Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the gotmls domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/admin/public_html/heyobas.info/wp-includes/functions.php on line 6121 Warning: Cannot modify header information - headers already sent by (output started at /home/admin/public_html/heyobas.info/wp-includes/functions.php:6121) in /home/admin/public_html/heyobas.info/wp-includes/feed-rss2.php on line 8 heyobas https://heyobas.info Wed, 04 Aug 2021 21:37:11 +0000 en-US hourly 1 https://wordpress.org/?v=6.8.1 ރައިސް އިބްރާހިމް ނާސިރު https://heyobas.info/?p=3498 https://heyobas.info/?p=3498#respond Fri, 18 Feb 2022 13:06:00 +0000 http://www.heyobas.info/?p=3498 މާޒީވި ތާރީޙުގެ ފަތްފުތްތަކުންނާއި ލޮލުންދެކެފައިވާ މީހުންގެ ފަރާތުން އެނގިހާމަވާން އޮތް ބޮޑު ޙަޤީގަތަކީ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރުއާއި މެދު ރާއްޖޭގައި ކަންތަށް ކުރެވިފައިވަނީ ވަރަށް އިހާނެތިކޮށެވެ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި ވެރިކަންކުރި މީހަކާއި މެދު  އަމަލުނުކުރާފަދަ ގޮތަކަށެވެ. 20 އަހަރު ދުވަހު ރާއްޖޭގެ ވެރިކަންކުރެއްވުމަށްފަހު އިބްރާހިމް ނާސިރު ވެރިކަން އަމިއްލަފުޅަށް ދޫކޮށްލެއްވީ 10 ނޮވެމްބަރ  1987 ވަނަ ދުވަހުގެރޭ މެންދަމު 12 ޖަހާއިރުއެވެ . އިބްރާހިމް ނާސިރު ވެރިކަން ދޫކޮށްލެއްވުމާއި އެކު  މައުމޫން އަބްދުލްޤައްޔޫމް ހަމަ އެވަގުތު ވެރިކަމާއި ހަވާލުވެވަޑައިގަތެވެ.


 ރައިސް އިބްރާހިމް ނާސިރު ވެރިކަމުން ފައިބާ ވަޑައިގަތުމާއި އެކު ތަފާތު އެތަކެއް ތުހުމަތު ތަކެއްކުރިއެވެ.  އެހެންނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ޙަޤީގަތަކީ ކުށެއް ސާބިތު ނުވާހާ ހިނދަކު އެއްވެސް މީހަކީ ކުއްވެރިޔެއް ނޫންކަމެވެ. އަދި އެމީހަކީ ކުއްވެރިޔެއްގޮތުގެ ބެލުމުގެ ޖާގަ އެއްވެސް ފަރާތަކަށް ލިބިގެން ނުވެއެވެ. އެހެންނަމަވެސް ނާސިރު ވެރިކަމުން ފައިބާ ވަޑައިގަތުމާއި އެކު ސަރުކާރުގެ އިސްފަރާތްތަކާއި އާންމުން މުޒާހަރާތައްކޮށް ހުތުރު އެއްޗެހެތި ކިޔަންފެށުނެވެ.  ސަރުކާރުގެ ރޭޑިޔޯއިންވެސް ކެނޑިނޭޅި އިވެމުން ދިޔައީ މަލާމާތުގެ ލަވަތަކެވެ. ހިތާމަހުއްޓެވެ. ޤައުމުގެ ތަރަށްގީގެ ބިންގާ އަޅުއްވައިދެއްވި ހަރުދަނާ ލީޑަރު އިބްރާހިމް ނާސިރު އާ ދެކޮޅަށް މިހުރިހާ ކަމެއް ރޭވިފައިވަނީ އޭރުގެ ސަރުކާރުގެ ތެރޭންނެވެ.ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ވެރިކަން ދުކުރަށްވާ މާގިނަދުވަހު ރާއްޖޭގައި މަޑުނުކުރަށްވައެވެ. މިގޮތުން 1978 ގެ ޑިސެމްބަރ 7 ވީ ބުރާސްފަތި ދުވަހު ރާއްޖެ ދޫކުރަށްވާ ސިންގަޕޫރަށް ދިރިއުޅުން ބަދަލުކުރެއްވިއެވެ. އެޔަށްފަހު ސިންގަޕުރުގައި އުޅުއްވަމުންއައިސް ރާއްޖެއަންނަން ބޭނުންފުޅުވެގެން ދިވެހި ސަރުކާރުގަ އެދުމުން ޖަވާބު ނުލިބި ވަނިކޮށް އޭގެ ތިރީސް އަހަރު ފަހުން އިބްރާހިމް ނާސިރު މިފަނާވަނި ދުނިޔެއިން ވަކިވިއެވެ.  އެއީ 2008 ވަނަ އަހަރުގެ ނޮވެންބަރު 22 ވީ ހޮނިހިރު ދުވަހުގެރޭގެ 7 ޖަހާކަށްހާއިރުއެވެ.

ރާއްޖޭގެ ތަރަށްގީގެ ބިންގާއަޅުއްވައިދެއްވެވި ހަރުދަނާ ލީޑަރަކީ ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ކަމާއި މެދު ޝައްކެތްނެތެވެ. ދިވެހިންގެ ދިގު ތާރީޙު މިކަމަށް ހެކިދެއެވެ. ތާރީޙުުގެ ފަތްފުތްތަކުން މިޙަޤީގަތް ވަރަށް ސާފުކޮށް ފެންނާންއެބައޮތެވެ. ތަޢުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއަރުވާ ޖީސީއީ އޯލެވެލް ތަޢާރަފްކުރިއެވެ. ސަރަޙައްދީ ފެންވަރުގައި ފާހަގަކުރެވޭފަދަ ސިޕިންގ ލައިނެއް އުފެއްދެވިއެވެ. މާލޭ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ބިނާކުރިއެވެ. ރޭޑިއޯާ ސްޓޭޝަން އުފެދުނެވެ. އަތޮޅުތަކުގެ ރަށްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި މާލޭގައި އަތޮޅު ފިހާރަތަކެއް އުފައްދަވައިދެއްވިއެވެ. ކީރިތި ޤުރުއާނުގެ ތަރުޖަމާ ދިވެހި ބަހުން ލިޔެވުނެވެ. ރާއްޖެއަށް އިނގިރޭސީންގެ އަތުން މިނިވަންކަން ހޯދަވައިދެއްވީވެސް އިބްރާހިމް ނާސިރުގެ ވެރިކަމުގައެވެ. މިހެން ގޮސް ކިޔާ ކޮޅުން ލާކަށްނެތެވެ. އެމަނިކުފާނުގެ ހިދުމަތްތަށް ނުހަނު ގިނަގުނައެވެ. އެހެންނަމަވެސް އެމަނިކުފާނު ވެރިކަމުން ފައިބާވަޑައި ގަތުމާއި އެކު އެމަނިކުފާނާއި މެދު ކަންތަށްކޮށްފައިވަނީ ވަރަށް ދެރަކޮށެވެ.

މިދިވެހިރާއްޖޭގެ ތަރަށްގީގެ ބިންގާ އަޅުއްވައިދެއްވި އިބްރާހިމް ނާސިރުގެ ފަރާތުން ސަރުޢީ ކޯޓަކުން މައްސަލަ ބެލުމުގެ ކުރީން އެމަނިކުފާނަށް މަލާމާތްކޮށް ކާރޓޫން ކުރަހާ މަލާމާތުގެ އެތަކެއް ލަވައެއް ހަދައި ރޭޑިއޯއިން ފޮނުވަމުންދިޔައެވެ. ރޯލުތަށް ހަދައި ވިއްކަމުންއައެވެ. އިބްރާހިމް ނާސިރުގެ ފަރާތުންވެސް ކުށެއް ސާބިތުވެފައިވާނަމަ ޙައްޤު އަދަބު ދިންނަމަ މައްސަލައެއްނެތެވެ. ނަމަވެސް ފެނިގެން ދިޔައީ މުޅިން އެހެން މަންޒަރެކެވެ. މައްސަލަތަށް ބަލައި ހުކުމް އިއްވުމުގެ ކުރިންވެސް އޭރުގެ ސަރުކާރުގެ އިސްފަރާތްތަކުން ތަކުރާރުކޮށް އަންގަމުން ދިޔައީ ނާސިރުއަކީ ވަގެއްކަމަށެެވެ. ކުށްވެރިއެއްކަމަށެވެ. ނުވިތާކަށް މާލޭގެ މަގުތަކުގައި ނާސިރުއަށް މަލާމާތްކޮށް ކުރަހާފައިވާ ކާރޓޫންތަށް ބަހައްޓާފައިވއެވެ. އަދި ހަމަ އެހެންމެ ރާއްޖެތެރޭގައިވެސް ނާސިރުގެ ކާރޓޫންކުރަހާ ދަންޖައްސާ ރަށްޔިތުން ނިކުމެ ނާސިރާއި އިދިކޮޅު ސުޢޫރު ފާޅުކުރަމުން މަގުމަތީ ހަޑިހުތުރު ބަހުން ހަޅޭލަވަމުން ހިނަގާފައިވެއެވެ. މިހުރިހާކަމެއްވެސް ހިނގަމުން އައިސްފައިވަނީ ދިވެހި ސަރުކާރުގައި އިސްކޮށްތިބި ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުމާއި އެކުގައެވެ.

ރައިސް އިބްރާހިމް  ނާސިރު ވެރިކަން ދުކޮށްލެވުމުން އެހިންގި ނާތަހުޒީބު އަމަލުގައި ސަރުކާރުން ބައިވެރިވެފައި ވުމަކީ އޭރުގެ އެކަމުގައި އިސްކޮށްތިބި ފަރާތްތަކުން ދިވެހި ރައްޔިތުންގެ ކިބައިން މާޢާފަށް އެދެންޖެހޭނޭ ކަމެއްކަން ޔަގީނެވެ. އެމަނިކުފާނަށް ކުރެވިފައިވާ މަލާމާތަކީ އިންސާނަކަށް ކުރަން ހެޔޮނުވާނޭފަދަ މަލާމާތްތަކެވެ. ކުރެހިފައިވާ ކާރޓޫންތަކަކީ ބަލަން ނުކުރޭފަދަ ހަޑިހުތުރު ކާރޓޫންތަކެވެ. އައިބު ސިފަތަކާއި މިނިކާ ޖަނަވާރުންގެ ފަދައިން ސިފަކޮށް ކާރޓުންކުރަހާ އާންމުކޮށްފައިވާކަމީ ޙަޤީގަތެވެ. އެދުވަސްވަރު ސަރުކާރުގެ ލައިބްރަރީގައި ކޮންމެ މީހަކަށް ފެންނާނޭހެން ނާސިރުއަށް މަލާމާތްކޮށް އައިބުކިޔާފަ ކުރަހާފައިވާ ކާޓޫން ހިމެނޭ އާބާރު ނޫސް ހުރެއެވެ. މިހުރިހާ ކަމެއްގެ ޙަަޤީގީ ބޭނުމަކީ ދިވެހިންގެ ތަރަށްޤީގެ ބާނީ އިބްރާހިމް ނާސިރުއާމެދުގައި ދިވެހިންގެ ހިތުގައި ނަފުރަތު އުފައްދާ ރުޅިވެރިކަން އުފެއްދުމެވެ.

ރާއްޖޭގެ ތަރަށްޤީގެ ބާނީ އިބްރާހިމް ނާސިރުއަށް މަލާމާތްކޮށް ކާރޓޫނުކުރެހުމުގެ  އިތުރަށް ރޭޑިޔޯއިން މަލާމާތުގެ އެތަކެއް ލަވައެއް ފޮނުވާފަވެއެވެ. ނޫސްތަކުގައި އެތަކެއް ލިއުމެއް ލިޔެފައިވެއެވެ. ނާސިރުއާ މަލާމާތްކޮށްހެދިފައިވާ ލަވަތަކަކީވެސް ޙަޤީގަތާއި އިންސާފަށް ވިސްނާލާއިރު އަޑުއަހާލަން އުނދަގޫ ލަވަތަކެކެވެ. އަދި ކިއެއްތަ މީހަކާމެދުގަ ހަސަދަވެރިވެ ރުޅިއަޔަސް އެފަދަ މަލާމާތުގެ ލަވަތަށް ހަދަން ހަމަ ހެޔޮނުވާނޭކަން ޔަގީނެވެ.

ރައިސް އިބްރާހިމް ނާސިރުއަށް އަދި އޭރުގެ ސަރުކާރުގައި ތިބި އިސް ފަރާތްތަކަށްވެސް އެފަދަ މަލާމާތުގެ ޅެންތަކާއި ކުރެހުންތަށް ރަށްދުކޮށްފައިވެއެވެ. “ތިއެ ފިރުޢައުނޭ ދެން ނިމިދާނޭ އަސްލުވެލާނާ” “ނާސިރު ވަގު”،ހިތުގައި ރަޙުމެއްތް ނުވާ މީހަކީ ނާސިރޭ” އަރާ މީބަނޑު ތިޔަ ހިނދޭނީ ފަނާވެ ނިމިގެންނޭ” “ވެލާނާ އުނދުޅި،އާދެ ބޮއްކަޅު ދިއުޅި، ބުއްދިއެއް ނުވި ދިއުޅި، ދަންނަ އެންމެން ބުނޭ ރަންނަމާރީ ތިއޭ،  މީ ދެވަނަ ޖުމުހޫރިއްޔާގެ ރައީސް އިބްރާހިމް ނާސިރުއަށް ނިސްބަތްކޮށް ހަދާފައިވާ މަލާމާތުގެ ޅެންޅެމުގެ ކުޑަމިންވަރެކެވެ. އިބްރާހިމް ނާސިރުއަށް މަލާމާތްކޮށް  ހަޑިހުތުރުބަހުން މުޙާތަބުކުރެވިފައިވާ ޅެންތަށް ވަރަށްވެސް ގިނައެވެ. އެހެންކަމުން މިފަދަ ލިއުމެއްގައި ލެންތަކުގެ ތަފްސީލަށްދާކަށް ނެތީމެވެ.  އެހެންނަމަވެސް މަލާމާތާއި ފުރަށްސާރައިގެ ގޮތުން ހެދިފައިވާ ޅެންތަކަށް ބަލައިލާނަމެވެ. އެގޮތުން ނަސީމީ ޝުއޫރު، ބޭނުންވިޔަކަށް، ބާޢީބޭ ސިންގަޕޫރުގައި، ޚަރާބު ސިކުނޑި، ވެރިކަމުގެ މަސްތުގައި، ތިޔައީ ނާސިރޭ، ޢައްދާރު ޑާކޫ، ކެވުނު ތަކެތި، ކާފަ ދަރިފުޅު، ބޭޒާރުވުމުން، ފިލާތިބެ ބަލަ! އާދޮގޭ!،  އަދިވެސް ބެހޭނެބާ!، ވަގަށް ނެގި އެއްޗެތި ކޮބާ!،  މަކަރުވެރި ޢައްދާރު، ފަދަ ނަންނަމުގައި ޅެންތަށް ނެރެވުނެވެ.  އަދި މީގެ އިތުރަށް ނާސިރުގެ ވެރިކަމުގައި އިސްކޮށް ތިއްބެވި އަދި ރާއްޖޭގެ ރަށްޔިތުންނަށް ގިނަގުނަ އެހީތަށް ދެއްވި ކުވާ މޮހެދޭ އަދި މައިޒާން އަލިބެ ފަދަ މީހުންނަށްވެސް އެޅެންތަކުގައި މަލާމާތް ރައްދުކޮށްފައިވެއެވެ.

ކޮންމެބަޔަކު ކޮންމެ ގޮތަކަށްދެކުނަސްރައިސް އިބްރާހިމް ނާސިރު އަކީ މިގައުމުގެ ތަރައްޤީގެ ބާނީއެވެ.  ރައިސް އިބްރާހިމް ނާސިރުއަކީ ދިވެހިރާއްޖެ މިދެކޭ ތަރަށްޤީގެ ބިންގާއަޅުއްވައިދެއްވި ލީޑަރެވެ.  ކުށްކުރުމަކީ އިންސާނީ ސިފަޔަކަށް ވީހިނދު ނާސިރުއަށްވެސް ކުށެއް ކުރެވިދާނެއެެވެ.  އެހެންނަމަވެސް  ސަރީއަތުގެ ބޭރުން ވަގަށްގޮވާ މަލާމާތްކޮށް ފުރަށްސާރަކުރުމުގެ ޙައްޤު އެއްވެސް ފަރާތަކަށް ލިބިގެންނުވެއެވެ. ވައްކަންކުރިނަމަވެސް ޚިޔާނާތްތެރިވީނަމަވެސް އެކަމަށް ކަނޑައެޅޭ އަދަބުގެ ބޭރުން މިފަދަ ކަންތަށްތައްކުރުމަކީ އިންސާފާއި އަޙުލާޤީ އުސޫލުތަކާއި ހިލާފުކަމެކެވެ. އިބްރާހިމް ނާސިރުގެ މައްޗަށް ޚިޔާނާތުގެ ދައުވާކޮށް މައްސަލަ ހައިކޯޓުން ނިންމެވިއިރު  އެމަނިކުފާނު ދައުލަތަށް ދަށްކަންޖެހޭ( ދިހަ މިލިއަން ތިންސަތޭކަ އަށްހާސް ހަތްސަތޭކަ ތިރީސް ރުފިޔާ ހައްދިހަ ފަސްލާރި) އާއި ( ދެމިލިއަން ފަސްސަތޭކަ ހަތްދިހަ ހާސް އަށްޑިހަ އަށެއް ޕޮއިންޓް ފަހެއް ޔޫ.އެސް ޑޮލަރު 30 ޖަނަވަރީ 1986 ފެށިގެން ހަމަދުވަސްތެރޭގައި ދަށްކަވައި ނިންމަވަން އެންގުނެވެ.  އަދި ފަހުން އިބްރާހިމް ނާސިރުގެ ވެލާނާގެވެސް ސަރުކާރަށް ނެގުނެވެ. އެހެންނަމަވެސް ފަހުން އެނގިފާޅުވީ ބޮޑު ޙަޤީގަތަކީ އިބްރާހިމް ނާސިރުގެ ޚިޔާނާތެއް ނެތްކަމެވެ. އަދި ސައުދީ ރަސްގެފާނު ދެއްވި  20ލައްކަ ޑޮލަރުގެ ޗެކުވެސް ނާސިރު ބޭނުންކުރިކަމަށް ތުހުމަތުކުރެވުނު ނަމަވެސް  ސިންގަޕޫރު ހަބީބު ބެންކުގެ ދިވެހި ސަރުކާރުގެ އެކައުންޓުގައި ޖަމާކޮށްފައިވާކަންވެސް އެނގިހާމަވީއެވެ. ﷲ އިބްރާހިމް ނާސިރުގެ ފުރާނަފުޅަށް ހެޔޮރަޙުމަތް މިންވަރުކުރަށްވާށިއެވެ. އާމީން

]]>
https://heyobas.info/?feed=rss2&p=3498 0
ބުލޫ ފިޑްލާރ ކުރެބް ހުޅުމާލޭގައި އާލާވާން ފަށައިފި https://heyobas.info/?p=5313 https://heyobas.info/?p=5313#respond Wed, 01 Aug 2018 14:47:22 +0000 http://www.heyobas.info/?p=5313 މި ބާވަތުގެ ކަކުންޏަކީ އާންމުކޮށް މޫދާއި ގުޅިފައި ހުންނަ ޗަސްބިންތަކާއި ކުޅިތަކުގެ ކައިރީގައި އުޅޭ ކަކުނީގެ ވައްތަރެކެވެ. ނޫ އަދި އޮރެންޖް، ރީނދޫ، ކަޅު، ހުދު ކުލަ ހުންނަ މި ކަކުނީގެ ސައިޒްކީ 3 ސެންޓިމީޓަރާއި  2 ސެންޓިމީޓަރާއި ދެމެދެވެ.

ބްލޫފިޑްލާރ ކްރެބްއަކީ މީގެ ކުރިން ހުޅުމާލޭގައި އުޅުން ވައްތަރެއް ނޫނެވެ.  މި ބާވަތުގެ ކަކުނި ހުޅުމާލެއަށް އައި ގޮތްކަމަށް ބެލެވެނީ މޫދުން އޮޔާ ދެމެމުން ނެވެ.  ބްލޫ ފިޑްލާރ ކްރެބް ބިސް ވިހަން ގާތްވުމުން އެ ބިސްތައް ފެނަށް ދޫކޮށްލައެވެ.  އާންމުކޮށް 1000 އަށްވުރެ ގިނަ ބިސް ދޫކޮށްލައެވެ.  ލޮލަށް ރަނގަޅަށް ނުފެންނަވަރު ކުދި ބިސްތައް ފަޅާލާފައި ލާވާ ނުވަތަ ފަނި ނިކުމެއެވެ. އަދި އެ ފަނި 2 ހަފްތާވަރު އެކި މަރުހަލާތައް މޫދުގައި ނުވަތަ ފެންގަނޑުތަކާއި ކޯރުތަކުގައި ހޭދަކުރެއެވެ.

ހުޅުމާލެ އާއި އެންމެ ގާތުގައި މި ބާވަތުގެ ކަކުނި އުޅޭ އެއް ރަށަކީ އަޅުގަނޑަށް ފެނިފައިވާ ގޮތުން ކ.ހުރައެވެ.  ހުޅުމާލެ އަދި ހުރަޔަކީ އެއް ބަރިއަކަށް އެތުރިފައި ދެރަށެވެ.  އެހެންކަމުން ފިޑްލާރ ކްރެބް ހުޅުމާލެއާއި ހިސާބަށް އަންނާނެ ކަމަށް ބެލެވެން އޮތްގޮތަކީ ހުރާ ކުޅީގެ އުޅޭ ފިޑްލާ ކްރެބްގެ ފަނި އޮޔާ އައިސް ހުޅުމާލޭގެ ފަސްގަނޑަށް އަރައިގެންނެވެ.

ފިޑްލާ ކްރެބްއަކީ ދިޔަވަރު ހިކުމުން ހަރުން ބޭރަށް ނިކުންނަ ކަކުންޏެކެވެ. ބައެއް ފަހަރަށް ކާނާ ހޯދުމުގައި އަދި ނުރައްކާތަކުން ސަލާމަށް ވާން ފެންގަނޑު ތެރެއަށްދެއެވެ.

]]>
https://heyobas.info/?feed=rss2&p=5313 0
ޒައިނަބް https://heyobas.info/?p=5290 https://heyobas.info/?p=5290#respond Sat, 13 Jan 2018 08:16:45 +0000 http://www.heyobas.info/?p=5290

]]>
https://heyobas.info/?feed=rss2&p=5290 0
ކަދުރުގެ ފައިދާ https://heyobas.info/?p=4620 https://heyobas.info/?p=4620#respond Wed, 06 Jul 2016 19:50:08 +0000 http://www.heyobas.info/?p=4620 ކަދުރު(އިނގިރޭސި ބަހުން: Date)އަކީ އެތެރޭގައި ހަރުއޮށެއް އޮނަކާއި އެކު އުފެދިފައިވާ  ފޮނިމޭވާއެކެވެ.  ކަދުރު ގިނައިން ހެދެނީ ހިކިހޫނު ބިންބިމުގައެވެ. ކަދުރު އެންމެ ގިނައިން ހެދޭކަމަށް ފާހަގަ ކުރެވިފައިވަނީ މެދުއިރުމަތީގެ  ގައުމުތަކުގައެވެ. ކަދުރު ރުއް އާންމު ގޮތެއްގައި 25-15 މީޓަރާއި ދެމެދުގެ އުސްމިނަކަށް ހެދެއެވެ.

ކަދުރަކީ ކީރިތި ޤުރުޢާނާއި  މާތް ރަސޫލާ ސުންނަތުން އެނގޭގޮތުގައި އިންސާނުންނަށް ނުހަނު ފައިދާހުރި މެވާއެކެވެ. އަދި ހަމަ އެހެންމެ ކަދުރަކީ ރަސޫލާ އާންމުކޮށް ފަރިއްކުޅުވާ އުޅުއްވި ކާނާއެވެ. .ހަނގުރާމައިގެ މައިދާނުގައި އަދި އެ ނޫން މައިދާންތަކުގައިވެސް މުސްލިމުންގެ މެދުގައި މަޤުބޫލް މި މޭވާއަކީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ފައިދާހުރި އެތަކެއް މާއްދާތަކެއް ހިމެނޭ މޭވާއެކެވެ. ރަސޫލާ ދުނިޔެއަށް ފޮނުއްވުމުގެ ކުރިންވެސް ކަދުރަކީ އަރަބި ކަރައިގައި  ކެއުމަށް ބޭނުންކުރެވުނު މެވާއެކެވެ. ތާރީޙްގެ ބައެއް ފަތްފުއްތަކުން އެނގޭގޮތުގައި ކަދުރު ފުރަތަމަ ފެނިފައިވަނީ މެސޮޕޮޓޯމިއަން ސިވިލައިޒޭޝަންގެ ދުވަސްވަރު އެސަރަހައްދުންނެވެ. އެއީ މިހާރު ސައުދީއާއި އިރާގް ގުޅޭ ހިސާބެވެ.

ދުނިޔޭގައި ސިލްކް އުފެއްދުމާއި ވިޔަފާރީގައި މީގެ އެތައް އަހަރުތަކެއްކުރިން ފާހަގަކުރެވޭ ޗައިނާމީހުން ވިޔަފާރިކޮށް ދަތުރު ނިންމާލާފައި އަންނީ ކަދުރު ހިފައިގެންނެވެ. ޒަމާނަކީ ބާޓާ ސިސްޓަމަށް ވިޔަފާރި ހިންގަމުން އައި ޒަމާންކަމުން ސިލްކަށް ކަދުރު ބަދަލުކޮށް ޗައިނާއަށް ގެނެސް އުޅުނެވެ. އަދި މެދުއިރުމައްޗައް ދުނިޔޭގެ އެކިކަންކޮޅުތަކުންދާ ގިނަ ބަޔަކު އެންމެ ކުރިން ފަށައިގެންވެސް ރަމްޒީ އެއްޗެއްގެ ގޮތުގައި ކަދުރުގެންނަކަން ވަނީ ފާހަގަކުރެވިފައެވެ. ދަތުރުގެ ހަދިޔާއެއްގެ ގޮތުގައި ގައުމުގައި ތިބޭ އާއިލާއަށް ގިނަ ބަޔަކު ކަދުރުގެނެއެވެ.

ކަދުރު އާންމުކޮށް ހައްދަނީ އަރަބިދުނިޔޭގައެވެ . ދުނިޔޭގައި ކަދުރު ހައްދާ ގައުމުތަކަކީ ސައުދީ އަރަބިއްޔާ، އީރާން، އިރާގް، މިސްރެވެ. މީގެ އިތުރަށް ޔޫރަޕްގައި އިސްލާމީ ދައުލަތްފެތުރިފައި ކުރިން އޮތް ދެ ގައުމުކަމަށްވާ އިޓަލީ، ސްޕެއިން އާއި އެމެރިކާގެ ކޮންޓިނެންޓްގައި އެމެރިކާގެ އިތުރަށް މެކްސިކޯފަދަ ގައުމުތަކުގައިވެސް ކަދުރު ހައްދާއުޅެއެވެ. މެކްސިކޯއަށް ކަދުރު ތައާރަފްކޮށްފައިވަނީ ޕޯރޗުގީޒުންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކަށް ކަދުރުގެ މުޑުވަތް ގެންގޮސްފައިވަނީ ސައުދީ އަރަބިއްޔާއިންނެވެ.  ސްޕެއިންގެ އަންދަލްސް އަށް ކަދުރު ތައާރްފްކޮށްފައިވަނީ ހަލީފާ އަބްދުއްރަޙްމާންއެވެ. ޕާކިސްތާނަށް ކަދުރު ގެނެސްފައިވަނީ އެލެކްސެންޑާރ ދަ ގްރޭޓްގެ ދުވަސްވަރުއެވެ.

އެހެންނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކަދުރު ހެދޭކަން ވަނީ ފާހަގަކުރެވިފައެވެ. ރާއްޖޭގައިވެސް ކަދުރު  ކަދުރު އަޅާ ދޮންވެއެވެ. މިގޮތުން ދާދިފަހުން ނ.މާފަރުގައި ކަދުރު އަޅާ ދޮންވެފައިވެއެވެ. އަދި ސ.ކޮމަންޑޫ، ބ.ކުޑަރިކިލި އަދި ކުރިން މާލޭގައިވެސް ކަދުރު ރުއް ބޮޑުވެ ކަދުރު އަޅާފައިވެއެވެ.

ސަލާމްލެއްވި އިސާގެ ފާނުގެ މައިކަނބަލުން އީސާގެ ފާނާއިގެން ރަށްކައުވެ ވަޑައިގަތުމަށް ބަނޑުގައި ރިހުމުގެ ވޭންވަރު އަޅަންފެށި ހިނދު  މާތް ﷲ އެކަމަނާއަށް ބަސްފުޅު ވަހީކުރެއްވިއެވެ. މަރިޔަމް ސޫރަތުގެ 25 ވަނަ އާޔަތުގެ މާނައީ ” ވީއިރު، ތިޔަކަދުރު ރުކުގައި ހިފާފައި، ކަމަނާއާއި ދިމާއަށް ހަލުވައިލާ ހުށިކަމެވެ! އެއިރުން، ދޮންވެ ފައްކާވެފައި އެހުރި ކަދުރުތަށް ކަމަނާގެ ކައިރިއަށް އެޅޭނެއެވެ”. ދެން ހަމަ އެޔާޖެހިގެން 26 ވަނަ އާޔަތުގެ މާނަގައި ވަނީ ” ދެން އެކަދުރުކައި، ތިޔައޮތް ފެންއާރުން ފެންބޮއި ހިތްހަމަޖައްސާހުށިކަމެވެ.! ދެން، ކަމަނާއަށް މީހަކު ފެނިއްޖިނަމަ ބުނާށެވެ: ” ހަމަކަށަވަރުން، އަހަރުރެން މިއިނީ، ރަޙްމާންވަންތަ މާތްރަސްކަލާންގެ ކިބައަށް ރޯދަހިފުމަށް ނަދުރުގަނެގެންނެވެ.! ވީމައި އަދު، އަހުރެން، އެއްވެސް މީހަކާއި ވާހަކަދަށްކައި އުޅޭކަށް ނެތީމެވެ”. މި ޒަމާނުގެ ސައިންސްވެސް ސާބިތުކޮށްދޭގޮތުގައި ކަދުރަކީ މާބަނޑު މީހުންނަށް ފައިދާހުރި ރަނގަޅު މޭވާއެކެވެ. ކަދުރަކީ މާބަނޑު މީހުން ކެއުމަށް ނުހަނު ރަނގަޅު ފައިދާހުރި މެވާއަކަށް ވަނީ ކީއްވެތޯއެވެ؟ ކަދުރަކީ ވިހެއުމުގައި ދިމާވާ ދަތިތަކުން ސަލާމަތްކޮށްދީ ލޭ ހިނގުމާއި އަދި ބަނޑުގައި އޮންނަ ކުޑަ ދަރިފުޅުގެ ހެދި ބޮޑުވުމަށް ބޭނުންވާ ގިނަ މާއްދާތަކެއް އެކުލެވޭ މޭވާއެކެވެ. ކަދުރަކީ ރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދޭ މޭވާއެކެވެ.

ކަދުރަކީ އިންސާނާގެ ހަށިގަނޑަށް ހާއްސަކޮށް ކުޑަކުދިންނަށް ފައިދާހުރި ކާނާއެކެވެ. ކުޑަކުދިންގެ ބަނޑު އަދި ގޮހޮރުގެ މައްސަލަތައް ރަނގަޅުކޮށްދީ ފަސޭހަކަމާއި އެކު ކާތަކެތި ހަޖަމްކުރުމަށް އެހީއަކަށްވެދެއެވެ. ކުޑަކުދިންނަށް ދިމާވާ ބޭރަށް ހިންގުމާއި ބަނޑު ހަރުވުންފަދަ ބަލިތަކަށް ހާއްސަ ފަރުވާއެއްގެ ގޮތުގައިވެސް ކަދުރު ބޭނުންކުރެވެއެވެ. މިގޮތުން ކަދުރު ޖޫސް ކިރާ އެއްކޮށްގެން ނުވަތަ މާމުޔާއި އެއްކޮށްގެން ބޭނުންކުރެވިދާނެއެވެ. މިގޮތަށް ދުވާލަކު 3 ފަހަރު ދިނުމުން ﷲގެ އިޒުނަފުޅާއެކު އިންޝާﷲ ސިފާދެއްވާނެއެވެ.

ކަދުރަކީ ފަލަބަލި ނުވަތަ އޮބޭސިޓީއަށްވެސް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވޭނެ ފައިދާހުރި މެވާއެކެވެ. އާންމުކޮށް އޮބޭސިޓީ ބަލި މީހުން އިތުރަށް ބަލި ބޮޑުވެގެން ދަނީ މި ބަލީގެ ސަބަބުން އާދަޔާ ހިލާފަށް ކާހިތްވުމާއި ބަނޑުހައިކަން އިހްސާސްވުމުމުގެ ސަބަބުން ކެއުމުގައި ކޮންޓްރޯލުން ނެޓި އަދި މީހާ ކަންނެތްވެ ހަރަކާތްތެރިވުން ކުޑަވުމުންނެވެ. އެހެނީ ކަދުރުގެ ސަބަބުން ހަށިގަނޑުގައި ހަކުރުގެ ބައި ކޮންޓްރޯލްވެ އަދި ބަނޑުހައިކަން ކުޑަކޮށްދެއެވެ. އަދި ހަށިގަނޑުގައި ބާރުޖެހި ލޭ ހިނގުން އަވަސްވެދެއެވެ. މި ބަލި ހުންނަ ފަރާތްތަކުން ހާއްސަ ސަމާލުކަމެއްދީގެން ކަދުރު ކެއުމުން ހަށިގަނޑުގައި ސަރުބީ ވިރުވައިދީ ހީވާގިކަންގެނެސްދީ މި ބައްޔަށް ލުއިކަންލިބެއެވެ.

ކަދުރަކީ ހަށިގަނޑު ވިހަ މާއްދާތަކުން ސަލާމަތްކޮށް ރަށްކާތެރިކޮށްދޭ މޭވާއެކެވެ.  ހަމަ އެހެންމެ ކަދުރު ޖޫހަކީ އެކި ވައްތަރުގެ ހުމުގެ ބަލިތަކާއި ރޯގާތަކަށްވެސް ރަނގަޅު ފަރުވާއެކެވެ. ކަދުރަކީ ޖިންސީ ދުޅަހެޔޮކަންވެސް އިތުރުކޮށްދޭ މޭވާއެކެވެ. އަދި ކަދުރު ކެއެއުމުން ނުވަތަ މާމުޔާ ކިރު ކަދުރު ޖޫހާއި އެއްކޮށްގެން ބުއިމުން ހަށިގަނޑު ބާރުގަދަކޮށްދެއެވެ.

ސަހީހުލް ބުހާރީގައި އަދި މުސްލިމްގައި ބަޔާންވެފައިވާ ރަސޫލާގެ ހަދީޡް ބަސްފުޅެއްގައިވާ ގޮތުން ހެނދުނު އަޖުވާ ކަދުރުގެ 7 ކަދުރު ކައިފި މީހަކަށް އެދުވަހު ވިހައިގެ އަސަރެއް އަދި ސިހުރުގެ އަސަރެއް ނުކުރާނެއެވެ. މި ހަދީޡްގެ ނަމްބަރަކީ ބުހާރީގެ ހަދީޡް ނަމްބަރ 5327 އަދި މުސްލިމްގެ ހަދީޡް ނަމްބަރ 3814 އެވެ. އަދި މީގެ އިތުރަށް އަޖުވާ ކަދުރާ ބެހޭގޮތުން މުސްނަދު އަޙްމަދުގެ ހަދީޡް ނަމްބަރ 23592 އަދި މުސައްނަފް އިބުނު އަބީ ޝައިބާ ހަދީޡް ނަމްބަރ 2394 ގައިވެއެވެ. ހަދީޡް ނަމްބަރު ނަގާފައިވަނީ (http://www.letmeturnthetables.com/2011/07/hadith-ajwa-dates-and-science.html)އިންނެވެ. މީ 1400 އަހަރުކުރިން ރަސޫލާ ވިދާޅުވެފައިވާ ބަސްފުޅަކަށްވާއިރު މިއަދުގެ ސައިންސްވަނީ މިކަން އިތުރަށް ސާބޮތުކޮށްދީފައެވެ. 7 ކަދުރަކީ ގާތްގަނޑަކަށް 70 ގުރާމެވެ. އޭގެން 70 މިލިގްރާމަކީ އިންސާނާގެ ހަށިގަނޑުގެ ނާރުތަކާއި ހުޅުތަކާއި ކަށިގަނޑަށް ބޭނުންވާ ކެލްސިއަމްއެވެ. އަދި 35 މިލިގްރާމް އަކީ ސިކުނޑިއަށް ބޭނުންވާ ކާނާގެ ތެރޭގައިހިމެނޭ ޕޮސްޕަރަސްއެވެ. އަދި7 މިލިގްރާމް ހިމެނެނީ ހަށިގަނޑުގައި ބާރު ޖައްސާ ހަށިގަނޑު ވަރުގަދަކޮށްދޭ، ހިތުގެ ހިނގުން ރަނގަޅުކޮށްދިނުމަށް ބޭނުންވާ ބާވަތެއްކަމަށްވާ ދަނގަނޑުގެ ބައެވެ. އަދި މީގެ އިތުރަށް ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް، ލޮނު، މިނަރަލްސްގެ ބައި ލިބެއެވެ. ކަދުރުގައި ހަށިގަނޑަށް ބޭނުންވާ ހުރިހާ ބައެއް ހިމެނޭއިރު އޭގެތެރޭގައި އެންމެ މަތީ މިންވަރަކަށް ހިމެނެނީ ކާބޯހައިޑްރޭޓްސް އެވެ. އެއީ ހަށިގަނޑު ވަރުގަދަވެ ބާރު ޖެހުމަށް ބޭނުންވާ ބާވަތެވެ. ކަދުރުން ލިބޭ ކާބޯހައިޑްރޭޓްސްގެ މިންވަރަކީ 88ޕަސެންޓެވެ. އަދި %5.6-2.3 ޕުރޮޓީންސް ހިމެނެއެވެ. ޕްރޮޓީންސް އަކީ ހަށިގަނޑު ހެދިބޮޑުވުމަށް ބޭނުންވާބައެވެ. ހަށިގަނޑަށް ބޭނުންވާ ޑައިޓްރީ ފައިބަރޔާއި ވިޓަމިންސް %11.5-6.4 ހިމެނެއެވެ. އަދި %5-5.2 ގެ ފެޓް ހިމެނެއެވެ. އަދި މީގެ އިތުރަށް %5-0.2 ތެޔޮހިމެނެއެވެ.

ކަދުރަކީ ވިޓަމިން އޭ، ބީ ވަން އާއި ފުލުއޮރިން ހިމެނޭ މޭވާއެކެވެ. އަދި މީގެ އިތުރަށް ހަށިގަނޑަށް ބޭނުންވާ މިނަރަލްސްގެ ބާވަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ކެލްސިއަމް،  ދަގަނޑު، މެގްނީޒިއަމް، ޕޮޓޭސިއަމް، ޕޯސްފަރަސް، ސޯޑިއަމް، ޒިންކްއެވެ. އަދި އެލްމީނިއަމް، ކްލޯރައިޑް، ލެޑް އާއި ސަލްފަރ، ސެލީނިއަމްވެސް ހިމެނެއެވެ. މި މާއްދަތައް ދިފާއީ ނިޒާމް ވަރުގަދަކޮށްދީ ކެންސަރުން ސަލާމަތްވުމަށް މަގުފަހިކޮށްދެއެވެ.

 

 

 

]]>
https://heyobas.info/?feed=rss2&p=4620 0
ވޮށިމަސް މިޔަރު އަދި ގުރޭޓްވައިޓް ޝާރކްއާއި ގުޅޭގޮތުން ދިވެހިންގެ ތެރޭގައި އާރާފައިވާ އޮޅުންތައް https://heyobas.info/?p=4593 Tue, 05 Jul 2016 11:11:34 +0000 http://www.heyobas.info/?p=4593 ރާއްޖޭގެ ބައެއް މަސްވެރިން ގަބޫލުކުރާ ގޮތުގައި ގުރޭޓް ވައިޓް ޝާރކް އަކީ  ދިވެހިންނަށް ކަނޑު މަތިން ފެންނަ ވޮށި މަސް މިޔަރެވެ. އެހެންނަމަވެސް އެއީ އޮޅުމެކެވެ. އަދި ބައެއް މީހުން ގުރޭޓް ވައިޓް ޝާރކް އަކީ ފެމުނު މިޔަރު ކަމަށްވެސް ބުނެ އުޅެއެވެ.

ވޮށިމަސް މިޔަރުގެ ގޮތުގައި ދިވެހިން ނަންދީފައިވާ މިޔަރަކީ އިނގިރޭސިބަހުން ބުނާނަމަ މާކޯ ސާރކް އެވެ. ވޮށިމަސް މިޔަރު   ފެންނަ ފެނުމަށް ވޮށި މަހާ ކޮންމެސް ވަރަކަށް ކުލަ އަދި ނަގޫ ކައިރި ކުޑަކޮށް އެއްގޮތްކަމެއް ހުރެއެވެ. އެހެންނަމަވެސް ގުރޭޓް ވައިޓް ޝާރކް އާއި އެއްވެސް ގޮތަކަށް ގުޅުމެއް ނެތެވެ.

ގުރޭޓް ވައިޓް ޝާރކް އަކީ ފެމުނު މިޔަރުތަ؟

ގުރޭޓް ވައިޓް ޝާރކް އަކީ ފެމުނު މިޔަރެއް ނޫނެވެ. އެހެނީ މިގޮތަށް ބުނެވޭ އެއްވެސް ސައްހަ ލިޔެކިޔުމެއް ނުވަތަ ރެކޯޑެއް ރާއްޖޭގެ އެއްވެސް އިދާރާއަކުން ފެންނާކަށް ނެތެވެ. އެހެންނަމަވެސް ފެންނާން ހުރި ލިޔެ ކިޔުންތަކުން އެނގެން ހުރި ގޮތުން ފެމުނު މިޔަރަކީ ޓައިގާރ ޝާރކެވެ. އެއީ މިނިކާވަގު ނުވަތަ ޓައިގާރގައި ހުންނަ ފަދަ ކުރެހުމެއް ހަންގަނޑުގައި ހުންނަ މިޔަރެކެވެ.

ފެމުނު މިޔަރަކީ ރާއްޖޭން ފެންނަ މިޔަރުގެ ވައްތަރެކެވެ. ކާބަފައިންގެ ޒަމާނުން ފެށިގެންވެސް ފެމުނު މިޔަރުގެ ވާހަކަޔަކީ އާންމު ވާހަކަ އެކެވެ. ރާއްޖޭގެ ބައެއް މަސްވެރިން ގުރޭޓްވައިޓް ޝާރކް ބާނާ ވާހަކަޔާއި ފެންނަ ވާހަކަ ދައްކައެވެ. އެހެންނަމަވެސް މިއީ ބުރަދަނެއް ހުރި ވާހަކައެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ.

ރާއްޖޭގެ ކަނޑުގެ މާހައުލަކީ ގުރޭޓްވައިޓް ޝާރކް އުޅޭ ސަރަހައްދުތަކުގެ ގޮތުގައި ދުނިޔޭގެ އެއްވެސް ރެކޯޑަކުން ފެންނަން އޮތް ސަރަހައްދެއް ނޫނެވެ. އަދި  ގުރޭޓްވައިޓް ޝާރކް ކަމަށް ބުނެ މަސްވެރިން ދެއްކި ފޮޓޯ ވީޑީއޯއިން ފާހަނގަކުރެވުނީ އެއީ މާކޯ ޝާރކް ނުވަތަ ވޮށިމަސް މިޔަރު ކަމެވެ. ރާއްޖޭގެ ކަނޑުގެ އާންމު ފިނު ހޫނު މިނަކީ 28، 30 ޑިގްރީސެލްސިޔަސް އެވެ. އެހެންނަމަވެސް ގުރޭޓް ވައިޓް ޝާރކް ދިރިއުޅެނީ 12 ޑިގްރީ ސެލްސިޔަސް އާއި 24 ޑިގްރީސެލްސިޔަސް އާއި ދޭތެރޭގެ ފިނި ހޫނު މިން ހުންނަ ސަރަހައްދުތަކުގައެވެ. މި ލިޔމުގެ ކުރިން ރާއްޖޭގެ އެންމެ މަސްހޫރު ޑައިވިން މާސްޓާރ ހުސައިން ރަސީދު(ސެންޑި) ގެ ބަހެއްވެސް ހޯދާލީމެވެ. ހުސައިންވެސް ވިދާޅުވާ ގޮތުން ގުރޭޓް ވައިޓް ޝާރކް އަކީ ރާއްޖޭގައި އުޅޭ މިޔަރެއް ނޫނެވެ.

ފޮޓޯ ނެގިފައިވަނީ:

Longfin Mako

]]>
އެޑޯބް ލައިޓް ރޫމް އަށް ޕްރީސެޓްސް އަޅަން ބޭނުންތަ؟ https://heyobas.info/?p=4525 https://heyobas.info/?p=4525#respond Tue, 31 May 2016 10:56:41 +0000 http://www.heyobas.info/?p=4525 ފޮޓޯގުރަފީގެ ދާއިރާގައި އުޅޭ ގިނަ ފަރާތަތްތަކުން ފޮޓޯ ގެ ކުލަ ރީތިކޮށް އަލިކޮށް ހެދުމަށް ބޭނުން ކުރާ އެންމެ ރަނގަޅު އެއް ސޮފްޓްވެއާރ އަކީ އެޑޯބް ލައިޓް ރޫމެވެ. ލައިޓް ރޫމްއަކީ ފަސޭހައިން ފޮޓޯގެ ކުލަ ބަދަލުކޮށް ރީތިކޮށްލެވޭ ސޮފްޓްވެއާރއެކެވެ. އަދި އެއް ފޮޓޯއެއްގެ ކުލަ ސެޓްކޮށްފައި ދެންހުރި ހުރިހާ ފޮޓޯތަކަށް ހަމަ އެ ބަދަލު ގެންނަން އެހާ ފަސޭހައެވެ.

ބައެއްފަހަރަށް ވަގުތު ހުންނަ ގޮތުން އަވަހަށް ފޮޓޯތަކެއްގެ ކުލަ ރީތިކޮށްލަން ބޭނުންވެދާނެއެވެ.  މިފަދަ ހާލަތު ތަކަށް އެންމެ ފަސޭހަގޮތަކީ ޕުރީސެޓްސް ލައިޓްރޫމަށް އެޅުމެވެ. ލައިޓްރޫމް ޕުރީސެޓްސްގެ ގޮތުގައި އަޅުގަނޑު މި ފާހަނގަކުރަނީ އިސްވެ ބުނެވުނު ގޮތަށް ލައިޓް ރޫމް އިން ފޮޓޯގެ ކުލަ ރީތިކޮށްފައި އެ ސެޓިން ހަމަ އެގޮތަށް ސޭވްކޮށްފައި ހުންނަ ހުރުމަށެވެ. އެ ސެޓިން ނުވަތަ ފޮޓޯ ރީތިކުރުމުގައި ބޭނުންކުރި މިންގަނޑުތަކޭވެސް ބުނެވިދާނެއެވެ. އެ މިންގަނޑުތަކަކީ އެހެން ފޮޓޯތަށް ރީތިކުރުމަށް ފަހުންވެސް ބޭނުންކުރެވޭ މިންގަނޑުތަކެވެ. ފޮޓޯގެ ސާފްކަން ބަހައްޓާނެ މިންވަރު، ކުލަ، ގަދަ ކުރަން ބޭނުންވާ ކުލަ، އަލިކުރަން ބޭނުންވާ މިންވަރު ސެޓިންގައި ހިމެނިދާނެއެވެ.

ތަފާތު އެތައް ގޮތަކަށް ތައްޔާރުކޮށްފައިވާ ލައިޓްރޫމް ޕުރީސެޓް ކަލެކްޝަން ތައް އެކި ސައިޓްތަކުގައި ހުރެއެވެ. މިސާލަކަށް ވެޑިން ފޮތޯތަކަށް ހާއްސަ ޕުރީސެޓްސް، ގޯލްޑަން އަވަރ، ބީޗް، ނައިޓް، އެޗްޑީއާރ، ވެށި އަދި ދިރޭތަކެތީގެ ފޮޓޯތަކާއި ގުޅޭ ޕުރީސެޓްސް ހުރެއެވެ. މި ލިޔުމުގެ ތިރިން ޕުރީސެޓްސް ޑައުންލޯޑްކުރެވޭނެއެވެ.

ޕުރީސެޓްސް ލައިޓްރޫމަށް އަޅާފައި އެ ބޭނުން ކުރާނީ ކިހިނެތް؟

  1. ލައިޓްރޫމް ހުޅުވާފަ އެޑިޓް މެނޫ އަށް ދާށެވެ. އެޑިޓް މެނޫގެ ދަށުން ފާހަގަކުރެވިފައިވާ ޕްރެފަރެންސް ނަގާށެވެ.

imagetutorial

ލައިޓްރޫމް ޕުރީސެޓް ފައިލް ހުޅުވާށެވެ. Show lightroom Preset folder

preference

މި ފޮޓޯއިން އެ ފެންނަނީ ލައިޓްރޫމްގެ ޕްރީސެޓްސް ހުންނަ ފައިލެވެ. ފާހަނގަކުރެވިފައި އެވާ ލައިޓް ރޫމް ފައިލް ހުޅުވާށެވެ.

4

 

ލައިޓްރޫމް ޕުރީސެޓް ފައިލް ހުޅުވުމުން ލައިޓް ރޫމް ޑިވޮލޮޕް ޕުރީސެޓް ފައިލް ފެންނާނެއެވެ. ދެން އެ ފައިލް ހުޅުވާށެވެ. އެ ފައިލް ހުޅުވުމުން މިހާރު އަޅާފައިވާ ޕުރީސެޓް ތައް ފެންނާނެއެވެ. ޑައުންލޯޑް ކޮށްފައިވާ ޕުރީސެޓްސް ފައިލް ޑެވެލޮޕް ޕުރީސެޓް ފައިލްގެ ތެރެޔައް ގެނެސް ލާށެވެ.

5

5.ފަހުން އަޅާފައިވާ ޕްރީސެޓްސް.

new presets

 

ޕްރީސެޓްސް އެޅުމަށްފަހު ލައިޓްރޫމް އަލުން ހުޅުވާށެވެ. ހުޅުވާއިރު ސްކްރީންގެ ކަނާއަތް ފަރާތުން ޕުރިސެޓްސް ފެންނަން ހުންނާނެއެވެ. ބޭނުންވާ ފޮޓޯ ލާފައި ބޭނުންވާ ޕްރީސެޓް އަށް ލާށެވެ. ޕްރީސެޓް އަށްދާއިރަށް އެ ޕްރީސެޓް ލީމަ އަންނާނެ ބަދަލު ވެސް މަތިން ފެންނަން އިންނާނެއެވެ.

lightroom1

 

ޕްރީސެޓް ޑައުންލޯޑް

މި ލިޔުމާއި ގުޅޭ ވީޑިއޯ 

]]>
https://heyobas.info/?feed=rss2&p=4525 0
ޤާދިޔާނީންގެ އިސްފަރާތްތަކާއި, ފިކުރު ފެތުރެން ދިމާވި ސަބަބުތައް https://heyobas.info/?p=4492 https://heyobas.info/?p=4492#respond Sun, 10 Apr 2016 16:38:40 +0000 http://www.heyobas.info/?p=4492 ޤާދިޔާނީންގެ ބައެއް އިސްމީހުން:

ޣުލާމް އަޙްމަދު: މީނައަކީ މިޙަރަކާތުގެ ބާނީއެވެ. އޭނާ ދުނިޔޭގައިއުޅުނީ 1839ން1908 ކަށެވެ. އޭނާއަކީ، އިންޑިއާގެ ޕަންޖާބުގެ ޤާދިޔާނުގެ ރައްޔިތެކެވެ. އޭނާ މަރުވިއިރު ފަންސާހަށްވުރެ ގިނަފޮތާއި މަޒްމޫނު ލިޔެފައިވެއެވެ.[1]

ނޫރުއްދީން: މީނާއަކީ ޣުލާމަށްފަހު، މިޙަރަކާތް ނެގެހެއްޓި މީހާއެވެ. އިނގިރޭސީން މީނާގެ ބޮލުގައި އެޙަރަކާތުގެ ތާޖު އެޅުވިއެވެ.[2] މީނައަކީ ޤާދިޔާނިންގެ ފުރަތަމަ ޚަލީފާއެވެ. މީނައަކީ ވަރަށް ދަހިމީހެކެވެ. އަދި އޭނައަކީ ޖާހާ ޢިއްޒަތުގައި އުޅުމަށް ލޯބިކުރާ މީހެކެވެ. މީނާ މަރުވީ 13 މަރޗް 1914ގައެވެ.[3]

މުޙައްމަދުޢަލީ: މީނާއަކީ، ލާހޫރުގެ ޤާދިޔާނީންގެ އަމީރެވެ. މީނާއަކީ އިނގިރޭސީންގެ ޖާސޫސެއް ކަމުގައިވިއެވެ.
މީނާ ކީރިތި ޤުރުއާން އިނގިރޭސި ބަހަށް ނުބައިކޮށް ތަރުޖަމާކުރި އެވެ.[4]

މުޙައްމަދުޞާދިޤު: މީނާއަކީ ޤާދިޔާނީންގެ މުފުތީއެކެވެ. މީނާއަށް ވަރަށްނުރައްކާތެރި ބަލިތަކެއްޖެހުނެވެ. ނަމަވެސް އެޙާލުގައިވެސް އޭނާވަނީ ވަރަށް ޒުވާން ކުއްޖަކާކައިވެނިކޮށްފައެވެ.  މީނާމަރުވެގެންދިޔައީވެސް އެބަލިހާލުގައިއޮވެއެވެ.[5]

ބަޝީރުއަޙުމަދު: މީނާއަކީ ޣުލާމުގެ ދަރިއެކެވެ. “އަންވާރުލް ޚިލާފާ” އާއި”ތުޙުފަތުލް މުލޫކި” އަދި”ޙަޤީޤަތުއް ނުބުއްވާ” މި ތިން ފޮތް މީނާ ލިޔުނެވެ.[6]

މަޙްމޫދު އަޙުމަދު: މިއީ ދެވަނަ ޚަލީފާއެވެ. މީނާއަކީ، ޣުލާމުގެ ދަރިއެކެވެ. “ސީރަތުލް މަހުދީ” އާއި “ކަލިމަތުލް ފަޞްލި” މި ދެ ފޮތް މީނާ ލިޔުނެވެ.[7] އޭނާ ޤަބޫލުކުރާގޮތުގައި މީނާއަކީ ހަމައެކަނި ޤާދިޔާނިންގެ އަދި ހިންދޫންގެ ޚަލީފާއެއް ނޫނެވެ. އެކަމަކު އޭނާއަކީ މުޅިޢަރަބި ޢާލަމްގެވެސް ޚަލީފާކަމަށް އޭނާ ބުނެއެވެ.[8]

ޤާދިޔާނީ ފިކުރު ފެތުރެންދިމާވި ސަބަބުތައް:

މިޖަމާޢަތް ފެތުރެންދިމާވި ސަބަބަކީ ޤާދިޔާނިންގެ ޙަޤީޤަތް މީސްތަކުންނަށް ނުއެނގުމާއި ގިނަ މުސްލިމުންގެ ޖާހިލުކަމެވެ. އެފަދަ މީހުންގެ އުޞޫލަކީ ބާރަށް އަޑުގަދަކުރާ މީހަކަށް ތަބަޢަވުމެވެ. ހަމައެހެންމެ އިނގިރޭސިން ހުރިހާ ގޮތަކުން މިމީހުނަށް އެހީވެއެވެ. ފަޤީރުންނަށް މާއްދީ އެހީތައް ދިނުމާއި މަދަރުސާތަކާއި މިސްކިތްތައް އަދި ހޮސްޕިޓަލްތައް އަޅައިދިނުމާއި ކިޔަވާ ކުދިންނަށް ފޮތްތައް ހިލޭދިނުން އަދި އެތައްބަޔަކަށް ވަޒިފާދިނުން އަދި މުސްލިމުންނާއި ދުރު އަދި ޖާހިލުންގެ ކައިރީ ގޮސް މިމީހުންގެ މަސައްކަތް ކުރިއަށް ގެންދިއުން، އަދި އެމީހުންނާއި ދެކޮޅަށް މުސްލިމް ދަންނަބޭކަލުން މަސައްކަތް ކުރަންވީ ވަރަށް ނުކުރުމެވެ.[9]

ފުރަތަމަ ބައި-ޤާދިޔާނީން-القاديانية

ދެވަނަ ބައި ކިޔުއްވާ-ޤާދިޔާނީންގެ އިސްފަރާތްތަކާއި, ފިކުރު ފެތުރެން ދިމާވި ސަބަބުތައް

ތިންވަނަ ބައި ޤާދިޔާނީންގެ އިސްފަރާތްތަކާއި, ފިކުރު ފެތުރެން ދިމާވި ސަބަބުތައް

4 ވަަނަ ބައި-މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟

 

[3] احسان الهى ظهير, القاديانية دراسات والتحليل, ادارة ترجمان السنة, 1941-1987ه , ص: 183

[4] راشد عبد الله الفرحان, الاديان المعاصرة, الطبعة الثانية, 1406ه_ 1985م, ص: 104

 احسان الهى ظهير, القاديانية دراسات والتحليل, ادارة ترجمان السنة, 1941-1987ه , ص: 199[5]

  [8] احسان الهى ظهير, القاديانية دراسات وتحليل، ادارة ترجمان السنة, 1941-1987ء ،ص: 193

[9] د:مانع بن حمّاد , الموسوعة الميسرة فى الاديان والمذاهب والازاب المعاصرة,الناشر,دار الندوة العالمية, الطبعة الثالثة,1418ه,ص:419

]]>
https://heyobas.info/?feed=rss2&p=4492 0
މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟ https://heyobas.info/?p=4495 https://heyobas.info/?p=4495#respond Wed, 10 Feb 2016 16:40:00 +0000 http://www.heyobas.info/?p=4495 މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟

މީސްތަކުންގެ ތެރެއިން ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ޤާދިޔާނިންނަކީ މުސްލިމުންގެ ފިރުޤާތަކުގެ ތެރޭގައި ހިމެނޭ ފިރުޤާއެކެވެ. ސަބަބަކީ އެމީހުން މުސްލިމުންކަމަށް ދަޢުވާކޮށް، މުސްލިމުންގެ ނަމުގައި އެމީހުންގެ ފާސިދު ޢަޤީދާތަކާއި ކުފުރުގެ ޝިޢާރުތަށް ފަތުރާ، އެކަންކަން ޕްރޮމޯޓް ކުރުމަށް މަސައްކަތްކުރާތީއެވެ. ނަމަވެސް ޙަޤީޤަތަކީ ޤާދިޔާނިން އިސްލާމުންގެ ނަންލިބިގަނެގެން އެތިބެނީ މަކަރުން އިސްލާމް މިނަމުން ފަރުދާވެގެންނެވެ. އަދިކިއެއްތަ އެމީހުންވަނީ އަހްލު ކިތާބިންނަށްފަހުގައި އިސްލާމްދީނާ ދުރަށްދިޔަ ބައެއްކަމުގައެވެ. އެމީހުންގެ އަމިއްލަ މަސްލަހަތާއިފައިދާއަށް މެނުވީ އިސްލާމްދީނުގެ ނަން، އެމީހުންނެއް ބޭނުމެއް ނުވެއެވެ. އެމީހުންގެ މަޝްހޫރު ފޮތްތަކުން ފެންނަން އޮތްހެން މުސްލިމުންނާ ދީނީއެއްވެސް މުޢާމަލާތެއް ކުރުމެއް މިމީހުނަށް ނުވެއެވެ. ފަހެއެމީހުންގެ ގާތުގައި މުސްލުމުންނަކީ ކާފިރުންނެވެ. މިކަން ހާމަވާ އެންމެ ޞަރީޙަ ޤަރީނާއަކީ، މިރުޒާ ޣުލާމަށް އީމާން ނުވުމަކީ ﷲ އާއި އެކަލާނގެ ރަސޫލާއާށް އީމާން ނުވުވުންކަމަށް މިރުޒާ ޣުލާމްބުނެފައިވާ ބުނުމެވެ.[1] އެމީހުން އަޙްމަދީންގެ ނަމުން  ނަންދީފައިވަނީ މުސްލިމުންނަށް އޮޅުވާލުމުގެ ގޮތުންނެވެ. މިމީހުން ދެކޭގޮތުގައި މިމީހުންގެ މިނަމުން ނިސްބަތްވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށެވެ. ޙަޤީޤަތުގައި އަލްޤާދިޔާނިއްޔަ ޙަރަކާތަކީ އިތުރު އެކަލޭގެފާނުގެ ނުބުއްވަތާއި އަދި އިސްލާމްދީނާއި ދެކޮޅަށް ހިންގި ޙަރަކާތެކެވެ.[2] ޤާދިޔާނީ ފިކުރަކީ އިސްލާމް ދީނަށް ނިސްބަތްކުރެވޭ ޝިރުކާއި ކުފުރުގެ މަތީގައި ޔަހޫދީންގެ އެހީތެރިކަމާއެކު ބިނާކޮށްފައިވާ ދީނީ ފިކުރެކެވެ.[3] ހަމައެހެންމެ ޤާދިޔާނިންގެ އެންމެ އިސްލީޑަރުކަމަށްވާ މިރުޒާ ޣުލާމްއަކީ ކާފަރެއްކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. މީނާއަކީ ކާފަރެއްކަން ސާބިތުވަނީ  އޭނާ ނަބީކަމަށް ދަޢުވާކުރުމުންނާއި،   އިސްތިޢުމާރީ ބާރަށް ޚިދުމަތްކޮށްދިނުމުގެ ގޮތުން ޖިހާދު ކުރުމުގެ ފަރުޟު އުވައިލުމުންނާއި،   މާތްﷲ އާ އިންސާނުންނާ އެއްފަދަކުރުމުންނެވެ. އޭނާގެ ބައްޕައަކީ ކަލާނގެ ކަމަށާއި، އޭނާއަކީ ކަލާނގެ ދަރިކަލުން ކަމުގައި ދަޢުވާކުރުމުންނާއި،  ކީރިތި މާތް ރަސޫލާގެ ނަބީކަން ޚަތިމްކުރެއްވި ކަމާމެދު އޭނާ އިންކާރުކުރުމުންނެވެ.[4]

ޤާދިޔާނިންނާމެދު އަހްލުއްސުންނަތް ޖަމާޢަތުގެ ރައުޔު:

ސުންނަތްޖަމާޢަތުގެ މީހުން ގަބޫލުކުރާ ގޮތުގައި، ޤާދިޔާނީންނަކީ، އިސްލާމްދީނުން ބޭރުވެ، ކުފުރުވެފައިވާ ބައެކެވެ. ޖިހާދުކުރުމާއި، ދީނީ މިނިވަންކަމާ ބެހޭ ގޮތުން، ޤާދީޔާނީ މަޒުހަބުގައިވާ ޢަޤީދާއަކީ، އިނގިރޭސި މުސްތަޢުމިރުންނާ ހަނގުރާމަކުރުން މަނާކުރުމަށްޓަކައި އުފައްދާފައިވާ ދެ ޢަޤީދާއެކެވެ. ހަމައެހެންމެ ސުންނީންނާއި ޝީޢީންގެ ގިނަ ފިޤުހުވެރިން ދެކޭ ގޮތުގައި، ޤާދިޔާނީންނަކީ، އިސްލާމްދީނުން ބޭރުވެފައިވާ ޖަމާޢަތެކެވެ. ޤާދިޔާނީންގެ އިސް މީހެއް ކަމަށްވާ، މިރުޒާ ނާޞިރު އަޙުމަދާއެކު 30 ގަޑިއިރު ވަންދެން ޕާކިސްތާނުގެ ރައްޔިތުންގެ މަޖިލިހުން ވަނީ، ޙަޤީޤަތް ހޯދުމަށްޓަކައި މަޝްވަރާކޮށްފައެވެ. އެއަށްފަހު އެމަޖިލީހުން ނެރުނު ޤަރާރުގައިވަނީ، ޤާދިޔާނީންނަކީ މުސްލިމުން ނޫންކަމަށެވެ.

1974ވަނަ އަހަރު، رابطة العالم الإسلام އިން ވަނީ، ޤާދިޔާނީންނާމެދު ގޮތެއް ނިންމުމަށްޓަކައި، މައްކާގައި މަހާސިންތާއެއް ބާއްވާފަ އެވެ. އެމަހާސިންތާގައި ބަހުސްކުރުމަށްފަހު، ނިންމާފައިވަނީ، ޤާދިޔާނީންނަކީ، މުސްލިމުންގެ ތެރެއިންވާ ބަޔެއް ނޫންކަމާއި އެއިން މީހަކު މުސްލިމުންގެ ޤަބުރުސްތާނެއްގައި ވަޅުނުލުމަށެވެ. އިސްލާމީ ދުނިޔޭގެ ބޮޑެތި ފިޤުހީ މުއައްސަސާތަކުންވެސް ބުނެފައިވަނީ، ޤާދިޔާނީންނަކީ މުސްލިމުން ނޫން ކަމަށެވެ.[5]

ދެވަނަ ބައި ކިޔުއްވާ-ޤާދިޔާނީންގެ އިސްފަރާތްތަކާއި, ފިކުރު ފެތުރެން ދިމާވި ސަބަބުތައް

ފުރަތަމަ ބައި-ޤާދިޔާނީން-القاديانية

ތިންވަނަ ބައި ޤާދިޔާނީންގެ އިސްފަރާތްތަކާއި, ފިކުރު ފެތުރެން ދިމާވި ސަބަބުތައް

 

[1] احسان الهى ظهير, القاديانية دراسات والتحليل, ادارة ترجمان السنة(لاهور), 1941_1987ء, ص: 37

[2] الشيخ غالب بن علي، فرق معاصرة تنتسب الى الاسلام وبيان موقف الاسلام منها ،الدار العصرية, الطبعة الثامنة,1431ه-2010م, ,ص:,487

13/1/9/1 ،http://www.raajjeislam.com ޢަބްދުލް މުޢީދު ޙަސަން، މޮބައިލް ފޯނުގެ ޤުރްއާން އެޕްލިކޭޝަނުން ޤާދިޔާނީންގެ ހަރަކާތްތައްފަތުރަން ފަށައިފި،10:15، 14/12/12،[3]

[4] ޢަބްދުލްމުޢީދު ޙަސަން، ޤާދިޔާނިންނަށް ނަޒަރެއް،9:30، 2/2/2010، http://www.fanvai.info/index.php/dheen/dhiraasaa ، 28/8/2013

[5] އަލްއުސްތާޛް ޢަބްދުލް މުޢީދު،މުސްލިމުންގެ ފިރުޤާތައް، 11.00، 10/9/2012، http://rashukhabaru.blogspot.com، 27/8/2013

]]>
https://heyobas.info/?feed=rss2&p=4495 0
ދުނިޔޭގެ ބޮޑު ބާރުކަމަށް ދައުވާ ކުރާ އެމެރިކާގެ ނިމުން https://heyobas.info/?p=2170 https://heyobas.info/?p=2170#respond Sun, 13 Sep 2015 06:03:27 +0000 http://www.heyobas.com/?p=2170  މިއަދު އެމެރިކާ އެދަނީ ދަރަނީގެ ބޮޑު ކަނޑެއްގައި ޣަރަޤުވަމުންނެވެ. އަހަރެއްގެ މައްޗަށް ސާދަ ޓްރިލިއަން ޔޫ.އެސް ޑޮލަރު ސަރުކާރު ހިންގުމަށް ޚަރަދަށްދެއެވެ. މިއީ ހަމައެކަނި ހިންގުމުގެ ޚަރަދު ކަމަށް ވާ އިރު އަދި އެހެނިހެން ޚަރަދުތައް ކޮބައިތޯއެވެ؟ ހިއްސާދާރުންނާއި ދުނިޔޭގެ އެހެނިހެން ޤައުމުތަކަށް ބޮންޑު ގޮތުގައިވާ ދަރަނީގެ ހިސާބް 14.3 ޓްރިލިއަނަށް އަރައެވެ. 2010 ވަނަ އަހަރުގެ ހިސާބް ދައްކާ ގޮތުން ހަމައެކަނި މި ދަރަނީގެ އިންޓްރެސްޓަށް ވެސް 414 ބިލިއަން ޑޮލަރު އަރައެވެ. މީގެ ތެރެއިންވެސް އެމެރިކާ ހަމަ ޔަޤީނުންވެސް ރެކި ނުގަނެވި އަނބުރާ ދައްކަން ޖެހޭނެ ފައިސާ ތަކުގެ ތެރެއިން ޗައިނާގެ ސަރުކާރާއި ކުންފުނިތައް އަދި ބޭންކްތަކަށް ދައްކަންޖެހިފައިވާ ފައިސާ ހިމެނެއެވެ. ޤައުމަށް އެތެރެކޮށްފައިވާ މުދާތަކާއި ކްރެޑިޓްކާރޑް ގެ މުއާމަލާތްތަކަށް ވެސް 2.4 ޓްރިލިއަން ޑޮލަރު އަރައެވެ. މިހެންމިކަން ހުރިއިރު އެމެރިކާ ރައްޔިތުންގެ ބޯހިޔާވަހިކަން އަމިއްލަކުރުމަށް ކުރެވިފައިވާ ރަހުނުގެ ދަރަނިވެސް 13.2 ޓްރިލިއަނަށް އަރައެވެ. އެމެރިކާގެ ކުންފުނި ތަކުގެ ދަރަނި އުޅެނީ 20.8 ޓްރިލިއަން ޑޮލަރުގައެވެ. މިހުރިހާ ހިސާބްތަކަށް ބަލާލި ކަމުގައިވިޔަސް ޤައުމުގެ ސާފް ދަރަނި 50.7 ޓްރިލިއަން ޑޮލަރަށް އެބައަރައެވެ. މިއީ ޖަޕާން، ޗައިނާ، ބްރިޓެއިން، ޖާރމަނީ، ފްރާންސް، ބްރެޒިލް، ކެނެޑާ އަދި އިޓަލީ ފަދަ ޤައުމުތަކުގެ މުޅި އިޤްތިސޯދުގެ ދެގުނަ ބޮޑު އަދެދެކެވެ.

ފޮތްތަކުގައި ލިޔެނަގަމުންދާ ދުނިޔޭގެ “ބޮޑުބާރު”ގެ ނަމުން މަޝްހޫރު އެމެރިކާގެ ނަން ވެސް މިހާ ހިސާބުން މިނިމުނީކަމުގައި އަޅުގަނޑު ދަންނަވަން ޖެހުނީ ހަމައެކަނި އިޤްތިސޯދީ ގޮތުން އެމެރިކާ ދަރަނިވެރި ވުމަކުން ނެއްނޫނެވެ. އެމެރިކާގެ ސިޔާސީ ހަޔާތްވެސް ވަނީ ބަނގުރޫޓްވެފައެވެ. މިއަދު އެމީހުން އެދަނީ އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލަމުންނެވެ. މެދުއިރުމަތީގެ ތެލަށް ދަހިވެތިވެގެން މިއުޅޭ މި މީހުންނާއި ވާދަ ކުރަމުންދާ ޗައިނާ ރަޝިޔާ ފަދަ ޤައުމުތަކުގެ ވާދަވެރިކަމަކީ ވެސް މި މީހުންނަށް ކުރިމަތިލާން ޖެހިފައިވާ އިތުރު ބޮލުރިހުމެކެވެ. ކަޅުރަނުގެ ވިޔަފާރީގައިވެސް ޔޫރަޕިއަން ޔޫނިއަން އާއި އިންޑިއާ އަދި ޖަޕާނާއި ވާދަކުރުމުގައި އެމެރިކާ އެ އުޅެނީ ހޭބޯނާރައެވެ.
ރޯބުހުތާނު ދޮގުހަދައިގެން އަތްގަދަ ކުރި އިރާޤަކީ ވެސް ކޮރަޕްޝަނުން އިންތިހާއަށް ގޮސް ވާނުވާ ނޭގޭ އެތައް ފައިސާ ތަކެއް މި ބައިމީހުން ޚަރަދުކުރަމުންދާ ޤައުމެކެވެ. މިބައިމިހުން މޮޅަށް ނަންކުރާ އިންސާނީ ޙައްޤުތަކާއި މިނިވަންކަމާއި ޑިމޮކްރަސީގެ ކުށްވެރިން ލުމަށް ހަދައިފައިވާ ގުއަންޓަނާމޯ ބޭ އަކީ ވެސް ހަމަ މިފަދަ ތަނެކެވެ. ހަމަ އެހެންމެ މިލިޓަރީ ގޮތުން ނެރެފައިވާ ސިފައިންގެ ބައިގަނޑުގެ ވެސް ވަނީ ކޮންޓްރޯލުންނެއްޓި އިންތިހާއަށް އިތުރުވެގެން ގޮސްފައެވެ. އަފްޣާނިސްތާން، އިރާޤް ހަނގުރާމަ އަކީ އެތަކެއް ޚަރަދުތަކެއް އެމެރިކާ ސަރުކާރުންކޮށްފައިވާ ތާކުންތާކު ނުޖެހޭ ބޭކާރު ޚަރަދުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ހޭދައެވެ. ސީދާ އެމެރިކާ ސަރުކާރުގެ މިލިޓަރީ ބާރުގެ ބޭނުންކޮށް އެމީހުންނަށް އެކުރި ޚަރަދުތަކާއި ޤައުމުންބޭރަށް ފޮނުވައިގެން އެ ހިންގި ޖަރީމާތަކަކީ ޚުދް އެމެރިކާގެ ސިފައިންވެސް ޤަބޫލްކުރާ ކަންތައްތަކެއްނޫނެވެ.
ހުރިހާކަމެއް މޮޅަށްދެނެވޮޑިގެންވަނީ ހުސް ޠޯހިރުވަންތަ މާތްﷲ ސުބުހާނަހޫ ވަތަޢާލާއެވެ.
إِنَّ الَّذِينَ كَفَرُوا يُنْفِقُونَ أَمْوَالَهُمْ لِيَصُدُّوا عَنْ سَبِيلِ اللَّهِ ۚ فَسَيُنْفِقُونَهَا ثُمَّ تَكُونُ عَلَيْهِمْ حَسْرَةً ثُمَّ يُغْلَبُونَ ۗ وَالَّذِينَ كَفَرُوا إِلَىٰ جَهَنَّمَ يُحْشَرُونَ ( الأنفال 8 : 36 )
މާނައީ : ހަމަކަށްވަރުން ކާފިރުވިމީހުން، ﷲގެ މަގުން މީސްތަކުން ދުރުކުރުމަށް ، އެއުރެންގެ މުދާތައް ހޭދަކުރެތެވެ. ފަހެ، އެއުރެން އެތަކެތި ހޭދަކުރަމުން ގެންދާނެތެވެ. ދެން އެ މުދާތައް، އެއުރެންގެ މައްޗަށްހުރި ހިތާމަޔަކަށް ވެގެންދާނެތެވެ. ދެން އެއުރެން ބަލި ކުރައްވާނެތެވެ. އަދި ކާފިރުވި މީހުން ނަރަކައަށް ޖަމާ ކުރައްވާނެތެވެ.

]]>
https://heyobas.info/?feed=rss2&p=2170 0
އިންޓަރނެޓް ބޭނުންކުރާއިރު ބޭނުންނުވާ އިސްތިހާރުތައް އަމިއްލައަށް ހުޅުވޭތާ؟ https://heyobas.info/?p=4397 https://heyobas.info/?p=4397#respond Mon, 27 Jul 2015 21:38:41 +0000 http://www.heyobas.info/?p=4397 އިންޓަރނެޓް ބޭނުންކުރަން ބުރޯޒާ ހުޅުވާއިރަށް ތަފާތު އިސްތިހާރުތައް  ބައެއް ފަހަރަށް ހުޅުވެއެވެ. ވެބްސައިޓަކަށް ވަންނަން ވެބްސައިޓް އެޑްރެސް ޖަހާފައި ލޯޑްކުރަން ޖައްސާއިރަށް ކުއްލިއަކަށް އޭގެ މަތިން އިސްތިހާރެއް ހުޅުވިދާނެއެވެ. ވީޑިއޯ އެއް ޕުލޭ ވެދާނެއެވެ. ނުވަތަ އާ ވިންޑޯސްއެއްގެ ގޮތުގައި ބުރޯޒާ ހުޅުވިދާނެވެ. މިއީ ބައެއް ފަރާތްތަކުން އުނދަގުލަކަށްވެގެން ހައްލެއް ހޯދަން މަސައްކަތް ކުރާ މައްސަލައެކެވެ.

އިސްވެ ފާހަނގަކުރެވުނު މައްސަލަ ދިމާވަނީ ބައެއް އެޑްވެއާރ ޕުރޮގުރާމްތަކުގެ ސަބަބުންނެވެ. އެފަދަ ޕުރޮގްރާމްތައް ހުންނަނީ ބުރޯޒާތަކުގެ ޕުލަގިންގެ ގޮތުގައި އެކްޓިވޭޓްވެފައެވެ. އެޑްވެއާރ ޕުރޮގުރާމްތައް އާންމުކޮށް އަރަނީ  ހިލޭ ލިބޭ ބައެއް ޕުރޮގްރާމްތައް އިންސްޓޯލްކުރާއިރު އެއާއި އެކު އިންސްޓޯލްކުރެވިގެންނެވެ. އަނެއްބައިފަހަރަށް އިންޓަނެޓްގައި އުޅޭއިރު ބައެއް އެއްޗެހި ޑައުންލޯޑްކުރާއިރު އޮޅިގެން ޑައުންލޯޑްކުރެވޭ ބައެއް މަލްވެއާރ ޕުރޮގުރާމްތަކުގެ ތެރެއިންނެވެ.hola-search-Chrome-extensions

އެޑްވެއާރގެ އުނދަގުލުން ސަލާމަތް ވާނީ ކިހިނެތް؟

އެޑްވެއާރ އިން ސަލާމަތްވުމަށް ބުރޯޒާރގެ  އެކްސްޓެންސަންބައިގެ ތެރެއިން ވަދެ ޑިސައިބަލް ކުރެވިދާނެއެވެ. އެހެންނަމަވެސް އެއީ ވަގުތީ ހައްލެކެވެ. މިކަމުގައި ދާއީމީ ހައްލެއް ބޭނުންނަމަ އެންމެ ފަސޭހަ އެއް ގޮތަކީ އޭ.ޑީ.ޑަބްލިޔު ކުލީނާރ އިން ސްކޭންކޮށް ކުލީންކުރުމެވެ.  އޭ.ޑީ.ޑަބްލިޔު ކްލީނާރގެ ވާރޝަން 4.208 ގެ ސައިޒްއަކީ 2.14 އެމްބީއެވެ.  މި ޕުރޮގްރާމް އިންސްޓޯލްކޮށް ޕީސީ ސްކޭން ކޮށްލާށެވެ. ސްކޭން ކޮށް ނިމުމުން ބޭނުން ނެތް އެޑްވެއާރ ޕުރޮގްރާމްތައް ސްކޭން އަށް ދަށްކާނެއެވެ. އަދި ކްލީންކުރަން އަރާނެއެވެ. ފޮހެލަން ބޭނުން ނުވާ އެއްޗެއް އިންނަމަ މާރކް ކަނޑާލާފައި ކްލީންކުރެވިދާނެއެވެ. ކްލީންކޮށް ނިމުމުން އެ ޕްރޮގްރާމް(އޭ.ޑީ.ޑަބްލިޔު) އަމިއްލައަށް އަން އިންސްޓޯލް ވާނެއެވެ.PP9FGtKU

އޭ.ޑީ.ޑަބްލިޔު ކްލީނާރ ޑައުންލޯޑް ކުރާނީ ކިހިނެތް؟

އޭ.ޑީ.ޑަބްލިޔު ކްލީނާރ އަކީ ހިލޭ ލިބޭ ޕުރޮގުރާމެކެވެ. [highlight] ޑައުންލޯޑް ކުރައްވާ [/highlight]

އޭޑީ ޑަބްލިޔު ކްލީނާރގެ ފޭކް ވާރޝަން އެއްވެސް އިންޓަނެޓް މެދުވެރިކޮށް ފޭރޭ މީހުން ހަދައިގެން އިންޓަރނެޓްގައި ދައުރުކުރުވަމުން ދެއެވެ. އެވާރޝަންގައި ސްކޭން ނިމުމުން މެސެޖެއް އަރައެވެ. އެ މެސެޖްގައިވަނީ ޕީސީގައި ސްޕައިވެއާރ ފަދަ ނުރައްކާތެރި ޕުރޮގްރާމް އިންސްޓޯލްފައިވާ ކަމަށާއި ރަނގަޅުކުރަން ބޭނުންވާނަމަ 59.99 ޑޮލަރު ފޮނުވާށެވެ. އެހެންނަމަވެސް އަސްލު ޕުރްގުރާމަކީ ހިލޭ ލިބޭ ޕުްރޮގްރާމެކެވެ. އަދި މީހުންގެ އިތުބާރު ހޯދުމަށް ފައިސާ ދަށްކާނެ ގޮތްކަމަށް ބުނެފައިވަނީ ޕޭޕަލްމެދުވެރިކޮށްވެ. އެހެންނަމަވެސް މިހާރު ޕޭޕަލްއިންވަނީ އެ އެކައުންޓް ސަސްޕެންޑްކޮށްފައެވެ.img_54dc19acd3d42

 

img_54dc1a82cdda6

]]>
https://heyobas.info/?feed=rss2&p=4397 0