އިސްލާމީ ރޭޑިއޯ

  ”އިސްލާމީ ރޭޑިއޯ“ އަކީ ދީނީ މައުލޫމާތު އޮންލައިން މެދުވެރިކޮށް ފޯރުކޮށްދިނުމަށް މިފަދަ ތަފާތު ގޮތަކަށް ރާއްޖޭގައި ތައާރަފް ކުރެވުނު ފުރަތަމަ އޮންލައިން ޝްޓޭޝްނެވެ. އިސްލާމީ ރޭޑިއޯ ގައި މެދުނުކެނޑި 24 ގަޑިއިރު ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް އެންމެ އާދައިގެ ނެޓް ކަނެކްޝްނެއްގެ އެހީގައިވެސް ދީނީ ތަފާތު މައުލޫމާތު ތައް ތިޔަބޭފުޅުންނަށް އަޑުއިވުމުގެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ބޭފުޅުން އެެއްފަހަރާ އެއްވަގުތެއްގައި އަޑުއެއްސެވި ކަމުގައި ވިއަސް އެއްވެސް ކަހަލަ ދަތި އުނދަގޫ ކަމެއް (އިންޝާﷲ) މެދުވެރި ނުވާނެއެވެ.

އިސްލާމީ ރޭޑިއޯ ޕޭޖަށް ޒިޔާރަތް ކުރެއްވުމަށް މިލިންކަށް ކްލިކްކޮށްލައްވާ

http://islaameenoor.com/radio/index.php

 މި ޙިދުމަތަކީ ރާއްޖޭގައި މިފަދަ ދީނީ މައުލޫމާތު ހޯދުމަށް އެކަށޭނެ ރަނގަޅު ސިސްޓަމެއް ޤާއިމް ކުރެވުނު ފުރަތަމަ ފަހަރެވެ. ދީނީ ދަރުސްތަކާއި މަދަހަތައްވެސް އަޑުއެހޭނެގޮތައް ހެދިފައިވާ މި ސައިޓްގައި ދިނީ ސުވާލުގެ ބައި ވަރައް ފުރިހަމަކަން ފާހަގަކުރެވެއެވެ. މިގޮތުން ދީނީ ސުވާލުގެ ޖަވާބާއި އެކު ޖަވާބު ދެއްވާ ޝައިހްގެ އަޑުން ޖަވާބު އިވި ވަޑައިގަންނަވާނެއެވެ.

 އިސްލާމީ ރޭޑިއޯ ޕޭޖްގައި ހިމެނޭ ހުރިހާ ދީނީ މައުލުމާތު ތަކެއްގެ ތެރެއިން ކޮންމެ ހަފްތާއެއްގެ ހުކުރު ހޮނިހިރު ދުވަހު ޙާއްސަ ކުރެވިފައި ވަނީ އަޑުއެހުންތެރިންގެ ރިކުއެސްޓް ގެނައުމަށެވެ. އެގޮތުން ތިޔަބޭފުޅުންނަށް އެންމެ ކަމުދާ މަދަޙައެއް، ދީނީ ސްޕޮޓް ކޮޅެއް، ދިނީ ސުވާލެއް ނުވަތަ ދީނީ ދަރުސް ތަކަށް ވޯޓު ދެއްވަވާށެވެ. ވޯޓް ދެއްވަވާ ލިންކް (ރޭޓިން ލިންކް) ނުފެންނަ ކަމުގައި ވާނަމަ ޕޭޖް ރީލޯޑް ކޮށްލެއްވުމުން މައްސަލަ ހައްލުވެގެން ދާނެެވެ. އަޑުއެހުންތެރިން ވޯޓް ދެއްވާ 50 ކޮންޓެންޓް ކޮންމެ ހުކުރު ހޮނި ހިރު ދުވަހެއްގައި ހަމަ އެކަނި އަޑުއަހާލެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

 ޙައްޤު ގޮތް ބަޔާން ކޮށްދިނުމަށް ކުރެވޭ މަސައްކަތަށް ބޮޑަތި ދަތި ތަކާއި ގޮންޖެހުންތައް ހުރިކަމުގައި ވިޔަސް ތިޔަ ލޮބުވެތި ކިޔުންތެރިންނާއި، އަޑުއެހުންތެރިން އިސްލާމީރޭޑިއޯގެ ބޭނުންކޮށް ތިޔަ ބޭފުޅުންގެ ދީނީ މައުލޫމާތު އިތުރުކޮށް ހެޔޮމަގުގައި ސާބިތުކަމާއި އެކު ތިއްބަވާނެކަމަށް އުއްމީދު ކުރަމެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމަ ޙަދީޝް ކުރައްވާފައި ވެއެވެ. ޙައްޤު ފާޅުކުރުން މަތީ ދުނިޔެ ޤިޔާމަތާއި ޖެހެންދެން އަބަދުވެސް ޖަމާއަތެއްގެ ބަޔަކު ތިބޭނެކަމަށެވެ. އެހެންކަމުން ތިޔަބޭފުޅުންނަކީވެސް  ވެސް، އެފަދަ ޖަމާއަތެއްގެ މީހުން ކަމުގައި ލައްވަވާ ޙައްޤު ބަޔާން ކޮށްދޭ މީހުން ކަމުގައި މާތްﷲ ލެއްވެވުން އެދި ދުޢާ ކުރަން. އާމީން!

Leave a Reply

Your email address will not be published. Required fields are marked *