ފޭސްބުކް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތަށްޓަކައި ވިސްނާލުން މުހިންމު ކަމެއް

އިންޓަރނެޓަކީ މިއަދު ދިވެހިންގެ ތެރޭގައި އާންމުވެފައިވާ ވަސީލަތަކަށްވާއިރު ސޯސިއަލް ނެޓްވޯރކްތަކުގެ ބޭނުން ނުކުރާ ފަރާތްތައް ވަރަށް މަދެވެ. ހާއްސަކޮށް ފޭސްބުކް ޓްވިޓާރ ފަދަ ނެޓްވާރކްތައް އަންނަނީ ގިނަ ދިވެހިންވެސް ބޭނުންކުރަމުންނެވެ. ހަމަ އެހެންމެ ދުނިޔޭގެ އެންމެ ގިނަ ބަޔަކުވެސް ބޭނުންކުރާ ސޯސިއަލް ނެޓް ވާރކް އަކީ ފޭސްބުކްއެވެ. އަޅުގަނޑު މިލިޔުމުގައި މި ބަލާލަނީ ކުރުގޮތަކަށް ފޭސްބުކްގެ ފޭކް ޕޭޖްތަކަކަށެވެ. ..

ފޭސްބުކް ބޭނުންކުރާއިރު ބައެއް ފަރާތްތަކުގެ ފޭސްބް އެކަންޓް ހެކް ކޮށްގެން ނުވަދެވިގެން އުޅެއެވެ. އެހެންކަމުން ފޭސްބުކްވެސް ބޭނުންކުރަށްވާއިރު ވަރަށް ބޮޑަށް ވިސްނައިގެން ބޭނުންކުރުން މުހިންމެވެ. އެހެނީ ތިމާގެ އެތަށް މައުލޫމާތެއް ހާއްސަކޮށް ސިއްރު މައުލޫމާތުތަށްވެސް ފޭސްބުކްގައި ބައެއް ފަރާތްތަކުން ރަށްކާކުރެއެވެ. މިހާރަކަށް އައިސް އިންޓަރނެޓުގައި އާންމުވެފައިވާ ފޭސް ބުކްގެ ފޭކް ޕޭޖްތަކާއި މެދު ސަމާލުވެ އެ ލިންކް ފެނުނަސް ޕާސްވޯރޑް އަދި ޔޫސާ ނޭމް ޖާހާފައި ލޮގިން ކުރަށްވަން މަސައްކަތް ނުކުރަށްވާށެވެ.

 ފޭސްބުކަށް ވަންނަ ނަމަ ރަނގަޅަށް www.facebook.com  މިގޮތަށް އެޑްރެސް ޖަހާށެވެ. އެޑްރެސް މިގޮތަށް ނުފެންނަ ފޭސްބުކް ޕޭޖް ނަމަ އެއީ ފޭކް ޕޭޖެވެ. މިގޮތުން ބައެއް ފޭސްބުކް ފޭކް ޕޭޖްގައި www.thisisnotfacebook.com މިހެންވެސް ހުރެއެވެ. އަންނަ އީމެއިލް އެއްގެ ތެރޭން މިފަދަ ލިންކަކަށް ރަނގަޅަށް ނުވިސްނާ ވަދެވިއްޖެ ނަމަ ފޭސްބުކްގެ ފުރަތަމަ ސަފްހާ އާއި ތަފާތެއް ނުހުންނާނެއެވެ.  އެ ޕޭޖް ހަދައިގެން އުޅޭ ފަރާތްތަކަށް އެ ޕޭޖްގައި ލޮގިންވާ މީހުން ޖަހާ ޕާސްވޯރޑްތަކާއި ޔޫސާރ ނޭމް ތަށް ލިބެއެވެ. އެކައުންޓްގެ އަސްލު އޯނާރ އަތުން ބާރު ގެއްލެއެވެ. އެ ޕޭޖް ފެންނަ ފެނުމުގައި ފޭސްބުކް ޕޭޖާއި އެއްވެސް ތަފާތެއް ނުހުރެއެވެ. އެހެންކަމުން ފޭސްބުކަށް ވަންނައިރު ވަރަށް ބޮޑަށް ސަމާލުވެގެން ވަދެ ވަޑައިގެން ބޭނުން ކުރުން އެއީ ތިމާގެ ފޭސްބުކްގެ ސެކިއުރިޓީއަށްޓަކައި ކުރަންޖެހޭނެ ކަމެކެވެ. އަދި ނުދަން ފަރާތަކުން ވޯލް އަށް ޕޯސްޓްކުރާ ގޮތް ނޭގޭ ލިންކްތަކަށް ވަނުމަށް ކްލިކް ކުރުންވެސް މީ މިފަދަ ހިތާމަވެރި ކަމެއް މެދުވެރި ވެދާނެ ކަމެކެވެ. އެހެންކަމުން ކިޔުންތެރިންގެ ސަމާލުކަމަށް މިފަދަ ޕޭޖްތައް ހުންނަ ގޮތް ދަށްކާލުމަށްޓަކައި އެފަދަ ޕޭޖް ތަކުގެ ސްކްރީން ސޮޓް ތައް ލިޔުމާއި އެކު ހިމަނާލަމެވެ.

މިފޮޓޯގައިވާ ސަފްހާގެ  ލިންކް ގައި އެވަނީ އެހެން ސައިޓެއްގެ ނަން

މި ސަފްހާގައިވެސް ސައިޓްގެ ލިންކް އިންތާ www.facebook.com ގެ ބަދަލުގައި އެވަނީ އެހެން ސައިޓެއްގެ އެޑްރެސް،

ފޭސްބްކް ފޭކް ޕޭޖްތަކުގެ އިތުރަށް ފޭކް މޭލްތަކާއި ފޭސްބުކް ތެރޭން ފޭކް މެސެޖްތައް ވެސް އެފަދަ ފަރާތްތަކުން ފޮނުވައެވެ. މިފަދަ ހާލަތްތަކުގައިވެސް މެއިލް އަށް އަންނަ އެފަދަ ލިންކްތަކަށް ދިއުމުގެ ބަދަލުގައި ސީދާ ސީދަލަށް  ފޭސްބުކަށް ވަދެ ވަޑައިގެން އިންބޮކްސް ބައްލަވާށެވެ.

މި ނޯޓިސްގައިވެސް ފޭސްބުކް.ކޮމް ގެ އިތުރަށް އެހެން ސައިޓެއްގެ އެޑްރެސް

ފޭސްބްކް ބޭނުންކުރާއިރު ކުޑަކުދިން ފޭސްބުކް ބޭނުންކުރަން ހުއްދަ ދިނުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި އެއީ ފޭސްބުކް ބޭނުންކުރުމުގެ ގަވާއިދާއި ހިލާފްކަމެކެވެ. އެހެންނަމަވެސް ބައެއް ކުދިން އުމުރު އޮޅުވާލައިގެން ފޭސްބްކް ބޭނުންކުރުން މިވަނީ އާންމުވެފައެވެ. އަދި މިގޮތަށް ފޭސްބްކް ބޭނުންކުރުމަކީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައިވެސް ބެލެނިވެރިން ދަރިންނަށް ހުއްދަ ނުދޭ ކަމެކެވެ. މިގޮތުން މިޝޭލް އޮބާމާވެސް ބުނެފައިވަނީ އޭނާގެ ދަރިންނަށް ޅައުމުރުގައި ފޭސްބްކް ބޭނުންކުރުމުގެ ހުއްދަ ނުދޭނެ ކަމަށެވެ. ދުނިޔޭގެ ގައުމުތަކުގައި ފޭސްބްކު ނުވަތަ އެހެނިހެން ޝޮސިއަލް ނެޓްވާރކްތަކުގެ ތެރޭން ވަރަށް ނެދެވޭ އަމުލުތަށް ވަނީ ހިނގާފައެވެ. ފޭސްބްކް ބޭނުންކުރުން މަނާކުރެވިފައިވާ އުމުރަކީ ކުއްޖާގެ ވަރަށް ޅައުމުރުކަމުން ރަނގަޅަށް ހެޔޮ ވިސްނުން ނުލިބޭ އެކުދިން ވަރަށް ފަސޭހައިން އިންޓަރނެޓްމެދުވެރިކޮށް ނުބައި އަމަލުތަށް ހިންގާ ފަރާތްތަކުގެ ޝިކާރައަކަށް ވެއެވެ.

ފޭސްބްކް އަކީ ރަނގަޅުގޮތުގައި ރަހުމަތްތެރިކަން ބަދަލުކޮށް ވިޔަފާރިތަށް ކުރިއެރުވުމަސްވެސް ބޭނުންކުރެވިދާނެ ރަނގަޅު ވަސީލަތެކެވެ. އެހެންނަމަވެސް މި އަގުހުރި ވަސީލަތްވެސް މިއަދު ނުބައި ގޮތުގައި ބޭނުންކުރާ ފަރާތްތައް އަންނަނީ އިތުރުވަމުންނެވެ. ކުދި ކުށްތަކުން ފަށައިގެން ގޮސް ޓެރަރިޒަމްވެސް ފޭސްބުކް މެދުވެރިކޮށް ރޭވުން މީވެސް ފޭސްބްކް ގެ ބޭނުން ހިފަމުންދާ ގޮތެކެވެ. މިގޮތުން އ.ދ ގެ ޑްރަގްސް ކްރައިމްއާއި ބެހޭ އިދާރާއިން ދިރާސާއެއްކޮށް ރިޕޯރްޓްނެރެފައިވެއެވެ. ވިއެނާގައި ބޭއްވުނު ކައުންޓަރ ޓެރަރިޒަމްގެ އޮފިޝަލުންގެ ބައްދަލުވުމުގައި ނެރެފައިވާ މި ރިޕޯރޓްގައިވާ ގޮތުން ފޭސްބުކްމެދުވެރިކޮށް ޓެރަރިސްޓް ހަމަލާތަށް ރާވަމުންދެއެވެ.

ފޭސްބްކް އަދި މައިކްރޯސޮފްޓް، ޔާހޫ، ގޫގުލްގެ ނަމުގައި ވެސް ބައެއް އީމެއިލްތަށް ހެކަރުން ކުރެއެވެ. ގިނަފަހަރަށް އަންނަ އެފަދަ މެސެޖްތަކުގައި އަންނަނީ ކޮންމެސް ކަމެއް ކާމިޔާބުވެގެން ފައިސާތަކެއް ލިބޭ ވާހަކައެވެ. އެހެންނަމަވެސް ކޮންމެ މީހަކަށްވެސް އެނގެންވީ ކަމަކީ ގޫގުލް އިންވިޔަސް މައިކްރޯސޮފްޓުން އެހެން ކުންފުންޏަކުން ނުވަތަ ސައިޓަކުން ވިޔަސް ޕުރޮމޯޝަނެއް އަންނަ ނަމަ ރަސްމީ ކޮށް އިއުލާންކުރާނެ ކަމެވެ. ރަސްމީ ވެބްސައިޓުގައި ފެންނަން ހުންނާނެކަމެވެ. އަދި މެއިލް ވެސް އަންނާނީ ރަސްމީ އީމެއިލް އިންނެވެ. ގޮތް ނޭގޭ އީމެއިލް އަކުން ނޫނެވެ. މިގޮތަށް ދާދި ފަހުން އަޅުގަނޑަށް ލިބުނު އީމެއިލްތަށްވެސް ކުރިން ލިބުނު އެފަދަ އީމެއިލްތަކުގެ ހަބަރު ހޯދަން އުޅެނިކޮށް އިންޓަރނެޓުން މަސްވަރާކުރެވުނު ފަރާތާ(މިސް ޔަންގ : މިަފަދަ މައްސަލަތައް ހޯދާ ދިރާސާކުރާ ފަރާތެއް،އެ ފަރާތާ ހިއްސާކޮށް އެފަރާތުގެ އެހީތެރިކަމާއި އެކު ކުރިން ލިޔެފައިވާ ލިޔުން އިންޓަރނެޓު މެދުވެރިކޮށް ފޭރޭ މީހުންގެ އަމަލުތަކަށް ސަމާލުވަމާތޯ ) ހިއްސާކުރީމެވެ. އެފަރާތުންވެސް އެންމެ ފުރަތަމަ އަޅައިގަތީ ރަސްމީ އީމެއިލް އޮއްވައި ފްރީ އީމެއިލް އަކުން އެފަދަ އެއްޗެއް ފޮނުވީމެއެވެ. އަދި ސައިޓްގައި އެކަމުގެ އެއްވެސް ތަފްސީލް އެއް ފެންނަން ނެއްތާގައި ބައެއް ލިންކްތަށް މަސައްކަތް ނުކުރާކަން ފާހަގަކުރެވެއެވެ. ދެން ވިސްނާލަން ވީ ކަމަކީ އެއްވެސް ސައިޓަކަށް ވަންނައިރު އަސްލު އެޑްރެސް ނޭގޭނަމަ ގޫގުލްގައި ސާރޗުކޮށްގެން ޑައިރެކްޓްކޮށް ވަދެވޭ އަސްލު އެޑްރެސް ހޯދުމަށެވެ. އަދި ވިސްނައިގެން އިންޓަރނެޓް ބޭނުންކުރުމަށެވެ. އަދި މި ގެނެސްދެވުނީ މިކަމާއި ބެހޭ ވަރަށް ކުޑަ މައުލޫމާތުކޮޅެއް ނަމަވެސް ކުރިޔައް އޮތްތަނުގައި ހެޔޮބަސްގެ ކިޔުންތެރިންނަށް މިފަދަ ސްކޭމްތަކުގެ ތަފްސީލް ފޯރުކޮށްދެވޭނެއެވެ.

ފޭސްބުކްގެ ބައެއް ފޭކް ލިންކްތައް

  • (facebook.com/people/Smart-Shop/100000308707750) to hack alertpay users . Already 316 people linking this page.
  • (facebook.com/pages/Pay-Pal/125541414152127) to hack PayPal users. Already 112 people linking this page.

މީގެ ކުރިންވެސް މިފަދަ ލިޔުމެއް ލިޔެފައިވާނެއެވެ

އިންޓަރނެޓު މެދުވެރިކޮށް ފޭރޭ މީހުންގެ އަމަލުތަކަށް ސަމާލުވަމާތޯ

Leave a Reply

Your email address will not be published. Required fields are marked *