Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the gotmls
domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init
action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/admin/public_html/heyobas.info/wp-includes/functions.php on line 6121
Warning: Cannot modify header information - headers already sent by (output started at /home/admin/public_html/heyobas.info/wp-includes/functions.php:6121) in /home/admin/public_html/heyobas.info/wp-includes/feed-rss2.php on line 8
ބޭސް ސިޓީގައި ޑޮކްޓަރު ލިޔުއްވާ ބޭސް ނަގަން ކޮންމެ މީހަކުވެސް ދަނީ އާސަންދަ ލިބޭ ފާމަސީއަށެވެ. އެއީ އެސްޓީއޯ ފާމަސީއެވެ. އެކަމަކު އެތަނުން އެ މުހިއްމު ބޭސް ލިބުން އެއީ ނާދިރު ކަމެކެވެ. ދެން ނިކުންނާނީ ބޭރަށެވެ. ހޮސްޕިޓަލްގެ ދިމާކުރިމަތީގައި ހައެއްކަ ފާމަސީ ހުރެއެވެ. އާސަންދަ ލިބޭނީ އެއިން އެންމެ ތަނަކުންނެވެ. އެކަމަކު އެތަނަކުވެސް އެ ބޭހެއް ނުހުންނާނެއެވެ. އެންމެ ފަހުން އަތުން ލާރީދީފައި ބޭސް ގަންނަނީއެވެ. ކޮންމެ މީހަކުވެސް އެމީހަކުގެ ޢާއިލާ ދެކެ ލޯބިވެއެވެ. އަދި އަމުދުން ބައްޔެއް ކަމެއްވެއްޖިއްޔާ ދިގު ދަންމާކަށް ނުތިބޭނެއެވެ. އަތުން ދިނަސް، އެކަމެއް ވަގުތުން ވަގުތަށް ކުރާނެއެވެ. މިކަން އެންމނެންވެސް ދަނެއެވެ. އާސަންދަ ނުލިބޭ ފިހާރަތަކުގައި ބޭސް ހުރެފައި އާސަންދަ ލިބޭ ފިހާރަތަކުގައި ބޭސް ނުހުންނަނީ އިއްތިފާޤަކުންނޭ ބުނަން ވަރަށް ދައްޗެވެ.
ޙަސްނާގެ އުމުރުގެ ދުވަސްތައް މާޒީއާއެކުވެގެންދެއެވެ. ގްރޭޑް 1 އަށް ވެއްދުމަށްޓަކައި ފޯރމްފުރި ދުވަހު އޭނާއާމެދު އަހަރެންގެ އުއްމީދުތައް އާވެ އާލާވިއެވެ. މަގޭ ލޯބިވާ ދަރިފުޅުކިޔަވާ މޮޅުވެގެން އަހަރެންގެ ޙަޔާތަށް ދިރުން ގެނެސް ދޭނެއެވެ. ޢާއިލާއަށް ރޯޝަންކަން ގެނެސްދޭނެއެވެ. ދަރިފުޅުގެ ތޫނުފިލަކަމާއި ދަރިފުޅުގެ ހިތްވަރުން ކޮންމެ ޓާރމެއްގައިވެސް ކޮމެންޑެޑް ރިޕޯޓް ހޯދައެވެ. ދުވަހެއް ދުވަހަކަށް ނަންވިދާ ދަރިވަރަކަށް ހަސްނާ ވަމުން ދިޔައެވެ. ރަންވަނަތައް ހޯދަމުން ދިޔައެވެ. މުދައްރިސުންގެ އެންމެ ލޯބިވާ ދަރިވަރަކީ މަގޭ ހަސްނާއެވެ.
ރަށު ސްކޫލުން ކިޔެވެން އޮތް އެންމެ މަތީ ހަރުފަތް ހަސްނާ ކަޑައްތުކޮށްފިއެވެ. ޖީސީއީ އޯލެވެލް އިމްތިޙާނުގައި އިށީދެ ހޯދި ފަޚްރުވެރި ކާމިޔާބީ އެޑިޔުކޭޝަނުންވެސް ފާހަގަކުރިއެވެ. ގަދަ 10ގެ ތިންވަނައިގައި އަޅައިގަތެވެ. އަހަރެން އުފަލުން ފޮޅުނެވެ. ފަޤީރަކަސް މުއްސަންޖަކަސް ކަޅަކަސް ދޮނަކަސް މޮޅުވާނީ ކިޔެވީމައެވެ.
ދަރިފުޅުގެ ޢުމުރުން 17 އަހަރުގައި، 11،12 ކިޔެވުމަށް މާލެ ފޮނުވީމެވެ. އަހަރެންގެ ފިރިިމީހާ ޢަބްދުއްރަޙްމާން މާލެ ފޭބިއެވެ. އެދަރިފުޅަށް ކިޔަވައި ދިނުމަށްޓަކައެވެ. އެދަރިފުޅާ މެދު ކުރެވޭ އުއްމީދުގެ ވޮއްކޮޅުގެ އަލިކަން އިތުރުވަމުން ދިޔައެވެ. ޒަމާނީ ތަޢުލީމީ ކުއްޖަކަށް އެދަރިފުޅު ހަދާނެކަމުގެ އުއްމީދު އިތުރުވަމުން ދިޔައެވެ. ޚުލްޤުހެޔޮ ދަރިއަކަށް ހެދުމުގެ ޢަޒުމު ވަރުގަދަވެގެން ދިޔައެވެ. ނަމަވެސް އެދަރިފުޅާ ދުރުގައި ހުންނަންޖެހުމުން ކަރުނަ އަޅާ ރޮވެއެވެ. އިންތިހާއަށް އެދަރިފުޅު މަތިން ހަނދާންވެއެވެ. ނަމަވެސް އަތްމަތި ދަތިކަމާހުރެ މާލެ ދާނެފަދައެއް ނެތެވެ. އަހަރެން ކެތްކުރީމެވެ. އެދަރިފުޅަށްޓަކައި ހެޔޮ ދުޢާކުރީމެވެ. ޢަބަދުއްރަޙްމާނުގެ މަސައްކަތުން ހަސްނާއަކީ ތަޢުލީމީ މޮޅު ކުއްޖަކަށްވިއެވެ.
ހަސްނާގެ ދިރިއުޅުމުގައި އާ ހަރުފަތެއް ގިރާކުރިއެވެ. މާލޭ މީހަކާ ކައިވެނީގެ ގޮތުން ގުޅުނެވެ. ކިޔެވުމުގެ އިތުރު އުސްމިނަކަށް ދިޔުމުގެ ބަދަލުގައި ހަސްނާ އާ ޙަޔާތެއް އާރާސްތުކުރިއެވެ. އޭނާގެ ފިރިމީހާއަކީ ހިތްހެޔޮ މިޒާޖެއްގެ ޚުލުޤްހެޔޮ ރަގަޅު މީހެކެވެ. ހަސްނާ ސަރުކާރުގެ ރަގަޅު ވަޒީފާއެއް ހޯދިއެވެ. ދުވަސްތަކެއްނުވެ ޙަސްނާ ބަލިވެއިންކަމުގެ އުފާވެރި ޚަބަރު އަހަރެންނަށް ލިބުނެވެ.
ފޮށިތަންމަތި ބަނދެ ދަރިފުޅު ވިހޭ ގެއަށް ދިޔުމަށް މާލެ ދާންފުރީމެވެ. އަހަރެންގެ ފަސް ދަރިން ރަށުގައި ބައިތިއްބާފައެވެ. ހަސްނާއަށް ލިބުނު ދަރިފުޅަކީ ލޭއަޅާ ބަލިކުއްޖެކެވެ. މަހުންމަހަށް ޤަވަޢިދުން ލޭއަޅަންޖެހެއެވެ. ހަސްނާގެ ވަޒީފާއަށް ނިކުތުމަށްޓަކައި އަހަރެން މާލޭގައި މަޑުކުރުމަށް ހަސްނާ އެދުނެވެ. ހަސްނާއަށް ވަޒީފާއަށް ދެވޭނީ މާލޭގައި އަހަރެން މަޑުކޮށްގެން ކަމުގައި ބުންޏެވެ. އަދި ކޮއްކޮމެން މާލެގެނެސް ކިޔަވައިދޭނެކަމުގައި ހަސްނާ ބުންޏެވެ. ޢަބްދުއްރަޙްމާނު ދަރިންނަށް ކިޔަވައިދިނުމުގައި ޚަރަދު ބަރަދު ބެލެހެއްޓިއެވެ. ލިބޭ މުސާރަ ގޭތެރޭގެ ކަންކަމަށް ހޭދަކުރިއެވެ. ހަސްނާގެ އެހީތެރިކަން ދޮޅު އަހަރެއްހާ ދުވަހު ލިބުނެވެ. އޭނާގެ ފިރިމީހާވެސް އެހާމެ ރަގަޅެވެ.
މާލޭގެ ދިރިއުޅުން ރާއްޖެތެރެއާ ތަފާތެވެ. ޚަރަދު ބަރަދު ބޮޑެވެ. ގޭތެރޭގެ ތާށިކަން ވަރަށްވެސް ބޮޑެވެ. ކަރަންޓް ބިލް، ފެންބިލް، ގޭގެ ކުލި ދެއްކުމަށް ކުރަންޖެހޭ ހޭދަ އެހާމެ ބޮޑެވެ. ނަތީޖާއަކަށްވީ ހަސްނާ އަހަރެންގެ ފަސްކުދިންނާ ދޭތެރޭ ދެކޭގޮތް ބަދަލުވުމެވެ. ޚަރަދު ބޮޑުވާތީ ކުރާ ޝަކުވާ އިތުރުވުމެވެ. ގޭތެރޭގައި އެކުދިންނަށް އެއްވެސް މިނިވަންކަމެއް ނެތެވެ. ފޮތްކިޔާލަން ހޮޅިބުރި ދިއްލާލެވޭނެ ގޮތެއް ނެތެވެ. ނިއްވާލަނީއެވެ. ހޫނުއެރިއަސް ފަންކާ ޖައްސާލެވޭކަށް ނެތެވެ. ކަނޑާލަނީއެވެ. ޚަރަދުބޮޑުވާތީ ފެންވަރާލެވޭނެގޮތެއް ނެތެވެ. ޝަކުވާ އާއި ނުރުހުމުގެ މާހައުލެއް ގޭތެރޭގައި އުފެދިއްޖެއެވެ. އަހަރެންގެ ހިތަށް ފުން އަސަރުތަކެއް ކުރަންފެށިއެވެ. އިންތިހާއަށް ގިސްލާ ރޮވުނެވެ. މައްސަލައިން މައްސަލަ ވިހަން ފަށައިފިއެވެ. އެންމެފަހުން ގެއިން ނުކުތުމަށް ހަސްނާ އަހަރެންނަށް މަޖްބޫރުކުރިއެވެ. އަހަރެންގެ ދަރިންނާއެކު އަހަރެން ދާނީ ކޮންތާކަށް ހެއްޔެވެ؟ މިއީ މާލޭއެވެ. ވަންނާނެ ގެއެއް ގެދޮރެއް ނެތެވެ. އެހެނަސް އަހެރެންގެ ހިތަށް އެރިއެވެ. މާތްﷲ ގެ އަޅަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެއެވެ.
މާތް ﷲ ގެ ކުޅަދުންވަންތަކަމާއި އިރާދަކުރެއްވުމުގެ މައްޗަށް ބާރު ފޯރުވޭނީ ކާކަށް ހެއްޔެވެ؟ އަބްދުއްރަޙްމާނު ވަޒީފާއަދާކުރާ ކުންފުނީގެ ބޮޑު މީހާއަށް އަހަރެމެންގެ ޙާލު އެނގުމުން އޭނާގެ ގޭގައި އަހަރެންގެ ޢާއިލާ ދުވަސްކޮޅަކަށް ބޭތިއްބިއެވެ. ދުވަސްތަކެއްނުވެ އަހަރެންގެ ދޮށީ ފިރިހެން ދަރިފުޅަށް ހުޅުލޭ އެއާރޕޯޓުން އެލިބުނީ އެތަނުގެ އެންމެ މަތީ ހަރުފަތުގެ މަޤާމެކެވެ. އަހަރެންގެ ފިރިމީހާ ވަޒީފާގައި ދެމިހުރެ ގިނަދުވަސްތަކެއްވުމުން ކުންފުނިން ޕްރޮމޯޝަން ދީފިއެވެ. ޖެހިގެން އައިމަހު އަހަރެންނަށް ސަރުކާރު މަސައްކަތު މީހެއްގެ ވަޒީފާ ލިބުނެވެ. ދިރިއުޅުމަށް އާ ދޮރެއް ހުޅުވިއްޖެއެވެ. ދަރިންނާއެކު އަލުން އާ ދަތުރަކަށް ފަށައިފީމެވެ. ދުނިޔެ ހިނގަމުން ދަނީ ތޮޅަލި ދުޅައަށްކަން މިއަދު އަހަންނަށް ޔަޤީންވެއްޖެއެވެ.
ދުވަސްތައް މާޒީއާއެކުވެގެން ދެއެވެ. ކުއްލިއަކަށް މީހަކު އައިސް ގޭ ދޮރުގައި ޓަކި ދީފިއެވެ. ދޮރުހުޅުވާލުމާއެކު ހަސްނާ ގޭތެރެއަށް ވަނެވެ. އޭނާގެ އުރުގައި އޭނާގެ ތިން އަހަރުގެ ކުއްޖާއިނެވެ. އަހަރެންނަށް އަހާލެވުނެވެ. “ތިހުރީ ކިހިނެތް ވެފައިތަ؟” ހޯސްކިޔާފައި ހަސްނާގެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. ބަޑިފަޅައިގެން ގޮސް އޭނާ ރޯންފެށިއެވެ. އަދި ބުންޏެވެ. “މަންމާ! އަހަރެން ވަރިކޮށްފި، އަހަރެން މިއަދު އެކަނިވެއްޖެ. އަހަރެން ބިކަވެއްޖެ. މަންމާ! އަހަރެންނަށް އެހީވެދީ!” ހަސްނާ އަހަރެންނާ ދޭތެރޭ ކަންތައް ކުރީ ރަގަޅަކަށް ނޫނެވެ. އެހެނަސް އެއީ ހަމަ އަހަރެންގެ ދަރިއެކެވެ. އޭނާގެ މައްޗަށް އަހަރެންގެ އެއްވެސް ހިތް ބުރަކަމެއް ނެތެވެ. އެފަދަ ޙާލަތެއްގައި މައެއްގެ ލަގޮނޑިއަށް ކެތްވާނޭ ހެއްޔެވެ؟
ހަސްނާ އޭނާގެ ފިރިމީހާގެ ޙައްޤުތަކަށް އިހްމާލުވުމުން ވަރިކުރީއެވެ. ހަސްނާއަށް ދިން ތަރުބިއްޔަތުގެ ފައިދާއެއްނެތެވެ. ތަޢުލީމު ހޯދައިދިނުމަށް ކުރި ބުރަ މަސައްކަތުގެ އަގެއް ނެތެވެ. އެއިން ހަސްނާގެ ދިރިއުޅުން އާރާސްތެއް ނުކުރިއެވެ. އަހަރެން ހަސްނާއަށް ވިސްނައިދިނީމެވެ. ދިރިއުޅުމަކީ އިމްތިޙާނެކެވެ. މައިންބަފައިންގެ ޙައްޤުތަކެއްވެއެވެ. ދަރިން އެއާމެދު އިހްމާލުވެގެންނުވާނެއެވެ. ފިރިމީހާގެ ޙައްޤުތަކެއްވެއެވެ. އަނބިމީހާ އެއާމެދު ރައްކާތެރިވާންވާނެއެވެ. ޢިލްމެއް ލިބިއްޖެނަމަ، ޙިލްމުން ތާޒާކަން ހޯދަންޖެހެއެވެ. ތަރުބިއްޔަތެއްދެވިއްޖެނަމަ، ރިވެތި ޚުލުޤުން ޒީނަތްތެރިވާން ޖެހެއެވެ. އިސްލާޙްގެ ފެންއާރުން ދިރުން ހޯދައި ދަރިފުޅުގެ ޙައްޤުގައި ވަރިކުރި ފިރިމީހާއާއެކު އުޅެވޭނެ މަގެއް ހޯދުމަށްވެސް ވިސްނައި ދިނީމެވެ. އެމަގު އޭނާގެ ޙަޔާތަށްޓަކައި ކޮށައިދިނީމެވެ. އޭނާ ވަރިކުރި ފިރިމީހާ ކައިވެނި ރުޖޫޢަކޮށްފިއެވެ. ހަސްނާ އިސްލާޙުވިއެވެ. ރަގަޅު ގޮތުގައި ދިރިއުޅުން އާރޯކުރިއެވެ. އޭނާގެ ޙަޔާތުގައި މާމެލާމެލީގެ މީރުވަސް ފެތުރެން ފެށިއެވެ.
_______________________________
އަހަރެންނަކީ މަންމަގެ ދަރިއެކެވެ. އަހަރެން ދުނިޔެއަށް ނޭވާލާތޯ މަންމަގެ ހިތުގައި އެތައް ދުޢާއެއްވިއެވެ. އެތައް ޝަޢުޤެއް ވިއެވެ. މަންމަގެ ހިތުގައި މިޝުޢޫރު އުފެދޭ ކޮންމެ ފަހަރަކު މަންމަގެ އަގު އިތުރުވިއެވެ. އަހަރެންގެ ލޯބިވާ މަންމާއެވެ. މަންމަގެ ޙަޔާތުގައި ކައިވެނީގެ އަގުމާތްވި ހަރުފަތް ގިރާކުރީމުއެވެ. އަހަރެން އުފަންވޭތޯ ކުރެވުނު އުއްމީދަށް ތަސައްލީއެއް ގެނައުމަށެވެ.
މާތް ﷲގެ ރަޙްމަތްފުޅުން، އަހަރެން މަންމަގެ ރަޙިމުގައި ޤަރުބަގަތެވެ. މަންމަގެ އުއްމީދަށް ރޯޝަން ކަމެއް ލިބުނު ނޫންތޯއެވެ. މިމަރުޙަލާގައި އަހަރެން މަންމަގެ ފިރުމުންތަކުން ފައިދާ ހޯދީމެވެ. މަންމަގެ ހަށިގަނޑުގައި ދައުރުވި ލެއިން ކާނާ ހޯދީމެވެ. ފައިދާހުރި ކާނާ ކެވޭތޯ އުޅުނީމުއެވެ. އެހެނަސް ހަށިގަނޑަށް އެތައް ކެކުޅުމެއް ކުރިމަތިވިއެވެ. ގައިން ވަރުދޫވެ އެނދުމަތިކުރެވުނުކަން ގައިމެވެ. ބޭހުން ޝިފާހޯދުމުގައި އެޒަމާނާގުޅޭ ޙަކީމީބޭސް ބޭނުންކުރީމުއެވެ. ހިތިބޭސް ބުއިމުއެވެ. އެތަށްފަހަރަކު ހޮޑުލެވުނެވެ. ޕާސްކިޔާފައި ހޮޑުއައެވެ. މިއީ ހަމަ ޙަޤީޤަތްކަމުގައި އަޅުގަނޑުގެ ހިތުން ރުހުމުން ޤަބޫލުކުރެވެއެވެ. މަންމަގެ ނިދި އަހަރެންނަށްޓަކައި ޤުރުބާންކުރީ ކިތަންމެ ރެއެއްގައެވެ. އަރިއަށްތޯ އުއްޑުންތޯ އޮންނާނީ، މިސުވާލު މަންމަ އަށްކުރި މަތިވި ނޫންތޯއެވެ؟ އޮށޯވެ އޮންނާނެ ނޯންނާނެ ގޮތެއް މަންމައަށް ކަނޑަނޭޅި ގެއްލުނީ ކިތައް ރޭގެ ނިދިކަންވެސް ނޭނގެއެވެ. އެއީ ޙަޤީޤަތުގައިވެސް މަންމަގެ އެދުވަހުގެ ޙާލަތެވެ. މަންމަ ކެތްގަދައެވެ. ރަޙްމު ބޮޑެވެ. ނުވަމަހާއި ނުވަދުވަސްވަންދެން އަހަރެން މަންމަގެ ރަޙިމުގައި ހޭދަކުރީ އުފަލާއެކުގައެވެ. ހިތްހަމަޖެހުމާއި މަންމަގެ ކުލުނާއި ފުރިހަމަ ލޯތްބާއިއެކުގައެވެ. އެހެނަސް މަންމަގެ ހާސްކަން ދިޔައީ ބޮޑުވަމުންނެވެ. ބައެއް ޙާލަތްތަކުގައި އުފާވެރިކަމުގެ ޝުޢޫރު ވެރިވި ކަމުގައިވިޔަސް މެއެވެ. މަންމަގެ ދުޢާއަކަށްވީ، “އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަހަރެންގެ ދަރިފުޅު ރަގަޅު ގޮތުގައި މިދުނިޔެއަށް އުފަންކުރައްވާނދޭވެ! އެދަރިފުޅަކީ ހިތުގެ ހިނިތުންވުން ކަމުގައި ލައްވާނދޭވެ!” އެވެ.
އޭ ލޯބިވާ މަންމާއެވެ. އެއީ އެހެންޒަމާނެކެވެ. އަދުގެ ޙާލަތާ އެދުވަހުގެ ޙާލަތު ތަފާތެވެ. ފޫޅުމައިދައިތަ ގެއަށް އައިސް ޙަކީމެއްގެ ދައުރު އަދާކުރިއެވެ. އެދައިތަގެ އިރުޝާދަށް ތަބާވެ ކިޔަމަންވެ އަހަރެންނަށްޓަކައި ކެތްކުރީމުއެވެ. މަންމަގެ ބަނޑަށް އަޅަންފެށިވޭން ތަސައްވުރުކުރެވޭނަމަ ކިހާރަގަޅު ހެއްޔެވެ؟ އެތެރިގޭ އުތުރު އެނދުގައި އޮށޯންނަން މަޖްބޫރުކުރުވި ޙާލަތުގައިވެސް މަންމަ ދެއްކެވީ ލާމަޘީލްކަމެވެ. ފޫޅުމައިދައިތަގެ އޯޑަރަށް ތަބާވުމުގައި ދެއްކެވީ ފުރިހަމަ ނަމޫނާއެވެ. ވޭންވަރު ގަދަވަމުން ގަދަވަމުން އައިވަގުތުގައިވެސް ދެއްކެވީ ކެތްތެރިކަމުގެ މާތް އަޚްލާޤެވެ. މަންމައަށްޓަކައި އަހަރެން ފަޚްރުވެރި ނުވާންވީ ކީއްވެތޯއެވެ؟ އަހަރެން ދުނިޔެއަށް ނޭވާލި އުފާވެރި ހިނދުކޮޅު މަންމަގެ ޝުޢޫރަކަށްވީ ‘އަލްޙަމްދުލިއްﷲ’ އެވެ.
މަންމަގެ ލޮބުވެތިކަން ވަރަށްވެސް ބޮޑެވެ. އަހަރެން އުފަންވުމުން، މަންމަގެ އަތްދަނޑިމަތީގައި އަހަރެން އުފުލީ ހިތްހެޔޮކަމާއެކުގައެވެ. މަންމަގެ އުނގުގައި ނިންދީ މަންމަގެ ފިރުމުން ތަކުގެ އަސަރުންނެވެ. މަންމަގެފަރާތުން އެންމެ އަގުބޮޑު ބުއިން ލިބިދިން ކަމުގެ އިޙްސާސް ކުރަން މަޖްބޫރެވެ. އެބުއިމުން އަހަރެންގެ ނަފުސް ތަރައްޤީވިއެވެ. ހަށިގަނޑުގެ ހެދިބޮޑުވުމަށް ބާރުލިބުނެވެ. އަހަރެންގެ ޞިއްހަތަށް ދިރުން ލިބުނެވެ. މައިވަންތަކަމުގެ ލޯބި ހުޅުދާންކޮށްދިނެވެ. މަންމަގެ ނިދި މަޙްރޫމްކުރިއެވެ.
މަންމާއެވެ. އަހަރެންނަކީ މަންމަގެ ޙަޤީޤީ ދިރުމެވެ. މަންމަގެ ކިބައިން ލިބިދިން އަޅާލުމާއި ލޯތްބާއި ކުލުނު ތަމްޘީލްވެގެން އެބަދެއެވެ. އަހަރެން ބޮޑުވެ ތަސައްރަފްފުދެމުން އައި ތަފާތު މަރުޙަލާތަކުގައި، މަންމަގެ ފިރުމުންތަކުން ފައިދާ ހޯދީމެވެ. މަންމަގެ އުނގުން ރައްކާތެރިކަން ހޯދީމެވެ. މަންމަގެ ތަރުބިއްޔަތުން ފުރާފުރިހަމަވީމެވެ. މަންމަގެ އުގަންނައިދިންތަކުން ޢިލްމާއި ޙިލްމު ހޯދީމެވެ. މަންމަގެ ހޭދައިން ދިރިހުރީމެވެ. ބޭނުންތައް ފުއްދީމެވެ. އުފާވެރިކަން ލިބިގަތީމެވެ. ނަފްސަށް ދިރުން ގެނައިމެވެ. އިސްލާމީ ރިވެތި އުޞޫލުތަކުގައި ފައިތިލަ ޘާބިތުކުރީމެވެ. އަދި ކުރާނަންވެސް މެއެވެ.
ފަޚްރުވެރި މަންމާއެވެ. މަންމަގެ ޙަޔާތަށް ދިރުން ގެނެސްދިނުމުގައި އަހަރެން ދެމިހުންނަން ޖެހެއެވެ. މަންމަގެ ތަރުބިއްޔަތުގެ ގޯތިން ދިރިއުޅުން އާރާސްތުކުރަންޖެހެއެވެ. މަންމަގެ ބައްޔަށް ޝިފާ ހޯދައިދިނުމުގައި ދެމިހުންނަންޖެހެއެވެ. މަންމަ ހިތްހަމަ ޖައްސައި ދިނުމުގައި ވަގުތު ހުސްކުރަންޖެހެއެވެ. މަންމައަށްޓަކައި އަހަރެންގެ ހެޔޮދުޢާއެވެ. އަބަދުގެ އަބަދަށެވެ. މަންމަގެ މިދުނިޔޭގެ ޙަޔާތުގައެވެ. މާދަމާ ނުފެންނަ ފަށުގައިވެސްމެއެވެ. އޭލޯބިވާ މަންމާއެވެ. އަހަރެންގެ ހިތްހަމަޖެހުމުގެ އަސްލުކަމުގައިވި މަންމާއެވެ. އަހަރެންގެ ހަޤީޤީ މޭސްތިރިޔާއެވެ. އަހަރެންނަށްޓަކައި މަންމަ ވީ ޤުރުބާނީގެ އަގު އަދާކުރެވޭނެ ދުވަހެއް އަންނާނެހެއްޔެވެ؟ ހަމަ ޔަޤީނުންވެސް ނާންނާނެވެ. މަންމައަށް އުފާވެރިކަމެވެ. މަންމަގެ ޙަޔާތަށް އާރޯކަމެވެ. މަންމަގެ މާދަމާގެ ޙަޔާތަށް ބާއްޖަވެރިކަމެވެ.
___________________________
]]>
އިނާޝާގެ ހިތަތް އަރަމުން ދެއެވެ. ރީތިފިރިއެކެވެ. ބޮޑުގަނޑުވަރެއްކަހަލަ ގެއެކެވެ. އަމިއްލަކާރެވެ. ރިސޯޓެވެ. ވާވް! ވާހް! ކޮންފަދަ ބޮޑުއުފަލެއްހެއްޔެވެ. އަހަންނަށް މިފަދަ ދިރިއުޅުމެއް ލިބޭނޭ ހީކުރާނީ ކާކުހެއްޔެވެ؟
މިރެއަކީ އިނާޝާއާއި އަޝްރަފުގެ ކައިވެނީގެ ފުރަތަމަ ރެއެވެ. ހަމަދެންމެ އިނާޝާއެއައީ ނަސަންދުރާގައިއޮތް ކައިވެނި ހަފްލާ ނިންމާލާފައެވެ.
އަޝްރަފަކީ މާލޭގެ މުއްސަނދި ވިޔަފާރިވެރިއެއްގެ ހުރި ހަމައެކަނި ފިރެހެންދަރިއެވެ. އަޝްރަފު ކިތަންމެ އުމުރުންޅަނަމަވެސް އޭނާއަކީ އޭނާގެ ބައްޕަގެ ވިޔަފާރިކުންފުނީގެ އެންމެ އިސްވެރިޔާއެވެ. ކައިވެނީގެ ކުރިން އިނާޝާއާއި އަޝްރަފު ބައްދަލުވެފައެއްނުވެއެވެ. އިނާޝާއަށް ފެނުނީ އަޝްރަފުގެ ފޮޓޯއެކެވެ. އެވަގުތުންފެށިގެން އިނާޝާގެ ހިތް އޮބިނޯވެގެން އުޅެނީ އަޝްރަފާއެކު ހޭދަކުރެވޭނެ ވަގުތުތަކެއްގެ އިންތިޒާރުގައެވެ. މިރޭގެ ކައިވެނި ހަފްލާވެސް އިނާޝާއަށް ވަރަށްކަމުދެއެވެ. މުޅިންވެސް ހަފްލާއަށް ހާޒިރުވީ ބޮޑެތި ވިޔަފާރިވެރިންނެވެ. ރިސޯޓް ތަކުގެ އޯނަރުންނެވެ. އޮފީސް އޮފީހާއި އެކި ކުންފުނިތަކުގެ އިސްފަރާތްތަކެވެ. މެޙްމާނުންނާއި ބައްދަލުކުރަން ތިބިއިރު ދެމީހުންވެސް ވާހަކަދެއްކީ ވަރަށްމަދުންނެވެ. ނަމަވެސް އެއްކަމެއް އިނާޝާވަރަށް ހައިރާންކުރުވިއެވެ. އަޝްރަފުއެދުނީ އިނާޝާ އަންހެނުންނާއި ސަލާމްކޮށްފައި އަޝްރަފު ފިރެހެނުންނާއި ސަލާމް ކުރުމަށެވެ. އެއްފަހަރަކު އިނާޝާގެ އަތް ބޭއިހްތިޔާރުގައި ވަރަށްރީތިފިރިހެނަކާދިމައަށް ދިޔައެވެ. އަޝްރަފު ކަޅިއަޅާލިގޮތުން އިނާޝާގެ އަތް ދަމައިގަނެވުނެވެ.
އެނދުގައި އޮށޯވެ އޮތް އިނާޝާ ތެދުވިއެވެ. ލޯގަނޑުގެ ކުރިމަށްޗަށް ހުއްޓި މޫނު ބަލައިލިއެވެ. “އަލުންމޭކަޕު އާކޮށްލަންވީ! އަޝްރަފު އަންނަންވާއިރަށް ރަނގަޅަށް ކުލަ އާކޮށްލަންވާނެ. ބޮޑަށް ލަދުން ހުންނަ ކުއްޖެއްގޮތަށް މޭކަޕްކުރާނީ. ކުއްލިއަކަށް އިނާޝާއަށް ބަލައިލެވުނީ ލައިގެންހުރި ހެދުމަށެވެ. ކައިވެނީގެ ހެދުމެވެ. އަގުބޮޑު ރީތި ހެދުމެކެވެ. އެކަމަކު މިބޮޑު ހެދުމާއެކީ ހުންނަން އޭނާއަށް ވަރަށް އުނދަގުލެވެ. ކުއްލިއަކަށް އިނާޝާއަށް މުޅިންއާ ވިސްނުމެއް އައެވެ. އަޝްރަފު އަންނަންދެން ހުންނާނީ މިހެދުމާއެކުއެވެ. ހިންދީފިލްމުތަކުގައިވެސް ކައިވެނީގެ ފުރަތަމަރޭ ނިދަނީ ވެޑިންޑުރެސްއާއެކުގައެވެ. ހުރިހާ ގަހަނާއެއްވެސް ބާލާދޭނީ ފިރިމީހާއެވެ.
އިނާޝާ އެނދުގައި ލައްވެލައިގެން އެއިނީ އަޝްރަފުގެ އިންތިޒާރުގައެވެ. މުއްސަނދި ރީތި ފިރިޔަކާއެކު ކައިވެނީގެ ފުރަތަމަރޭ ހޭދަކޮށްލުމުގެ އިންތިޒާރުގައެވެ. މިގޮތައްއިންނައިރު އިނާޝާގެ ހިތައްއަރައެވެ. “އަނެއްކާ ހަނީމޫނަށް ދާނީ ކޮންގައުމަކަށްބާ! ސިންގަޕޫރަށްކަންނޭގެ! ނޫން. ދާނީ ޔޫރަޕްގެ ކޮންމެވެސް ގައުމަކަށް. މިރޭ އެވާހަކަވެސް އަޝްރަފުގާތު އަހާލަންވާނީ. މާދަމާ އަޝްރަފުއާއެކު އަޝްރަފުގެ އޮފީހަށް ގޮސްލަންވާނެ! އެތާންގެ މުއައްޒަފުން އަހަންނަށް ކިޔާނީ “މެޑަމް” ކަންނޭގެ. އޯހް! ނޫން މާދަމާ ދާނީ ރިސޯޓަށް. އޭރުން އެތާންގާ އުޅޭ މުއައްޒިފުންވެސް އޯނަރުގެ އަންހެނުންނަށް ބަލާނެ.” މިހިޔާލުތައް އައުމުން ބޭއިހްތިޔާރުގައި އިނާޝާއަށް ހީލެވުނެވެ.
އަސްރަފުއައިސް ކޮޓަރިއަށް ވަނެވެ. އިނާޝާ އިސްޖަހާލިއެވެ. ކުޑަކޮށް ގުރުޑުވެލިއެވެ. ޖައްސާފައި ހުރިކުލައިގެ އެހީގައި މަސްނޫއީ ލަދުވެތިކަމެއް ދެއްކޭތޯ އިނާޝާ ހިތްވަރު ކުރަނީއެވެ. އަޝްރަފުއައިސް އިނާޝާއާ ވަރަށްކައިރީގައި އިށީންދެލިއެވެ. “އިނާޝާ! މަޑުމައިތިރި އަޑަކުން އަޝްރަފުގޮވާލިއެވެ. އިނާށާގެ ހިތް ނަށައިގަތެވެ. “އަހަރެން ރާއްޖެއައީ އިއްޔެ! އެހެންވެ އިނާޝާއާއި ބައްދަލުކުރާނެ ފުރުޞަތެއްވެސް ނުލިބުނީ.” އަޝްރަފު ވާހަކަދެއްކިއިރުވެސް އިނާޝާ އިސްއުފުލާ ބަލާވެސް ނުލިއެވެ. އަނެއްކާވެސް އަޝްރަފު ވާހަކަދެއްކިއެވެ. “އެކަމަކު މިފަހަރު ….. އަޝްރަފުގެ އަޑުގައިވަނީ ރިހުމެވެ. “ތިއިނީ ލަދުންތަ؟ ކުރިން އިނާޝާގެ ގާތުން އަރާމާ އުފާ ހާސިލްކުރިމީހުންދެކި ތިހާ ލަދުނުގަތީ ކީއްވެ؟؟؟؟ ކައިވެނި ނުކުރާތީތަ؟؟؟؟ އިނާޝާގެ އަތުގައި އަހަރެންނަށް ނަށް ދޭނެ އާއެއްޗެއް އެބައޮތްތަ؟؟؟؟ އެމީހުންނަށް ނުކޮށްދޭ އާކަމެއް ކޮށްދެވިދާނެތަ؟؟؟؟” އަޝްރަފުގެ މިބަސްތައް އިނާޝާގެ ކަންފަތުގެ ތެރެއިން ވަދެގެންދިޔައީ ހޮނުގުގުރިއެއްފަދައިންނެވެ. ގަތްލަދުން އިނާޝާއަށް އެނބުރުންއަރައިގަތްކަމުގެ އިހްސާސެއް ކުރެވިއްޖެއެވެ. ބޮލުންފަށައިގެން މުޅި ހަށިގަނޑު ހޫނުވެ ދާހިއްލަން ފަށައިފިއެވެ. ކޮޓަރީގެ ފާރުތަކަށްދަންދެން ހީހީފައި މަލާމާތްކުރާހެން އިނާޝާއަށް ހީވިއެވެ.
އަޝްރަފު ފުން ނޭވާއެއްލިއެވެ. އަދި އިރުކޮޅަކު ވިސްނާލުމަށް މަޑުކޮށްލިއެވެ. އަދި ބުނަންފެށިއެވެ. ” އަހަރެން ޕާޓީ ނިންމާފައި ގެއަށްއަންނަން ކާރަށް އަރަނިކޮށް ކުރިމަށްޗަށް ފިރެހެނަކު އެރި. ވަރަށް ޖެހިލުންކުޑަ ކޮށްލާފައި އެމީހަކު ބުނި. “ކިތަންމެ މުއްސަންޖަސް ކަލެއަށް އިންނަން ތިޔަ ލިބުނީ ބޮޑު ބަޑިއެއް. ރަންޑިއެއް. ތުންފުއްސެއް. އަހަރެންފަދަ އެތައްބަޔަކަށް ކެހި ދީފައިހުރި މުޑުދާރު އަންހެނެއް.” އޭނާގެ ނަމަކަށް ބުނީ ވިޝާމް.” ވިޝާމްގެ ނަން އިވުމުން އިނާޝާ ގަނޑުވި ކަހަލައެވެ. އިނާޝާ މިކައިވެނި ކުރަން ނިންމީ ވިޝާމްގެ ހިތް ކުދިކުދި ކޮށްލާފައެވެ. އެއީ އިނާޝާގެ އެންމެ ފަހުގެ ލޯބިވެރިޔާއެވެ.
” އަހަރެންގެ ކައިވެންޏަށް ކުއްޖަކުހޯދީ އަހަރެންގެ މަންމަ. އަހަންނަށްލިބުނީ އިނާޝާގެ ފޮޓޯއެއް. އިނާޝާގެ ރީތިކަން އަހަރެން އިތުރަށް ކަމެއް އޮޅުން ފިލުވުމަށް ހަދާން ނައްތުވާލި. ވިޔަފާރީގެ ބޭނުމުގައި ސިންގަޕޫރުން އައިއިރު ހުރިހާކަމެއް އޮތީ ތައްޔާރުވެފައި. އިނާޝާއަށް އެނގޭތަ؟ އަހަރެންގެ ހިތައް އެރިއެއްޗިހި ގިނަކަމުން އެތައް އިރެއްގައި މިސްކިތުގައި އިނިން. ނަމަވެސް ވީކަމެއް މިއޮތީވެފައި.”
ވޭނީ އެތައް އަސަރަކުން ފުރިގެންވާ ފުންނޭވާއަކަށް ފަހު އަޝްރަފުގެ ވާހަކަ ނިންމާލިއެވެ.
އުޅެވުނު ވައްތަރު އިނާޝާގެ ލޮލުގެ ކުރިމަތީ ސިފަވާންފަށައިފިއެވެ. ކޮންމެވެސް ރިސޯޓަކުންނެވެ. ގެސްޓްހައުސްއަކުންނެވެ. ރެސްޓޯރެންޓްތަކާއި ފަޅުރައްތަކުގައެވެ. ކުޅިވަރަށެވެ. މަޖަލަށެވެ. އެކިދުވަހު އެކިމީހުންނާއެކުގައެވެ. އަޅާކޮންމެ ހެދުމަކަށް ބިޓެކެވެ. އެހުރިހާ މަންޒަރެއް އިނާޝާގެ ކުރިމަތީ އެނބުރިގަތްހިނދު އިނާޝާގެ ދެލޯ ފެންކަޅިވިއެވެ. ލަދުން ފިތްކަނޑައިގެން ހިނގައްޖެއެވެ.
އަނެއްކާވެސް އަޝްރަފުގެ އަޑު އިވުނެވެ. ” އަހަރެންހުރީ އަންބަކު ލިބޭތީ ވަރަށް އުފަލުން. އަހަރެން ހީކުރީ އަހަރެންގެ އަނބިމީހާ ވާނީ ވަރަށް މައުސޫމް ކުއްޖަކަށްކަމަށް.” އަޝްރަފު އެދުން ތެދުވިއެވެ. ” އިނާޝާ އާދެބަލަ!” އަޝްރަފު ގޮވާލިއެވެ. އިނާޝާ ސިއްސައިގެންދިއައެވެ. އެއުޅެނީ ވަރިކުރަންބާވައޭ ހިތައް އެރިއެވެ. އިނާޝާ އެދުން ތެދުވީ ބަސްއަހާ ކުޑަކުއްޖަކު ފަދައިންނެވެ. ތުރުތުރުއަޅާ ހާލުގައެވެ. އަޝްރަފު ހުއްޓުނީ އަލަމާރި ކައިރިއަށެވެ. “މިހިރީ އިނާޝާއަށްޓަކާ އަހަރެން ހޯދާފައިހުރި އެއްޗެހި.” އިނާޝާގެ ދެލޯބޮޑުވިއެވެ. ” ކަޅުހެދުން. މޫނުބުރުގާ.” އިނާޝާ ހީކުރީ އަޝްރަފު މަލާމާތް ކުރަނީ ކަމަށެވެ. ނަމަވެސް އަޝްރަފު ވާހަކަދެއްކީ ވަރަށްއޯގާތެރި އަޑަކުންނެވެ. މިކޮޓަރިން ނިކުންނަކަމުގައި ވަނީނަމަ އިނާޝާ ލާންވާނީ މިހެދުން. މިއީ އަހަރެންގެ އަންބަކަށް ވާންއޮތް ޝަރުތެއް. ދެން ކޮންމެ ވަގުތަކުވެސް ނަމާދުކުރަންވާނެ! މިގޭގައި އުޅޭނީ އަހަރެންގެ މަންމައެކަނި. ގޭތެރޭގެ ކަންކަމުގައި އަމިއްލައަށް ޒިންމާނަގައިގެން މަންމައަށްއެހީތެރިވާން ޖެހޭނެ. މިގޮތުގައި ހުރިހާދުވަހަކު އަހަރެންމިހުރީ އިނާޝާއާއެކުގައި. މިގޮތް ގަބޫލްކުރާނަމަ އަހަރެން އިނާޝާ އުފަލުގައި ގެންގުޅޭނަން.”
އަޝްރަފު ގޮސް އެނދުގައި އޮށޯވެލިއެވެ. އަދި ދެލޯމަރާލިއެވެ. އިނާޝާއަށް ހިނގައިވެސް ނުގަނެވުނެވެ.
” ކައިވެނީގެ ފުރަތަމަ ރޭ ” އިނާޝާގެ ހިތާހިތުން ކިޔާލެވުނެވެ. ” ތެދެކެވެ. އަހަރެންފަދަ އަންހެނަކަށް އަންނާނީ ކޮން ފުރަތަމަ ރެއެއްހެއްހެވެ. އިއްފަތްތެރިކަން ވަނީ ފައިދަށުވެފައެވެ. ފިރިމީހާއާއެކު ކުރާނެ ވަކި އާކަމެއް ނެތެވެ. އިނާޝާގެ ދެފައިން ބާރުދޫވިއެވެ. އަލަމާރީގައި ލެނގިލައިގެން އިނދެ އެތައް އިރެއްވަންދެން ރުޔެވެ. ގިސްލިއެވެ. ފުރަތަމަފަހަރަށް ހަޔާތުގައި ލަދުވެތިކަމުގެ އިހްސާސް ކުރެވުނީ މިރެއެވެ. ފުރަތަމަފަހަރަށް އަމިއްލަ ނަފްސާމެދު ވިސްނާލެވުނީ މިރެއެވެ. ކަރުނައިގެ ތެރެއިން އަޝްރަފުގެ މޫނަށް އިނާޝާ ބަލާލިއެވެ. އޭނާއޮތީ ލޯމަރައިލައިގެންނެވެ. އެއީ މާތް އިންސާނެއްކަމަށް އިނާޝާގެ ޟަމީރު ވިސްނައިދިނެވެ. ހުރިހާ ހަގީގަތެއް އެނގިހުރެ އިނާޝާ ބަލައިގަތީމައެވެ. ” އަހަރެންނަކީ ޢިއްފަތްތެރި އަންހެންކުއްޖަކަށްވީނަމަ… އޯހް. މިރޭވީހީ އަހަރެންގެ ހަޔާތުގެ ކޮންފަދަ ބޮޑު އުފާވެރި ރެޔަކަށްހެއްޔެވެ؟
ވީ ކިހާއިރެއްކަމެއްވެސް ނޭންގެއެވެ. އިނާޝާއަށް ހޭވެރިކަންވީ ފަތިސްނަމާދުގެ ބަންގީގެ އަޑަށެވެ. އިނާޝާ ހިތްވަރާއެކު ތެދުވިއެވެ. ފާޚާނާއަށްވަދެ އިސްކުރުދޫކޮށްލީ ހުރިހާ ނުތާހިރުކަމަކުން އެއްފަހަރާ ތާހިރުވުމުގެ ނިޔަތާވެސް އެކުގައެވެ. ފަތިސްނަމާދަށްފަހު އިނާޝާ ފުރަތަމަފަހަރަށް ތަޢުބާވުމުގެ ނިޔަތުގައި ދެއަތްއުފުލައިގެންއެތައް އިރަކުއިނެވެ. އެއަށްފަހު އަލަމާރިހުޅުވާލުމަށްފަހު އަޝްރަފު ހޯދާފައިވާ ކަޅުހެދުންލާ ލޯގަނޑު ކުރިމަތީހުރެ މޫނުބުރުގާ އަޅާލިއެވެ. އެއާއެކު އަޝްރަފުގެ އަންބެއްގެ ގޮތުގައި ހަޔާތްވޭތިކުރުމުގެ އުފާވެރި އިހްސާސް އިނާޝާގެ ނާރުތަކުގައި ހިނގައިގަތެވެ. އިނާޝާ ސިއްސައިގެން ދިޔައެވެ. އިނާޝާގެދާދި ގާތުގައި އެހުރީ އަޝްރަފެވެ. ހިނިތުންވެފައިވާ އުޖާލާމޫނަކާއިގެންނެވެ. އިނާޝާ ލަދުން އިސްޖަހާލިއެވެ. އަޝްރަފު ވަރަށްލޯބިން އިނާޝާގެ އަތަށް ފިތާލިއެވެ. = ނިމުނީ =
]]>މިއަދަކީ ހުކުރުދުވަސްކަމުން ސާނިޔާ ހެނދުނު ހެނދުނާ ތެދުވެ ގޭތެރޭގެ އެކިއެކިކަންކަމުގައި އުޅެންފެށިއެވެ. އާނާ ބޭނުންވަނީ މިއަދު ނަސީމާއްތައަށް އެއްވެސްކަމެއް ނުޖައްސާ ހުރިހާކަމެއްމެސް ކުރާށެވެ. އެހެންކަމުން ހެނދުނުގެ ސައިތައްޔާރުކުރަން ބަދިގޭގައި އުޅެނިކޮށް ކުއްލިއަކަށް ކުޑަކުޑަ އަބާ އައިސް ސާނިޔާގެ ގައިގައި އޮޅުލައިގަތެވެ.
ދައްތާ! ދައްތާ! މިއަދު ދޮންބެ އަންނާނެ.
އަބާގެ މިވާހަކަތަކުން ސާނިޔާ ހައިރާންވިއެވެ.
އަބާގެ ދޮންބެ ކޮބާތަ؟ ސާނިޔާ ސުވާލުކުރިއެވެ.
ދޮންބެ އުޅެނީ މެލޭޝިޔާގައި ކިޔަވަން. މަންމަބުނީ ދިހައެއްޖަހާއިރު އަންނާނެޔޯ! އަބާހުރީ ވަރަށް އުފަލުންނެވެ.
ނަސީމާއްތަ ހުރީ އުފަލުން ފޮޅިފައެވެ. ހީވަނީ ދެޢީދު އެއްފަހަރާ ލައިގަނެގެން އުޅޭހެންނެވެ. ތަންތަން ފޮޅާ ސާފުކޮށް ޒަޔާންގެ ކޮޓަރި ތައްޔާރު ކުރަނީއެވެ.
ސާނިޔާ ހުރީ މެޝިންގައި ދޮވެފައިހުރި އަންނައުނުތައް ނަގާށެވެ. ކުއްލިއަކަށް އަބާއައިސް ސާނިޔާގެ އަތުގައި ހިފާ ދަމަން ފެށިއެވެ. އާދެބަލަ! ދަމަމުންކަހަލަ ގޮތަކަށް ގެންގޮސް ގޭތެރެއަށް ވެއްދިއެވެ. މިހިރީ ދޮންބެ! ސާނިޔާދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ބަލައިލެވުނީ އަޒާންގެ މޫނަށެވެ. އެވަގުތު އަޔާންވެސް ހުރީ ބަލަހައްޓައިގެންނެވެ. ސާނިޔާ އަވަސްއަވަހަށް އިސްޖަހާލިއެވެ. އަޔާން އަބާ އުރާލިއެވެ. އަދި އަބާގެ ދައްތަގެ ހާލްކިހިނެތްހޭ އަހާލިއެވެ.
ދައްތަގެ ހާލް ރަނގަޅު. އަބާގެ ތުއްތުއަޑުން ބުނެލިއެވެ.
ސާނިޔާއަށާއި އަޔާންއަށް އެއްފަހަރާ ހީލެވުނެވެ. ސާނިޔާބެލީ އަވަހަށް އެތަނުން ދެވޭތޯއެވެ. އަޔާންއަކީ އަދި ސާނިޔާއަށް ބީރައްޓެއްސެކެވެ. އިރުކޮޅަކުން އަބާ އަތުވެއްޖެއެވެ. ވަރަށްއަވަހަށް ދޮންބެއަށް ކޮފީއެއް. އަބާހީވަނީ ބޮޑުމީހެއްހެންނެވެ. ސާނިޔާގާތަށް ހިނިއައެވެ. ކޮފީ ހިފައިގެން ދިޔައިރު ސިޓިންރޫމްގައި އަޔާން އިނެވެ. ކޮފީތަށި ދިނުމަށްފަހު ސާނިޔާ ހިނގައިގަތެވެ.
ދައްތަކައިރީބުނޭ ކޮފީ ވަރަށްމީރޭ. އަޔާންގެ އަޑުއިވުމުން ސާނިޔާއަށް ހުއްޓެވުނެވެ. ނަމަވެސް ފަސްއެނބުރި ބަލާވެސްނުލާ ސާނިޔާ އެދިޔަގޮތަށް ދިޔައީއެވެ.
މިއަދަކީ ހޮނިހިރުދުވަހެވެ. އިއްޔެ ދޮންބެ އައުމާއި ގުޅިގެން އަބާއަށް ސާނިޔާދައްތައާއެކު ހިނގާލަންވެސް ނުދެވުނެވެ. އެހެންކަމުން މިއަދު ހެނދުނު ހޭލިގޮތަށް އަބާ ޝަކުވާކުރިއެވެ.
ދައްތާ! މިއަދު ހިނގާލަން ދާންވާނެ.
ސާނިޔާ އަބާ ގަޔާ ކައިރިކޮށްލިއެވެ. ޔަގީންތާ!
އަޔާންއައިސް ކާމޭޒްކައިރި އިށީނެވެ. އަބާއަށްލިބުނީ އިތުރު އުފަލެކެވެ. ދޮންބެވެސް ދާންވާނެ. ދާނީ އަބާޔާ ސާނިޔާ ދައްތަޔާ ދޮންބެއާ ތިންމީހުން. ދޯދައްތާ! ސާނިޔާއަކަށް ބުނާނެ އެއްޗެއް ނޭންގުނެވެ.
ޕްލީޒް ޕްލީޒް ދައްތާ! އެންމެފަހުން ސާނިޔާ އާއެކޭބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
އެދުވަހު ވަރަށްގިނައިރު ގޮޑުދޮށުގައި ދެމީހުން ހިނގިއެވެ. އަބާޔާއެކު ކުޅުނެވެ. ސާނިޔާއާއި އަޔާންއާދެމީހުން ތަޢާރަފްވިއެވެ. އެތައްވާހަކަތަކެއް ދެއްކިއެވެ. ސާނިޔާގެ ރަށެވެ. އާއިލާގެ މެންބަރުންނެވެ. އަޔާންގެ ކިޔެވުމުގެ ވާހަކައެވެ. މިހާރުއެއީ ދެރަހްމަތްތެރިންނެވެ.
އަޔާން އައިތާ 15 ވަރަކަށްދުވަސް ވެއްޖެއެވެ. ސާނިޔާއާއި އަޔާންގެ ރަހްމަތްތެރިކަން ވަރަށް ބަދަހިވެއްޖެއެވެ. އަޔާންގެ ތަޢުލީމީފެންވަރާއި އަޅާބަލާއިރު އޭނާގެ ކިބައިގާ އެއްވެސް ފޮނިކަމެއް ދެއްކުންތެރިކަމެއް ނެތެވެ. މިކަންވެގެންދިޔައީ ސާނިޔާއަށް އެންމެ ކަމުދިޔަ ސަފައަށެވެ. ހަމައެފަދައިން ސާނިޔާގެ ރީތިކަމާ ރަނގަޅުކަމަށް އަޔާންގެ ހިތުގައި ތަޢުރީފުގެ ފުންޏެއް އެކުވެފައި ވެއެވެ. އަޔާން ސާނިޔާއާއި ލޯބީގެ ގޮތުން ގުޅެން ނިންމިއެވެ. ސަބަބަކީ ސާނިޔާގެ ކޮންމެ ހަރަކާތަކުން އަޒާންއަށް ފެންނަމުންދިޔައީ ސާނިޔާގެ ރަނގަޅުކަމެވެ. އެންމެފަހުން އަޔާން ވަރަށްގިނަ ގޮތްގޮތުން ވިސްނުމަށް ފަހު ސާނިޔާއަށް ލޯބި ހުށައެޅުމަށް ނިއްމިއެވެ. ސާނިޔާއާއި އަބާ ގޮވައިގެން ހިނގާލަންދާން ނިންމީ އަޔާންއެވެ. އަބާކުޅެން ބޭންދުމަށްފަހު އަޔާން ސާނިޔާގެ ގާތަށް ޖެހިލިއެވެ.
އަހަރެން ސާނިޔާގާތު ވާހަކައެއްބުނަންއުޅޭތާ ދުވަސްކޮޅެއް ވެއްޖެ. އަހަރެން ބޭނުން ސާނިޔާ އަހަރެންގެ މީހަކަށް ހަދަން.
އަޔާންގެ މިވާހަކަތަކުން ސާނިޔާއަށްލިބުނީ އުފާވެރިކަމާއި ހައިރާންކަމެވެ. ނަވަމެސް އޭނާ ހަމައެކައްޗެއްވެސް ނުބުނެ އިސްޖަހާލައިގެން އިނީއެވެ. އަނެއްކާވެސް އަޔާން ބުނަންފެށިއެވެ.
އަހަރެން އުންމީދުކުރަނީ ސާނިޔާ އާއެކޭ ބުނާނެކަމަށް. ކޮންމެވެސް ޖަވާބެއް ދީބަލަ.
އަޔާންއަށްދޭނެ ޖަވާބެއް ސާނިޔާގެ ކިބައިގައިނެތްކަމެއް އަޔާންއަކަށް ނޭނގެއެވެ. އެދުވަހު ދެމީހުންގެއަށް އައިރު ދެމީހުންގެ މޫނުމަތިންވެސް ފާޅުވަނީ ނުތަނަވަސްކަމެވެ. ކަންބޮޑުވުމެވެ. އަޔާންވިސްނަމުންދަނީ ސާނިޔާ ދީފާނެ ޖަވާބަކާމެދުއެވެ. ސާނިޔާ ވިސްނުންހުރީ އަޔާންއަށް ދޭނެ ޖަވާބަކާމެދުއެވެ. އަޔާންއާނުލާ އެންމެ މިނެޓެއްވެސް ހޭދަކުރުމަކީ މިއަދު ސާނިޔާއަށް ދަތިކަމެކެވެ. ނަމަވެސް ސާނިޔާ ޤަބޫލްކުރާގޮރުގައި ސާނިޔާގެ ހަގީގަތް އެނގިއްޖެނަމަ، އަޔާން ސާނިޔާ ބޭނުމެއް ނުވާނެއެވެ. އަދި ސާނިޔާގެ ނަފްސު ސާނިޔާ އަށް ވިސްނާދިން ގޮތުގައި ސާނިޔާފަދަ ކުއްޖަކާ ގުޅޭވަރަށްވުރެ އަޔާންއަކީ މާ މާތް މީހެކެވެ. ވީމާ، އަޔާންގެ އެދުމަށް އިޖާބަދިނުމަކީ ސާނިޔާ ކުރަންހެޔޮވާވަރުކަމެއްނޫންކަމަށްސާނިޔާ ނިންމިއެވެ.
މިހާރު ސާނިޔާ މަސައްކަތްކުރަނީ އަޔާންއަށްނުފެނި އުޅޭށެވެ. އަޔާން ކާގޭގައިއިނަސް ސާނިޔާ ކޮޓަރިއަކުން ނުނިކުމެއެވެ. ސާނިޔާ ހުރިތަނަކަށް އަޔާން އަޔަސް އަވަސްއަވަހަށް އެތަނަކުން ދެއެވެ. އަޔާންއަކަށް މިއީ ކެއްކުރެވޭވަރުގެ ކމަކަށްނުވިއެވެ. ހަވީރުގެ ވަގުތެކެވެ. އަޔާންގެ ގަމީސް އިސްތިރިކުރަން މަންމަބަލައި އަބާފޮނުވިއެވެ. އަބާ އައީ ސާނިޔާ ގޮވައިގެންނެވެ.
ބުނެފީމެއްނު މަންމަގާތުބުނާށޭ! އަޔާންއަށް ބޭއިހްތިޔާރުގައި އަބާޔާދިމާއަށް ހަޅޭއްލަވައި ގަނެވުނެވެ.
އަބާހުރީ ބިރުންނެވެ. ސާނިޔާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އަވަސްއަވަހަށް ކޮޓަރިޔަށްގޮސް އެތައްއިރެއްވަންދެން ރުޔެވެ. އަޔާންގެ ޖަޒްބާތީ ހާލަތު ސާނިޔާއަށް ވިސްނެއެވެ. ނަމަވެސް އޭނާގެ މަޖްބޫރު އޭނާ ފަސްޖެހޭ ސަބަބު އަޔާންގެ ކުރިމަތީ ހާމަކުރާހާ ހިތްވަރެއް ސާނިޔާގެ ކިބަޔަކު ނެތެވެ. ސަބަބަކީ އަޔާންއަށް އެއްވެސްކަމެއް އޮޅުވާލައިގެން އުޅެން ސާނިޔާ ބޭނުންނުވުމެވެ.
ނަވަވެސް …. ސާނިޔާ ހިތްވަރާއެކު ތެދުވިއެވެ. އަދި ކުޑަ ކަރުދާސްކޮޅެއް އަބާގެ އަތަށް ދިނެވެ.
މީތިކޮޅު ދޮންބެ އަތަށްދީ! އަބާ ހީވަނީ އަދިވެސް ބިރުން ހުރިހެންނެވެ. ސާނިޔާގެ ކަރުދާސްކޮޅު ހިފައިގެންގޮސް އަޔާންގެ އަތަށް އަބާދިނެވެ. އަދި އަނގައިންވެސް ނުބުނެދާންފެށުމުން އަޔާން ވަރަށްލޯބިން އަބާ އުރާލާ ކޮލުގައި ބޮސްދިނެވެ. އަދި ސޮރީ އޭބުނެލިއެވެ. ” އިޓްސް އޯކޭ ” ކުޑަކުޑަ އަބާ ޖަވާބުދިނެވެ.
” މިރޭ އަހަރެން ބަދިގެ ފަރާތު ޖޯލީގައި އަޔާންއަށް އިންތިޒާރު ކުރާނަން. ” ކަރުދާސްކޮޅު ކިޔާލުމުން އަޔާންގެ ހިތް ނަށައިގަތެވެ. ލިބުނު އުފަލެއް ބަޔާންކުރަންވެސް ދަތިވިއެވެ.
ގަޑިން ރޭގަނޑު 8:30 އެވެ. އަޔާންގޮސް ސާނިޔާގެ ކުރިމައްޗަށް ހުއްޓުނެވެ.
” އިސީންނަން ވީތަ؟ ” އަޔާން ލާނެއް ގޮތަކަށް އަހާލިއެވެ.
ހޫނ! ސާނިޔާ ޖަވާބު ދިނެވެ.
ސާނިޔާ ވާހަކަދައްކަން ފެށީ ކުރެހިފައިވާ އަޑަކުންނެވެ. އަހަރެންނަކީ ކާކުކަމެއް އަޔާންއަކަށް ނޭގޭނެ. އަހަރެންމީ އަޔާންއާ އެކަށީގެންވާމީހެއްނޫން. އަހަރެންގެ ހަގީގަތް އެގިއްޖެނަމަ، އަޔާން އަހަންނަކާ ނުގުޅޭނެ. ސާނިޔާގެ ވާހަކަ މިހިސާބަށް ދާއިރަށް އަޔާން ކުއްލިއަކަށް ތެދުވިއެވެ. އަދި ބުނަންފެށިއެވެ.
ސާނިޔާ. ސާނިޔާ އެހެންމީހަކުދެކެ ލޯބިވާވާހަކަ ބުނެފިނަމަ، އަހަރެން ސާނިޔާއަކަށް އެއްވެސް އުނދަގުލެއް ނުކުރާނަން. އަހަރެން މީ އެހާ އަމިއްލަ އެދުންބޮޑު މީހެއްނޫން. އަދި އަހަރެން ސާނިޔާއާގުޅެން ނިންމީ ސާނިޔާއަކީ ފަގީރެއްތޯ މުއްސަންޖެއްތޯ ބަލާފައެއްނޫން. ޕްލީޒް އަހަރެންނަށް މާފުކުރޭ. ސާނިޔާއަކީ އެހެންމީހެއްގެ ހައްޤެއްކަން އެގިންޖެ. އަހަރެންގެ އެއްވެސް ޝަކުވާއެއް މައްސަލައެއްނެތް. އަޔާން ހިނގައިގަތެވެ.
” އަޔާން ތިޔަވާ ލޯތްބަށް ވުރެ ބޮޑަށް އަހަރެން އަޔާން ދެކެލޯބިވަން. ” ސާނިޔާގެ އަގައިން ނިކުންޖުމްލަ އަޔާންގެ ދެފައިގައި ކަސްތަޅު އަޅުވައިފިއެވެ. މުޅި މީހާ ފިނިވެއްޖެއެވެ. މުޅި މީހާ ފިނިވެއްޖެއެވެ. އަޔާން އައިސް ސާނިޔާގާތުގައި އިށީނެވެ.
” ދެން ކީއްވެ އެއްބަސް ނުވާންތިއުޅެނީ ” އަޔާންގެ ސުވާލަށް ސާނިޔާދިން ޖަވާބުން އަޔާން ގަނޑުވިކަހަލައެވެ.
” އަހަރެންމީ ބައްޕައެއްނެތް ކުއްޖެއް. އެހެން ބަޔަކު ކުރި ފާފައެއްގެ ނަތީޖާ. ދެންވެސް އަޔާން އަހަރެން ޤަބޫލްކުރާނަންތަ؟ ސާނިޔާގެ މިވާހަކަތަކާއެކު މުޅިތަން ހަމަހިމޭންކަމުގެ ސްކޫތެއް ގެނުވިއެވެ. އަޔާން އިސްއުފުލާލިއެވެ. އަދި ވޭނާ ރިހުން އެކުލެވޭ އަޑަކުން ބުންޏެވެ. ސާނިޔާ! އަހަރެންނާދިމާލަށް ބަލައިލަބަލަ! އަހަރެންގެ ބައްޕަ ހުރިވާހަކަ ލިޔެފައި އެބައޮތްތަ؟ މިއަދު މިރާއްޖޭގައި ސާނިޔާފަދަ އެތައްބަޔަކު އުޅެ. އޭގެތެރެއިން އެކަކުކަމުގައި އަހަރެން ވާކަމަށް ޤަބޫލް ކުރާނަންތަ؟ އަޔާންބުނީ އެއްޗެއް ސާނިޔާއަށް ޤަބޫލް ނުކުރެވުނީ ކަންނޭންގެއެވެ. އަޖައިބުން ފުރިގެންވާ ނަޒަރަކުން އަޔާންގެ މޫނަށް ސާނިޔާ ބަލައިލިއެވެ. އަޔާން ބުނަންފެށިއެވެ. އަހަރެންގެ މަންމަގެ ޢުމުރުން ދާދި ޅައިރު މީހެއްގެ ދަލުގައި ޖައްސާ ދިން އެހީގެ ނަތީޖާއަކީ އަހަރެން. އަހަރެންގެ ބައްޕައަކީ ކާކުކަމެއް އަދި އަދަށްވެސް ނޭންގެ ނުވެސް ދެކެން. ބުނެބަލަ!. އެއީ އަހަރެންގެ ނުވަތަ ސާނިޔާގެ ކުށެއްތަ؟ ހުދު އަހަރެންގެ ބައްޕައެއްވެސް ނެތް؟ ވީއިރު ތިޔަ ސަބަބާހުރެ އަހަރެން ސާނިޔާ ދޫކޮށްލާނީ ކޮހިނެތް؟ ހަމަތެދެއް. މަންމަގެ ޒުވާން އުމުރު ދުއްވާލީ ހިތާމާގައި . އަބާގެ މަންމަޔާ ބައްޕަ ކައިވެނި ކުރީ އަހަރެން ގުރޭޑް 10 ވެސް ނިންމިފަހުން. އެއީ އަހަރެންގެ ދޮންބައްޕަ. އަޔާންގެ އަގައިން ބޭރުވި ވާހަކަތައް އަޑުއަހާފައި ސާނިޔާއަށް ވަރަށް އަސަރުކުރިއެވެ. އަދި ބުނަންފެށިއެވެ. އަހަރެންގެ އުމުރުން ގޮތްގޮތް އެނގޭވަރި ވީފަހުން އެންމެ ގިނައިން ކުރެވޭ ސުވާލަކީ ބައްޕަ ކޮބައިތޯ ކުރެވޭ ސުވާލު. އެކޮންމެ ފަހަރަކު މަންމަގެ ބަސް ހުއްޓޭ. ޒުވާން އުމުރަށް އެޅިފަހުން ހަޤީގަތް އެނގުމުން އެކަމާ އަމިއްލަ ނަފްސައް މަލާމާތްކުރެވޭ. އަމިއްލައަށް ބާކީ މީހެއްކަމުގައި ގަބޫލްކުރެވެ. އަހަރެމެންގެ ހާލު މިހެންހުރިއިރު އަހަރެންފަދަ އެހެންކުދިންގެ ހިތުގައިވެސް ޝަކުވާތަކެއް ވާނެކަން ގައިމު. މިއީ ކޮންމެ އަންހެނަކާއި ފިރިހެނަކުވެސް ވިސްނަން ޖެހޭކަމެއް. ސާނިޔާގެ މި ވާހަކަތައް ހުއްޓުވާލީ އަޔާންއެވެ. އަދި ސާނިޔާގެ ލޮލުން ފައިބާފައިވާ ކަރުނަތައް ފޮހެލުމަށްފަހު އަޔާން އަޔާން އަމިއްލަ އަށް އޭނާގެ ލޮލުން ފޭދުނު ކަރުވަނެސް ފޮހެލިއެވެ. ސާނިޔާއަށް ސިއްރު ސިއްރުންނެވެ.
]]>