ވިންޑޯސް އޯއެސް ދޫކޮށްލައްވަން ބޭނުންފުޅު ފަރާތްތަކަށް

ކޮންމެ ބޭފުޅަކީވެސް ކޮންޕިއުޓާރ ބޭނުންކުރާ މީހެކެވެ. އަދި މިއަދުގެ މުޖުތަމައު ކުރިއަރާފައިވާ މިންވަރުން ކޮންޕިއުޓާރއާއި ނުލާ ދިރިއުޅުމަކީ ނުހަނު އުނދަގޫ ކަމެކެވެ. އެހެންކަމުން  އަޅުގަނޑު މި ލިޔުމުގައި މި ބަޔާންކުރަނީ ވިންޑޯސް ދޫކޮށްލަވާ ބޭފުޅުންނަށް އަދި ވިންޑޯސް ބޭނުންކުރަށްވާ ބޭފުޅުންނަށް ވައިރަސްގެ އުނދަގުލުން ސަލާމަތްވުމަށް ބޭނުންކުރެވިދާނެ އޮޕަރޭޓިން ސިސްޓަމެކެވެ. ވިންޑޯސް ބޭނުންކުރަށްވާ ގިނަ ބަޔަކު ވައިރަސްތަކުގެ އުނދަގުލާ ގިނަފަހަރަށް ކުރިމަތިލާންޖެހެއެވެ. އެހެންނަމަވެސް އޯއެސް ބަދަލުކުރަން ބޭނުންވިޔަސް ގިނަފަހަރަށް އެހެން އޯއެސް އަޅައިގެން ބޭނުންކުރުން އެއީ އުނދަގޫކަމަކަށްވެއެވެ.  ސަބަބަކީ ބޭނުންކުރާ ސޮސްޓްވެއާރަތަކާއި ޕްރޮގުރާމްތައް ތަފާތުވުމެވެ. އާންމުކޮށް ބޭނުންކުރަމުންއަންނަ މައިކްރޯސްފްޓް އޮފީސް ފަދަ ޕްރޮގުރާމްތައް އެހެން އޯއެސްތަކަށް ސަޕޯރޓްނުކުރުމެވެ.

ވިންޑޯސް ބޭނުންކުރާ ބޭފުޅުންނަށް އޭގެ ބަދަލުގައި ބޭނުންކުރެވިދާނެ ވިންޑޯސްއާއި އެންމެ އެއްގޮތް އެއް އޯއެސް އަކީ ޒޮރިންއެވެ. ޒޮރިންގައި ފެންނަ ފެނުމަށް ވިންޑޯސް 7، އަދި އެކްސް ޕީ، ވިސްޓާ އާއި އެއްގޮތްކަމެއް ހުރުމުގެ އިތުރުން މައިކްރޯސްފްޓް އޮފީސް ޕެކޭޖް އިންސްޓޯލްކޮށް ބޭނުންކުރެވެއެވެ. ހަމަ ވިންޑޯސްއެކޭ އެއްގޮތަށް ޒޮރިންއަށް ވިންޑޯސް ސޮފްޓްވެއާރ ތަކާއި އަދި މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ސަޕޯރޓްކުރެއެވެ.

ޒޮރިން އޯއެސްގެ އެންމެ ބޮޑު އެއް ފައިދާއަކީ ވިންޑޯސް އޯއެސްގައި ދިމާވާ ވައިރަސްތަކުގެ އުނދަގޫކުރިމަތި ނުވުމެވެ.  އަދި ވިންޑޯސްއަށްވުރެ  ސައިޒުންކުޑަ  މި އޯއެސް ނުވަތަ އޮޕަރޭޓިން ސިސްޓަމްއަކީ ވަރަށް ފަސޭހަ ހާއްސަކޮށް ވިންޑޯސް އެޅުމުން ހިނގުން ލަސްކޮށް ހުންނަ ކޮންޕިއުޓާރ ތަކުގައި ބޭނުންކުރަން ވަރަށް ރަނގަޅު އޮޕަރޭޓިން ސިސްޓަމެކެވެ. އަދި ޒޮރިން އޯއެސް ވިންޑޯސް އާއި އަޅާ ކިޔާލާއިރު ވަރަށް ބޮޑުތަން ފާސްޓްކަން ފާހަގަކުރެވެއެވެ. އަދި ހަމަ އެހެންމެ ޒޮރިންނަކީ ހަމަ ފްރީކޮށް ކޮންމެ ބޭފުޅަކަށްވެސް ޒޮރިން ސައިޓުން ޑައުންލޯޑްކުރެވޭނެ އޮޕަރޭޓިން ސިސްޓަމެކެވެ. އެހެންކަމުން ޒޮރިން ޑައުންލޯޑުކުރުމަށާއި އިތުރު މައުލޫމާތު ހޯދަން ބޭނުންފުޅުވާ ފަރާތްތަކުން  ތިރީގައިވާ ލިންކަށް ވަންނަވާށެވެ.

http://zorin-os.com/5core32.html

http://zorin-os.com/5core64.html

Leave a Reply

Your email address will not be published. Required fields are marked *