Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the gotmls
domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init
action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/admin/public_html/heyobas.info/wp-includes/functions.php on line 6121
Warning: Cannot modify header information - headers already sent by (output started at /home/admin/public_html/heyobas.info/wp-includes/functions.php:6121) in /home/admin/public_html/heyobas.info/wp-includes/feed-rss2.php on line 8
ރައިސް އިބްރާހިމް ނާސިރު ވެރިކަމުން ފައިބާ ވަޑައިގަތުމާއި އެކު ތަފާތު އެތަކެއް ތުހުމަތު ތަކެއްކުރިއެވެ. އެހެންނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ޙަޤީގަތަކީ ކުށެއް ސާބިތު ނުވާހާ ހިނދަކު އެއްވެސް މީހަކީ ކުއްވެރިޔެއް ނޫންކަމެވެ. އަދި އެމީހަކީ ކުއްވެރިޔެއްގޮތުގެ ބެލުމުގެ ޖާގަ އެއްވެސް ފަރާތަކަށް ލިބިގެން ނުވެއެވެ. އެހެންނަމަވެސް ނާސިރު ވެރިކަމުން ފައިބާ ވަޑައިގަތުމާއި އެކު ސަރުކާރުގެ އިސްފަރާތްތަކާއި އާންމުން މުޒާހަރާތައްކޮށް ހުތުރު އެއްޗެހެތި ކިޔަންފެށުނެވެ. ސަރުކާރުގެ ރޭޑިޔޯއިންވެސް ކެނޑިނޭޅި އިވެމުން ދިޔައީ މަލާމާތުގެ ލަވަތަކެވެ. ހިތާމަހުއްޓެވެ. ޤައުމުގެ ތަރަށްގީގެ ބިންގާ އަޅުއްވައިދެއްވި ހަރުދަނާ ލީޑަރު އިބްރާހިމް ނާސިރު އާ ދެކޮޅަށް މިހުރިހާ ކަމެއް ރޭވިފައިވަނީ އޭރުގެ ސަރުކާރުގެ ތެރޭންނެވެ.ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ވެރިކަން ދުކުރަށްވާ މާގިނަދުވަހު ރާއްޖޭގައި މަޑުނުކުރަށްވައެވެ. މިގޮތުން 1978 ގެ ޑިސެމްބަރ 7 ވީ ބުރާސްފަތި ދުވަހު ރާއްޖެ ދޫކުރަށްވާ ސިންގަޕޫރަށް ދިރިއުޅުން ބަދަލުކުރެއްވިއެވެ. އެޔަށްފަހު ސިންގަޕުރުގައި އުޅުއްވަމުންއައިސް ރާއްޖެއަންނަން ބޭނުންފުޅުވެގެން ދިވެހި ސަރުކާރުގަ އެދުމުން ޖަވާބު ނުލިބި ވަނިކޮށް އޭގެ ތިރީސް އަހަރު ފަހުން އިބްރާހިމް ނާސިރު މިފަނާވަނި ދުނިޔެއިން ވަކިވިއެވެ. އެއީ 2008 ވަނަ އަހަރުގެ ނޮވެންބަރު 22 ވީ ހޮނިހިރު ދުވަހުގެރޭގެ 7 ޖަހާކަށްހާއިރުއެވެ.
ރާއްޖޭގެ ތަރަށްގީގެ ބިންގާއަޅުއްވައިދެއްވެވި ހަރުދަނާ ލީޑަރަކީ ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ކަމާއި މެދު ޝައްކެތްނެތެވެ. ދިވެހިންގެ ދިގު ތާރީޙު މިކަމަށް ހެކިދެއެވެ. ތާރީޙުުގެ ފަތްފުތްތަކުން މިޙަޤީގަތް ވަރަށް ސާފުކޮށް ފެންނާންއެބައޮތެވެ. ތަޢުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއަރުވާ ޖީސީއީ އޯލެވެލް ތަޢާރަފްކުރިއެވެ. ސަރަޙައްދީ ފެންވަރުގައި ފާހަގަކުރެވޭފަދަ ސިޕިންގ ލައިނެއް އުފެއްދެވިއެވެ. މާލޭ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ބިނާކުރިއެވެ. ރޭޑިއޯާ ސްޓޭޝަން އުފެދުނެވެ. އަތޮޅުތަކުގެ ރަށްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި މާލޭގައި އަތޮޅު ފިހާރަތަކެއް އުފައްދަވައިދެއްވިއެވެ. ކީރިތި ޤުރުއާނުގެ ތަރުޖަމާ ދިވެހި ބަހުން ލިޔެވުނެވެ. ރާއްޖެއަށް އިނގިރޭސީންގެ އަތުން މިނިވަންކަން ހޯދަވައިދެއްވީވެސް އިބްރާހިމް ނާސިރުގެ ވެރިކަމުގައެވެ. މިހެން ގޮސް ކިޔާ ކޮޅުން ލާކަށްނެތެވެ. އެމަނިކުފާނުގެ ހިދުމަތްތަށް ނުހަނު ގިނަގުނައެވެ. އެހެންނަމަވެސް އެމަނިކުފާނު ވެރިކަމުން ފައިބާވަޑައި ގަތުމާއި އެކު އެމަނިކުފާނާއި މެދު ކަންތަށްކޮށްފައިވަނީ ވަރަށް ދެރަކޮށެވެ.
މިދިވެހިރާއްޖޭގެ ތަރަށްގީގެ ބިންގާ އަޅުއްވައިދެއްވި އިބްރާހިމް ނާސިރުގެ ފަރާތުން ސަރުޢީ ކޯޓަކުން މައްސަލަ ބެލުމުގެ ކުރީން އެމަނިކުފާނަށް މަލާމާތްކޮށް ކާރޓޫން ކުރަހާ މަލާމާތުގެ އެތަކެއް ލަވައެއް ހަދައި ރޭޑިއޯއިން ފޮނުވަމުންދިޔައެވެ. ރޯލުތަށް ހަދައި ވިއްކަމުންއައެވެ. އިބްރާހިމް ނާސިރުގެ ފަރާތުންވެސް ކުށެއް ސާބިތުވެފައިވާނަމަ ޙައްޤު އަދަބު ދިންނަމަ މައްސަލައެއްނެތެވެ. ނަމަވެސް ފެނިގެން ދިޔައީ މުޅިން އެހެން މަންޒަރެކެވެ. މައްސަލަތަށް ބަލައި ހުކުމް އިއްވުމުގެ ކުރިންވެސް އޭރުގެ ސަރުކާރުގެ އިސްފަރާތްތަކުން ތަކުރާރުކޮށް އަންގަމުން ދިޔައީ ނާސިރުއަކީ ވަގެއްކަމަށެެވެ. ކުށްވެރިއެއްކަމަށެވެ. ނުވިތާކަށް މާލޭގެ މަގުތަކުގައި ނާސިރުއަށް މަލާމާތްކޮށް ކުރަހާފައިވާ ކާރޓޫންތަށް ބަހައްޓާފައިވއެވެ. އަދި ހަމަ އެހެންމެ ރާއްޖެތެރޭގައިވެސް ނާސިރުގެ ކާރޓޫންކުރަހާ ދަންޖައްސާ ރަށްޔިތުން ނިކުމެ ނާސިރާއި އިދިކޮޅު ސުޢޫރު ފާޅުކުރަމުން މަގުމަތީ ހަޑިހުތުރު ބަހުން ހަޅޭލަވަމުން ހިނަގާފައިވެއެވެ. މިހުރިހާކަމެއްވެސް ހިނގަމުން އައިސްފައިވަނީ ދިވެހި ސަރުކާރުގައި އިސްކޮށްތިބި ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުމާއި އެކުގައެވެ.
ރައިސް އިބްރާހިމް ނާސިރު ވެރިކަން ދުކޮށްލެވުމުން އެހިންގި ނާތަހުޒީބު އަމަލުގައި ސަރުކާރުން ބައިވެރިވެފައި ވުމަކީ އޭރުގެ އެކަމުގައި އިސްކޮށްތިބި ފަރާތްތަކުން ދިވެހި ރައްޔިތުންގެ ކިބައިން މާޢާފަށް އެދެންޖެހޭނޭ ކަމެއްކަން ޔަގީނެވެ. އެމަނިކުފާނަށް ކުރެވިފައިވާ މަލާމާތަކީ އިންސާނަކަށް ކުރަން ހެޔޮނުވާނޭފަދަ މަލާމާތްތަކެވެ. ކުރެހިފައިވާ ކާރޓޫންތަކަކީ ބަލަން ނުކުރޭފަދަ ހަޑިހުތުރު ކާރޓޫންތަކެވެ. އައިބު ސިފަތަކާއި މިނިކާ ޖަނަވާރުންގެ ފަދައިން ސިފަކޮށް ކާރޓުންކުރަހާ އާންމުކޮށްފައިވާކަމީ ޙަޤީގަތެވެ. އެދުވަސްވަރު ސަރުކާރުގެ ލައިބްރަރީގައި ކޮންމެ މީހަކަށް ފެންނާނޭހެން ނާސިރުއަށް މަލާމާތްކޮށް އައިބުކިޔާފަ ކުރަހާފައިވާ ކާޓޫން ހިމެނޭ އާބާރު ނޫސް ހުރެއެވެ. މިހުރިހާ ކަމެއްގެ ޙަަޤީގީ ބޭނުމަކީ ދިވެހިންގެ ތަރަށްޤީގެ ބާނީ އިބްރާހިމް ނާސިރުއާމެދުގައި ދިވެހިންގެ ހިތުގައި ނަފުރަތު އުފައްދާ ރުޅިވެރިކަން އުފެއްދުމެވެ.
ރާއްޖޭގެ ތަރަށްޤީގެ ބާނީ އިބްރާހިމް ނާސިރުއަށް މަލާމާތްކޮށް ކާރޓޫނުކުރެހުމުގެ އިތުރަށް ރޭޑިޔޯއިން މަލާމާތުގެ އެތަކެއް ލަވައެއް ފޮނުވާފަވެއެވެ. ނޫސްތަކުގައި އެތަކެއް ލިއުމެއް ލިޔެފައިވެއެވެ. ނާސިރުއާ މަލާމާތްކޮށްހެދިފައިވާ ލަވަތަކަކީވެސް ޙަޤީގަތާއި އިންސާފަށް ވިސްނާލާއިރު އަޑުއަހާލަން އުނދަގޫ ލަވަތަކެކެވެ. އަދި ކިއެއްތަ މީހަކާމެދުގަ ހަސަދަވެރިވެ ރުޅިއަޔަސް އެފަދަ މަލާމާތުގެ ލަވަތަށް ހަދަން ހަމަ ހެޔޮނުވާނޭކަން ޔަގީނެވެ.
ރައިސް އިބްރާހިމް ނާސިރުއަށް އަދި އޭރުގެ ސަރުކާރުގައި ތިބި އިސް ފަރާތްތަކަށްވެސް އެފަދަ މަލާމާތުގެ ޅެންތަކާއި ކުރެހުންތަށް ރަށްދުކޮށްފައިވެއެވެ. “ތިއެ ފިރުޢައުނޭ ދެން ނިމިދާނޭ އަސްލުވެލާނާ” “ނާސިރު ވަގު”،ހިތުގައި ރަޙުމެއްތް ނުވާ މީހަކީ ނާސިރޭ” އަރާ މީބަނޑު ތިޔަ ހިނދޭނީ ފަނާވެ ނިމިގެންނޭ” “ވެލާނާ އުނދުޅި،އާދެ ބޮއްކަޅު ދިއުޅި، ބުއްދިއެއް ނުވި ދިއުޅި، ދަންނަ އެންމެން ބުނޭ ރަންނަމާރީ ތިއޭ، މީ ދެވަނަ ޖުމުހޫރިއްޔާގެ ރައީސް އިބްރާހިމް ނާސިރުއަށް ނިސްބަތްކޮށް ހަދާފައިވާ މަލާމާތުގެ ޅެންޅެމުގެ ކުޑަމިންވަރެކެވެ. އިބްރާހިމް ނާސިރުއަށް މަލާމާތްކޮށް ހަޑިހުތުރުބަހުން މުޙާތަބުކުރެވިފައިވާ ޅެންތަށް ވަރަށްވެސް ގިނައެވެ. އެހެންކަމުން މިފަދަ ލިއުމެއްގައި ލެންތަކުގެ ތަފްސީލަށްދާކަށް ނެތީމެވެ. އެހެންނަމަވެސް މަލާމާތާއި ފުރަށްސާރައިގެ ގޮތުން ހެދިފައިވާ ޅެންތަކަށް ބަލައިލާނަމެވެ. އެގޮތުން ނަސީމީ ޝުއޫރު، ބޭނުންވިޔަކަށް، ބާޢީބޭ ސިންގަޕޫރުގައި، ޚަރާބު ސިކުނޑި، ވެރިކަމުގެ މަސްތުގައި، ތިޔައީ ނާސިރޭ، ޢައްދާރު ޑާކޫ، ކެވުނު ތަކެތި، ކާފަ ދަރިފުޅު، ބޭޒާރުވުމުން، ފިލާތިބެ ބަލަ! އާދޮގޭ!، އަދިވެސް ބެހޭނެބާ!، ވަގަށް ނެގި އެއްޗެތި ކޮބާ!، މަކަރުވެރި ޢައްދާރު، ފަދަ ނަންނަމުގައި ޅެންތަށް ނެރެވުނެވެ. އަދި މީގެ އިތުރަށް ނާސިރުގެ ވެރިކަމުގައި އިސްކޮށް ތިއްބެވި އަދި ރާއްޖޭގެ ރަށްޔިތުންނަށް ގިނަގުނަ އެހީތަށް ދެއްވި ކުވާ މޮހެދޭ އަދި މައިޒާން އަލިބެ ފަދަ މީހުންނަށްވެސް އެޅެންތަކުގައި މަލާމާތް ރައްދުކޮށްފައިވެއެވެ.
ކޮންމެބަޔަކު ކޮންމެ ގޮތަކަށްދެކުނަސްރައިސް އިބްރާހިމް ނާސިރު އަކީ މިގައުމުގެ ތަރައްޤީގެ ބާނީއެވެ. ރައިސް އިބްރާހިމް ނާސިރުއަކީ ދިވެހިރާއްޖެ މިދެކޭ ތަރަށްޤީގެ ބިންގާއަޅުއްވައިދެއްވި ލީޑަރެވެ. ކުށްކުރުމަކީ އިންސާނީ ސިފަޔަކަށް ވީހިނދު ނާސިރުއަށްވެސް ކުށެއް ކުރެވިދާނެއެެވެ. އެހެންނަމަވެސް ސަރީއަތުގެ ބޭރުން ވަގަށްގޮވާ މަލާމާތްކޮށް ފުރަށްސާރަކުރުމުގެ ޙައްޤު އެއްވެސް ފަރާތަކަށް ލިބިގެންނުވެއެވެ. ވައްކަންކުރިނަމަވެސް ޚިޔާނާތްތެރިވީނަމަވެސް އެކަމަށް ކަނޑައެޅޭ އަދަބުގެ ބޭރުން މިފަދަ ކަންތަށްތައްކުރުމަކީ އިންސާފާއި އަޙުލާޤީ އުސޫލުތަކާއި ހިލާފުކަމެކެވެ. އިބްރާހިމް ނާސިރުގެ މައްޗަށް ޚިޔާނާތުގެ ދައުވާކޮށް މައްސަލަ ހައިކޯޓުން ނިންމެވިއިރު އެމަނިކުފާނު ދައުލަތަށް ދަށްކަންޖެހޭ( ދިހަ މިލިއަން ތިންސަތޭކަ އަށްހާސް ހަތްސަތޭކަ ތިރީސް ރުފިޔާ ހައްދިހަ ފަސްލާރި) އާއި ( ދެމިލިއަން ފަސްސަތޭކަ ހަތްދިހަ ހާސް އަށްޑިހަ އަށެއް ޕޮއިންޓް ފަހެއް ޔޫ.އެސް ޑޮލަރު 30 ޖަނަވަރީ 1986 ފެށިގެން ހަމަދުވަސްތެރޭގައި ދަށްކަވައި ނިންމަވަން އެންގުނެވެ. އަދި ފަހުން އިބްރާހިމް ނާސިރުގެ ވެލާނާގެވެސް ސަރުކާރަށް ނެގުނެވެ. އެހެންނަމަވެސް ފަހުން އެނގިފާޅުވީ ބޮޑު ޙަޤީގަތަކީ އިބްރާހިމް ނާސިރުގެ ޚިޔާނާތެއް ނެތްކަމެވެ. އަދި ސައުދީ ރަސްގެފާނު ދެއްވި 20ލައްކަ ޑޮލަރުގެ ޗެކުވެސް ނާސިރު ބޭނުންކުރިކަމަށް ތުހުމަތުކުރެވުނު ނަމަވެސް ސިންގަޕޫރު ހަބީބު ބެންކުގެ ދިވެހި ސަރުކާރުގެ އެކައުންޓުގައި ޖަމާކޮށްފައިވާކަންވެސް އެނގިހާމަވީއެވެ. ﷲ އިބްރާހިމް ނާސިރުގެ ފުރާނަފުޅަށް ހެޔޮރަޙުމަތް މިންވަރުކުރަށްވާށިއެވެ. އާމީން
]]>އިބްރާހިމް ނާސިރު ވެރިކަމުން ފައިބާ ވަޑައިގަތުމާއި އެކު ތަފާތު އެތަކެއް ތުހުމަތު ތަކެއްކުރިއެވެ. އެހެންނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ޙަޤީގަތަކީ ކުށެއް ސާބިތު ނުވާހާ ހިނދަކު އެއްވެސް މީހަކީ ކުށްވެރިޔެއް ނޫންކަމެވެ. އަދި އެމީހަކީ ކުށްވެރިޔެއްގޮތުގެ ބެލުމުގެ ޖާގަ އެއްވެސް ފަރާތަކަށް ލިބިގެން ނުވެއެވެ. އެހެންނަމަވެސް ނާސިރު ވެރިކަމުން ފައިބާ ވަޑައިގަތުމާއި އެކު ސަރުކާރުގެ އިސްފަރާތްތަކާއި އާންމުން މުޒާހަރާތައްކޮށް ހުތުރު އެއްޗެހެތި ކިޔަންފެށުނެވެ. ސަރުކާރުގެ ރޭޑިޔޯއިންވެސް ކެނޑިނޭޅި އިވެމުން ދިޔައީ މަލާމާތުގެ ލަވަތަކެވެ. ހިތާމަހުއްޓެވެ. ޤައުމުގެ ތަރައްގީގެ ބިންގާ އަޅުއްވައިދެއްވި ހަރުދަނާ ލީޑަރު އިބްރާހިމް ނާސިރު އާ ދެކޮޅަށް މިހުރިހާ ކަމެއް ރޭވިފައިވަނީ އޭރުގެ ސަރުކާރުގެ ތެރޭންނެވެ. ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ވެރިކަން ދުރުކުރަށްވާ މާގިނަދުވަހު ރާއްޖޭގައި މަޑުނުކުރަށްވައެވެ. މިގޮތުން 1978 ގެ ޑިސެމްބަރ 7 ވީ ބުރާސްފަތި ދުވަހު ރާއްޖެ ދޫކުރަށްވާ ސިންގަޕޫރަށް ދިރިއުޅުން ބަދަލުކުރެއްވިއެވެ. އެޔަށްފަހު ސިންގަޕުރުގައި އުޅުއްވަމުންއައިސް ރާއްޖެއަންނަން ބޭނުންފުޅުވެގެން ދިވެހި ސަރުކާރުގަ އެދުމުން ޖަވާބު ނުލިބި ވަނިކޮށް އޭގެ ތިރީސް އަހަރު ފަހުން އިބްރާހިމް ނާސިރު މިފަނާވަނި ދުނިޔެއިން ވަކިވިއެވެ. އެއީ 2008 ވަނަ އަހަރުގެ ނޮވެންބަރު 22 ވީ ހޮނިހިރު ދުވަހުގެރޭގެ 7 ޖަހާކަށްހާއިރުއެވެ.
ރާއްޖޭގެ ތަރަށްގީގެ ބިންގާއަޅުއްވައިދެއްވެވި ހަރުދަނާ ލީޑަރަކީ ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ކަމާއި މެދު ޝައްކެތްނެތެވެ. ދިވެހިންގެ ދިގު ތާރީޙު މިކަމަށް ހެކިދެއެވެ. ތާރީޙުގެ ފަތްފުތްތަކުން މިޙަޤީގަތް ވަރަށް ސާފުކޮށް ފެންނާންއެބައޮތެވެ. ތަޢުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއަރުވާ ޖީސީއީ އޯލެވެލް ތަޢާރަފްކުރިއެވެ. ސަރަޙައްދީ ފެންވަރުގައި ފާހަގަކުރެވޭފަދަ ސިޕިންގ ލައިނެއް އުފެއްދެވިއެވެ. މާލޭ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ބިނާކުރިއެވެ. ރޭޑިއޯ ސްޓޭޝަން އުފެދުނެވެ. އަތޮޅުތަކުގެ ރަށްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި މާލޭގައި އަތޮޅު ފިހާރަތަކެއް އުފައްދަވައިދެއްވިއެވެ. ކީރިތި ޤުރުއާނުގެ ތަރުޖަމާ ދިވެހި ބަހުން ލިޔެވުނެވެ. ރާއްޖެއަށް އިނގިރޭސީންގެ އަތުން މިނިވަންކަން ހޯދަވައިދެއްވީވެސް އިބްރާހިމް ނާސިރުގެ ވެރިކަމުގައެވެ. މިހެން ގޮސް ކިޔާ ކޮޅުން ލާކަށްނެތެވެ. އެމަނިކުފާނުގެ ހިދުމަތްތަށް ނުހަނު ގިނަގުނައެވެ. އެހެންނަމަވެސް އެމަނިކުފާނު ވެރިކަމުން ފައިބާވަޑައި ގަތުމާއި އެކު އެމަނިކުފާނާއި މެދު ކަންތަށްކޮށްފައިވަނީ އިހާނެތިކަން ހައްދު ފަހަނައަޅާފައި މަގުންނެވެ.
މިދިވެހިރާއްޖޭގެ ތަރަށްގީގެ ބިންގާ އަޅުއްވައިދެއްވި އިބްރާހިމް ނާސިރުގެ ފަރާތުން ސަރުޢީ ކޯޓަކުން މައްސަލަ ބެލުމުގެ ކުރީން އެމަނިކުފާނަށް މަލާމާތްކޮށް ކާރޓޫން ކުރަހާ މަލާމާތުގެ އެތަކެއް ލަވައެއް ހަދައި ރޭޑިއޯއިން ފޮނުވަމުންދިޔައެވެ. ރޯލުތަށް ހަދައި ވިއްކަމުންއައެވެ. އިބްރާހިމް ނާސިރުގެ ފަރާތުންވެސް ކުށެއް ސާބިތުވެފައިވާނަމަ ޙައްޤު އަދަބު ދިންނަމަ މައްސަލައެއްނެތެވެ. ނަމަވެސް ފެނިގެން ދިޔައީ މުޅިން އެހެން މަންޒަރެކެވެ. މައްސަލަތަށް ބަލައި ހުކުމް އިއްވުމުގެ ކުރިންވެސް އޭރުގެ ސަރުކާރުގެ އިސްފަރާތްތަކުން ތަކުރާރުކޮށް އަންގަމުން ދިޔައީ ނާސިރުއަކީ ވަގެއްކަމަށެވެ. ކުށްވެރިއެއްކަމަށެވެ. ނުވިތާކަށް މާލޭގެ މަގުތަކުގައި ނާސިރުއަށް މަލާމާތްކޮށް ކުރަހާފައިވާ ކާރޓޫންތަށް ބަހައްޓާފައިވއެވެ. އަދި ހަމަ އެހެންމެ ރާއްޖެތެރޭގައިވެސް ނާސިރުގެ ކާރޓޫންކުރަހާ ދަންޖައްސާ ރަށްޔިތުން ނިކުމެ ނާސިރާއި އިދިކޮޅު ސުޢޫރު ފާޅުކުރަމުން މަގުމަތީ ހަޑިހުތުރު ބަހުން ހަޅޭލަވަމުން ހިނަގާފައިވެއެވެ. މިހުރިހާކަމެއްވެސް ހިނގަމުން އައިސްފައިވަނީ ދިވެހި ސަރުކާރުގައި އިސްކޮށްތިބި ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުމާއި އެކުގައެވެ. ރަށްރަށުގައި އެކަންތައްތައް ހިންގާފައިވަނީ އަތޮޅު އޮފީސްތައް މެދުވެރިކޮށް ރަށު އޮފީސްތަކަށް އަންގައިގެންނެވެ.
ނާސިރު ވެރިކަން ދުކޮށްލެވުމުން އެހިންގި ނާތަހުޒީބު ޖަރީމާތަކުގައި ސަރުކާރުގެ އިސްފަރާތްތަކުން އިސްނަގައި ބައިވެރިވެފައި ވުމަކީ އޭރުގެ އެކަމުގައި އިސްކޮށްތިބި ފަރާތްތަކުން ދިވެހި ރައްޔިތުންގެ ކިބައިން މާޢާފަށް އެދެންޖެހޭނޭ ކަމެއްކަން ޔަގީނެވެ. އެމަނިކުފާނަށް ކުރެވިފައިވާ މަލާމާތަކީ އިންސާނަކަށް ކުރަން ހެޔޮނުވާނޭފަދަ މަލާމާތްތަކެވެ. ކުރެހިފައިވާ ކާރޓޫންތަކަކީ ބަލަން ނުކުރޭފަދަ ހަޑިހުތުރު ކާރޓޫންތަކެވެ. އައިބު ސިފަތަކާއި މިނިކާ ޖަނަވާރުންގެ ފަދައިން ސިފަކޮށް ކާރޓުންކުރަހާ އާންމުކޮށްފައިވާކަމީ ޙަޤީގަތެވެ. އެދުވަސްވަރު ސަރުކާރުގެ ލައިބްރަރީގައި ކޮންމެ މީހަކަށް ފެންނާނޭހެން ނާސިރުއަށް މަލާމާތްކޮށް އައިބުކިޔާފަ ކުރަހާފައިވާ ކާޓޫން ހިމެނޭ އާބާރު ނޫސް ހުރެއެވެ. މިހުރިހާ ކަމެއްގެ ޙަޤީގީ ބޭނުމަކީ ދިވެހިންގެ ތަރައްޤީގެ ބާނީ އިބްރާހިމް ނާސިރުއާމެދުގައި ދިވެހިންގެ ހިތުގައި ނަފުރަތު އުފައްދާ ރުޅިވެރިކަން އުފެއްދުމެވެ.
ރާއްޖޭގެ ތަރައްޤީގެ ބާނީ އިބްރާހިމް ނާސިރުއަށް މަލާމާތްކޮށް ކާރޓޫނުކުރެހުމުގެ އިތުރަށް ރޭޑިޔޯއިން މަލާމާތުގެ އެތަކެއް ލަވައެއް ފޮނުވާފަވެއެވެ. ނޫސްތަކުގައި އެތަކެއް ލިއުމެއް ލިޔެފައިވެއެވެ. ނާސިރުއާ މަލާމާތްކޮށްހެދިފައިވާ ލަވަތަކަކީވެސް ޙަޤީގަތާއި އިންސާފަށް ވިސްނާލާއިރު އަޑުއަހާލަން އުނދަގޫ ލަވަތަކެކެވެ. އަދި ކިއެއްތަ މީހަކާމެދުގަ ހަސަދަވެރިވެ ރުޅިއަޔަސް އެފަދަ މަލާމާތުގެ ލަވަތަށް ހަދަން ހަމަ ހެޔޮނުވާނޭކަން ޔަގީނެވެ.
ނާސިރުއަށް އަދި އޭރުގެ ސަރުކާރުގައި ތިބި އިސް ފަރާތްތަކަށްވެސް އެފަދަ މަލާމާތުގެ ޅެންތަކާއި ކުރެހުންތަށް ރަށްދުކޮށްފައިވެއެވެ. “ތިއެ ފިރުޢައުނޭ ދެން ނިމިދާނޭ އަސްލުވެލާނާ” “ނާސިރު ވަގު”،ހިތުގައި ރަޙުމެއްތް ނުވާ މީހަކީ ނާސިރޭ” އަރާ މީބަނޑު ތިޔަ ހިނދޭނީ ފަނާވެ ނިމިގެންނޭ” “ވެލާނާ އުނދުޅި،އާދެ ބޮއްކަޅު ދިއުޅި، ބުއްދިއެއް ނުވި ދިއުޅި، ދަންނަ އެންމެން ބުނޭ ރަންނަމާރީ ތިއޭ، މިއީ މިއަދު މިލިއަން ޑޮލަރު ހަރަދުކޮށްގެން މި ގައުމުގައި ފާހަނގަކުރަން އުޅޭ މިނިވަން 50 ގެ ބާނީ، ދެވަނަ ޖުމުހޫރިއްޔާގެ ރައީސް އިބްރާހިމް ނާސިރުއަށް ނިސްބަތްކޮށް ހަދާފައިވާ މަލާމާތުގެ ޅެންޅެމުގެ ކުޑަމިންވަރެކެވެ. އިބްރާހިމް ނާސިރުއަށް މަލާމާތްކޮށް ހަޑިހުތުރުބަހުން މުޙާތަބުކުރެވިފައިވާ ޅެންތަށް ވަރަށްވެސް ގިނައެވެ. އެހެންކަމުން މިފަދަ ލިއުމެއްގައި ލެންތަކުގެ ތަފްސީލަށްދާކަށް ނެތީމެވެ. އެހެންނަމަވެސް މަލާމާތާއި ފުރަށްސާރައިގެ ގޮތުން ހެދިފައިވާ ޅެންތަކަށް ބަލައިލާނަމެވެ. އެގޮތުން ނަސީމީ ޝުއޫރު، ބޭނުންވިޔަކަށް، ބާޢީބޭ ސިންގަޕޫރުގައި، ޚަރާބު ސިކުނޑި، ވެރިކަމުގެ މަސްތުގައި، ތިޔައީ ނާސިރޭ، ޢައްދާރު ޑާކޫ، ކެވުނު ތަކެތި، ކާފަ ދަރިފުޅު، ބޭޒާރުވުމުން، ފިލާތިބެ ބަލަ! އާދޮގޭ!، އަދިވެސް ބެހޭނެބާ!، ވަގަށް ނެގި އެއްޗެތި ކޮބާ!، މަކަރުވެރި ޢައްދާރު، ފަދަ ނަންނަމުގައި ޅެންތަށް ހަދާ ކިޔާފައިވެއެވެ. އަދި މީގެ އިތުރަށް ނާސިރުގެ ވެރިކަމުގައި އިސްކޮށް ތިއްބެވި އަދި ރާއްޖޭގެ ރަށްޔިތުންނަށް ގިނަގުނަ އެހީތަށް ދެއްވި ކުވާ މޮހެދޭ އަދި މައިޒާން އަލިބެ ފަދަ މީހުންނަށްވެސް އެޅެންތަކުގައި މަލާމާތް ރައްދުކޮށްފައިވެއެވެ.
ކޮންމެބަޔަކު ކޮންމެ ގޮތަކަށްދެކުނަސް ނާސިރު އަކީ މަގައުމުގެ ތަރައްޤީގެ ބާނީއެވެ. ނާސިރުއަކީ ދިވެހިރާއްޖެ މިދެކޭ ތަރައްޤީގެ ބިންގާއަޅުއްވައިދެއްވި ލީޑަރެވެ. ހަމަ އެހެންމެ މިއަދު ފާހަނގަކުރަން ތައްޔާރުވާ މިނިވަން 50 ގެ ހިތްވަރު ގަދަ މިނިވަންކަމުގެ ބާނީއެވެ. ކުށްކުރުމަކީ އިންސާނީ ސިފަޔަކަށް ވީހިނދު ރައިސް އިބްރާހިމް ނާސިރުއަށްވެސް ކުށެއް ކުރެވިދާނެއެވެ. އެހެންނަމަވެސް ސަރީއަތުގެ ބޭރުން ވަގަށްގޮވާ މަލާމާތްކޮށް ފުރަށްސާރަކުރުމުގެ ޙައްޤު އެއްވެސް ފަރާތަކަށް ލިބިގެންނުވެއެވެ. ވައްކަންކުރިނަމަވެސް ޚިޔާނާތްތެރިވީނަމަވެސް އެކަމަށް ކަނޑައެޅޭ އަދަބުގެ ބޭރުން މިފަދަ ކަންތަށްތައްކުރުމަކީ އިންސާފާއި އަޙުލާޤީ އުސޫލުތަކާއި ހިލާފުކަމެކެވެ. އިބްރާހިމް ނާސިރުގެ މައްޗަށް ޚިޔާނާތުގެ ދައުވާކޮށް މައްސަލަ ހައިކޯޓުން ނިންމެވިއިރު އެމަނިކުފާނު ދައުލަތަށް ދަށްކަންޖެހޭ( ދިހަ މިލިއަން ތިންސަތޭކަ އަށްހާސް ހަތްސަތޭކަ ތިރީސް ރުފިޔާ ހައްދިހަ ފަސްލާރި) އާއި ( ދެމިލިއަން ފަސްސަތޭކަ ހަތްދިހަ ހާސް އަށްޑިހަ އަށެއް ޕޮއިންޓް ފަހެއް ޔޫ.އެސް ޑޮލަރު 30 ޖަނަވަރީ 1986 ފެށިގެން ހަމަދުވަސްތެރޭގައި ދަށްކަވައި ނިންމަވަން އެންގުނެވެ. އަދި ފަހުން އިބްރާހިމް ނާސިރުގެ ވެލާނާގެވެސް ސަރުކާރަށް ނެގުނެވެ. އެހެންނަމަވެސް ފަހުން އެނގިފާޅުވީ ބޮޑު އެއް ޙަޤީގަތަކީ އިބްރާހިމް ނާސިރުގެ ޚިޔާނާތެއް ނެތްކަމެވެ. އަދި ސައުދީ ރަސްގެފާނު ދެއްވި 20ލައްކަ ޑޮލަރުގެ ޗެކުވެސް ނާސިރު ބޭނުންކުރިކަމަށް ތުހުމަތުކުރެވުނު ނަމަވެސް ސިންގަޕޫރު ހަބީބު ބެންކުގެ ދިވެހި ސަރުކާރުގެ އެކައުންޓުގައި ޖަމާކޮށްފައިވާކަންވެސް އެނގިހާމަވީއެވެ.ދިވެހި މިނިވަންކަމުގެ ބާނީ ރައިސް އިބްރާހިމް ނާސިރުގެ ފުރާނަފުޅަށް މާތް ﷲ ހެޔޮރަޙުމަތް މިންވަރުކުރަށްވާށިއެވެ. އާމީން ،
]]>
ކުރެދިވަރަކީ މިހާރުވެސް ތަފާތު ބިރުވެރި ހާދިސާ ދިމާވާ ރަށެއްކަމަށް އެރަށައް ގޮސް އުޅޭ ބައެއް މީހުން ބުނެއެވެ. ހަމަ އެހެންމެ އެރަށުގެ މޫދުން ގިނައަދަދަކަށް މީހުންގެ ކަށި އަންނަނީ ފެންނަމުންނެވެ. އެރަށުގެ މޫދުގެ އެކި ހިސާބުތަކުން މީހުންގެ އެކި ގުނަވަންތަކުގެ ކަށިތައް ފެނުމުގެ އިތުރުން ފަސްގަނޑަށް ލައްގަމުންދެއެވެ. ބުނެވޭ ގޮތުގައި ކުރެދިވަރަކީ ސިހުރު ހާހުރައިން ރަށުގެ ދެބަޔަކު ހަނގުރާމަކޮށް ހަލާކުވިރަށެކެވެ.
ކުރެދިވަރު ފަޅުވެގެން ދިޔައީ ދެ ލޯބިވެރިންގެ މެދުގައި ޖެހުނު މައްސަލައެއްގެ ތެރެއަށް ދެފަރާތުގެ އާއިލާ ވަދެ ކުރި ހަނގުރާމައެއް ކަމުގައި ބުނާ އަޑުވެސް އެހީމެވެ. އެޔައްފަހު އެކި ސަބަބުތަކާއި ހުރެ އެރަށުގައި މީހުންނަށް ނޫޅެވިގެން ސަލާމަތުން ތިބި މީހުން ބޮމަސްދުއަށް ހިޖުރަކުރިއެވެ. މި ވާހަކަތަކަކީ ލިޔުމެއްގެ ގޮތުގައި ފެންނަން ނެތްނަމަވެސް ޚަޤީޤަތާއި ޚިލާފް ވާހަކަތަކެއްގެ ގޮތުގައި ނިންމުމަކީ އެންމެ އެދެވިގެންވާ ގޮތެއް ނޫނެވެ. އެހެނީ ޒަމާނުގެ ގޮތުންނާއި ދިރިއުޅުން އެހެން ރަށަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ އެފަދަ ދަނޑިވަޅެއްގައި އެކަން ލިޔެ ރަށްކާކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ހަމަ އެހެންމެ އެފަދަ ހާލަތެއްގައި އެތަކެތި ލިޔެ ރަށްކާކުރުމަކީ ނުހަނު އުނދަގޫ ކަމަކަށްވެފައި ލިޔެފައި ހުރި ނަމަވެސް ގެއްލިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެެ.
ބައެއް ފަރާތްތަކުގެ ވިސްނުމުގައި ކުރެދިވަރު ފަޅުވެގެން ދިޔައީ ސިހުރުގެ ސަބަބުންކަމަށް މުޅިން ނިންމޭކަށް ނެތެވެ. އެހެނީ ކުރެދިވަރަކީ ރަށްގިރުމުގެ މައްސަލަ ވަރަށްބޮޑަށް ދިމާވި ރަށެކެވެ. މިހާރުވެސް ކުރެދިވަރު އަންނަނީ ގިރަމުންނެވެ. ކުރެދިވަރުގައި މީހުން އުޅުން ޒަމާނުގައި ބޭނުންކުރި އާންމު ފެންވަޅުވެސް އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރެދިވަރަށް ދިޔައިރުވެސް ހުންނަނީ މޫދުގައެވެ. އެއީ ހަނދާންވާ ގޮތުން 1992 ނުވަތަ 1993 ހާ ހިސާބުގައެވެ. އަދި ރަށުގެ މީހުން އުޅުން ސަރަހައްދު އަންނަނީ ވަރަށް ބޮޑަށް ގިރަމުންނެވެ. ހަމަ އެއާއި އެކު އިރުމަތީފަރާތް އަންނަނީ ވޮޑެމުންނެވެ.
ދިވެހި ތާރީޙުން އެނގޭގޮތުގައި ކުރެދިވަރަކީ އެންމެ ފުރަތަމަ ދިވެހި ތާރީޚް ލިޔުއްވި އަލްޤާޒީ ޙަސަން ތާޖުއްދީންގެ އަނބިކަބަލުންގެ ރަށެވެ. އަދި ތާޖުއްދީންގެ ކާފަ ދަރިކަލުންކަމުގައިވާ އަލްޤާޒީ އިބްރާހިމް ސިރާޖުއްދީން ނިޔާވެ ވަޅުލެވިފައި އޮތީ ކުރެދިވަރުގައެވެ. މިގޮތުން މަހާނަ ގަލުގައި އޮތީ.. ” ނިޔައުވީ 1182ހ ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ 04 ވީ ބުރާސްފަތި ވިލޭރޭ” ގައެވެ. (ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު) . އަޅުގަނޑުމެން ކުރެދިވަރަށް ގޮސް އުޅެން ފެށިއިރުވެސް މިސްކިތުގެ މިންބަރާއި ދިމާގައިވާ ޒިޔާރަތުން މަހާނަ ގާ ފެންނާންހުރެއެވެ. އެހެންނަމަވެސް ތާރީޚީ މުހިންމު އެ ތަރިކަ ވަނީ ކޮންމެވެސް ބަޔަކު ނަގައިގެން ގެންގޮސްފައެވެ. މިހާރު ފެންނަނީ ގަލުގެ ބުޑު އެކަންޏެވެ.
ކުރެދިވަރަކީ އެޒަމާނުގައި ވަރަށް މަސްޙޫރު ރަށެކެވެ. އަދި އެޒަމާޏުގައި އެރަށަކީ ރަސްކަމުގެ އާއިލާއާއި ގުޅުންއޮތް ނުފޫޒުގަދަ ބަޔަކު ދިރިއުޅުނު ރަށަކަށްވުމުން ދައުލަތުގެ ނާކޮޅު އެރަށު މީހުން ބޭނުންވާ ތަކެތި ހިފައިގެން އައިސް ގޮސް އުޅެއެވެ. އެހެންކަމުން އެރަށު މީހުންނަކީ ފުދުންތެރި ބައެކެވެ. ހަމަ އެހެންމެ ރަށްވެހިކަމުގައި ކުރިއަރާފައިވާ މަސައްކަތްތެރި ބައެކެވެ. ކުރެދިވަރުގެ މީހުންނަކީ މަސައްކަތްތެރި ހީވާގި ބައެއްކަން މިހާރުވެސް އެރަށުން ފެންނާން އެބަހުއްޓެވެ. މިޒަމާނުގައި އައިނުަކަނޑައިގެން ނެރު ހެދުމަށް ހައިމާރކު އަދި ގޮއްވާތަކެތި ގެންގުޅޭއިރު ކުރެދިވަރުގައި މާނެރު ފުންކޮށްފައިވަނީ ކުރެދިވަރުގެ ރައްޔިތުންނެވެ. މި ޒަމާނުގައި ބޭނުންކުރާފަދަ އެއްވެސް ވަސީލަތެއް ބޭނުން ނުކޮށެވެ.
ކުރެދިވަރަކީ ވަރަށް ބޮޑަށް މުރަކައިގެ ފަރުން ބެދިފައިވާ ރަށެކެވެ. ހަމަ އެހެންމެ އެހާމެ ފުޅާ އެ ތޮށިގަނޑު ކަނޑާ ރަށާ ގާތްކުރަން ބޮޑު މަގެއް ހަދާފައިވަނީ އައިނު ކަނޑައިގެންނެވެ. ހަމަ އެހެންމެ ވަރަށް ބޮޑެތި ހިރިޔާ ގާތައް ނަގާ އެއްފަރާތްކޮށްފައިވާކަން މޫދުގައި ފީނާލުމުން އެނގެން އެބަހުއްޓެވެ. ބުނެވޭގޮތުގައި މިނެރަކީ ދައުލަތުގެ ނާކޮޅު ވަދެ ނިކުމެ އުޅުމަށް ކޮނެވުނު ނެރެކެވެ.
ކުރެދިވަރުގައި އޮންނަނީ ވަދެ ނިކުމެ އުޅުމަށް ދެ ނެރެކެވެ. އެއީ އަކިރިގަނޑުނެރާއި މާނެރެވެ. އަކިރިގަނޑު ނެރަކީ ކުރެދިވަރުގެ ރައްޔިތުން އާންމުކޮށް ބޭނުންކުރަމުންއައި ނެރުނަމަވެސް މާ ނެރު ހެދުމަށްފަހު މާނެރުއައީ ބޭނުންކުރަމުންނެވެ. ބުނެވޭ ގޮތުގައި ކުރެދިވަރު ނެރު ފުންކުރުމަށް ބޮޑެތި ގަލާ ހިލަ ނެގުމަށް ރަށުގައި ހުރި ބޮޑެތި ބަނބުކެޔޮ ގަސް ކަނޑާފައި އެތަކެތި ބޭނުންކޮށްފައިވެއެވެ. ހިކި ދިޔައިގައި ބަނބުކެޔޮ ގުޅިތައް ގާތަކުގައި އައްސައިގެން ބޮޑު ދިޔައިގައި ގަސްގަނޑު ތަޅުވައި ހަދައިގެން ގާތައް އުފުރާލައިގެން އެއްފަރާތް ކުރީކަމަށް ބުނެވެއެވެ.
ކުރެދިވަރު މީހުން ރަށަށް އަރާ ފައިބަން ބޭނުންކުރި ނެރުގެ ދެ ފަރާތްވެސް އަޅުގަނޑު އެކި ފަހަރުމަތިން ބަލާފައިވާނެއެވެ. އެކި ފަހަރުމަތިން އެ ސަރަހައްދުތަކުގައި ފީނާފައިވާނެއެވެ. އަޅުގަނޑަށް އެތަން ބެލި ބެލުމުން އެތާ ކޮށްފައި ހުރި ބުރަ މަސައްކަތާއި މެދު ހައިރާންވިއެވެ. މިޒަމާނުގައި ގެންގުޅޭ ޒަމާނީ ވަސީލަތްތައް ނެތި އެހާ ރަނގަޅަށް ހިރިތަކާއި ގާތައް ނަގާ ފުންކޮށްފައިވާކަން ފާހަގަކުރެވުނެވެ. އެހެންނަމަވެސް މިހާރު ގިނަ ޒަމާންތަކެއް ވެފައި ވުމުގެ ސަަބަބުން ނެރުތައް ބެދެން ފަށާފައިވާކަން ފާހަގަކުރެވުނެވެ. ބައެއް ހިސާބުގައި މުރަކަ އަދި ހިރި ފަދަ ތަކެތި މިހާރު ހުރިކަން ފާހަގަކުރެވުނެވެ. މިގޮތުން މިހާރު އާންމުކޮށް ބޭނުން ނުކުރާ އަކިރިގަނޑު ނެރުގެ ތޮށިގަނޑާއި ވީ ހިސާބު ވަނީ ވަރަށް ބޮޑަށް ތިލަވެފައެވެ. (ނުނިމޭ)
ކުރެދިވަރު މިސްކުތު ގެ މިންބަރު
މީ ކުރެދިވަރު މިސްކި ކައިރި ވެވުގެ އަރިމަތީގެ ބައެއް
ކުރެދިވަރުގައި އެންމެ ފަހުން މީހުން އުޅުނު ސަރަހައްދުގައި ހުރި ގެޔެއްގެ ފާރު
އަލްޤާޒީ އިބްރާހިމް ސިރާޖުއްދީން ވަޅުލެވިފައިވާ ތަން
ނޯޓު: މިލިއުން ލިޔުމަށްޓަކައި އެރަށުގައި މީހުން އުޅުން ދުވަސްވަރު ގޮސް އުޅުން މީހުންގެ ފަރާތުން ލިބުނު މައުލޫމާތު ހޯދުނެވެ. އަދި ހަމަ އެހެންމެ އެރަށައް އެކިފަހަރު މަތިން ގޮސް ރަށުގެ އެކި ހިސާބުތަކަށް ގޮސް އަދި މޫދުގައި ފީނާ ހެދުމުން ފާހަގަކުރެވުނު ކަންތައްތަކުގެ މައުލޫމާތު ހިމަނާލަމެވެ.
]]>ބުނެވޭ ގޮތުގައި ކުރެދިވަރު ފަޅުވީ އެރަށުގައި އުފެދުނުބޮޑު ފިތުނަވެރިކަމެއްގައި، އެފިތުނައިގެ ދެފަރާތުގައި ތިބި ވާދަވެރިން ސިހުރުހާހޫރައިގެ ތަކެތި ރަށުގެ އެތަންމިތަނުގައި ވަޅުލައި ހެދުމުން އެތަކެތި ހުރިތަންތަން ގިރައި”ކަނޑަށް” ވެގެންނެވެ. ކުރިން ކުރެދިވަރުގައި ތިބީ ނ. އަތޮޅު އެކުޅިވަރުގައި ތިބި މީހުންނެވެ. ބުނެވޭގޮތުގައި އެކުޅިވަރު މީހުންދާ ކޮންމެރަށަކުން މީހުން ފައިބަން ޖެހެނީ “ރައްގިރާތީ” އެވެ. ކުރެދިވަރު ގިރަމުންދިޔަ ވެލިގަނޑުން ރަށުގެ ދެކުނުކޮޅުގައި ފިނޮޅުއަޅައި، ރަށާއެކުވޮޑި، މިހާރުއަސްލު ކުރެދިވާރާއެއްވަރު ރަށެއްއުފެދި، ރުއްގަސް ހެދިފައި ވެއެވެ. އަސްލު ކުރެދިވަރުން ނުގިރައި އޮތީ ވަރަށް ކުޑަތަންކޮޅެކެވެ.
ކުރެދިވަރަކީ އަލްޤާޟީ ޙަސަން ތާޖުއްދީންގެ އަނބިކަނބަލުންގެ ރަށެވެ. ނަމަވެސް މި އަނބިކަނބަލުންގެ ނަންފުޅު އަދިވަނީ ނޭނގުމުގެ ތެރޭގައެވެ. ތާޖުއްދީނުގެ ކާފަދަރިކަލުން އަލްޤާޟީ އިބްރާހިމް ސިރާޖުއްދީން ނިޔައުވެ ވަޅުލެވިފައިވަނީ އެރަށުގައެވެ. މަހާނަގަލުގައި އޮތީ”… ނިޔައުވީ 1182ހ. ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ 4 ވީ ބުރާސްފަތި ވިލާރޭ” އެވެ.
މިއީ ” ދިވެހިރާއްޖޭގައި ހުރި އާޘާރީ ތަންތަން” މިފޮތުން ނަގާފައިވާ ލިޔުމެކެވެ. އަދި މިއީ މިފޮތް ކިޔާލުމުގެ ފުރުޞަތު ލިބިފައިނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމުގެ ގޮތުން ލިޔާ ސިލްސިލާ ލިޔުން ތަކެކެވެ.
]]>މި ސަރަހައްދުން ގޯތިދެވި، ސަރަހައްދުގެ ބޮޑުބައިވަނީ އާބާދީގެ ތެރެއަށް ވަދެފައެވެ. އަލްއަމީރު މުހައްމަދު އަމީނުގެ ވެރިކަމުގައި ބަޔަކުމީހުން މިތަނުން ގާނަގަނިކޮން، ހިރިގަލުން ހުރި ފޮއްޓަކާއި އޭގެތެރޭގައިވާ ތަކެތި ފެނިގެން، އެތަކެތި މާލެއަށް ފޮނުވުނުކަމަށް ރަށުއޮފީހުން އަލްއުސްތާޛް މުޙައްމަދު އިބުރާހިމް ލުތުފީއަށް މަޢުލޫމާތު އެރުވިއެވެ. ތަނުގެ ހުރަސްފާރުތަކާއި ސަރަހައްދުގެ ވަށާފާރުގެ ހުރަސްކޮޅުތައް، ގިރައިގެން ގޮސްފައިވާތަނުން ފެންނަން 1987 ވަނަ އަހަރު ހުއްޓެވެ. ރަށުގެ މެދު ތެރެއިން ކޮންނަމުންދާއިރު ބުޑިސްޓް ދީނުގެ ދުވަސްވަރުގެ ގަލާއި އެފަދަ ތަކެތި ނެގޭކަމަށް ބުނެއެވެ. ފެންނަފެނުމުގައި މިރަށަކީ ކުރީޒަމާނުގައި މުހިންމު ރަށެކެވެ. އަދި ފަހުންވެސް ހަރުދަނާބަޔަކު އުޅެމުން އައިސްފައިވާ ރަށެކެވެ. ނ. އަތޮޅުގެ ނަން” މިލަދުންމަޑުލު” ނިސްބަތް ކުރެވިފައިވަނީ މިރަށަށް ކަމަށްވާތި، އިހުޒަމާނުގައި އަތޮޅުގެ އެންމެ އިސްރަށަކީ މިލަދޫ ކަމަށް ބެލެވެއެވެ.
“ރެދިންގެ ގައުފުނި” ކިޔާ ތަނަކީ އެރަށުގައި ބުޑިސްޓް މޮނާސްޓްރީއެއް ހުރި ތަނެއްކަމަށް އާރކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިއާގެ ޓީމުން ވިދާޅުވިއެވެ. މިތަންހުރީ ރަށުގެ އިރުމަތި ފަރާތުގައެވެ. އެދިމާއިން 150 ވަރަކަށް ފޫޓް ގިރައިގެން ތަނުގެ ބޮޑުބައިވަނީ މޫދަށް ގޮސްފައެވެ. ކުރިން މިތަނާ ގޮނޑުދޮށާ ދެމެދު 180 ފޫޓް ނުވަތަ 200 ފޫޓް ހުންނާނެ ކަމުގެ ހެކި އިބްރާހިމް ލުތުފީއަށް ފެނިވަޑައިގަތެވެ. މިތަނަކީ ތަޙުޤީޤް ކުރަންވެފައިވާ މުހިންމު ތަނެކެވެ.
މިރަށުގައިހުރި ދެވަނަ އުސްގަނޑަކީ ކުނި އެޅުމުގެ ސަބަބުން ގޮނޑަކަށްވެ އުސްގަނޑަކަށް ވެފައިވާ ތަނެއް ކަމުގައި އަލް އުސްތާޛް އިބްރާހިމް ލުތުފީ ވިދާޅުވެފައި ވެއެވެ.
މިރަށުގައިވާ އާޘާރީ ތަންތަނަކީ އިތުރަށް ތަޙުޤީޤް ކުރުމަށް ބޭނުންވާ ތަންތަނެވެ.
މިއީ ” ދިވެހިރާއްޖޭގައި ހުރި އާޘާރީ ތަންތަން” މިފޮތުން ނަގާފައިވާ ލިޔުމެކެވެ. އަދި މިއީ މިފޮތް ކިޔާލުމުގެ ފުރުޞަތު ލިބިފައިނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމުގެ ގޮތުން ލިޔާ ސިލްސިލާ ލިޔުން ތަކެކެވެ.
]]>