ޤުރުއާން ބާވައިލެއްވުން 2 ވަނަ ބައި

بيتالعزةއިން ބިމަށް (ކީރިތި ރަސޫލާއަށް) قرآنބާވައިލެއްވުން

އެރެއެއްގެ ހެޔޮކަން އެއްހާސް މައްސަރަށްވުރެ ބޮޑުވެގެންވާ ރެއެއްގައިމާތްﷲ اللوحالمحفوظން بيتالعزةއަށް ބާވައިލެއްވި ކީރިތި قرآنކައުއިތުރު ރަސޫލާގެ މައްޗަށް ބާވައިލެއްވިފައި ވަނީ ވަރަށްރައްކާތެރިކަމާއެކުގައެވެ. އަދި ހަމަ އެހެންމެ ފުރިހަމަ ވިސްނުމަކުންވިސްނައިފިނަމަ އެ قرآنގެ ތެދުކަމާ މެދު އެއްވެސް މީހަކަށް ޝައްކުކުރެވޭނެކުޑަވެސް ޖާގައެއް ނުދެއްވައެވެ. މިބާވައިލެއްވުމުގައި ނުވަތަބާވާލެއްވުން ތަކުގައި ފާހަގަ ކުރެވޭ ބައެއް ކަންތައްތަކަށްއަލިއަޅުވާލާނަމެވެ.

ކީރިތި قرآنގެ ވަޙީ ކީރިތި ރަސޫލާއަށް ލިބިވަޑައިގަންނަވާ ގޮތް.

ޞަޙީޙުލް ބުޚާރީގައި عائشةގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. عنعائشةأمالمؤمنينأنهاقالت: أولمابدىءبهرسولاللهصلىاللهعليهوسلممنالوحيالرؤياالصالحةفيالنوم،فكانلايرىرؤياإلاجاءتمثلفلقالصبح،ثمحببإليهالخلاء،وكانيخلوبغارحراء،فيتحنثفيه – وهوالتعبد–اللياليذواتالعددقبلأنينزعإلىأهله،ويتزودلذلك،ثميرجعإلىخديجةفيتزودلمثلها،حتىجاءهالحقوهوفيغارحراء،فجاءهالملكفقال: اقرأ،قال: (ماأنابقارىء) قال: (فأخذنيفغطنيحتىبلغمنيالجهد،ثمأرسلنيفقال: اقرأ،قلتماأنابقارىء،فأخذنيفغطنيالثانيةحتىبلغمنيالجهد،ثمأرسلنيفقال: اقرأ،فقلت: ماأنابقارىء،فأخذنيفغطنيالثالثة،ثمأرسلنيفقال: ”اقرأباسمربكالذيخلقخلقالإنسانمنعلقاقرأوربكالأكرم“) މާނައީ: ”أمالمؤمنينعائشةރަޟިޔަﷲ ޢަންހާގެކިބައިން ރިވާވެފައި ވެއެވެ. “ ކީރިތި ރަސޫލާއަށް ވަޙީގެ ގޮތުގައި ފުރަތަމަފެނިވަޑައިގެންނެވީ ހެޔޮ ޞާލިޙް ހުވަފެން ފުޅުތަކެވެ. ރޭގަނޑުގައިއެކަލޭގެފާނަށް ކަމެއް ހުވަފެން ފުޅުގައި ފެނިއްޖެނަމަ، ދުވާލު އެކަމެއްޙަޤީޤަތަކަށް ވެދެއެވެ. އެއަށްފަހު، އެކަލޭގެފާނު އެކަހެރިވެ އިންނެވުމަށްލޯބި ކުރެއްވިއެވެ. އެކަލޭގެފާނު ޚިލްވަތުގައި އިންނަވަނީ ޙިރާފަރުބަދައިގެ ހޮހޮޅައިގައެވެ. އެކަލޭގެފާނު ގެންދަވާ ފެނާއި ކާބޯތަކެތިހުސްވުމުން ޚަދީޖަތުގެފާނުގެ އަރިހަށް ވަޑައިގެން ފެނާއި ކާބޯތަކެތި އަލުންހިއްޕަވައިގެން ޙިރާ ފަރުބަދައިގެ ހޮހޮޅައަށް ވަޑައިގަންނަވައެވެ. އެއީއެކަލޭގެފާނުގެ އަރިހަށް ޙައްޤު އަތުވެއްޖައުމަށް ދާންދެނެވެ. އެގޮތުގައިއެކަލޭގެފާނު ޙިރާފަރުބަދައިގެ ހޮހުޅާގައި އިންނަވަނިކޮށް އެކަލޭގެފާނަށްވަޙީ ބާވައި ލެއްވުނެވެ.

އެކަލޭގެފާނުގެ އަރިހަށް ވަޙީގެ މަލާއިކަތާ ޖިބްރީލްގެފާނު ވަޑައިގެންވިދާޅުވިއެވެ. اقرأ . މާނައީ: ކިޔަވާ ވިދާޅުވާށެވެ. އެކަލޭގެފާނުވިދާޅުވިއެވެ. (ماأنابقارىء)މާނައީ: ތިމަންކަލޭގެފާނަކީ ކިޔަވާމީހަކީމެއް ނޫނެވެ. އެއަށްފަހު ތިމަންކަލޭގެފާނަށް އުނދަގޫފުޅުވާވަރަށްމަލާއިކަތާ ތިމަންކަލޭގެފާނުގެ ގައިކޮޅުގައި ބެއްދެވިއެވެ. އެއަށްފަހުދޫކޮށްލައްވައި ވިދާޅުވިއެވެ. اقرأ . މާނައީ: ކިޔަވާ ވިދާޅުވާށެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (ماأنابقارىء). މާނައީ: ތިމަންކަލޭގެފާނަކީ ކިޔަވާ މީހަކީމެއް ނޫނެވެ. އެއަށްފަހު ކުރީފަހަރުހެއްދެވިހެން މިފަހަރުވެސް ހެއްދެވުމަށްފަހު ދޫކޮށްލައްވައި ވިދާޅުވިއެވެ. اقرأ . މާނައީ: ކިޔަވާ ވިދާޅުވާށެވެ. ތިމަންކަލޭގެފާނު ވިދާޅުވީމެވެ. (ماأنابقارىء)މާނައީ: ތިމަންކަލޭގެފާނަކީ ކިޔަވާ މީހަކީމެއް ނޫނެވެ.ތިންވަނަފަހަރު އެގޮތަށް ހެއްދެވުމަށްފަހު، ދޫކޮށްލައްވައި(ޖިބްރީލްގެފާނު) ވިދާޅު ވިއެވެ.﴿اقرأباسمربكالذيخلق﴾މާނައީ:“ ކަލޭގެފާނުގެ ވެރިރަސްކަލާނގެއިސްމުފުޅުން ކިޔަވާ ވިދާޅުވާށެވެ. އެކަލާނގެއީ ހުރިހާ ތަކެއްޗެއްއުފެއްދެވި ރަސްކަލާނގެއެވެ.“﴿خلقالإنسانمنعلق﴾މާނައީ: ”ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ އުފެއްދެވިއެވެ.“﴿اقرأوربكالأكرمމާނައީ:“ ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ. ކަލޭގެފާނުގެ ވެރި ރަސްކަލާނގެއީއެންމެ ދީލަތިވަންތަ، ރަސްކަލާނގެއެވެ.“}

ރަސޫލުﷲގެފާނުގެ ގައިކޮޅުގައި ޖިބްރީލްގެފާނު ބެއްދެވީ،ރަސޫލުﷲގެފާނަށް އަލަށް މި ކުރިމަތިވި ކަންތަކަކީ ޙަޤީޤަތެއްކަންބަޔާންކޮށްދެއްވުމަށް ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.

ޖިބްރީލްގެފާނު ކީރިތި ރަސޫލާއަށް ގެނެސްދެއްވާ ބަސްފުޅުތަކަކީވަޙީކަމާއި قرآنކަމަށް ޢިޝާރާތް ކުރަށްވައި މާތްﷲ ވަޙީ ކުރަށްވާފައިވެއެވެ. ﴿وَإِنَّهُلَتَنزِيلُرَبِّالْعَالَمِينَ * نَزَلَبِهِالرُّوحُالْأَمِينُ﴾ (އައް ޝުޢަރާ-192-193) މާނައީ:“ ހަމަ ކަށަވަރުން އެ قرآنއަކީ ޢިލްމުތަކުގެ ވެރިރަސްކަލާނގެ ބާވައިލެއްވި ފޮތެއްކަން ކަށަވަރެވެ. ކަލޭގެފާނުގެ ހިތްޕުޅަށްއެ قرآنއާއިގެން ފައިބާ ވަޑައިގަތީ ޖިބުރީލުގެފާނެވެ.“

އިބްނި ޢައްބާސް، ޤަތާދާ އަދި އައްދުޙާކު އެއްބަސްވެލައްވާ ގޮތުގައި މިއާޔަތުން ކީރިތި قرآنގައި އެއްވެސް އޮޅުމެއް ނެތްކަމަށް (މާނައީ: ޤުރުއާނަކީ ތަވާތުރު ފޮތެއްކަމަށް)ދަލީލު ލިބެއެވެ.

ކީރިތި ރަސޫލާއަށް قرآنބާވައިލެއްވުމުގައި ޖިބުރީލްގެފާނު އިސްތިސްނާކުރަށްވާފައެއް ނުވެއެވެ. عنعائشةأمالمؤمنينرضياللهعنها: أنالحارثبنهشامرضياللهعنهسألرسولاللهصلىاللهعليهوسلمفقال: يارسولالله، كيفيأتيكالوحي؟ فقالرسولاللهصلىاللهعليهوسلم: (أحيانايأتينيمثلصلصلةالجرس، وهوأشدهعلي، فيفصمعنيوقدوعيتعنهماقال، وأحيانايتمثلليالملكرجلا، فيكلمنيفأعيمايقول). މާނައީ: ”أمالمؤمنينعائشةرضياللهعنهاރިވާކުރައްވާފައި ވެއެވެ. الحارثبنهشامރަސޫލާގެއަރިހުގައި ދެންނެވިއެވެ. އޭ! މާތްﷲގެ ރަސޫލާއެވެ. ކަލޭގެފާނަށް ވަޙީބާވައިލެއްވެނީ ކިހިނެއްތޯއެވެ؟ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ބައެއްފަހަރުވަޙީ ބާވައިލެއްވެނީ ރަނގަބީލެއްގެ އަޑުފަދަ އަޑެއްގެ ގޮތުގައެވެ. މިއީތިމަންކަލޭގެފާނަށް އެންމެ ބުރަ ވައްތަރެވެ. އަދި އެއަށްފަހުތިމަންކަލޭގެފާނަށް ލިބިލައްވާ ވަޙީ ހިތްޕުޅުން ދަސްކުރައްވަމެވެ. ބައެއްފަހަރު މަލާއިކަތާ އިންސާނެއްގެ ސޫރައިގައި ވަޑައިގަންނަވައެވެ. އަދިތިމަންކަލޭގެފާނާ ވާހަކަފުޅު ދައްކަވައެވެ. އަދި ތިމަންކަލޭގެފާނުއެވިދާޅުވާ ހުރިހާބަސްފުޅުތައް ދަސްކުރައްވަމެވެ.“

ވަޙީ ބާވައިލެއްވޭ ކިތަންމެ ގިނަ ގޮތްތަކެއްވިޔަސް، މަތީގައިވާ ޙަދީޘްބަސްފުޅުންވެސް ކަށަވަރުވާ ގޮތުގައި ކީރިތި قرآنރަސޫލާގެމައްޗަށްބާވައިލައްވާފައިވަނީ ވަޙީގެ މަލާއިކަތާ ޖިބްރީލުގެފާނު މެދުވެރިކުރައްވައެވެ.

الإمامسيوطيވިދާޅުވާ ގޮތުގައި ކީރިތި قرآنއަކީ ޖިބުރީލްގެފާނުމެދުވެރިކުރައްވައި ރަސޫލާގެ މައްޗަށް އަކުރުން އަކުރަށް ބާވައިލެއްވޭ ވަޙީއެވެ. އެކަލޭގެފާނަށް އެ ވަޙީއެއް ލިބިލެއްވުމުން، މީސްތަކުންނަށްވިދާޅުވެދެއްވަނީ އެ ލިބިލެއްވި ގޮތަކަށެވެ.

ވަހީ މެދުކެނޑިގެން ދިއުން (فترة)

ފުރަތަމަ ފަހަރަށް ވަޙީ ލިބިވަޑައިގަތުމަށްފަހު އެކަލޭގެފާނަށް ވަޙީ ލިބުންމެދުކެނޑިގެން ދިޔައެވެ. މިއީ 40 ދުވަހުގެ މުއްދަތެއް ކަމަށް ގިނަޢިލްމުވެރިން ވިދާޅުވެއެވެ. މިކަމުގެ ސަބަބުން ނުތަނަވަސްކަންލިބިވަޑައިގެންވާ ޙާލުކޮޅުގައި ހުންނަވަނިކޮށް އެކަލޭގެފާނަށް ދެވަނަފަހަރަށް ވަޙީ ބާވައިލެއްވެވުނެވެ. ޞަޙީޙުލް ބުޚާރީގައި ވެއެވެ.

أنجابربنعبداللهالأنصاريقال، وهويحدثعنفترةالوحي، فقالفيحديثه: (بيناأناأمشيإذسمعتصوتامنالسماء، فرفعتبصري، فإذاالملكالذيجاءنيبحراءجالسعلىكرسيبينالسماءوالأرض، فرعبتمنه، فرجعتفقلت: زملونيزملوني، فأنزلاللهتعالى: {ياأيهاالمدثر. قمفأنذر – إلىقوله – والرجزفاهجر} فحميالوحيوتتابع).މާނައީ: “ ޖާބިރު ބިން އަލްއަންޞާއީ ރިވާ ކުރަށްވާފައި ވެއެވެ. އެއްދުވަހަކު ތިމަންކަލޭގެފާނުހިންގަވާފައި ވަޑައިގަންނަވަނިކޮށް އުޑުން އަޑެއް އިވިވަޑައިގަތެވެ. އަދިމަތި ބައްލަވާލެއްވިއިރު ، ތިމަންކަލޭގެފާނު ޙިރާފަރުބަދައިގައިއިންނަވަނިކޮށް ވަޑައިގެން މަލާއިކަތާ އުޑާއި ބިމާއި ދެމެދު އިންނެވިއެވެ. ތިމަންކަލޭގެފާނު ބިރުފުޅުން އަވަސް އަވަހަށް އަހުލުވެރިންގެ ގާތަށްވަޑައިގެން زملونيزملوني (މާނައީ: ތިމަންކަލޭގެފާނުގެ ގައިކޮޅުގައިފޮތިގަނޑެއް އަޅާށެވެ. ތިމަންކަލޭގެފާނުގެ ގައި ކޮޅުގައި ފޮތިގަނޑެއްއަޅާށެވެ.) މިފަދައިން ވަދާޅުވީމެވެ. އެމީހުން ތިމަންކަލޭގެފާނުގެގައިކޮޅުގައި ފޮތިގަނޑެއް އަޅައި ނިވާކުރިއެވެ. އެއަށްފަހު މާތްﷲ (سورةالمدثرފެށިގެން والرجزفاهجر) މިހިސާބަށް ބާވައިލެއްވިއެވެ. ޔަޢުނީ سورةالمدثرގެ ފުރަތަމަ 5 އާޔަތް ބާވައިލެއްވިއެވެ. އެއީ: ﴿يَاأَيُّهَاالْمُدَّثِّرُ﴾މާނައީ: އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެންއޮންނެވި ކަލޭގެފާނެވެ! ﴿قُمْفَأَنذِرْ﴾މާނައީ: ކަލޭގެފާނުތެދުވެވަޑައިގެން إنذارކުރައްވާށެވެ! ﴿وَرَبَّكَفَكَبِّرْ﴾މާނައީ: އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް تكبيرވިދާޅުވާށެވެ! ﴿وَثِيَابَكَفَطَهِّرْ﴾މާނައީ: އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް طاهرކުރައްވާށެވެ! ﴿وَالرُّجْزَفَاهْجُرْ﴾މާނައީ: ”އަދި ބުދަށް އަޅުކަންކުރުމާދުރުވެވަޑައިގަންނަވާށެވެ!“ މިއަށްފަހު މެދުކެނޑުމެއްނެތި ޤަވާޢިދުންވަޙީ ލިބެއެވެ.

ޤުރުއާން ބާވައިލެއްވިފައި ވަނީ ބައިބަޔަށް ވަކިވަކިންނެވެ.

ކީރިތި ޤުރުއާން ރަސޫލާގެ މައްޗަށް ބާވައިލައްވާފައި ވަނީ އެއްފަހަރަކާނޫނެވެ. ރަސޫލާ صلىاللهعليهوسلمގެ މައްޗަށް ކީރިތި قرآنބާވައިލައްވާފައި ވަނީ ޖިބްރީލްގެފާނު މެދުވެރިކުރަށްވައި، އާޔަތަކަށްފަހުއާޔަތެއް ބާވައި ލައްވައިގެންނެވެ. އަދި މިބާވައިލެއްވުން ފުރިހަމަވީ 23އަހަރުދުވަހުންނެވެ.(3) ކީރިތި قرآنމާތް ރަސޫލާގެ މައްޗަށް ބާވައިލެއްވެނީބައިބަޔަށް ކަން އަންގަވައި މާތްﷲ ވަޙީ ކުރަށްވާފައި ވެއެވެ.﴿وَقُرْآنًافَرَقْنَاهُلِتَقْرَأَهُعَلَىالنَّاسِعَلَىٰمُكْثٍوَنَزَّلْنَاهُتَنزِيلًا﴾(އަލް އިސްރާ-106)މާނައީ: ”އަދި ކަލޭގެފާނު މީސްތަކުންނަށް(ވިސްނޭނޭހެން) ލަސްލަހުން ކިޔަވާވިދާޅުވެދެއްވުމަށްޓަކައި، ވަކިވަކިކޮށްތިމަން ރަސްކަލާނގެ އެ قرآنބާވައިލެއްވީމެވެ. އަދި ތިމަން ރަސްކަލާނގެ އެقرآنއެކި ފަހަރުމަތިން ބާވައިލެއްވީމެވެ.“އަދި ރަސޫލާއަށް އެއްފަހަރާقرآنބާވައިނުލެއްވީ ކީއްވެހޭ؟ އަހައި ކާފަރުން ސުވާލުކޮށްފައި ވަނީވެސްقرآنވަކިވަކިން ބާވައިލައްވާފައި ވާތީއެވެ. މާތްﷲ ވަޙީކުރަށްވާފައިވެއެވެ. ﴿وَقَالَالَّذِينَكَفَرُوالَوْلَانُزِّلَعَلَيْهِالْقُرْآنُجُمْلَةًوَاحِدَةًۚكَذَ‌ٰلِكَلِنُثَبِّتَبِهِفُؤَادَكَۖوَرَتَّلْنَاهُتَرْتِيلًا﴾(އަލް ފުރުޤާން-32)މާނައީ: ”ކާފިރުވީ މީހުން ބުނޫއެވެ. އެކަލޭގެފާނުގެ މައްޗަށް އެއްފަހަރާ قرآنބާވައި ނުލެއްވީކީއްވެގެންހެއްޔެވެ؟“

އެކުގައި އަދި ވަކިވަކިން قرآنބާވައިލެއްވުމުގެ ޙިކުމަތް.

قرآنބާވައިލެއްވުން ދެބަޔަކަށް ބެހިފައިވާއިރު ލައުޙުލް މަޙުފޫޟުންބައިތުލް ޢިއްޒާއަށް ބާވައިލެއްވުނީ އެންމެ ފަހަރެއްގެ މަތިންނެވެ. އަދިދެވަނަ ބާވައިލެއްވުން, ބައިތުލް ޢިއްޒާއިން ބިމަށް ބާވައިލެއްވިފައި ވަނީބައިބަޔަށް 23 އަހަރުގެ ދިގު މުއްދަތެއްގައެވެ. މި ދެބާވައިލެއްވުން މިހާތަފާތުކޮށް ބާވައިލެއްވުމުގެ ފަހަތުގައި ވަރަށް މުހިއްމު ޙިކުމަތްތަކެއްވެއެވެ. މިގޮތުން:-

Leave a Reply

Your email address will not be published. Required fields are marked *