އަޤީދާއާންމު ލިޔުންދީން

އިވޮލިއުޝަން ތިއަރީ ދޮގުކުރަން ބުއްދީގެ ދަލީލުތައް މުސްލިމުންނަށް ބޭނުމެއްނުވެ

 

މިހާރަކަށްއައިސް އިވޮލިއުޝަން ތިއޮރީގެ ދޮގުކަމާއި ދެކޮޅުނުޖެހޭކަން ބަޔާންކުރާއިރު ވަރަށް ގިނަފަހަރަށް އަހަރެމެން މުސްލިމުންތެރޭގައިވެސް ބުއްދީގެ ދަލީލުތަކެއްގެ ވާހަކަދެއްކޭ އަޑުއިވެއެވެ. ތެދެކެވެ. އެތިއަރީތަ

ކަކީ ހަމަ ނުޖެހޭ ދޮގުތިއަރީތަކެއްކަން އިންސާނާއަށް ބުއްދީގެ ދަލީލުތަކެއް ދެއްކިދާނެއެވެ.  އަދި އެ ބުއްދީގެ ދަލީލުތައް އެހެން ދީންތަކުގެ މީހުންނަށް ނުވަތަ ގުރުޢާން ގަބޫލުނުކުރާ މީހުންނަށް ވިސްނައިދޭން ބޭނުންކުރެވިދާނެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. އީމާންވެގެން މިތިބީ ﷲ އާއި ރަސޫލާ އާއި ރަސޫލާ ގެންނެވިހާ ކަންތައްތަކަށެވެ. އެހެންކަމުން އަހަރުމެން މުސްލިމުންނަށް މީގައި ބުއްދިއަށްވުރެ ކުރިން ﷲގެ އާޔަތްތަކާއި ރަސޫލާގެ ބަސްފުޅުތައް ބަލާލީމާއި އެ ތިއަރީތަކުގެ ހަމަނުޖެހޭކަން ސާބިތުވެއެވެ. ސަބަބަކީ ﷲ ގެ ބަސްފުޅަކީ ހައްޤުތެދެވެ. އެބަސްފުޅުގައި އެއްވެސް ދޮގެއް ނުވާނެކަން ޝައްކެއްނެތި ގަބޫލުކުރަންޖެހެއެވެ. ﷲ ގެ ބަސްފުޅުތަކުގައި ވަރަށް ސާފުކޮށް އިންސާނާގެ އުފެދުން ވަނީ ބަޔާންކުރައްވާ އަންގަވާފައެވެ..

ﷲ އިންސާނާގެ އުފެދުމާއި ބެހޭގޮތުން ސޫރަތުލް އަޢުރާފްގެ 11 ވަނަ އާޔަތުގައި ވަހީކުރަށްވާފައިވަނީ ” ހަމަކަށަވަރުން، ތިމަންރަސްކަލާންގެ ތިޔަބައިމީހުން (އެބަހީ: ތިޔަބައިމީހުންގެ އަސްލުކަމުގައިވާ އާދަމްގެ ފާނުނު) ހެއްދެވީމެވެ. ދެން ތިޔަބއިމީހުން ( އެބަހީ: އާދަމް ގެފާނު) ސޫރަކުރެއްވީމެވެ. ދެން މަލާއިކަތުންނަށް ވަހީކުރެއްވީމެވެ. އާދަމް ގެފާނަށް ތިޔަބޭކަލުން ސަޖިދަކުރަށްވާށެވެ! ދެން އިބްލީސް ފިޔަވައި، އެއުރެން ސަޖިދަކުރޫއެވެ. ސަޖިދަ ކުރެއްވި ބޭކަލުންގެ ތެރެއެިން އެކަަލޭގެ ނުވެއެވެ. މި ﷲ ގެ ބަސްފުޅެވެ. މި އާޔަތުގައި މިވަނީ އެންމެ ފުރަތަމަ މި ބިންމައްޗައް ލެއްވި އިންސާނާގެ އުފެދުމުގެ ވާހަކައެވެ. އެހެންކަމުން އަޅުގަނޑުމެން  އިންސާނާގެ އުފެދުމުގެ އަސްލަކީ މަންކީކަމަށް ބުނަމުން އައިނަމަވެސް އެކަމަކީ ވަރަށް ބޮޑުވެގެންވާ ދޮގެއްކަން މިއޮތީ ފެންނާށެވެ. އަދި އިންސާނާގެ އުފެދުމާއި ބެހޭގޮތުން މިފަދަ އެތައް އާޔަތްތަކެއް ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވާއިރު އެ އާޔަތްތަކާއި މެދު ވިސްނާލާ ގަބޫލުކުރާނަމަ ހިތުގައި ޝައްކެއް އުފެދޭނެ ޖާގައެއް ނޯންނާނެއެވެ

އިންސާނާ ހެއްދެވުމާއި ބެހޭގޮތުން ސޫރަތުލް މުއުމިނީން ގެ 14 ވަނަ އާޔަތުގައިވަނީ “ދެން ތިމަންރަސްކަލާންގެ އެ މަނިތިކި، ގަނޑުލޭކޮޅަކަށް ހެއްދެވީމެވެ. ދެން އެ ގަނޑުލޭކޮޅު، މަސްކޮޅަކަށް ހެއްދެވީމެވެ. ދެން އެ މަސްކޮޅު ކަށްޓަށް ހެއްދެވީމެވެ. ދެން އެ ކަށީގައި މަސްލެއްވީމެވެ. ދެން އެހެން އުފެއްދެވުމަކުން އެ އިންސާނާ އުފެއްދެވީމެވެ. ފަހެ، އެންމެ ފުރިހަމައަށް ތަކެތި ހައްދަވާ ﷲ، މަތިވެރިވެވޮޑިގެންވެއެވެ. މީ ﷲ އިންސާނާގެ އުފެދުމާއި ބެހޭގޮތުން އަންގަވާފައިވާ ބަސްފުުޅުތަކެވެ. ކޮންމެ އާޔަތެއްގައިވެސް މިވަނީ އިންސާނާ އުފެއްދެވިކަމަށެވެ.  އަދި ވަކި ކަހަލަ ޖަނަވާރެއް ވަކި މުއްދަތަކަށް ބަދަލުވަމުން ގިނަ އަހަރުތަކަކުން އައިސް އިންސާނާގެ ސިފައަށް ބަދަލުވީކަމަކަށް ނޫނެވެ. އަދިވެސް ކީރިތިޤުރުއާނުގައި މިކަމާއި ގުޅޭއާޔަތްތައް އެބަހުއްޓެވެ. އޭގެތެރޭގައި ސޫރަތުލް ހައްޖުގެ 5 ވަނަ އާޔަތާއި އަލްއިންސާންގެ 2 ވަނަ އާޔަތާއި ސޫރަތުލް ފުރުޤާންގެ 54 ވަނަ އާޔަތް ހިމެނެއެވެ.

ހުސައިން ނިޔާޒު / ޅޮހި
އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

  You may also like

  އަޤީދާ

  މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟

  މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟ މީސްތަކުންގެ ތެރެއިން ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ޤާދިޔާނިންނަކީ މުސްލިމުންގެ ފިރުޤާތަކުގެ ...

  Leave a reply

  Your email address will not be published. Required fields are marked *

  More in:އަޤީދާ

  އަޤީދާ

  އިސްލާމީ ޝަރީޢަތުގެ ޙައްދުތަކަށް އިންކާރުކުރާމީހުންނާއި އެބައިމީހުނަށްދޭނެ ރައްދު(1 ވަނަ ބައި)

  އިސްލާމީ ޝަރީޢަތަކީ، މާތްﷲ އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރިކުރައްވައި، އިންސާނުންގެ ދުނިޔެއާއި އާޚިރަތުގެ އުފަލާއި ...