ހިތް ނުތަނަވަސްވުން

 ހިތް ނުތަނަވަސް ވުމަކީ ކޮބާ؟ މިއީ، ފިކުރުތައް ގިނަވެ ކަންބޮޑުވާން ފެށުމުން އިޙްސާްވާން ފަށާ ކަމެކެވެ.

ހިތް ނުތަނަވަސް ވާން ފެށުމުން ވާނީ ކިހިނެތްތޯ؟

ނަފްސާނީގޮތުން މީހައަށްވާނެ އުނދަގޫތައް:

  • ހިތްހަމަ ނުޖެހުން.
  • އާދަޔާ ޚިލާފުބޮޑު ކަމެއް( ނުރައްކަލެއް)ކުރިމަތިވުން.
  • އުޅޭކަމަށް ހީވުން.
  • ބިރުގަތުމާއި ކަންބޮަޑުވުން.
  • މަސައްކަތައި މެދު ފަރުވާކުޑަވެ، ޚިޔާލުކުޑަވުން.
  • ފަސޭހައިން ރުޅިއައުން.

ހަށިގަނޑަށްވާނެ އުނދަގޫތައް:

  • ގައިގެ އެތަންމިތާ ރިހުން.
  • ގިނައިން ބޮލުގައި ރިހުން.
  • ލަނގޮނޑިއަށް ތަދުވުން.
  • މޭތެޅުން، ނުވަތަ ހިތުގެ ވިންދު ޖަހާމިންވަރު އިޙްސާސްވުން.
  • މޭގައި ރިހުން.
  • ނޭވާލާން ދަތިވުން.
  • ވަރުބަލިވުން.
  • ނިދަން ދަތިވުން.

ހިތްނުތަނަވސް ވުން ބައްޔަކަށްވަނީ ކިހިނެއްތޯ؟

ހިތް ނުތަނަވަސްވުން ބައްޔަކަށްވަނީ، އެކަމުގެ އުނދަގޫ އެތަކެއް ދުވަސް ވަންދެން، އާދެ! އެތަކެއް ހަފްތާ، ނުވަތަ ދެތިން ހަތަރުމަސް ވަންދެން ތަޞައްވަރު ކުރަންޖެހުމުންނެވެ.

ހިތް ނުތަނަވަސްވާ ބަލި ޖައްސުވަނީ ކޮން ވަސީލަތެއްތޯއެވެ؟ ހިތްނުތަނަވަސް ވުން ބައްޔަކަށް މެދުވެރިވަނީ، ހިތްހަމަނުޖެހުމާއި، ޚިޔާލުތަފާތުވުމާއި، ފިކުރު ބޮޑުވާފަދަ ކަންތައްތައް މެދުވެރިވުމުންނެވެ. މިފަދަ ކަންތައްތައް މެދުވެރިވުމުން، މާ ބޮޑަށް ހިތްނުތަނަވަސްވެ، އެކަން ދެމި ހުންނަގޮތްވެ، ހިތްނުތަނަވަސްވާ ބަލި ވާރުތަކުރެއެވެ. ހަމަނުޖެހުން ގިނަވެއްޖެނަމަ، މިބަލި ނުފިލާގޮތްވެ، އެތަކެއް ދުވަހަށް ދިގުލާގޮތްވެއެވެ.

ހިތްނުތަނަވަސް ވާ ބައްޔަކީ މީހާގެ ބުއްދިއަށް އަސަރުކުރާ ބައްޔެއްތޯއެވެ؟ ހިތްނުތަނަވަސްވާ ބައްޔަކީ، މީހާގެ ބުއްދިއަށާއި ވިސްނުމަށް ގެއްލުންދޭ ބައްޔެއްނޫނެވެ. އެމީހަކީ ޢާންމުގޮތެއްގައި ކޮންމެ ކަހަލަ މަސައްކަތެއްގައިވެސް ޢަމަލީގޮތުން ބައިވެރިވެވޭނެ މީހެކެވެ.

ހިތްނުތަނަވަސްވާ ބަލީގެ ފަރުވާއަކީ ކޮބައިތޯ؟ މިބައްޔަށް އެތަކެއް ފަރުވާ ލިބެންހުރެއެެވެ. ކޮންމެ މީހަކަށް ދޭންޖެހޭ  ފަރުވާއަކީ އެމީހަކާއި ގުޅޭ މިންވަރެއްގެ ފަރުވާއެކެވެ.

މީހާއަށްވާ އުނދަގޫތައް ބޮޑުވިޔަނުދިނުމަށާއި، އިޙްސާސްވާ އުނދަގޫތައް ކުޑަކުރުމަށް ބޭހުގެ ފަރުވާ ދެވެންހުރެއެވެ. މިފަދަ ފަރުވާ ދޭނީ ކުރުމުއްދަތަކަށެވެ. ނޫންނަމަ ބޭހަށް ހޭނޭގޮތްވެ އޭގެފައިދާ ކުޑަވާގޮތްވެދެއެވެ. އަނެއް ފަރުވާ އަކީ ސައިކޯތެރަޕީއެވެ.

ޑރ މުޙައްމަދު އަޙްމަދު

އައި.އެޗް.އެސް

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ތިމާވެށި ޙިމާޔަތްކުރުން އިސްލާމްދީނުގައި

Next Article

މަސްތުވާތަކެތި ބޭނުންކުރުމުން ލިބޭނީ ކޮންގެއްލުމެއް ހެއްޔެވެ؟

Related Posts