ބުލޫ ފިޑްލާރ ކުރެބް ހުޅުމާލޭގައި އާލާވާން ފަށައިފި

މި ބާވަތުގެ ކަކުންޏަކީ އާންމުކޮށް މޫދާއި ގުޅިފައި ހުންނަ ޗަސްބިންތަކާއި ކުޅިތަކުގެ ކައިރީގައި އުޅޭ ކަކުނީގެ ވައްތަރެކެވެ. ނޫ އަދި އޮރެންޖް، ރީނދޫ، ކަޅު، ހުދު ކުލަ ހުންނަ މި ކަކުނީގެ ސައިޒްކީ 3 ސެންޓިމީޓަރާއި  2 ސެންޓިމީޓަރާއި ދެމެދެވެ.

ބްލޫފިޑްލާރ ކްރެބްއަކީ މީގެ ކުރިން ހުޅުމާލޭގައި އުޅުން ވައްތަރެއް ނޫނެވެ.  މި ބާވަތުގެ ކަކުނި ހުޅުމާލެއަށް އައި ގޮތްކަމަށް ބެލެވެނީ މޫދުން އޮޔާ ދެމެމުން ނެވެ.  ބްލޫ ފިޑްލާރ ކްރެބް ބިސް ވިހަން ގާތްވުމުން އެ ބިސްތައް ފެނަށް ދޫކޮށްލައެވެ.  އާންމުކޮށް 1000 އަށްވުރެ ގިނަ ބިސް ދޫކޮށްލައެވެ.  ލޮލަށް ރަނގަޅަށް ނުފެންނަވަރު ކުދި ބިސްތައް ފަޅާލާފައި ލާވާ ނުވަތަ ފަނި ނިކުމެއެވެ. އަދި އެ ފަނި 2 ހަފްތާވަރު އެކި މަރުހަލާތައް މޫދުގައި ނުވަތަ ފެންގަނޑުތަކާއި ކޯރުތަކުގައި ހޭދަކުރެއެވެ.

ހުޅުމާލެ އާއި އެންމެ ގާތުގައި މި ބާވަތުގެ ކަކުނި އުޅޭ އެއް ރަށަކީ އަޅުގަނޑަށް ފެނިފައިވާ ގޮތުން ކ.ހުރައެވެ.  ހުޅުމާލެ އަދި ހުރަޔަކީ އެއް ބަރިއަކަށް އެތުރިފައި ދެރަށެވެ.  އެހެންކަމުން ފިޑްލާރ ކްރެބް ހުޅުމާލެއާއި ހިސާބަށް އަންނާނެ ކަމަށް ބެލެވެން އޮތްގޮތަކީ ހުރާ ކުޅީގެ އުޅޭ ފިޑްލާ ކްރެބްގެ ފަނި އޮޔާ އައިސް ހުޅުމާލޭގެ ފަސްގަނޑަށް އަރައިގެންނެވެ.

ފިޑްލާ ކްރެބްއަކީ ދިޔަވަރު ހިކުމުން ހަރުން ބޭރަށް ނިކުންނަ ކަކުންޏެކެވެ. ބައެއް ފަހަރަށް ކާނާ ހޯދުމުގައި އަދި ނުރައްކާތަކުން ސަލާމަށް ވާން ފެންގަނޑު ތެރެއަށްދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ޒައިނަބް

Next Article

ރައިސް އިބްރާހިމް ނާސިރު

Related Posts