ސާނިޔާއަކީ އަތޮޅު ތައުލީމީމަރުކަޒްގެ ޓީޗަރެކެވެ. ނަމަވެސް ސާނިޔާއަކީ މިރަށު ކުއްޖެއްނޫނެވެ. ސާނީ މިރަށަށްއައީ އޭނާގެ މަންމަވެސް އެދުމުގެ މަތިން ތަޖްރިބާގެގޮތުން ބޮޑުތަނެއްގައި ފުރަތަމަ އަހަރު މަސައްކަތްކުރުމަކީ ރަނގަޅުކަމެއްކަމަށް ފެންނާތީއެވެ. ސާނިޔާ މިރަށުގައި ހުންނަނީ ސަނިޔާގެ ދުވަސްވީ ރަހްމަތްތެރިއެއްކަމަށްވާ ނަސީމާއްތަ ގޭގައެވެ. ނަސީމައްތަވެސް ސާނިޔާއާ ދޭތެރޭ ދެކެނީ އޭނާގެ އުފަންދަރިއެއް ފަދައިންނެވެ. ސްކޫލް ވަގުތުތައް ފިޔަވާ ސާނިޔާގެ ހުރިހާ ވަގުތެއްހެން ހޭދަކުރަނީ ނަސީމާއްތަގެ ދަރިފުޅު، އެންމެ 5 އަހަރުގެ ކުޑަކުޑަ އަބާޔާއެކުގައެވެ. އަބާގެ ކޮންމެ ހަރަކާތަކުން ސާނިޔާގެ ހިތައް އުފާވެރިކަމެއްގެނުވައެވެ. އަބާގެ ތުއްތުތުއްތު އަޑުންބުނެލާ ކޮންމެ ޖުމްލައަކުން ސާނިޔާ ހިތަށް ހަމަޖެހުން ގެނުވައެވެ. ތެދުތެދަށް ބުނަނީނަމަ ސާނިޔާ މިރަށުގހައި ހޭދަކުރާ ދުވަސްތައް ހިތްހަމަޖެހުމާއެކު ހޭދަކުރުމުގެ ހަޤީޤީ ސިއްރަކީ އަބާއެވެ.
މިއަދަކީ ހުކުރުދުވަސްކަމުން ސާނިޔާ ހެނދުނު ހެނދުނާ ތެދުވެ ގޭތެރޭގެ އެކިއެކިކަންކަމުގައި އުޅެންފެށިއެވެ. އާނާ ބޭނުންވަނީ މިއަދު ނަސީމާއްތައަށް އެއްވެސްކަމެއް ނުޖައްސާ ހުރިހާކަމެއްމެސް ކުރާށެވެ. އެހެންކަމުން ހެނދުނުގެ ސައިތައްޔާރުކުރަން ބަދިގޭގައި އުޅެނިކޮށް ކުއްލިއަކަށް ކުޑަކުޑަ އަބާ އައިސް ސާނިޔާގެ ގައިގައި އޮޅުލައިގަތެވެ.
ދައްތާ! ދައްތާ! މިއަދު ދޮންބެ އަންނާނެ.
އަބާގެ މިވާހަކަތަކުން ސާނިޔާ ހައިރާންވިއެވެ.
އަބާގެ ދޮންބެ ކޮބާތަ؟ ސާނިޔާ ސުވާލުކުރިއެވެ.
ދޮންބެ އުޅެނީ މެލޭޝިޔާގައި ކިޔަވަން. މަންމަބުނީ ދިހައެއްޖަހާއިރު އަންނާނެޔޯ! އަބާހުރީ ވަރަށް އުފަލުންނެވެ.
ނަސީމާއްތަ ހުރީ އުފަލުން ފޮޅިފައެވެ. ހީވަނީ ދެޢީދު އެއްފަހަރާ ލައިގަނެގެން އުޅޭހެންނެވެ. ތަންތަން ފޮޅާ ސާފުކޮށް ޒަޔާންގެ ކޮޓަރި ތައްޔާރު ކުރަނީއެވެ.
ސާނިޔާ ހުރީ މެޝިންގައި ދޮވެފައިހުރި އަންނައުނުތައް ނަގާށެވެ. ކުއްލިއަކަށް އަބާއައިސް ސާނިޔާގެ އަތުގައި ހިފާ ދަމަން ފެށިއެވެ. އާދެބަލަ! ދަމަމުންކަހަލަ ގޮތަކަށް ގެންގޮސް ގޭތެރެއަށް ވެއްދިއެވެ. މިހިރީ ދޮންބެ! ސާނިޔާދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ބަލައިލެވުނީ އަޒާންގެ މޫނަށެވެ. އެވަގުތު އަޔާންވެސް ހުރީ ބަލަހައްޓައިގެންނެވެ. ސާނިޔާ އަވަސްއަވަހަށް އިސްޖަހާލިއެވެ. އަޔާން އަބާ އުރާލިއެވެ. އަދި އަބާގެ ދައްތަގެ ހާލްކިހިނެތްހޭ އަހާލިއެވެ.
ދައްތަގެ ހާލް ރަނގަޅު. އަބާގެ ތުއްތުއަޑުން ބުނެލިއެވެ.
ސާނިޔާއަށާއި އަޔާންއަށް އެއްފަހަރާ ހީލެވުނެވެ. ސާނިޔާބެލީ އަވަހަށް އެތަނުން ދެވޭތޯއެވެ. އަޔާންއަކީ އަދި ސާނިޔާއަށް ބީރައްޓެއްސެކެވެ. އިރުކޮޅަކުން އަބާ އަތުވެއްޖެއެވެ. ވަރަށްއަވަހަށް ދޮންބެއަށް ކޮފީއެއް. އަބާހީވަނީ ބޮޑުމީހެއްހެންނެވެ. ސާނިޔާގާތަށް ހިނިއައެވެ. ކޮފީ ހިފައިގެން ދިޔައިރު ސިޓިންރޫމްގައި އަޔާން އިނެވެ. ކޮފީތަށި ދިނުމަށްފަހު ސާނިޔާ ހިނގައިގަތެވެ.
ދައްތަކައިރީބުނޭ ކޮފީ ވަރަށްމީރޭ. އަޔާންގެ އަޑުއިވުމުން ސާނިޔާއަށް ހުއްޓެވުނެވެ. ނަމަވެސް ފަސްއެނބުރި ބަލާވެސްނުލާ ސާނިޔާ އެދިޔަގޮތަށް ދިޔައީއެވެ.
މިއަދަކީ ހޮނިހިރުދުވަހެވެ. އިއްޔެ ދޮންބެ އައުމާއި ގުޅިގެން އަބާއަށް ސާނިޔާދައްތައާއެކު ހިނގާލަންވެސް ނުދެވުނެވެ. އެހެންކަމުން މިއަދު ހެނދުނު ހޭލިގޮތަށް އަބާ ޝަކުވާކުރިއެވެ.
ދައްތާ! މިއަދު ހިނގާލަން ދާންވާނެ.
ސާނިޔާ އަބާ ގަޔާ ކައިރިކޮށްލިއެވެ. ޔަގީންތާ!
އަޔާންއައިސް ކާމޭޒްކައިރި އިށީނެވެ. އަބާއަށްލިބުނީ އިތުރު އުފަލެކެވެ. ދޮންބެވެސް ދާންވާނެ. ދާނީ އަބާޔާ ސާނިޔާ ދައްތަޔާ ދޮންބެއާ ތިންމީހުން. ދޯދައްތާ! ސާނިޔާއަކަށް ބުނާނެ އެއްޗެއް ނޭންގުނެވެ.
ޕްލީޒް ޕްލީޒް ދައްތާ! އެންމެފަހުން ސާނިޔާ އާއެކޭބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
އެދުވަހު ވަރަށްގިނައިރު ގޮޑުދޮށުގައި ދެމީހުން ހިނގިއެވެ. އަބާޔާއެކު ކުޅުނެވެ. ސާނިޔާއާއި އަޔާންއާދެމީހުން ތަޢާރަފްވިއެވެ. އެތައްވާހަކަތަކެއް ދެއްކިއެވެ. ސާނިޔާގެ ރަށެވެ. އާއިލާގެ މެންބަރުންނެވެ. އަޔާންގެ ކިޔެވުމުގެ ވާހަކައެވެ. މިހާރުއެއީ ދެރަހްމަތްތެރިންނެވެ.
އަޔާން އައިތާ 15 ވަރަކަށްދުވަސް ވެއްޖެއެވެ. ސާނިޔާއާއި އަޔާންގެ ރަހްމަތްތެރިކަން ވަރަށް ބަދަހިވެއްޖެއެވެ. އަޔާންގެ ތަޢުލީމީފެންވަރާއި އަޅާބަލާއިރު އޭނާގެ ކިބައިގާ އެއްވެސް ފޮނިކަމެއް ދެއްކުންތެރިކަމެއް ނެތެވެ. މިކަންވެގެންދިޔައީ ސާނިޔާއަށް އެންމެ ކަމުދިޔަ ސަފައަށެވެ. ހަމައެފަދައިން ސާނިޔާގެ ރީތިކަމާ ރަނގަޅުކަމަށް އަޔާންގެ ހިތުގައި ތަޢުރީފުގެ ފުންޏެއް އެކުވެފައި ވެއެވެ. އަޔާން ސާނިޔާއާއި ލޯބީގެ ގޮތުން ގުޅެން ނިންމިއެވެ. ސަބަބަކީ ސާނިޔާގެ ކޮންމެ ހަރަކާތަކުން އަޒާންއަށް ފެންނަމުންދިޔައީ ސާނިޔާގެ ރަނގަޅުކަމެވެ. އެންމެފަހުން އަޔާން ވަރަށްގިނަ ގޮތްގޮތުން ވިސްނުމަށް ފަހު ސާނިޔާއަށް ލޯބި ހުށައެޅުމަށް ނިއްމިއެވެ. ސާނިޔާއާއި އަބާ ގޮވައިގެން ހިނގާލަންދާން ނިންމީ އަޔާންއެވެ. އަބާކުޅެން ބޭންދުމަށްފަހު އަޔާން ސާނިޔާގެ ގާތަށް ޖެހިލިއެވެ.
އަހަރެން ސާނިޔާގާތު ވާހަކައެއްބުނަންއުޅޭތާ ދުވަސްކޮޅެއް ވެއްޖެ. އަހަރެން ބޭނުން ސާނިޔާ އަހަރެންގެ މީހަކަށް ހަދަން.
އަޔާންގެ މިވާހަކަތަކުން ސާނިޔާއަށްލިބުނީ އުފާވެރިކަމާއި ހައިރާންކަމެވެ. ނަވަމެސް އޭނާ ހަމައެކައްޗެއްވެސް ނުބުނެ އިސްޖަހާލައިގެން އިނީއެވެ. އަނެއްކާވެސް އަޔާން ބުނަންފެށިއެވެ.
އަހަރެން އުންމީދުކުރަނީ ސާނިޔާ އާއެކޭ ބުނާނެކަމަށް. ކޮންމެވެސް ޖަވާބެއް ދީބަލަ.
އަޔާންއަށްދޭނެ ޖަވާބެއް ސާނިޔާގެ ކިބައިގައިނެތްކަމެއް އަޔާންއަކަށް ނޭނގެއެވެ. އެދުވަހު ދެމީހުންގެއަށް އައިރު ދެމީހުންގެ މޫނުމަތިންވެސް ފާޅުވަނީ ނުތަނަވަސްކަމެވެ. ކަންބޮޑުވުމެވެ. އަޔާންވިސްނަމުންދަނީ ސާނިޔާ ދީފާނެ ޖަވާބަކާމެދުއެވެ. ސާނިޔާ ވިސްނުންހުރީ އަޔާންއަށް ދޭނެ ޖަވާބަކާމެދުއެވެ. އަޔާންއާނުލާ އެންމެ މިނެޓެއްވެސް ހޭދަކުރުމަކީ މިއަދު ސާނިޔާއަށް ދަތިކަމެކެވެ. ނަމަވެސް ސާނިޔާ ޤަބޫލްކުރާގޮރުގައި ސާނިޔާގެ ހަގީގަތް އެނގިއްޖެނަމަ، އަޔާން ސާނިޔާ ބޭނުމެއް ނުވާނެއެވެ. އަދި ސާނިޔާގެ ނަފްސު ސާނިޔާ އަށް ވިސްނާދިން ގޮތުގައި ސާނިޔާފަދަ ކުއްޖަކާ ގުޅޭވަރަށްވުރެ އަޔާންއަކީ މާ މާތް މީހެކެވެ. ވީމާ، އަޔާންގެ އެދުމަށް އިޖާބަދިނުމަކީ ސާނިޔާ ކުރަންހެޔޮވާވަރުކަމެއްނޫންކަމަށްސާނިޔާ ނިންމިއެވެ.
މިހާރު ސާނިޔާ މަސައްކަތްކުރަނީ އަޔާންއަށްނުފެނި އުޅޭށެވެ. އަޔާން ކާގޭގައިއިނަސް ސާނިޔާ ކޮޓަރިއަކުން ނުނިކުމެއެވެ. ސާނިޔާ ހުރިތަނަކަށް އަޔާން އަޔަސް އަވަސްއަވަހަށް އެތަނަކުން ދެއެވެ. އަޔާންއަކަށް މިއީ ކެއްކުރެވޭވަރުގެ ކމަކަށްނުވިއެވެ. ހަވީރުގެ ވަގުތެކެވެ. އަޔާންގެ ގަމީސް އިސްތިރިކުރަން މަންމަބަލައި އަބާފޮނުވިއެވެ. އަބާ އައީ ސާނިޔާ ގޮވައިގެންނެވެ.
ބުނެފީމެއްނު މަންމަގާތުބުނާށޭ! އަޔާންއަށް ބޭއިހްތިޔާރުގައި އަބާޔާދިމާއަށް ހަޅޭއްލަވައި ގަނެވުނެވެ.
އަބާހުރީ ބިރުންނެވެ. ސާނިޔާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އަވަސްއަވަހަށް ކޮޓަރިޔަށްގޮސް އެތައްއިރެއްވަންދެން ރުޔެވެ. އަޔާންގެ ޖަޒްބާތީ ހާލަތު ސާނިޔާއަށް ވިސްނެއެވެ. ނަމަވެސް އޭނާގެ މަޖްބޫރު އޭނާ ފަސްޖެހޭ ސަބަބު އަޔާންގެ ކުރިމަތީ ހާމަކުރާހާ ހިތްވަރެއް ސާނިޔާގެ ކިބަޔަކު ނެތެވެ. ސަބަބަކީ އަޔާންއަށް އެއްވެސްކަމެއް އޮޅުވާލައިގެން އުޅެން ސާނިޔާ ބޭނުންނުވުމެވެ.
ނަވަވެސް …. ސާނިޔާ ހިތްވަރާއެކު ތެދުވިއެވެ. އަދި ކުޑަ ކަރުދާސްކޮޅެއް އަބާގެ އަތަށް ދިނެވެ.
މީތިކޮޅު ދޮންބެ އަތަށްދީ! އަބާ ހީވަނީ އަދިވެސް ބިރުން ހުރިހެންނެވެ. ސާނިޔާގެ ކަރުދާސްކޮޅު ހިފައިގެންގޮސް އަޔާންގެ އަތަށް އަބާދިނެވެ. އަދި އަނގައިންވެސް ނުބުނެދާންފެށުމުން އަޔާން ވަރަށްލޯބިން އަބާ އުރާލާ ކޮލުގައި ބޮސްދިނެވެ. އަދި ސޮރީ އޭބުނެލިއެވެ. ” އިޓްސް އޯކޭ ” ކުޑަކުޑަ އަބާ ޖަވާބުދިނެވެ.
” މިރޭ އަހަރެން ބަދިގެ ފަރާތު ޖޯލީގައި އަޔާންއަށް އިންތިޒާރު ކުރާނަން. ” ކަރުދާސްކޮޅު ކިޔާލުމުން އަޔާންގެ ހިތް ނަށައިގަތެވެ. ލިބުނު އުފަލެއް ބަޔާންކުރަންވެސް ދަތިވިއެވެ.
ގަޑިން ރޭގަނޑު 8:30 އެވެ. އަޔާންގޮސް ސާނިޔާގެ ކުރިމައްޗަށް ހުއްޓުނެވެ.
” އިސީންނަން ވީތަ؟ ” އަޔާން ލާނެއް ގޮތަކަށް އަހާލިއެވެ.
ހޫނ! ސާނިޔާ ޖަވާބު ދިނެވެ.
ސާނިޔާ ވާހަކަދައްކަން ފެށީ ކުރެހިފައިވާ އަޑަކުންނެވެ. އަހަރެންނަކީ ކާކުކަމެއް އަޔާންއަކަށް ނޭގޭނެ. އަހަރެންމީ އަޔާންއާ އެކަށީގެންވާމީހެއްނޫން. އަހަރެންގެ ހަގީގަތް އެގިއްޖެނަމަ، އަޔާން އަހަންނަކާ ނުގުޅޭނެ. ސާނިޔާގެ ވާހަކަ މިހިސާބަށް ދާއިރަށް އަޔާން ކުއްލިއަކަށް ތެދުވިއެވެ. އަދި ބުނަންފެށިއެވެ.
ސާނިޔާ. ސާނިޔާ އެހެންމީހަކުދެކެ ލޯބިވާވާހަކަ ބުނެފިނަމަ، އަހަރެން ސާނިޔާއަކަށް އެއްވެސް އުނދަގުލެއް ނުކުރާނަން. އަހަރެން މީ އެހާ އަމިއްލަ އެދުންބޮޑު މީހެއްނޫން. އަދި އަހަރެން ސާނިޔާއާގުޅެން ނިންމީ ސާނިޔާއަކީ ފަގީރެއްތޯ މުއްސަންޖެއްތޯ ބަލާފައެއްނޫން. ޕްލީޒް އަހަރެންނަށް މާފުކުރޭ. ސާނިޔާއަކީ އެހެންމީހެއްގެ ހައްޤެއްކަން އެގިންޖެ. އަހަރެންގެ އެއްވެސް ޝަކުވާއެއް މައްސަލައެއްނެތް. އަޔާން ހިނގައިގަތެވެ.
” އަޔާން ތިޔަވާ ލޯތްބަށް ވުރެ ބޮޑަށް އަހަރެން އަޔާން ދެކެލޯބިވަން. ” ސާނިޔާގެ އަގައިން ނިކުންޖުމްލަ އަޔާންގެ ދެފައިގައި ކަސްތަޅު އަޅުވައިފިއެވެ. މުޅި މީހާ ފިނިވެއްޖެއެވެ. މުޅި މީހާ ފިނިވެއްޖެއެވެ. އަޔާން އައިސް ސާނިޔާގާތުގައި އިށީނެވެ.
” ދެން ކީއްވެ އެއްބަސް ނުވާންތިއުޅެނީ ” އަޔާންގެ ސުވާލަށް ސާނިޔާދިން ޖަވާބުން އަޔާން ގަނޑުވިކަހަލައެވެ.
” އަހަރެންމީ ބައްޕައެއްނެތް ކުއްޖެއް. އެހެން ބަޔަކު ކުރި ފާފައެއްގެ ނަތީޖާ. ދެންވެސް އަޔާން އަހަރެން ޤަބޫލްކުރާނަންތަ؟ ސާނިޔާގެ މިވާހަކަތަކާއެކު މުޅިތަން ހަމަހިމޭންކަމުގެ ސްކޫތެއް ގެނުވިއެވެ. އަޔާން އިސްއުފުލާލިއެވެ. އަދި ވޭނާ ރިހުން އެކުލެވޭ އަޑަކުން ބުންޏެވެ. ސާނިޔާ! އަހަރެންނާދިމާލަށް ބަލައިލަބަލަ! އަހަރެންގެ ބައްޕަ ހުރިވާހަކަ ލިޔެފައި އެބައޮތްތަ؟ މިއަދު މިރާއްޖޭގައި ސާނިޔާފަދަ އެތައްބަޔަކު އުޅެ. އޭގެތެރެއިން އެކަކުކަމުގައި އަހަރެން ވާކަމަށް ޤަބޫލް ކުރާނަންތަ؟ އަޔާންބުނީ އެއްޗެއް ސާނިޔާއަށް ޤަބޫލް ނުކުރެވުނީ ކަންނޭންގެއެވެ. އަޖައިބުން ފުރިގެންވާ ނަޒަރަކުން އަޔާންގެ މޫނަށް ސާނިޔާ ބަލައިލިއެވެ. އަޔާން ބުނަންފެށިއެވެ. އަހަރެންގެ މަންމަގެ ޢުމުރުން ދާދި ޅައިރު މީހެއްގެ ދަލުގައި ޖައްސާ ދިން އެހީގެ ނަތީޖާއަކީ އަހަރެން. އަހަރެންގެ ބައްޕައަކީ ކާކުކަމެއް އަދި އަދަށްވެސް ނޭންގެ ނުވެސް ދެކެން. ބުނެބަލަ!. އެއީ އަހަރެންގެ ނުވަތަ ސާނިޔާގެ ކުށެއްތަ؟ ހުދު އަހަރެންގެ ބައްޕައެއްވެސް ނެތް؟ ވީއިރު ތިޔަ ސަބަބާހުރެ އަހަރެން ސާނިޔާ ދޫކޮށްލާނީ ކޮހިނެތް؟ ހަމަތެދެއް. މަންމަގެ ޒުވާން އުމުރު ދުއްވާލީ ހިތާމާގައި . އަބާގެ މަންމަޔާ ބައްޕަ ކައިވެނި ކުރީ އަހަރެން ގުރޭޑް 10 ވެސް ނިންމިފަހުން. އެއީ އަހަރެންގެ ދޮންބައްޕަ. އަޔާންގެ އަގައިން ބޭރުވި ވާހަކަތައް އަޑުއަހާފައި ސާނިޔާއަށް ވަރަށް އަސަރުކުރިއެވެ. އަދި ބުނަންފެށިއެވެ. އަހަރެންގެ އުމުރުން ގޮތްގޮތް އެނގޭވަރި ވީފަހުން އެންމެ ގިނައިން ކުރެވޭ ސުވާލަކީ ބައްޕަ ކޮބައިތޯ ކުރެވޭ ސުވާލު. އެކޮންމެ ފަހަރަކު މަންމަގެ ބަސް ހުއްޓޭ. ޒުވާން އުމުރަށް އެޅިފަހުން ހަޤީގަތް އެނގުމުން އެކަމާ އަމިއްލަ ނަފްސައް މަލާމާތްކުރެވޭ. އަމިއްލައަށް ބާކީ މީހެއްކަމުގައި ގަބޫލްކުރެވެ. އަހަރެމެންގެ ހާލު މިހެންހުރިއިރު އަހަރެންފަދަ އެހެންކުދިންގެ ހިތުގައިވެސް ޝަކުވާތަކެއް ވާނެކަން ގައިމު. މިއީ ކޮންމެ އަންހެނަކާއި ފިރިހެނަކުވެސް ވިސްނަން ޖެހޭކަމެއް. ސާނިޔާގެ މި ވާހަކަތައް ހުއްޓުވާލީ އަޔާންއެވެ. އަދި ސާނިޔާގެ ލޮލުން ފައިބާފައިވާ ކަރުނަތައް ފޮހެލުމަށްފަހު އަޔާން އަޔާން އަމިއްލަ އަށް އޭނާގެ ލޮލުން ފޭދުނު ކަރުވަނެސް ފޮހެލިއެވެ. ސާނިޔާއަށް ސިއްރު ސިއްރުންނެވެ.