް ސީން އެހާބޮޑަށް އެކަނިކޮއްލަން މިކެރެނީ ކިއްވެބާވައެވެ. އެއީ ކޮންފަދަ އިންސާނެއް ހެއްޔެއްވެ. ކިހާ ކެއްތެރިހެއް ހެވެ. ކިހާ ހުލްޤް ރީތިހެއްޔެވެ. އަހަރެންނަށް މިވަނީ ކީއްބާވައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އަހަރެންނަށް ސީންއާ ދެތެރޭ ދެކޭގޮތް ދިޔައީ ބަދަލަވަމުންނެވެ. އަހަރެންގެ ނަފްސް އަހަންނަށް ކުރަމުން ދިޔަ މަލާމާތްވެސް ދިޔައީ އިތުރުވަމުން ނެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އަހަންނަށް ސީން އުފުލުން ދިޔައީ ފަސޭހަވަމުންނެވެ. ގަވާއިދުން މިކަން ކުރަން ފެށުމުން އެއީ ކަސްރަތަކަށްވެސް ބަދަލުވެގެން ދިޔައެވެ.

އެއްދުވަހުގެ ހަވީރު އޭނަލާނެ ރީތި ހެނދުމެއް ހޯދުމަށް ކަބަޑު ހުޅުވައިގެން ހޯދަންފެށިއެވެ. އެކަމަކު މިހާރު އެހުރިހާ ހެދުމެއްވެސް ވަނީ އޭނައަށް ދޫވެފައެވެ. ސީން މިހާރުވަނީ ވަރަށް ބޮޑަށް ހިކިފައެވެ. އަހަރެންނަށް އޭނަ އުފުލާ ގެންގުޅެން އެހާ ފަސޭހަވަނީ އެހެންވެގެން ކަން އެނގުނީ ދެނެވެ. ސީން އެތައް ހިތާމައަކާއިވޭނެއް އުފުލަމުން ތަހައްމަލުކުރަމުން ދާކަން އަހަންނަށް އެނގުނެވެ. އަހަރެންކައިރީ ނުބުންޏަސް ސީންގެ ހިތްވާނީ ކުދިކުދި ވެފައިކަން އަހަން އެނގެއެވެ. އެތައްދުވަހެއް ވަންދެން އަހަރެންގެ އަތްދަނޑިމަތީ އެތައް މީޓަރަކަށް އަހަރެންގެ ކޮނޑުގައި ބޯއަޅާލައިގެންއޮވެ އަހަރެންގެ ލޮލަށް އޭނަބަލަމުންދާ އިރު އެނޭހިތް ގިސްލަ ގިސްލާފައި ރޯނެކަން އަހަންއެނެގެއެވެ. އެއަޑު އަހަންނަށް ނީވެނީއެވެ. އަހަރެންގެ ހިތް މިހާރު ހިތުގެ އަޑުތަށް އިވޭވަރަށް ވުރެން ސީންއާ ދުރެވެ. އެކަމަކު މިހުރިހާ ކަމަކުން އަހަރެންނަށް ލައްކަ އުނދަގޫވަމުން ދެއެވެ.

ބައެއްފަހަރު އަހަރެންނަށް ސީންގެ ބޮލުގައި ފިރުމާވެސްލެވެއެވެ. ފަހުން ފަހުން އައިސް އަހަރެންގެ ދަރިފުޅު އަހަރެން ނިދިން ހޭލައްވާލުމަށްފަހު ސީންގެ ގޮވައިގެން ނިކުތުމަށް އެދެންފެށިއެވެ. އަހަރެންގެ ދަރިފުޅަށް އަހަރެން ސީން އުރާލައިގެން ކޮޓަރިން ނެރުމަކީ އެއީ އަހަރެން ކޮންމެހެން ކުރަންޖެހޭ އަހަރެންގެ ޙަޔާތުގެ ރުކުނެއް ކަމަށް ދެކެންފެށިކަހަލައެވެ. އެއިން ކޮންމެ ފަހަރަކު ސީން އެދަރިފުޅުގެ ގައިގާ ވަރަށްބާރަށް ވަރަށްލޯބިން ބައްދާލައެވެ. އަހަރެންނަށް މިކަންކަމުން ވަރަށް އަސަރުކުރިއެވެ. އަހަރެން ބައެއް ދުވަސްދުވަހު ސިޓިންގ ރޫމާ ހިސާބަށް ސީން އުރާލައިގެން ދަމެވެ. ސީން އަހަރެންގެ ހަށިގަނޑުގައި މަޑުމަޑުން ބައްދާލައިގެން އޮވެއެވެ.

.

ސީންގެ ހަށިގަނޑު ދިޔައީ އިތުރަށް ހިކިވަމުން ލުއިވަމުންނެވެ. އެކަމާ އަހަރެން ވަރަށް ހިތުގަ ޖެހުނެވެ. އެއްދުވަހު އަހަރެންނަށް ސީންގެ ގައިގާ ބާރަށް ބަށްދާލެވުނެވެ. އަހަރެންނަށް އިތުރަކަށް ކުރިއަކަށް ނުދެވެނެވެ. އަހަރެން ސީން ތިރިކުރުމަށްފަހު ކޮޓަރިއަށްވަނީމެވެ. އެއްވެސް އެއްޗެކޭ ސީންއަކާ ނުބުނަމެވެ. އަހަރެންގެ އަރު ބެދިފަވާކަހަލައެވެ. އަހަރެން ވަރަށް އަވަސްއަވަސް ކޮށްލައިގެން ކާރަށް އެރީމެވެ. ވަރަށް ހަލުވިދުވެއްޔާގާ އޮފީހަށް ދިޔައީމެވެ. ކާރުތަޅުލުމެއްވެސް ނެތި އަހަރެން އޮފީހަށްވަނީމެވެ. އަހަރެން އިންނަށް އުޅޭއަންހެނާއާ ބައްދަލުކުރީމެވެ. އަހަރެން ވަރިކުރުމުގެ ހިޔާލުދޫކޮށްލިވާހަކަ ބުނީމެވެ. އެކަމާ ސޮރީއޭ އަހަރެންނަށް ބުނެވުނެވެ. މިހުރިހާ ކަމެއް އަހަރެންނަށް އެއްމެ ނޭވާއެއްލާހާ އިރުކޮޅެއްތެރޭ ކުރެވުނު ކަހަލައެވެ.

އޭނަ ހައިރާންވެފަ އަހަރެންނާ ދިމައަށް ބަލަހަށްޓައިގެން ހުއްޓެވެ. އޭނަ އަހަރެންގެ ނިއްކުރީގައި އަތްޖައްސާލިއެވެ. އޭނަ ހީކުރި އަހަރެން ހުންއައިސްގެން އުޅެނީ ކަމަށެވެ. އަހަރެންނަށް މޮޔަގޮވެނީ ކަމަށެވެ. އަހަރެން އޭނަގެ އަތްދުރުކުރީމެވެ. އަދި އަހަރެން ސީން ވަރިކުރަން ބޭނުން ނޫންވާހަކަ ބުނީމެވެ. އަހަރެން އަދިވެސް ސީންދެކެ ލޯބިވާވާހަކަ ބުނީމެވެ. ކައިވެނިކޮށްގެން އަހަރެން ސީން އަހަރެންގެ ޙަޔާތަށް ގެނައީ އަހަރެމެން ދެމީހުންކުރެ ކޮންމެވެސް އެކަކު މިދުނިޔެ ދޫކުރަންދެން ލޯތްބާ އަޅާލުމާއެކީ އެއްކޮން އުޅެންކަންކަން އަހަންނަށް ވިސްނުނެވެ.

އޭނައަށް ކުއްލި ސިހުމެއް ލިބުނު ކަހަލއެވެ. މިއަޑުތައް އަހަން އޭނަހުރީ ވަރަށް ނުރުހިފަކަން އަހަންނަށް އެނގުނެވެ. އޭނަ ވަރަށް ބާރަށް އަހަރެންގެ މޫނުމަތީގައި ޖެހިއެވެ. އަދި ވަރަށްބާރަށް ދޮރުޖެހުމަށްފަހު ނިކުމެގެން ދިޔައެވެ. އަހަރެން އެކަށްޗެކޭވެސް ނުބުނަމެވެ. އެއްވެސް ކަމެއްވެސް ނުކުރަމެވެ. އަހަރެން އެފިޔަވަޅުމަތީގައި ހަމަހުރެވުނެވެ. އެކަމަކު ވަރަށް ތަދުވިއެވެ. އަދި އެހާމެ ފުންނޭވާއެއް ލެވުނެވެ. ކޮނޑުގައި ބާއްވާފައި އޮތް ބަރުއެއްޗެއް ނެގުމުން ކުރެވޭފަދަ ލުއި އިހްސާސެއް ކުރެވުނެވެ.

ދިރުއޫޅުމުގެ ފޮނިކަން އިހްސާސް ކުރެވެނީ ހަމައެކަނި ލޯތްބާ އަޅާލުމުގެ ޒަރީއާއިންނެވެ. މުހިންމީއަކީ ބޮޑަތިގެއާ، މޮޅަތި ކާރާއި، ބޭންކް ބެލެންސެއްނޫނެވެ. މިކަންކަމަކީ އުފާވެރިކަމަށް މަގުދައްކައިދޭ ކަންކަމެވެ. އެކަމަކު އޭގެ ޒާތުގާ އެއިން އެއްވެސް ކަމަކީ އުފަލާ އަރާމް ހޯދައިދެވޭނެ އެއްޗިއްސެއް ނޫނެވެ. ޙަޤީޤީ ބަދަހި ދިރިއުޅުމެއް ލިބޭނީ ހަމައެކަނި ލޯތްބާ އަޅާލުމުންވެ. ފިރުމުންތަކުންނެވެ. ހިއްސާ ކުރުމުންނެވެ. ދޫ ދިނުމާއި މަޢާފުކުރުމުންނެވެ. މަޑުމައިތިރިކަމާއި ކިޔަމަންތެރިކަމުންނެވެ. ދީންވެރިކަމާއި ރިވެތި އަޚްލާޤުންނެވެ. އެހެނީ އުފާވެރިކަމާއި ހިންހަމަޖެހުމަކީ އިލާހީ ނިޢްމަތެކެވެ.

މިހާރު އަހަރެންމިއިނީ މުސްކުޅިވެ ގައިބާރުދެރަވެފައެވެ. އެކަމަކު އަހަރެންގެ ސީންއާއެކު އަހަރެންދަރިފުޅާ ޅީދަރިފުޅާ އެކު އަހަރެން އުޅެމުން މިދަނީ ލޯތްބާއި އާޅާލުމާއި، ތަނަވަސްކަމުގައެވެ. ހުރިހާ ޝްކުރެއްވެސް ޙައްޤްވެގެންވަނީ ލޯތްބާއަޅާލުންދެއްވާ ފަރާތަށެވެ. އެކަމުގެ ހެޔޮ ތަޢުފިޤް ދެއްވާ ފަރާތަށެވެ. މާތް ﷲ އަށެވެ.

ނިމުނީ

Leave a Reply

Your email address will not be published. Required fields are marked *