އިންފޮެމޭޝަން ޓެކްނޮލޮޖީ

ނޭގި ތިބާގެ ފޭސްބްކް އެކައުންޓުން ސެއާރކޮށް، ޕޯސްޓްކޮށްފައި ހުރޭތަ؟

ފޭސްބުކް އިން ފެންނަހާ ވީޑިއޯ އަކަށް ލައިކް ޖެހުމާ ސެއާރކޮށް ނޮޓިފިކޭޝަން މެސެޖް ބަލައި ގަނެ އެއްބަސް ވުމަކީ ފޭސްބުކް އެކައުންޓްގެ ކޮންޓްރޯލް ގެއްލި އޭގެ ސަބަބުން ނޭދެވޭ އެތައް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އާއިލާ މީހުންނާއި ރައްޓެހިންނާއި އެތަކެއް ކުޑަކުދިންތައް ފޭސްބުކް ބޭނުންކުރާއިރު ތިމާގެ ނަމުގައި އެންމެނަށް ފެންނާނެހެން ބަދު އަހްލާޤީ އަމަލުތަކުގެ ވީޑިއޯތަކާއި ހުތުރު މަންޒަރުތައް ފޭސްބުކަށް ލާން ބޭނުންވާނެތޯއެވެ؟. އެހެންނަމަވެސް މިއަދު އެދަނީ އެ މަންޒަރު ފެންނަމުންނެވެ. ތިމާ އަށް ނޭގި ތިމާގެ ނަމުގައި އެފަދަ ތަކެތި ފޭސްބްކު އަށް ލާފައި ހުންނަނީ މަދެއްކޮށެއް ނޫނެވެ.

ޖެނުއަރީ ، ފެބުރުއަރީ މަހާ ހިސާބުގައި އިންޓަރނެޓްގެ ރައްކާތެރިކަން ދިރާސާކުރާ ފަރާތްތަކުން ފާހަނގަ ކޮށްފައިވާ ގޮތުގައި އެންމެ ދެ ދުވަހުން 110,000 މީހުންނަށް މި ބުނުވުނު މައްސަލަ ދިމާވެފައި އެބަހުއްޓެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން ފޭސްބުކް މެގްނެޓް ސްކޭމް ގެ ގޮތުގައި ފާހަނގަ ކޮށްފައިވާ މި ވައިރަސް ބޮޑަށް ފެތުރެނީ ހެކަރުން އެކި ނަންނަމުގައި ޕޯސްޓްކޮށްފައި ހުންނަ ބަދު އަހްލާޤީ ވީޑިއޯތައް ހުޅުވުމުން ނުވަތަ ލިންކަށް ކްލިކް ކުރުމުންނެވެ.  ބައެއް ފަހަރަށް މީހުން ސަމާލުކަމަށް އަންނަ ފަދަ ވީޑިއޯ ގޮތަށް ވެސް ފެންނަން ހުރެއެވެ.

ފޭސްބުކްއިން ފެންނަ އެފަދަ ވީޑިއޯތައް ބަލަން ހުޅުވުމުން ފުލެސް ޕްލޭޔާރ އަޕްޑޭޓްކުރަން އަރައެވެ. މިގޮތަށް އަރާނަމަ ރަށްކާތެރިގޮތަކީ އިތުރަށް ކުރިޔައް ނުދިއުމެވެ. މިފަދަ ލިންކްތަކާއި އަދި އެހެން އިންސްޓޯލްކުރަން އަންނަ ސޮފްޓްވެއާރ ނުވަތަ އެޕް ތަކާއި ދުރުވާންވީ ކީއްވެތޯ މީ ބައެއް ފަރާތްތަކުން އުފައްދާ ސުވާލެކެވެ. ސެކކިއުރިޓީ ރިސާރޗާރ މުޙައްމަދު ފަގްހާނި   ފާހަނގަކޮށްފައި ވާ ގޮތުގައި މިހެން އާންމުވި ބަރަހަނާ ވީޑީއޯއާއި ގުޅިފައިވާ މަލްވެއާރތަކުގެ އަސަރު ފޭސްބުކް ބޭނުންކުރާ 110،000 މީހުންނަށް  ދެ ދުވަސް ތެރޭގައި ކޮށްފައިވެއެވެ.aaa

wwwr

މަލްވެއާރ އަކީ ކޮބާ؟ މަލްވެއާރ އަކީ ހާއްސަކޮށް ކޮންޕިއުޓަރު ސިސްޓަމް އަށް ގެއްލުން ދިނުމާއި އަދި މުހިންމު މައުލޫމާތު ވަގަށް ނެގުންފަދަ ކަންކަމަށް ތައްޔާރުކޮށްފައި ހުންނަ ސްފްޓްވެއާރތަކެވެ. މިފަދަ ތަކެތި ގިނަފަހަރަށް ޑައުންލޯޑްކޮށް އިންސްޓޯލްކުރެވޭނީ ނޭގިތިބެއެވެ. ހިލޭ ލިބޭ ބައެއް ސޮފްޓްވެއާރތައް އަޅާއިރު ވަރަށް ގިނަފަހަރަށް މަލްވެއާރ ޕުރޮގްރާމްތައް އެޅެއެވެ. އެހެންކަމުން އެކަމަށް ސަމާލުވެ ފެންނަހާ އެއްޗެއް ހުޅުވުމުގެ ބަދަލުގައި ރަނގަޅަށް ބަލާ މައުލޫމާތު ހޯދުން އެއީ މިފަދަ ކަންތައް ތަކުން ރައްކާތެރިވުމަށް ކުރަން ޖެހޭނެކަމެކެވެ.

މަލްވެއާރ ސޮފްޓްވެއާރތައް ހަދައިގެން އިންޓަރނެޓް މެދުވެރިކޮށް ޖަރީމާތައް ހިންގާ ފަރާތްތައް ފޭސްބްކްގައި އެފަތުރަމުން ދާ ވީޑިއޯ ލިންކްތަކަކީ އެމީހުންގެ މަޅީގައި ޖައްސަން ބޭނުންކުރާ އެންކޮޅެކެވެ. މި އެންކޮޅުގައި މިއަދު ދިވެހި އެތައް ބަޔަކުވަނީ ޖެހިފައެވެ. މީގެ މަހެއް ހާ ދުވަސްކުރިން ރާއްޖޭގެ ނޫސްވެރިޔަކު ފޭސްބުކް ޓައިމްލައިނާއި އަދި ގްރޫޕްތަކަށް ވަރަށް ބައިވަރު ބަރަހަނާ ވީޑިއޯ ލިންކް ލާފައި ހުންތަން ފެނިގެން މި ވާނުވާ ބަލާލީމެވެ.  ރަނގަޅަށް ބެލި އިރު އެ ބޭފުޅާއަށްވެސް ދިމާވީ އިސްވެ ބުނެވުނު މައްސަލައެވެ. ފޭސްބްކް އެކައުންޓްގެ ކޮންޓްރޯލް ގެއްލުނީކަމަށްވެސް ބުނެވިދާނެއެވެ. އެކައުންޓްގެ  ވެރިފަރާތައް ނޭގި އޮޓޮމެޓިކުން އޭނާ ބައިވެރިވެފައި ހުރި ހުރިހާ ގްރޫޕްކަށް ބަދުއަޙްލާގީ ވީޑިއޯ ހުރީ ޕޯސްޓްކޮށްފައެވެ.

މަލްވެއާރ އެމުގެ ގޮތުގައި ބޭނުންކުރާ ވީޑިއޯ ލިންކްތައް ފޭސްބުކް އިން ފެންނައިރު ޔޫޓިއުބު ލިންކް އެއްގޮތަށް ފެންނަން ހުރެއެވެ. ޔޫޓިއުބް ލޯގޯވެސް ބައެއް ފަހަރަށް ބޭނުންކޮށްފައި ހުންނާނެއެވެ. މިފަދަ ލިންކްތައް ހުޅުވުމުގެ ބަދަލުގައި ނުހުޅުވަ ދޫކޮށްލާށެވެ. އަދި ލިންކް ރައިޓް ކްލިކް ކޮށްފައި ކޮޕީ ކޮށްލާފައި ނޯޓް ޕެޑް ނުވަތަ މައިކްރޯސޮފްޓް ވޯރޑް އަށް ޕޭސްޓް ކޮށްފައި ރަނގަޅަށް ލިންކް ބަލާ ޔަގީންކުރާށެވެ. ޔޫޓިއުބް ލިންކް ނުވަތަ އެހެންވެސް އިތުބާރު ހިފޭ ސައިޓަކާއި އެއްގޮތްކަމަށް ފާހަނގަކުރެވޭނަމަ ރަނގަޅަށް ބަލާށެވެ. ރަނގަޅު ސްޕެލިންތޯ ނުވަތަ ދެ އަކުރެއް ދޭތެރޭގައި ފުލުސްޓޮޕް ޖަހާފަ ވޭތޯ، އަކުރެއް ތަފާތުކޮށްފައި ވޭތޯ ބަލާ ޔަގީންކުރާށެވެ.

ފޭސްބްކްގައި އާންމުވެފައިވާ މަލްވެއާރ ތަކާއި ގުޅިގެން ފޭސްބުކްގެ ތަރުޖަމާނު ބުނެފައިވާގޮތުން ފޭސްބުކް އިން ދަނީ އެފަދަ ސްކޭމްތަކަށް ބަލާ އެކަން ހުޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެފަދަ މަލްވެއާރ ލިންކްތައް ދެނެގަތުމަށް އޮޓޮމެޓިކް ސިސްޓަމްތަކެއް ބޭނުންކުރާ ކަމަށެވެ. އެގޮތަށް ދައުރުވާ ގިނަ މަލްވެއާރތައް ބުރޯސާރ އެކްސްޓެންސަންގެ ގޮތުގައި އިންސްޓޯލްވެ އެ ފެތުރިގެން ދެއެވެ.facebook-trojan-2

koobface_social_engineering_direct_download_box_facebook_spoof

ހުސައިން ނިޔާޒް
ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ ވައެނިމޭޝަން އަދި މަލްޓިމީޑިއާ ބެޗްލާސް ޑިގްރީ ވަނީ ހާސިލްކޮށްފައެވެ. 2011 ވަނަ އަހަރު އަމިއްލަ ސައިޓެއް ހެދުމަށްޓަކައި ކުރަމުންއައި މަސައްކަތުގެ ނަތީޖާއަކީ ހެޔޮބަސް ވެބްސައިޓް އުފެދުމެވެ.

    You may also like

    އިންފޮެމޭޝަން ޓެކްނޮލޮޖީ

    އިންޓަރނެޓް ބޭނުންކުރާއިރު ބޭނުންނުވާ އިސްތިހާރުތައް އަމިއްލައަށް ހުޅުވޭތާ؟

    އިންޓަރނެޓް ބޭނުންކުރަން ބުރޯޒާ ހުޅުވާއިރަށް ތަފާތު އިސްތިހާރުތައް  ބައެއް ފަހަރަށް ހުޅުވެއެވެ. ވެބްސައިޓަކަށް ވަންނަން ވެބްސައިޓް އެޑްރެސް ޖަހާފައި ލޯޑްކުރަން ...
    އިންފޮެމޭޝަން ޓެކްނޮލޮޖީ

    މަލްވެއާރ އިން ރަށްކާތެރި ވުމަށް މައިކުރޯސޮފްޓް ސެކިއުރިޓީ ސެންޓާރ

    މައިކުރޯސޮފްޓް މަލީސިއަސް ސޮފްޓްވެއާރ ރިމޫވަލް ޓޫލް އަކީ މަލްވެއާރ އާއި ދެކޮޅަށް މަސައްކަތްކުރާ ސޮފްޓްވެއާރއެކެވެ. މި ސޮފްޓްވެއާރ ވިންޑޯސް 8، ...

    Leave a reply

    Your email address will not be published. Required fields are marked *

    އިންފޮެމޭޝަން ޓެކްނޮލޮޖީ

    ސޯޝަލްނެޓްވޯކްތަކާއި މެދު ވިސްނާލަމާތޯ!( 1ވަނަ ބައި)

    އިންޓަރނެޓަކީ މިއަދު އެއާ ނުލައި ދިރިއުޅެން އުނދަގޫވެފައިވާ ވަޞީލަތެކެވެ. ޚާއްޞަގޮތެއްގައި ކިޔަވާކުދިންނާއި މަސައްކަތުގެ ދާއިރަތަކުގައި އުޅޭ މީހުންނަށް މިއަދު އިންޓަރނެޓަކީ ...