މަސާލާޗިކަން

ތައްޔާރުކުރާނެގޮތް
ކޮތަނބިރި،ރީނދޫ، އަސޭމިރުސް، ދިރި، ލޮނު އެއްކޮށްފައި 3 މޭޒުމަތީ ސަމުސާ ފެން އެއާއި އެއްކޮށް މިކްސް ކޮށްލުމަށްފަހު ކުކުޅުމަސްތަކުގައި ހާކާފައި ބަހައްޓާށެވެ. ދެން ތަވާޔަށް ތެޔޮ އަޅާފައި ކެކުނީމާ ފިޔާކޮޅު އަޅާފައި ރަތްވީމާ ނަގާފައި ޓިޝޫގައި އަތުރާލާފައި ބަހައްޓާށެވެ. ތަވާގައި ހުރި ތެޔޮ ހުސްކޮށްލުމަށްފަހު ކުޑަތެޔޮފޮދެއް އަޅާފައި ހޫނުވީމާ ލޮނުމެދާއި އިނގުރު އަދި ކުކުޅުމަސްވެސް އެއްކޮށްލާށެވެ. ދެން ކިރުވިނިގަރ، ސޯޔާސޯސް، ލޮނު، ފޮނިތޮށި، ކަރަންފޫ،ކާފޫރުތޮޅި އަޅާފައި މަތިޖަހައިގެން ރޯފިލަންދެން މަޑުގިނީގައި ކައްކާށެވެ.

ބޭނުންވާތަކެތި

1 ކުކުޅު (ކޮށާފައި)
1 ސައިސަމުސާ ހަނާކޮށް މުގުރާފައިހުރި ކޮތަނބިރި
2 ސައިސަމުސާ ހަނާކޮށް މުގުރާފައިހުރި ހިކިމިރުސް
1/4 ސައިސަމުސާމުގުރި އަސޭމިރުސް
2 ޖޯޑު ފިޔާ (ކޮށާފައިހުރި)
5 ލޮނުމެދު (ޗިސްކޮށްފައިހުރި)
1 ސައިސަމުސާ އިނގުރު (ގާނާފައިހުރި)
5 ކަރަންފޫލޮނު
2 ޖޯޑު ކާށި ބޯކިރު4 ކާފޫރުތޮޅި
1 މޭޒުމަތީ ސަމުސާ ވިނިގަ
3 މޭޒުމަތީ ސަމުސާ ސޯޔާސޯސް
1/2 ސައިސަމުސާ ރީނދޫ
1 އިންޗީގެ
2 ފޮނިތޮށިކޮޅު

Leave a Reply

Your email address will not be published. Required fields are marked *