އިންޓަރނެޓު މެދުވެރިކޮށް ފޭރޭ މީހުންގެ އަމަލުތަކަށް ސަމާލުވަމާތޯ!

 އިންޓަރނެޓަކީ މިހާރު ގިނަބަޔަކަށް އެއާ ނުލާ އުޅެންއުނދަގޫ އެއްޗަކަށް މިވަނީ ވެފައެވެ. ކުރިއަރާފައިވާ ޓެކްނޮލޮޖީގެ މިޒަމާނުގައި ހުރިހާކަމެއްހެން  މިވަނީ އިންޓަރނެޓާއި ގުޅިފައެވެ. ހަމަ އެހެންމެ ދުނިޔެއަށް އަންނަމުންދާ ކޮންމެ ކުރިއެރުމެއް، ކޮންމެ އާ ޓެކްނޮލޮޖީއެއް، އަދި އާ ވަސީލަތްތައް މިދަނީ ދިވެހިންގެ ތެރެއަށްވެސް އަންނަމުންނެވެ. އަދި ދިވެހިންނަކީވެސް މިހާރު ވަރަށްބޮޑަށް އިންޓަރނެޓްގެ ތެރެއަށް ވަދެވިފައިވާ އިންޓަރނެޓްގެ ބޭނުންހިފާ ބައެކެވެ. އެހެންކަމުން މުޅިދުނިޔެ ގުޅިލާމެހިފައިވާ އިންޓަރނެޓްގެ ތެރޭން މަކަރުވެރި ކުށްވެރިންގެ އަމަލުތަށްވެސް މިވަނީ ދިވެހިންނާ ނުހަނުގާތުގައެވެ. އަޅުގަނޑު ބޮޑަށް މިބަލާލަނީ ސައިބާރ ކްރައިމް އަށެވެ.  ސައިބާރ ކްރައިމް  އަޅުގަނޑު  މާނަ މިކުރަނީ އިންޓަރނެޓް މެދުވެރިކޮށް ހިންގާ ފޭރުމުގެ އަމަލުތަކާއި ވައްކަންތަކާއި ކުށްތަކަށެވެ. އަޅުގަނޑު މިބުނާ ކުށްވެރިންނަކީ އިންޓަރނެޓް މެދުވެރިކޮށް ފޭރޭ އަދި ވައްކަން ކުރާ ފަރާތްތަކެވެ.

އިންޓަރނެޓް މެދުވެރިކޮސް ފޭރޭ މީހުން އަދި ތަފާތު ގެއްލުންތައް ދޭ ފަރާތްތައް އަސްލު ނަމުގައި އެކަން ނުކުރާކަން ފާހަގަކުރެވެއެވެ. މިފަދަ މީހުން އެ މަސައްކަތްކުރަނީ އާންމުކޮށް އަސްލު ނަމެއްގައި ނޫނެވެ. އަދި ކާކުކަން ނޭގޭ ނަންނަމުގަޔާއި މީހުންގެ މެދުގައި ފާހަގަކުރެވޭ ބައެއް މީސްމީހުންގެ ނަމުގައި ހަރަކާތްތެރިވެއެވެ. މިގޮތުން ބައެއް ވިޔަފާރިވެރިންގެ ނަމުގަޔާއި އަދި މަރުވެފައިވާ ބައެއް ވިޔަފާރިވެރިންގެ ދަރިން ނުވަތަ އާއިލާ މީހުންގެ ނަމުގައިވެސް މިފަދަ މީހުން ހަރަކާތްތެރިވެއެވެ.

އިންޓަރނެޓުން ފޭރުމާއި އެކިކަހަލަ މަކަރުތަށް ހަދައިގެން މީހުންގެ ކްރެޑިޓް ކާރޑްގެ މައުލޫމާތާއި އީމެއިލް ގެ މައުލޫމާތުވެސް ހޯދައެވެ. އަދި އާންމުކޮށް އޮންލައިންކޮށް ވިޔަފާރިކުރާ ވިޔަފާރި ސައިޓްތަކުގެ ނަމުގައިވެސް މިބާވަތުގެ ވައްކަން ކޮށް އުޅެއެވެ. ބައެއް ސައިޓްތަކުގެ ތެރޭގައި އީބޭ ނުވަތަ ޑީއެޗްގޭޓްފަދަ ސައިޓްތަކާއި އެއްގޮތް ޕޭޖެއް ހަދައިގެން މި މަސައްކަތްކުރެއެވެ. ނޭގޭ މީހަކު އެ ޕޭޖުގައި ޑީއެޗް ގޭޓް ކަމަށް އެއްޗެއް ގަންނަން ކުރެޑިޓް ކާރޑް ޑީޓޭލް ޖަހާއިރަށް އެ މީހުންނަށް އޭނާގެ ކާޑް ޑީޓޭލްސް ލިބެއެވެ. އެހެންކަމުން މިފަދަ ކަންތައްތަކުން ރަށްކާތެރިވެ ތިބުން އެއީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

ކްރެޑިޓް ކާރޑް ޑީޓެއިލްސް އާއި މެއިލް އަދި ބޭނުންކުރާ ސޮސިއަލް ނެޓްވާރކްގެ ޕާސްވޯރޑްވެސް އިންޓަރނެޓް މެދުވެރިކޮށް ހޯދައެވެ. އަދި ސޯސިއަލް ނެޓްވާރކްގެ ޕާސްވޯރޑް ހޯދައިގެން އަސްލު ވެރިމީހާގެ ރަށްޓެހިންނާ ގުޅުން ބަދަހިކޮށް އަސްލު ވެރިމީހާ އަށް ގެއްލުންދެއެވެ. އަދި އެމީހާގެ ނަމުގައި ނާޖާއިޒް ފައިދާވެސް ނަގައެވެ. މީގެ ކުރީ ޕެރެގްރާފްގައި އަޅުގަނޑު ބަޔާންކޮށްފައިވާ ފަދައިން ވިޔަފާރި ސައިޓްތަކުގެ ފޭކް ޕޭޖްހަދައިގެންވެސް ވައްކަންކުރުން އެއީ ހަމަ އާންމުވަމުން އަންނަ ކަމެކެވެ.

ވިޔަފާރި ޕޭޖްތައް ހަދައިގެން ފޭރޭ މީހުންގެ އަމަލުތަކުން ސަލާމަތްވުމަށް ވިސްނަންވީ ކަމަކީ ރަނގަޅަށް އެޑްރެސް ޖެހުމެވެ. މިފަދަ ފޭކް ޕޭޖްތަށް ހުންނަގޮތުގެ މިސާލަކަށް ބަލާއިރު މަސްހޫރު އޮންލައިންކޮށް ވިޔަފާރިކުރާ ސައިޓްކަމަށްވާ ޑީއެޗް ގޭޓް.ކޮމް އަށް ވަންނަންhttp://www.gophoto.it/view.php?i=http://dhgate.com   މިފަދަ ގޮތަކަށެވެ.    މި ލިންކަށް ބަލާއިރު އެޑްރެސް ފަށާއިރު އެހެން ސައިޓެއްގެ ނަން ކުރިޔަށް އައިސް ފަހަތުގައި މިވަނީ ޑިއެޗް ގޭޓް.ކޮމް އެވެ. މިގޮތަށް ހަދާފައި ހުންނަ ފޭކް ޕޭޖްތައް ފެންނަ ފެނުމުގައި މާ ބޮޑު ތަފާތެއް ނުހުރެދާނެއެވެ. ދެން އެ ސައިޓްގެ އަސްލު ލިންކް ނުވަތަ އެޑްރެސް އިންނަގޮތަށް ބަލާލަމާތޯއެވެ. http://www.dhgate.com  މީ އަސްލު ސައިޓްގެ ޔޫއާރް އެލް އިންނާނެ ގޮތެވެ.

އަނެއްވައްތަރަކީ ގޫގުލްގައި ތަފާތު މައުލުމާތު ހޯދަން ސާރޗުކުރާއިރު ބައެއް ސައިޓްތަކުން ދިމާވާ މައްސަލައެކެވެ. މިފަދަ ސައިޓްތަކުން ގިނަފަހަރަށް ސައިޓަށް ވަނުމުން ހޯދަން އުޅުނު މައުލޫމާތު ފެންނަން ނުހުރެއެވެ. އޭގެ ބަދަލުގައި މީހުން ޝައުގުވެރިވާފަދަ ސުރުހީތައް އަދި ފޮޓޯ ހުރެއެވެ. ދެން މިފަދަ ފޮޓޯއަށް ގޮސް ބޮޑުކުރަން ނުވަތަ ސުރުހީ އަށް ގޮސް ކިޔަން ފިތާލާއިރަށް ހަމަ ލޯޑުވެފައި އަނބުރާ އެޕޭޖަށް އާދެވެއެވެ. ނުވަތަ އެހެން ސުރުހީތަކަކަށް ނުވަތަ ފޮޓޯތަކެއް ފެނެއެވެ.  ހަމަ އެހެންމެ އިންޓަރނެޓަށް ވަންނަން ބުރޯޒާރ ހުޅުވާލާއިރު އެމެރިކާގެ ގްރީން ކާޑް ލިބޭނޭ މިވެނި ސުވާލަކަށް ޖަވާބުދޭށޭ ލިޔެފައި އިންނަ ލިންކުތަކެއް ފެންނާނެއެވެ. މި ލިންކަކީވެސް މިފަދަ ލިންކެކެވެ. އަދި ބައެއް ސައިޓްތަކުގައި ވަދެ އުޅޭއިރު މިވެނި މިލިއަން ވަނަ ކަސްޓަމަރ އޭ ތިޔައީ އެހެންވިމާމަ މި ލިންކަށް ވަންނަން ބުނެފައިވާ ލިންކުތަކެއްވެސް ހުރެއެވެ. މި ލިންކްތަކަކީވެސް ހަމަ އިންޓަރނެޓުން ފޭރުންފަދަ ނުބައި ޖަރިމާތައް ހިންގާ ގުރޫޕުތަކުގެ އަމަލެކެވެ. މި ސައިޓްތަކުގައި އެގޮތަށް މުއްސަނދިވެފައިވާ މީހުންކަމަށްބުނެ ބައެއް މީހުންގެ ފޮޓޯއާއި ވާހަކަހުރެއެވެ. އަދި ހަމަ މިގޮތަށް ހޯމް ޖޮބްގެ ނަމުގައިވެސް މިފަދަ ސައިޓްތައް ހިންގައެވެ. އަދި އެގޮތަށް ހޯމް ޖޮބް އަދާކޮށްގެން އާންމުދަނީ ހޯދާ މީހުންކަމަށްބުނެ މީހުންގެ ފޮޓޯއާއި ވާހަކަތަށްހުރެއެވެ. މިފަދަ ލިންކުތަކުގައި ޖެހިގެން މީހާ 24 ގަޑިއިރު އިންޓަރނެޓްގައި އިނަސް ސުރުހީގައި ހުންނަ އެއްޗެއް ދިމާނުވާނެއެވެ. އެހެނީ މިފަދަ ގިނަ ސައިޓްތަކަކީ އިންޓަރނެޓް މެދުވެރިކޮށް ފޭރުމާއި ނާޖާއިޒްފައިދާތަށް ނަގާ މީހުންގެ ނުބައި އަމަލެކެވެ.

 މިފަދަ ސައިޓްތަކާއި ބެހޭގޮތުން އަޅުގަނޑަށް އެދާއިރާގެ ތަޖްރިބާކާރު ބޭފުޅުންގެ ފަރާތުން އެނގުނުގޮތުގައި އެފަދަ ލިންކަށް ފިތާ ކޮންމެފަހަރަކު އެ ފިތާ މީހާގެ ކޮންޕިއުޓަރަށް އެ ޖަރިމާ ހިންގާ މީހުންވަންނާނެއެވެ. މިގޮތަށްގޮސް އެމީހާގެ ކޮންޕިއުޓަރގައި ހުންނަ މުހިންމު ތަކެތި ހޯދާ އަދި ކްރެޑިޓް ކާރޑް ފަދަ ތަކެތީގެ ތަފްސީލް ނުވަތަ އެމީހާ ބްލެކް މެއިލްކުރެވޭފަދަ އެއްޗެހި ހުރިނަމަ އެތަކެތި ހޯދާ ބިރުދަށްކާ ފައިސާ އަތުލުންފަދަ އަމަލުތަށް ހިންގުމަކީ އެކަށީގެންވާ ކަމެކެވެ.

މި ލިޔުމުގައި މި ބަޔާންކުރެވުނު ގޮތްތަކާއި ތަފާތުކޮށް މިފަދަ ވަށްކަންތައްކޮށް އުޅޭ ފަރާތްތަކެއްވެސް އުޅެއެވެ. މިފަދަ ފަރާތްތަކުން އިންޓަރނެޓް މެދުވެރިކޮށް މީހުންނަށް މޭލްކުރެއެވެ. އަދި އެނާއަކީ މިވެނި މީހެއްކަމާއި މިވެނި އެހީތެރިކަމެއް ފޯރުކޮށްދީފިނަމަ އޭނާގެ ފައިސާގެ ބައެއް ދޭނެކަމަށް ބުނެއެވެ. މިގޮތަށް ދުނިޔޭގައި ހިނގާފައިވާ ހާދިސާއަކަށް ބަލާއިރު އިންޓަރނެޓުން ދިމާވެފައިވާ މީހެއްގެ ފައިސާތަކެއް ސަލާމަތްކޮށްދޭން މެއިލްއަކުން އައެވެ. އަދި ކަންތައްކުރަންވާ ގޮތާއި ބެންކަށް ފޮނުވަންވީ ސިޓީއައެވެ. ދެން މި މީހާ އެ ސީޓި ފޮނުވުމުން މާ ގިނަ ދުވަހެއް ނުވެ އޭނާގެ އެކައުންޓަށް ފައިސާ ޖަމާވިކަމަށް އެންގިއެވެ. ދެން އެހީއަށް އެދުން ފަރާތުން އެނާ އަށް ދޭންޖެހޭ ފައިސާގެ މާ ބޮޑު ބައެއް ބޭނުން ނޫންކަމާއި އޭނާ އަށް ކުޑައަދަދެއް އެކައުންޓަށް ޖަމާކޮށްދޭން ބުނުމުން އަވަހަށް އެ އެކައުންޓަށް ފައިސާ ޖަމާކޮށްދިނެވެ. އޭނާ ފައިސާ ޖަމާކޮށްދިނުމުގެ ކުރީގައި އޭނާގެ ބެންކް ސްޓޭޓްމެންޓް ބަލާފައިނުވަނީ ގިނަ ފައިސާތައް ލިބުމުން އެކަމާވީ އުފަލުގެ ސަބަބުންނެވެ. އެހެންނަމަވެސް އޭގެ މާ ގިނަ ދުވަހެއްނުވެ އޭނާ ފައިސާ ނަގަންގޮސް ފައިސާ ހުރިވަރު ބެލުމުން އެނގުނު އެއްޗަކީ އެއްވެސް ވަރަކަށް ފައިސާ ޖަމާވެފައި ނުވާކަމެވެ. އަދި އޭނާ އަށް އެދެވުނީ އޭނާގެ އަމިއްލަ ފައިސާކަމެވެ. މީ ވިސްނާނުލާ އުޅޭނަމަ އިންޓަރނެޓުން އަހަރެމެންނަށްވެސް ދިމާވެދާނެ ހިތާމަވެރި ހާދިޘާއެކެވެ.

އަޅުގަނޑު މިކަމާއި ބެހޭގޮތުން ލިޔަން ގަސްދުކުރީ މިފަދަ ލިންކްތަކަށް ވަރަށް ގިނަ ފަރާތްތަކަށް މިފަދަ ކަންތަށްތައް ދިމާވުމާއި އަދި ހުދު އަޅުގަނޑަށްވެސް ދުނިޔޭގައި އާންމުވި މިފަދަ އީމެއިލްތަކެއް އައުމާއި ގުޅިގެންނެވެ. މިގޮތުން އަޅުގަނޑަށް އެ މެއިލްތަށް އައުމާއި އެކު ގޫގުލްގައި ޖަހައިގެން ސާރްޗްކޮށްލުމުން ވަރަށް ރީތިކޮށް އެ ޖަރީމާ ހިންގާފަރާތްތަކުގެ މައުލޫމާތު ހުރި ސައިޓަކަށް ވަދެވުނެވެ. އަދި އެ ސައިޓްގައި އެ އީމެއިލް ލިބިފައިވާ ވަރަށް ގިނަ މީހުން އެ މައުލުމާތު ހިއްސާކޮށްފައިވެއެވެ. އަދި އެ މައުލުމާތުތަކުން އަޅުގަނޑަށް ފާހަގަވީ އެއްކަމަކީ ހުރިހާ އެންމެންނަށްވެސް ފޮނުވާފައިވަނީ އެއް ލިޔުންތަކެއް ކަމެވެ. އިބާރާތުގައި އެއްވެސް ތަފާތެއްނެތެވެ. އެހެންނަމަވެސް ބައެއް ނަންތައް ބައެއްލިޔުމުގައި ތަފާތެވެ. އަދި އެ ސައިޓް ހިންގާ ފަރާތާއި އަޅުގަނޑު ވާހަކަ ދައްކާ މައުލޫމާތު ހިއްސާކުރީމެވެ. މިކަމާއި ގުޅިގެން އެފަރާތުން ބުނެފައިވަނީ އެފަދަ އެއްވެސް މެއިލްއެއް ގަބޫލުނުކުރުމަށެވެ. އަދި އެކަން އާންމުންނާއި ހިއްސާކުރުމަށެވެ. އެހެންކަމުން އަޅުގަނޑު މިބުނާ ސައިޓްގައި ދެކެވިފައި ހުރި ވާހަކަތަކާއި ސިޓީތައް އަޅުގަނޑަށް ލިބުނު މެއިލްގެ ރައްދުގައި ތީޔައީ އިންޓަރނެޓް މެދުވެރިކޮށް ފޭރުމުގެ ޖަރީމާ ހިންގާ ފަރާތެއްކަމަށާއި ތިފަދަ އަމަލުތަށް ނުކުރުމަށް ނަސޭހަތްތެރިވެ ޖަވާބު ފޮނުވީމެވެ. މިހެން ޖަވާބު ފޮނުވުމުން ހަބަރެއްނުވެ އަހަރެއްވުމަށްފަހު ހަމަ އެ ފަރާތުން އަޅުގަނޑަށް ދެވަނަ މެއިލް އެއް ކުރިއެވެ. އެ މެއިލްގައިވާ ގޮތުން އޭނާ އެހީ އަށް އެދުމުން އަޅުގަނޑުގެ ފަރާތުން އެހީތެރިކަމެއް ނުލިބުމުން ޕެރަގުއޭގެ މީހެއްގެ އެހީތެރިކަމުގައި ފައިސާ ހޯދައިގެން ޕެރަގުއޭގައި ވިޔަފާރިއެއް ފަށަން އުޅޭކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އަޅުގަނޑުމެން ހަނދާންކުރަންޖެހޭކަމަކީ މީހަކު ފައިސާތަކެއް ގިނަވެގެން ހަދާނެ ނުހަދާނެ ގޮތެއް ނޭގިގެން އިންޓަނެޓުން ނުދަންނަ މީހަކަށް މެއިލްކޮށް ފައިސާ ދޭން އުޅުމަކީ މީހަކު ކުރާނެ ކަމެއް ނޫނެވެ. އަދި ބުއްދި ގަބޫލުކުރާނެ ކަމެއް ނޫނެވެ. އަދި ބުއްދީގެ ހަމަތަކުން ބަލާއިރު މީހެއްގެ ފައިސާ އެއް އެހެން މީހަކަށް ބެންކަށް ސިޓީއެއް ފޮނުވާލާއިރަށް ބެންކެއްގައި ހުންނަ ފައިސާ ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

ނޯޓް: މިކަމާއި ގުލޭ އިތުރު ލިޔުމެއް ކުރިޔައް އޮތްތާ ލިޔެވޭނެ ވާހަކަ ދަންނަވަމެވެ.

އަޅުގަނޑަށް ލިބުނު މެއިލްތަށް

Hello Hussain,
How is your day today. My name is Miss Confidence Osah, single and never married, i am from Ivory Coast in west Africa and presently residing in the N’dioum refugee camp here in Senegal where i am seeking political asylum due to the civil war that was fought in my country. The Refugee camp is control by a Reverend father, i use his computer to send you this email when he is less busy in his office.

My late father DR DONALD OSAH  was chairman managing director ( OSAH INDUSTRIAL COMPANY LTD), in ABIDJAN the economy capital of my Country, and he was also the personal adviser to the former head of state before the rebels attacked our house one early morning and killed my mother and father in a cold blood. It is only me that is alive now and i managed to make my way to a nearby country Senegal where i am living now as a refugee.

I would like to know more about you. Your likes and dislikes, your hobbies and what you are doing presently. I like to meet loyal, understanding, sincere, trustful, kindly and friendly person. I hate lies, criminals, terrorists, unfaithful person, person with no respect to human being. Attached here is my picture,hoping to hear from you soonest. waiting for your reply. I hope you will tell me about your self and your country. My official language is French, but i prefer speaking English as i also want to perfect it.
Yours sincerely,
Confidence.

Hello dear Hussain,

You will have 20% of the total money for helping me In this Issue and 10% will be for any expenses that might come up in this transfer and the remaining money will be managed by you in any business of your choice with that of my education. Contact the bank immediately with this information, The contact address of the bank is as follows,

Name; FIBI BANK PLC LONDON
Address: N° 24 Creechurch Lane, London UK.
Email address: (info@fibibank-co.tk) (martin@fibibank-co.tk)
Name of the transfer officer is Mr.M.Berwald
Telephone number  0044-7031906036
Fax number  0044- 703-190- 4588

BELOW HERE IS THE ACCOUNT INFORMATION,

ACCOUNT NAME IS DR. DONALD OSAH
AMOUNT 2.9 MILLION DOLLARS.
NEXT OF KIN MIS.CONFIDENCE OSAH
ACCOUNT NUMBER 43473012

Contact them now on how to transfer the money. My dear i am glad that God has brought you to help me out from this situation and i promise to be kind and will equally need you in every area of my life plus investing this money since i am still to young to manage it.

Will you keep me safe when i come over to your country? this is because i don’t know any person over there. I am waiting to hear from you soonest that you have been in contact with the bank and when you receive from the bank, please inform me.

Yours sincerely.
Confidence.

 

 

Hello dear Hussain,
How are you today and your family, l hope you are fine. My day is very boring over here. In this camp we don’t go out because we are not allowed to do so, its just like one staying in the prison and l hope by God’s grace l will come out from here soon.

Reverend Joseph Barthel is the Reverend father of the ( Holy Reconciliation Church ) here in this camp has been very good to me since i came here. I am living in the women’s hostel because the camp have  two hostels one for men the other for women. The Pastor’s  Tel number is (+221-777-326-833) if you call, tell him that you want to speak with me he will send for me. I don’t have a cell phone of my own.

I want to go back to my studies because i only attended my first year in the university where i was studying medicine before the tragic incident that made me to be in this situation now. My Dear, l would like you to know that l have my late father’s statement of account and death certificate here with me, because when he was alive he deposited some amount of money in the Bank which he used my name as the next of kin.

The amount is  $2.9m (Two Million Nine Hundred Thousand US Dollars). As a refugee here i don’t have the right or privilege to withdraw the money my self because it is against the laws of this country. So l will like you to assist me in transferring this money to your account and from it you will send some money for me to get my traveling documents ( Passport, the United Nations Declaration) and air ticket to come over to meet with you in your country.

The money can’t be withdrawn here in Senegal where i am in refugee statues, like the Reverend would have help me. I want you to send me your contact information’s such as your

Names …………………………….
Address ……………………………….
Age ………………………………..
Telephone ……………………………

I have got in touch with the bank and made them to know about my plans to withdraw this money, How ever, the bankers advise me to get in touch with a very responsible person who will stand on my behalf to be my trustee and foreign partner. They also let me know about the bond which they signed with my father that they money will be handled to me in bulk amount which means l should decide if i will transfer the money all at once or in small parts.

I just have to let you know about this so that you can assist me to be my trustee and foreign partner on this money. Like i said, i want you to call me because we have a lot to talk. This is because i have contacted you alone. l kept this secret from people in this camp here the only person that knows about it is the Reverend because he is like a father to me. Have a nice time and think about me. My dear, this is the email address of the Reverend
(josephbarthclergy@yahoo.com). l hope to hear from you soon.
Yours sincerely.
Confidence.

 

މި އީމެއްލަތަށް ގަބޫލުނުކުރުމުން 1 އަހަރު  ފަހުން  ފޮނުވި މެއިލް

Hello Hussain,
I am very happy to inform you about my success in getting the fund transferred under the co-operation of a new partner from Paraguay. Presently I am in Paraguay now for investment projects with my own share of the total sum of the money .Now you will need to contact the new Rev Father whom used to be a God-father to me when i was in Dakar, his name is Rev Father Jude Patrick and his email address is as follows:(revjudepatrick35@yahoo.com) Or call him with this number(+221771311195),

Ask him to send you a certified bank draft of $300.000..00 Us dollars which I prepared and kept for your compensation for all the past efforts and attempts to assist me in this matter. I appreciated your efforts at that time very much. so feel free and get in touched with Rev  Father Jude Patrick and instruct him where to send you the draft cheque.

Please do let me know immediately you receive it so that we can share our joy and happiness after all the sufferings at that time.In the moment, I am very busy here because of the investment projects which me and the new partner are having at hand, finally, remember that I had forwarded instruction to Rev Father Jude Patrick on your behalf to receive that money. Therefore feel free to get in touch with him and he will send the cheque to you without delay.
Take care and bye for now.

Confidence.

ބެންކަށް ފޮނުވައިދިނުމަށް އެދި ފޮނުވާފައިވާ ސިޓީ

 

To
Mr. M. Berwald,
The Transfer Officer,
Fibi Bank Plc London.
Phone No: 0044-7031906036,
Email addresses; (info@fibibank-co.tk) (martin@fibibank-co.tk)

Subject:- TRANSFER FROM THE FIBI BANK PLC LONDON.

Respected Sir,
I, ………, resident of ………., wants to put forth the following
few lines for your kind favor and quick necessary action at your end.

That Miss Confidence Osah, daughter of Late Dr Donald Osah, now living
in Dakar Senegal, is in a refugee status. That I am her foreign
partner who will stand on her behalf. That she is the only next of kin
to her late father who has an account in your bank where he had
deposited some amount of money for her beloved daughter.

I want to know the possibilities of assisting her to transfer the
deposited amount of her late father of which she is the next kin to my
account in my country. After receiving a reply from you, I will be
able to know the procedure and possibility to transfer the amount from
your bank to my account. Expecting an early reply, with regards, Yours
faithfully,

Hello dear Hussain,
Am happy reading your mail always, as i access my mail box. Thanks for
your kindness towards me. i so much appreciate your effort to me .

Remember age or colors does not matter, what matters is love and
trust. I trust you most, with your polite ways of talking to me, while
writing mails to me. it shows your kind of human, besides i really
need your assistance out of this terrible place please, i have
suffered in here and could not help myself . and that is why i am
giving you all this information’s and it is for you alone.

You will have 20% of the total money for helping me In this Issue and
10% will be for any expenses that might come up in this transfer and
the remaining money will be managed by you in any business of your
choice with that of my education. Contact the bank immediately with
this information, The contact address of the bank is as follows,

Name; FIBI BANK PLC LONDON
Address: N° 24 Creechurch Lane, London UK.
Email address: (info@fibibank-co.tk) (martin@fibibank-co.tk)
Name of the transfer officer is Mr.M.Berwald
Telephone number  0044-7031906036
Fax number  0044- 703-190- 4588

BELOW HERE IS THE ACCOUNT INFORMATION,

ACCOUNT NAME IS DR. DONALD OSAH
AMOUNT 2.9 MILLION DOLLARS.
NEXT OF KIN MIS.CONFIDENCE OSAH
ACCOUNT NUMBER 43473012

Contact them now on how to transfer the money. My dear i am glad that
God has brought you to help me out from this situation and i promise
to be kind and will equally need you in every area of my life plus
investing this money since i am still to young to manage it.

Will you keep me safe when i come over to your country? this is
because i don’t know any person over there. I am waiting to hear from
you soonest that you have been in contact with the bank and when you
receive from the bank, please inform me.

Yours sincerely.
Confidence.

މި ހާދިސާތަކާއި ބެހޭގޮތުން ލިޔެ ޖަމާކޮށްފައިވާ ގިނަ މައުލޫމަތުތަށް އެކުލެވޭ ސައިޓެއް

419.bittenus.com

މި ސައިޓަކީ މިސް ޔަންގ މިފަދަ ފައިސާ ދަޅަދަށްކާ ކުށްވެރިންގެ އަމަލުތަށް ފަޅާއަރުވާލާ އެ އަމަލުތަކުން މީހުން ސަލާމަތްކުރުމަށް ހަދާފައިވާ ސައިޓެކެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ވިންޑޯސް އޯއެސް އަލާފައިވާ ކޮންޕިއުޓަރު އެޕަލް އޯއެސް އާ އެއްގޮތަށް ފެންނާނެ ގޮތެއް ހަދަން ބޭނުންފުޅުތޯ؟

Next Article

ފަތިސްނަމާދަށް ދިޔަ މީހެއްގެ އަޖާއިބުކުރަނިވި ވާހަކަ

Related Posts