އިންފޮެމޭޝަން ޓެކްނޮލޮޖީ

ފަސޭހަކަމާއި އެކު މޮބައިލް ފޯނުތަކުން ދިވެހި ސައިޓްތައް ބަލާނެ ގޮތް

ދުނިޔެއަށް އަންނަމުންދާ ކުރިއެރުންތަކާއި އެކު ދިވެހިންވެސް އަންނަނީ ކުރިއަރަމުންނެވެ. އަދި ހާއްސަކޮށް އަލައް ތަޢާރަފްވާ ޓެކްނޮލޮޖީތަކުގެ ބޭނުންވެސް ދިވެހިން   އަންނަނީ ހިފަމުންނެވެ. ހަމަ އެހެންމެ އިންޓަރނެޓާއި ސޯސިއަލް ނެޓްވާރކްތަކުގެ ބޭނުން އިންތިހާ އަށް މިވަނީ ބޮޑުވެފައެވެ. ހަބަރު ހޯދުމަށާއި އަދިވެސް އެހެނިހެން މުޢާމަލާތުތައް ކުރުމަށެވެ. އަދި މިހާރު ދިވެހިންނަކީ ދުނިޔެއަށް ލޯހުޅުވިފައިތިބި ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރި ބައެކެވެ. މިގޮތުން ދިވެހިންގެ ތެރޭން ގިނަ މީހުންނަކީ މިހާރު އިންޓަރނެޓްގެ ބޭނުން ހިފާ ބައެކެވެ.

ގިނަ މީހުން ބޭނުންކުރާ ފޯނުތަކުން އިންޓަރނެޓް ބޭނުންކުރެއެވެ. އެހެންނަމަވެސް ދިވެހި ވެބްސައިޓްތައް ބެލުން މަދުކަން ފާހަގަކުރެވެއެވެ. އަދި މަސައްކަތުގެ މައިދާނުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަށް ދިވެހި ސައިޓްތަކަށް ވަދެ ހަބަރު ކިއުމަކީ ދަތިކަމެކެވެ. އޭގެތެރޭގައި މަސްވެރިންނާއި ހަދަމުންދާ ރިސޯޓްތަކުގައި މަސައްކަތްކުރަށްވާ ބޭފުޅުން ހިމެނެއެވެ.  އެހެންކަމުން އަޅުގަނޑު މިލިއުމުގައި ހެޔޮބަސްގެ ކިޔުންތެރިންނަށް މިހިއްސާކޮށްލަނީ ދިވެހި ކޮންމެ ސައިޓެއްވެސް ފޯނު މެދުވެރިކޮށް ބެލޭނެ ގޮތެކެވެ. ހަމަ އެހެންމެ އިންޓަރނެޓައް ވަދެވޭ  ފޯނުތަކުން ދިވެހި ސައިޓްތައް ފަސޭހަކަމާއި އެކު ބަލައިލެވޭނެ ގޮތެކެވެ. އަދި މަސްވެރިންނާއި ދަނޑުވެރިންނާއި އެހެނިހެން މަސައްކަތްތެރިންނަށްވެސް ދިވެހި ސައިޓް ތަކުން ހަބަރާއި މައުލޫމާތު ހޯދަން ފަސޭހަގޮތެކެވެ.

މޯބައިލް ފޯނުން ދިވެހި ސައިޓްތައް ބެއްލުވުމަށްޓަކައި މާ އުނދަގޫކަމެއް ކުރާކަށް ނުޖެހެއެވެ. ފޯނުން ދިވެހި ސައިޓްތައް ބަލަން ބޭނުން ފަރާތްތަކުން މަޝްހޫރު ވެބް ބްރޯސާރ އޮޕޭރާ މިނީ ގެ މޮބައިލް ވާރސަން ޑައުންލޯޑްކުރަށްވާށެވެ. އެފޯނަކާއި ގުޅޭ ވާރޝަންއެއް ފަސޭހަކަމާއި  އެކު www.getjar.com ,  އަދި www.opera.com  އިންވެސް ޑައުންލޯޑުކުރެވޭނެއެވެ. އަދި އިންޓަރނެޓްގައި ސާރޗުކޮށްގެން އޮޕެރާ މިނީ ޑައުންލޯޑްކުރެވޭ އެހެން ސައިޓްތައްވެސް ހުންނާނެއެވެ.

ދިވެހި ސައިޓްތައް ބެލުމައް އޮޕެރާ މިނީ ޑައުންލޯޑްކުރެއްވުމަށްފަހު ސެޓިން ހަދާނެ ގޮތް:

އޮޕެރާ މިނީ ޑައުންލޯޑްކުރުމަށްފަހު އިންސްޓޯލްކުރަށްވާށެވެ.

އޮޕެރާ މިނީ އިންސްޓޯލްކުރަށްވާފައި ހުޅުވާލާށެވެ.

ހުޅުވުމަށްފަހު ސައިޓް އެޑްރެސް ޖަހާތަނުގައި

Config: ޖަހާފައި އެންޓާރ ކޮށްލުމުން އަންނަ ސުވާލުތަކުގެ ތެރެއިން ތިރީގައި ވާ ސުވާލުގައި ،yes  ޖަހާށެވެ. އޮޕެރާ މިނީ ޑައުންލޯޑް  ކޮށްފައި އިންސްޓޯލްކުރާއިރު މި ސުވާލުގައި އިންނާނީ no  އެވެ. އެހެންނަމަވެސް yes  ނެގެން ހަމަ އެތާނގައި އިންނާނެއެވެ.

ސުވާލު:

Use bitmap fonts for complex scripts

If enabled, text written with complex scripts will be rendered on the server instead of in your device.

މި ސުވާލުގައި yes  ޖެހުމަށްފަހު ސޭވްކޮށްލާށެވެ.  އަދި ރީތިކޮށް ބެއްލެވުމަށްޓަކައި މި ސުވާލުގެ އިތުރަށް ދެން ފެންނަން  ހުންނަ ސުވާލުތަކުގައިވެސް  yes   ޖަހާށެވެ. ސޭވްކޮށްފައި ދިވެހި ސައިޓްތަކަށް ވަންނަވާށެވެ. މި ސެޓިން ހެދުމުން ފަސޭހަކަމާއި އެކު ދިވެހި ސައިޓްތަކުން ހަބަރު ކިޔުއްވޭނެއެވެ. މި ސެޓިން  ހައްދަވާނެ ގޮތް  މި ސައިޓްގައި ލިއުމުގެ ކުރިން ހެޔޮބަސް ގެ ފަރާތުން ޓެސްޓް ކޮށްފައިވާނެއެވެ. އަދި ރާއްޖޭގެ ބޮޑެތި އޮންލައިން ނޫސްތަކަށް އަދި ހެޔޮބަސް ސައިޓަށްވެސް ވަދެ ތަޖުރިބާކުރެވުނެވެ.

ހުސައިން ނިޔާޒު / ޅޮހި
އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

  You may also like

  އިންފޮެމޭޝަން ޓެކްނޮލޮޖީ

  އިންޓަރނެޓް ބޭނުންކުރާއިރު ބޭނުންނުވާ އިސްތިހާރުތައް އަމިއްލައަށް ހުޅުވޭތާ؟

  އިންޓަރނެޓް ބޭނުންކުރަން ބުރޯޒާ ހުޅުވާއިރަށް ތަފާތު އިސްތިހާރުތައް  ބައެއް ފަހަރަށް ހުޅުވެއެވެ. ވެބްސައިޓަކަށް ވަންނަން ވެބްސައިޓް އެޑްރެސް ޖަހާފައި ލޯޑްކުރަން ...

  Leave a reply

  Your email address will not be published. Required fields are marked *

  އިންފޮެމޭޝަން ޓެކްނޮލޮޖީ

  މަލްވެއާރ އިން ރަށްކާތެރި ވުމަށް މައިކުރޯސޮފްޓް ސެކިއުރިޓީ ސެންޓާރ

  މައިކުރޯސޮފްޓް މަލީސިއަސް ސޮފްޓްވެއާރ ރިމޫވަލް ޓޫލް އަކީ މަލްވެއާރ އާއި ދެކޮޅަށް މަސައްކަތްކުރާ ސޮފްޓްވެއާރއެކެވެ. މި ސޮފްޓްވެއާރ ވިންޑޯސް 8، ...