Categories
ހުރިހާ ލިޔުންތައް އެހެނިހެން ތާރީޙް

ރައިސް އިބްރާހިމް ނާސިރު

މާޒީވި ތާރީޙުގެ ފަތްފުތްތަކުންނާއި ލޮލުންދެކެފައިވާ މީހުންގެ ފަރާތުން އެނގިހާމަވާން އޮތް ބޮޑު ޙަޤީގަތަކީ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރުއާއި މެދު ރާއްޖޭގައި ކަންތަށް ކުރެވިފައިވަނީ ވަރަށް އިހާނެތިކޮށެވެ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި ވެރިކަންކުރި މީހަކާއި މެދު 

Categories
ހުރިހާ ލިޔުންތައް ތާރީޙް

މިނިވަން 50 ގެ ބާނީ އާ މެދު އޭގެ ފަހުން އުފެދުން ސަރުކާރުން އަމަލުކުރި އިހާނެތިގޮތް

މާޒީވި ތާރީޙުގެ ފަތްފުތްތަކުންނާއި ލޮލުންދެކެފައިވާ މީހުންގެ ފަރާތުން އެނގިހާމަވާން އޮތް ބޮޑު ޙަޤީގަތަކީ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަރައީސް އަދި މިނިވަންކަމުގެ ބާނީރައިސް  އިބްރާހިމް ނާސިރުއާއި މެދު ރާއްޖޭގައި ކަންތަށް ކުރެވިފައިވަނީ ވަރަށް އިހާނެތިކޮށްކަމެވެ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި ވެރިކަންކުރި މީހަކާއި މެދު  އަމަލުނުކުރާފަދަ ގޮތަކަށެވެ. 20 އަހަރު ދުވަހު ރާއްޖޭގެ ވެރިކަންކުރެއްވުމަށްފަހު އިބްރާހިމް ނާސިރު

Categories
ތާރީޙް

ނ. އަތޮޅު ކުރެދިވަރު ފަޅުވުން…..!

ނ. އަތޮޅު ކުރެދިވަރަކީ ނޫނު އަތޮޅުގެ ފަޅުރަށުގެ ގޮތުގައި މިހާރު ފާހަގަކުރެވޭ 58 ރަށުގެ ތެރޭން ފާހަގަކޮށްލެވޭ ރީތި ރަށެކެވެ. މުޅި ޖުމްލަ 71 ރަށް އޮންނަ ނޫނު އަތޮޅުގައި

Categories
ހުރިހާ ލިޔުންތައް ތާރީޙް

ރާއްޖޭގައި ހުރި އާޘާރީ ތަންތަނުގެ ތެރެއިން ނ. ކުރެދިވަރު ކުކުރު މިސްކިތް

ނ. ކުރެދިވަރުގެ ހުކުރު މިސްކިތް ބިނާކުރެވުނީ އަލްއުސްތާޛް މުޒައްފަރު މުޙައްމަދު އިމާދުއްދީންގެ ރަސްކަމުގައި 1121ހ، (1709މ.) ވަނަ އަހަރުގައެވެ. މިރަށް ގިރަމުންގޮސް  ކުކުރު މިސްކިތާއި އެމިސްކިތުގެ ގަބުރުސްތާނުން ބޮޑުބައެއް ގިރައިގެން ދިއުމާއި ރަށުގެ ފެން ލޮނުވުމުން، 27 ޖޫން 1943މ. އެރަށު މީހުން ނ. އަތޮޅު ބޮމަސްދުއަށް ބަދަލުކުރެވުނެވެ. ބޮމަސްދޫވެސް ގިރަންފެށުމާއި ށ. ފަރުކޮޅު ފުނަދޫ އާބާދުކުރުމުގެ ގޮތުން 26 ސެޕްޓެމްބަރ 1970މ. ގައި، ބޮމަސްދޫގައި ތިބި ކުރެދިވަރު މީހުންފަރުކޮޅުފުނަދޫއަށް ވަނީ ބަދަލުކުރައްވާފައެވެ.

ބުނެވޭ ގޮތުގައި ކުރެދިވަރު ފަޅުވީ އެރަށުގައި އުފެދުނުބޮޑު ފިތުނަވެރިކަމެއްގައި، އެފިތުނައިގެ ދެފަރާތުގައި ތިބި ވާދަވެރިން ސިހުރުހާހޫރައިގެ ތަކެތި ރަށުގެ އެތަންމިތަނުގައި ވަޅުލައި ހެދުމުން އެތަކެތި ހުރިތަންތަން ގިރައި”ކަނޑަށް” ވެގެންނެވެ. ކުރިން ކުރެދިވަރުގައި ތިބީ ނ. އަތޮޅު އެކުޅިވަރުގައި ތިބި މީހުންނެވެ. ބުނެވޭގޮތުގައި އެކުޅިވަރު މީހުންދާ ކޮންމެރަށަކުން މީހުން ފައިބަން ޖެހެނީ “ރައްގިރާތީ” އެވެ. ކުރެދިވަރު ގިރަމުންދިޔަ ވެލިގަނޑުން ރަށުގެ ދެކުނުކޮޅުގައި ފިނޮޅުއަޅައި، ރަށާއެކުވޮޑި، މިހާރުއަސްލު ކުރެދިވާރާއެއްވަރު ރަށެއްއުފެދި، ރުއްގަސް ހެދިފައި ވެއެވެ. އަސްލު ކުރެދިވަރުން ނުގިރައި އޮތީ ވަރަށް ކުޑަތަންކޮޅެކެވެ.

ކުރެދިވަރަކީ އަލްޤާޟީ ޙަސަން ތާޖުއްދީންގެ އަނބިކަނބަލުންގެ ރަށެވެ. ނަމަވެސް މި އަނބިކަނބަލުންގެ ނަންފުޅު އަދިވަނީ ނޭނގުމުގެ ތެރޭގައެވެ. ތާޖުއްދީނުގެ ކާފަދަރިކަލުން އަލްޤާޟީ އިބްރާހިމް ސިރާޖުއްދީން ނިޔައުވެ ވަޅުލެވިފައިވަނީ އެރަށުގައެވެ. މަހާނަގަލުގައި އޮތީ”… ނިޔައުވީ 1182ހ. ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ 4 ވީ ބުރާސްފަތި ވިލާރޭ” އެވެ.

މިއީ ” ދިވެހިރާއްޖޭގައި ހުރި އާޘާރީ ތަންތަން” މިފޮތުން ނަގާފައިވާ ލިޔުމެކެވެ. އަދި މިއީ މިފޮތް ކިޔާލުމުގެ ފުރުޞަތު ލިބިފައިނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމުގެ ގޮތުން ލިޔާ ސިލްސިލާ ލިޔުން ތަކެކެވެ.

Categories
ހުރިހާ ލިޔުންތައް ތާރީޙް

ރާއްޖޭގައި ހުރި އާޘާރީ ތަންތަނުގެ ތެރެއިން ނ. މިލަދޫ ރެދިންގެ ގައުފުނި އަދި އުސްގަނޑު

 ނ. މިލަދޫގައި” ރެދިންގެ ގައުފުނި” ކިޔާ ތަނަކާއި ” އުސްގަނޑު” ކިޔާތަނެއް އޮވެއެވެ. 1987 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައި އާކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިއާ ޓީމަކާއި އަލްއުސްތާޛް މުޙައްމަދު އިބުރާހިމް ލުތުފީ މިރަށް ތަޙުޤީޤު ކުރެއްވިއެވެ.

މި ސަރަހައްދުން ގޯތިދެވި، ސަރަހައްދުގެ ބޮޑުބައިވަނީ އާބާދީގެ ތެރެއަށް ވަދެފައެވެ. އަލްއަމީރު މުހައްމަދު އަމީނުގެ ވެރިކަމުގައި ބަޔަކުމީހުން މިތަނުން ގާނަގަނިކޮން، ހިރިގަލުން ހުރި ފޮއްޓަކާއި އޭގެތެރޭގައިވާ ތަކެތި ފެނިގެން، އެތަކެތި މާލެއަށް ފޮނުވުނުކަމަށް ރަށުއޮފީހުން އަލްއުސްތާޛް މުޙައްމަދު އިބުރާހިމް ލުތުފީއަށް މަޢުލޫމާތު އެރުވިއެވެ. ތަނުގެ ހުރަސްފާރުތަކާއި ސަރަހައްދުގެ ވަށާފާރުގެ ހުރަސްކޮޅުތައް، ގިރައިގެން ގޮސްފައިވާތަނުން ފެންނަން 1987 ވަނަ އަހަރު ހުއްޓެވެ. ރަށުގެ މެދު ތެރެއިން ކޮންނަމުންދާއިރު ބުޑިސްޓް ދީނުގެ ދުވަސްވަރުގެ ގަލާއި އެފަދަ ތަކެތި ނެގޭކަމަށް ބުނެއެވެ. ފެންނަފެނުމުގައި މިރަށަކީ ކުރީޒަމާނުގައި މުހިންމު ރަށެކެވެ. އަދި ފަހުންވެސް ހަރުދަނާބަޔަކު އުޅެމުން އައިސްފައިވާ ރަށެކެވެ. ނ. އަތޮޅުގެ ނަން” މިލަދުންމަޑުލު” ނިސްބަތް ކުރެވިފައިވަނީ މިރަށަށް ކަމަށްވާތި، އިހުޒަމާނުގައި އަތޮޅުގެ އެންމެ އިސްރަށަކީ މިލަދޫ ކަމަށް ބެލެވެއެވެ.

“ރެދިންގެ ގައުފުނި” ކިޔާ ތަނަކީ އެރަށުގައި ބުޑިސްޓް މޮނާސްޓްރީއެއް ހުރި ތަނެއްކަމަށް އާރކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިއާގެ ޓީމުން ވިދާޅުވިއެވެ. މިތަންހުރީ ރަށުގެ އިރުމަތި ފަރާތުގައެވެ. އެދިމާއިން 150 ވަރަކަށް ފޫޓް ގިރައިގެން ތަނުގެ ބޮޑުބައިވަނީ މޫދަށް ގޮސްފައެވެ. ކުރިން މިތަނާ ގޮނޑުދޮށާ ދެމެދު 180 ފޫޓް ނުވަތަ 200 ފޫޓް ހުންނާނެ ކަމުގެ ހެކި އިބްރާހިމް ލުތުފީއަށް ފެނިވަޑައިގަތެވެ. މިތަނަކީ ތަޙުޤީޤް ކުރަންވެފައިވާ މުހިންމު ތަނެކެވެ.

މިރަށުގައިހުރި ދެވަނަ އުސްގަނޑަކީ ކުނި އެޅުމުގެ ސަބަބުން ގޮނޑަކަށްވެ އުސްގަނޑަކަށް ވެފައިވާ ތަނެއް ކަމުގައި އަލް އުސްތާޛް އިބްރާހިމް ލުތުފީ ވިދާޅުވެފައި ވެއެވެ.

މިރަށުގައިވާ އާޘާރީ ތަންތަނަކީ އިތުރަށް ތަޙުޤީޤް ކުރުމަށް ބޭނުންވާ ތަންތަނެވެ.

މިއީ ” ދިވެހިރާއްޖޭގައި ހުރި އާޘާރީ ތަންތަން” މިފޮތުން ނަގާފައިވާ ލިޔުމެކެވެ. އަދި މިއީ މިފޮތް ކިޔާލުމުގެ ފުރުޞަތު ލިބިފައިނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމުގެ ގޮތުން ލިޔާ ސިލްސިލާ ލިޔުން ތަކެކެވެ.