ދިރޭތަކެއްޗާއި ތިމާވެށިސައިންސް އާއި ޓެކް

މަރު ކަނޑު

ޑެޑްސީ އަކީ އާދަޔާ ހިލާފް ސިފަތަކެއް ހުންނަ ކަނޑެކެވެ. އަދި މިކަނޑުގައިވާ އެންމެ އާދަޔާ ހިލާފް ކަމަކީ ލޮނުކަންގަދަ ކަމެވެ. އެހެންކަމުން އެތަނަކީ ތަފާތު ވައްތަރުގެ ދިރުންތައް ނެތް މަރުވެފައިވާ ކަނޑެއްގެ ގޮތުގައި ބުނެވެއެވެ. ފަސޭހަކަމާއި އެކު ފެންގަނޑުގެ މަތީގައި އޮވެ ފޮތްކިޔާލާ ހަދާލަވެއެވެ. މާނަޔަކީ އެހެން ކަނޑުތަކާއި ހިލާފަށް ފެނުބާރު ގަދައެވެ. މި ކަނޑާއި ބެހޭގޮތުން ހޯދުން މައުލޫމާތުން މީ ވަރަށް ދިގު ތާރީހެއްވާ ކަނޑެކެވެ. މިކަނޑާއި ބެހޭގޮތުން އަޅުގަނޑު ހިއްސާމިކޮށްލަނީ ވިކިޕީޑިއާގައި ކަނޑާއި ބެހޭގޮތުން ލިޔެފައިވާ ލިޔުމެކެވެ.

ވިކިޕީޑިއާގައިވާ ގޮތުން “މިއީ ދުނިޔޭގައިވާ އެންމެ ލޮނުކަން ގަދަ ކަނޑެވެ. މިއީ އިސްރާއީލާއި އުރުދުން އާއި ދެމެދު އޮންނަ ފެންލޮނު ކުޅިއެކެވެ. މަރު ކަނޑުގެ ނަމުން މަޝްހޫރުވެފައިވާ މިތަނަކީ ބިމުގައިވާ އެންމެ ތިރި ހިސާބު އެވެ. މިތަން އޮންނަނީ ކަނޑުގެ ސަތަހައަށްވުރެ 1371 ފޫޓް އަޑީގައެވެ. ނުވަތަ ތިރީގައެވެ. މިއީ ލޮނުފެން އެކުލެވޭ އެންމެ ބޮޑު ކުޅި އެވެ. މިއީ ދުނިޔޭގެ ދެވަނަ އަށް އެންމެ ލޮނުކަން ގަދަ ފެން އެކުލެވޭ ތަނެވެ. ފެނުގެ ލޮނުމިން 30 އިންސައްތަ މިތަނުގައި ހުންނައިރު ސައިންސްވެރިން ބުނާގޮތުން އެއީ އާދައިގެ ކަނޑުތަކުގެ ލޮނުކަމަށްވުރެ 8.6ގުނަ އިތުރު އަދަދެކެވެ. ޑެޑްސީ ގެ ދިގުމިނުގައި 42 މޭލު އަދި ފުޅާމިނުގައި 11 މޭލު ހުރެއެވެ. އުރުދުންގެ ރިފްޓް ވެލީ ގައި އޮންނަ ޑެޑްސީ ބެހިގެންދާ މައި ގޮތްޕަކީ އުރުދުން ކޯރެވެ.

ޑެޑްސީ އަކީ މެދުތެރޭ ކަނޑުގެ އައްސޭރީގައިވާ އަހުލުވެރިން ވަރަށް ކުރިއްސުރެ ޒިޔާރަތް ކުރަމުން އަންނަ ތަނެކެވެ. ދުނިޔޭގައި އެންމެ ފުރަތަމަ ބޭނުންކުރެވެން ފެށުނު ޞިއްޙީ ރިސޯޓް ތަކުގެ ތެރޭގައި ޑެޑްސީގެ އައްސޭރީގައި ހެދިފައިވާ ރިސޯޓްތައް ހިމެނެއެވެ.

އިބްރީ ބަހުން ޑެޑްސީ އަށްކިޔަނީ ޔާމް-ހަ-މެލެޚް އެވެ. މާނައަކީ ލޮނުގެ ކަނޑެވެ. ހަމަ މިހެން ޔާމް-ހަ’މެވެތު އޭ ވެސް ކިޔައެވެ. މާނައަކީ މަރުގެ ކަނޑެވެ. ކުރީ ޒަމާނުގައި އިރުމަތީ ކަނޑު އަދި އަރާވާ ކަނޑު ވެސް ޑެޑްސީ އަށް ކިޔައި އުޅުނެވެ. ޢަރަބި ބަހުން ބަހުރުލް މައްޔިތު ނުވަތަ މަރުގެ ކަނޑު އޭ ކިޔާއިރު މަދުން ނަމަވެސް ލޫތުގެ ކަނޑު އޭ ކިޔައިވެސް އުޅެއެވެ. ތާރީޚީގޮތުން ބަލާއިރު ޑެޑްސީ އަށް ޒޮއާރު ކަނޑު ވެސް ކިޔައިފައި އެބަހުއްޓެވެ.

ޑެޑްސީ އޮންނަނީ ގްރޭޓް ރިފްޓް ވެލީ ގައެވެ. 6000 ކިލޯ މީޓަރުގެ ގްރޭޓް ރިފްޓް ވެލީ ތުރުކީ ގެ ޓޯރަސް ފަރުބަދައިން ފެށިގެން ދެކުނު އެފްރިކާގެ ޒެމްބަޒީ ވާދީ އާއި ހަމައަށް ދެމިގެން ގޮސްފައި ވެއެވެ.

ކުރިންވެސް ބުނެވުނު ހެން އުރުދުން ކޯރަކީ ޑެޑްސީ އާއި ގުޅިފައިވާ މައި ފެނުގެ މަޞްދަރެވެ. ޑެޑްސީގެ އުތުރުގެ ސަރަހައްދަށް އަހަރަކު ތެރޭގައި ވެހެނީ 100 މިލިމީޓަރުގެ ވާރޭ ކަމަށް ހިސާބުތަކުން ދައްކައެވެ. އަދި ދެކުނު ހިސާބުތަކަށް މިނިސްބަތް އުޅެނީ އަހަރަކު 50 މިލިމީޓަރު ގައެވެ. ޑެޑްސީގެ ހުޅަގު ދެކުނު ފަރާތުގައިވާ 700 ފޫޓް އުސްމިން ހުރި ފަރުބަދައަކީ މަޝްހޫރު ޞަދޫމް ފަރުބަދަ އެވެ”.

ލިޔުމާ މެދު ދެކެނީ ކިހިނެތް؟

ތަފާތު
0
އުފާވެރި
0
ލޯބި
0
ކަމަކު ނުދޭ
0

2 Comments

  1. އެތަނަކީ ވަށައިގެން ފަރުބަދަ ތަކާއި ބީޗްތައް އޮންނަ ތަނެއް އަދި ޗަކަ ވައްތަރަކަށް ބީޗްތައް ކައިރި އޮންނަނީ، ވަރަށް ބޮޑަށް ބެދިފަ އޮންނަނީ، އެހެންވެ ކަމަށް ވެދާނެ އެގޮތަށް އެއޮތީ

  2. lonu fen ekulevey enme bodu kulhiey kiaafa vess ebaoeh

ހިޔާލެއް އޮތްނަމަ ލިޔުއްވާ

Your email address will not be published. Required fields are marked *