އިވޮލިއުޝަން ތިއަރީ

 

މިހާރަކަށްއައިސް އިވޮލިއުޝަން ތިއޮރީގެ ދޮގުކަމާއި ދެކޮޅުނުޖެހޭކަން ބަޔާންކުރާއިރު ވަރަށް ގިނަފަހަރަށް އަހަރެމެން މުސްލިމުންތެރޭގައިވެސް ބުއްދީގެ ދަލީލުތަކެއްގެ ވާހަކަދެއްކޭ އަޑުއިވެއެވެ. ތެދެކެވެ. އެތިއަރީތަ

ކަކީ ހަމަ ނުޖެހޭ ދޮގުތިއަރީތަކެއްކަން އިންސާނާއަށް ބުއްދީގެ ދަލީލުތަކެއް ދެއްކިދާނެއެވެ.  އަދި އެ ބުއްދީގެ ދަލީލުތައް އެހެން ދީންތަކުގެ މީހުންނަށް ނުވަތަ ގުރުޢާން ގަބޫލުނުކުރާ މީހުންނަށް ވިސްނައިދޭން ބޭނުންކުރެވިދާނެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. އީމާންވެގެން މިތިބީ ﷲ އާއި ރަސޫލާ އާއި ރަސޫލާ ގެންނެވިހާ ކަންތައްތަކަށެވެ. އެހެންކަމުން އަހަރުމެން މުސްލިމުންނަށް މީގައި ބުއްދިއަށްވުރެ ކުރިން ﷲގެ އާޔަތްތަކާއި ރަސޫލާގެ ބަސްފުޅުތައް ބަލާލީމާއި އެ ތިއަރީތަކުގެ ހަމަނުޖެހޭކަން ސާބިތުވެއެވެ. ސަބަބަކީ ﷲ ގެ ބަސްފުޅަކީ ހައްޤުތެދެވެ. އެބަސްފުޅުގައި އެއްވެސް ދޮގެއް ނުވާނެކަން ޝައްކެއްނެތި ގަބޫލުކުރަންޖެހެއެވެ. ﷲ ގެ ބަސްފުޅުތަކުގައި ވަރަށް ސާފުކޮށް އިންސާނާގެ އުފެދުން ވަނީ ބަޔާންކުރައްވާ އަންގަވާފައެވެ..

ﷲ އިންސާނާގެ އުފެދުމާއި ބެހޭގޮތުން ސޫރަތުލް އަޢުރާފްގެ 11 ވަނަ އާޔަތުގައި ވަހީކުރަށްވާފައިވަނީ “ ހަމަކަށަވަރުން، ތިމަންރަސްކަލާންގެ ތިޔަބައިމީހުން (އެބަހީ: ތިޔަބައިމީހުންގެ އަސްލުކަމުގައިވާ އާދަމްގެ ފާނުނު) ހެއްދެވީމެވެ. ދެން ތިޔަބއިމީހުން ( އެބަހީ: އާދަމް ގެފާނު) ސޫރަކުރެއްވީމެވެ. ދެން މަލާއިކަތުންނަށް ވަހީކުރެއްވީމެވެ. އާދަމް ގެފާނަށް ތިޔަބޭކަލުން ސަޖިދަކުރަށްވާށެވެ! ދެން އިބްލީސް ފިޔަވައި، އެއުރެން ސަޖިދަކުރޫއެވެ. ސަޖިދަ ކުރެއްވި ބޭކަލުންގެ ތެރެއެިން އެކަަލޭގެ ނުވެއެވެ. މި ﷲ ގެ ބަސްފުޅެވެ. މި އާޔަތުގައި މިވަނީ އެންމެ ފުރަތަމަ މި ބިންމައްޗައް ލެއްވި އިންސާނާގެ އުފެދުމުގެ ވާހަކައެވެ. އެހެންކަމުން އަޅުގަނޑުމެން  އިންސާނާގެ އުފެދުމުގެ އަސްލަކީ މަންކީކަމަށް ބުނަމުން އައިނަމަވެސް އެކަމަކީ ވަރަށް ބޮޑުވެގެންވާ ދޮގެއްކަން މިއޮތީ ފެންނާށެވެ. އަދި އިންސާނާގެ އުފެދުމާއި ބެހޭގޮތުން މިފަދަ އެތައް އާޔަތްތަކެއް ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވާއިރު އެ އާޔަތްތަކާއި މެދު ވިސްނާލާ ގަބޫލުކުރާނަމަ ހިތުގައި ޝައްކެއް އުފެދޭނެ ޖާގައެއް ނޯންނާނެއެވެ

އިންސާނާ ހެއްދެވުމާއި ބެހޭގޮތުން ސޫރަތުލް މުއުމިނީން ގެ 14 ވަނަ އާޔަތުގައިވަނީ ”ދެން ތިމަންރަސްކަލާންގެ އެ މަނިތިކި، ގަނޑުލޭކޮޅަކަށް ހެއްދެވީމެވެ. ދެން އެ ގަނޑުލޭކޮޅު، މަސްކޮޅަކަށް ހެއްދެވީމެވެ. ދެން އެ މަސްކޮޅު ކަށްޓަށް ހެއްދެވީމެވެ. ދެން އެ ކަށީގައި މަސްލެއްވީމެވެ. ދެން އެހެން އުފެއްދެވުމަކުން އެ އިންސާނާ އުފެއްދެވީމެވެ. ފަހެ، އެންމެ ފުރިހަމައަށް ތަކެތި ހައްދަވާ ﷲ، މަތިވެރިވެވޮޑިގެންވެއެވެ. މީ ﷲ އިންސާނާގެ އުފެދުމާއި ބެހޭގޮތުން އަންގަވާފައިވާ ބަސްފުުޅުތަކެވެ. ކޮންމެ އާޔަތެއްގައިވެސް މިވަނީ އިންސާނާ އުފެއްދެވިކަމަށެވެ.  އަދި ވަކި ކަހަލަ ޖަނަވާރެއް ވަކި މުއްދަތަކަށް ބަދަލުވަމުން ގިނަ އަހަރުތަކަކުން އައިސް އިންސާނާގެ ސިފައަށް ބަދަލުވީކަމަކަށް ނޫނެވެ. އަދިވެސް ކީރިތިޤުރުއާނުގައި މިކަމާއި ގުޅޭއާޔަތްތައް އެބަހުއްޓެވެ. އޭގެތެރޭގައި ސޫރަތުލް ހައްޖުގެ 5 ވަނަ އާޔަތާއި އަލްއިންސާންގެ 2 ވަނަ އާޔަތާއި ސޫރަތުލް ފުރުޤާންގެ 54 ވަނަ އާޔަތް ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

މަންމާއެވެ.

Next Article

ވައިރަސް އަރައިގެން ޕެން ނުވަތަ ހާރޑްގައި ހުންނަ އެއްޗެހި ގެއްލުމުން ހަދާނީ ކިހިނެތް؟

Related Posts