އަބްދުއްރަީމް މުޙައްމަދު
ދިވެހިރާއްޖެ މިވަނީ ރަށްފުށުގެ ތަރައްޤީގެ އާމަރުހަލާއެއް ފެށިފައެވެ. ރައްތަކާއި އަތޮޅު އަދި ސިޓީ ތަރައްޤީ ކުރުމަށް ވަނީ ކައުންސިލުތަކެއް އުފެދިފައެވެ. މިއީ ރައްތަކުގެ ކުރިއެރުން އެންމެ ފުރިހަމައަށް ގެނެއުމަށްޓަކާ ރައްޔިތުންގެ ހިއްސާ އެންމެ ފުރިހަމައަށް ހޯދުމަށްޓަކާ އެކުލަވާލެވިފައިވާ ނިޒާމެވެ. ކައުންސިލަރުންގެ އެންމެ އިސްކަންދޭން ޖެހޭނީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަގަޅު ކުރުމަށެވެ. އިޖްތިމާޢީ، އިގްތިޞާދީ، ސިއްޙީ އަދި ތަޢުލީމީ ކަންކަން ކުރިއެރުވުމެވެ.
ރަށްފުށުގެ ދިރިއުޅުން ތަރައްޤީ ކުރުމަށް އެންމެ ފުރިހަމަ ނިޒާމަކަށްވާނީ ގިނަބައެއްގެ ހިއްސާ އެކުލެވިގެންވާ ނިޒާމެވެ. މަޝްރޫޢުތަކުގެ ހުރިހާ ހިސާބެއްގައިވެސް ރައްޔިތުންގެ ބައިވެރިވުން ބޮޑު ކުރެވުމަކީ އެންމެ ފުރިހަމަ ތަރައްޤީގެ އަސްލެވެ. މަޝްރޫއުތައް ކާމިޔާބުކުރުމަށް ގިނަބަޔަކުބޭނުންވުމާއީ އެފަދަ ބަޔަކު އެކަމުގައި ހަރަކާތްތެރި ވުމަކީ އެންމެ ނުހަނު ބޭނުންތެރި ކަމެކެވެ. މުޖުތަމަޢުގެ ހުރިހާ ފެންވަރެއްގެ ރައްޔިތުންގެ ބައިވެރިވުން ހޯދަންޖެހޭނެވެ.
މުޖުތަމަޢަކީ ގިނަ ބަޔަކުގެ ނަޒަރުގައި ޖޯގުރަފީގެ ގޮތުން އެހެން މުޖުތަމަޢުއަކާ ވަކިވެފައިވާ ސަރަހައްދެއްގައި އުޅޭބަޔެކެވެ. އެއީ މިސާލަކަށް ރަށެއް ނުވަތަ އަތޮޅެއް ފަދަ ތަނެކެވެ. ނަމަވެސް މުޖުތަމަޢީ އެހާ ކުޑަކޮން މާނަ ކުރެވޭނެއެއްޗެއްނޫނެވެ. މުޖުތަމަޢު ގެ ބައެއްގެ ގޮތުގައި އާދަކާދަ އާއިސަގާފަތް، ބަސް، ދީން، މުޖުތަމައުގެ އާމުގަބޫލުކުރުންތައް އަދި ތަފާތު ގުޅުތައް ހިމެނިގެންދާކަމީ މުޖުތަމެއްގެ ރޯލުތަރައްޤީގައި އަދާކުރާނެ ދައުރު ފުރިހަމައަށް އެގިގެންދާނެ ކަމެކެވެ. އެއްމުޖުތަމައެއް އެކެއް ނުވަތަ އެއަށްވުރެ ގިނަމުޖުތަމަޢުތަކާ ވަނީ ގުޅިލާމެހިފައެވެ.
ތަރައްޤީ ކުރުމަކީ ކުރިއެރުވުމެވެ. ނުވަތަ ރަގަޅު ބަދަލުތަކެއް ގެނައުމެވެ. އެހެންކަމުން މުޖުތަމައެއް ކުރިއެރުން ގުޅިފައިވަނީ އަފުރާދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއެވެ. ރައްޔިތުންގެ އިޤްތިޞާދީ، އިޖްތިމާއީ، ތައުލީމީ، ސިއްޙީ އަދިވެސް ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ އެންމެހާ ކަންކަން މިހާރަށްވުރެން ރަގަޅުކުރުމާއެވެ. ތަރައްޤީގެ އަސްލަކަށްވާން ޖެހޭނީ ދިމެހެއްޓެވެނި ތަރައްޤީ އެކެވެ. އެއީ މިއަދުގެ ދަރިން ގެންނަބަދަލެއްގެ ސަބަބުން މާދަމާގެ ޖީލްތަކަށްވެސް ފައިދާވާ ފަދަ ތަރައްގީއެވެ.
މުޖުތަމަޢު ތަރައްޤީ ކުރުމަށް ބޭނުންވާ ވަސީލަތްތައް
މުޖުތަމަޢު ތަރައްގީ ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ދެނެގަތުމަކީ މުޖުތަމަޢު ކުރިއެރުވުމަށް ފަށައިގަތުމުގެ ތެރެއިން ހިމެނިގެންވާކަމެވެ. ސަބަބަކީ ވަސީލައްތައް ދެނެގަނެ އޭގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހާސިލް ކުރުމެވެ. ވަސީލަތް ހިމެނިގެންވަނީ ހަމައެކަނި ފައިސާއާ މުދަލަކުންނޫނެވެ. މައިގަނޑު ގޮތެއްގައި ވަސީލަތް ބަހާލެވިފައިވަނީ: ގުދުރަތީ ވަސީލަތް، އންސާނީ ވަސީލަތް، މާލީ ވަސީލަތް އަދި އިންސާނުންގެ ބޭނުމަށް އުފައްދައިފައި ހުންނަ ތަފާތު ވަސީލަތް ތަކުގެ މަައްޗަށެވެ. އެއްވަސީލަތަކާ އަނެއްވަސީލަތަކާއި ގުލިލާމެހިފައިވާތީ ވަސީލައްތައް ބައިކޮން ދެނެގަތުމަކީ ނުހަނު އުދަގޫ ކަމެކެވެ.
ގުދުރަތީ ވަސީލަތް ކަމުގައި ހިމެނެނީ ގުދުރަތީ ގޮތުން ﷲ ލައްވަވާފައިވާ އެންމެހާ ނިއުމަތްތަކެވެ. ބައެއް މިސާލުތަކަކީ ބިން، ވައި، ފެން، ތަފާތު މައުދަންތައް، ތެޔޮ، ގޭސް، ގަސްގަހާގެހި، ޖަނަވާރާއި ސޫފާސޫފީ، މަސްމަހާމެހި، ފަރުތައް އަދި މިފަދަ އެންމެހާ ތަންތަނާއި ތަކެތި އޭގެއިތުރުން މިފަދަ ތަންނަނާއި ތަކެއްޗާ ބެހޭގޮތުން ހެދިފައި ހުންނަ ގާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާއި އެންމެހާ ތަކެއްޗެވެ. ގުދުރަތީ ވަސީލަތް ތަކަކީ އެހެން ހުރިހާ ވަސީލަތް ތަކެއްގެ އަސްލެވެ. އެއީ މައިގަނޑު ގޮތެއްގައި އެއްޗެއް އުފެދުމު އަސްލު ކަމުގައިވަނީ ގުދުރަތީ ވަސީލަތެވެ. އެހެންކަމުން ވަސީލައްތައް ބޭނުންކުރުމުގައި ދެމެހެއްޓެނިވި ގޮތްތަކެއް ބޭނުންކުރުމަކީ ވަރަށް މުހިންމުކަމެކެވެ.
އިންސާނީ ވަސީލަތަކީ އިންސާނާއެވެ. މުޖުތަމަޢުއްގެ އެންމެ މުހިންމު ރައުސްމާލެވެ. އިންސާނީ ވަސީލަތަކީ އިންސާނާގެ ޖިސްމު އެކަންނިއެއްނޫނެވެ. އިންސާނަށް ލިބިގެންވާ އަޚުލާގާއި، ތަޢުލީމާއި، ވިސްނުމާއި، ހިޔާލާތާއި، ތަޖުރިބާ އަދި ފިކުރު އެއީ އިސްސާނީ ވަސީލަތުގެ މުހިންމު ބައިތަކެވެ. ތަރައްޤީގެ އަސްލުކަމުގައި ވާންޖެހޭނީ އިންސާނާ ތަރައްޤީ ވުމެވެ. އެހެންކަމުން އިންސާނާ ވާންޖެހޭނީ ފުރިހަމަ މީހަކަށެވެ. އިންސާނަށް ފުރިހަމަ ސިއްޙަތަކާއި، ތަޢުލީމު، މިނިވަންކަން، ރައްކާތެރިކަން ލިބެންޖެހޭނެއެވެ. ތަރައްޤީ ގެ މަޤްސަދަކީ އިންސާނާއަށް އެކަށްކަން ހާސިލް ކޮށްދިނުމެވެ.
މާލީ ވަސީލަތަކީ ފައިސާއާއި މުދާ ހޯދުމުގެ ވަސީލަތް ތަކެވެ. މުދަލުގެ ސަބަބުން އިންސާނީ ވަސީލަތް ފުރިހަމަ ގޮތުގައި ތަރައްޤީވުމަށް ތަފާތު މަގުތައް ދައްކައެވެ. ނަމަވެސް މުދަލަކީ އޭގެ ޒާތުގައި މުޖުތަމައުގައި ހިމެނޭ ހުރިހާ މައްސަލަ ތަކެއްގެ ހައްލެއް ނޫނެވެ. މާލީ މަސީލަތަކުގެ ތެރޭގައި ހިމެނޭ މުހިންމު ބައިތަކަކީ؛ ލޯން، ހިލޭއެކީ، ބޭންކް ތަކާއި މާލީ އެހެން މުއައްސަސާތައް، އިންވެސްޓްމެންޓް، ފައިސާ ހޯދުމަށް ކުރާ އެންހެންމަސައްކަތް ތައްފަދަ ކަންކަމެވެ.
އިންސާނުންގެ ބޭނުމަށް އުފައްދާފައި ހުންނަ ވަސީލައްތަކަކީ އިންސާނީ މުޖުތަމައު ތަރައްޤީ ވުމަށް ބާރުފޯރުވާ މުހިންމު ހަތިޔާރެވެ. ކުރިން ބުނެވެދިޔަ އެއްމެހާ ވަސިލަތްތައް ގުޅުވާލާ އާލާތެކެވެ. އޭގެ ވަސީލަަތްތަކަކީ؛ އިމާރާތްތަކާއި، މަގުތަކާއި، މުވާސަލާތީ ނިޒާމުތަކާއި، ދަތުރުފަތުރާއި އަދިވެސް އެންމެހާ މިފަދަ ކަންކަމެވެ. އަދި ސިޔާސީ ނިޒާމުތަކާއި ޤާނޫނުތަކާއި ގަވާއިދުތައްފަދަ މުހިންމު ބައިތައް ބެހިގެން ގޮސްފައިވާ މިބައިގައެވެ.
މީހުން ކުރިއެރުވުން ކުރުން
މުޖުމައުގެ ކޮންމެމީހަކީވެސް ކޮންމެވެސް ކަހަލަ ހުނަރެއް ﷲ ގެ ރަޙުމަތް ފުޅުން ލިބިފައިވާ މީހެކެވެ. އެކޮންމެ ޢިލްމަކީ މުޖުތަމަޢުއަށް ވަރަށް މުހިންމު ވަސީލަތެވެ. ވަގުތާއި ހާލަތާ ގުޅޭގޮތުންނެވެ.އެހެންކަމުން އިންސާނާގެ ބައިވެރިވުން ފުރިހަމަ ގޮތެއްގައި ހޯދުމަށް އިންސާނާ ތަމްރީނުވާން ޖެހެއެވެ. އިންސާނާގެ ހުނަރު އިތުރަށް ތަރައްޤީ ކުރަންޖެހެއެވެ. އިންސާއަށް ފުރިހަމަ ސިއްޙަތެއް ލިބިގެން ނޫނީ ހުނަރު ކުރިއެރުމުށާއި ބޭނުންކުރުމަށް މަގުފައިވެގެން ނުދާނެއެވެ. އިންސާނުން ތަމްރީނާއި ތަޢުލީމު ބޭނުންވަނި މައިގަޑު ގޮތެއްގައި އަންނަނިވި ކަންކަން ހާސިލް ކުރުމަށްޓަކައެވެ.
- މުޖުމަޢުގެ ތަރއްޤީގައި ރައްޔިތުންގެ ހިއްސާ އިތުރު ކުރުން
- އިލްމާއި، ހުނަރާއި، ވިސްނުން ކުރިއެރުވުން
- ފުރިހަމަ ސިއްޙަތެއް ހާސިލް ކުރުން
- ކުރިއެރުމަށް ހުރި ފުރުސަތުތައް ދެނެގަތުން
- ކަންކަމުގައި އިސްވެ ހަރަކާތްގެރިވާނެ މީހުން އުފެއްދުން
- އިގްތިސާދީ އަދި އިޖްތިމާއީ ވަސީލައްތައް ބިނާކުރުން
މުޖުމަޢުގެ ތަރައްގީގެ މަސައްކަތްތައް
މުޖުމަޢު ތަރައްޤީއަށާއި ކުރިއެރުމަށް ހިންގާ އެންމެހާ މަސައްކަތްތައް ހިންގަން ޖެހޭނީ ރައްޔިތުންގެ ހިއްސާ ލިބޭނެ ފަދަގޮތަކަށެވެ. އެއީ ރޭވިގެން ކުރެވޭނެކަމެވެ. އެފަދަ ތަރައްގީގެ މަސައްކަތް ކުރުމަށް ގިރާކުރަންޖެހޭ ކަންކަން ކުރުގޮތަކަށް އެވަނީއެވެ.
ފެށުން
މަޝްރޫޢޫގައި އިސްކޮން އުޅޭނެ ބަޔަކު ހޯދުން
ހާސިލް ކުރަން ބޭނުންވާ މަޤްޞަދު ކަޑައެޅުން
މަޝްރޫގައި ހިމެނޭނެ މުޖުމަޢުގެ އެކިއެކި ފެންވަރުގެ މީހުންނަކީ ކޮންބައެއްކަން ހޯދުން
މަޢުލޫމާތު ހޯދުން
މިހާރު މަޝްރުޢާ ބެހޭގޮތުން ހުރި މަޢުލޫމާތާއި އަދި ބޭނުންވާ މަޢުލޫމާތު ދެނެގަތުން
މަޢުލޫމާތުތައް ހޯދާނެބައެކާއި އަދި އެދިރާސާކުރާނެ ބަޔަކު ކަޑައެޅުން
މަޢުލޫމާތުތަކަކީ އެކަށީގެންވާ ފުރިމަ ދެތުމަޢުލޫމާތުތޯ ބެލުން
މުޢާމަލާތް
މުޢާމަލާތަކީ މުޖުމަޢުގެ އަފުރާދުންގެ ބައިވެރިވުން މަޝްރޫއަށް ހޯދުމަށް ކުރަންޖެހޭނެ އެންމެ މުހިންމުކަމެކެވެ.
މުޖުތަމައުގެ އަފުރާދުންގެ ކިބައިން މަޝްރޫއާ ބެހޭގޮތުން ދެކޭގޮތް ހޯދުން
ރައްޔިތުންނަށް މަޢުލޫމާތު ފޯރޮކޮށްދޭނެ ގޮތްތާއި އަދި އެމީހުން މަޝްރޫއާއި މެދުދެކޭގޮތް މަސްރޫޢުއަށް ލިބޭނެގޮތް ހަމަޖެއްސުން
މަޢުލޫމާތު ފޯރުކުރުމަށް ވީހާވެސްގިނަ ވަސީލަތްތައް ބޭނުންކުރުން
މީޑިއާއާއި މަޝްރޫއުއާއި ދެމުދު އޮންނަށްޖެހެ ގުޅުންކަޑަ އެޅުން
މަޝްރޫއު ރޭވުން
މުޖުތަމަޢުގެ މައްސަލަތައް ހައްލުކުރުމަކީ ރޭވުންތެރިކަމާ، ވަކިކަހަލަ އުސޫލުތަކަކާއެކު ކޮއްގެންނޫނީ ހާސިލްކުރަންބޭނުންވާ މަޤްޞަދުތައް އެންމެފުރިހަމަ ގޮތުގައި ކާމިޔާބުކުރުމަށް ވަރަށް އުދަގޫކަމެވެ. މިކަމުގެ ހެކިރާއްޖޭގެ އެކި ހިސާބުތަކުން ފެންނަމުން އެދަނީއެވެ. މުޖުތަމަޢުގެ އެއްބާރުންބޭނުންވާ މައްސަލަތައް މިސާލަކަށް މަސްތުވާތަކެތީގެ މައްސަލަތައް ގިނަ ރަށްރަށުގައި ހައްލެއް ނުލިބި އެކަން ބޮޑުވަމުން ދަނީއެވެ. މަޝްރޫޢުރޭވުމުގައި މުޖުތަމަޢުގެ ހުރިހާފަންތި ރައްޔިތުންގ ހިއްސާ ހޯދަން ޖެހޭނެއެވެ.
ހާލަތު ދެނެގަތުން (ލިބެންހުރިވަސީލަތްތައް، ފުރުޞަތުތައް، އުނިކަންތައްތައް، ހުރަސްތައް)
ހާސިލްކުރަން ބޭނުންވާ ލަޑުދަޑިތައް ކަޑައެޅުން
ލަޑުދަޑިތައް ހާސިލްކުރުމަށް ބޭނުންވާ ތަފްސީލީ ޕްލޭންނެއް ތައްޔާރު ކުރުން
އެކިކަންކަމުގައި އިސްވެ ހަރަކާތްތެރިވާނެ މީހުން ކަޑައެޅުން
އަމަލީ މަސައްކަތް
އަމަލީ މަސައްކަތްކަތަކީ މަޝްރޫއެއްގެ ހިގާކަން ރައްޔިތުންނަށް ފުރިހަމައަށް ފެނިގެންދާނެ މަރުހަލާއެވެ. އެހެންކަމުން ރޭވައިފައިވާ ޕްރޭލާއިއެއްގޮތަށް މަސައްކަތްތައް ކުރުމަކީ މަސައްކަތް ކާމިޔާބުވާނެކަން ރައްޔިތުންނަށް ގަބޫލުކުރުމަށް އެޅިގެންދާ ބާރެކެވެ. ހާއްސަކޮން މަސައްކަތުގެ ފަށައިގަނަ ހިސާބުގައި ވާއެންމެހާ ކަންތައް ރޭވިފައިވާ ޕްލޭނާއި އެއްގޮތަށް ގެންގޮސް މަސައްކައްތައް ނިންމުމަކީ ވަރަށް އިސްކަންދޭން ޖެހޭނެ ކަމެކެވެ.
ވަޒަންކުރުން
މަސައްކަތް ރޭވިފައިވާ ޕްރޭނާއި އެއްގޮތަން ދޭތޯބެލުމާއި، މަޤްޞަދުހާސިލް ވާމިންވަރުބެލުމާ، ގެންނަށްޖެހޭބަދަލުތަކާއި އަދި މުޖުތަމަޢުގެ މަޝްރޫޢާމެދު ދެކޭގޮތް ބަލަން ޖެހޭނެއެވެ. ވަޒަންކުރާނެ މުއްދަތު ކަޑައަޅާނީ މަސައްކަތުގެ ބާވަތުންނެވެ. އަދި ލިބޭކުރި އެރުން މުޖުތަމަޢުގައި ފާހަގަކުރުމަކީ އެކަމުގެ ސަބަބުން އިތުރުއާރޯކަން ލިބިގެންދާނެ ކަމެވެ.
މުޖުތަމުގެ އެއްވެސް ކަމަކީ ނިމޭނެ ކަމެއްނޫނެވެ. އެހެންކަމުން އަބަދުވެސް އިތުރު ލަޑުދަޑިތައް ހާސިލް ކުރަން މަސައްކަތް ކުރަންޖެހޭނެއެވެ.
ކާމިޔާބުކަމާއެކު މުޖުތަމަޢުގެ ހިއްސާލިބިގެން ހިގާމަޝްރޫއެއްގެ ފައިދާ އެކިގޮތްތަށް އެމުޖުމަޢުއަކަށް ލިބިގެންދާނެއެވެ. މުޖުތަމަޢުގެ އެކިއެކި ވަސީލަތްތައް ކުރިއަރާދާނެއެވެ. އެއީ މިސާލަކަށް ތަފާތު ހުނަރުތައް ދަސްވުމެވެ. ވަޒީފާތައް އުފެދުމެވެ. ފައިސާލިބޭނެ އިތުރު ފުރުސަތުތައް ތަނަވަސް ވެގެން ދިއުމެވެ.
References
Cook, J. B. “Community Development Theory.”
http://extensinmissouri.edu/explore/miscpubs/mp0568htm. Retrieved 28 Nov. 2007.
Green, Gary Paul and Haines, Anna.Asset Building and Community Development.
Thousand Oaks, California: Sage Publications, 2002.
Littrell, Don and Littrell, Doris.Practicing Community Development. Columbia, Missouri:
University of Missouri Extension, 2006.
Mattessich, Paul and Monsey, Barbara. Community Building: What Makes It Work. St. Paul,
Minnesota: Wilder Publishing Center, 1997.
Morse, Suzanne W. Smart Communities. San Francisco: Jossey-Bass, 2004.
Vincent, John W. II. “Basics of Community Development,” Chapter 1.in Community
Development Handbook. Pittman, R. and Phillips, R., eds, published by the Community
Development Council, 2006.
Photos : google.com