Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the gotmls domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/admin/public_html/heyobas.info/wp-includes/functions.php on line 6121 Warning: Cannot modify header information - headers already sent by (output started at /home/admin/public_html/heyobas.info/wp-includes/functions.php:6121) in /home/admin/public_html/heyobas.info/wp-includes/feed-rss2.php on line 8 ޞިއްހަތު – heyobas https://heyobas.info Wed, 04 Aug 2021 21:37:38 +0000 en-US hourly 1 https://wordpress.org/?v=6.8.1 ކަދުރުގެ ފައިދާ https://heyobas.info/?p=4620 https://heyobas.info/?p=4620#respond Wed, 06 Jul 2016 19:50:08 +0000 http://www.heyobas.info/?p=4620 ކަދުރު(އިނގިރޭސި ބަހުން: Date)އަކީ އެތެރޭގައި ހަރުއޮށެއް އޮނަކާއި އެކު އުފެދިފައިވާ  ފޮނިމޭވާއެކެވެ.  ކަދުރު ގިނައިން ހެދެނީ ހިކިހޫނު ބިންބިމުގައެވެ. ކަދުރު އެންމެ ގިނައިން ހެދޭކަމަށް ފާހަގަ ކުރެވިފައިވަނީ މެދުއިރުމަތީގެ  ގައުމުތަކުގައެވެ. ކަދުރު ރުއް އާންމު ގޮތެއްގައި 25-15 މީޓަރާއި ދެމެދުގެ އުސްމިނަކަށް ހެދެއެވެ.

ކަދުރަކީ ކީރިތި ޤުރުޢާނާއި  މާތް ރަސޫލާ ސުންނަތުން އެނގޭގޮތުގައި އިންސާނުންނަށް ނުހަނު ފައިދާހުރި މެވާއެކެވެ. އަދި ހަމަ އެހެންމެ ކަދުރަކީ ރަސޫލާ އާންމުކޮށް ފަރިއްކުޅުވާ އުޅުއްވި ކާނާއެވެ. .ހަނގުރާމައިގެ މައިދާނުގައި އަދި އެ ނޫން މައިދާންތަކުގައިވެސް މުސްލިމުންގެ މެދުގައި މަޤުބޫލް މި މޭވާއަކީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ފައިދާހުރި އެތަކެއް މާއްދާތަކެއް ހިމެނޭ މޭވާއެކެވެ. ރަސޫލާ ދުނިޔެއަށް ފޮނުއްވުމުގެ ކުރިންވެސް ކަދުރަކީ އަރަބި ކަރައިގައި  ކެއުމަށް ބޭނުންކުރެވުނު މެވާއެކެވެ. ތާރީޙްގެ ބައެއް ފަތްފުއްތަކުން އެނގޭގޮތުގައި ކަދުރު ފުރަތަމަ ފެނިފައިވަނީ މެސޮޕޮޓޯމިއަން ސިވިލައިޒޭޝަންގެ ދުވަސްވަރު އެސަރަހައްދުންނެވެ. އެއީ މިހާރު ސައުދީއާއި އިރާގް ގުޅޭ ހިސާބެވެ.

ދުނިޔޭގައި ސިލްކް އުފެއްދުމާއި ވިޔަފާރީގައި މީގެ އެތައް އަހަރުތަކެއްކުރިން ފާހަގަކުރެވޭ ޗައިނާމީހުން ވިޔަފާރިކޮށް ދަތުރު ނިންމާލާފައި އަންނީ ކަދުރު ހިފައިގެންނެވެ. ޒަމާނަކީ ބާޓާ ސިސްޓަމަށް ވިޔަފާރި ހިންގަމުން އައި ޒަމާންކަމުން ސިލްކަށް ކަދުރު ބަދަލުކޮށް ޗައިނާއަށް ގެނެސް އުޅުނެވެ. އަދި މެދުއިރުމައްޗައް ދުނިޔޭގެ އެކިކަންކޮޅުތަކުންދާ ގިނަ ބަޔަކު އެންމެ ކުރިން ފަށައިގެންވެސް ރަމްޒީ އެއްޗެއްގެ ގޮތުގައި ކަދުރުގެންނަކަން ވަނީ ފާހަގަކުރެވިފައެވެ. ދަތުރުގެ ހަދިޔާއެއްގެ ގޮތުގައި ގައުމުގައި ތިބޭ އާއިލާއަށް ގިނަ ބަޔަކު ކަދުރުގެނެއެވެ.

ކަދުރު އާންމުކޮށް ހައްދަނީ އަރަބިދުނިޔޭގައެވެ . ދުނިޔޭގައި ކަދުރު ހައްދާ ގައުމުތަކަކީ ސައުދީ އަރަބިއްޔާ، އީރާން، އިރާގް، މިސްރެވެ. މީގެ އިތުރަށް ޔޫރަޕްގައި އިސްލާމީ ދައުލަތްފެތުރިފައި ކުރިން އޮތް ދެ ގައުމުކަމަށްވާ އިޓަލީ، ސްޕެއިން އާއި އެމެރިކާގެ ކޮންޓިނެންޓްގައި އެމެރިކާގެ އިތުރަށް މެކްސިކޯފަދަ ގައުމުތަކުގައިވެސް ކަދުރު ހައްދާއުޅެއެވެ. މެކްސިކޯއަށް ކަދުރު ތައާރަފްކޮށްފައިވަނީ ޕޯރޗުގީޒުންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކަށް ކަދުރުގެ މުޑުވަތް ގެންގޮސްފައިވަނީ ސައުދީ އަރަބިއްޔާއިންނެވެ.  ސްޕެއިންގެ އަންދަލްސް އަށް ކަދުރު ތައާރްފްކޮށްފައިވަނީ ހަލީފާ އަބްދުއްރަޙްމާންއެވެ. ޕާކިސްތާނަށް ކަދުރު ގެނެސްފައިވަނީ އެލެކްސެންޑާރ ދަ ގްރޭޓްގެ ދުވަސްވަރުއެވެ.

އެހެންނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކަދުރު ހެދޭކަން ވަނީ ފާހަގަކުރެވިފައެވެ. ރާއްޖޭގައިވެސް ކަދުރު  ކަދުރު އަޅާ ދޮންވެއެވެ. މިގޮތުން ދާދިފަހުން ނ.މާފަރުގައި ކަދުރު އަޅާ ދޮންވެފައިވެއެވެ. އަދި ސ.ކޮމަންޑޫ، ބ.ކުޑަރިކިލި އަދި ކުރިން މާލޭގައިވެސް ކަދުރު ރުއް ބޮޑުވެ ކަދުރު އަޅާފައިވެއެވެ.

ސަލާމްލެއްވި އިސާގެ ފާނުގެ މައިކަނބަލުން އީސާގެ ފާނާއިގެން ރަށްކައުވެ ވަޑައިގަތުމަށް ބަނޑުގައި ރިހުމުގެ ވޭންވަރު އަޅަންފެށި ހިނދު  މާތް ﷲ އެކަމަނާއަށް ބަސްފުޅު ވަހީކުރެއްވިއެވެ. މަރިޔަމް ސޫރަތުގެ 25 ވަނަ އާޔަތުގެ މާނައީ ” ވީއިރު، ތިޔަކަދުރު ރުކުގައި ހިފާފައި، ކަމަނާއާއި ދިމާއަށް ހަލުވައިލާ ހުށިކަމެވެ! އެއިރުން، ދޮންވެ ފައްކާވެފައި އެހުރި ކަދުރުތަށް ކަމަނާގެ ކައިރިއަށް އެޅޭނެއެވެ”. ދެން ހަމަ އެޔާޖެހިގެން 26 ވަނަ އާޔަތުގެ މާނަގައި ވަނީ ” ދެން އެކަދުރުކައި، ތިޔައޮތް ފެންއާރުން ފެންބޮއި ހިތްހަމަޖައްސާހުށިކަމެވެ.! ދެން، ކަމަނާއަށް މީހަކު ފެނިއްޖިނަމަ ބުނާށެވެ: ” ހަމަކަށަވަރުން، އަހަރުރެން މިއިނީ، ރަޙްމާންވަންތަ މާތްރަސްކަލާންގެ ކިބައަށް ރޯދަހިފުމަށް ނަދުރުގަނެގެންނެވެ.! ވީމައި އަދު، އަހުރެން، އެއްވެސް މީހަކާއި ވާހަކަދަށްކައި އުޅޭކަށް ނެތީމެވެ”. މި ޒަމާނުގެ ސައިންސްވެސް ސާބިތުކޮށްދޭގޮތުގައި ކަދުރަކީ މާބަނޑު މީހުންނަށް ފައިދާހުރި ރަނގަޅު މޭވާއެކެވެ. ކަދުރަކީ މާބަނޑު މީހުން ކެއުމަށް ނުހަނު ރަނގަޅު ފައިދާހުރި މެވާއަކަށް ވަނީ ކީއްވެތޯއެވެ؟ ކަދުރަކީ ވިހެއުމުގައި ދިމާވާ ދަތިތަކުން ސަލާމަތްކޮށްދީ ލޭ ހިނގުމާއި އަދި ބަނޑުގައި އޮންނަ ކުޑަ ދަރިފުޅުގެ ހެދި ބޮޑުވުމަށް ބޭނުންވާ ގިނަ މާއްދާތަކެއް އެކުލެވޭ މޭވާއެކެވެ. ކަދުރަކީ ރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދޭ މޭވާއެކެވެ.

ކަދުރަކީ އިންސާނާގެ ހަށިގަނޑަށް ހާއްސަކޮށް ކުޑަކުދިންނަށް ފައިދާހުރި ކާނާއެކެވެ. ކުޑަކުދިންގެ ބަނޑު އަދި ގޮހޮރުގެ މައްސަލަތައް ރަނގަޅުކޮށްދީ ފަސޭހަކަމާއި އެކު ކާތަކެތި ހަޖަމްކުރުމަށް އެހީއަކަށްވެދެއެވެ. ކުޑަކުދިންނަށް ދިމާވާ ބޭރަށް ހިންގުމާއި ބަނޑު ހަރުވުންފަދަ ބަލިތަކަށް ހާއްސަ ފަރުވާއެއްގެ ގޮތުގައިވެސް ކަދުރު ބޭނުންކުރެވެއެވެ. މިގޮތުން ކަދުރު ޖޫސް ކިރާ އެއްކޮށްގެން ނުވަތަ މާމުޔާއި އެއްކޮށްގެން ބޭނުންކުރެވިދާނެއެވެ. މިގޮތަށް ދުވާލަކު 3 ފަހަރު ދިނުމުން ﷲގެ އިޒުނަފުޅާއެކު އިންޝާﷲ ސިފާދެއްވާނެއެވެ.

ކަދުރަކީ ފަލަބަލި ނުވަތަ އޮބޭސިޓީއަށްވެސް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވޭނެ ފައިދާހުރި މެވާއެކެވެ. އާންމުކޮށް އޮބޭސިޓީ ބަލި މީހުން އިތުރަށް ބަލި ބޮޑުވެގެން ދަނީ މި ބަލީގެ ސަބަބުން އާދަޔާ ހިލާފަށް ކާހިތްވުމާއި ބަނޑުހައިކަން އިހްސާސްވުމުމުގެ ސަބަބުން ކެއުމުގައި ކޮންޓްރޯލުން ނެޓި އަދި މީހާ ކަންނެތްވެ ހަރަކާތްތެރިވުން ކުޑަވުމުންނެވެ. އެހެނީ ކަދުރުގެ ސަބަބުން ހަށިގަނޑުގައި ހަކުރުގެ ބައި ކޮންޓްރޯލްވެ އަދި ބަނޑުހައިކަން ކުޑަކޮށްދެއެވެ. އަދި ހަށިގަނޑުގައި ބާރުޖެހި ލޭ ހިނގުން އަވަސްވެދެއެވެ. މި ބަލި ހުންނަ ފަރާތްތަކުން ހާއްސަ ސަމާލުކަމެއްދީގެން ކަދުރު ކެއުމުން ހަށިގަނޑުގައި ސަރުބީ ވިރުވައިދީ ހީވާގިކަންގެނެސްދީ މި ބައްޔަށް ލުއިކަންލިބެއެވެ.

ކަދުރަކީ ހަށިގަނޑު ވިހަ މާއްދާތަކުން ސަލާމަތްކޮށް ރަށްކާތެރިކޮށްދޭ މޭވާއެކެވެ.  ހަމަ އެހެންމެ ކަދުރު ޖޫހަކީ އެކި ވައްތަރުގެ ހުމުގެ ބަލިތަކާއި ރޯގާތަކަށްވެސް ރަނގަޅު ފަރުވާއެކެވެ. ކަދުރަކީ ޖިންސީ ދުޅަހެޔޮކަންވެސް އިތުރުކޮށްދޭ މޭވާއެކެވެ. އަދި ކަދުރު ކެއެއުމުން ނުވަތަ މާމުޔާ ކިރު ކަދުރު ޖޫހާއި އެއްކޮށްގެން ބުއިމުން ހަށިގަނޑު ބާރުގަދަކޮށްދެއެވެ.

ސަހީހުލް ބުހާރީގައި އަދި މުސްލިމްގައި ބަޔާންވެފައިވާ ރަސޫލާގެ ހަދީޡް ބަސްފުޅެއްގައިވާ ގޮތުން ހެނދުނު އަޖުވާ ކަދުރުގެ 7 ކަދުރު ކައިފި މީހަކަށް އެދުވަހު ވިހައިގެ އަސަރެއް އަދި ސިހުރުގެ އަސަރެއް ނުކުރާނެއެވެ. މި ހަދީޡްގެ ނަމްބަރަކީ ބުހާރީގެ ހަދީޡް ނަމްބަރ 5327 އަދި މުސްލިމްގެ ހަދީޡް ނަމްބަރ 3814 އެވެ. އަދި މީގެ އިތުރަށް އަޖުވާ ކަދުރާ ބެހޭގޮތުން މުސްނަދު އަޙްމަދުގެ ހަދީޡް ނަމްބަރ 23592 އަދި މުސައްނަފް އިބުނު އަބީ ޝައިބާ ހަދީޡް ނަމްބަރ 2394 ގައިވެއެވެ. ހަދީޡް ނަމްބަރު ނަގާފައިވަނީ (http://www.letmeturnthetables.com/2011/07/hadith-ajwa-dates-and-science.html)އިންނެވެ. މީ 1400 އަހަރުކުރިން ރަސޫލާ ވިދާޅުވެފައިވާ ބަސްފުޅަކަށްވާއިރު މިއަދުގެ ސައިންސްވަނީ މިކަން އިތުރަށް ސާބޮތުކޮށްދީފައެވެ. 7 ކަދުރަކީ ގާތްގަނޑަކަށް 70 ގުރާމެވެ. އޭގެން 70 މިލިގްރާމަކީ އިންސާނާގެ ހަށިގަނޑުގެ ނާރުތަކާއި ހުޅުތަކާއި ކަށިގަނޑަށް ބޭނުންވާ ކެލްސިއަމްއެވެ. އަދި 35 މިލިގްރާމް އަކީ ސިކުނޑިއަށް ބޭނުންވާ ކާނާގެ ތެރޭގައިހިމެނޭ ޕޮސްޕަރަސްއެވެ. އަދި7 މިލިގްރާމް ހިމެނެނީ ހަށިގަނޑުގައި ބާރު ޖައްސާ ހަށިގަނޑު ވަރުގަދަކޮށްދޭ، ހިތުގެ ހިނގުން ރަނގަޅުކޮށްދިނުމަށް ބޭނުންވާ ބާވަތެއްކަމަށްވާ ދަނގަނޑުގެ ބައެވެ. އަދި މީގެ އިތުރަށް ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް، ލޮނު، މިނަރަލްސްގެ ބައި ލިބެއެވެ. ކަދުރުގައި ހަށިގަނޑަށް ބޭނުންވާ ހުރިހާ ބައެއް ހިމެނޭއިރު އޭގެތެރޭގައި އެންމެ މަތީ މިންވަރަކަށް ހިމެނެނީ ކާބޯހައިޑްރޭޓްސް އެވެ. އެއީ ހަށިގަނޑު ވަރުގަދަވެ ބާރު ޖެހުމަށް ބޭނުންވާ ބާވަތެވެ. ކަދުރުން ލިބޭ ކާބޯހައިޑްރޭޓްސްގެ މިންވަރަކީ 88ޕަސެންޓެވެ. އަދި %5.6-2.3 ޕުރޮޓީންސް ހިމެނެއެވެ. ޕްރޮޓީންސް އަކީ ހަށިގަނޑު ހެދިބޮޑުވުމަށް ބޭނުންވާބައެވެ. ހަށިގަނޑަށް ބޭނުންވާ ޑައިޓްރީ ފައިބަރޔާއި ވިޓަމިންސް %11.5-6.4 ހިމެނެއެވެ. އަދި %5-5.2 ގެ ފެޓް ހިމެނެއެވެ. އަދި މީގެ އިތުރަށް %5-0.2 ތެޔޮހިމެނެއެވެ.

ކަދުރަކީ ވިޓަމިން އޭ، ބީ ވަން އާއި ފުލުއޮރިން ހިމެނޭ މޭވާއެކެވެ. އަދި މީގެ އިތުރަށް ހަށިގަނޑަށް ބޭނުންވާ މިނަރަލްސްގެ ބާވަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ކެލްސިއަމް،  ދަގަނޑު، މެގްނީޒިއަމް، ޕޮޓޭސިއަމް، ޕޯސްފަރަސް، ސޯޑިއަމް، ޒިންކްއެވެ. އަދި އެލްމީނިއަމް، ކްލޯރައިޑް، ލެޑް އާއި ސަލްފަރ، ސެލީނިއަމްވެސް ހިމެނެއެވެ. މި މާއްދަތައް ދިފާއީ ނިޒާމް ވަރުގަދަކޮށްދީ ކެންސަރުން ސަލާމަތްވުމަށް މަގުފަހިކޮށްދެއެވެ.

 

 

 

]]>
https://heyobas.info/?feed=rss2&p=4620 0
ޔޫރިން އިންފެކްޝަން؛ އަންހެނުންގެ އެންމެ ބޮޑު މައްސަލަ https://heyobas.info/?p=1684 https://heyobas.info/?p=1684#respond Tue, 22 Apr 2014 09:58:13 +0000 http://www.heyobas.com/?p=1684 ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުން ނުވަތަ އާންމު ބަހުން ނަމަ ޔޫރިން އިންފެކްޝަން އުފެދުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވެފައިވާ އާންމު ސިއްޙީ މައްސަލައެކެވެ. ޚާއްސަކޮށް އަންހެނުންނަށް މިކަމުގެ އުދަގޫތައް ކުރިމަތިވާލެއް ބޮޑެވެ

ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުމަކީ ބެކްޓީރިއާގެ ސަބަބުން ކުޑަކަމުދާ ނިޒާމަށް ޖަރާސީމުގެ އަސަރު ފޯރުމެވެ. މި ޖަރާސީމު ހަށިގަނޑަށް ވަންނަނީ ކުރިމަތި ފަރާތުންނެވެ. ހަށިގަނޑަށް ވަންނަ ޖަރާސީމުތައް ކިޑްނީއާއި އާއި ބްލެޑާއަށް ވާސިލުވެއްޖެނަމަ ކުޑަކަމުދާތަކެތީގައި އެތަކެތި އިތުރުވެ މުޅި ނިޒާމުގައި ޖަރާސީމު އަށަގަނެ ތަފާތު އުދަނގޫތައް ކުރިމަތިވެއެވެ. ކުޑަކަމުދާ ނިޒާމުގައި ހިމެނޭ ބައިތަކަކީ ކިޑްނީ، ޔުރެތްރާ، ބްލެޑާ، އަދި ޔުރެޓަރސް އެވެ.  އެންމެ އާއްމުކޮށް އިންފެކްޝަން އުފެދެނީ ޔުރެތްރާ އާއި ބްލެޑާގައެވެ.

ޔޫރިން އިންފެކްޝަން އުފެދުމަށް މެދުވެރިވާ ސަބަބުތައް ބައިވަރެވެ. މިގޮތުން އެންމެ އާންމު ސަބަބަކީ ފެން ބުއިން މަދުވުމެވެ. މިކަމުގެ ސަބަބުން ކުޑަކަމުދާ ތަކެތި މަދުވެ، އޭގެ ކޮންސެންޓްރޭޝަން މަތިވެ، އޭގައި ފަސޭހަ ކަމާއެކު ޖަރާސީމް އަށަގަންނަގޮތް ވެއެވެ. އަދި މި ބަލި ޖެހިފައިވާ މީހަކު ސަލާމަތުން ހުރި މީހަކާ އެކު ޖިންސީ ގުޅުން ހިންގައިފިނަމަ އެމީހެއްގެ ގަޔަށް ބަލި ނަގުލުވެއެވެ. ބައެއް ބަލިތައް ޖެހުމުން ވެސް ޔޫރިން އިންފެކްޝަނަށް މަގު ފަހިވެއެވެ. މިގޮތުން ހަކުރު ބަލިޖެހުމާއި ޕްރޮސްޓޭޓް ގްލޭންޑް ދުޅަވުން ފަދަ ބަލިތައް ހިމެނެއެވެ. ބައެއް ފަހަރު ޤުދްރަތީގޮތުން ކުޑަކަމުދާ ނިޒާމު އުފެދިފައިވާއިރު ހުންނަ އާދަޔާ ޚިލާފުކަމެއްގެ ސަބަބުން ކުޑަކަމުދާ ތަކެތި ބޭރުކުރަން އުދަނގޫވުމުން ވެސް އިންފެކްޝަން ހެދުމަށް މަގުފަހިވެއެވެ. މީގެ އިތުރުން ކުޑަކަމުދާންވެފައި ގިނައިރު ހުރުމުން (ބްލެޑާގައި ކުޑަކަމުދާތަކެތި ގިނައިރު ހުރުމުން) ޔުރިން އިންފެކްޝަން އުފެދެން ދިމާވެއެވެ.

މާބަނޑު އަންހެނުންނަށް ޔޫރިން އިންފެކްޝަން ވަރަށް ފަސޭހައިން ޖެހެން މެދުވެރިވެއެވެ. ސަބަބަކީ ބަލިވެ އިނުމުގެ ސަބަބުން ހޯމޯންތަކަށް ބަދަލު އައުމާއި ރަހިމުގެ ސައިޒަށް ބަދަލުއައުމުގެ ސަބަބުން ކުޑަކަމުދާ ނިޒާމުގެ ގުނަވަންތަކަށް ވާންވެ ދެމި އެތުރުންތަކަށް ބަދަލު އަންނާތީއެވެ. މިކަމުގެ ސަބަބުން ކުޑަކަމުދާ ނިޒާމުގައި ފަސޭހައިން ބެކްޓީރިއާއަށް ދަތުރުކުރެވެއެވެ.

 ފިރިހެނުންނަށް ވުރެ ގިނައިން އަންހެނުންނަށް ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުމުގެ ބަލިޖެހުން ގާތެވެ. މިކަމަށް މެދުވެރިވާ ސަބަބަކީ އަންހެނުންގެ ޔުރެތްރާ (ކުޑަކަމުދާ ހޮޅި) ފިރިހެނުންނަށް ވުރެ ކުރުކަމުން ބެކްޓީރިއާ ފަސޭހަ ކަމާއިއެކު ބްލެޑަރ އާއި ހަމައަށް ވާސިލުވެވޭތީއެވެ.

ކުޑަކަމުދާ ހޮޅީގައި އިންފެކްޝަން އުފެދިއްޖެނަމަ އާދަޔާ ޚިލާފަށް ގިނައިން ކުޑަކަމުދެވޭނެއެވެ. އަދި އަބަދު ކުޑަކަމުދާން ބޭނުންވާހެން ހީވާނެއެވެ. ނަމަވެސް މިގޮތަށް ހީކުރެވުނު ކަމުގައި ވިއަސް ކުޑަކަމު ނުދެވި ހުރެއެވެ. އަދި ކުޑަކަމުދާއިރު ތަދުވެ ދިލަނެގުމާއި ކުޑަކަމުދާ ހޮޅިއަށް ތަދުވެ ދަށްބަނޑުގައި ރިއްސައެވެ. އަދި ކުޑަކަމުދާ ތަކެތީގައި ޖަރާސީމުގެ އަސަރު ވަރަށް ބޮޑަށް ހުރެއްޖެނަމަ ނުބައި ވަސްދުވައި ބައެއްފަހަރު ލޭގެ އަސަރު ފެނެއެވެ. އަދި އުނަގަނޑާއި ބަނޑުގެ އަރިމަތީގައި ރިއްސުމާއެކު ގަދައަށް ހުން އައިސް ހީކެރުވުމަކީ ވެސް މި ބަލީގެ އަލާމާތްތަކެވެ.

މި ބަލި ޖެހިއްޖެނަމަ އެކަން ކަށަވަރުކުރުމަށް ޑޮކްޓަރަށް ދެއްކުމަށްފަހު ކުޑަކަމުދާތަކެތި ތަހުލީލުކުރެވިދާނެއެވެ. މިޓެސްޓަކީ ކުޑަކަމުދާ ތަކެތީގައި ހިމެނޭ ޕްރޮޓީން އަދި އެހެނިހެން މާއްދާތަކުގެ މިންވަރު ބެލުމަށް ހެދޭ ކުޑަކަމުދާ ތަކެތީގެ ޓެސްޓެކެވެ. އަދި ކުޑަކަމުދާ ތަކެތީގައި ޖަރާސީމްގެ އަސަރު ހުރިތޯއާއި، ލޭގެ އަސަރު ހުރިތޯ ވެސް މި ޓެސްޓުން ދެނެގަނެވޭނެ އެވެ. އަދި ޖަރާސީމުގެ އަސަރު ކުޑަކަމުދާ ނިޒާމުގެ އެތެރޭގެ ގުނަވަންތަކަށް ކޮށްފައިވާނަމަ އެކަން ދެނެގަނެވޭނީ ސިސްޓޮސްކޮޕީ ހެދުމުންނެވެ. މިއީ މިއީ ކުޑަކަމުދާ ހޮޅީގެ ތެރެއަށް ކެމެރާއެއް ލައްވައިގެން މިނިޒާމްގެ އެތެރެ ބަލައިހެދޭ ޓެސްޓެކެވެ. މި ޓެސްޓް ހަދަންޖެހޭނީ ފުރަތަމަ ޓެސްޓް ހަދައި ދެވުނު ފަރުވާއިން ރަގަޅުވުމުގެ އަލާމާތެއް ނުފެންނަ ނަމައެވެ. އަދި ކިޑްނީ(ގުރުދާ)، މަސާނާ(ބްލެޑަރ) އަދި ޔުރެޓަރ ގެ ހާލަތު ދެނެގަންނަން ބޭނުންނަމަ އަލްޓްރާ ސައުންޑް ސްކޭނިންގ ހެދިދާނެއެވެ. އިންފެކްޝަނުން ސަލާމަތްވުމަށް ޑޮކްޓަރުން އާންމުކޮށްދޭނީ ‘އެންޓި ބައޮޓިކް’އެވެ.މި  ބޭސްބޭނުން ކުރާތާ 1 ނުވަތަ 2 ދުވަސް ތެރޭގައި ޔޫރިންއިންފެކްޝަންގެ އުދަނގޫތައް ކުޑަވާނެއެވެ. ނަމަވެސް ޑޮކްޓަރު ދީފައިވާ މުއްދަތުގައި ބޭސް ބޭނުންކުރަންވާނެއެވެ.

ޔޫރިން އިންފެކްޝަނުން ސަލާމަތްވުމަށް ސާފު ބޯފެން ގިނައިން ބުއިމަކީ ވަރަށް މުހިއްމުކަމެކެވެ. މިގޮތުން ދުވާލަކު 8 ތަށި ފެންބޯންވާނެއެވެ. އަދި ހޫނު ގަދަ ތަންތަނުގައި މަސައްކަތްކުރާނަމަ މިއަށްވުރެ ގިނައިން ފެން ބުއިމަށް ސަމާލުކަންދޭންވާނެއެވެ.  އަދި ވިޓަމިން ސީ ހިމެނޭ ޖޫސް ގިނައިން ބޭނުންކުރަންވާނެއެވެ. މިގޮތުން އެންމެ ރަގަޅު  ޖޫހަކީ ކްރާންބެރީ ޖޫހެވެ.

ކުޑަކަމުދާން ބޭނުންވުމުން ގިނައިރު ހިފަހައްޓައިގެން ނުހުންނާށެވެ. ކުޑަކަމުދާންވެއްޖެ ކަމުގެ އިހްސާސްކުރެވުމާއެކު ލަސްނުކޮށް ނަޖިސް ބޭރުކުރަންވާނެއެވެ. އޭގެ ސަބަބުން ގުރުދާ އަދި މަސާނާ ސާފުކޮށްދޭނެއެވެ.

ޔޫރިން އިންފެކްޝަން ޖެހިފައި ހުއްޓާ ޖިންސީ ގުޅުން ހިންގުމަކީ ރައްކާތެރިކަމެއް ނޫނެވެ. އަދި ޖިންސީ ގުޅުން ހިންގުމަށްފަހު ކުޑަކަމު ގޮސް ޖިންސީ ގުނަވަން ސާފުކޮށް ދޮންނަން އާދަކުރާށެވެ. އޭގެ ސަބަބުން ކުޑަކަމުދާ ނިޒާމްގެ ތެރެއަށް ވަދެފައިވާ ޖަރާސީމްތައް ނިކުމެސާފުވެއެވެ.

ކުޑަކަމު ނުވަތަ ބޮޑުކަމު ގޮސްފައި ތާހިރުވާއިރު ކުރިމަތި ފަރާތުން ފުރަގަސް ފަރާތަށް ވާ ގޮތަށް ފެން އަޅަން އާދަކުރާށެވެ. މިގޮތަށް ފެންއެޅުމުން ބޮޑުކަމުދާ ތަކެތީގައި ހުންނަ ޖަރާސީމު ކުރިމަތި ފަރާތަށް ވާސިލުވުން ކުޑަކޮށްދޭނެއެވެ. ބައެއް ދިވެހިން ބޮޑުކަމުގޮސް ތާހިރުވާއިރު ފުރަގަސް ފަރާތުން ކުރިމަތި ފަރާތަށްވާގޮތަށް ފެން އަޅައެވެ. މިއީ ރައްކާތެރިގޮތެއްނޫނެވެ. އަދި ފާޚާނާއަށް ގޮސް ނިމުމުން ސައިބޯނި ލައިގެން ދެ ދޮރު ވެސް ރަގަޅަށް ސާފުކުރާށެވެ.

ޖަނގިޔާ ޚިޔާރު ކުރާއިރު ކޮޓަން ޖަނގިޔާއަށް އިސްކަންދޭށެވެ. އަދި ގަޔަށް ދޫކޮށް ހުންނަ ހެދުން އެޅުމަށް ސަމާލުކަންދޭށެވެ. ނައިލޯން ޖަނގިޔާ އަދި ބާރު ޖީންސް ފަދަ ތަކެތި ބޭނުންކުރުމުން ކުރިމަތިފަރާތް ދާހިއްލައި ތެމިފައި ހުރެއެވެ. މިކަމަކީ ޖަރާސީމް އަށަގަތުމަށް މަގުފަހިވާ ކަމެކެވެ.

ޔޫރިން އިންފެކްޝަނަކީ ބައެއް ފަހަރު ވަރަށް ނުރައްކާތެރި ވޭންދެނިވި ބައްޔަކަށް ވެސްވެއެވެ. އެހެންކަމުން އުދަނގޫތައް މާ ބޮޑުވާނަމަ އިތުރު ޓެސްޓްތައް ހަދައި ރަގަޅު ފަރުވާކުރުން ވަރަށް މުހިއްމެވެ. އަދި ބައެއް ފަހަރު މިއީ އަންހެނުންގެ ދަރިމައިވުމުގެ ނިޒާމަށް ވެސް އަސަރުކުރުވާކަމަކަށްވާތީ އަންހެނުން މިކަމަށް ޚާއްސަ ސަމާލުކަމެއްދޭންވާނެއެވެ.

އައްޑޫ އޮންލައިން

heyobas

]]> https://heyobas.info/?feed=rss2&p=1684 0 ލޯކައިރި ކަޅުވުމުން ސަލާމަތް ކުރެވިދާނެ ބައެއްގޮތްތައް https://heyobas.info/?p=1612 https://heyobas.info/?p=1612#respond Sat, 19 Apr 2014 17:22:04 +0000 http://www.heyobas.com/?p=1612 ލޮލުގެ ރީތިކަން އިތުރުކުރުމަށް ބޭނުންކުރެވިދާނެ އެތައް ވައްތަރެއްގެ ތަކެތި ހުރެއެވެ. މަސްކަރާ، އައިލައިނަރ، އައިލެޝް އަދި ތަފާތު ވައްތަރުގެ މޭކަޕް ކުލަތަކަކީ ލޮލުގެ ރީތިކަން އިތުރުކޮށްދޭ ތަކެއްޗެވެ. ނަމަވެސް މިއިން އެއްވެސް އެއްޗަކީ ދާއިމީ ފަރުވާއެއްނޫނެވެ. އެހެންކަމުން ލޯކައިރި ކަޅުވުމަށް މިއިން އެއްވެސް އެއްޗަކުން އެކަށީގެންވާ ފަރުވާއެއް ނުލިބެއެވެ. ލޯ ކައިރި ކަޅުވުމަކީ މީހާ ވަރުބަލިވެ އުމުރަށްވުރެ ދޮށިކަމަށް ދައްކާނެ ކަމެކެވެ.

ބައެއް މީހުން ޤަބޫލުކުރާގޮތުގައި ލޯކައިރި ކަޅުވުމަކީ އާއިލީގޮތުން ވާރުތަވާ ކަމެކެވެ. ނަމަވެސް މިކަމުގެ ތެދުކަން ހާމަކޮށްދޭފަދަ ހެއްކެއް މިހާތަނަށް ހޯދިފައިނުވެއެވެ. ނިދިމަދުވުމާއި ހާސްވެ ކަންބޮޑުވުމުގެ އިތުރުން ކެއިން ބުއިމުގެ އާދަތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކަކީ ލޯކައިރި ކަޅުވުމަށް މެދުވެރިވާ ބައެއް ސަބަބުތަކެވެ. ކޮންމެ ސަބަބަކާ ހުރެ ލޯކައިރި ކަޅުވާން ދިމާވި ނަމަވެސް މުހިއްމު ކަމަކީ ކުރީކޮޅުގައި މިކަމަށް އެކަށީގެންވާ ފަރުވާ ހޯދުމެވެ. ނޫންނަމަ ފަރުވާކުރުން އުދަނގޫވާ ހިސާބަށް މައްސަލަ ގޯސްވުމަކީ އެކަށީގެންވާ ކަމެކެވެ.

  • އާމަންޑް ތެލުން ލޯކައިރި މަސާޖުކުރާށެވެ. މަސާޖުކުރުމުގައި ލޮލުގެ އެތެރޭގައި އެއްވެސް ވަރަކަށް ތެޔޮ ހާކައިގެންނުވާނެއެވެ. މިގޮތަށް މަސާޖުކުރުމުން ލޭ ދައުރުވުން ރަގަޅުވެއެވެ.
  • ކޮންމެ ރެއަކު ވެސް 8 ގަޑިއިރުގެ ނިދި ލިބިގަންނަން އާދަކުރާށެވެ. ނިދިމަދުވުމާއި ވަރުބަލިކަން އިހްސާސްކުރެވުމުގެ ސަބަބުން ހަންގަނޑުގެ ދިރުން ފަނޑުކޮށްދެ އެވެ. ނިންޖަކީ ވަރަށް ގިނަ ސިއްޙީ މައްސަލަތަކުގެ ފަރުވާއެކެވެ.
  • ރެއާއި ދުވާލު މަދުވެގެން 8 ތަށި ފެން ބުއިމަކީ ވަރަށް މުހިއްމު ކަމެކެވެ. ސިއްހަތާ ގުޅިފައިވާ ކޮންމެ ކަމަކަށް ފެނަށް ވުރެ ރަގަޅު ފައިދާހުރި ބުއިމެއް ނުވެއެވެ.
  • ރޯއަލުވި ގޭނުމަށްފަހު އޭގެ ދިޔަ 10 މިނެޓްވަންދެން ލޯ ކައިރީގައި އުނގުޅައި މަސާޖުކުރާށެވެ. އަދި އަލުވި ތުނިކޮށް ފޮތި ކުރުމަށްފަހު ކޮންމެ ރެއަކު ނިދުމުގެ ކުރިން ލޯ މަތީގައި ބާއްވައިގެން ވަގުތުކޮޅެއް ހޭދަކުރާށެވެ. މިއީ ލޯކައިރި ކަޅުވުމަށް ގޭގައި ދެވިދާނެ ވަރަށް އާންމު ފަރުވާއެކެވެ.
  • ކެއުމުގައި ފެހިކަން ގަދަ ފަތާއި ތަރުކާރީ ގިނަކުރާށެވެ. އަދި ވިޓަމިން އީ އާއި ވިޓަމިން އޭ ހިމެނޭ ކާނާގެ ބާވަތްތައް ކެއުން އާދަކުރާށެވެ. އަދި ކެއުމުގައި ގިނައިން ލޮނު ބޭނުންނުކުރާށެވެ.
  • ހިނގުމާއި ޖޮގިން އަދި ޔޯގާގެ ތެރެއިން ‘ޕްރަނަޔަމާ’ އަކީ ހަމުގެ މައްސަލަތައް ހައްލުކޮށްދޭ ކަސްރަތުތަކެވެ.
  • ކިއުކަމްބާ ފޮތިކުރުމަށްފަހު ލޯ މަތީގައި ބޭއްވުމަކީ ވެސް ލޯކައިރި ކަޅުވުމުން ސަލާމަތްކޮށްދޭ ކަމެކެވެ. އަދި މިއީ ލޮލަށް ފިނިކަން ގެނެސްދޭ ކަމެއް ވެސް މެއެވެ.
  • ކަފަކޮޅެއް ފިނިފެނުން ފޯކުރުމަށްފަހު ލޯކައިރި ސާފުކުރަން އާދަކުރާށެވެ.
  • ލޯކައިރީގައިވާ ހަމަކީ ވަރަށް ނާޒުކު އެއްޗަކަށްވާތީ އެތަނުގައި ކެމިކަލް ހިމެނޭ ތަކެތި ހޭކުން ބުއްދިވެރި ނޫނެވެ.
  • ސައިފަތް ޕެކެޓް ހިހޫވުމުން އެއިން ލޮލުގެ ކައިރި މަސާޖުކުރުމަކީ ވެސް ކަޅުވުން ކުޑަކޮށްދޭ ކަމެކެވެ. ސައިފަތަކީ ދުޅަވުން ކުޑަކޮށްދިނުމަށް އެހީވެދޭ މާއްދާތައް ހިމެނޭ ބާވަތެއް ވެސް މެ އެވެ.
  • އަވީގައި އުޅެންޖެހޭނަމަ އަބަދު ވެސް އަވި އައިނު ބޭނުންކުރާށެވެ. އިރުގެ ދޯދިން ލޮލަށް ގެއްލުން ވުމަކީ އެކަށީގެންވާ ކަމެކެވެ.
  • ލޯ ކައިރީގައި ކަޅުވެފައި ހުންނަ ހުރުން ފޮރުވުމަށް ކޮންސީލާ ބޭނުންކުރުމަކީ ވެސް އޮތް ހައްލެކެވެ. މިއީ މިކަމަށް އޮތް ދާއިމީ ފަރުވާއެއް ނޫންކަމުގައި ވީ ނަމަވެސް މީހާގެ މޫނުމަތިން ފެންނަ ވަރުބަލިކަން މި ކަމުން ކުޑަކޮށްދެ އެވެ. މިއީ އާދަކޮށް ކުރަން ރަގަޅުކަމެއް ނޫނެވެ. އެންމެ ރަގަޅު ގޮތަކީ ޕާޓީއެއް ނުވަތަ އެފަދަ ހަފްލާއަކަށް ދާންޖެހިއްޖެނަމަ ކޮންސީލާ ބޭނުންކުރުމެވެ.

މި ލިޔުމަކީ ދިވެހިންނަށް އިސްލާމްދީނުގެ އުސޫލުތަކާއި އެއްގޮތަށް ތަފާތު މައުލޫމާތު ފޯރުކޮށްދިނުމަށް ހެޔޮބަސް ޓީމުން ކުރާ މަސައްކަތަށް އައްޑޫ އޮންލައިންގެ ފަރާތުން ދެއްވާފައިވާ އެހީތެރިކަމެކެވެ.  އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިންނަށް ހެޔޮބަހާއި ނަސޭހަތާއި އިލްމީ މައުލޫމާތު ފޯރުކޮށްދިނުމެވެ. އެހެންކަމުން ހެޔޮބަސްޓީމަށް އެހީތެރިކަން ދީގެން އައްޑޫއޮންލައިން ކުރިޔައްދިއުމައް ނިންމެވީތީ އެފަރާތަށް ޝުކުރު އަދާކުރަމެވެ. http://www.adduonline.com.mv

]]>
https://heyobas.info/?feed=rss2&p=1612 0
މެއިން ދިލަ ނެގުން https://heyobas.info/?p=1007 https://heyobas.info/?p=1007#respond Sat, 19 Apr 2014 00:35:14 +0000 http://www.heyobas.com/?p=1007 މެއިން ދިލަނެގުމަކީ ކޮބާ؟ ވަރަށް ގިނަ މީހުން ހީކުރާގޮތުގައި މެއިން ދިލަނެގުމަށް މެދުވެރިވަނީ ބަނޑުގައި މާގިނައިން އެސިޑް އުފެދިގެންނެވެ. މެއިން ދިލަނެގުމާއި ކުރިމަތިލާންޖެހިފައިވާ ގިނަ މީހުންނަށް މިކަންތައް ދިމާވަނީ ކޮންމެހެން ގިނައިން އެސިޑް އުފެދިގެނެއް ނޫނެވެ. ނަމަވެސް އެސިޑް އުފެދެން ނުވާތަނެއްގައި ކިތަންމެ މަދުމިންވަރަކަށް އުފެދުނުކަމުގައިވިޔަސް މެއިން ދިލަނެގުމުގެ އަލާމާތްތަކާއި ކުރިމަތިލަންޖެހެއެވެ.

މައިދާއަކީ ކާތަކެތި ހަޖަމްކުރުމުގެ ނިޒާމްއެކުލެވިފައިވާ ބަޔަށް ވުމާއެކު، ގުދުރަތީގޮތުންވެސް މިނިޒާމުގައި އެސިޑްއެކުލެވެއެވެ. މިއެސިޑްގެ ބޭނުމަކީ ކާތަކެތި ހަޖަމްކުރުމަށް އެހީވެދިނުމެވެ. ނަމަވެސް މި އެސިޑްގެ ކިތަންމެ މަދުމިންވަރެއް މައިދާތެރެއިންގޮސް ކާތަކެތި ދަތުރުކުރާ ހޮޅިއާހަމައަށް ދިޔަޔަސް މެއިން ދިލަނަގާކަމުގެ އިހްސާސްކުރެވެންފަށައެވެ.

މެއިން ދިލަ ނަގަނީ ކީއްވެ؟ މެއިން ދިލަނެގުމާއި ކުރިމަތިލާން ޖެހިދާނެ ވަރަށް ގިނަކަންތައްތަކެއްވެއެވެ. އޭގެތެރޭަގއި ހަޖަމްކުރުމުގައި ދިމާވާ މައްސަލަތަކަކާއި ، ބަނޑުގައި އެސިޑް އުފެދުން އަދި ގޮހޮރު ފާރުވުން ހިމެނެއެވެ.

މެއިން ދިލަނަގާކަން އިހްސާސްކުރެވޭނީ ކިހާ ހިސާބަކުން ފެށިގެން؟  މޭދަށާއި ބަނޑުން ފެށިގެން، ކަރާހަމައަށް ދިލަނަގާ ކަހަލަ ތަދެއް އިޙްސާސް ކުރެވޭނަމަ އެއީ މެއިން ދިލަނެގުމާއި ގުޅުންހުރިކަމެކެވެ. ބައެއް މީހުންށް މިކަމުގެ އަލާމާތެއްގެ ގޮތުން  އަނގައިގައި ހިތިރަހައެއް ހުންނަނަކަމަށްވެއެވެ.  މިކަމުގެ ތަދުނ(ބޮޑަށް ވައަތަށް ނުވަތަ ކަރާއި ހަމައަށް) ވާޞިލްވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.

މިތަދު  އިހްސާސް ކުރެވޭނީ  ކޮން ވަގުތުތަކެއްގައި؟ މާގިނައިން ހަވަދުގެ ބާވަތްތައް ގިނަ ކާނާ ކެއުމަށްފަހު، ރޭނގަނޑުއނދުގައި އޮށޯވެގެން އޮންނައިރު، ގުދަށް އޮންނައިރު، އުނަގަނޑަށް ބާރުހެދުން ލައިގެން ހުންނައިރު، މިއިން އެއްވެސް ހާލަތެއްގައި ތަދު އިޙްސާސްކުރެވޭނަމަ އެއީ މެއިން ދިލަނެގުމުގެ ޢަލާމާތެކެވެ.

މެއިން ދިލަނގަނީ ކޮންބައެއްގެ؟ އެކިމީސް މީހުންނަށް މި މައްސަލަ ދިމާވާނީ އެކިވަރަށެވެ. މިކަމުގެ އަސަރު ބޮޑަށްކުރާނީ :- ގިނައިން ސިގިރެޓް ބުއިމުން، މާ ބަރުދަން އިރުތުވުމުން، ވަރުބަލިވުމުން، މާބަނޑުވުމުން،

ކާތަކެތި ދަތުރުކުރާ ހޮޅިއަށް މައިދާގައި އުފެދޭ އެސިޑް ދަނީ ކީއްވެ؟  ކާތަކެތި ދަތުރުކުރާ ހޮޅިއަށް މައިދާގައި އުފެދޭ އެސިޑް ޖަމާވުމަށް މެދުވެރިވާ ގިނަ ސަބަބުތަކެއްވެއެވެ. މައިދާއަށްދާ ކާތަކެތި އަނބުރާ ކާތަކެތި ދަތުރުކުރާ ހޮޅިއަށް އައުން މަނާ ކުރުމަށްޓަކައި ކާތަކެތި ދަތުރުކުރާ ހޮޅީގެ ނިމޭކޮޅުގައި ވޭލެއް ހުރެއެވެ. މިވޭލްވް ބަލިކަށިނަމަ، މައިދާގެ ތެރޭ އުފެދޭ އެސިޑް ފަދަ ތަކެތި ކާތަކެތި ދަތުރުކުރާ ހޮޅިތެރެއަށް  ފަހަރުގައި ހިނގައިދާނެއެވެ. ކޮންމެ ކެއުމަކަށްފަހު މިވޭލްގެ މަސައްކަތުގެ ޕްރެޝަރު އިތުރުވެއެވެ.

ކާއެއްޗެހި ދަތުރުކުރާ ހޮޅިން ތިރިއަށް ކާއެއްޗެހި ދަތުރުކުރަނީ ބިމަށް ދަމާބާރުގެ އެއީގައެވެ. ނަމަވެސް އޮށޯތުމުން ނުވަތަ ގުދުވުމުން މިއާ އިދޮކޮޅަށް ކަންތައް ދިމާވެއެވެ. އަދި މިގޮތަށް ދިމާވަފަހަރު، ކާތަކެތި ދަތުރުކުރާ ހޮޅީގެ ތިރީގައި އިންނަވޭލްވް ބަލިކަށި ނަމަ ކާއެއްޗެހި މައްޗައް އަންނަގޮތް ވެއެވެ. މީގެއިތުރުން ހަޖަމު ކުރުމަށްޓަކައި ބަނޑުގައި އުފެދޭ ޕްރެޝަރު އިތުރުވެ ކާތަކެއްޗާއި އެސިޑް އިދިކޮޅަށް ދައުރުވާ ގޮތްވެއެވެ.

މެއިން  ދިލަނެގުމަށް ފަރުވާކުރާނީ ކިހިނެއް؟ މިކަމަށް ފަރުވާ ހޯދުމުގެ ކުރިން، އެންމެ ފުރަތަމަ މިކަންތައްތައް ދިމާވާން ޖެހުނު މައިގަނޑު ސަބަބު ދެނެގަތުމަކީ ވަރަށް ބޭނުން ކަމަކެވެ. އެއީ މައިދާގައި އެސިޑް ހުންނަންވާ ހިސާބު ފިޔަވައި އެހެން ހިސާބުތަކަށް ދިއުމެވެ. އެންމެ ރަނގަޅު ގޮތަކީ މައިދާގައި އެސިޑް ހުންނަންވާ ހިސާބުގައި ހިފެހެއްޓުމެވެ. އަދި ކާތަކެތި ދަތުރުކުރާ ހޮޅިއާއި ހަމަޔަށް އެސިޑް ދަތުރުކުރިޔަ ނުދިނުމަށެވެ.

މަރިޔަމް ސަޢީދު( ޑީޕީއެޗް)  ދުޅަހެޔޮ، 27 އެޕްރީލް 2001

 އަންނަ ހަފްތާަގައި-

މެއިން ދިލަނެގުމުން ސަލާމަތް ވެވިދާނެތަ؟

]]>
https://heyobas.info/?feed=rss2&p=1007 0
ތުއްތު ދަރިފުޅުގެ ވިސްނުން ތަރައްޤީ ކުރާނީ ކިހިނެއް؟ https://heyobas.info/?p=684 https://heyobas.info/?p=684#respond Sun, 23 Mar 2014 09:54:23 +0000 http://www.heyobas.com/?p=684 ޑރ.ޢަބްދުލް މުޙްސިން މުޙައްމަދު
“ތުއްތު ކުއްޖާ އުފަންވާއިރު ދެކޮނޑު ދޭތެރޭ ބޮލެއް ހުރެއެވެ. އެބޮލުގައި އުނގެނުން ތައްޔާރަށް އޮތް ސިކުނޑިއެއްވެއެވެ. ނަމަވެސް އެސިކުނޑީގެ ތަފާތު ބައިތައް (ބަހުރުވަޔާއި ހިސާބާއި ހެވާއިނުބައި ވަކިކުރުމާއި ޝުޢޫރުތަކާއި އެނޫންވެސް ކަންތައްތަކާ ބެހޭ ތަފާތު ބައިތައް) ތަރައްޤީ ކުރުމަށް ބޭނުންވާ އެތަކެއް ބިލިއަން ސާކިޓްތައް (ނުވަތަ ދޭދޭ ނިޔުރޯންތަކުގެ ދެމެދުގައިވާ ގުޅުންތައް) ވައިރުކޮށް ފުރިހަމަކުރުމަށް ގިނަ އަހަރު ދުވަސްތަކެއްގެ ތަޖުރިބާ (ލޮލުން ބެލުމާއި، އަޑުއެހުމާއި، ކުޅުމާއި، މުޢާމަލާތްކުމުން ލިބެ ތަޖުރިބާ) ބޭނުންވެއެވެ.”

 

މިޢިބާރާތަކީ “ނިއުސްވީކް” މަޖައްލާގެ 1997 ވަނަ އަހަރުގެ ރަބީއުމޫސުމުގެ ޚާއްޞަ ނަމްބަރުގައި އެމަޖައްލާގެ ސީނިއަރ އެޑިޓަރ ޝެރޯން ބެގްލީ ލިޔެފައިވާ ޢިބާރާތެއްގެ ތަޖުރިބާއެވެ.
ޤަބޫލުކުރެވޭ ގޮތުގައި އިންސާނާގެ ވިސްނުން ބައްޓަންކުރަނީ އެކުއްޖާއަށް ފެންނަ މަންޒަރުތަކާއި، އިވޭއަޑުތަކާއި ކުރެވޭ ތަޖުރިބާއިންނެވެ. މީގެ ސައިންޓިފިކް ހެކި ފެންނާން އެބަހުއްޓެވެ. ޒަމާނުއްސުރެ ކުރެވެމުން އަންނަ ތަޖުރިބާތަކުންނާއި ވާރުތަވަމުން އަންނަ ހެޔޮ ވިސްނުމުންވެސް މިކަން ސާބިތުވެއެވެ. އަދުގެ ހޯދުންތަކުން ހާމަވާ އެއްކަމަކީ މާބަނޑުން ފެށިގެންވެސް ތުއްތު ދަރިފުޅު ވިސްނާކަމެވެ. އަދި އެވިސްނުން ތަރައްޤީ ކުރުމުގައި މައިންބަފައިންނަށް ދައުރެއް އަދާކުރެވޭ ކަމެވެ.
ހާވަޑް މެޑިކަލް ސްކޫލުގެ ޕްރޮފެސަރެއްކަމަށްވާ ޑރ. ބުރެޒެލަޓަން އާއި ޖޯޖް ވޮޝިންގޓަން ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގ ކުޑަކުދިންގެ ބަލިތަކާބެހޭ ޚާއްޞަ ޕްރޮފެސަރ ޑރ. ގޮރީން ސޮޕޭން ވިދާޅުވާ ގޮތުގައި ކޮންމެ ތުއްތު ކުއްޖަކަށްވެސް ކޮންމެހެން ފުރިހަމަ ކޮށްދޭންޖެހޭ އަސާސީ 7 ބޭނުމެއް އޮވެއެވެ. މި 7 ކަންތައްތައް ތިރީގައި މިވަނީއެވެ.
1. ދިގުދެމިގެންދާ އޯގާތެރި ފަރުވާތެރި ބެލެހެއްޓުން
ކޮންމެ ކުޑަކުއްޖަކަށްވެސް އެތަކެއް އަހަރުވަންދެން ބެލެނިވެރިއެއްގެ ހިތްހެޔޮކަމާއި އޯގާތެރިކަމާއި އަޅާލުން ބޭނުންވެއެވެ. ދެތިން ހަފްތާއަކަށް ނުވަތަ ދެތިން މަހަކުން ނޫނެވެ. އެތަކެއް އަހަރަކަށް މިއަޅާލުން ދެމިގެންދާންޖެހެއެވެ. ވަކިވަރަކަށް ބޮޑުވާފަހުން ސްކޫލަށް ވައްދާ މޮޅު އުސްތާޛުންގެ އިރުޝާދު ދިނުމަށްވުރެ ކުއްޖާގެ ތޫނުފިލިކަމާ، ވިސްނުމުގެ ތަރައްޤީއަށް އެންމެ ޅަފަތުގައި ކުއްޖާއަށް އަޅާލުމުގެ މުހިއްމުކަން ބޮޑެވެ. މިއަޅާލުން މެދުކެނޑިއްޖެނަމަ ނުވަތަ ނެތި ހިގައްޖެނަމަ ކުއްޖާގެ ވިސްނުންކޮށިވެ، ނެގިމަޑުވެ، ހިތްވަރު އެލޭގޮތް ދިމާވެއެވެ. ކުރިޔަށް ދިޔުމުގެ ބާރު ކުޑަވެއެވެ. އެންމެ ޅަފަތުގެ ކުދީންނާއި، ޕްރީސްކޫލު ކުދިންނަށްވެސް މިއަޅާލުން ބޭނުންވެއެވެ.2. ޖިސްމާނީ ހިމާޔަތާއި، ރައްކާތެރިކަމާއި، ބެލެހެއްޓުންތެރި ކޮންޓްރޯލް
ރަޙިމުން ފެށިގެން އެންމެ ޅަފަތާއެކު ކުޑަކުދިންނަށް ހިމާޔަތްތެރި މާހައުލެއް ބޭނުންވެއެވެ. މިމާހައުލަކީ ކުއްޖާއަށް ގެއްލުންދެނިވި ތަފާތު ވައްތަރުގެ ވިހަތަކުން ރައްކާތެރިކަން ލިބިގެންވޭ މާހައުލަކަށް ވާންޖެހެއެވެ. ޖިސްމާނީ އަދި ނަފްސާނީ ހާނިއްކަތަކުން ކުއްޖާއަށް ރައްކާތެރިކަން ލިބިދޭންޖެހެއެވެ. އަނިޔާވެރި މަންޒަރުތަކާ އަޑުތައް ކޮންޓްރޯލް ކުރެވިފައިވާ މާހައުލަކަށް ވާންޖެހެއެވެ. ބަލިވެއިނީނއްސުރެ ދުންފަތާއި ޑޮކްޓަރުގެ ސީދާ އިރުޝާދުގެ ދަށުން ނޫންގޮތަށް ބޭނުންކުރާ ބޭހާއި، މަސްތުވާ ތަކެއްޗާއި، އަނިޔާވެރި ފިލްމުބެލުމާއި، ރުޅިގަދަކުރުމާއި، މިނޫންވެސް ދަރިފުޅަށް ނޭދެވޭ އަސަރު ކޮށްފާނެ ކަންކަމުން މައިންބަފައިން ދުރުވާންޖެހެއެވެ. މާބަނޑަކީ ދަރިފުޅުގެ ވަރަށް ގިނަ ސިފަތައް އަށަގަނެ ތަރައްޤީވާ މަރުހަލާއެއްކަން ޤަބޫލުކޮށް އެދަރިފުޅަށް ނޭދެވޭ އަސަރުކޮށްފާނޭ ވިހަތަކުން ރައްކާތެރިވާންޖެހެއެވެ.3. ކުއްޖާގެ ޚާއްޞަ ބޭނުންތަކާ ގުޅޭ ބިނާކުރަނިވި ތަޖުރިބާ ލިބޭނޭ ފުރުޞަތު ފަހިކޮށްދިނުން.
ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެކެވެ. އެކުއްޖާގެ މިޒާޖާއި ޠަބީއަތް އެހެން ކުދީންނާ ތަފާތުވާނެއެވެ. އެކުއްޖާގެ ޝައުޤުވެރިކަން އެންމެ ޅަފަތުން ފެށިގެން ދެނެގަންނާން މަސައްކަތް ކުރާންޖެހެއެވެ. އަދި އެކަންކަން ތަރައްޤީކުރުމުގެ ފުރުޞަތުތަކެއް އެންމެ ޅަފަތުން ފެށިގެން ފަހިކޮށްދިނުމަކީ ކުއްޖާގެ ކުޅަދާނަކަން އިތުރު ކުރުމަށާއި، ކުއްޖާގެ ޤާބިލުކަން ތަރައްޤީކުރަން އެޅޭ ވަރަށް މުހިއްމު ފިޔަވަޅެކެވެ. މިސަބަބަށްޓަކައި އެންމެ ޅަފަތުގައިވެސް ކުއްޖާއާއެކު ތަފާތު ކަންތައް ކުރުމަށާއި ކުޅުމަށް ބޮޑެތި މީހުން ވަގުތު ހޭދަކުރުން މުހިއްމެވެ. މިގޮތަށް ހޭދަކުރާ ވަގުތުގައި ކުއްޖާގެ ޚާއްޞަ ސިފަތައް ދެނެގަނެވޭނެއެވެ. ކޮންމެ ކުއްޖަކުވެސް ވަރަށް ޅަފަތުގައި އަޑުއަޑު ލައްވާނެއެވެ. ނަމަވެސް ބައެއް ކުދިން ތަންކޮޅެއް އަވަހަށް ވާހަކަ ދައްކަން އުޅެއެވެ. މިފަދަ ކުދިންނަށް ވާހަކަދެއްކުމުގެ ފުރުޞަތު ހޯދާދެވިއްޖެނަމަ އެކުދިންގެ ވިސްނުން ތަރައްޤީ ކުރުމަށް ބާރެއް އަޅައިދެވުނީއެވެ. އަނެއްބައި ކުދިން އާދަޔާ ޚިލާފު އަވަހަށް އެއްޗެހީގައި ހިފަން ފަށައެވެ. މިފަދަ ކުދިންނަށް ތަފާތު އެއްޗެހީގައި އަތްލައި ހިފައި ހެދުމުގެ ފުރުޞަތު ދެވިއްޖެނަމަ އެކުއްޖާގެ ވަށައިގެންވާ މާހައުލާ ދޭތެރޭ ވިސްނާނެ ފުރުޞަތުދެވި އޭނާގެ ވިސްނުން ތަރައްޤީ ކުރުމަށް އެހީވެދެވޭނެއެވެ.4. ކުއްޖާއަށް ކުރެވޭ ތަޖުރިބާ އޭނާގެ ހެދިބޮޑުވުމާ މުނާސަބުވުން
ބޮޑުވަމުން އަންނަ ކުއްޖަކަށް އޭނާގެ އެކި ޢުމުރުގައި އަޅާލުން ބޭނުންވަނީ އެކިގޮތަށެވެ. އެ އަޅާލުމާއި ބެލެހެއްޓުން އެކުއްޖެއްގެ ޢުމުރާ މުނާސަބު ވާންޖެހެއެވެ. އެންމެ ޅަފަތުގައި އަޅާލުމުގެ ގޮތުން ކުރަންޖެހޭ ބައެއް ކަންކަމަކީ އެއަށްވުރެ ދޮށިވުމުން ކުރުން އެއްމެ ރަގަޅު ކަމަކަށް ނުވެދާނެއެވެ. އަދި އެންމެ ޅަފަތުގައި އަޅާލުމަށްޓަކައި ނުކުރާ ބައެއް ކަންތައްތައް އެއަށްވުރެ ދޮށިވުމުން ކުރަންޖެހެއެވެ. މިގޮތުން ކުއްޖާއަށް ކޮށްދެވޭ ކޮންމެ ކަމަކުން އަދި ކޮށްނުދީ ދޫކޮށްލާ ކޮންމެ ކަމަކުން އެކުއްޖާއަށް ލިބޭ ތަޖުރިބާއިން ފިލާވަޅުތަކެއް ލިބިގަންނާނެއެވެ. އަދި ބަލަދުވެރިންނަށް އެނގިގެންނާއި ނުއެނގި ކުއްޖާއަށް ހުށަހެޅޭ ތަފާތު ތަޖްރިބާތަކުގެ އަސަރު ކުއްޖާގެ ވިސްނުމުގައި ބިންވަޅުނެގި ހަރުލާފައި ހުންނާނެއެވެ. ބޮޑެތިމީހުން މަޖާކޮށްލުމުގެ ގޮތުން ބަލާ ތަޅާފޮޅާ ފިލްމުގެ އަސަރު އުނގުގައި އޮންނަ ކުއްޖާއަށް ކުރާނެއެވެ. ކުއްޖާއަށް ދިމާވާ ބިރުވެރި ހާދިސާތަކުގެ އަސަރު އޭނާގެ ވިސްނުމަށް ކުރާނެއެވެ. ކުއްޖާއާ މުޢާމަލާތު ކުރެވޭ ބަހުރުވައާއި ކައިރީގައި އުޅޭމީހުންގެ އަސަރު ކުއްޖާއަށް ކުރާނެއެވެ. އަނެއްކޮޅުން ބަލާއިރު ކުއްޖާގެ ހަށިގަނޑާއި ވިސްނުން ތައްޔާރު ނުވަނީސް ގަދަކަމުން ކަންކަން ކުރުވުމަކީ އޭގެ ނޭދެވޭ އަސަރު އޭނާއަށް ކުރާނޭ ކަމެކެވެ. އަތާއި އިގިލިތައް ރަނގަޅަށް ތައްޔާރު ނުވަނީސް އަކުރުއަޅުވަން މަސައްކަތް ކުރުވުމުން ލިޔުން ލަސްވެ ހުތުރުވެއެވެ. ހިނގައިގަންނަން ތައްޔާރު ނުވަނީސް ހިންގުވަން މަސައްކަތް ކުރުވައިފިނަމަ ހިނގުން ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ. ވަކިކަމަކަށް ކުއްޖާ ތައްޔާރުވުމުން އޭނާގެ އުޅުމުން އެކަން އެނގޭނެއެވެ. އެއިރުން އެކަމެއް ކުރުމުގެ ފުރުސަތު ފަހިކޮށްދޭން ވިއެވެ. ކޮންމެކަމަކީ ކުއްޖާގެ ޢުމުރާއި ކުއްޖާގެ ހެދިބޮޑުވުމާއި މުނާސަބު ކަންކަންތޯ ފަރުވާތެރި ކަމާއެކު ބަލަން ޖެހެއެވެ. ކުއްޖާއާ މުނާސަބު ނޫން ތަޖުރިބާތަކަކަށް ހުށަހެޅިއްޖެނަމަ އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ.5. އަޚުލާޤީ މިންގަނޑުތައް ކަނޑައެޅުމާއި، ދިރިއުޅުން ރޭވުމާއި ޙާޞިލްކުރަންވީ މިންގަނޑުތައް ކަނޑައެޅުން
އަޚުލާޤާއި ރޭވުންތެރިކަމާއި އިންތިޒާމް އެންމެ ޅަފަތުން ފެށިގެން ކުޑަކުދިންނަށް ބޭނުންވެއެވެ. އަމިއްލަ ނަފުސު ކޮންޓްރޯލް ކުރުމަށާއި، ދިރިއުޅުން ރޭވުމަށް ބޭނުންވާ އަޚުލާޤީ މިންގަނޑުތައް އެކުދިންނަށް ދަސްކޮށްދޭންޖެހެއެވެ. ރުޅި ކޮންޓްރޯލްކޮށް ސުލްޙަވެރިގޮތުގައި މައްސަލަ ޙައްލުކުރަން ދަސްކޮށްދޭންޖެހެއެވެ. އަޚްލާޤީ މިންގަނޑުތައް ދަސްކޮށްދިނުމަށްޓަކައި އެކުދީންނާއެކު ވަގުތު ހޭދަކޮށް ވަކިކަހަލަ ކަންކަމަށް އަބަދު ސަމާލުކަންދީ އެކުދީންގެ ސަމާލުކަމަށް ވަކި ކަންތައްތަކެއް ގެނެސްދިނުމުގައި ފޫހިކަމެއްނެތި ވަގުތު ހޭދަކުރާނޭ ބޮޑެތި މީހުން ތިބެންޖެހެއެވެ. ކުއްޖާގެ އަމަލުތައް ގެންގުޅެންޖެހޭނޭ ވަކި މިންގަނޑުތަކެއް ކަނޑައަޅައި ބަޔާންކޮށްދީ ތަކުރާރުކޮށް ހަނދާންކޮށްދޭނޭ ބޮޑެތި މީހުން ތިބެގެން މެނުވީ އެދެވޭ އަޚުލާޤީ މިންގަނޑުތައް އެކުދީންނަށް ދަސްކޮށް ނުދެވޭނެއެވެ. އެކުދިންނަށް ނޭދެވޭ ޢަމަލެއް ކުރެވޭ ހިނދު “ވިޔާނުދާ” ނުވަތަ “ގޯސް” ކުއްޖެއްކަމުގެ ލަގަބު ދިނުމުގެ ބަދަލުގައި ކެއްތެރިކަމާއެކު ކަންކުރަންވީގޮތް ހަނދާންކޮށްދޭ ބޮޑެތި މީހުންގެ އެހީ ކޮންމެ ކުއްޖަކަށްވެސް ބޭނުންވެއެވެ. އެކުއްޖާއަށް އެންމެ އެދެވޭގޮތަށް ކަމެއް ނުކުރެވޭހިނދު އެކަން އެފަހަރު އޭނާއަށް ނުކުރެވުނަސް ދެން ފަހަރަކުން މަސައްކަތްކުރުމުން ރަގަޅަށް އެކަން ކުރެވޭނެކަމުގެ ޔަޤީންކަން އޮތްކަން އެކުއްޖާއަށް އަންގައިދީ ހިތްވަރުދީ ރަގަޅަށް މަސައްކަތް ކުރާނޭގޮތް ބުނެދޭނޭ ބޮޑެތިމީހުން އެކުއްޖާއަށް ބޭނުންވެއެވެ. އެކުދީންގެ ޤާބިލުކަމާއި، ކުރެވޭ ކަންކަމާއި ނުކުރެވޭ ކަންކަން ދެނެތިބެ ކުރެވޭކަންކަން ރަގަޅަށް ކުރުމަށާއި އެއްވެސް މީހަކަށް ހުރިހާކަމެއް އެންމެ ރަގަޅަށް އަދި އެންމެ ފުރިހަމައަށް ނުކުރެވޭނޭކަން ބުނެދީ ހިތްވަރުދޭނޭ ބޮޑެތިމީހުން ކޮންމެ ކުއްޖަކަށްވެސް ބޭނުންވެއެވެ. ޅަފަތުން ފެށިގެންވެސް ކުއްޖާއަށް ބޭނުންވަނީ ހިތްވަރެވެ. ކާމިޔާބު ކުރުމަށް ކަންކުރަންވީގޮތުގެ ނަމޫނާއެވެ. ނާކާމިޔާބުވެ ދިޔަ ލަދުވެތިގޮތުގެ ހަނދާން އައުކޮށް ދިނުމެއް ނޫނެވެ. ހިތްވަރު ދޭންވީ އެކުއްޖާގެ “ޕާސަނަލް ބެސްޓް” ނުވަތަ އެކުއްޖާއަށް ކަންކުރެވޭ އެންމެ ފުރިހަމައަކަށް ކޮންމެ ކަމެއްވެސް ކުރުމަށެވެ.

6. ހިތްވަރުދެނިވި އިޖުތިމާޢީ ހަމަޖެހުމާއި ޘަޤާފަތް
ފުރިހަމަ މީހަކަށް ވުމަށްޓަކާ ބޮޑުވަމުން އަންނަ ކުއްޖާއަށް ހަމަޖެހޭ އިޖުތިމާޢީ ވެއްޓެއް ބޭނުންވެއެވެ. އެ އިޖުތިމާޢީ ވެށީގެ ޒަރީއާއިން އިޖުތިމާޢީ އަގުތަކާއި އަބުރުވެރިކަމުގެ މިންގަނޑުތައް އެކުއްޖާއަށް ނަގުލުވެ ދަސްވާންޖެހެއެވެ. އެކުއްޖާގެ ޘަޤާފަތަކީ ކޮބައިކަމާ އެކުއްޖާގެ މުޖުތަމަޢުގައި އުޅޭންވީ ސުލޫކާއި އަޚުލާޤީ މިންގަނޑުތައް އެކުއްޖާއަށް އުނގެނޭނެ ތަޖުރިބާތަކެއް އެ މުޖުތަމަޢުން ލިބޭންޖެހެއެވެ. ތާރީޚާއި ޘަޤާފަތާއި ދެދުނިޔޭގެ އަގުހުރި ފިލާވަޅުތައް އެކުއްޖާއަށް ލިބިދޭންޖެހެއެވެ. އެ ފުރުޞަތުތައް އެންމެ ޅަފަތުން ފެށިގެން ލިބެންޖެހެއެވެ. މިތަޖުރިބާތަކުން ކުއްޖާ ދަސްކުރާނެއެވެ. އުނގެނޭނެއެވެ. މިކަންކަމާދޭތެރޭ ވިސްނާނެއެވެ. ފިކުރުކުރާނެއެވެ.

7. މުސްތަޤުބަލް ހިމާޔަތްކޮށްދިނުން
ރަހިމުގައި ޤަރުބަގަތް ދުވަހުން ފެށިގެން މިބަޔާންކުރެވުނު ބޭނުންތައް ދަރީންނަށް ފުއްދައިދޭން މަސައްކަތް މިބަޔާންކުރެވުނު ބޭނުންތައް ދަރީންނަށް ފުއްދައިދޭން މަސައްކަތްކުރުމަށް އަހައްމިއްޔަތު ދޭންޖެހެއެވެ. މީން އެއްވެސް ކަމަކަށް އިހުމާލުކުރެވިއްޖެނަމަ މުސްތަޤުބަލާ ކުރިމަތި ލުމުގެ ނަފްސާނީ ޤާބިލުކަން އެދަރީންނަށް ނުލިބުމުގެ ފުރުޞަތު ބޮޑެވެ. ބޮޑެތި މީހުންގެ ދުނިޔެ ކާމިޔާބު ކުރުމުގެ ވިސްނުމާއި ނަފްސާނީ ކެރިފޯރުންތެރިކަން ނުލިބިދާނޭކަމުގެ ބިރު ބޮޑެވެ.

އާދެ! ޢިލްމުވެރިން ވިދާޅުވާގޮތުގައި މާބަނޑުން ފެށިގެން ދަރިފުޅު ތަރުބިއްޔަތު ކުރުމާއި އޭނާގެ ވިސްނުން ތަރައްޤީކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދަރިފުޅުގެ ވިސްނުމާއި ނަފްސާނީ ކެރިފޯރުންތެރިކަން ތަރައްޤީވެއެވެ. އަދި އޭނާގެ ދިރިއުޅުން ކާމިޔާބުކޮށް ދިނުމުގެ ބިންގާ އަޅައިދެވެއެވެ.

]]>
https://heyobas.info/?feed=rss2&p=684 0
ސިއްހަތު ރަނގަޅު މަޔަކަށްވުން https://heyobas.info/?p=51 https://heyobas.info/?p=51#respond Sat, 22 Mar 2014 10:06:42 +0000 http://www.heyobas.com/?p=51  

ކުއްޖަކު ލިބުމަކީ ކޮންމެ އަންހެނަކަށް ލިބޭނެ އެންމެބޮޑުއުފަލާއި ހިތްހަމަޖެހުމެވެ. ބަލިވެ އިނުމާއި ވިހެއުމަކީ އަންހެނުންގެ ހަށިގަނޑުގައި މާތް ﷲ ލައްވާފައިވާ ތަބީޢީ ނިޒާމެއްގެ ދަށުން ހިނގާކަމެކެވެ. ކޮންމެ ދެމަފިރިޔަކީވެސް  އެދެމަފރިޔަކުވެސް  ލިބޭ ދަރިފުޅަކީ ޞިއްހަތު ރަނގަޅު ހެޔޮހާލުގައި އުފަންވާ ކުއްޖަކަށް ހަދަންވާނެއެވެ. އެހެންކަމުން ކޮންމެ މަޔަކާއި ބަފަޔަކުވެސް ލިބޭ ދަރިފުޅާ މެދުގައި ކުރަމުންއަންނަ އުންމީދު ފުރި

ހަމަކުރމަށްޓަކައި މާބަނޑު ދުވަސްވަރު ޞިއްޙިގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފަރުވާތެރިކަމާއި އެކު އަޅަންޖެހެއެވެ.

މާބަނޑުދުވަސްވަރުގެ ފަރުވާ

 

 ކޮންމެ އަންހެނަކުވެސް ބަލިވެ އިންކަން ޔަގީންވުމުން  ވީ އެންމެއަވަހަކަށް ޞިއްޙި އެހީހޯދުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.އަދި  މިކަންކުރުމަށް ބަނޑުން ތޮޅެންދެން ލަސްކުރުމުގެ ބޭނުމެއްނެތެވެ. ބަލިވެ އިނުމުގެ އެންމެކުރީގެ ދުވަސްވަރަކީ ކުޑަދަރިފުޅު ބަނޑުގައި އުފެދެމުންއަނަ ވަރަށް ނާޒުކު ދުވަސްކޮޅެކެވެ. މިދުވަސްވަރުގައި މައިމީހާ އަރާމްކުރުމަށާއި ރަގަޅުކާނާކެއުމަށާއި ޞިއްޙިގޮތުން ދިމާވާ ކުދިކުދި މައްސަލަތަކުގައި ޞިއްޙީ ހިދުމަތްތެރިޔެއްގެ ލަފަޔާއި އރުސާދު ބޭނުންވާނެވެ.

މާބަނޑުވުމުގެ ބައެއް އަލާމާތްތައް ފާހަނގަކުރެވުމާއި އެކު ހާއްސަ ސަމާލކަމެއް ދިނުން މުހިންމެވެ. މިގޮތުން ބަލާއިރު މާބަނޑުވުމުގެ އަލާމާތްތަކަކީ މައްސަރުކަންތައް ނުޖެހުމާއި،އުރަމަތި ބޮޑުވާންފެށުން،ހޮޑުލެވުން މެއިނުބައިކުރުން،ބޯ އެނބުރުން،އަވަސްއަވަހަށް ކުޑަކަމުދާންވުމެވެ.

އަދި މީގެއިތުރުން ބަލިވެއިނދުމުގެ ފަހުކޮޅުގައި ފެންނާނެ އަލާމާތްތަކަކީ :

އުރަމަތި ބޮޑުވުމާއިއެކު ނާރުތައް އެނގުން. ވައްގަނޑުގެ ކައިރި ކުލަގަދަވެ ބޮޑުވުން، މި ބަދަލު އެންމެ ބޮޑަށް ފާހަގަކުރެވޭނީ ފުރަތަމަ އަހަރުއެވެ.

4 ނުވަތަ 4 ބައި މަހުގެ ތެރޭގައި ބަނޑުން ތޮޅުން. އެންމެފުރަތަމަ ތޮޅޭނީ ވަރަށްކުޑަކޮށެވެ. އަލަށް ބަލިވެ އިންނަކުއްޖާއަށް ފަހަރުގައި މި މުއްދަތުގައި ނޭގނި ހިނގައިދާނެއެވެ.

5 މަސް ފުރުމަށްފަހު ހޮޑުލެވި މޭނުބައިކުރާގޮތް ރަނގަޅުވެއެވެ.

ދަރިފުޅު ބޮޑުވަމުން އައިވަރަކަށް މައިމީހާގެ ބަނޑު ބޮޑުވަމުންދާނެއެވެ. 6 މަސްފުރުމުން ބަނޑުބޮޑުވުން އަވަސްވާނެއެވެ. އަދި ރަހިމު ބޮޑުވަމުންދިއުމުގެ ސަބަބުން ނެވާކުރުވުމާއި ބުރަކަށީގައި ރިއްސުންފަދަ އުނދަގޫތައް މެދުވެރިއެވެ. 8 މަސްފަހުން މެދަށައް ދުވެ ދަރިފުޅު ތިރޔައްޖެހެއެވެ. މިގޮތުން ތިރިޔައްޖެހުމުން މޭދަށައް ލުއިވުމާއި އެކު އުކުޅުވަޅަށާއި އުނގަނޑުގެ ތެރެޔަށް ތަދުވެއެވެ. އަދި ތަންކޮޅެއް އަވަސްއަވަހައް ކުޑަކަމުދާން ޖެއެވެ.

ކޮންމެ މަޔަކުވެސް ބަލިވެ އިންކަން ޔަގީންވުމުން ވީ އެންމެ އަވަހަކަށް ޞިއްހީ ހިދުމަތްދޭ ފަރާތަކަށް ދެއްކުންމުހިންމެވެ.  މިގޮތުން:

ފުރަތަމަ ބަލިވެއިންކަން އެގުމުން ވީހާ އަވަހަށްކަށް ޑޮކްޓަރަށް ދެއްކުން

އެއްވެސް އިތުރުއުނދަގުލެއް ނުވާނަމަ 7 މަސްވަންދެން މަހަކު އެއްފަހަރު ދެއްކުން

ހަތްމަހުންފެށިގެން 9 މަސްވަންދެން މަހަކު ދެފަހަރު ދެއްކުން

 މާބަނޑުދުވަސްވަރު ބައެއްފަހަރަށް ނުރައްކާތެރި އަލާމާތްތައް ކުރިމަތިވެ ފުރާނައަށް ގެއްލުން ލިބޭ ހާލަތައް ދެއެވެ. އެހެންކަމުން އެފަދަ ހާލަތްތަކާއި އެފަދަ މައުލޫމާތު ހޯދުމަކީ މުހިންމުކަމެކެވެ.  މިގޮތުން ދިމާވާ ނުރައްކަތެރި އަލާމާތްތަކަކީ

ލޭއައުން ނުވަތަ ފެންފޭބުން

އަތްފައި ފޮއްސިވުން

ގަދަޔަށް ބޮލުގައި ރިއްސުން

މޫނުމަތިން ކޮކާބުރާގޮތްވުން

ގިނައިން ހޮޑުލުން

ދުވަސްނުފުރައި ބަނޑުގައި ރިހުން

މާބަނޑު ދުވަސްވަރު ދިމާވާ ސިއްޙި މައްސަލަތަކުން ސަލާމަތްވުމަށް ތިރީގައި މިވާކަންތައްތަކަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ.

ރެޔާ ދުވާލު އެއްފަހަރުނަމަވެސް ސާފުވައިގެ ތެރެޔައް ނިކުމެ ހިނގާލާ އުޅުން.

އާންމުކޮށް ގޭތެރޭގަޔާއި އޮފީހުގައިކުރާ މަސައްކަތް ހުއްޓާނުލާކުރުން.

ނަމަވެސް މާބުރަމަސައްކަތްނުކުރުން.

ރެޔާއިދުވާލު މަދުވެގެން 8 ގަޑިއިރު ނިދުމާއި މެންދުރުފަހުންވެސް ކުޑަކޮށް އަރާމުކޮށްލުން.

އޮށޯވެ އޮންނައިރު ފައިދަށަށް ބާލީހެއް ލައްވައި އުފުލާލައިގެން އޮތުމަކީ ރަނގަޅުކަމެކެވެ.

ހަށިގަނޑުގެ ރީތިކަން ދެމެހެއްޓުމަށާއި ރިތިހެދުމަށް ލޮބިކުރަންވާނެއެވެ.

ބަނޑު ހިނދުނަނުދިމަށްޓަކައި ފަތައި ތަރުކާރީއާއި މެވާ ބޭނުންކުރަމުން ގެންދިއުން.

ދަތްތަކުގެ މައްސަލައެއް އުޅޭނަމަ ޑޮކްޓަރަކަސް ދަށްކައިގެން ވިހެއުމުގެ ކުރިން ފަރުވާ ހޯދުން.

ދުވާލަކު އެއްފަހަރު ސައިބޯނިލައިގެން ރަނގަޅަސް ފެންވަރަން ވާނެއެވެ،

ބޭނުންވާ މައުލޫމާތު ޞިއްޙީ ހިދުމަތްތެރިޔަކާއި ގުޅައިގެން ހޯދުން.

ދަރިފުޅައްދޭނެ ކިރު މައިމީހާގެ ގައިގައި އުފެއްދުމަށާއި ވިހާ ދަރިފުޅުގެ ޞިއްހަތު ރަނަގަޅުވެ އެކަށިގެންވާ ބަރުދަނެއް ބެހެއްޓުމަށްޓަކައި ބަލިވެ އިންނަ ދުވަސްވަރު  މައިމީހާ ރަނގަޅު ކާނާ ބޭނުންކުރުން،.ވީމާ ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް މިކާނާތައް ހިމަނާށެވެ.

ކިރު،ކުކުޅުބިސް، ތަރުކާރީއާއި ފެހިކުލަގަދަ ފަތް،މޭވާ

އަސްލު ނަގާފައިވަނީ:

އިންސްއުޓް އޮފް ހެލްތް ސައިންސަސް، 1993 އޮކްޓޫބަރ

]]>
https://heyobas.info/?feed=rss2&p=51 0
އުފެދުމުގެ ނުކުޅެދުންތަކުން ދަރިފުޅު ރައްކާތެރިކުރުން https://heyobas.info/?p=695 https://heyobas.info/?p=695#respond Fri, 21 Mar 2014 10:51:37 +0000 http://www.heyobas.com/?p=695 ދަރިމައިވާއިރު އަންހެންމީހާގެ ބަރުދަން އެކަށީގެންވާ މިންގަޑެއްގައި ހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އާދައިގެ ބަރުދަނެއްގައިވާ އަންހެނުންނާއި އަޅާބަލާއިރު ދަރިއަކަށް ބަލިވެ އިންނައިރު ހަށިގަނޑު ފަލަވެފައިވުމުން ދަރިފުޅު އުފަންވާއިރު އުފެދުމުގެ ނުކުޅެދުންތައް ދިމާވުމުގެ ފުރުސަތުވާކަމަށް އެމެރިކާގެ ދިރާސާއަކުން ވަނީ ލަފާކޮށްފައެވެ. މިދިރާސާކުރުމަށްޓަކައި ދިރާސާކުރާފަރާތްތަކުން ވަނީ 1997 އާއި 2002 އާއި ދެމެދުގައި އުފެދުމުގެ ނުކުޅެދުމެއް ހުރި ދަރިއަކު ވިހާފައިވާ 10،249 އަންހެނުންނާއި ސުވާލުކޮށްފައެވެ. މިގޮތުން ސުވާލުކުރެވުނީ ދަރިފުޅު ވިހެއުމަށްފަހު 6 ހަފްތާ ނުވަތަ 2 އަހަރު ފަހުންނެވެ. ހޯދުނު މައުލޫމާތުތަކުގެ ތެރޭގައި ދަރިފުޅު ވިހެއި އިރު މައިމީހާގެ ހުރި އިސްކޮޅާއި ބަރުދަނާއި އަދި ސިއްހީ ފެންވަރު ހިމެނެއެވެ. މިމައުލޫމާތުަތައް އަޅާ ބެލެވިފައިވަނީ ހަމަ މިމުއްދަތުގައި އުފެދުމުގެ ނުުކުޅެދުމެއް ނެތް ދަރިން ވިހާފައިވާ 4065 އަންހެނުންނާއިއެވެ. ދަރިފުޅު އުފަންވާއިރު މައިބަދަ، ހިތް، އަނގުނުތައް، ދަރިމައިވާ ނިޒާމް އަށް ކުރިމަތިވެފައިވާ އައިބުތަކަކީ މައިމީހާ ފަލަވުމުގެ ސަބަބުން ދިމާވެފައިވާ މައްސަލަތައްކަމަށް މިދިރާސާގެ ނަތީޖާތަކުން ވަނީ ލަފާކޮށްފައެވެ.

އުފެދުމުގެ ނުުކުޅެދުމެއް ނެތް ދަރިން ވިހާފައިވާ އަންހެނުންނާއި އަޅާބަލާއިރު ތިރީގައިވާ ނުކުޅެދުންތަކުގެ ތެރެއިން ގިނަ ނުކުޅެދުންތަކަކީ މައިމީހާ ފަލަވުމުގެ ސަބަބުން ދަރިފުޅަށް ތަޖުރިބާކުރެވިދާނެ ނުކުޅެދުންތަކެވެ.

1) ސްPައިނާ ބިފިޑާ – މިއީ މައިބަދަ އުފެދުމުގެ ތެރޭގައި ތަޖުރިބާ ކުރެވޭ ނުކުޅެދުމެކެވެ، މިމައްސަލައިގައި މައިބަދަ ފުރިހަމައަށް އުފެދިފައިނުވުމާއި ގުޅިގެން ހަރަކާތްކުރުމާއި ކުޑަކަމުދިއުމުގެ ނިޒާމަށް މައްސަލަޖެހެއެވެ.

2) ހިތަށް ދިމާވާ އުފެދުމުގެ ނުކުޅެދުންތައް

3) ފުރަގަސްފަރާތު ދޮރު ފުރިހަމައަށް އުފެދިފައިނުވުން

4) ފަޔާއި އަތުގެ އިނގިލިތައް މަދުވުން ނުވަތަ ކުރުވެފައިވުން

5) ފުއްޕާމެއާއި ބަނޑުގެ މަސްތަކަށް ބަދަލެއް އައިސްފައިވުން

6) ބަނޑުގެ މަސްތައް ފޫޅުން ބޭރަށް ނުކުމެފައިވުން

އުފެދުމުގެ ނުކުޅެދުންތަކުން ރައްކާތެރިވުން

ހަށިގަނޑުގެ ބަރުދަން އާދަޔާ ޚިލާފަށް ފަލަވެފައިވާ އަންހެނުން ދަރިމައިވުމަށް މަސައްކަތްކުރުމުގެ ކުރިން ނުވަތަ ދަރިމައިވެފައިވާކަން ފާހަގަކުރެވުމާއިއެކު ސިއްހީ މާހިރެއްގެ ލަފާގެ ދަށުން އަމަލުކުރުމަކީ މުހިއްމު ކަމެކެވެ. ބައެއް ހާލަތްތަކުގައި ދަރިމައިވުމުގެ ދުވަސްވަރު އާދަޔާ ޚިލާފަށް ފަލަވެފައިވާނަމަ، ބަރުދަން ލުއިކުރުމުގެ ޚާއްސަ Pްރޮގްރާމެއްގެ ދަށުން ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއް ނުލިބޭގޮތަށް ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރެވިދާނެއެވެ. މިގޮތުން ތިރީގައިވާ ނުކުތާތަކަށް ސަމާލުވެވިދާނެއެވެ.

* ޖަންކް ފުޑް ގެ ބަދަލުގައި ދުޅަހެޔޮ ކާނާ ބޭނުންކުރުންެ. ( ޖަންކް ފުޑްގެ ސަބަބުން އިތުރު ކެލަރީތަކެއް ހަށިގަނޑަށް ލިބުން ފިޔަވައި ހަށިގަނޑަށް ލިބޭ ފައިދާއެއް ނުވެއެވެ.)

* ސިއްހީ މާހިރެއްގެ ލަފާގެ ދަށުން ބޭސް ބޭނުންކުރުން

* މާބަނޑުއިރު ޑައަޓް ނުކުރުން

* ބަރުދަން އެކަށީގެންވާ ނިސްބަތަކުން އިތުރުވަމުންދޭތޯ ބެލުން

* ކޮންމެ 4 ގަޑިއިރަކުން ލުއިކޮށް ކެއުން

އާދަޔާ ޚިލާފަށް ފަލަނަމަ، އެކަށީގެންވާ ބަރުދަނަކަށް ހަށިގަނޑު ގެނެސް، ދުޅަހެޔޮ މިންގަނޑެއް ދެމިހުރުމަށް މަސައްކަތް ކުރުމާއި، އާދަކޮށް ކަސްރަތު ކުރުމާއި، ދުޅަހެޔޮކާނާ ބޭނުންކުރުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

މިއަދު  ނޫސް 04 ސެޕްޓެމްބަރ، 2007

]]>
https://heyobas.info/?feed=rss2&p=695 0
މާރުކޭޓުން ގަންނަ މަހުގެ ކޮލެޓީ އާ މެދު ވިސްނާލެވޭތޯ؟ https://heyobas.info/?p=3313 https://heyobas.info/?p=3313#respond Mon, 17 Feb 2014 13:43:48 +0000 http://www.heyobas.info/?p=3313 މާރުކޭޓުން ގަންނަ މަހުގެ ކޮލެޓީ އާ މެދު ވިސްނާލެވޭތޯ؟

މާލޭ މަސް މާރުކޭޓްގައި ވިއްކާ މަހުގެ ބޮޑު ބައި ހުންނަނީ ކެއުމަށް ބޭނުން ކުރާން ކަމުދާ ވަރަށްވުރެ މާ ބޮޑަށްވެސް ގޯސްވެފައިކަން މާރުކޭޓްގައި ތާޒާ މަސް އަދި ކާން ކަމު ނުދާ މަސް މީހުންނަށް އަންގައި ދިނުމަށް ބަހައްޓާފައިވާ ބޯޑަށް ބަލާލީމަ ޔަގީންވެއެވެ. އެހެންނަމަވެސް މިކަމާ މެދު ވިސްނާލަނީ ކިތައް މީހުންބާއެވެ. ތަންފީޒީ އިދާރާތަކުން މިކަމާ އަޅާ ނުލާތާ ފަރުދީގޮތުން އަދާކުރާން ޖެހޭ ޒިންމާ އަދާ ކުރަނީ ކިތައް މީހުންތޯއެވެ. މަހުގެ ކޮލެޓީ ދަށްވެފައިވާ ކަން އެނގިހުރެ މަސް ވިއްކާ މީހާ ވިއްކަނީއެވެ. ބޯޑްގައިވާ ލިޔުންތަކަށް ބެލުމެއްނެތި ގަންނަ މީހާ ގަންނަނީއެވެ.

 ކުނިވެފައި ހުންނަ މަސް

ހަންގަނޑު- ކުރެހުންތައް މުޅިން ފަނޑުވެފައިހުރުން، ލޮނދި ހުދުކުލައިގައި ހުރުން. ލޯ- އަޑިއަށް ވަދެފައިހުރުން، ހުދު ކަޅި ކިރުކުލަޔަކަށް ބަދަލުވެފައިހުރުން، ކަޅުކަޅި އަޅި ކުލަޔަކަށް ބަދަލުވެފައިހުރުން. ކަރުގަނޑު ރީނދޫ ކުލައެއްގައިހުރުން، ކަރުގަނޑު- ލޮނދި ކިރުކުލައެއްގައި ހުރުން، މަސްގަނޑު- ހުޅުނުބު ދޫވެފައިހުރުން، ހަންގަނޑު ރޫޖެހިފައިހުރުން. ބޮޑަށް ހުތްވަސް ދުވުން،

ތާޒާކަން ކުޑަވެފައި- ހަން- ކުރެހުންތައް ފަނޑުވެ ލޮނދި ކިރުކުލަޔަކަށް އެރުން، ލޯއުފުލުމެއްނެތި ހަމައަށް ހުރުން، ކަޅު ކަޅި ފުސްކޮށްހުރުން، ކަރުގަނޑު- ރަތްކުލަ މަޑު ރަށްކުލައަކަށް ބަދަލުވެފައިހުރުން، ލޮނދި ފުސްކޮށްހުރުން، މަސްގަނޑު ކުޑަކޮށް މަޑުވެފައި ރުންކުރުގޮތް ކުޑަކޮށް ހުރުން، ހަންގަނޑުގައ ފުށްގޮތެއްހުރުމާއި އެކު އޮފު ނެތުން، ހުތް ވަސް ދުވުން،

ތާޒާ މަސް: ހަން- ހަމުގެ އޮފުކަން ނެތްނަމަވެސް މަހުގައި ކުރެހުންތައް ފާޅުކޮށްހުރުން، ލޮނދިކުޑަކޮށްހުރުން.  ލޯ- ލޮލުގެ އުފުލުން ކުޑަކޮށް ތިރިވެފައިހުރުން، ހުދު ކަޅި ކުޑަކޮށް ފުސްވުން، ކަޅުކަޅި ފުސްކުލައެއްގައި ހުރުން. ކަރުގަނޑު- ރަތް ކުލަ ކުޑަކޮށް ފަނޑުވެ ކުޑަކޮށް ލޮނދި ހުރުން- ލޮނދި ސާފްކޮށް ހުރުން. މަސްގަނޑުގެ ރުންކުރު ގޮތް ކުޑަކޮށް ހުރުން، ނުބައި ވަސް ނެތުން

އެންމެ ތާޒާ މަސް:

ހަން- މަހުގައިވާ ކުރެހުންތައް ފާޅުކޮށް އެނގެން ހުރުން،  ކުލަކުލަ އަރާ ގޮތްވުން، ހަންގަނޑުގެ ބޭރުގައިވާ ލޮނދި ސާފްކޮށް އަލިކޮށް ހުރުން، ލޯ- އުފުލިފައިހުރުން، ހުދުކަޅި ސާފް ބިއްލޫރިހެންވެފައި ކަޅު ކަޅި ކަޅުކުލަ ގަދަކޮށް ހުރުން، ކަރުގަނޑު ސާފް އަލި ރަތްކުލައިގައި ހުރުން، މަސްގަނޑު ވާންކޮށް، ރުންކުރުކޮށް އަދި އޮމާންކޮށް ހުރުން،

މާރުކޭޓް ތާޒާކަން ގެއްލިފައިވާ މަސް ވިއްކުމުގެ އިތުރަށް ވަރަށް ނުރައްކާ އަމަލެއް ފާހަނގަކުރެވުނެވެ. މިފަދަ ލިޔުމެއް އަޅުގަނޑު މި ލިޔުނީ އެއްވެސް ހާލެއްގައި މާރުކޭޓްގައި މަސް ވިއްކާ ފަރާތްތަކުގެ އަގުވައްޓާލުމުގެ ވިސްނުމަކު ނޫނެވެ. އަދި އެ ތަނަށް އެތައް ފަހަރަކު ގޮސް ކަން ހިނގާ ގޮތާ މެދު ވިސްނާ ބެލުމަށް ފަހު މިކަމަކީ ކޮންމެ މީހަކުވެސް ސަމާލުވާން ޖެހޭކަމެއް ކަމަށް ގަބޫލުކުރެވޭތީ ލިޔަން ގަސްތުކުރީއެވެ. އަޅުގަނޑު  ފަށަމުން މި ބުނި އަމަލަކީ  އޭގެ ސަބަބުން ޞިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެދާނެ ފަދަ އަމަލެކެވެ. ކާނާ ވިހަވުމާއި އެލާޖިކްތައް މެދުވެރިވެދާނެ ކަމެކެވެ. ކޮލެޓީ ދަށްވެފައި ހުންނަ މަސްތައް ގެނެސް މާރުކޭޓް ތެރޭގައި ޓައިލްސް މަތީ ދުވާލު އެއްކޮށް ބަހައްޓާފައި ނުވިކުމުން ހަމަ އެ މަސްތައް ގެންގޮސް ފްރީޒްކޮށް ނުވަތަ އައިސް ފޮއްޓަށް އަޅާފައި ބަހައްޓާފައި އަނެއްކާ އަނެއް ދުވަހު ނެރެއެވެ. މިގޮތަށް ބައެއް މީހުން އެއް މަސްތަކެއް 5 ދުވަސް ވަންދެން ނެރުން މަންޒަރު އަޅުގަނޑަށް ވަނީ ފެނިފައެވެ. މިކަމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އަދި ފިނިކޮށްފައި ހުންނަ މަސް ފިނި ކެނޑުމަށް ފަހު ދެވަނަ ފަހަރަށް ފިނިކޮށްގެން ބޭނުންކުރުން އެއީ ޞިއްހީގޮތުން ތަފާތު ނުރައްކަލާ ކުރިމަތިލާ ލާން ޖެހޭ ކަމަކަށްވާއިރު މި ދެންނެވި ފަރާތްތަކުން 5 ދުވަސް ވަންދެން ފިނި ކަނޑުވާފައި ރޭގަނޑު ފިނިކޮށްގެން ގެންގުޅޭ މަހުގެ ހާލަތު ހުންނާނީ ކިހިނެތްތޯއެވެ. ހެނދުނު ބާނާ މަސް ހަވީރު ވަންދެން ވިއްކުމުގައި ރަނގަޅަށް ތަނުގެ ސާފްތާހިރުކަން ހުރި ނަމަ މާ ބޮޑު މައްސަލައެއް ނާންނާނެއެވެ. އަދި އެތާ އައިސް އަޅައިގެން ގެންގުޅޭ މަސް ވެސް ރޭގަނޑުވުމުން އައިސް ފޮއްޓައް އަޅާފައި ބަހައްޓާފައި އަނެއްދުވަހު ނެރުމުން މައްސައެއް ދިމާ ނުވެދާނެއެވެ.

ގަނޑު ފިލުވާފައި  އެއްދުވަސްކުރިން ބޭނުންކުރި މަސް އަނެއް ދުވަހު އެތަނަށް ނެރެފައި ހެނދުނުން ފަށައިގެން ހަވީރާ ހަމަޔަށް އެ މަސްތައް އެތާ ހުންނައިރު އެ މަހައް ވާނެ ގޮތް އަދި އެ މަސްތަކުގެ ކޮލެޓީ ހުންނާނެ ގޮތް ހަމަ ކޮންމެ ބޭފުޅަކުވެސް ވަޒަންކުރަށްވާށެވެ. އަދި މިއީ ކަން ހިނގާ ގޮތްކަން ގަބޫލު ނުކުރެވޭ ބޭފުޅަކު ވާނަމަ މިކަން އަމިއްލަ އަށް މާރުކޭޓަށް ގޮސް ބަލާލުމުން އެނގޭނެއެވެ. އަދި އެތާ ގިނަ މީހުން މަސް ވިއްކަމުން އަންނަނީ ޞިއްހީގޮތުން ގަންނަ މީހާއަށް ވެދާނެ ގެއްލުމަކަށް ނުބަލާކަން  އެނގޭނެއެވެ. ބައެއް ފަރާތްތަކުން މިފަދަ ގޮތަކަށް މަސް ވިއްކަމުން އައިނަމަވެސް ވަރަށް ރަނގަޅަށް މަސް ވިއްކާ ވަކި މީހުންނާއި ދޯނިތަކުގެ މީހުން މާރުކޭޓްގައި ހަރަކާތްތެރިވާކަން ފާހަނގަކުރެވެއެވެ.

ތާޒާ ކަމާ އެކު މަސް ރަށްކާކުރެވިފައި

]]>
https://heyobas.info/?feed=rss2&p=3313 0
ކަކުނި މަހުގެ ސިއްޙީ ފައިދާ https://heyobas.info/?p=2013 https://heyobas.info/?p=2013#respond Fri, 18 Oct 2013 10:44:56 +0000 http://www.heyobas.com/?p=2013 ކަކުންޏަކީ އެއްގަމާއި މޫދުގައިވެސް އުޅޭ ދިރޭއެއްޗެކެވެ. އާންމުގޮތެއްގައި ކަކުނީގައި ދާވަނި އިންނަ ފައި ނުވަތަ ދާނަ ފަޔާއި އެކު އިންނަނީ 10 ފައެވެ. ގިނަ ވައްތަރުތަކުގެ ކަކުނީގައި ހަރު ތޮށިގަނޑެއް ހުންނަ ނަމަވެސް ތޮށިގަނޑު މަޑު ކަކުނިވެސް އުޅެއެވެ. ކަކުނި އުޅޭ ތަންތަނަށް ބަލާއިރު ޗަސްބިންތަކާއި ކަނޑުގެ އަޑީގައި އަދި ތިލަ ފަޅުތަކުގެ ވެލިގަނޑާއި ގާތަކުގައި، ވަލުތެރޭގައި އުޅެއެވެ. އަދި ރާއްޖޭގައި ކަޅުފަހުގަޔާއި ޗަކަ ބިންތަކުގައި 3 ވައްތަރެއްގެ ކަކުނި އުޅެއެވެ. ހަމަ އެހެންމެ ގޮނޑު ދޮށުގައި ރާޅު ޖަހާ ހިސާބުގައި  އާންމުކޮށް ދެ ވައްތަރެއްގެ ކަކުނި އުޅެއެވެ. މީގެ އިތުރަށް މޫދުގައި ގިނަ ވައްތަރުތަކެއްގެ ކަކުނި އުޅެއެވެ. ރާއްޖޭގެ ފަރުތަކުން ނަގާ ރަތް ކަކުންޏަކީވެސް ޞިއްހަތައް ފައިދާހުރި މިނަރަލްސަލް ތަކާއި ވިޓަމިންސް ތައް ހިމެނޭ ކަކުންޏެކެވެ.

ކަކުންޏަކީ މިބާވަތުގެ އެހެން ދިރޭ އެއްޗިއްސެކޭ އެއްގޮތަށް ދޭތެރެ ދޭތެރެއިން ތޮށިގަނޑު ބަދަލުކުރާ އެއްޗެކެވެ. އިހިވެސް ތޮށިގަނޑު ބަދަލުކުރާ ގޮތަށެވެ. މިގޮތުން ކަކުނީގެ ތޮށިގަނޑު ބަދަލުވާން ގާތްވުމުން މަސްގަނޑަށް އިތުރު މަޑު ތޮށިގަނޑެއް އަރައެވެ. ދެން އެ މަޑު ތޮށްޓާއި އެކު ތޮށިގަނޑުގެ މަތީބައި ކައިރިން ފަހަތުން ކަކުނި ބޭރަށް ނިކުމެއެވެ. ތޮށިގަނޑު ދޫކޮށްލައެވެ. ތޮށިގަނޑު ދޫކޮށްލުމުން ބައެއް ވައްތަރުގެ ކަކުނީގެ ތޮށިގަނޑު މާ ގިނައިރެއް ނުވެ ހަރު ތޮށިގަނޑަކަށްވެއެވެ. މިގޮތަށް ހަރު ތޮށިގަނޑަކަށް ވުމުގެ ކުރިން މަޑު ތޮށިގަނޑާއި އެކު ކަކުނި ހޭދަކުރާ ވަގުތުކޮޅަކީ ކަކުންޏައް ނުރަށްކާ ވަގުތުކޮޅެކެވެ. ގިނަ ވައްތަރުގެ ކަކުނި ތޮށިގަނޑު ބަދަލުކުރަނީ އާންމުކޮށް ރޭގަނޑުއެވެ. ކަކުނީގެ ތޮށިގަނޑު ބަދަލުކުރާ މަންޒަރަކީ ވަރަށް އާންމުކޮށް އަޅުގަނޑުމެންނަށް ފެންނަ މަންޒަރެކެވެ. ތޮށި މަތި ހިކިފައި އޮންނައިރު ރޭގަނޑު ނުވަތަ ބަނދަރުގެ ތޮށިގަނޑުފަދަ ތަންތަނުގައި އުޅޭ ފާލަން ކަކުނި ރޭނގަނޑަށް ތޮށިގަނޑު ބަދަލުކުރާ މަންޒަރުފެނެއެވެ.

ކަކުންޏަކީ އާންމުގޮތެގައި ރޭގަނޑަށް ހަރަކާތްތެރިވާ އެއްޗެކެވެ. އަޅުގަނޑުމެންގެ ތަޖުރިބާގައި  ރާއްޖޭގައި އުޅޭ ހުރިހާ ވައްތަރުގެ ކަކުނިވެސް ރޭގަނޑަށްބޭރަށް ނިކުމެ ހަރާކާތްތެރިވާކަން ވަނީ ފާހަގަކުރެވިފައެވެ. ދުވާލުގަޑީގައި ތަންތަނުގެ އަޑީގައި ތިބޭ ކަކުނީގެ ވައްތަރުތަށް ރޭގަނޑަށް ބޭރަށް ނިކުމެ ޝިކާރަކުރެއެވެ. ކަކުނި ބައެއްފަހަރަށް ބައެއް ވައްތަރުގެ މަސް ކައި އުޅޭކަން ވަނީ ފާހަނގަކުރެވިފައެވެ.

ކަކުނި މަހަކީ ވިޓަމިންގެ ބައި ބޮޑު ރަނގަޅު ފެންވަރަކަށް ޕުރޮޓީންސް އަދި އެމިނޯ އެސިޑް އެކުލެވޭ ކާނާއެކެވެ. އަދި ހަށިގަނޑަށް ބޭނުންވާ މައުދަން ހިމެނެއެވެ. އޭގެތެރޭގައި ކެލްސިއަމް، ކޮޕާރ،ޒިންކް، ޕޯސްޕަރަސް، އަދި ދަނގަޑު ހިމެނެއެވެ. އަދި ވިޓަމިން އޭ ފަދަ އެންޓިއޮކްސިޑެންޓް ތަކުގެ ސަބަބުން ކަކުނި މަސް ބޭނުންކުރުމުން ވަރަށް ގިނަ ވައްތަރުގެ ތަކުގެ ކެންސަރުން ރައްކާތެރިވުމުގައި އެހީތެރިކަން ލިބެ އެވެ.

ކަކުނި މަހަކީ ދިވެހިން އާންމުކޮށް ކައި އުޅޭ މަހެއް ނޫނެވެ. އެހެންނަމަވެސް ކަކުނި މަހަކީ މީރު ރަހައެއް ލާ ޞިއްހަތަށް ފައިދާހުރި ކާނާގެ ބާވަތެކެވެ.  މިހެން ކަންތައް އޮތްނަމަވެސް ގިނަ ދިވެހިން ކަކުނި މަހަކީ ހަޑި އެއްޗެއްގެ ގޮތުގައި، ކާން ނުވާ އެއްޗެއްގެ ގޮތުގައި ދެކެއެވެ. ކަކުނި މަސް ކާ މީހުންނަކީ ނުބައި ބައެއްގެ ގޮތުގައި ބައެއް ރަށްތަކުގައި މިހާރުވެސް ދެކެއެވެ. އަދި އަޅުގަނޑުމެން ކުޑައިރު ރަށުގައި ކަކުނި މަސް މީހަކު ކައިފިނަމަ އެމީހަކު ގޯސްކޮށްފައި ވާހަކަ ދަށްކައެވެ. އެހެންނަމަވެސް ދުނިޔެއަށް ލޯ ހުޅުވި ކަކުނީގެ ފައިދާތައް އެނގެން ފެށުމުން ކަކުނި ކާ މީހުން އަންނަނީ އިތުރުވަމުންނެވެ. ކަކުނި މަހަކީ އަޅުގަނޑަށް ތަޖުރިބާކުރެވުނު ގޮތުގައި ވަރަށް މީރު މަހެކެވެ. ޑިނގާ އަދި އިއްސައްވުރެ މީރުކަން ފާހަގަކުރެވެއެވެ. އަޅުގަނޑަށްވެސް މިހާތަނަށް 8 ވައްތަރެއްގެ ކަކުނި ކެވިފައިވުމާއި އެކު ޔަގިންކަމާއި އެކު ބުނެވެން އޮތީ ކަކުނި މަހަކީ އާދަޔާ ހިލާފް މީރު ރަހައެއް ހުންނަ މަހެކެވެ.

ފުޑް ސޭފްޓީ އެންޑް އެންވަޔަރމެންޓަލް ހެލްތް ކޮންސަލްޓަންޓެއް ކަމަށްވާ އެޑްވަރޑް ގުރޮތް އާއި ވިހަ އަދި ފްޑް ސައިންޓިސްޓް ޗާރލްސް ސަންޓެއަރ ވެސް ކަކުނި މަހަކީ ޞިއްހަތަށް ފައިދާހުރި ރަނގަޅު ކާނާއެއް ކަމަށާއި މާ ބަނޑު އަންހެނުންވެސް ކަކުނި މަސް ކެއުމަކީ ޞިއްހީގޮތުން މައްސަލައެއް ހުރި ކަމެއް ނޫންކަމަށް ހާމަކުރަށްވައެވެ. އަދި ކަކުނި މަހަކީ އާންމު ކެއުމެއްގެ ގޮތުގައި ކޮންމެ ދުވަހަކުވެސް ބޭނުންކުރަން ރަނގަޅު ކާނާއެއް ކަމަށް ކަކުންޏާއި ބެހޭ ދިރާސާކުރާ ފަރާތްތަކުން ހާމަކުރަށްވައެވެ. ހަކުރު ބަލިން ރަށްކާތެރިވުމަށް ކަކުނި، ޑިނގާ މަސް އެހިތެރިވެދެއެވެ. ކަކުނި މަހުގައި ކުރޯމިއަމް ގިނަކަން ފާހަގަކުރެވެއެވެ. ކުރޯމިއަމް އަކީ ލޭގައި ހިމެނޭ ގުލްކޯޒް ލެވެލް ހިފަހައްޓައިދޭ މާއްދާއެކެވެ. ހަކުރުގެ ބައި ކޮންޓްރޯލް ކޮށްދެއެވެ. ކަކުނި މަހުގައި ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ މާއްދާއެއްވެސް ހިމެނެއެވެ.

އާންމުކޮށް ހުރިހާ ވައްތަރެއްގެ ކަކުނި މަހުގައިވެސް ޞިއްހަތައް ފައިދާހުރި  ބައިތަށް ހިމެނެއެވެ. މިގޮތުން އޮމެގާ 3 ފެޓީ އެސިޑްހުރެއެވެ. އަދި ހިތުގެ ބަލިތަކަށް ރަނގަޅު ވުމުގެ އިތުރަށް ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދެއެވެ. ކަކުނި މަހުގައި ހިމެނޭ އޮމެގާ 3 ފެޓީ އެސިޑުން ސިކުނޑިއަށް ރަނގަޅު އަސަރުތަކެއް ކުރެއެވެ. ޞިއްހީ ދިރާސާތަކުން ދަށްކާގޮތުން ސީފުޑުގައި ހުންނަ އޮމެގާ 3 ފެޓީ އެސިޑް އަކީ ސިކުނޑީގެ ހިނގުން ރަނގަޅުކޮށްދޭ މާއްދާއެކެވެ.

ކަކުނި މަހުގައި ޞިއްހަތަށް ފައިދާހުރި ގިނަ މާއްދާތަކެއް ހުރެއެވެ. ކަކުނި މަހުގައި ކެލެރީގެ މިންވަރު ދަށެވެ. ކޮންމެސް ވަރަކަށް ފެޓްގެ ބައި ހުރެއެވެ. އަދި ހިތުގެ ބައްޔާއި ކެންސާރ އާއި ދުރުކޮށްދެއެވެ. އަދި ޑިޕްރެޝަންއަށްވެސް ފަރުވާއަކަށް ވެއެވެ. ގިނަ ވައްތަރުތަކުގެ މަސް އަދި ޑިނގާމަހަކީ  ޞިއްހަތަށް ފައިދާހުރި މަތީ މިންވަރަކަށް ޕުރޮޓީން އެކުލެވޭ، ހަށިގަނޑަށް ބޭނުންވާ މުހިންމު ބައިތަށް އެކުލެވޭ ކާނާއެކެވެ. މިގޮތުން އޮމެގާ 3 އާއި ފެޓީ އެސިޑް ލިބެއެވެ. ބައެއް ވައްތަރުގެ މަހަކީ މާކިއުރީ ލެވެލް މަތި ވައްތަރުތަކެވެ.

ކަކުންޏަކީ މާކިއުރީ(އެޓަމިކް ނަންބަރ 80) މަދު މަހެކެވެ. މި ކެމިކަލަކީ މޫދުގެ ދިރުންތަކުގައި ގިނަ ބާވަތެކެވެ. އެހެންނަމަވެސް ގިނަ މަސްތަކާއި ހިލާފަށް ކަކުނި މަހުގައި މި ކެމިކަލް މަދުކަން ފާހަގަކުރެވެއެވެ. މި ކެމިކަލް ގިނަ ކާނާއަކީ މާބަނޑު މީހުން އާންމުކޮށް ކެއުން ރަނގަޅު ކާނާއެއް ނޫނެވެ. އެހެންކަމުން ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން މާ ބަނޑު މީހުން ކަކުނި ކެއުމަކީ ޞިއްޙީގޮތުން ނުރަށްކަލެއް ހުރި ކަމެއް ނޫނެވެ. ގިނަ މޫދު ކާނާއާއި ހިލާފަށް ޞިއްހީ ގިނަ ފައިދާތަކެއް ހުރުމާއި އެކު އެ ފަރާތްތަކުން ވިދާޅުވަނި މާކިއުރީ ވިހައިގެ އަސަރު ކުރުމަކީ ދުރުކަމެއް ކަމަށެވެ. ކަކުނި މަހުގައި ގިނަ އަދަދަކަށް ވިޓަމިންސް ހިމެނެއެވެ. ކަކުނި މަހުގައި ވިޓަމިން އޭ، ސީ، އަދި ވިޓަމިން ބީ12 އާއި ޒިންކް ކޮޕާރ ފަދަ މިނަރަލްސް ހިމެނެއެވެ..

ކަކުނި މަސް ކެއުމުގައިވެސް އެހެނިހެން ތަކެއްޗެކޭ އެއްގޮތަށް ތާޒާކޮށް ބޭނުންކުރުން މުހިންމެވެ. ގިނަ ދުވަހު ބަހައްޓާނަމަ ރަނގަޅަށް ގަނޑުކުރެވިފައި ހުރުން ވަރަށް މުހިންމެވެ. އަދި ރަށްކާތެރިކަމާއި އެކު ކަކުނި މަސް ކެއުމަށްޓަކައި ރަނގަޅަށް ރޯފިލުވައިގެން ބޭނުންކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.، ރަނގަޅަށް ރޯނުފިލުވާ ނުވަތަ ތާޒާކަން ގެއްލިފައިވާ ކަކުނި މަސް ކެއުމުން އެލާރޖިކްވުމަކީ އެކަށީގެންވާ ކަމެކެވެ. ހަމަ އެހެންމެ ތާޒާކޮށް ހުންނަ ކަކުނިންވެސް ބައެއް މީހުންނަށް އެލާރޖިކްގެ އަސަރު ހުރެދާނެއެވެ. އެއީ ވަކި ކަކުނި ވީމަ ވާގޮތެއް ނޫނެވެ. ކާނާގެ ބައެއް ވައްތަރުތަށް ކޮންމެ މީހަކާއި ނުގުޅިދާނެއެވެ.

ބައެއް ވައްތަރުގެ މަސް އަދި ކާނާ ކެއުމުން ބައެއް މީހުން އެލާރޖިކްވެއެވެ. އެހެންނަމަވެސް އެއީ ކަކުނި މަސްކެއުމުން އެންމެންނަށް ދިމާވާކަމެއް ނޫނެވެ. އަދި ކަކުނިމަހަކީ ޞިއްހަތަށް ނުރަށްކާ އެއްޗެއް ނޫނެވެ. ޞިއްޙީ ދާއިރާގެ ބޭފުޅުން ވިދާޅުވަނީ މިފަދަ އެލާރޖިކް ކަކުނި ކެއުމުންވިޔަސް އަދި އެހެން އެއްޗެއް ކެއުމުންވެސް ވާނަމަ އެ ކާ އެއްޗަކާއި ދުރުވުން އެއީ އެންމެ ރަނގަޅުގޮތްކަމަށެވެ. އިހި ޑިނގާ ފަދަ ތަކެތި ކެއުމުން އެލާރޖިކް ވާ މީހުން ކަކުނި ކެއުމުންވެސް އެލާރޖިކްވުމަކީ އެކަށީގެންވާ ކަމެކެވެ.

.

ކަކުނި މަހުންވެސް ބައެއް ފަހަރަށް ކާނާ ވިހަވުމުގެ މައްސަލަ ކުރިމަތިވެއެވެ. އެއީ އެހެނިހެން ބާވަތްތަކުގެ ކާނާފަދައިން ފަރުވާ ކުޑަކޮށްލައި ތާޒާކަން ގެއްލިފައިވާ ކަކުނި ކެއުމުންނެވެ. އަދި ރަނގަޅަށް ރޯނުފިލުވާ ކެއުމުންވެސް ޞިއްހި މައްސަލަތަށް ކުރިމަތިވެއެވެ. މަހުގެ ގިނަ ވައްތަރުތަކަކީ ވަރަށް އަވަހަށް ތަފާތު ވައްތަރުގެ ބެކްޓީރީއާ އަށަގަނެ ހަލާކުކޮށްލާ ކާނާއެކެވެ. އަދި ކަނޑު ނުވަތަ މޫދުގައި އުފުފެދޭ ނުސާފުކަމުގެ އަސަރު ވަރަށް ގިނަފަހަރަށް ކަނޑުގައި އުޅޭ ދިރުންތަކަށްކުރެއެވެ. މިގޮތުން އާންމުކޮށް މިފަދަ މައްސަލަތަށަ ދިމާވަނީ ކަނޑުގެ މަތީ ފަށަލަ އަދި ރަށުގެ ފަޅު ފަދަ ސަރަހައްދުތަކުގައި އުޅޭ މަސްމަހާ މެއްސަށެވެ. އެހެންނަމަވެސް މިފަދަ އަސަރުތަށް ކަކުނި ފަދަ ތަކެއްޗަށް ކުރުމުގެ ޗާންސް ކުޑައެވެ.

ކަކުނި މަސް ކާ ފަރާތްތަކުން ކަކުނި މަސް ކަނީ ސެލެޑް ހަދައިގެންނާއި ފިހެގެން، ތެލުލައިގެން، ޗިލީ ކުރެބް، ކަކުނި ކޭކް ހަދައިގެންނެވެ. ކަކުނި ކޭކު ހަދަން ބިސް، މަޔޮނައިސް، ކަކުނި މަސް ބޭނުންކުރެއެވެ. އަދި ކަކުނި މަހަކީ ސޫޕް ހަދާއިރުވެސް އަޅަން ރަނގަޅު އެއްޗެކެވެ. މިގޮތުން ދަޅުގައި ބަންދުކޮށްފައި ހުންނަ ކަކުނީގެ ބާވަތްތައް ސޫޕް ހަދަން ރަނގަޅުވާނެއެވެ. އަދި ތާޒާކޮށް ހުންނަ ކަކުނިވެސް ސޫޕް ހަދަން ބޭނުންކުރެވިދާނެއެވެ.

ރާއްޖޭގައި އުޅޭ ކަކުނީގެ ވައްތަރުތަކުގެ ތެރޭން ކެއުމަށް ބޭނުންކުރާ ވައްތަރުތަށް، މި ހުރިހާ ވައްތަރެއްގެ ކަކުނިވެސް ކައި ތަޖުރިބާކޮށްފައި، މި ވައްތަރުތަކުގެ ކަކުނި އާންމުކޮށް އުޅެނީ ރާއްޖެއާއި، އޮސްޓްރޭލިއާ، ތުވާލޫ، ފިޖީ، ކެރިބިއަން، މަލިކު ގައެވެ. މީގެ އިތުރަށްވެސް ބައެއް ގައުމުތަކުގައ އުޅޭކަން ވަނީ ފާހަގަކުރެވިފައެވެ.މީގެ އިތުރަށް އިންޑޮނޭސިއާގެ ޖަޒިރާ ތަކާއި ޖަކާެރޓާގެ ސީވޯރލްޑް އެކްއޭރިއަމް ނުވަތަ މެރިން ޕާރކްގައިވެސް މި ވައްތަރުތަށް އުޅެއެވެ.

 

 

 

 

 

 

http://www.livestrong.com

http://www.foodanswers.org

http://www.babycenter.com

]]>
https://heyobas.info/?feed=rss2&p=2013 0
ބީޓްރޫޓް ޖޫސް ބުއިމުން ލޭގެ ޕްރެޝަރ ދަށްވޭ https://heyobas.info/?p=3217 https://heyobas.info/?p=3217#respond Fri, 09 Aug 2013 09:33:12 +0000 http://www.heyobas.com/?p=3217 ބީޓްރޫޓް ޖޫސް ބުއިމަކީ ލޭގެ ޕްރެޝަރ ދަށްކޮށްދޭ ކަމެއްކަމަށް ދިރާސާއަކުން ދައްކައިފިއެވެ. އޮސްޓްރޭލިއާގެ މެލްބޯންގައި ހުންނަ ބޭކަރ އައިޑީއައި ހާރޓް އެންޑް ޑައިބެޓީސް އިންސްޓިޓިއުޝަންގެ ޑޮކްޓަރުކުރި މި ދިރާސާއިން އެނގުނުގޮތުގައި ބީޓްރޫޓް ޖޫސް ބުއިމުން ލޭގެ ޕްރެޝަރު ހަތަރެއް ނުވަތަ ފަސް ޕޮއިންޓްވަރު އެވްރެޖްގޮތެއްގައި ދަށްވެއެވެ.

މިއީ ދާދި ކުޑަ މިންވަރެއްކަމުގައި ވިއަސް މީގެ ސަބަބުން ހާޓް އެޓޭކް ޖެހިގެން މަރުވާ މީހުންގެ އަދަދު 10 ޕަސެންޓް ދަށްކުރެވިދާނެކަމަށްކަމަށް އިންސްޓިޓިއުޝަންގެ އެމްޑީ ބުނެއެވެ. ”ކުޑަކުޑަ މިންވަރަކުން ވެސް ނަތީޖާ ބަދަލުވެދާނެ. އަދި އާދަކޮށް ބީޓްރޫޓް ޖޫސް ބޯން ފަށައިފިނަމަ ލޭގެ ޕްރެޝަރު އިތުރަށް ދަށްވުން ވެސް އެކަށީގެންވޭ” ޑރ. ލީ ކޯލްސް ބުނެފައިވެއެވެ.

މި ދިރާސާގައި ސިއްހަތު ރަގަޅު 15 ފިރިހެނުންނާއި 15 އަންހެނުން ބައިވެރިވެފައިވެއެވެ. މި އެންމެން ވެސް 17.5 އައުންސްގެ ދިޔާ އެއްޗެއް ދިރާސާގައި ބޭނުންކުރިއިރު އޭގެ ¾ އަކީ ބީޓްރޫޓް ޖޫހެވެ. އަދި ¼ އަކީ އާފަލު ޖޫހެވެ. ލޭގެ ޕްރެޝަރު ދަށްވާންފެށީ ބީޓްރޫޓް ޖޫސް ބުއިމުގެ 6 ގަޑިއިރު ފަހުންކަމުގައި ދިރާސާކުރި ފަރާތްތަކުން ބުނެއެވެ. އަދި ޕްރެޝަރު ބޮޑަށް ދަށްވެފައިވަނީ ބީޓްރޫޓް ޖޫސް ބޭނުންކުރި ފަރާތްތަކުގެ ތެރެއިން ފިރިހެނުންގެ ކަމުގައި ވެސް ދިރާސާގައިވެއެވެ. މިގޮތުން ފިރިހެނުންގެ ލޭގެ ޕްރެޝަރުވަނީ އެވްރެޖްކޮށް 4.7 ޕޮއިންޓް ދަށްވެފައެވެ.

ބީޓްރޫޓްގައި ހިތާ ރަށްޓެހި މާއްދާތައްކަމުގައިވާ ވިޓަމިން ސީ، ވިޓަމިން ކޭ، ފައިބަރ، ހިމެނޭކަމަށް ވިއަސް ސައިންސްވެރިން ބުނާގޮތުގައި ލޭގެ ޕްރެޝަރ ދަށްވުމުގެ ޙަޤީޤީ ސަބަބަކީ ބީޓްރޫޓްގައި ނައިޓްރޭޓް ހިމެނިފައިވުމެވެ.
މި ދިރާސާ މިހާރު ވަނީ ‘ނިއުޓްރިޝަން ޖާރނަލް’ ގައި ޝާއިޢުކޮށްފައެވެ.

]]>
https://heyobas.info/?feed=rss2&p=3217 0