އާދައިގެ މަތިން މިއަދު ހަބަރުތައް ކިޔާލަން ނޫސްތަކަށް ވަނުމުން ލޮލުގައި އަޅައިގަތީ ވިހަ ކަށިތަކެއް ހުރި މަސްތަކެއް ވޭމަންޑޫ ފަޅުން ހިފި ވާހަކައެވެ. އަދި މިކަމުގައި ކައުންސިލުގެ ރައިސްވެސް އެކަމަށް ތާއީދުކޮށް ވާހަކަދަށްކާފައިވާ ހަބަރެކެވެ. ހަމަ އެހެންމެ މީގެ ކުރިން ޅ.ކުރެންދޫ ފަޅުންވެސް ވަނީ އެބާވަތުގެ މަސްތަކެއް ހިފާފަ މަރާފައެވެ.
ބުއްދީގެ ހަމަތަކާއި ސައިންށްގް ވިސްނުމަކުން ބަލާއިރުވެސް ގަބޫލުކުރަންޖެހޭނެ ހަގީގަތަކީ މިބާވަތުގެ މަހެއްގައި ހުންނަ ކަށިތަކަކީ އިންސާނާއަށް އެއްވެސް ބިރުވެރިކަމެއް ހުރި ކަށިތަކެއް ނޫންކަމެވެ. އަދި ކިއެއްތަ އެއަށްތެހި ކިޔާ މިބާވަތުގެ މަހަކީ ކެއުމަށްވެސް ރަނގަޅު މަހެކެވެ. މަހެއްގެ ރައްކާތެރިކަމެއް އަދި ކާނާ ހޯދުމަށްޓަކައި ފަސޭހަޔަކަށް އޭގައި ކަށިތަކެއް ހުރުން އެއީ އެ މަސް ނުރައްކާވާން ޖެހޭނެ ސަބަބެއްވެސް ނޫނެވެ. އަދި މަސްގަނޑު ވިހަވާން ޖެހޭނެ ސަބަބެއް ނޫނެވެ. އެއަށްޓެހި މަހަކީ ގްރޫޕް ހަދައިގެން އުޅޭ ކެޓްފިސް ގެ ވައްތަރެކެވެ.
އާންމުކޮށް ކަނޑުފަޅުން ނުފެނުން ނަމަވެސް މިބާވަތުގެ މަހަކީ އޭގެ ބިރުވެރިކަމެއް އޮތް މަހެއް ނޫނެވެ. އަދި އެއަށްޓެހި މަސް އިންސާނަކަށް ހަމަލާ ދިން ކަން އެނގޭ އެއްވެސް ރެކޯޑެއް ނެތެވެ. ދިވެހިން ގިނަ ބަޔަކު ކެއުމަށް ބޭނުންކުރާ ގިނަ ވައްތަރުތަކުގެ މަހުގައިވެސް މަތީ އުރަހައިގެ ކަށިތަކުގައި ވިހަ ކަމެއް ހުންނާނެއެވެ، އެހެންނަމަވެސް އެބާވަތްތަކާއި އެއްގޮތަށް އެއަށްތެހި މަހުގެ ކަށީގައިވާ ވިހަ ޔަކީވެސް އިންސާނާގެ ފުރާނަޔައް ނުރާއްކާވާނެ ވަރުގެ ވިހައެއް ނޫނެވެ.
އެއަށްތެހި މަހަކީ އޭގެ ކަށީގައި ވިހަކަމެއް ހުރުމުން އެ ނައްތާލަން އުޅުމަކީ މޫދުގައި ހުންނަ ހިޔަމަތަކާއި ގާވިޔާމަސް ފަދަ ތަކެތި ނައްތާލުންފަދަ ކަމެކެވެ. ވިހަ މާއްދާ އެއް އޭގެ ކަށީގައި ހުރުމަކީ އެ ދިރުން ދުނިޔޭން ނައްތާލަން ޖެހޭނެ ސަބަބެއް ނޫނެވެ. އެހެނީ ގިނަ މަސްތަކުގައި އެކަށިތަކުގައި ވިހަކަން ހުންނަނީ ދިފާއީ ހަތިޔާރެއްގެ ގޮތުގައެެވެ.