މޮޅިވެރިކަން އިޙްސާސްކުރާ ބަލި

މޮޅިވެރިކަން އިޙްސާސްވުން ނުވަތަ މޮޅިވެރިވާ ބައްޔަކީ ކޮބައިތޯއެވެ؟ މިއީ، ނަފްސާނީ ބައްޔެެކެވެ. އަދި ބަލިޖެހުމުން ބަދަލުވާނީ މީހާގެ މިޒާޖެވެ.

އާދައިގެ މޮޅިވެރިކަމާއި މިބައްޔާއި ހުރީ ކޮންތަފާތެއްތޯއެވެ؟

 އާދައިގެ މޮޅިވެރިކަމަކީ ދެރަވާފަދަ ކަމެއް މެދުވެރިވުމުން ހިތްހަމަ ނުޖެހި އެކަމާ ފިކުރުބޮޑުވުމެވެ. އަދި މިއީ، ވަގުތީ ކަމެކެވެ.  މިފަދަ މޮޅިވެރިކަން މެދުވެރިވާނީ ދުވަހުން ދުވަހައް މެދުވެރިވާ ކަންތައްތަކުގައެވެ.

މޮޅިވެރިކަން އިޙްސާސްވާ ބައްޔަކީ، މީހާއަށް ބޮޑުބަދަލެއް ގެނެސްދޭ މިންވަރަށް ދެރަވެ ހިތްހަމަނުޖެހުމެވެ. އަދި މިކަމަކީ އާދައިގެ މޮޅިވެރިވުމާއި ޙިލާފަށް ދިގު ދެމިގެންދާ ޙާލަތެކެވެ. މެދުކެނޑުމެއްނެތި ދެ ހަފްތާ ނުވަތަ ބައެއްފަހަރަށް މަސް ދުވަހުގެ މުއްދަތަށްވެސް މިބަލީގައި އުޅެފާނެއެވެ. މީހާ، ހުންނަގޮތުން މިބަލި ޖެހިފައިވާކަން ފާހަގަކުރެވޭނެއެވެ.

މޮޅިވެރިކަން އިޙްސާސްކުރާ ބަލީގައި ވަނީ ކިހިނެތްތޯ؟

މޮޅިވެރިކަން އިޙްސާސް ކުރާ ބަލީގައި އުޅޭ މީހުންނަށް ވަނީ ތިރީގައި މިވާ ގޮތްތަކެވެ.

  • އަބަދުވެސް ދެރަވެފައި ނުވަތަ މޮޅިވެރިވެފައި ހުރުން.
  • ބައެއްފަހަރަށް ފެންކަޅިވެ، ނުވަތަ އެކަނި ހުރެ ރޮވޭގޮތްވުން.
  • މަސައްކަތުން އެއްކިބާވެ ކަމެއްނުކޮށްހުރުން ގިނަވުން ނުވަތަ ކުރާ ކަމެއް ކަމުދާ ގޮތަކަށް ނުކުރެވުން.
  • ރައްޓެހިންނާއި ރަޙްމަތްތެރިންނާއި ދުރުހެލިވެ އެއްކިބާވުން.
  • ކާހިތްނުވުމާއި، ހިކެން ފެށުން.
  • ރަނގަޅަށް ނުނިދުން.
  • ޢާންމުކޮށް ޝައުގުވެރިވާ ކަންކަމާ ދުރުހެލިވުން.
  • ޙަޔާތުގެ ބައިވެރިޔާ އާއި ގުޅުން ބެހެއްޓުމަށް ދުރުހެލިވުން.
  • ވިސްނުން ކޮށިވުނ ނުވަތަ ޚިޔާލު ނުތަނަވަސްވާ ގޮތްވުން.
  • މާ ބޮޑަށް ބަލިބޮޑުވާ ގޮތްވުމުން އަމިއްލައަށް މަރުވާހިތްވުން.

މޮޅިވެރިކަން އިޙްސާސްކުރާ ބައްޔަކީ ނަފްސާނީ ބައްޔަކަށް ވީނަމަވެސް،  މިފަދަ ބަލިތައްވެސް  ތަޙްލީލްކޮށް، ބަލީގެ ފަރުވާ ހޯދިފައިވެއެވެ. މިބަލި ރަނގަޅުކުރެވިދާނެ ތިން ގޮތެއްވެއެވެ. އެއީ ޑްކޮޓަރީ ފަރުވާ ލިބިގެންނާއި، އަމިއްލަ ފަރުވާއިންނާއި، އިލެކްޓްރޯކޮންވަލްސިވް ތެރަޕީ ކިޔާ ބާވަތެއްގެ  ޝްކްޓްރީޓްމެންޓެއް ދީގެންނެވެ.

  1. ޑޮކްޓަރީ ފަރުވާ:  މިބަލި ރަނގަޅުުރުމަށްޓަކައި އެކިވައްތަރުގެ ބޭސް ތައްޔާރު  ކުރެވިފައި ހުރެއެވެ. ދެހަފްތާ އާއި ހަތަރު ހަފްތާ ދެމެދު މުއްދަތަކަށް، މެދުކެނޑުމެއްނެތި ބޭސްކުރުމުން މިބަލި މުޅިން ފަސޭހަވެއެވެ..
  2. އަމިއްލަ ފަރުވާ: މިފަދަ ބަލީގައި އަމިއްލަ ފަރުވާ ވަރަސް މުހިންމު ބައެއް ކުޅެދޭނެއެވެ. ފިކުރު ބޮޑުވާ ގޮތްވުމުން ތިމާގެ ފިކުރުތަކުން ދުރުހެލިވުމަށް ދަސްކުރުމަކީ ކުރެވިދާނެ ކަމެކެވެ. ތިމާއަށް ބަދަލުއަންނަ ކަންކަމާއި މާބޮޑަށް ނުވިސްނާށެވެ.
  3. އިލެކްޓްރޯނިކް ކޮންވަލްސިވް ތެރަޕީ: މިއީ، އެންމެ ބޮޑަށް މިބަލި އަށަގަތުމުން ދޭ ފަރުވާ އެކެވެ. އަދި މިކަމަކީ ރަށްކާތެރި އަދި ތަދު  އިހްސާސްކުރެވުމެއް ނެތި ކުޑަ ހިނދުކޮޅަކަށް ކަރަންޓުން މީހާގެ ސިކުނޑިއަށް ދެވޭ ފަރުވާއެކެވެ.

މިބައްޔަށް ފަރުވާ ދިނުން މުހިންމު ކަމަކަށްވަނީ ކީއްވެތޯ؟ މިބައްޔައް ފަރުވާ ކުރުމަށް ބޭނުންވަނީ ދެެ ސަބަބަށްޓަކައެވެ.

  1. އަމިއްލަޔަށް މަރުވުން ފަދަ ނުރަށްކަލުން މީހާ ސަލާމަތްކުރުން.
  2. މޮޅިވެރިކަން އިޙްސާސްވުން ކުޑަކުރުމަށާއި ފުރިހަމަ ޞިއްހަތެއް ލިބި ކުރިން ހުރި ގޮތަށް ރުޖޫޢަވުމަށްޓަކައެވެ.

ޑރ. މުޙައްމަދު އަޙްމަދު

އައި. އެޗް.އެސް ، 92

Leave a Reply

Your email address will not be published. Required fields are marked *