ޝައިތާން ސިފަ ބަދަލުކުރޭތަ؟

ޝައިތާނާއަކީ ސިފަ ބަދަލުކުރާ ވާހަކައަކީ ދިވެހިންގެ ތެރޭގައި އާންމު ވާހަކައެކެވެ. އަދި ތަފާތު ޖިންނި ފިލްމުތަކުގައިވެސް މިފަދަ އެތައް މަންޒަރުތަކެއް އަންނަނީ ފެންނަމުންނެވެ. އެހެންނަމަވެސް އަޅުގަނޑުމެންނީ މުސްލިމުން ކަމަށް ވީ ހިނދު އަޅުގަނޑުމެން މިފަދަ ކަންކަމުގައި އިސްލާމްދީން އުނގެނިވަޑައިގެން ތިއްބެވި ފަރާތްތަކުގެ ބަސް ހޯދުމަކީ މުހިންމުކަމެކެވެ.  ފަތިސް ހަނދުވަރާއި ޒަލްޒަލާއާއި އެހެންވެސް ބިރުވެރި ފިލްމުތަކަށް ބަލާ ފުއްދާލެވޭނެ ކަމެއް ނޫނެވެ. މިގޮތުން އަޅުގަނޑު ބަޔާން މިކޮށްލަނީ ޖިންނި ސިފަ ބަދަލުވުމާއި ބެހޭގޮތުން ޝައިހް ގުބާދު ސިހްރާއި ބެހޭގޮތުން ލިޔުއްވާފައިވާ ފޮތުގައިވާ ކުޑަ މައުލޫމާތުކޮޅެކެވެ.

 ޝައިހް ގުބާދު ލިޔުއްވާފައިވެއެވެ. “ސިހުރުވެރިޔާއަށް މީސްތަކުން މަގުފުރަށްދާ ފިތުނަވެރި ކުރުވުމަށް މަގުފަހިކޮށްދެނީ ޝައިތާނާގެ ފަރާތުން ލިބޭ މަދަދާއި އެހީތެރިކަމެވެ.

އެއީ ކިހިނެތްވާ ކަމެއްތޯއެވެ.؟ … ހަމަކަށަވަރުން ﷲ ތައަލާ، ޝައިތާނުން އުފެއްދެވީ އަލިފާނުންނެވެ.  އެއުރެންގެ ތަބީޢަތުގައި އެއްސިފައިން އަނެއް ސިފައިން އަނެއްސިފައަށް ބަދަލުވުމުގެ ޤާބިލިއްޔަތު ލައްވާފައެވެ. އޭގެ މާނައަކީ ޖިންނީންގެ ތެރޭގައި ހިމެނޭ ޝައިތާނުންނަށް ބޭނުން ސިފަ ބަދަލުކުރެވޭނެ ކަމެވެ. ނަމަވެސް އިންސާނާއަށް ސިފަ ބަދަލުކުރުމުގެ ޤާބިލިއްޔަތުކަން ލިބިފައެއް ނުވެއެވެ. އިންސާނާއަށް ޝައިތާނާ ފެނުމުގެ ކުޅަދާނަކަން ލިބޭނީ އެބައިމީހުންގެ ޙިއްސުގެ ދާއިރާއަށް ގެނެވޭފަދަ އެއްޗަކަށް ނުވަތަ ސިފައަކަށް ޝައިތާނާ ސިފަ ބަދަލުވެއްޖެނަމައެވެ. އެހެންގޮތަކަށް ދަންނާވާނަމަ ޝައިތާނާ އޭގެ  ޙަގީގީ ސޫރައިގައި ވަނިކޮށް ފެނުމުގެ ޤާބިލިއްޔަތު އެއްވެސް އިންސާނެއްގެ ފެނުމުގެ ޙިއްސަކަށް ލިބިގެނެއް ނުވެއެވެ. މިސާލަކަށް ޝައިތާނާ އިންސާނީ ސޫރައަށް ނުވަތަ ޙައިވާނެއްގެ ސިފަޔަށް ބަދަލުވެއްޖެނަމަ އަޅުގަނޑުމެންނަށް ޝައިތާނާ ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ޝައިތާނާ މާއްދީ ސޫރައަކަށް ސިފަ ބަދަލުކޮށްފިނަމަ އެބަދަލުކުރި ސިފައެއްގެ ޤާނޫނު އެނާގެ މައްޗައް ހުކުމްކުރެއެވެ. މިސާލަކަށް އިންސާނީ ސޫރައަށް ސިފަބަދަލުވެއްޖެނަމަ އެފަދަ ހާލަތެއްގައި ފިސްތޯލައިން އުންޑައެއް ދޫކޮށްލިޔަސް ހަމަވަގުތުން މަރުވާނެއެވެ. މިދެންނެވި ސަބަބަބަށްޓަކައި ވަރަށްކުޑަ ހިނދުކޮޅަކަށްޓަކައި މެނުވީ ޝައިތާނާ ސިފަ ބަދަލުކޮށްގެން ނޫޅެއެވެ. ލޯމައްޗަށް ފެނުމާއި އެކު  ހަމަ އެވަގުތުކޮޅުގެ  ތެރޭގައި  ގެއްލިދެއެވެ. އެހެނީ އެފަދަ ސޫރައެއްގައި  ވަނިކޮށް މީހަކަށް ފެނިއްޖެނަމަ ޤަތުލުކޮށްފާނެކަން އޭނާ ދަނެއެވެ.”

ކީރިތި ޤުރުއާނުގެ އާޔަތެއް  އަދި ކީރިތި ރަސޫލާގެ އަރިހުން ސީރަތުފޮތުގައި ރިވާކުރެވޭ ހަދީޘެއްވެސް ޝައިޙް ގުބާދު ޝިހުރު ހާހޫރައިގެ ހަގީގަތް ބަޔާންކުރުމަށް އެކުލަވާލި ފޮތުގައިވެއެވެ، މާނައަކީ ” ރޭގައި  ޖިންނީންގެ ތެރެއިން ހިމެނޭ ބާރުގަދަ ޢިފްރީތަކު ތިމަންކަލޭގެފާނުގެ ނަމާދު ބާތިލްކޮށްލުމަށް އެދިގެންއައެވެ. ދެން ﷲތަޢާލާ ތިމަންކަލޭގެފާނުގެ ބާރުގެ ދަށަށް އެސޮރު ލައްވައިފިއެވެ. އެހިނދު އެސޮރު ހިއްޕަވައިގެންފައި މިސްކިތުގެ ތަނބުތަކުގެ ތެރޭން ތަނބެއްގައި ބަނދެލުމަށް ހިތްޕުޅަށްއެރިއެވެ. އެއީ ތިޔަބައިމީހުން އެނެމެން ބެލުމަށްޓަކައެވެ. ނަމަވެސް ތިމަންކަލޭގެފާނު އަޙް ސުލައިމާނުގެ ފާނު ﷲއަށް ދެންނެވި( ހައްދަވާ ބޮޑުކުރެވި ރަސްކާލާކޮ! އަޅުގެ ފާފަ ފުއްސަވާންދޭވެ! އަދި އަޅުގެ ފަހުން އަންނަ އަންނަ އެއްވެސް މީހަކަށް ނުލިބޭނެ ރަސްކަމެއް އަޅަށް ދެއްވާންދޭވެ! ހަމަކަށަވަރުން އިބަ ރަސްކާލާންގެއީ ގިނަގިނައިން ދެއްވާ ރަސްކަލާންގެއެވެ.) މިދުޢާފުޅު ހަނދުމަވުމުން އެސޮރު ދެރަކޮށްލައްވާފައި އައިކޮޅަށް ފޮނުވާލެއްވީއެވެ.

ނުނިމޭ…

މި ލިޔުން އެކުލަފައިވަނީ ޝައިހް ގުބާދުގެ (ސިހުރު ހާހޫރައިގެ ޙަގީގަތް) މި ނަމުގައި ވާ ފޮތުންނެވެ.  ފޮތުގެ އަސްލު އެކުލަވާލާފައިވަނީ 1990 ވަނަ އަހަރުއެވެ. އަދި ޝައިހްގެ މިފޮތަކީ މިސްރުގެ މަޝްހޫރު އިލްމްވެރިޔާ ފަޞީލަތުއް ޝައިހް  މުޙައްމަދު މުތައްވަލީ އައްޝަޢުރާވީ ޢަރަބި ބަހުން  ލިޔުއްވާފައިވާ ”  އައްސިޙްރު ވަލް ޙަސަދު” ގެ ސިހްރާއި ބެހޭ ބައިގެ ތަރުޖަމާއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ފޭސްބުކް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތަށްޓަކައި ވިސްނާލުން މުހިންމު ކަމެއް

Next Article

އަލްމަންޑް- ހުރިހާ އުމުރެއްގެ މީހުންނަށް ފައިދާ ހުރި އެއްޗެއް

Related Posts