އިސްލާމީ ދުނިޔެ

ދުނިޔޭގައި އިސްލާމްދީން ފެތުރެމުން އަންނަނީ ވަރަށް ބާރު ދުވެއްޔެއްގައެވެ. މިގޮތުން މިހާރު ދެވަނަ އަށް އެންމެ ގިނަ މީހުން އުޅޭ ދީނަކީ އިސްލާމްދީނެވެ. އެއީ ދުނިޔޭގެ އާބާދީގެ 23 ޕަސެންޓެވެ. ދުނިޔޭގެ ގައުމުތަކަށް ބަލާއިރު އިސްލާމުން އެންމެ ގިނަ ސަރަހައްދުތަކަކީ ގަލްފު އަދި އޭސިއާ، ބޯލްކަން ސަރަހައްދާއި ރަސިއާއެވެ. އެހެންނަމަވެސް އެމެރިކާ ބައްރުގެ ގައުމުތަކުގައިވެސް އިސްލާމްދީން އަންނަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. މިގޮތުން އެމެރިކާ، ޗިލީ ފަދަ ގައުމުތަކުގައި އިސްލާމްދީން އަންނަނީ ކުރިއަރަމުންނެވެ. އަދި ހަމަ އެހެންމެ އިސްލާމުންނާއި ދެކޮޅު ބައެއްގޮތުގައި ބޮޑަށް ސިފަކުރެވެމުން އަންނަ ޔޫރަޕްގައިވެސް އެންމެ ބާރަށް ފެތުރޭ ދީނަކީ އިސްލާމްދީނެވެ. އިސްލާމް ދީނަކީ ޔޫރަޕްގައިވެސް ދެވަނަ އަށް އެންމެ ބޮޑަށް ފެތުރެމުން އަންނަ ދީނެވެ. ޔޫރަޕްގެ އާބާދީގެ 6 ޕަސެންޓަކީ މުސްލިމުންނެވެ. ފްރާންސް، ސްޕެއިން، އިނގިރޭސި ވިލާތްފަދަ ގައުމުތަކުގައި ވަރަށް ބާރަށް އިސްލާމްދީން އަންނަނީ ފެތުރެމުންނެވެ.

2010 ވަނަ އަހަރު ދުނިޔޭގައި ކުރެވިފައިވާ ދިރާސާ އަކުން ދައްކާގޮތުގައި 49 ގައުމެއްގައި އެންމެ ގިނަ ބަޔަކު ހިއްސާވާ ދީނަކީ އިސްލާމް ދީނެވެ. ދުނިޔޭގައި އުޅޭ މުސްލިމުންގެ 62 ޕަސެންޓަކީ އެސިއާ ޕެސިފިކް ސަރަހައްދުގައި އުޅޭ މީހުންނެވެ. އެއީ ގާއްގަނޑަކަށް 1 ބިލިއަން މުސްލިމުންނެވެ. އަދި ދުނިޔޭގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމަކީ އިންޑޮނޭސިއާއެވެ. 12.7 ޕަސެންޓް ހިއްސާކުރަނީ އިންޑޮނޭސިއާއެވެ. އަދި 11.0 ޕަސެންޓް ޕާކިސްތާން، 9.2 ޕަސެންޓް ބަނގުލަދޭސް، އަދި 20 ޕަސެންޓް މީހުން ދިރިއުޅެމުން ދަނީ އަރަބި ގައުމުތަކުގައެވެ.

ޔޫރަޕްގެ ގައުމުތަކަށް ބަލާއިރު ތުރުކީ އަކީ މުސްލިމުންނަސް އަގުލަބިއްޔަތު އޮންނަ ގައުމެކެވެ. އަދި އެފްރިކާ ބައްރަށް ބަލާއިރު ނައިޖީރިއާ، މިސްރަކީ އެ ބައްރުގައި އެންމެ ގިނަ މުސްލިމުން އުޅޭ ގައުމެވެ. އަދި އިސްލާމީ ގައުމުތަކުގެ ގޮތުގައި މާ ބޮޑަށް ފާހަގަޖުރެވިފައިނުވާ އެހެންނަމަވެސް މުސްލިމުންނަށް މެޖޯރޓީ އޮންނަ ގައުމުތަށް މެދުތެރެ އޭސިއާގައިވެސް އެބަހުއްޓެވެ. މިގޮތުން މުސްލިމުންގެ ނިސްބަތް %70 ގައިވާ ކަޒަކިސްތާން، އާބަދީގެ %95 އިސްލާމުންގެ ގޮތުގައި ހިމެނޭ ތަޖަކިސްތާން ހިމެނެއެވެ.

ދުނިޔޭގައި އުޅޭ މުސްލިމުންގެ ނިސްބަތް އަދި އަދަދު

ބައްރު

މުސްލިމުންގެ އާބާދީ

މުސްލިމު އާބާދީގެ ނިސްބަތް

އޭސިއާ ޕެސިފިކް

1،005،507،00

 ޕަސެންޓް 62.8

މެދުއިރުމަތި އަދި އުތުރު އެފްރިކާ

321،869،00

19.8

ސަބް ސަހާރަން އެފްރިކާ

242،544،00

15.0

އެމެރިކާ

5،256،00

0.3

ޔޫރަޕް

44،138،000

2.7

 

ހުސައިން ނިޔާޒު / ޅޮހި
އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

  You may also like

  ދީން

  رمضان مبارك

   އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ ކެއްތެރިކަން ލިއްބައިދޭ މަހެކެވެ. އެހެނީ އެމަހަކީ އަޅުކަމުން ފުރިގެންވާ މަހެކެވެ. އެމަހުގައި މުސްލިމުން އަވަދިނެތި ...

  Leave a reply

  Your email address will not be published. Required fields are marked *