އަޤީދާދީން

ޣައިބަށް އީމާންވުމަކީ ބުއްދީގެގޮތުން ޤަބޫލުކުރެވޭ ކަމެއް

ޣައިބަށް އީމާންވުމަކީ ބުއްދިއާއި މިޒަމާނުގެ ޢިލްމީ ހޯދުންތަކުގެ އަލީގައި ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. ސަބަބަކީ ލޮލުގެ ފެނުން ދަށްކަމުން ހަމަލޮލަށް ނުފެންނަ ތަކެތި ވަޞީލަތްތަކެއްގެ ޛަރީއާއިން ފެނިދެއެވެ.
އަދި އެއްގޮތަކަށްވެސް ނުފެންނަ ތަކެތި އެތަކެތީގެ އަސަރުތަކުން މިއަދު ސައިންސުވެރިންވަނީ ދެނެގަނެފައެވެ. ދަގަތްފާނުގައި ދަގަނޑު ތަތްލަވައެވެ. އެއަށް ދަމާބާރެއް ހުންނަކަން ހާމަވަނީ މިގޮތުންނެވެ.ބިމުގައި ހުރިހާއެއްޗެއް ހަރުލާފައިވުމާއި، މައްޗަށް އެއްލާތަކެތި ބިމަށް ވެއްޓުމުން ބިމަށް ދަމާ ގުރެވިޓީ ފޯސްއެއްއްވާކަން ދޭހަވެއެވެ. އަދި ހަމަ އެހެންމެ ރިހުމުގެ އަސަރުތަކާއި، ލޯތްބާއި، ކުލުނު އޭގެ އަސަރުތަކުން ދެނެގަނެވޭއިރު ޣައިބުގައި ބާރުވެރި އިލާހަކު ވާކަން މި ދުނިޔޭގައިވާ ކޮންމެ އެއްޗަކުން ދޭހަވެއެވެ. އަދި ހަމައެހެންމެ ބަލާލި ކޮންމެ ދިމާއަކުންވެސް މިކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ. މިކަންކަމަށް ފުންކޮށް ވިސްނާލުމުން އެތަކެތި އުފެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމާއި ހައިބަވަންތަކަން ހިތަށް ވަދެގެންދެއެވެ. އަދި އެއިލާހު އަހަރެމެންގެ ހަމަލޮލަށް ނުފެނުނުކަމުގައި ވިޔަސް އެއިލާހަށް އީމާންވުމަކީ ލާޒިމުކަމެއް ކަމުގެ ޝުޢޫރު ހިތުގައި ހިނގައެވެ. އަދި ޣައިބަކީ ޙަޤީޤަތެއްކަން ޤަބޫލުކުރުމަށް މަޖުބޫރުވެއެވެ.މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ ﴿ الطور٣٥﴾
މާނައީ: “އަދި ކިއެއްތަ! ހެއްދެވިފަރާތެއްނެތި އެއުރެން ހެދިގަތީހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތްތަކަކީ، އެއުރެން ހެއްޔެވެ؟”
މުހައްމަދު ސާފިއު އަބްދުލް ގަފޫރު
ސާފިއުއަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރެކެވެ.ލިޔުންތެރިކަމުގެ ދާއިރާގެ އިތުރުން ސާފިއު ރޭޑިއޯގެ ބައެއް ޕްރޮގްރާމްތަކުގައިވެސް ބައިވެރިވަމުންއަންނަކަން ފާހަގަކުރެވެ.

    You may also like

    އަޤީދާ

    މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟

    މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟ މީސްތަކުންގެ ތެރެއިން ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ޤާދިޔާނިންނަކީ މުސްލިމުންގެ ފިރުޤާތަކުގެ ...

    Leave a reply

    Your email address will not be published. Required fields are marked *

    More in:އަޤީދާ

    އަޤީދާ

    އިސްލާމީ ޝަރީޢަތުގެ ޙައްދުތަކަށް އިންކާރުކުރާމީހުންނާއި އެބައިމީހުނަށްދޭނެ ރައްދު(1 ވަނަ ބައި)

    އިސްލާމީ ޝަރީޢަތަކީ، މާތްﷲ އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރިކުރައްވައި، އިންސާނުންގެ ދުނިޔެއާއި އާޚިރަތުގެ އުފަލާއި ...
    އަޤީދާ

    ޣައިބަށް އީމާންވުމަކީ ބުއްދީގެގޮތުން ޤަބޫލުކުރެވޭ ކަމެއް

    ޣައިބަށް އީމާންވުމަކީ ބުއްދިއާއި މިޒަމާނުގެ ޢިލްމީ ހޯދުންތަކުގެ އަލީގައި ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. ސަބަބަކީ ލޮލުގެ ފެނުން ދަށްކަމުން ހަމަލޮލަށް ނުފެންނަ ތަކެތި ވަޞީލަތްތަކެއްގެ ޛަރީއާއިން ފެނިދެއެވެ.
    އަދި އެއްގޮތަކަށްވެސް ނުފެންނަ ތަކެތި އެތަކެތީގެ އަސަރުތަކުން މިއަދު ސައިންސުވެރިންވަނީ (more…)
    ހުސައިން ނިޔާޒު / ޅޮހި
    އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

      0 %