ދީން

ސިޙުރަކީ ކޮބާ؟ އަދި އެއިން ސަލާމަތްވާނީ ކިހިނެއް؟(2)

ސައިންސްގެ އަލީގައި

މިޒަމާނުގައި ސިޙުރު ދިރާސާކުރި ޢިލްމީ ލިއުންތެރިންގެ ނަޒަރުގައި ސިޙުރުގެ އެތައް ވައްތަރެއް ވެއެވެ. އަންނަނިވި ވައްތަރުތަކުގެ ސިޙުތުތައް އޭގެތެރޭގައި ހިމެނެއެވެ.

1. މާއްދާގެ ޚާއްޞިއްޔަތުތަކުގެ މައްޗަށް ބިނާވެފައިވާ ސިޙުރު.

2. ޖިންނީންގެ އެހީގައި ހަދާ ސިޙުރު.

3. ފަލަކީ ހިސާބުތައް ކޮށްގެން ހަދާ ސިޙުރު.

4. ހީކުރުވުމުގެ މައްޗަށް ބިނާވެފައިވާ ސިޙުރު.

5. އަވަސް ޙަރަކާތާއި ޙީލަތްތެރިކަމުން ދައްކުވާދޭ ސިޙުރު.

6. މިޒަމާނުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ހަދާ ސިޙުރު.

މިބާވަތްތަކުގެ މައްޗަށް ނަޒަރު ހިންގާއިރު، އަޅުގަނޑުމެން ޖާދޫއޭ މިކިޔާ ފަންނަކީ ވެސް ސިޙުރުގެ ބާވަތެއްކަން އެނގެއެވެ. އެހެނީ، މާއްދާގެ ޚާއްޞިއްޔަތުގެ ބޭނުންކުރުމާއި ހީކުރުވުމާއި އޮޅުވާލުމާއި އަވަސް ޙަރަކާތާއި ޓެކްނޯލޮޖީގެ ވަސީލަތްތައް، ޖާދޫ ހެދުމުގައި ބޭނުންކުރެވެއެވެ.

ސިޙުރުގެ ވައްތަރުތައް

1. މާއްދީ ސިޙުރު: މިބާވަތުގެ ސިޙުރު ހަދަނީ މާއްދާތަކުގައިވާ ޚާއްޞިއްޔަތުގެ ބޭނުންކޮށްގެންނެވެ. މިބާވަތުގެ ސިޙުރު ހަދައި އުޅޭ ސިޙުރުވެރިންނަށް ކޮންމެވެސް ވަރަކަށް ފިޒިކްސް އާއި ކެމިސްޓްރީ އެނގެންޖެހެއެވެ. އެ ދެ ޢިލްމު އޮޅުން ފިލިވަރަކަށް އެބައިމީހުންނަށް ސިޙުރުގެ މޮޅުކަން ދެއްކުން އިތުރުކުރެވިދާނެއެވެ. އެބައިމީހުންނަކީ، އަނގައިން އަލިފާންނެރޭ ބައެކެވެ. އަދި ކިޔަވާފައި ފުމެލައިގެން އެއްޗެހީގައި އަލިފާން ރޯކުރާ ބައެކެވެ. މިނޫނަސް މިބާވަތުގެ އެތައް ކަމެއް އެބައިމީހުން ކުރެއެވެ. އެހުރިހާ ކަމެއްގައި އެބައިމީހުން ބޭނުންކުރަނީ މާއްދާގެ ޚާއްޞިއްޔަތެވެ. ވައިގެ ތެރެއަށް ދޫކޮށްލައިފިނަމަ އޭގައި އަލިފާން ރޯވާ މާއްދާތައް ވެއެވެ. އެފަދަ މާއްދާއެއްގެ އެތިކޮޅެއް އަނގައިގެ ތެރޭގައި އޮންނައިރު އެއިން ހުޅުފަޅައި އަލިފާނަށް ވެގެން ނުދާނެއެވެ. އެކަމަކު ވައިގެތެރެއަށް ދޫކޮށްލައިފިނަމަ އޭގައި ހުޅުހިފައި އަލިފާން ރޯވާނެއެވެ. މަންޒަރު ދެކޭ މީހަކަށް ހަޤީޤަތް ނޭނގޭނަމަ، އޭނާއަށް ހީވާނީ އަލިފާން ރޯވަނީ ސިޙުރުގެ ބާރުންކަމަށެވެ.

2. ޖިންނި ސިޙުރު: މިބާވަތުގެ ސިޙުރު ހަދަނީ ޖިންނީންގެ ބޭނުންކޮށްގެންނެވެ. މިޒަމާނުގެ ސައިންސްގެ އަލީގައި މިބާވަތުގެ ސިޙުރު ދިރާސާ ކުރެވޭކަށްނެތެވެ. ޖިންނީންނަކީ ސައިންސުގެ ވަސީލަތްތަކުން މޭރުންވާ ބަޔެއް ކަމުގައި ނުވާތީއެވެ. ނަމަވެސް މިބާވަތުގެ ސިޙުރަކީ ގިނަބަޔަކު ޤަބޫލުކުރާ އެއްޗެކެވެ.

3. ފަލަކީ ސިޙުރު: ފަލަކީ ހިސާބުތައް ކޮށްގެން ހަދާ ސިޙުރަކީ އޮޅުވާލުމާއި މަކަރު ހެދުމުގައި ސިޙުރުވެރިން ބޭނުންކުރާ ސިޙުރުގެ މުޙިއްމު ބާވަތެކެވެ. މިބާވަތުގެ ސިޙުރުވެރިން ބުނަނީ، މީސްތަކުންގެ ހުރިހާ ކަމެއް ހިނގަމުންދަނީ އޯބިޓްތަކުގައި ހިނގަމުންދާ ޕްލެނެޓްތަކާއި ތަ ރިތަކުގެ އެހީގައި ކަމަށެވެ. އަދި އެތަކެއްޗާއި ބެހޭ ހިސާބުތައް ކޮށްގެން މީހެއްގެ ކުރިމަގާއި ޣައިބުގައިވާ އެމީހަކާއި ބެހޭ އެހެނިހެން ކަންތައްތައް ހޯދިދާނެކަމަށެވެ.

4. ހީކުރުވާ ސިޙުރު: ހީކުރުވުމުގެ މައްޗަށް ބީނާކުރެވިފައިވާ ސިޙުރުގައި ތަފާތު އުކުޅުތައް ބޭނުންކުރެވިފައިވެއެވެ. މިއީ ސިޙުރުގެ ތެރެއިން ވަރަށް ނުބައި ސިޙުރެކެވެ. މިބާވަތުގެ ސިޙުރު ހަދާ މީހުން ބޭނުންކުރާ އެއްވަޞީލަތަކީ ދެބައޮޑުވުމެވެ. ދެބައޮޑުވައިގެންނާއި އެހެނިހެން ގޮތްގޮތުން ކުށްހީތައް ހީކުރުވައިގެން ސިޙުރުވެރިން އެބައިމީހުން ހަދާ ސިޙުރުތައް ކާމިޔާބުކުރެއެވެ. މިބާވަތުގެ ސިޙުރު ގިނައިން ހަދަނީ ދެމަފިރިން ވަރިކުރުވުމާއި ގާތްތިމާގެ މީހުންގެ ދެމެދުގައި ހަސަދަވެރިކަން އުފެއްދުމަށެވެ. ނުވަތަ ދެއެކުވެރިއެއްގެ ދެމެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުން ނައްތާލުމަށްޓަކައެވެ.

5. ހެވިކަމުގެ ސިޙުރު: އަވަސް ޙަރަކާތުގެ ހެވިކަމާއި ޙީލަތްތެރިކަމުގެ އުކުޅުތައް ދައްކުވައިދޭ ސިޙުރާއި، މިޒަމާނުގެ ސައިންޓިފިކް ވަޞީލަތްތައް ބޭނުންކޮށްގެން ހަދާ ސިޙުރު ގިނައިން ބޭނުންކުރެވެނީ ޖާދޫހެދުމުގައެވެ. މިބާވަތުގެ ސިޙުރު ހަދާ މީހުން ވައިގެ ތެރޭގައި އުދުހުމާއި ކުރިމަތީގައި ހުންނަ އެއްޗެއް، ނުފެންނަގޮތް ހަދައި ނިވާކޮށްލުމާއި މީހަކު ދެބުރިކޮށްފައި ގުޅުވާލުން ފަދަ ކަންތައްތައް ކުރެއެވެ.

ބަޔާންވެދިޔައީ ސިޙުރުގެ ބައެއް ބާވަތްތަކެވެ. ހަޤީޤަތުގައި އެއިން އެއްވެސް ބާވަތެއްގެ ސިޙުރަކީ، ސަލާމަތުން ހުރި މުއުމިނަކަށް ގެއްލުމެއް ދެވޭނެ އެއްޗެއް ނޫނެވެ. ސިޙުރުން އަސަރުކޮށް އެއިން ގެއްލުން ލިބެނީ ހަރުދަނާ އީމާންކަމެއް ނެތް މީހުންނަށެވެ. އެހެންވީމާ، ސިޙުރުން އަސަރު ފޯރާފަދަ ދަށުދަރަޖައަކަށް އީމާންތެރިކަން ކުޑަވެ، ނަފްސާނީގޮތުން އަރިއަޅާލިޔަ ނުދިނުމަށް މުއުމިނުން މަސައްކަތްކުރަން ޖެހެއެވެ.

ސިޙުރަކީ ކޮބާ؟ އަދި އެއިން ސަލާމަތްވާނީ ކިހިނެއް؟ (1)

ފޮތް ލިޔުއްވާފައިވަނީ އަލްސުްތާޒް އަބްދުލް މުއީދު ހަސަން

ހެޔޮބަސް ޓީމް
އަޅުގަނޑުމެންގެ މަޤްޞަދަކީ ދިވެހިންނަށް ހެޔޮބަސް ފޯރުކޮށްދިނުމެވެ.

    You may also like

    އަޤީދާ

    މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟

    މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟ މީސްތަކުންގެ ތެރެއިން ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ޤާދިޔާނިންނަކީ މުސްލިމުންގެ ފިރުޤާތަކުގެ ...
    ދީން

    رمضان مبارك

     އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ ކެއްތެރިކަން ލިއްބައިދޭ މަހެކެވެ. އެހެނީ އެމަހަކީ އަޅުކަމުން ފުރިގެންވާ މަހެކެވެ. އެމަހުގައި މުސްލިމުން އަވަދިނެތި ...

    Leave a reply

    Your email address will not be published. Required fields are marked *

    More in:ދީން

    ދީން

    ﷲ ތަޢާލާ ޙަލްޤު ތަކުންނަށް ސިއްރު ކުރައްވަވާފައިވާ ދުވަހެއް…

    އާޚިރަތް ދުވަހަކީ ﷲސުބުޙާނަހޫ ވަތަޢާލާ ޚަލްޤުތަކުންނަށް ސިއްރުކުރައްވަފައިވާ ދުވަހެކެވެ. އެކަލަނގެ ވަޙީކުރައްވާފައިވެއެވެ. {إِنَّ ٱلسَّاعَةَ آتِيَةٌ أَكَادُ أُخْفِيهَا لِتُجْزَىٰ ...
    އަޤީދާ

    އިސްލާމީ ޝަރީޢަތުގެ ޙައްދުތަކަށް އިންކާރުކުރާމީހުންނާއި އެބައިމީހުނަށްދޭނެ ރައްދު(1 ވަނަ ބައި)

    އިސްލާމީ ޝަރީޢަތަކީ، މާތްﷲ އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރިކުރައްވައި، އިންސާނުންގެ ދުނިޔެއާއި އާޚިރަތުގެ އުފަލާއި ...
    ދީންޞިއްހަތު

    ސިޙުރަކީ ކޮބާ؟ އަދި އެއިން ސަލާމަތްވާނީ ކިހިނެއް؟ (1)

    ހުށަހެޅުން
    މި ކުޑަކުޑަ ފޮތުގައިވާނީ، ސިޙުރަކީ ކޮބައިކަމާއި އެއިން ސަލާމަތްވާނެ ގޮތެވެ. ސިޙުރުގެ މާނައާއި އެއާމެދު ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ގޮތާއި އަދި މިޒަމާނުގެ ޢިލްމީ ތަޙުޤީޤުތަކުން އޮޅުން ފިލާފައިވާ ގޮތް މިފޮތުގައި ވާނެއެވެ. އޭގެ އިތުރުން، ސިޙުރުގެ ވައްތަރުތަކާއި އެއާމެދު އިހުގެ މަޝްހޫރު ޢިލްމުވެރިން ދެކެވަޑައިގެންފައިވާ ގޮތް ވެސް (more…)

    ހެޔޮބަސް ޓީމް
    އަޅުގަނޑުމެންގެ މަޤްޞަދަކީ ދިވެހިންނަށް ހެޔޮބަސް ފޯރުކޮށްދިނުމެވެ.

      You may also like

      އަޤީދާ

      މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟

      މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟ މީސްތަކުންގެ ތެރެއިން ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ޤާދިޔާނިންނަކީ މުސްލިމުންގެ ފިރުޤާތަކުގެ ...

      1 Comment

      1. […] ސިޙުރަކީ ކޮބާ؟ އަދި އެއިން ސަލާމަތްވާނީ ކިހިނެއް؟ (1) […]

      0 %