Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the gotmls domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/admin/public_html/heyobas.info/wp-includes/functions.php on line 6121 Warning: Cannot modify header information - headers already sent by (output started at /home/admin/public_html/heyobas.info/wp-includes/functions.php:6121) in /home/admin/public_html/heyobas.info/wp-includes/feed-rss2.php on line 8 ސައިންސް/ ޓެކް – heyobas https://heyobas.info Wed, 04 Aug 2021 21:37:11 +0000 en-US hourly 1 https://wordpress.org/?v=6.8.1 އެޑޯބް ލައިޓް ރޫމް އަށް ޕްރީސެޓްސް އަޅަން ބޭނުންތަ؟ https://heyobas.info/?p=4525 https://heyobas.info/?p=4525#respond Tue, 31 May 2016 10:56:41 +0000 http://www.heyobas.info/?p=4525 ފޮޓޯގުރަފީގެ ދާއިރާގައި އުޅޭ ގިނަ ފަރާތަތްތަކުން ފޮޓޯ ގެ ކުލަ ރީތިކޮށް އަލިކޮށް ހެދުމަށް ބޭނުން ކުރާ އެންމެ ރަނގަޅު އެއް ސޮފްޓްވެއާރ އަކީ އެޑޯބް ލައިޓް ރޫމެވެ. ލައިޓް ރޫމްއަކީ ފަސޭހައިން ފޮޓޯގެ ކުލަ ބަދަލުކޮށް ރީތިކޮށްލެވޭ ސޮފްޓްވެއާރއެކެވެ. އަދި އެއް ފޮޓޯއެއްގެ ކުލަ ސެޓްކޮށްފައި ދެންހުރި ހުރިހާ ފޮޓޯތަކަށް ހަމަ އެ ބަދަލު ގެންނަން އެހާ ފަސޭހައެވެ.

ބައެއްފަހަރަށް ވަގުތު ހުންނަ ގޮތުން އަވަހަށް ފޮޓޯތަކެއްގެ ކުލަ ރީތިކޮށްލަން ބޭނުންވެދާނެއެވެ.  މިފަދަ ހާލަތު ތަކަށް އެންމެ ފަސޭހަގޮތަކީ ޕުރީސެޓްސް ލައިޓްރޫމަށް އެޅުމެވެ. ލައިޓްރޫމް ޕުރީސެޓްސްގެ ގޮތުގައި އަޅުގަނޑު މި ފާހަނގަކުރަނީ އިސްވެ ބުނެވުނު ގޮތަށް ލައިޓް ރޫމް އިން ފޮޓޯގެ ކުލަ ރީތިކޮށްފައި އެ ސެޓިން ހަމަ އެގޮތަށް ސޭވްކޮށްފައި ހުންނަ ހުރުމަށެވެ. އެ ސެޓިން ނުވަތަ ފޮޓޯ ރީތިކުރުމުގައި ބޭނުންކުރި މިންގަނޑުތަކޭވެސް ބުނެވިދާނެއެވެ. އެ މިންގަނޑުތަކަކީ އެހެން ފޮޓޯތަށް ރީތިކުރުމަށް ފަހުންވެސް ބޭނުންކުރެވޭ މިންގަނޑުތަކެވެ. ފޮޓޯގެ ސާފްކަން ބަހައްޓާނެ މިންވަރު، ކުލަ، ގަދަ ކުރަން ބޭނުންވާ ކުލަ، އަލިކުރަން ބޭނުންވާ މިންވަރު ސެޓިންގައި ހިމެނިދާނެއެވެ.

ތަފާތު އެތައް ގޮތަކަށް ތައްޔާރުކޮށްފައިވާ ލައިޓްރޫމް ޕުރީސެޓް ކަލެކްޝަން ތައް އެކި ސައިޓްތަކުގައި ހުރެއެވެ. މިސާލަކަށް ވެޑިން ފޮތޯތަކަށް ހާއްސަ ޕުރީސެޓްސް، ގޯލްޑަން އަވަރ، ބީޗް، ނައިޓް، އެޗްޑީއާރ، ވެށި އަދި ދިރޭތަކެތީގެ ފޮޓޯތަކާއި ގުޅޭ ޕުރީސެޓްސް ހުރެއެވެ. މި ލިޔުމުގެ ތިރިން ޕުރީސެޓްސް ޑައުންލޯޑްކުރެވޭނެއެވެ.

ޕުރީސެޓްސް ލައިޓްރޫމަށް އަޅާފައި އެ ބޭނުން ކުރާނީ ކިހިނެތް؟

  1. ލައިޓްރޫމް ހުޅުވާފަ އެޑިޓް މެނޫ އަށް ދާށެވެ. އެޑިޓް މެނޫގެ ދަށުން ފާހަގަކުރެވިފައިވާ ޕްރެފަރެންސް ނަގާށެވެ.

imagetutorial

ލައިޓްރޫމް ޕުރީސެޓް ފައިލް ހުޅުވާށެވެ. Show lightroom Preset folder

preference

މި ފޮޓޯއިން އެ ފެންނަނީ ލައިޓްރޫމްގެ ޕްރީސެޓްސް ހުންނަ ފައިލެވެ. ފާހަނގަކުރެވިފައި އެވާ ލައިޓް ރޫމް ފައިލް ހުޅުވާށެވެ.

4

 

ލައިޓްރޫމް ޕުރީސެޓް ފައިލް ހުޅުވުމުން ލައިޓް ރޫމް ޑިވޮލޮޕް ޕުރީސެޓް ފައިލް ފެންނާނެއެވެ. ދެން އެ ފައިލް ހުޅުވާށެވެ. އެ ފައިލް ހުޅުވުމުން މިހާރު އަޅާފައިވާ ޕުރީސެޓް ތައް ފެންނާނެއެވެ. ޑައުންލޯޑް ކޮށްފައިވާ ޕުރީސެޓްސް ފައިލް ޑެވެލޮޕް ޕުރީސެޓް ފައިލްގެ ތެރެޔައް ގެނެސް ލާށެވެ.

5

5.ފަހުން އަޅާފައިވާ ޕްރީސެޓްސް.

new presets

 

ޕްރީސެޓްސް އެޅުމަށްފަހު ލައިޓްރޫމް އަލުން ހުޅުވާށެވެ. ހުޅުވާއިރު ސްކްރީންގެ ކަނާއަތް ފަރާތުން ޕުރިސެޓްސް ފެންނަން ހުންނާނެއެވެ. ބޭނުންވާ ފޮޓޯ ލާފައި ބޭނުންވާ ޕްރީސެޓް އަށް ލާށެވެ. ޕްރީސެޓް އަށްދާއިރަށް އެ ޕްރީސެޓް ލީމަ އަންނާނެ ބަދަލު ވެސް މަތިން ފެންނަން އިންނާނެއެވެ.

lightroom1

 

ޕްރީސެޓް ޑައުންލޯޑް

މި ލިޔުމާއި ގުޅޭ ވީޑިއޯ 

]]>
https://heyobas.info/?feed=rss2&p=4525 0
އިންޓަރނެޓް ބޭނުންކުރާއިރު ބޭނުންނުވާ އިސްތިހާރުތައް އަމިއްލައަށް ހުޅުވޭތާ؟ https://heyobas.info/?p=4397 https://heyobas.info/?p=4397#respond Mon, 27 Jul 2015 21:38:41 +0000 http://www.heyobas.info/?p=4397 އިންޓަރނެޓް ބޭނުންކުރަން ބުރޯޒާ ހުޅުވާއިރަށް ތަފާތު އިސްތިހާރުތައް  ބައެއް ފަހަރަށް ހުޅުވެއެވެ. ވެބްސައިޓަކަށް ވަންނަން ވެބްސައިޓް އެޑްރެސް ޖަހާފައި ލޯޑްކުރަން ޖައްސާއިރަށް ކުއްލިއަކަށް އޭގެ މަތިން އިސްތިހާރެއް ހުޅުވިދާނެއެވެ. ވީޑިއޯ އެއް ޕުލޭ ވެދާނެއެވެ. ނުވަތަ އާ ވިންޑޯސްއެއްގެ ގޮތުގައި ބުރޯޒާ ހުޅުވިދާނެވެ. މިއީ ބައެއް ފަރާތްތަކުން އުނދަގުލަކަށްވެގެން ހައްލެއް ހޯދަން މަސައްކަތް ކުރާ މައްސަލައެކެވެ.

އިސްވެ ފާހަނގަކުރެވުނު މައްސަލަ ދިމާވަނީ ބައެއް އެޑްވެއާރ ޕުރޮގުރާމްތަކުގެ ސަބަބުންނެވެ. އެފަދަ ޕުރޮގްރާމްތައް ހުންނަނީ ބުރޯޒާތަކުގެ ޕުލަގިންގެ ގޮތުގައި އެކްޓިވޭޓްވެފައެވެ. އެޑްވެއާރ ޕުރޮގުރާމްތައް އާންމުކޮށް އަރަނީ  ހިލޭ ލިބޭ ބައެއް ޕުރޮގްރާމްތައް އިންސްޓޯލްކުރާއިރު އެއާއި އެކު އިންސްޓޯލްކުރެވިގެންނެވެ. އަނެއްބައިފަހަރަށް އިންޓަނެޓްގައި އުޅޭއިރު ބައެއް އެއްޗެހި ޑައުންލޯޑްކުރާއިރު އޮޅިގެން ޑައުންލޯޑްކުރެވޭ ބައެއް މަލްވެއާރ ޕުރޮގުރާމްތަކުގެ ތެރެއިންނެވެ.hola-search-Chrome-extensions

އެޑްވެއާރގެ އުނދަގުލުން ސަލާމަތް ވާނީ ކިހިނެތް؟

އެޑްވެއާރ އިން ސަލާމަތްވުމަށް ބުރޯޒާރގެ  އެކްސްޓެންސަންބައިގެ ތެރެއިން ވަދެ ޑިސައިބަލް ކުރެވިދާނެއެވެ. އެހެންނަމަވެސް އެއީ ވަގުތީ ހައްލެކެވެ. މިކަމުގައި ދާއީމީ ހައްލެއް ބޭނުންނަމަ އެންމެ ފަސޭހަ އެއް ގޮތަކީ އޭ.ޑީ.ޑަބްލިޔު ކުލީނާރ އިން ސްކޭންކޮށް ކުލީންކުރުމެވެ.  އޭ.ޑީ.ޑަބްލިޔު ކްލީނާރގެ ވާރޝަން 4.208 ގެ ސައިޒްއަކީ 2.14 އެމްބީއެވެ.  މި ޕުރޮގްރާމް އިންސްޓޯލްކޮށް ޕީސީ ސްކޭން ކޮށްލާށެވެ. ސްކޭން ކޮށް ނިމުމުން ބޭނުން ނެތް އެޑްވެއާރ ޕުރޮގްރާމްތައް ސްކޭން އަށް ދަށްކާނެއެވެ. އަދި ކްލީންކުރަން އަރާނެއެވެ. ފޮހެލަން ބޭނުން ނުވާ އެއްޗެއް އިންނަމަ މާރކް ކަނޑާލާފައި ކްލީންކުރެވިދާނެއެވެ. ކްލީންކޮށް ނިމުމުން އެ ޕްރޮގްރާމް(އޭ.ޑީ.ޑަބްލިޔު) އަމިއްލައަށް އަން އިންސްޓޯލް ވާނެއެވެ.PP9FGtKU

އޭ.ޑީ.ޑަބްލިޔު ކްލީނާރ ޑައުންލޯޑް ކުރާނީ ކިހިނެތް؟

އޭ.ޑީ.ޑަބްލިޔު ކްލީނާރ އަކީ ހިލޭ ލިބޭ ޕުރޮގުރާމެކެވެ. [highlight] ޑައުންލޯޑް ކުރައްވާ [/highlight]

އޭޑީ ޑަބްލިޔު ކްލީނާރގެ ފޭކް ވާރޝަން އެއްވެސް އިންޓަނެޓް މެދުވެރިކޮށް ފޭރޭ މީހުން ހަދައިގެން އިންޓަރނެޓްގައި ދައުރުކުރުވަމުން ދެއެވެ. އެވާރޝަންގައި ސްކޭން ނިމުމުން މެސެޖެއް އަރައެވެ. އެ މެސެޖްގައިވަނީ ޕީސީގައި ސްޕައިވެއާރ ފަދަ ނުރައްކާތެރި ޕުރޮގްރާމް އިންސްޓޯލްފައިވާ ކަމަށާއި ރަނގަޅުކުރަން ބޭނުންވާނަމަ 59.99 ޑޮލަރު ފޮނުވާށެވެ. އެހެންނަމަވެސް އަސްލު ޕުރްގުރާމަކީ ހިލޭ ލިބޭ ޕުްރޮގްރާމެކެވެ. އަދި މީހުންގެ އިތުބާރު ހޯދުމަށް ފައިސާ ދަށްކާނެ ގޮތްކަމަށް ބުނެފައިވަނީ ޕޭޕަލްމެދުވެރިކޮށްވެ. އެހެންނަމަވެސް މިހާރު ޕޭޕަލްއިންވަނީ އެ އެކައުންޓް ސަސްޕެންޑްކޮށްފައެވެ.img_54dc19acd3d42

 

img_54dc1a82cdda6

]]>
https://heyobas.info/?feed=rss2&p=4397 0
ކިޔަވައިދިނުމުގައި ފައިދާހުރި އުކުޅުތަކާއި ގޮތްތައް ބޭނުންކުރުން https://heyobas.info/?p=4295 https://heyobas.info/?p=4295#respond Sun, 17 May 2015 18:29:34 +0000 http://www.heyobas.info/?p=4295 ކިޔަވައި ދިނުމުގެ ބޭނުމަކީ ނޭންގޭ ބަޔަކަށް އެއްޗެއް އޮޅުން ފިލުވާދިނުމެވެ. އެހެންކަމުން ހަމައެކަނި މުދައްރިސަކު ކްލާހަށް އައިސް ލެކްޗަރ ދިނުމަކުން ކުދިންނަށް އެއްޗެއް އެނގުނު ކަމަކަށްނުވާނެއެވެ. އަދި މުދައްރިސަކު ހުސްގަޑި ފުރާލުމަށް ކްލާހަށް އައިސް ކިޔަވައި ދިނަކަސް ކިޔަވައިދިނުމުގެ މަގްސަދު ހާސިލްވީ ކަމަކަށް ނުވާނެއެވެ.

ކިޔަވައި ދިނުމުގެ މަގްސަދު ހާސިލްވާނީ ކިޔަވައިދެވޭ އެއްޗެއް ދަރިވަރުންނަށް ފަހުމް ވުމުންނެވެ. ކިޔަވައިދޭ އެއްޗެއްގެ ބޭނުން ކުރަން ދަރިވަރުންނަށް އެނގިގެންނެވެ. މިގޮތުން ދަރިވަރުންނަށް ކިޔަވައި ދޭ އެއްޗެއް ފަހުމްވާނީ އެ ފިލާވަޅަކަށް ދަރިވަރުންގެ ސަމާލުވެ ޝައުގުވެރި ކުރެވިގެންނެވެ. ފިލާވަޅަށް ކުދިން ޝައުގުވެރިވާނެ ފަދަ އުކުޅުތައް މުދައްރިސަށް އެނގިފައި ހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކިޔަވައި ދިނުމުގެ ތަފާތު ޓެކްނިކްސްތަކާއި ތަފާތު ސްޓްރެޓެޖީތައް ބޭނުންކޮށްގެން ކިޔަވައިދިނުމަކީ ކުދިން އެފިލާވަޅަކަށް އަހައްމިއްޔަތުކަންދޭނެ ކަމެކެވެ. ގިނަކުދިންނަކީ ކަންކަން އަމިއްލަޔަށް ތަޖުރިބާކުރަން ބޭޏުންވާނެ ކުދިންނަށް ވާއިރު ކުދިން ލައްވާ ފިލާވަޅާގުޅޭ މަސައްކަތްތައް ކުރުވައިގެން ފިލާވަޅު ކުރިއަށް ގެންދިއުން ވަރަށް މުހިއްމެވެ. އާއްމުކޮށް ހަރަކާތްތެރިވެ އުޅެން ބޭނުންވާ ކުދިން ގިނަ ކްލާހެއްގައިނަމަ ގިނަ އެކްޓިވިޓީތައް ހަވާލުކޮށްގެން ކިޔވައި ދިނުން ވަރަށް މުހިއްމެވެ. ސްޓްރެޓެޖީއެއް ކަނޑައަޅާއިރުވެސް ކްލާހުގެ ކުދިންނަށް އެކަށީގެންވާ ރަނގަޅު ސްޓްރެޓެޖީއެއް ބޭނުން ކުރުމަށް ސަމާލުކަން ދޭން ޖެހެއެވެ.

ކިޔަވައިދިނުމުގައި ތަފާތު ޓެކްނިކްސްތައް ބޭނުން ކުރުމަކީ ގިނަކުދިން އެ ފިލާވަޅަކަށް ގަޔާވާނެކަމެކެވެ. މިސާލަކަށް އެ ފިލާވަޅަކާ ގުޅޭ ގޮތުން ވީޑިޔޯއެއް ދައްކާލުން ނުވަތަ އޯޑިޔޯއެއް އަޑު އިއްވާލުމަކީ ކުދިންގެ ޝައުގުވެރިކަން އަންނާނެ ކަމަކެވެ.

ހަމައެހެންމެ މުދައްރިސް ކުލާހަށްވަދެ ކިޔަވައިދެން ފެއްޓުމުގެ ކުރިން ފިލާވަޅުގެ މައުޟޫއު ނުބުނެ ފިލާވަޅާގުޅޭ ވާހަކައެއް ކިޔައިދެވިދާނެއެވެ. ހަމައެހެންމެ ކިޔަވައިދެމުންދާއިރު ފިލާވަޅުގެ އެކި ހިސާބުން ސުވާލުކޮށްލާ ހެދިދާނެއެވެ. ފިލާވަޅު ނިންމުމަށްފަހު ކުދިން ގްރޫޕު ގުރޫޕަށް ބެހުމަށްފަހު ކުދިން ލައްވާ މަސައްކަތެއް ހަވާލު ކުރުން ވަރަށް މުހިއްމެވެ. އޭރަށް ކުދިންނަށް އެފިލާވަޅުގައި ތަޖުރިބާކޮށްލަން ލިބުމުން އެފިލާވަޅެއް ސިކުނޑީގައި ހަރުލާފައި ހުންނާނެއެވެ. ހަމައެހެންމެ ކުދިންނަށް ފިލާވަޅުން ދަސްވި މިންވަރެއް ބެލުމަށްޓަކައިވެސް ފަހަރަކު ކުއްޖަކާ ސުވާލުކޮށްލުން ވަރަށް މުހިއްމެވެ. މިގޮތަށް ސުވާލު ކުރުމުގައިވެސް ފަހަރަކު ކުއްޖަކު އަތް ހިއްލާލާފައި ޖަވާބުދިނުމަށް، ސުވާލުކުރުމަށް ފަހު މުދައްރިސް ކުދިންނަށް ބުނެދިނުން ވަރަށް މުހިއްމެވެ.

މިފަދަ ޓެކްނިކްސްތަކާއި ސްޓްރެޓެޖީ ބޭނުން ކުރާނަމަ އެ މުދައްރިސެއްގެ ކިބައިން އުނގެނޭ ދަރިވަރުންނަކީ ކާމިޔާބު ދަރިވަރުންނަށް ވާނެކަމީ ޝައްކެއްވެސް އޮތްކަމެއްނޫނެވެ.

]]>
https://heyobas.info/?feed=rss2&p=4295 0
ނޯޑިސްކް ވައިރަސް އެންޓިވައިރަސް ބޭނުން ނުކޮށް ދުއްވާލާނީ ކިހިނެތް؟ https://heyobas.info/?p=3398 https://heyobas.info/?p=3398#respond Sun, 06 Apr 2014 02:19:16 +0000 http://www.heyobas.info/?p=3398 ނޯޑިސްކް(( No-Disk ވައިރަސް އަކީ ވަރަށް އާންމު ކޮންޕިއުޓަރު ވައިރަސް އެކެވެ. ޕެންޑްރައިވްތައް މެދުވެރިވެގެން އެއް ސިސްޓަމް އިން އަނެއް ސިސްޓަމް އަށް ފެތުރިގެންދެއެވެ. އަދި މި ވައިރަސްގެ ސަބަބުން ކޮންޕިއުޓަރު ބޭނުންކުރަން ގިނަ ދަތިތަކެއް ކުރިމަތިވެއެވެ.

ނޯޑިސްކް ވައިރަސްގެ އެންމެ ބޮޑު އުދަގުލަކީ ވިންޑޯސްގެ ޕުރޮގުރާމްތައް ހުޅުވާއިރު އެތަކެތީގެ މައްޗައް އެރުމާއި ސްކްރީންގައި ފެންނަން އިނުމާއި، އަދި ބައެއް ފަހަރަށް ވަރަށް ގިނަ އަދަދަކަށް ނޯ ޑިސްކް އަރާފަ އިންނަ ބޮކްސް އެއް ހުޅުވިފައިހުރުމެވެ. އަދި ޕެންޑްރައިވް އެއް އެފަދަ ސިސްޓަމަކަށް ޖަހަފައިނަމަ ވަރަށް ފަސޭހައިން ދެން ޕެން ޖަހާ ސިސްޓަމްއަށްވެސް އަރައެވެ. އަދި ނޯޑިސްކް ކުލޯސް ވެސް ވަރަށް މަދު ފަހަރަކު ނޫނީ ނުކުރެވެއެވެ.

ނޯޑިސްކް ވައިރަސްއަކީވެސް ސިސްޓަމް ތެރެއަށް އަރާ ވައިރަސްއެކެވެ. މި ވައިރަސް އާންމުކޮށް ފެންނަނީ ލޯކަލް ޑިސްކް(ސީ) ގެ ސިސްޓަމް ފައިލްތެރެއިންނެވެ. މި ވައިރަސް ދުއްވާލުމަށްޓަކައި ބައެއް ފަރާތްތަކުން އެންޓިވައިރަސް ބޭނުންކުރިނަމަވެސް އެންޓިވައިރަސް ޕުރޮގްރާމް އެއް ބޭނުން ނުކޮށްވެސް މި ވައިރަސް ދުއްވާލެވިދާނެއެވެ.

އެންޓިވައިރަސް ޕުރޮގްރާމަކާ ނުލާ ނޯ ޑިސްކް ވައިރަސް ދުއްވާލާނީ ކިހިނެތް؟

ނޯޑިސްކް ވައިރަސްގެ އާންމު ލޮކޭޝަން އަކީ ލޯކަލް ޑިސްކް(ސީ) ގެ ސިސްޓަމް ފައިލްއެވެ. ލޮކޭޝަން ހޯދަން އުނދަގޫވެއްޖެނަމަ މައި ކޮންކޮންޕިއުޓަރުގެ ސާރޗްގައި ނޯ ޑިސްކް ސްޕެލިން ރަނގަޅަށް ޖަހާފައި ސާރޗް ކޮށްލައްވާށެވެ. ނުވަތަ ސިސްޓަމް ފައިލް ސާރޗް ކުރާށެވެ. ނޯމަލް މޯޑްގައި ހުޅުވުމުގެ ބަދަލުގައި ސޭފް މޯޑްގައި ހުޅުވާށެވެ.  ނޯމަލް މޯޑްގައި ހުޅުވާއިރު ނޯ ޑިސްކް ހުޅުވިފައި އިންނަ ނަމަ ފޮހެނުލެވެއެވެ. އަދި ކުލޯސް ނުކުރެވެއެވެ. އެހެންނަމަވެސް ސޭފް މޯޑްގައި ހުޅުވުމުން އެހެން ހުންނަ ނޯޑިސްކް ވައިރަސް ނުހުޅުވެއެވެ.

ސޭފް މޯޑްގައި ވަދެ ނޯޑިސްކްގެ ލޮކޭޝަން ސާރޗްކޮށްގެން ހޯދާށެވެ. ނޯމަލް މޯޑްގައި ހުޅުވުމުން ނޯޑިސްކް އެރީމަ ޓާސްކް މެނޭޖާއަށް ގޮސްގެންވެސް ލޮކޭޝަން ހޯދޭނެއެވެ. އަދި ވައިރަސްއަށް ރައިޓް ކުލިކްކޮށް ޕުރޮޕަޓީ އަށް ގޮސް ސެކިއުރިޓީ އޮޕްޝަން ނަގާށެވެ. އަދި އެއަށްފަހު ޔޫސާ ސެލެކްޓްކޮށް ފުލް ކޮންޓްރޯލް ދޭށެވެ. އަދި އެއަށްފަހު އޯކޭ އަށް ފިތާށެވެ. ދެން އެ ހިސާބުން ނޯޑިސްކް ޑިލީޓްކޮށްލާށެވެ. މައްސަލަ ހައްލުވާނެއެވެ. އެހެންނަމަވެސް ފުލް ކޮންޓްރޯލް ނުދީ ޑިލީޓް ނުކުރެވޭނެއެވެ.

ނޯޓް: މި ލިޔުން ލިޔެފައިވާނީ މިގޮތަށް މިކަން ތަޖްރިބާ ކުރުމަށްފަހުއެވެ.

]]>
https://heyobas.info/?feed=rss2&p=3398 0
މަލްވެއާރ އިން ރަށްކާތެރި ވުމަށް މައިކުރޯސޮފްޓް ސެކިއުރިޓީ ސެންޓާރ https://heyobas.info/?p=3349 https://heyobas.info/?p=3349#respond Wed, 12 Feb 2014 05:48:14 +0000 http://www.heyobas.info/?p=3349 މައިކުރޯސޮފްޓް މަލީސިއަސް ސޮފްޓްވެއާރ ރިމޫވަލް ޓޫލް އަކީ މަލްވެއާރ އާއި ދެކޮޅަށް މަސައްކަތްކުރާ ސޮފްޓްވެއާރއެކެވެ. މި ސޮފްޓްވެއާރ ވިންޑޯސް 8، ވިންޑޯސް 07 ، ވިންޑޯސް ވިސްޓާ، ވިންޑޯސް އެކްސްޕީ، ވިންޑޯސް 2000 ، ވިންޑޯސް ސާރވާރ 2012، ވިންޑޯސް ސާރވާރ 2008 ، ވިންޑޯސް ސާރވާރ 2003 އަށް ސަޕޯރޓްކުރާނެއެވެ. އަދި މަލްވެއާރ ވައިރަސް ތަކާއި މަލްވެއާރ ސޮފްޓްވެއާރ ތަކުން ކޮންޕިއުޓާރ ސިސްޓަމް ސަލާމަތްކޮށްދެއެވެ.

ސޮފްޓްވެއާރ އިން ސްކޭންކުރުމުން އެފަދަ ވައިރަސް އެއް ސިސްޓަމްގައި ވާނަމަ ވައިރަސް ސްކޭންއަށް ދަށްކާނެއެވެ. އަދި ސޮފްޓްވެއާރ އިން ވައިރަސް ފިލުވާލެވޭނެއެވެ.

އިންޓަރނެޓް ބޭނުންކޮށް ތަފާތު އެއްޗެހި ޑައުންލޯޑްކޮށް ހަދާއިރު މަލްވެއާރ އިން ސިސްޓަމް އަދި ވެބްސައިޓް ރަށްކާތެރިކުރުމަށް އެންޓި މަލްވެއާރ ސޮފްޓްވެއާރ އެއްގެ ބޭނުންތެރިކަން ބޮޑެވެ. މީގެ އަހަރެއްހާ ދުވަސްކުރިން މި ވެބްސައިޓަށްވެސް ވަނީ މަލީސިއަސްގެ އަސަރުކޮށްފައެވެ. ސައިޓް ވަކި ހިސާބަކުން ސަސްޕެންޑްވެގެން ސާރވިސް ޕުރޮވައިޑާރ އާއި ވާހަކަ ދެއްކުމުން އެފަރާތުން ބުނެފައިވަނީ ސައިޓަށް އިންސްޓޯލްކުރެވުނު ޕުލަގިން އަކުން މަލިސިއަސް އެއްގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި އެކަން ރަނގަޅުކޮށްފައި ސައިޓްގެ ހިންގްން ފެށުނެވެ. އެހެންނަމަވެސް އެފަރާތުން ލަފާ ދީފައިވަނީ މިފަދަ މަލިސިއަސް ރީމޫވަލް ޓޫލްސް ތައް ބޭނުންކޮށްގެން ޑައުންލޯޑްކުރާ ތީމްސް، ޕުލަގިންސް ސްކޭން ކުރުމަށް ފަހު ނޫނީ އަޕްލޯޑް ނުކުރުމަށެވެ.

އިސްވެ ބުނެވުނު ފަދަ ކަންތައް ތަކާއި އަދި ހީނުކުރާ ފަދަ ނުރައްކާތައްވެސް މަލްވެއާރ ސޮފްޓްވެއާރ ތަކުގެ ސަބަބުން ކުރިމަތިވެއެވެ. އަދި މަލްވެއާރ ސިސްޓަމް ތެރޭގައި މަސައްކަތްކުރަމުން އަންނަނީ ހަމަ ގެއްލުންދޭ ބެކްޓީރީއާ އެއް ގޮތަށް ސިސްޓަމް ހަލާކުރުމަށެވެ.

މަލްވެއާރ ރިމޫވަލް ޓޫލްއާއި ސެކިއުރިޓީ ޓޫލްސް ތައް ޑައުން ލޯޑްކުރުމަށް މައިކުރޯސޮފްޓް ސޭފްޓީ އެންޑް ސެކިއުރިޓީ ސެންޓާރ އަށް ވަދެ ވަޑައިގަންނަވާ

Safety & Security Center

 

http://www.microsoft.com/security/default.aspx

]]>
https://heyobas.info/?feed=rss2&p=3349 0
އިންޓަރނެޓް ޑިއުޓީ.ކޮމްގެ ހަގީގަތަކީ ކޮބާ؟ https://heyobas.info/?p=3461 https://heyobas.info/?p=3461#respond Tue, 11 Feb 2014 17:44:34 +0000 http://www.heyobas.info/?p=3461 މިހާރަކަށް އައިސް ފޭސްބުކްފަދަ ދިވެހިން ބޭނުންކުރާ ސޯސިއަލް ނެޓްވާރކްތަކުގައި ހޯމްބޭސްޑް ބިސްނަސް އިންޓަރނެޓް ޑިއުޓީ.ކޮމް ގެ ނަމުގައި އަންނަނީ ވަރަށް ގިނަ ބަޔަކު އިސްތިހާރުކުރަމުންނެވެ. ސައިޓް ބަލާ ލާ މީހަކަށް އެއީ ގޭގެ އިނދެގެން ފައިސާ ހޯދާނެ ރަނގަޅު މަގެއްގެ ގޮތުގައި ހީވެދާނެއެވެ. އެހެންނަމަވެސް އިންޓަރނެޓް ބޭނުންކޮށްގެން ފޭރުމާއި ވައްކަންކުރުމާއި ނުބައި ޖަރީމާތައް ހިންގަމުން އަންނަ މި ޒަމާނުގައި މިފަދަ އެއްޗެއް އަންނައިރަށް ގަބޫލްކުރުމުގެ ބަދަލުގައި އިތުބާރުހުރި ސެކިއުރިޓީ ރަނގަޅު ސައިޓެއް ތޯ ބަލަން ޖެހެއެވެ. ހަމަ އެހެންމެ އެ ސައިޓަކީ ކޮން ގައުމެއްގެ، ކޮން ނަމެއް ކިޔާ ކުންފުޏެއްގެ ތެރެއިން ހިނގާ ވިޔަފާރިއެއްތޯ، ރެޖިސްޓާރޑް ބައެއްތޯވެސް ބަލަން ޖެހެއެވެ.

އިންޓަރނެޓްޑިއުޓީގެ ނަމުގައި މިހާރު އާންމުވެގެން އުޅޭ ވެބްސައިޓްގެ ހަގީގަތް އެކި ގޮތްގޮތުން އިންޓަނެޓްގައި ސާރޗޗްކޮށް ހޯދުނު މައުލޫމާތުން މި ސައިޓަކީ ފޭކް ވެބްސައިޓްއެއް ކަން ޔަގީންވުމާއި އެކު ފޭސްބުކްގައި ހޭލުންތެރި ކުރަން މަސައްކަތް ކުރީމެވެ. އިންޓަރނެޓް އިން މި ސައިޓާއި ބެހޭގޮތުން ސެކިއުރިޓީ ރަނގަޅު އިތުބާރު ހިފޭ ސައިޓް ތަކުގައިވާ މައުލޫމާތު ތަކުން މީ ސްކޭމް އެއްކަން ޔަގީންވެއެވެ. އަދި internetduty.com  ރަނގަޅަށް ބަލާއިރު އެ ސައިޓުން އެއީ ކޮން ބައެއްގެ ސައިޓެއް ކަމެއް، ކުންފުނީގެ މައުލޫމާތެއް ރެޖިސްޓާރ ނަންބާރ ވެސް ފެންނާކަށް ނެތެވެ. މީ ވެސް ސްކޭމް ވެބްސައިޓްތަކުގެ ސިފައެކެވެ.

ސްކޭމްއެޑްވައިސާރ އަދި https://www.mywot.com ގައި ވެސް އިންޓަރނެޓް ޑިއުޓީއަކީ އިތުބާރު ހިފޭ ސައިޓެއްތޯ ބެލުމަށް ސްކޭންކުރެވުނެވެ. އަދި މި ސްކޭންތަކުން ހައި ރިސްކް ސައިޓެއްގެ ގޮތުގައި ދަށްކާ ކަމީވެސް މީ ފޭކްސައިޓެއް ކަމުގެ ހެއްކެކެވެ. އަދި މި ސައިޓާއި ބެހޭގޮތުން ޔާހޫ، އަދި އެހެނިހެން ފޯރަމްތަކުގައިވެސް މި ސްކޭމް ތަޖްރިބާ ކުރި ފަރާތްތަކުން ސްކޭމްއިން ސަލާމަތްވުމަށް ގޮވާލާ ނަސޭހަތްތެރިވެފައިވެއެވެ.

އިންޓަރނެޓް ޑިއުޓީ ސްކޭމްގައި ޖެހިފައިވާ ފަރާތްތަކުން ބުނާގޮތުން 300 ޑޮލާރ ލިބުމުން ޕޭމަންޓް ލިބޭނެ ކަމަށް ބުނެފައިވާނަމަވެސް 300 އަށް އެރުމުން ޕޭމަންޓް ފޮނުވަން ވަކި ފޯރމް އެއް ފުރަން ޖެހެއެވެ. އަދި އެ ފޯރމް ޑައުންލޯޑް ކުރަން އެހެން ސައިޓަކަށް ދާންޖެހި އެތައް ދުވަހަކު ކުރި މަސައްކަތް ބޭކާރުވެދެއެވެ. އަދި ތަފާތު ނަންނަމުގައި ސްކޭމް ސާރވޭތައް ކުރަން އާދެއެވެ.  މި ދެންނެވި ސާރވޭތަކުގެ ޙަގީގީ ބޭނުމަކީ ސްކޭމާ އިންޓަރނެޓްގައި ހިންގަން ބޭނުންވާ ޖަރީމާތަކަށް މީހުންގެ ޕާރސަނަލް މައުލޫމާތު ހޯދުމެވެ. އަދި މި ދެންނެވިފަދަ ޕާރސަނަލް މައުލުމާތު ބޭނުންކޮށްގެން މައުލޫމާތުގައި ވާ މީހާގެ ނަމުގައި އެބައި މީހުން އަންނަނީ ތަފާތު ނޭދެވޭ އަމަލުތައް ހިންގަމުންނެވެ.

އިންޓަރނެޓް ޑިއުޓީގެ ނަމުގައި މި ސްކޭމް ވެބްސައިޓް ފޭސްބުކްގައި ދިވެހިން ވަރަށް ބާރު ސްޕީޑެއްގައި ފަތުރަމުންދާއިރު ދިވެހިންގެ އިތުބާރު ލިބިފައިވާ އައިބޭ ސައިޓްގައިވެސް ޖޮބް ކެޓަގަރީގައި މަހަކު މަދުވެގެން 20000 ލިބޭ މަސައްކަތެއްގެ ގޮތުގައި އިސްތިހާރުކުރުން ވަނީ އާންމުވެފައެވެ. އަދި މިކަމާ ގުޅިގެން އައިބޭއަށް ރިޕޯރޓްކުރުމުންވެސް މިކަމާއި މެދު ފިޔަވަޅެއް އަލާފައި ނުވާއިރު އައިބޭއިން ފޯނުވެސް ނުނަގާކަން ފާހަގަކުރެވެއެވެ. ހަމަ އެހެންމެ ދިފާއީ ބާރުތަކުގެ މީހުންވެސް މި ސްކޭމް ޕުރޮމޯޓްކުރަން މަސައްކަތްކުރާ ކަމީވެސް ހިތާމަހުރި ކަމެކެވެ. އަދި ރަށްޔިތުން މިފަދަ ކަންކަމުން ސަލާމަތްކުރަން ތިއްބެވި ފަރާތްތަކުގެ ހޭލުންތެރިކަން ކުޑަވެ އާންމު ރަށްޔިތުންނާއި އެއްވަރުވުމަކީ ވަރަށް ދެރަ އަދި ބަލައި ގަންނަން އުނދަގޫ ކަމެކެވެ.

]]>
https://heyobas.info/?feed=rss2&p=3461 0
ސޯޝަލްނެޓްވޯކްތަކާއި މެދު ވިސްނާލަމާތޯ!( 1ވަނަ ބައި) https://heyobas.info/?p=1040 https://heyobas.info/?p=1040#respond Tue, 07 Jan 2014 08:08:24 +0000 http://www.heyobas.com/?p=1040 އިންޓަރނެޓަކީ މިއަދު އެއާ ނުލައި ދިރިއުޅެން އުނދަގޫވެފައިވާ ވަޞީލަތެކެވެ. ޚާއްޞަގޮތެއްގައި ކިޔަވާކުދިންނާއި މަސައްކަތުގެ ދާއިރަތަކުގައި އުޅޭ މީހުންނަށް މިއަދު އިންޓަރނެޓަކީ ވަރަށް މުހިއްމު ވަޞީލަތަކަށްވަނީ ވެފައެވެ. މިގޮތުން ރާއްޖޭގައިވެސް މުވާޞަލާތުގެ ޚިދުމަތް ފުޅާދާއިރާއެއްގައި ޤާއިމްކުރެވިފައިވެއެވެ. އަދި އިންޓަރނެޓް ބޭނުންކުރާ މީހުންގެ ސަމާލުކަން ހޯދުމުގައި އެންމެ ކުރީގައި އުޅޭ އެކައްޗަކީ ސޯޝަލްނެޓްވޯކްތަކެވެ. އެގޮތުން ފޭސްބުކް، ޓްވިޓަރ އަދި މިގް33 ފަދަ ސޯޝަލްނެޓްވޯކްތައް ބޭނުންކުރުމަކީ ދިރިއުޅުމުގެ ބައެއްކަމުގައި މިއަދު މިވަނީ ވެފައެވެ. އެއީ މި ޚިދުމަތުގެ ސަބަބުން ދޭދޭ މީހުންގެ މެދުގައި ގުޅުން ބަދަހިވެ ޚަބަރުތައް ފަސޭހައިން، އަވަސްކަމާއެކު ފޯރުކޮށްދިނުމުގެ މަގަކަށް މި ޚިދުމަތް ވެގެންދާތީއެވެ. އެގޮތުން ސޯޝަލްނެޓްވޯކްތަކުގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހުރިހާ ދާއިރާއަކަށްވެސް ލިބެމުންދެއެވެ. ހަމައެގޮތަށް މިފަދަ ސޯޝަލްނެޓްވޯކުތައް ނަހަމަގޮތުގައި ބޭނުންކުރާ މީހުންވެސް މަދެއްނޫނެވެ. އަދި މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ގިނަބަޔަކަށް ފޯރަމުންދެއެވެ.

 ސޯޝަލް ނެޓްވޯކްސް އަކީ ކޮބާ؟

ސޯޝަލްނެޓްވޯކް އަކީ އިންޓަރނެޓް މެދުވެރިކޮށްގެން ދޭދޭ ދެމީހުން ނުވަތަ ޖަމާޢަތެއްގެ މެދުގައި މުއާސަލާތީ ގުޅުން ޤާއިމް ކުރުމަށް ބޭނުންކުރާ ވަސީލަތްތަކެކެވެ. އަދި ސޯޝަލްނެޓްވޯކް އަކީ ވަކިވަކި ފަރުންދުންގެ މެދުގައާއި، މަސައްކަތުގެ މާހައުލުތަކުގައާއި، އުނގެނުމުގެ މާހައުލުތަކުގައިވެސް ބޭނުންކުރެވިދާނެ ވަރަށް މަޝްހޫރު އޮންލައިން ސައިޓްތަކެކެވެ. އަދިމިއީ އެއްވަގުތެއްގައި އެތައް މިލިޔަން މީހުނެއް އެމީހުންގެ ޝަޚްޞިއްޔަތު ތަޢާރަފް ކުރުމަށާއި މައުލޫމާތު ހިއްސާކުރުމަށާއި، އެހެން މީހުންނާއި ގުޅުވައިދިނުމަށް  ބޭނުން ކުރެވެމުން އަންނަ ފަސޭހަ ވަސީލަތެކެވެ.(1)

ސޯޝަލް ނެޓްވޯކް އުފެދިގެން އައިގޮތް:

 ސޯޝަލްނެޓްވޯކްގެ ގްރޫޕްތައްފެށުނީ ނުވަދިހައިގެ އަހަރުތަކުގައެވެ. މިސާލަކަށް “ކްލާސްމޭޓްސް.ކޮމް” classmates.comއެވެ. އަދި 1995ވަނަ އަހަރު ކިޔަވާކުދިންގެ މެދުގައި ގުޅުންބަދަހި ކުރުމަށްޓަކައި “ސިކްސްޑިގްރީސް.ކޮމް”sixdegrees.com ގެ ޚިދުމަތް ފެށުނެވެ. އަދި މި ޚިދުމަތް 1997ވަނަ އަހަރު އެއްސައިޓުން އަނެއްސައިޓަށް ގުޅުވައިލުމަށް އެމީހުން ނިންމިއެވެ. އަދި މި ސައިޓުތަކުން އަމިއްލަ ފައިލްތަކާއި ރަހުމްތްތެރިންނަށް ސިޓީފަދަ ތަކެތި ފޮނުވެއެވެ. މިކަންތައްތައް ފަހިވެގެން ދިޔުމާއެކުވެސް އެ ސައިޓްތަކުގެ ވެރިފަރާތަށް އެއްވެސް ފައިދާއެއް ނުލިބެއެވެ. އަދި ސައިޓް ބަންދު ކުރުމުގެ ކުޅަދާނަކަން ލިބިގެނެއް ނުވެއެވެ. އެއަށްފަހު އިޖްތިމާއީ ސައިޓްތަކެއް ވުޖޫދަށް އައެވެ. ނަމަވެސް މި އަހަރުގައި އެ ސައިޓްތަކަކަށް އެއްވެސް ކާމިޔާބެއް ލިބިފައެއް ނުވެއެވެ.(2)

ނެޓްވޯރކްތަކަށް އެންމެ ބޮޑުކުރިއެރުމެއް ލިބިގެންދިޔައީ 1997، 2001، އަދި 2005 ގައެވެ. އެގޮތުން ފާހަގަ ކޮށްލެވޭ  މައި ސްޕޭސްފަދަ ސައިޓްތައް އުފެދުނެވެ. އެހެންކަމުން މި ސައިޓްތައް ފާހަގަ ކުރެވިގެންދިޔައީ ސައިޓްތަކުގެ ފެށުން ކަމުގައްޔާއި، ދުނިޔޭގެ ފެންވަރުގައި އެންމެ ބޮޑެތި ސައިޓްތައްކަމުގައެވެ. ހަމަމިއާއެކު މި ދުވަސްވަރު އުފެދިގެން ދިޔަ މަޝްހޫރު ސައިޓްތަކުގެ ތެރޭގައި ފޭސްބުކް ހިމެނެއެވެ. ފޭސްބުކް އުފެދުނީ 2004ވަނަ އަހަރުއެވެ. އަދި 2007 ވަނަ އަހަރު މި ސައިޓް ތަރައްޤީވެ އިތުރަށް މި ޚިދުމަތް ފުޅާވެގެން ދިޔައެވެ. އަދި ހަމަމިއާއެކު މި ސައިޓަކީ ގިނަބައެއްގެ މަޤްބޫލުކަން ލިބިގެންދިޔަ ސައިޓެއްކަމުގައިވިއެވެ. މިއަދާ ހަމައަށް ފޭސްބުކްގެ ޚިދުމަތް ހޯދާމީހުންގެ ޢަދަދު 800 މިލިއަނަށް އަރާފައިވެއެވެ.(2)

ސޯޝަލް މީޑިޔާ ވެބްސައިޓްތަކުގައި ހޭދަކުރެވޭ ވަޤުތުތައް

ދިވެހީންގެ އާދަކާދައިގެ ތެރޭގައި ލިބޭ ހުސްވަގުތުތައް ބޭނުންކުރެވެނީ އެކުވެރީންނާއެކު ހޮޅުއަށީގައެވެ. ނުވަތަ ގާތް ތިމާގެ މީހުންގެ ގޭގެއަށް ކުރާ ޒިޔާރަތްތަކުގައި އެ ގެއެއްގެ ފެންޑާދޮށު ޖޯލިފަތީގައި ތިބެގެންނެއެވެ. ނަމަވެސް ޒަމާނަށް އައިސްފައިވާ ބަދަލާއެކު ދިވެހީންގެ ދިރިއުޅުމަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއްވަނީ އައިސްފައެވެ. އަދި މީހުން ހިތްހަމަ ޖައްސާލަން ކުރާ ކަންކަމަށްވެސް މިވަނީ ބަދަލުތަކެއް އައިސްފައެވެ. (14)

“އެގޮތުން ޓެކްނޮލޮޖީގެ ސަބަބުން އަޅުގަނޑުމެން އާންމު ދިރިއުޅުމުގައި ކަންކަން ކުރަމުން އައި ގޮތަށްވަނީ ނުހަނު ބޮޑު އިންގިލާބެއް ގެނެސްފައެވެ. މިހާރު އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ހުސްވަގުތު ހޭދަކުރަނީ ފޭސްބުކް، ޓުވިޓާ ފަދަ ސޯޝަލް މީޑިއާ ވެބްސައިޓް ތަކުގައެވެ. އިހުގައި އަޅުގަނޑުމެން ލިބޭ ހުސްވަގުތުތަކުގައި ހިތްހަމަޖައްސާލަން ވަގުތުތަށް ކަނޑައެޅިފައިވަނީ ކޮންމެ މީހެއް ވެސް ދިރިއުޅުމަށް ކުރާ މަސައްކަތައް ބުރޫ ނާރާނެ ގޮތެއްގެ މަތިންނެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން ހުސްވަގުތު ހޭދަކުރުމަށް ވަކި ވަގުތެއް ކަނޑައަޅައި ހިފެހެއްޓުމަށްވަނީ ނުކުޅެދިފައިވުމެވެ. މިހެން ވާންޖެހެނީ ސޯޝަލް މީޑިއާ ވެބްސައިޓް ތަކަށް ދެވިހިފުމުގެ ސަބަބުންނެވެ. މިހެން މިކަން ވުމުގެ ސަބަބުން ރެއާއި ދުވާލެއްގެ ގިނަވަޤުތުތައް ބޭކާރު ގޮތުގައި ހޭދަކޮށްލެވެއެވެ.”(14)

ފޭސްބުކްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝެރީލް ސެންޑްބަރގް ވިދާޅުވިގޮތުގައި “ފޭސްބުކް އާންމު ގޮތެއްގައި ބޭނުންކުރާ މީހަކު ދުވާލަކު 7 ގަޑިއިރު މި ވެބްސައިޓުގައި ހޭދަކުރެއެވެ.”(14) މިއީ ނިސްބަތުން ބަލާއިރު ދުވަހުގެ ވަރަށް ބޮޑު މިންވަރެކެވެ. މިގޮތުން ދުވާލަކު އެތައް ގަޑިއިރެއް ވެބްސައިޓްތަކުގައި ހޭދަކުރަން ޖެހުމުގެ ސަބަބުން ކުރަން އޮންނަ އެހެން ކަންކަމަށް އަސަރު ކުރާނެ ކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. ސޯޝަލްނެޓްވޯކްތަކުގެ ސަބަބުން މަސައްކަތްތަކަށް ހުރަސްއެޅެމުންދާތީ “އޮފީސްތަކުގެ ރަސްމީ ގަޑީގައި، އުފެއްދުންތެރިކަމަށް ހުރަސްއެޅޭގޮތަށް ފޭސްބްކްފަދަ ސޯޝަލް ނެޓްވޯރކްތައް ބޭނުންކުރުމަކީ މަނާ ކަމެއްކަމަށް ކަނޑައަޅުއްވައި، ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ޤަވާޢިދެއް އެކުލަވާލައްވާފައިވެއެވެ.”(15)

]]>
https://heyobas.info/?feed=rss2&p=1040 0
ވައިރަސް އަރައިގެން ޕެން ނުވަތަ ހާރޑްގައި ހުންނަ އެއްޗެހި ގެއްލުމުން ހަދާނީ ކިހިނެތް؟ https://heyobas.info/?p=3365 https://heyobas.info/?p=3365#respond Sun, 22 Dec 2013 09:52:01 +0000 http://www.heyobas.info/?p=3365 މިހާރަކަށް އައިސް ކޮންޕިއުޓާރ ވައިރަސް ތައް ވަނީ ވަރަށް އާންމުވެފައެވެ. އަދި ހަމަ އެއާއި އެކު ވައިރަސް ފިލުވާލުމަށް ތަފާތު ޕުރޮގުރާމްތައްވެސް އަންނަނީ އުފައްދަމުންނެވެ.

އާންމުކޮށް ވައިރަސް އަރަނީ ގިނަ މީހުން ބޭނުން ކުރާ ސިސްޓަމްތަކަށެވެ. މި ގޮތުން ރާއްޖޭގައި ސްކޫލްތަކާއި އޮފީސް ޔުނިވަރސިޓީގެ ކޮންޕިއުޓަރު ލެބްތަކުގައި ހުންނަ ސިސްޓަމްތަކުގައި މި މައްސަލަ ބޮޑުކަން ފާހަގަކުރެވެއެވެ. އަދި ހަމަ އެހެންމެ އެންޓިވައިރަސް އަޕްޑޭޓް ނުކުރެވޭ ގިނަ ސިސްޓަމްތަކުގައި ވައިރަސް ހުރުމަކީ އާންމު ކަމެކެވެ.

ވައިރަސް އަރައިގެން ޕެންޑުރައިވް ގަ ހުންނަ އެއްޗެހި ހައިޑް ވުމަށްފަހު ސޯރޓްކަޓް ފައިލްތަކެއް ފެންނަންހުރެއެވެ. އެހެންނަމަވެސް އަސްލު ފައިލްތައް ފެންނާކަށް ނުހުރެއެވެ.

ޕެންޑްރައިވް އިން ގެއްލުން ފައިލްތައް ހޯދުމަށްޓަކައި ޕެން ހުޅުވާށެވެ. އަދި  ވިއު- އޮޕްޝަން- ޗޭންގް ފޯލްޑާރ ސާރޗް އޮޕްޝަން- ދެން ހުޅުވޭ ސްކްރީންގައި އިންނަ ވިއުއަށް ދާށެވެ. އެއަށްފަހު ޝޯ ހިޑަން ފައިލްސް އެންޑް ފޯލްޑާރ އޮޕްޝަންގައި މާރކް ޖަހާށެވެ. އަދި އެގޮތަށް ހަދައިގެންވެސް ނުފެންނަ ނަމަ ތިރީގައިވާ ފޮޓޯއިން ފެންނަފަދައިން ހައިޑްޕުރޮޓެކްޓެޑް އޮޕަރޭޓިން ސިސްޓްމް ފައިލްގައި މާރކް ކުރެވިފައިވާނަމަ މާރކް މައްޗައް ފިތާލާ މާރކް ފިލުވާލާށެވެ. އޭރަށް ގެއްލުން އެއްޗެހި ފެންނާނެއެވެ. އެހެންނަމަވެސް ސޯރޓްކަޓް ފައިލްތައް ހުންނާނެއެވެ. ދެން މި ސޯރޓްކަޓް ފައިލްތައް ދުއްވާލަން އެންޓިވައިރަސް އަޕްޑޭޓްކޮށް ސްކޭންކުރާށެވެ. މިގޮތުން އީސެޓް ފަދަ އެންޓިވައިރަސް ޕުރޮގުރާމެއް ބޭނުންކުރެވިދާނެއެވެ. އަދި ރަން އަށް ގޮސް ސީއެމްޑީގައި ކޮމާންޑެއް ޖަހައިގެންވެސް ސޯރޓްކަޓް ފައިލްދުއްވާލެވިދާނެ އެވެ. މި ގޮތަށް ސޯރޓްކަޓް ފައިލް ދުއްވާލާނެގޮތުގެ މައުލޫމާތު ކުރިޔައް އޮތްތާ އެހެން ލިޔުމެއްގައި ގެނެސްދޭނަމެވެ.

]]>
https://heyobas.info/?feed=rss2&p=3365 0
ލެޕްޓޮޕުން ހަމުގެ ކެންސަރ ޖެހުމުގެ ފުރުސަތު ބޮޑު https://heyobas.info/?p=3239 https://heyobas.info/?p=3239#respond Mon, 23 Sep 2013 07:48:28 +0000 http://www.heyobas.info/?p=3239 simla ahmed

ގިނަ އިރުތަކެއް ވަންދެން ފައިގެ ފަލަމަސްގަނޑު މަތީގައި ލެޕްޓޮޕް ބަހައްޓައިގެން އޭގެ ބޭނުން ކުރާ މީހުންނަށް ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
ގޭމް ކުޅުމަށް ނުވަތަ ކޮންމެވެސް މަސައްކަތެއްކުރުމުގައި ގިނަވަގުތު ލެޕްޓޮޕް އުނގުމަތީގައި ބަހައްޓައިގެން ބޭނުން ކުރުމުން ލެޕްޓޮޕުން އަރާ ހޫނުގެ ސަބަބުން ހަންގަނޑަށް ނުރައްކާ ވުމުގެ ފުރުސަތު ބޮޑުކަމަށާއި “ޓޯސްޓެޑް ސްކިން ސިންޑްރޮމް” ގެ ނުރައްކަލާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު އެބައޮތްކަމަށް ސްވިޒަލޭންޑްގެ ބާސާ ހޮސްޕިޓަލުގެ ޑިޕާޓްމެންޓް ޑާމަޓޮލޮޖީގެ ޑޮކްޓަރުންގެ ޓީމަކުން ކުރި ދިރާސާއަކަށްފަހު އެ ޓީމުން ހާމަކުރެއެވެ. މި ބައްޔަކީ އިރުގެ ހޫނުފަދަ ގަދަ ހޫނެއް ގިނަ އިރުތަކެއްވަންދެން ހަންގަޑަށް އެޅުމުން އެހޫނުވާ ސަރަހައްދުން ދިލަ ނަގާ އަދި ހަނގަނޑުގެ ކުލައަށް ބަދަލުގެނެސްދޭ ބައްޔެކެވެ. އަދި ނުރައްކާތެރި ދަރަޖައަކަށް ގޮސް ހަމުގެ ކެންސަރު ޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށް ޑޮކްޓަރުން ބުނެއެވެ.
ލެޕްޓޮޕުން ޖެހޭ މި ނުރައްކާތެރި ބައްޔާމެދު ސަމާލުކަން ދޭން ޖެހުނީ 2004 ވަނަ އަހަރު އުމުރުން 12 އަހަރުގެ ފިރިހެންކުއްޖަކަށް ދިމާވި މިފަދަ ހާދިސާއަކާ ގުޅިގެންނެވެ. ވީޑިއޯ ގޭމް ކުޅުމަށް ޚާއްޞަ ޝައުގެއް ހުންނަ މިކުއްޖާ ދުވާލުގެ ގިނަވަގުތު އުނގުމަތީގައި ލެޕްޓޮޕް ބަހައްޓައިގެން ގޭމްކުޅުމުގައި ވަގުތު ހޭދަކުރާ ކަމަށްވެއެވެ. ގިނަވަގުތު ގޭމް ކުޅުމުގައި ހޭދަކުރެވޭ އިރު ލެޕްޓޮޕުން އަރާ ހޫނުގެ އިހްސާސްވެސް ކުރުމެއްނެތި ފައިގެ ފަލަ މަސްގަނޑުމަތީގައި ލެޕްޓޮޕް ބަހައްޓައިގެން ގޭމް ކުޅުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އެކުއްޖާގެ ދެފައިގެ ފަލަމަސްގަނޑުގެ ކުލަ ގަދަ ރަތްކުލައަކަށް ބަދަލުވެ ފިހިފައި ހުންނަ ކަހަލަ ގޮތެއް ވެފައި ހުރުމެވެ. އެއީ “ޓޯސްޓެޑް ސްކިން ސިންޑްރޮމް” ގެ އަލާމާތެކެވެ.
ހަމަ މިފަދަ އެހެން ހާދިސާއެއް 2007 ވަނަ އަހަރު ވެސް ވަނީ ރިޕޯޓްކޮށްފައެވެ. އެއީ ވާޖިނިއާގައި ވަކީލުކަން ކިޔަވަމުންދިޔަ އަންހެންކުއްޖަކަށް ހަމަ މިފަދަ ނުރައްކަލަކާ ކުރިމަތިލާން ޖެހުމުންނެވެ. އެކުއްޖާ ދުވާލަކު 6 ގަޑިއިރުވަންދެން އުނގުމަތީގައި ލެޕްޓޮޕް ބަހައްޓައިގެން މަސައްކަތް ކުރަން އިންނަ ކަމަށްވެއެވެ. ފައިގެ ފަލަމަސްގަނޑުގެ ބޮޑުބައެއް ރަތްވެ އަނދައިގެން ގޮސްފައިވާ އެކުއްޖާއަށް ފަރުވާދެއްވި ޑޮކްޓަރ ވަނީ މި ކުއްޖާއަށް ވެސް ކުރިމަތިލާން ޖެހިފައިވަނީ “ޓޯސްޓެޑް ސްކިން ސިންޑްރޮމް” އާއި ކަމަށެވެ.
މެޑިކަލް ޖާނަލިސްޓުން ބުނާ ގޮތުގައި 2007 ވަނަ އަހަރު ހަމައެކަނިސްވިޒަލޭންޑްގައި މިފަދަ 10 ހާދިސާ ރިޕޯޓް ކޮށްފައިވެއެވެ.
ޑޮކްޓަރުންގެ ޓީމުން ހާމަކޮށްފައިވާ ގޮތުގައި ލެޕްޓޮޕްގެސަބަބުން ހަމުގެކުލައަށް އަންނަ ބަދަލަކީ ދާއިމަށް އަންނަ ބަދަލެއް ކަމަށާއި ވަރަށް މަދު ފަހަރެއްގައި ކެންސަރުގެ ސްޓޭޖަށް ދިއުމަކީވެސް އެކަށީގެންވާކަމެއް ކަމަށެވެ. އަދި ކޮމްޕިޔުޓަރު ނުވަތަ ލެޕްޓޮޕް ބޭނުންކުރަމުންދާ އިރު އޭގެއިން އުފައްދާ ހޫނު 44ޑިގްރީ ސެލްސިއަސް އަށް މަތިވެގެންދާނެކަމަށާއި އޭގެ ސަބަބުން ހަންގަޑަށް ގެއްލުން ލިބޭނެކަމަށެވެ. އަދި ފައިގެ ފަލަމަސްގަނޑުގެ މަތީގައި ލެޕްޓޮޕު ބަހައްޓައިގެން ހުރުމުން އޭގެ ހޫނުމިން ބޭރުކޮށްދޭ ޖާގަ ބަންދުވެފައި ހުރުމުން ހޫނުކަން އިތުރުވެގެންދާނެކަމަށެވެ. މީގެ ސަބަބުން ހަންގަނޑުގައި ގަދަ ރަތްކުލައިގެ ލައްތަކެއް ޖެހިގެންދާނެކަމަށާއި މީގެ އަސަރު އެންމެ ބޮޑަށް ކުރާނީ ވައަތްފަރާތު ފަޔަށް ކަމަށްވެސް ޑޮކްޓަރުންގެ ޓީމުން ބުނެއެވެ. ސަބަބަކީ ލެޕްޓޮޕްގައި ހޫނު ބޭރުކޮށްދޭ ފަންކާ އާއި ބެޓެރީ ހުންނާނީ ވައަތްފަރާތުގައި ކަމަށްވާތީއެވެ.
ލެޕްޓޮޕްގެ ސަބަބުން ހަނގަނޑަށް ގެއްލުން ލިބިގެންދަނީ ކުރީގައި މާގިނަ ނިޝާންތައް ފެނުމަކާއި ނުލައި ކަމަށާއި ލެޕްޓޮޕް ބޭނުންކުރަން ފަށާއިރަށާއި ބޭނުންކޮށް ނިމުމުންވެސް ފައި ކަހާ ހިރުވާގޮތް ވެދާނެކަމަށް ޑޮކްޓަރުން ހާމަކުރައްވައެވެ.
އަދި މިކަމަށް އޮތް ހައްލަކީ ލެޕްޓޮޕް ބޭނުން ކުރާއިރު ސީދާ ހަމުގައި ނުޖެހޭ ގޮތަށް ހޫނު ބޭރުކޮށްދޭ ކަހަލަ އެއްޗެއް ލެޕްޓޮޕާއެކު ބޭނުން ކުރުން ނުވަތަ މޭޒެއް ފަދަ ތަނެއްގައި ލެޕްޓޮޕް ބަހައްޓައިގެން ބޭނުންކުރުން ކަމަށް އެޓީމުން ހާމަކުރައްވައެވެ.

]]> https://heyobas.info/?feed=rss2&p=3239 0