Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the gotmls domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/admin/public_html/heyobas.info/wp-includes/functions.php on line 6121 Warning: Cannot modify header information - headers already sent by (output started at /home/admin/public_html/heyobas.info/wp-includes/functions.php:6121) in /home/admin/public_html/heyobas.info/wp-includes/feed-rss2.php on line 8 ތިމާވެށި/ ދިރޭތަކެތި – heyobas https://heyobas.info Wed, 04 Aug 2021 20:44:34 +0000 en-US hourly 1 https://wordpress.org/?v=6.8.1 ބުލޫ ފިޑްލާރ ކުރެބް ހުޅުމާލޭގައި އާލާވާން ފަށައިފި https://heyobas.info/?p=5313 https://heyobas.info/?p=5313#respond Wed, 01 Aug 2018 14:47:22 +0000 http://www.heyobas.info/?p=5313 މި ބާވަތުގެ ކަކުންޏަކީ އާންމުކޮށް މޫދާއި ގުޅިފައި ހުންނަ ޗަސްބިންތަކާއި ކުޅިތަކުގެ ކައިރީގައި އުޅޭ ކަކުނީގެ ވައްތަރެކެވެ. ނޫ އަދި އޮރެންޖް، ރީނދޫ، ކަޅު، ހުދު ކުލަ ހުންނަ މި ކަކުނީގެ ސައިޒްކީ 3 ސެންޓިމީޓަރާއި  2 ސެންޓިމީޓަރާއި ދެމެދެވެ.

ބްލޫފިޑްލާރ ކްރެބްއަކީ މީގެ ކުރިން ހުޅުމާލޭގައި އުޅުން ވައްތަރެއް ނޫނެވެ.  މި ބާވަތުގެ ކަކުނި ހުޅުމާލެއަށް އައި ގޮތްކަމަށް ބެލެވެނީ މޫދުން އޮޔާ ދެމެމުން ނެވެ.  ބްލޫ ފިޑްލާރ ކްރެބް ބިސް ވިހަން ގާތްވުމުން އެ ބިސްތައް ފެނަށް ދޫކޮށްލައެވެ.  އާންމުކޮށް 1000 އަށްވުރެ ގިނަ ބިސް ދޫކޮށްލައެވެ.  ލޮލަށް ރަނގަޅަށް ނުފެންނަވަރު ކުދި ބިސްތައް ފަޅާލާފައި ލާވާ ނުވަތަ ފަނި ނިކުމެއެވެ. އަދި އެ ފަނި 2 ހަފްތާވަރު އެކި މަރުހަލާތައް މޫދުގައި ނުވަތަ ފެންގަނޑުތަކާއި ކޯރުތަކުގައި ހޭދަކުރެއެވެ.

ހުޅުމާލެ އާއި އެންމެ ގާތުގައި މި ބާވަތުގެ ކަކުނި އުޅޭ އެއް ރަށަކީ އަޅުގަނޑަށް ފެނިފައިވާ ގޮތުން ކ.ހުރައެވެ.  ހުޅުމާލެ އަދި ހުރަޔަކީ އެއް ބަރިއަކަށް އެތުރިފައި ދެރަށެވެ.  އެހެންކަމުން ފިޑްލާރ ކްރެބް ހުޅުމާލެއާއި ހިސާބަށް އަންނާނެ ކަމަށް ބެލެވެން އޮތްގޮތަކީ ހުރާ ކުޅީގެ އުޅޭ ފިޑްލާ ކްރެބްގެ ފަނި އޮޔާ އައިސް ހުޅުމާލޭގެ ފަސްގަނޑަށް އަރައިގެންނެވެ.

ފިޑްލާ ކްރެބްއަކީ ދިޔަވަރު ހިކުމުން ހަރުން ބޭރަށް ނިކުންނަ ކަކުންޏެކެވެ. ބައެއް ފަހަރަށް ކާނާ ހޯދުމުގައި އަދި ނުރައްކާތަކުން ސަލާމަށް ވާން ފެންގަނޑު ތެރެއަށްދެއެވެ.

]]>
https://heyobas.info/?feed=rss2&p=5313 0
ވޮށިމަސް މިޔަރު އަދި ގުރޭޓްވައިޓް ޝާރކްއާއި ގުޅޭގޮތުން ދިވެހިންގެ ތެރޭގައި އާރާފައިވާ އޮޅުންތައް https://heyobas.info/?p=4593 Tue, 05 Jul 2016 11:11:34 +0000 http://www.heyobas.info/?p=4593 ރާއްޖޭގެ ބައެއް މަސްވެރިން ގަބޫލުކުރާ ގޮތުގައި ގުރޭޓް ވައިޓް ޝާރކް އަކީ  ދިވެހިންނަށް ކަނޑު މަތިން ފެންނަ ވޮށި މަސް މިޔަރެވެ. އެހެންނަމަވެސް އެއީ އޮޅުމެކެވެ. އަދި ބައެއް މީހުން ގުރޭޓް ވައިޓް ޝާރކް އަކީ ފެމުނު މިޔަރު ކަމަށްވެސް ބުނެ އުޅެއެވެ.

ވޮށިމަސް މިޔަރުގެ ގޮތުގައި ދިވެހިން ނަންދީފައިވާ މިޔަރަކީ އިނގިރޭސިބަހުން ބުނާނަމަ މާކޯ ސާރކް އެވެ. ވޮށިމަސް މިޔަރު   ފެންނަ ފެނުމަށް ވޮށި މަހާ ކޮންމެސް ވަރަކަށް ކުލަ އަދި ނަގޫ ކައިރި ކުޑަކޮށް އެއްގޮތްކަމެއް ހުރެއެވެ. އެހެންނަމަވެސް ގުރޭޓް ވައިޓް ޝާރކް އާއި އެއްވެސް ގޮތަކަށް ގުޅުމެއް ނެތެވެ.

ގުރޭޓް ވައިޓް ޝާރކް އަކީ ފެމުނު މިޔަރުތަ؟

ގުރޭޓް ވައިޓް ޝާރކް އަކީ ފެމުނު މިޔަރެއް ނޫނެވެ. އެހެނީ މިގޮތަށް ބުނެވޭ އެއްވެސް ސައްހަ ލިޔެކިޔުމެއް ނުވަތަ ރެކޯޑެއް ރާއްޖޭގެ އެއްވެސް އިދާރާއަކުން ފެންނާކަށް ނެތެވެ. އެހެންނަމަވެސް ފެންނާން ހުރި ލިޔެ ކިޔުންތަކުން އެނގެން ހުރި ގޮތުން ފެމުނު މިޔަރަކީ ޓައިގާރ ޝާރކެވެ. އެއީ މިނިކާވަގު ނުވަތަ ޓައިގާރގައި ހުންނަ ފަދަ ކުރެހުމެއް ހަންގަނޑުގައި ހުންނަ މިޔަރެކެވެ.

ފެމުނު މިޔަރަކީ ރާއްޖޭން ފެންނަ މިޔަރުގެ ވައްތަރެކެވެ. ކާބަފައިންގެ ޒަމާނުން ފެށިގެންވެސް ފެމުނު މިޔަރުގެ ވާހަކަޔަކީ އާންމު ވާހަކަ އެކެވެ. ރާއްޖޭގެ ބައެއް މަސްވެރިން ގުރޭޓްވައިޓް ޝާރކް ބާނާ ވާހަކަޔާއި ފެންނަ ވާހަކަ ދައްކައެވެ. އެހެންނަމަވެސް މިއީ ބުރަދަނެއް ހުރި ވާހަކައެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ.

ރާއްޖޭގެ ކަނޑުގެ މާހައުލަކީ ގުރޭޓްވައިޓް ޝާރކް އުޅޭ ސަރަހައްދުތަކުގެ ގޮތުގައި ދުނިޔޭގެ އެއްވެސް ރެކޯޑަކުން ފެންނަން އޮތް ސަރަހައްދެއް ނޫނެވެ. އަދި  ގުރޭޓްވައިޓް ޝާރކް ކަމަށް ބުނެ މަސްވެރިން ދެއްކި ފޮޓޯ ވީޑީއޯއިން ފާހަނގަކުރެވުނީ އެއީ މާކޯ ޝާރކް ނުވަތަ ވޮށިމަސް މިޔަރު ކަމެވެ. ރާއްޖޭގެ ކަނޑުގެ އާންމު ފިނު ހޫނު މިނަކީ 28، 30 ޑިގްރީސެލްސިޔަސް އެވެ. އެހެންނަމަވެސް ގުރޭޓް ވައިޓް ޝާރކް ދިރިއުޅެނީ 12 ޑިގްރީ ސެލްސިޔަސް އާއި 24 ޑިގްރީސެލްސިޔަސް އާއި ދޭތެރޭގެ ފިނި ހޫނު މިން ހުންނަ ސަރަހައްދުތަކުގައެވެ. މި ލިޔމުގެ ކުރިން ރާއްޖޭގެ އެންމެ މަސްހޫރު ޑައިވިން މާސްޓާރ ހުސައިން ރަސީދު(ސެންޑި) ގެ ބަހެއްވެސް ހޯދާލީމެވެ. ހުސައިންވެސް ވިދާޅުވާ ގޮތުން ގުރޭޓް ވައިޓް ޝާރކް އަކީ ރާއްޖޭގައި އުޅޭ މިޔަރެއް ނޫނެވެ.

ފޮޓޯ ނެގިފައިވަނީ:

Longfin Mako

]]>
ރާގޮނޑި ކޮއްޔަކީ ކޮބާ؟ https://heyobas.info/?p=4331 https://heyobas.info/?p=4331#respond Thu, 11 Jun 2015 04:56:32 +0000 http://www.heyobas.info/?p=4331 ރާގޮނޑި ކޮއްޔަކީ ކޮލި އާއިލާޔަށް ނިސްބަތްވާ މަހެކެވެ. މި މަހުގެ ލޯ ރާނގޮނޑީގެ ލޮލާއި އެއްގޮތްވާއިރު ހަންގަނޑުގައި އެއްގޮތްކަމެއް ހުރެއެވެ. އެހެންނަމަވެސް ބަނޑާ ހިސާބުގައި ކޮލީގެ އެހެން ބާވަތްތަކުގައި ހުންނަހެން ކުދި ކަށިތަކެއް ހުރެއެވެ. ބަނޑު ދައްފަރާތުގައި ރާގޮނޑީގައި ވާ ހުދު ރިހިކުލަ ހުންނައިރު މަތީގައި ހުންނަނީ ގަދަ ނޫ ކުލައެކެވެ. މަހުގެ ބުރަކަށި މަތީ ކޮތަރީގައި 15 އާއި 13 އާއި ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. އަދި ބަނޑު ދަށް ފަރާތުގެ ކޮތަރިދަށުގައިވެސް 13 އާއި 11 އާއި ދެމެދުގެ އަދަދަކަށް ކަށިހުރެއެވެ. ރާ ގޮނޑި ކޮއްޔަށް އިނގިރޭސި ބަހުން ކިޔަނީ އޯސެނިކް ޕުފާރ ފިސްއެވެ. މަހުގެ ސައިންޓިފިކް ނަމަކީ Lagocephalus lagocephalus, އެވެ.

ރާނގޮނޑި ކޮއްޔަކީ ރާގޮނޑިއާ އެއްވައްތަރުވެގެން އޮޅިގެން ކެވިދާނެހާ ވައްތަރު މަހެއްތޯއެވެ؟ މި ސުވާލަށް ޖަވާބު ދޭނަމަ ބުނެވެން އޮތީ ހަންގަނޑާ އަދި ކުލަ އަދި ލޮލުގައި ވައްތަރު ކަމެއް ހުރެއެވެ. އެހެންނަމަވެސް މުޅި މަހުގެ ސިފަ ނުވަތަ ސޭޕް، އަނގަ، ބަނޑު ދަށްފަރާތު ހަންގަނޑު، އުރަހަތައް، ނަގޫ ވަރަށް ބޮޑަށް ތަފާތެވެ. އެހެންކަމުން އޮޅިގެން ކެވިދާނެ މަހެއްކަމަށް ގަބޫލެއް ނުކުރެވެއެވެ.

ރާނގޮނޑި ކޮލީގެ ވިހަ: ރާނގޮނޑި ކޮލީގައި ހިމެނޭ ވިހަ މާއްދާ ކެވިއްޖެނަމަ އިންސާނާގެ ފުރާނައަށް ނުރައްކާވެ އަވަސް ފަރުވާ ނުދެވިއްޖެނަމަ މަރާ ހަމަޔައް ދެއެވެ. އާންމުކޮށް ކޮލީގެ ހުރިހާ ވައްތަރުތަކަކީވެސް ވިހަ ހިމެނޭ މަސްތަކެކެވެ. އެހެންނަމަވެސް އެ ވިހަ މާއްދާއަކީ ވަކި ހިސާބެއްގައި ހުންނަ އެއްޗަކަށްވާތީ އެ މަހަކީވެސް ވިހަ ނަގާ ސާފްކޮށްގެން ކެއުމަށް ބޭނުންކުރާ މަހެކެވެ. މިގޮތުން ޖަޕާންގައި ކޮލީގެ ބާވަތްތައް ކައި އުޅެއެވެ. އެހެންނަމަވެސް ކޮލިން ވިހަ ފިލުވުމަށް ތަމްރީންކޮށް ލައިސަންސް ދީފައިވާ ފަރާތްތަކަށް ނޫނީ މި ބާވާތުގެ މަސް ކެއުމަށް މާރކެޓް އަށް ނެރުމުގެ ހުއްދަ އެއް ނޯވެއެވެ.

ރާނގޮނޑި ކޮލީގައި ހިމެނޭ ވިހަ މާއްދާއަކީ tetrodotoxin އެވެ. މިބާވަތުގެ ވިހަ ހިމެނޭ އެއްޗެއް ކެވިއްޖެނަމަ މީހާ ވާގިނެތި ނޭވާލުން ހުއްޓި، ހިތުގެ ހިންގުން ހުއްޓެއެވެ. ހަމަ އެހެންމެ ލޭ ދައުރުކުރާ ނިޒާމް ހުއްޓެއެވެ. މިހުރިހާ މައްސަލަ އެއްގެ ނަތީޖާއަކީ ފުރާނައަށް ނުރައްކާވެ މަރާ ހިސާބައް ދިއުމެވެ. އެހެންނަމަވެސް އެ ވިހަ މާއްދާ ނަގާ ސާފްކޮށްގެން ކެއުމުން އޭގެ ނުރައްކަލެއް ނެތެވެ.

ވިޔަފާރީގެ ގޮތުގައި ކޮލީގެ މަސްވިއްކާއިރު ބައެއް ފަހަރަށް އެންމެ ރަނގަޅަށް ސާފް ނުކުރެވި ހުރެދާނެއެވެ. ރާނގޮނޑިކޮލީގައި ހުންނަ ވިހަ މާއްދާ  ނުނަގާނަމަ ކައްކާ ހިއްކިޔަސް އޭގައި ހުންނާނެއެވެ. ހިއްކާފައިވާ ރާނގޮނޑި ކޮލި މަސް ކައިގެން އޭގެ ވިހައިގެ އަސަރުކޮށްގެން 2014 ވަނަ އަހަރު ނިއުޔޯރކް ސިޓީގެ މެޑިކަލް ސެންޓާރ އަކަށް 2 މީހަކު ގޮސް ދަށްކާފައިވެއެވެ. އެހެންކަމުން މިފަދަ ތަކެތި ކެއުމުގައި ސަމާލުވާން ޖެހެއެވެ.

Tetrodotoxin Poisoning Outbreak from Imported Dried Puffer Fish

The Lagocephalus invasion

Pictures available for Lagocephalus lagocephalus.

]]>
https://heyobas.info/?feed=rss2&p=4331 0
އެއަށްޓެހި މަހުގައި ވިހަކަށި ހުރުމުން މަސްތައް ނައްތާލަން ޖެހޭތޯ! https://heyobas.info/?p=4322 https://heyobas.info/?p=4322#respond Mon, 25 May 2015 20:28:01 +0000 http://www.heyobas.info/?p=4322 އާދައިގެ މަތިން މިއަދު ހަބަރުތައް ކިޔާލަން ނޫސްތަކަށް ވަނުމުން ލޮލުގައި އަޅައިގަތީ ވިހަ ކަށިތަކެއް ހުރި މަސްތަކެއް ވޭމަންޑޫ ފަޅުން ހިފި ވާހަކައެވެ. އަދި މިކަމުގައި ކައުންސިލުގެ ރައިސްވެސް އެކަމަށް ތާއީދުކޮށް ވާހަކަދަށްކާފައިވާ ހަބަރެކެވެ.  ހަމަ އެހެންމެ މީގެ ކުރިން ޅ.ކުރެންދޫ ފަޅުންވެސް ވަނީ އެބާވަތުގެ މަސްތަކެއް ހިފާފަ މަރާފައެވެ.

ބުއްދީގެ ހަމަތަކާއި ސައިންށްގް ވިސްނުމަކުން ބަލާއިރުވެސް ގަބޫލުކުރަންޖެހޭނެ ހަގީގަތަކީ މިބާވަތުގެ މަހެއްގައި ހުންނަ ކަށިތަކަކީ އިންސާނާއަށް އެއްވެސް ބިރުވެރިކަމެއް ހުރި ކަށިތަކެއް ނޫންކަމެވެ. އަދި ކިއެއްތަ އެއަށްތެހި ކިޔާ މިބާވަތުގެ މަހަކީ ކެއުމަށްވެސް ރަނގަޅު މަހެކެވެ.  މަހެއްގެ ރައްކާތެރިކަމެއް އަދި ކާނާ ހޯދުމަށްޓަކައި ފަސޭހަޔަކަށް އޭގައި ކަށިތަކެއް ހުރުން އެއީ އެ މަސް ނުރައްކާވާން ޖެހޭނެ ސަބަބެއްވެސް ނޫނެވެ. އަދި މަސްގަނޑު ވިހަވާން ޖެހޭނެ ސަބަބެއް ނޫނެވެ. އެއަށްޓެހި މަހަކީ ގްރޫޕް ހަދައިގެން އުޅޭ ކެޓްފިސް ގެ ވައްތަރެކެވެ.

އާންމުކޮށް ކަނޑުފަޅުން ނުފެނުން ނަމަވެސް މިބާވަތުގެ މަހަކީ އޭގެ ބިރުވެރިކަމެއް އޮތް މަހެއް ނޫނެވެ. އަދި އެއަށްޓެހި މަސް އިންސާނަކަށް ހަމަލާ ދިން ކަން އެނގޭ އެއްވެސް ރެކޯޑެއް ނެތެވެ. ދިވެހިން ގިނަ ބަޔަކު ކެއުމަށް ބޭނުންކުރާ ގިނަ ވައްތަރުތަކުގެ މަހުގައިވެސް މަތީ އުރަހައިގެ ކަށިތަކުގައި ވިހަ ކަމެއް ހުންނާނެއެވެ، އެހެންނަމަވެސް އެބާވަތްތަކާއި އެއްގޮތަށް އެއަށްތެހި މަހުގެ ކަށީގައިވާ ވިހަ ޔަކީވެސް އިންސާނާގެ ފުރާނަޔައް ނުރާއްކާވާނެ ވަރުގެ ވިހައެއް ނޫނެވެ.

އެއަށްތެހި މަހަކީ އޭގެ ކަށީގައި ވިހަކަމެއް ހުރުމުން އެ ނައްތާލަން އުޅުމަކީ މޫދުގައި ހުންނަ ހިޔަމަތަކާއި ގާވިޔާމަސް ފަދަ ތަކެތި ނައްތާލުންފަދަ ކަމެކެވެ. ވިހަ މާއްދާ އެއް އޭގެ ކަށީގައި ހުރުމަކީ އެ ދިރުން ދުނިޔޭން ނައްތާލަން ޖެހޭނެ ސަބަބެއް ނޫނެވެ. އެހެނީ ގިނަ މަސްތަކުގައި އެކަށިތަކުގައި ވިހަކަން  ހުންނަނީ ދިފާއީ ހަތިޔާރެއްގެ ގޮތުގައެެވެ.

]]>
https://heyobas.info/?feed=rss2&p=4322 0
ދިވެހިން ނުރާއްކާތެރި ދިރުންތަކުގެ ގޮތުގައި ފާހަނގަކުރާ މޫދުގެ ދިރުންތަކުގެ ޙަގީގަތް 1 https://heyobas.info/?p=4303 Tue, 19 May 2015 13:17:18 +0000 http://www.heyobas.info/?p=4303 ނުރައްކާތެރި މަސްތަކެއްގެ ގޮތުގައި ބައެއް ބާވަތްތަކުގެ މޫދުގެ ދިރުންތައް ދިވެހިންގެ ތެރޭގައިވެސް އަންނަނީ ފާހަނގަކުރެވެމުންނެވެ. ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ބިރުވެރިކަން އުފައްދައެވެ. އެހެންނަމަވެސް އަޅުގަނޑު ބެލި ބެލުމުން އަދި ކުރެވުނު ތަޖްރިބާއިން އެ ބާވަތްތަކަކީ އޭގެ ޒާތުގައި ނުރައްކާތެރި ތަކެއްޗެއް ނޫނެވެ. ޙަގީގަތުގައި އެއްޗެއް ނުރައްކާ އެއްޗެއްގެ ގޮތުގައި ސިފަކުރަންވާނީ އޭގެ ޒާތުގައި އައިސް ގެއްލުމެއް ނުވަތަ ހަމަލާއެއް ދޭނަމައެވެ. މިއީ އަޅުގަނޑުގެ ވިސްނުމެވެ.

ގާހިވިހަ މަސް ނުވަތަ ގާވިޔާމަސް މިއީ ވަރަށް ނުރައްކާ ބިރުވެރި މަހެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ މަހެކެވެ. އެހެންނަމަވެސް އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި އެ މަހަކީ އިންސާނުން ދެކެ ބިރު ގަންނަ މަހެކެވެ. އިންސާނަކު ގާތްވާއިރަށް ގިނަފަހަރަށް ދުވެ ފިލައެވެ. އަޅުގަނޑު އާންމުކޮށް ގާވިހަ މަސް ފެންނައިރަށް ޓެސްޓްކުރުމުގެ ގޮތުން އޭގައި ކޮށްޓާ ހަދަމެވެ. މިހެން ކޮއްޓާ ރުޅި އަރުވައިގެންވެސް ގަޔާ ދިމަޔައް އައިސް ހަމަލާ ދޭވަރަށް ގޯނާކުރެވެއެވެ. ބައެއް ފަރާތްތަކުން އުފައްދާ ސުވާލަކީ އެ މަސް ހަމަލާ ދެނީ ކީއްވެތޯއެވެ؟ މި ސުވާލުގެ ޖަވާބެއް ދޭނަމަ ބުނަން ޖެހޭނީ ގާހިވިހަމަސް އިންސާނުންނަށް ހަމަލާ ނުދޭކަމަށެވެ. އެހެންނަމަވެސް މަސް  ކޮންމެސް ގޮތަކަށް ތަނެއްގައި އިންދައި އަޅުގަނޑުމެން ގޮސް އެރުމުންނެވެ. އެއީ އަމިއްލަ ސަލާމަތަށްޓަކައި ދިފާއުގައި ކުރަން މަޖުބޫރުވާ ކަމެކެވެ. ހަގީގަތުގައި ކަށި ޖަހަނީކީ ނޫނެވެ. ތޫނު ކަށިތަކެއް މައްޗައް އަޅުގަނޑުމެން އަރަނީއެވެ. ދެން ބައެއް ބޭފުޅުން ބުނާގޮތުން އެ މަހަކީ އެއްކޮށްވެސް ވިހަ މަހެކެވެ. އެހެންނަމަވެސް އެއީވެސް ޙަގީގަތެއް ނޫނެވެ. އަޅުގަނޑަކީ އޭގެ މަސް ފިހެގެން ކައި ތަޖްރިބާކުރި މީހެކެވެ. ކާލަން މީރު މަހެކެވެ. ސަލާމަތައްޓަކައި ކަށީގައި ހުންނަ ވިހަކަމަކީ މަސްގަނޑައި ގުޅުމެއް ހުންނަ ވިހަކަމެއް ނޫނެވެ. މަހުގެ ކަށިތަކުގައި ހުންނަ ވިހަ މާއްދާއިން ރަށްކާތެރިވުމަށް މޫދު އެރި އުޅޭއިރު ފަރުވާތެރިވެ އުޅުން މުހިންމެވެ. މޫދުގައި އަރާ ބޫޓްފަދަ ތަކެތި ބޭނުންކުރުން އެއީ މުހިންމު ކަމެކެވެ. ވިހަވަނީ މަސް ނުރައްކާ ވީމަކާ ނޫނެވެ. ވިހަވަނީ ސޭފްޓީ ކަންތަކުގައި ފަރުވާ ކުޑަކުރުމުންނެވެ. ސޭފްޓީ ބެލްޓް ނާޅާ ހުއްޓައި އުސްތަނަކުން  ވެއްޓުމަކީ ތަނުގެ މައްސަލައެއްގެ ގޮތުގައި ނިންމުމަކީ ހަމަޖެހޭ ކަމެއްނޫނެވެ.

ފަންހާމަސް މިއީވެސް ދިވެހިންގެ ތެރޭގައި ވަރަށް ނުރައްކާތެރި މަހެއްގެ ގޮތުގައި ސިފަކުރެވެމުން އަންނަ މަހެކެވެ. އެހެންނަމަވެސް ފަންހާމަސް ހަމަލާ ދީގެން މީހަކު މަރުވި ވާހަކަ އެއް ނުވަތަ ވިހައިގެ އަސަރު ކުރިވާހަކަ އަޑެއް ނީވެއެވެ. ބައެއް މީހުން ބުނާ ގޮތުން ފަންހާމަހަށް އުނދަގޫކުރުމުން ގަޔާ ދިމާލައް އާދެއެވެ. އެހެންކަމުން އެކަން ޓެސްޓްކުރުމުގެ ގޮތުން އަޅުގަނޑު އާންމުކޮށް ފީނާ ހަދާއިރު ފަންހާމަސް ފަދަ ތަކެތި ފެނުމުންވެސް އެތަކެއްޗައް އުނދަގޫ ކުރަމެވެ. ބޭނުމަކީ މިފަދަ ލިޔުމަކަށް ބޭނުންވާ މައުލޫމާތު އެއްކުރުމެވެ. ތަޖްރިބާކުރުމެވެ.

ފަންހާމަސް އާންމުކޮށް ބޮޑުވަނީ 30 ސެންޓިމީޓަރ އާއި 38 ސެންޓިމީޓަރާއި ދެމެދަށެވެ. ފަންހާ މަހަކީ ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި ކެއުމަށް ބޭނުންކުރުމުގައި ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ މަހެކެވެ. އަދި ހަމަ އެހެންމެ ޓޭންކްތަކާއި ފެންގަނޑުތަކުގައި ގެންގުޅޭ ފަދަ މަސްތަކުގެ ވިޔަފާރީގައި ޑިމާންޑް ބޮޑު މަހެކެވެ. ފަންހާމަސް ވެސް  އޭގެ ޒާތުގައި އިންސާނާ އަށް ނުރައްކަލެއް ނެތެވެނެޝަނަލް ޖިއޮގޮރަފިކް.

 

އަމިއްލަޔަށް އައިސް އިންސާނާ އަށް ފަންހާމަސް ހަމަލާ ދީފައިވާކަން އެނގޭކަށް ނެތެވެ. އެހެންނަމަވެސް އޭގައި އަތްލައިގެން ނުވަތަ އަތް ޖެހިގެން އޭގެ ކަށި ހެރިއްޖެނަމަ ވިހަވެދާނެއެވެ. ފަންހާމަހުގެ ކަށީގައި ހުންނަ ވިހަޔަކީ އޭގެ ސަބަބުން އިންސާނާގެ ފުރާނަޔަށް ނުރައްކާވެދާނެ އެއްޗެއްތޯ މީވެސް ވަރަށް ގިނަ ބައެއްގެ ސުވާލެކެވެ. ލަޔަން ފިސް.ކޮމް ގައި ވާ ގޮތުން ފަންހާމަހުގެ ކަށިތަކުގައު ހުންނަ ވިހަޔަކީ އިންސާނާގެ ފުރާނަޔަށް ނުރައްކާ އެއްޗެއް ނޫނެވެ. އެހެންނަމަވެސް ފަރުވާ ނުކުރެވިއްޖެނަމަ އެ ވިހައިގެ އަސަރު ކުރާނެއެވެ. މިގޮތުން ދިލަ ނެގުމާއި ތަދު އިހްސާސްކުރެވޭނެއެވެ.

ފަންހާމަހަކީ ކެއުމަށްރަނގަޅު މަހަކެވެ. މިގޮތުން ބަލާއިރު އޮމެގާ3 ގެ މިންވަރު އިތުރު މަހެކެވެ. އެތައް ހާސްބަޔަކު ފަންހާ މަސް ކެއުމަށް ބޭނުންކުރާއިރު އެތައް ސަތޭކަ ރެސްޓޯރެންޓެއްގެ މެނޫގައި ހިމެނޭ މަހުގެ ބާވަތެކެވެ.

ދުނިޔެމަތީ މާއްﷲ ލެއްވި ކޮންމެ އެއްޗެއްވެސް ލައްވާފައިވަނީ ހިކުމަތަކަށްޓަކައެވެ. މާތްﷲ އެއްވެސް އެއްޗެއް ބޭކާރު ގޮތެއްގައި ނުލައްވައެވެ. އެހެންކަމުން ބޭކާރުގޮތުގައި ދިރުންތައް މެރުމާއި ދުރުހެލިވާންޖެއެވެ. ފަންހާމަސް ފަދަ ބާވަތްތަކުގެ މަސްތައް ބައެއް ފަރާތްތަކުން މަރަނީ ބިރުވެރި ނުރައްކާތެރި މަހެއްކަމަށް ބުނެފައެވެ. އެހެންނަމަވެސް އިސްވެ ބަޔާންކުރެވުނު ފަދައިން އެމަހަކީ ކެއުމަށް މީރު އޭގެ ޒާތުގައި ނުރައްކަލެއް ނެތް މަހެކެވެ.

ނޯޓް: މި ލިޔުމުގެ އިތުރު ބައިތައް ،ކަނޑުފަރުގައި އުޅޭ ނުރައްކާތެރި ދިރުންތަކުގެ ރަނގަޅު މައުލޫމާތު މި ލިޔުމާއި ގުޅުވާލެވިގެން ލިޔެ އަވަސް މުސްތަޤުބަލެއްގައި ސައިޓުން ފެންނާނެއެވެ. އިންޝާﷲ.

]]>
ފެމުނު މިޔަރާ ބެހޭގޮތުން ދިވެހިންގެ ތެރޭގައި ދެކެވޭ ވާހަކަތާ މެދު..! https://heyobas.info/?p=3805 https://heyobas.info/?p=3805#respond Tue, 15 Apr 2014 11:21:39 +0000 http://www.heyobas.info/?p=3805 ފެމުނު މިިޔަރަކީ ކޮބާތޯއެވެ؟ މީ ވަރަށް ގިނަ ފަރާތްތަކަކުން އުފައްދާ ސުވާލެކެވެ. ހަމަ އެހެންމެ ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް އަދިވެސް ފެމުނު މިޔަރު ވަކި ކުރުމުގައި އޮޅުންތަކެއް. އަރާކަން ފާހަނގަކުރެވެއެވެ. ބައެއް ފަރާތްތަކުން ގްރޭޓް ވައިޓް ޝާރކް އަށް ފެމުނު މިޔަރު ކިޔާ އަޑުވެސް އިވެމުން ދެއެވެ. ހަމަ އެހެންމެ އާންމުކޮށް މިޔަރު ހަމަލާ ދޭ ފިލްމްތަކުން ފެންނަ ގްރޭޓް ވައިޓް ޝާރކްއަކީ މުޅިން ތަފާތު ބާވަތަކެވެ. އަދި ގްރޭޓް ވައިޓް ޝާރކް އަކީ ރާއްޖޭގައި އުޅޭކަން އެއްވެސް ރެކޯރަޑަކުން ފެންނަން ނެތް މިޔަރުގެ ބާވަތެކެވެ.  އެހެންނަމަވެސް ބައެއް ދިވެހިންނާއި ފީނާ މީހުން Shortfin Mako  ނުވަތަ ވޮށިމަސް މިޔަރަށް ގްރޭޓްވައިޓް ޝާރކް ކިޔައެވެ. އެހެންނަމަވެސް އެއީ މުޅިން ތަފާތު ދެ ވައްތަރެކެވެ..Tiger_shark

ޓައިގާރ ޝާރކް ނުވަތަ ފެމުނު މިޔަރަކީ އާންމުކޮށް ފެންނަ އެހެން ބާވަތްތަކުގެ މިޔަރާއި ތަފާތު ވައްތަރެކެވެ. ޓަައިގާރ ގެ ނަމުން ނަންދެވިފައިވާ މިނިކާވަގުގެ ކެހެރިގަނޑުގައިވާ ކުރެހުމާއި އެއްގޮތްކަމެއް ހުންނަ ހުރަސް ރޮނގުތަކެއް މަތިން ފަށައިގެން ތިރިޔައް ހުރެއެވެ.

ރާއްޖޭގެ މަސްމަހާ މެހީގެ ރެކޯރޑްތަކަށް ބަލާއިރު ފެމުނު މިޔަރުގެ ނަން ދެވިފައިވަނީ ޓައިގާރ ޝާރކް އަށެވެ. ރާއްޖޭގައި އުޅޭ ކަމަށް ލިސްްޓްކުރެވިފައިވާ މިޔަރުގެ 26 ވައްތަރުގެ ތެރޭގައި ހިމެނޭ ފެމުނު މިޔަރާއި ބެހޭގޮތުން  ވަރަށް ބިރުވެރި ވާހަކަތައް ތުންތުން މަތިން ކިޔަމުން އައިނަމަވެސް އެފަދަ ތަފާސް ހިސާބެއް ފެންނަން ނެތްކަން ފާހަގަކުރެވެއެވެ. އަދި ހަމަ އެހެންމެ ފެމުނު ހަމަލާ ދިން ހަބަރެއް އަޅުގަނޑު ހަމަ ގައިމުވެސް ނާހަމެވެ. އެހެންނަމަވެސް “ޕިރާޑްގެ ގަލަމުން ދިވެހިރާއްޖެ” މި ފޮތުގައި ޕިރާޑް ސިފަކުރައްވާ ގޮތުގައި އެ ޒަމާނުގައި ވަރަށް ގިނަ ދިވެހިން ގެ ބައެއް ގުނަވަންތައް އައިބުވެފައިވާކަމަށް ލިޔެފައި ވެއެވެ. އަދި އެ ރާއްޖެއަކީ ކަނޑުގެ ސަރަހައްދު  ބޮޑު ގައުމަކަށްވެފައި މޫދަށް އެރި އުޅުމުގައި ބޮޑެތި މަސް ހަމަލާ ދެނީކަމަށް ލިޔެފައިވެއެވެ. އޭގެންވެސް ފެމުނު މިޔަރުކަމެއް އެނގޭކަށް ނެތެވެ.

ފެމުނު މިޔަރު އާންމުކޮށް އުޅެނީ ޕެސިފިކްގެ މެދުތެރޭގެ ރަށްތަކާއި ކަނޑު ފަޅުގައި ނަމަވެސް ފެމުނު ރާއްޖޭގައިވެސް އުޅޭކަން ރެކޯރޑްތަކުން ދަށްކައެވެ. ހަމަ އެހެންމެ މިހާރުވެސް މަދުން ނަމަވެސް އެކި ސަރަހައްދުތަކުން ފެންނަކަން ފާހަގަކުރެވެއެވެ. އާންމުކޮށް ވަރަށް ގިނަ ދިވެހިން ބުނާ ގޮތުން އެމީހުން މަހައްދާ ދޯނިތަކަށްވުރެ ބޮޑެތި ފެމުނު މިޔަރު ފެނެއެވެ. އެހެންނަމަވެސް މި ވާހަކަ ގަބޫލްކުރަން ދަތިވަނީ އެތައް ހާސް އަހަރެއްވަންދެން ސައިންވެރިން ދިރާސާކޮށް ހެދުމުގައި، އަދި އާންމުކޮށް ފެމުނު އުޅޭ ސަރަހައްދުތަކުންވެސް ފެންނަ އެންމެ ބޮޑު ސައިޒްއަކީ 16 ފޫޓް ގެ ފެމުނު މިޔަރެވެ.(wikipidia). އެހެންނަމަވެސް ސުވިޒަރލެންޑްގެ ސާރކް އިންފޯ އޮފީހުގެ ޑާޓާބޭސްގައި(ސުވިސް ސާރކް އިންފޯ) ވާގޮތުން 18 ފޫޓަށް ބޮޑުވެއެވެ. އަދި ފަހަރެއްގައި 25 ފޫޓަށްވެސް ބޮޑުވެދާނެއެވެ(Fourmanoir 1961). އަދި ނޭޝަނަލް ޖިއޮގުރަފިކް ޗެނަލްއިން ފާހަގަކޮށްފައިވާ ގޮތުގައި ފެމުނު މިޔަރު ބޮޑުވަނީ 10 ފޫޓާއި 14 ފޫޓާއި ދެމެދުގެ މިންގަނޑަކަށެވެ(ނޭޝަނަލް ޖިއޮގރަފިކް). urls

ފެމުނު މިޔަރު އާންމުކޮށް ކައި އުޅެނީ ތަފާތު ވައްތަރުގެ މަސް، ސީލް، ކަނޑުމަތީ ދޫނި، ވެލާ ކަހަނބާއި ބޯވާ ދިލަމަސް އަދި ކޯމަސް އަދި ފެން ހަރުފައެވެ. އަދި ކުދި ފެމުނު މިޔަރު އާންމުކޮށް ކަނީ ޖެލީ ފިސް އަދި ބައެއް ވައްތަރުގެ މަސްފަދަ ތަކެއްޗާއި ބޯވާ، ބޯވާ ދިލަމެހެވެ. ފެމުނު މިޔަރަކީ އިންސާނުންނަށް ހަމަލާ ދޭ މިޔަރުގެ ބާވަތެކެވެ. 2013 ވަނަ އަހަރުގެ ތެރޭގައިވެސް މުޅި ދުނިޔޭގައި 72 މީހުންނަށް މިޔަރުގެ ހަމަލާ ކުރިމަތިވެފައި ވާއިރު އޭގެ ތެރޭގައި ފެމުނު މިޔަރުގެ ހަމަލާ ވެސް ހިމެނެއެވެ. އެހެންނަމަވެސް އާންމުކޮށް ގިނަ ހަމަލާތަށް ކުރިމަތިވެފައިވަނީ ގްރޭޓްވައިޓް ޝާރކްގެ ފަރާތުންނެވެ. ހަމަ އެހެންމެ މި ހާދިސާތައް އާންމުކޮށް ހިނގާފައިވަނީ އެމެރިކާގެ ހަވާއި، ފުލޮރިޑާ،  އަލްބާމާ، ފަދަ އެމެރިކާގެ ސަރަހައްދުތަކުގައެވެ. އަދި މީގެ އިތުރަށް އޮސްޓްރޭލިއާ ސައުތު އެފްރިކާގައެވެ. ރާއްޖޭގައި ފެމުނު މިޔަރުގެ ބިރުވެރިކަން ބޮޑުކަމަށް ބައެއް ފަރާތްތަކުން ބުނަމުން އައި ނަމަވެސް ފެމުނު ހަމަލާ ދިނުމުގެ ހާދިސާއެއް ހިންގި ކަން އެނގޭކަށްނެތެވެ.

ދިވެހިންނަކީ އާންމުކޮށް މޫދަށް އެރި އުޅޭ ބައެކެވެ. ދިވެހިންގެ ގިނަ ބަޔަކު މިހާރުވެސް މަސައްކަތުގައި ކަނޑުމަތީގައި ހޭދަކުރެއެވެ. ފަޅުތަކުން އާންމު ކޮށް ފެމުނު މިޔަރު ނުފެންނައިރު އަދި އެފަދަ ހާދިސާތަކެއް ހިނގާކަން ފާހަގަނުކުރެވޭއިރު ތަފާތު ވާހަކަތައް ތަފާތު ގޮތްގޮތަށް ދަށްކާ ބިރުވެރިކަން އުފެއްދުމުގެ ބޭނުމެއް ނެތެވެ.

Biological information about shark in Maldivian waters is available for four sources:

— The exploratory offshore fishing survey carried out by MRS with assistancefrom FAO/BOBP

(Anderson and Waheed, 1990). Original data are maintained at MRS.

— The reef fish resources survey carried out by MRS with assistance from FAO/BOBP (Van

der Knaap et al., 1991; Anderson et al., 1992). Original data are maintained at MRS.

— This survey.

— Other published information.

To date, 26 species of shark have beenpositively identified from the Maldives. Four species (three

]]>
https://heyobas.info/?feed=rss2&p=3805 0
އެމޭޒަން ޖަންގަލި https://heyobas.info/?p=615 https://heyobas.info/?p=615#respond Sat, 15 Feb 2014 04:57:48 +0000 http://www.heyobas.com/?p=615 ދުނިޔޭގައި އެންމެ ގިނަވައްތަރުގެ ދިރުންތައް އުޅޭ ސަރަހައްދަކީ ސައުތު އެމެރިކާ ބައްރުގައިވާ އެމޭޒަން ޖަންގައްޔެވެ. ބޮޑުމިނުގައި 1.7ބިލިއަން އޭކަރު ހުންނަ މި ޖަންގަލިވަނީ އެ ބައްރުގެ 9 ގައުމަކާއި ގުޅިފައެވެ.  ޖަންގަލީގެ ބޮޑުބައެއް ހިމެނެނީ ބުރެޒިލްގެ ބިމުގައެވެ. އެއީ ޖަންގަލީގެ 60 ޕަސެންޓެވެ. ޖަންގަލީގެ 13 ޕަސެންޓް ޕެރޫގެ ބިމުގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު 10 ޕަސެންޓް ހިމެނެނީ ކޮލަމްބިއާގައެވެ. އަދި ހަމަ އެހެންމެ ވެނެޒުއޭލާ، ބޮލީވިއާ އަދިވެސް ސަރަހައްދުގެ އިތުރު ގައުމުތައްވަނީ ޖަންގައްޔާއި ގުޅިފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ޖަންގަލީގެ ގޮތުގައި ފާހަގަކުރެވިފައިވާ އެމޭޒަން ޖަންގަލީގައި ފަސްގަނޑު ތެއް ޗަސްބިންތަކާއި ފެންގަޑުތައް ހިމެނިފައިވާއިރު އެތަނަކީ އެންމެ ގިނަވައްތަރުގެ ގަސްގަހާގެއްސާއި ދިރޭތަކެތި އުޅޭކަން ފާހަގަކުރެވިފައިވާ ތަނެވެ.އެތައް ވައްތަރެއްގެ ދޫނީ ސޫފާފު އުޅޭއިރު އާންމުކޮށް ނުފެންނަ އެތައް ހާސް ގަސްގަހާގެއްސާއި ފަނިފަކުސާތައް އުޅެއެވެ. ހަމަ އެހެންމެ އިންސާނީ އެތައް ގަބީލާއެއް މި ޖަންގަލީގެ އެކި ހިސާބުތަކުގައި އުޅޭކަން ފާހަގަކުރެވެއެވެ. މިގޮތުން ދާދި ފަހުން ޕެރޫއާވީ ފަރާތުން ވެސް ދުނިޔެ  ދެކެމުން މިދާ ތަރައްޤީގެ ކުލަވަރު އެއްވެސް ވަރަކަށް ނުފެންނަ ގަބީލާތައްވަނީ ފެނިފައެވެ. ހަމަ އެހެންމެ އެފަދަ ގަބީލާތައް ފެނުމުން ޖަންގައްޔައް އެކި ދިރާސާތައްކުރުމަށް ދާ ފަރާތްތަކުން އެމީހުން ރުޅިއެރުވުމުން ބޮޑެތި ލޭ އޮހޮރުވުންތައްވެސް ވަނީ ހިނގާފައެވެ. އެހެންކަމުން ދާދި ފަހަކުން 2011 ވަނަ އަހަރުގެ ފަހުކޮޅު ޕެރޫ ގެ ސަރުކާރުން އެ ސަރަހައްދުގައި ދިރިއުޅޭ އެފަދަ ގަބީލާތަކަށް އުނދަގޫ ނުކުރުމަށް ވަނީ ގޮވާލާފައެވެ.

އެމޭޒަން ޖަންގަލީގައި މަދުވެގެން 40,000ވައްތަރުގެ ގަސްގަހާގެހި ހުންނަކަންވަނީ ފާހަގަކުރެވިފައެވެ.  އަދި ހަމަ މިއާއެކު 2.5 މިލިއަން ވައްތަރުގެ ކުދި ސޫފި އުޅޭކަންވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރޭގައި ހިނީގެ ވައްތަރުތަކާއި ނަގުލަންދާށި، ފަނި، ފަދަތަކެތި ހިމެނެއެވެ. ދުނިޔޭގައި އުޅޭ ދޫނީގެ ވައްތަރުތަކަށް ބަލާއިރު ކޮންމެ 5 ވައްތަރަކުން 1 ވައްތަރުގެ ދޫނި އުޅެނީ އެމޭޒަން ޖަންގަލީގައެވެ. މިގޮތުން 1 294 ވައްތަރުގެ ދޫނީ އެމޭޒަން ޖަންގަލީގައި އުޅެއެވެ. އަދި 2200 ވައްތަރުގެ މަސް އެމޭޒަން ޖަންގަލީގެ ފެންގަނޑުތަކުގައި އުޅޭއިރު ބަނޑުއަޅާ ވިހާ ބާވަތްތަކުގެ ގޮތުގައި ފާހަގަކުރެވިފައިވާ 427 ވައްތަރުގެ ދިރޭތަކެތި އުޅެއެވެ.އަދި މީގެ އިތުރަށްވެސް އެތަކެއް ބިލިއަން ވައްތަރުގެ ދިރޭތަކެތި އެމެޒަން ޖަންގަލީގައި އުޅޭކަން ފާހަގަކުރެވެއެވެ.

އެމޭޒަން ޖަންގައްޔަކީ ގަސްގަހާގެހިންވެސް މުއްސަނދިކަން ލިބިފައިވާ ތަނަކަށްވާއިރު  ކޮންމެ 247 ހެކްޓަރގައި 90،790 ޓަނުގެ ގަސްހުރެއެވެ. އަދި ޖަންގަލީގެ 25 ޕަސެންޓް ގަސްތަކަކީ މޫސުމާއި ގުޅިގެން ބަދަލުތައް އަންނަ ވައްތަރުތަކެވެ.

ގިނަވައްތަރުތަކެއްގެ ދިރޭތަކެތި އުޅޭ މި ޖަންގަލީގައި އިންސާނުންނަށް ނުރައްކާވާފަދަ އެތަކެއްވައްތަރުގެ ދިރޭތަކެތި އުޅޭކަންވަނީ ފާހަގަކުރެވިފައެވެ. މިގޮތުން އިލކްޓްރިކް އީލް،  އާއި ވެންޕަޔަރ ބެޓްސް ގެ ނަމުން ނަންދެވިފައިވާ ވާލުގެ ވައްތަރަކާއި ހަރުފައިގެ ވައްތަރުތަކާއި ވިހަގަދަ ބޮއް، ފަދަތަކެތި އުޅެއެވެ. އިލެކްޓރިކް އީލްއަކީ ކޯރުތަކުގައި އުޅޭ ވެނުގެ ވައްތަރެކެވެ. މިބާވަތުގެ ވެނަކީ ހަމަލާދޭއިރު އިލެކްޓްރިކް ސޮކެއް ޖައްސާއެއްޗެކެވެ. ވެންޕަޔަރ ބެޓްއަކީ ނުރައްކާތެރި ވައިރަހެއްއޭގެ ސަބަބުން ފެތުރޭއެއްޗެކެވެ

.

]]>
https://heyobas.info/?feed=rss2&p=615 0
ފުރަތަމަ ފަހަރަށް އަލިފާން ފަރުބަދަ މަތީ ކުރެވުނު ތަޖްރިބާ https://heyobas.info/?p=3115 https://heyobas.info/?p=3115#respond Thu, 13 Feb 2014 15:16:12 +0000 http://www.heyobas.com/?p=3115 ދުނިޔޭގެ ނިސްބަތުން އަލިފާން ފަރުބަދަ އެންމެ ގިނަ އެއް ސިޓީއަކީ ޖާވާއެވެ. ޖާވާގައި 44 އަލިފާން ފަރުބަދަހުރެއެވެ. މިގޮތުން މި ސަރަހައްދުގެ ބައެއް ވޮލްކެނޯ އަންނަނީ ގޮވަމުންނެވެ. އަދި ބައެއް ފަރުބަދަތައް އެތައް އަހަރެއްކުރިން ގޮވާފައި ވާނަމަވެސް މިހާރުވެސް އިތުރު ގޮވުންތަކުގެ ބިރުއެބަ އޮތެވެ.މިގޮތުން ތަންގްކަބަން ޕެހަރު ވޮލްކެނޯ އިން ދާދިފަހުން ވަނީ އަޅިއަރާފައެވެ. އާންމުކޮށްވެސް ދުން އަރާ މި ފަރުބަދައިން ދުމާއި އެކު އަޅި 500 މީޓަރު ދުރަށް ފޯރާފައިވެއެވެ. ތަންގްކަބަން ޕެހަރޫ އަކީ އަދިވެސް އިތުރު ގޮވުންތަކެއް ގޮވާފާނެ ކަމުގެ ބިރުވެސް ހީވަމުން އަންނަ ފަރުބަދައެކެވެ.

ތަންގކަބަން ޕެހަރޫ އަލިފާން ފަރުބަދަ އަކީ ބަންޑުންގެ ޕުރޮވިންސިއަލް ކެޕިޓަލް ވެސްޓް ޖާވާ ގައި 2083 މީޓަރު އުހުގައިވާ އަލިފާން ފަރުބަދައެކެވެ. މީގެ އެތައް އަހަރެއްކުރިން ފަރުބަދައިގެ ބައެއް ގޮވާފައިވާއިރު އަރިމަތިން ވަރަށް އުސްކޮށް ނުގޮވާ ބައެއްވާކަން ފާހަގަކުރެވެއެވެ. ފަރުބަދަ ގޮވާފައިވާ ސަރަހައްދަށް ގޮސް މައްޗަށް އަރާ ބަލާއިރު ވަރަށް ފުންކޮށް ފެންނަ ވަޅުގަނޑު ފުސްކަން ފާހަނގަވެއެވެ. ވަރަށް ފުސްކޮށް އަޑި ފެންނައިރު އަރިމަތިން ދުން އަރާމަންޒަރުފެނެއެވެ.

2012 ވަނައަހަރު އެކްޓިވް ވޮލްކެނޭގެ ގޮތުގައި 127 އަލިފާން ފަރުބަދަ އިންޑަނޭސިއާގައި ހުއްޓެވެ. އަލިފާން ފަރުބަދަ އެއްފަހަރު ގޮވާފައި އެތައް އަހަރެއް ފަހުންވެސް ގޮވުންތައް ގޮވާފާނެއެވެ. މައުންޓް ސިނަބުންގ އަކީވެސް އެތައް ސަތޭކަ އަހަރެއްކުރިން ގޮވާފައިވާ ފަރުބަދައެކެވެ. އެހެންނަމަވެސް ކުއްލިގޮތަކަށް 2010 ވަނައަހަރު އެފަރުބަދައަކީ އެކްޓިވް ވޮލްކެނޯއެއްގެ ގޮތަށް ބަދަލުވެގެން ދިޔައެވެ.

އަލިފާން ފަރުބަދައިގެ ދުންއަރާ ސަރަހައްދުން ނޭފަތަށް އުނދަގޫވާ ވަހެއް ހުރެއެވެ. އެހެންކަމުން އެ ދާއިރާގެ ތަޖްރިބާކާރު ބޭފުޅުން ބުނާގޮތުން އެ ދުމަކީ ސިއްޙީގޮތުން ގެއްލުން ލިބިދާނެ ކަމެކެވެ. އަދި ހަމަ އެހެންމެ އަޅުގަނޑުމެންގެ ވެރިއެއްގެ ގޮތުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވި ޗިލީގެ ތިމާވެށީގެ ދާއިރާގެ ބޭފުޅަކާއި އަދި ޖަކާރޓާގެ ޓުއާރ ގައިޑް ފަރުބަދައިގެ ދުން އަރަމުންދާ ފަރާތާއި ކާރި ހިސާބެއްގައި އުޅެނިކޮށް އެއްފަރާތްކޮށް އެ  ސަރަހައްދަށް ދިއުން ރަށްކާތެރި ނޫން ކަމަށާއި ބަލައިގެން އުޅުމަށް އެދުނެވެ. މީގެކުރިން އަޅުގަނޑު ހީކުރަމުންއައީ ގޮވާފައިވާ އަލިފާން ފަރުބަދަ ކައިރި ހޫނުކަމެއް ހުންނާނެ ކަމަށެވެ. އެހެންނަމަވެސް އެ ސަރަހައްދުގެ މަތީގައި ހެނދުނުން ފަށައިގެން ހަވީރާ ހަމަޔަށް ހޭދަކޮށްކުރެވުމުން  ފާހަގަކުރެވުނީ އެ ހިސާބު އުސްވުމުގެ ސަބަބުން އާދަޔާޙިލާފް ފިނިކަމެއް ހުންނަކަމެވެ.. ސަރަހައްދު ފިނި ނަމަވެސް އެ ސަރަހައްދުގައި ހޫނު ފެންގަނޑުތަކެއް ހުރެއެވެ. މި ފެންގަނޑުތަކަށް ފައިދިކޮށްގެން ހީފިލުވުމަށް ބައެއް ފަރާތްތަކުން ހަރަކާތްތެރިވެއެވެ. އެ ފެންގަނޑުތަކުގެ ހޫނުކަމަށް ބަލާއިރު ބިސް ފަދަ ތަކެތި ފެންގަނޑަށް ލުމުން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ރޯފިލައެވެ. އެހެންކަމުން ބައެއް ކުދިން އެކަން ތަޖްރިބާކުރުމަށްޓަކައި ބިސް ގެންގޮސް ޓެސްޓްކޮށްފައިވެއެވެ.

ތަނގްބަން ޕެރަހޫއިން ދެން ފެނުނު އެންމެ އާދަޔާ ހިލާފް ކަމަކީ އެ ސަރަހައްދުގެ މަތިން ފެނުނު އާދަޔާ ހިލާފް ގަސްތަކެވެ. ކަޅުކުލައެއްގައި ހުރި މި ގަސްތަށް އެންމެ ވައްތަރީ އެންދެރިއާއެވެ. ގަސްތައް ހިލަތަކުގެ މަތީގައި ހެދިފައިވާއިރު ގަހުގެ ލަކުޑިވެސް ވަރަށް ހަރުކަން ފާހަގަކުރެވެއެވެ. މި ގަސްތަކަކީ އެތަނަށް ދާ ގިނަ މީހުން ވަރަށް ބޮޑަށް އަޅައިގަންނަ ގަސްތަކެކެވެ. އާންމުކޮށް ފެންނަ ގަސްތަކާއި ތަފާތުވުމެވެ. އަލިފާން ފަރުބަދަ ހުރި ސަރަހައްދުގެ ޖަންގަލީގެ ސަރަހައްދުގެ ތެރޭގައި ބައެއް ހިސާބުތަކުގައި ވަރަށް ބޯކޮށް އަޅި ހުރެއެވެ. މީގެ އިތުރަށް ކަޅު ދެއްޔަށްވެފައިވާ ހިލަގަނޑުތަށް އެކި ހިސާބުތަކުގައިވެއެވެ. ހަމަ އެހެންމެ އެސަރަހައްދުގެ މަތީގައި ދެމިގެންވާ ފަރުބަދަތައް ހުރެއެވެ. ފުރަތަމަފަހަރަށް އަލިފާން ފަރުބަދަޔަކަށް ދެވުމުން ވަރަށް ބޮޑަށް އެތަނާއި މެދު ވިސްނާލެވުނެވެ.. ވަރަށް ތަފާތުކޮށް ފެންނަ އެ މާހައުލަކީ ބޮޑެތި ގޮވުންތަކެއް ގޮވާފައިވާ ޖާވާގެ ތާރީހާއި ގުލިފައިވާ ޖާވާގެ އެންމެ މަސްހޫރު އެއް މަންޒިލްއެވެ. އެ ވޮލްކެނޯއާއި އެންމެ ގާތްކޮށް އޮންނަ މީހުން އުޅެ ރަށަކީ ޖާވާ ޕަރަތްއެވެ. އެ ސަރަހައްދަކީ ދަނޑުވެރި ވަރަށް މަސައްކަތްތެރި ބަޔަކު އުޅޭ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ތިބޭއިރު ޖާވާގެ ރީތިކަން އަދި ބައެއް ސަރަހައްދުތަކަށް ވޮލްކެނޭ ފެންނާނެއެވެ.

މި ލިޔުމަކީ 2011 ވަނަ އަހަރު އ.ދ ގެ ތިމާވެއްޓާއި ބެހޭ ޖަމިއްޔާގެ ފަރާތުން އ.ދ ގެ މެންބަރު ގައުމުތަކުގެ ޒުވާނުންނާއި ކުޑަކުދިންނަށް ހާއްސަކޮށްގެން ރިއޯ20 އަށް ތައްޔާރު ވުމަށް ބޭއްވި ތިމާވެށީގެ ކޮންފަރެންސްގެ ދަތުރުގެ ފީލްޑް ޓްރިޕް ނިންމާލުމަށް ފަހު ލިޔެފައިވާ ލިޔުމެކެވެ.

]]>
https://heyobas.info/?feed=rss2&p=3115 0
ހިކިފައި ހުންނަ ގަސްގަހުގެ ފަތާ އެއްގޮތް ހޯނެއް https://heyobas.info/?p=3298 https://heyobas.info/?p=3298#respond Thu, 13 Feb 2014 12:33:36 +0000 http://www.heyobas.info/?p=3298 ހިކިފައި ހުންނަ ގަސްގަހުގެ ފަތާ އެއްގޮތް  ހޯނެއް

ލީފް ޓެއިލްޑް ޖެކޯގެ ނަމުން ނަންދެވިފައިވާ މި ހޯނު ހިކި ފަތްތަކެއްގެ ތެރޭގައި އިންނައިރު ދެނެގަންނަން މާ ފަސޭހައެއް ނޫނެވެ. އެހެން ހޯނުތަކާއި ހިލާފައް މި ބާވަތުގެ ހޯނުގެ ނަގޫ އިންނަނީ ފަތެއްގެ ބައްޓަމަށެވެ. ލީފް ޓެއިލްޑް ޖެކޯގެ އިތުރަށް ސަޓަނިކް ލީފް ޓެއިލްޑް ޖެކޯވެސް މީގެ އެއް ބާވަތުގެ ހޯނަށް ކިޔާ އުޅެއެވެ. އަދި މި ހޯނަކީ މާހައުލާ އެއްގޮތަށް ކުލަ ބަދަލުކޮށް ހަދާ ހޯނެކެވެ.

މި ލިޔުމުގައިވާ ފޮޓޯއަކީ މަޑަގަސްކަރައިގެ އަންޑަސައިބް މަންޓަޑިއާ ނޭޝަނަލް ޕާރކުން ނަގާފައިވާ ފޮޓޯއެކެވެ. ލީފް ޓެއިލްޑް ޖެކޯ އަކީ ހާއްސަގޮތެއްގައި މަޑަގަސްކަރައިން ފެންނަ ހޯނުގެ ބާވަތެކެވެ. އަދި ބައެއް ފަރާތްތަކުން ބުނާ ގޮތުން ހަމަ އެކަނިމި ބާވަތުގެ ހޯނު އުޅޭ ހަމަ އެކަނި ގައުމަކީ މަޑަގަސްކަރައެވެ.

ލީފްޓެއިލްޑް ޖެކޯ އާންމުކޮށް ކައި އުޅެނީ ފަނި ފަކްސާއާއި ހިނި، ކުދި ކޮކާ ފަދަ ތަކެއްޗެވެ. އަދި ބަކަ މޫނު، ހަރުފަ، ބާޒް ފަދަ ތަކެތި މި ބާވަތުގެ ހޯނަށް ހަމަލާ ދީ ސިކާރަކުރެއެވެ.

ލީފް ޓެއިލްޑް ޖެކޯ އާންމުގޮތެއްގައި އަޅަނީ ދެ ބިހެވެ. އަދި 60 -70 ދުވަސް ތެރޭގައި ބިސް ފީވެ ވިހައެވެ.

ލީފް ޓެއިލްޑް ޖެކޯ އަކީ ގާނޫނާ ހިލާފަށް ޖަންގަލީގެ ދިރުންތައް ވިއްކުމަށް ކުރާ ވިޔަފާރި ތަކުގައި ވަރަށް ޑިމާންޑް ބޮޑު ބާވަތެކެވެ.

 

]]>
https://heyobas.info/?feed=rss2&p=3298 0
ބުލޫ ރިންގް އޮކްޓޮޕަސް https://heyobas.info/?p=609 https://heyobas.info/?p=609#respond Fri, 24 Jan 2014 09:32:36 +0000 http://www.heyobas.com/?p=609 ބުލޫ ރިންގް އޮކްޓޮޕަސް އަކީ އިންޑިއާ ކަނޑާއި ޕެސިފިކު ކަނޑުގެ ސަރަހައްދުތަކުގައި އުޅޭ ބޯވާގެ ވައްތަރެކެވެ. މި ބާވަތުގެ ބޯވާގެ 10 ވަރަކަށް ވައްތަރު އުޅޭކަން ފާހަގަކުރެވިފައެވެ. ބޯވާގެ އެހެން ވައްތަރުތަކާއި ހިލާފައް މި ބޯވާ އަކީ ކުޑަ އަދި ހަމަ އެހެންމެ އިންސާނުންނަށް ނުރައްކާ އެއްޗެއް ގޮތުގައި ފާހަނގަކުރެވިފައިވާ ބޯވާގެ ވައްތަރެކެވެ. މިބާވަތުގެ ބޯވާ ބޮޑަށް އުޅޭކަމަށް ފާހަގަކުރެވިފައިވަނީ އޮސްޓްރޭލިއާ އަދި އިންޑޮނޭސިއާފަދަ ޕެސިފިކުގައި ހިމެނޭ ގައުމުތަކުގެ ފަރުތަކުގައެވެ. ފެންނަ ފެނުމުގެ ވަރަށް ރީތި މި ބޯވާ ހަމަލަދީފިނަމަ އާދަޔާ ހިލާފު ބާރުގަދަ ވިހައެއްގެ އަސަރު އެ ހަމަލާ ދިން މީހަކަށްކުރެއެވެ.   އާންމުކޮށް މިބާވަތުގެ ބޯވާގެ ބޮޑުމިނަކީ ގޮލްފް ބޯޅައެއް ވަރުނަމަވެސް މިބާވަތުގެ ބޯވާ އެންމެ ބޮޑުވާ ވައްތަރުގެ ބޯވާގެ ބޮޑުމިނަކީ 20 ސެންޓިމީޓަރާއި 8 ސެންޓިމީޓަރެވެ. އަދި  އުމުރަކީ 2 އަހަރެވެ.

ބުލޫ ރިންގް އޮކްޓޮޕަސް އާންމުކޮށް ކައި އުޅެނީ  ކުދި ކަކުނި އަދި ސުރިންޕްފަދަ ތަކެއްޗެވެ. ބޯވާގެ އެހެން ވައްތަރުތަކެކޭ އެއްގޮތަށް މި ބޯވާއަކީވެސް މާހައުލާއި ގުޅޭގޮތަށް ކުލަބަދަލުކޮށްލުލުގެ ގާބިލުކަންލިބިފައިވާ އެއްޗެކެޗެވެ. އެހެން ބޯވާގެ ވައްތަރުތަކާއި ހިލާފައް ކުޑަ މިބޯވާއަކީ ވިހަގަދަ ވިހައިގެ އަސަރުކޮށްފިނަމަ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިންސާނާ މަރާހަމަޔައް ގެންދާފަދަ އެއްޗެކެވެ. އިންސާނާއަށް މި ބޯވާ ހަމަލާދޭތާ ކުޑަ ހިނދުކޮޅެއް ތެރޭގައި އަވަސް ފަރުވާ ނުދެވިއްޖެނަމަ ހަށިގަނޑަށް ވިހަ ފެތުރި ސިކުނޑީގެ ހަރަކާތްހުއްޓި އެންމެ ފަހުން އެ ވިހައިގައި މަރުވެއެވެ.

]]>
https://heyobas.info/?feed=rss2&p=609 0